އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-31)
(މި ގަވާއިދަށް އަމަލުުރަން ފެށީ 5 މާރިޗު 2024 ގައި)
ގަވާއިދު ނަންބަރު 2020-48 (އިންތހާާބުތަކާބެހޭ އާންމު ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އިސްލާހުކުރުން.
ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ 3.
(ހ) އިންތިހާބުތަކުގައި ވޯޓު ނެގުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް، އެ މައުލޫމާތު އާންމު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަޖިސްޓަރީ އާންމުކޮށް ފެންނަގޮތަށް، އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ނ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމު ކުރާއިރު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ފުރިހަމަ ނަން؛
- ޖިންސު؛
- ދާއިމީ އެޑްރެސް (އަތޮޅާއި، ރަށް އެނގޭ ގޮތަށް).
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އިސްލާހުކުރުން.
ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން 26.
(ހ) ބައިނަލްއަގުވާމީ ފަރާތްތަކަށް އިންތިހާބު އޮބްޒާވް ކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތަ އިންތިހާބު އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އެދި އިއުލާނު ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވުމާއެކު އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ނުވަތަ ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
- އެ މީހަކު ތަމްސީލުކުރާ ބައިނަލްއަގުވާމީ ފަރާތުން އެކްރެޑިޓް ކޮށްފައިވާ މަންދޫބަކަށް ވުން؛
- އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހަކަށް ނުވުން.
(ށ) ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުމަށް އެދޭ ހާލަތުގައި، ވޯޓުލާ މަރުކަޒަށް ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިސަރަކު ވެއްދުމުގެ ހުއްދަ،އިލެކްށަންސް ކޮމިށަނަށް ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިސަރަކު ހަމަޖެއްސުމާ ގުޅޭ ކަންކަން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން ހަމަޖައްސަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އިސްލާހުކުރުން.
ކެންޑިޑޭޓުންގެ މަންދޫބުން 29.
(ށ) އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންނަށް އެކަމުގެ ހުއްދަ ދޫކުރެވޭނީ، އެކަމަށް ޓަކައި އިއުލާނު ކުރުމުން، އެ މުއްދަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންގެ ނަން ހުށަހަޅާނީ އެކަމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ނުވަތަ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމުންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އިސްލާހުކުރުން.
ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތައް 33.
ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށް ޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި، އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވ ފަދަ ތަކެއްޗާއި ފައިލް ފަދަ، ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭ އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.
5 ވަނަ މާއްދާ - ބުނެވެދިޔަ ގަވާއިދުގެ 39 ވަނަ މާއްދާއާއި، އެ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކުރުން.
ބާތިލު ވޯޓު 39.
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.
- ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 36 ވަނަ މައްދާގައިވާ ގޮތުގެ މަތީން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް؛
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވާ ވޯޓު؛
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު؛
- ވޯޓު ދޭ މީހާ ވޯޓުދ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު؛
- 1 (އެކެއް) ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު 1 (އެކެއް) ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހައިފައިވާ ވޯޓު.
(ށ) ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި، އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ، ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާ އިސްލާހުކުރުން.
އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުން 43.
(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިންތިހާބާ ގުޅިގެން ހުށަހެޅ މައްސަލަތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ށަކުވާގެ ނިޒާމުފަސޭހަކުރުމަށް ޓަކައި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއްގެ އިތުރުން، އިތުރު ކޮމްޕްލެއިންޓްސް ބިއުރޯތައް ގާއިމުކުރެވިދާނެއެވެ.
(ނ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ނުވަތަ ކޮމްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި، ބިއުރޯތައް ގާއިމުވެފައިވާ ތަނާއި، ގުޅޭނެ ފޯނު ނަންބަރާއި،އީމެއިލް އެޑްރެހާއި، ހުޅުވައިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިއުލާނުކުރަން ވާނެއެވެ.
(ރ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯތަކުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުންނަކީ ށަރުއީ/ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންކަމުގައި ވާންވާނެއެވެ.
(ބ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އުނިކުރުން.
ފޯކަލް ޕޮއިންޓުންނަށް ހުށަހެޅ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް 44.
ރަށު/އަވަށު/އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓުތަކަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލަތައް ދުވަހުން ދުވަހަށް އަތޮޅ/ުސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ފޮނުވަމުން ގެންދަންވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާ އިސްލާހުކުރުން.
ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މުއްދަތު 45.
(ހ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ، އެ ބިއުރޯތައް އުފައްދާ ދުވަހުން ފެށިގެން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށްފަހު، އިތުރަށް 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ، ދެވަނަ ބުރު ނިމ،ި ރަސްމީ ނަތީޖާ އިއުލާނު ކުރުމަށްފަހު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މުއްދަތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތްނަމަ، އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށް ޓަކައި އެ ބިއުރޯއެއް ދެމިއޮންނާނެ މުއްދަތު އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) އިސްލާހުކުރުން.
ކޮމްޕްލެއިންޓްސް އޮފިސަރު 46.
(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯއަކަށެވެ. މިގޮތުން ށަކުވާ ހުށަހެޅުމުގައި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އިސްލާހުކުރުން.
ށަކުވާ ހުށަހެޅުން 47.
(ހ) އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، އިލެކްށަންސް ކޮމިށަނަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަކުވާ ހުށަހެޅުމުގައި ރަށާއި، އަތޮޅާއި ސިޓީއާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން، އެ ރަށެއްގެ އެންމެ ކައިރި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯއަކަށް މައްސަލަ ހުށަހެޅިދާނެއެވެ. މާލެއިންނާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓައިފައި ހުންނަ ގައުމުތަކުން ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.
(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، އެ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނާއި، މި ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ށަކުވާ ހުށަހަޅާއިރު، ށަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ، އެކަމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާނަމަ، އެ ފަރާތެއްގެ ތައްގަނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި ށަކުވާ ހުށަހަޅާ ފޯމުގައި އޮންނަންވާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 48 ވަނަ މާއްދާ އިސްލާހުކުރުން.
ށަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުން 48.
އިންތިހާބާ ގުޅިގެން ވޯޓުފޮށީގެ ވެރިންނަށް ހުށަހެޅ މައްސަލަތަކާއި، ރަށް/އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ނުވަތަ ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅ ށަކުވާތައް ބަލައި، ވަގުތުން ފިޔަވަޅު އަޅަންޖެހ ށަކުވާތަކަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ. މިގޮތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް އަވަހަށް ބަލައި، ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) އާއި (ށ) އިސްލާހުކޮށް، (ނ) އުނިކުރުން.
ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން 49.
(ހ) އިންތިހާބާ ގުޅިގެން ވޯޓުފޮށީގެ ވެރިންނަށް ހުށަހެޅ މައްސަލަތަކާއި، ރަށް/އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ހުށަހެޅ މައްސަލަތަކާއި ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅ ށަކުވާތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ށަކުވާތައް ދަފުތަރުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަން، އެޑްރެސް، އެނގޭ ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު)؛
- ހުށަހެޅުނު ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސާއަކާއެކު)؛
- ހުށަހެޅުނު ށަކުވާއާ ގުޅިގެން އަމަލުކުރި ގޮތް ނުވަތަ ނިންމި ގޮތް.
(ށ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، އިލެކްށަންސް ކޮމިށަނަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ (ނ) އިސްލާހުކުރުން.
އިންތިހާބާ ގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން 53.
(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާބާ ގުޅިގެން ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށް، ސޮއިކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ. މާލީ ބަޔާން ހުށަހަޅަންވާނީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައި އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި އާންމުކުރާ ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މާލީ ބަޔާނާއެކު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ އިގްރާރު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާ އުނިކުރުން.
15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އިސްލާހުކުރުން.
16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
`
ކެންޑިޑޭޓުގެ މާލީ ބަޔާން
(އިންތިޚާބުގެ ނަން)
ކެންޑިޑ ޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓު ގެ އިޤްރާރު
އަހުރެމެން:. ....................................................................... (ކެންޑިޑޭޓުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު) އަދި. .......................................................................... )ރަސްމީ އިންތިހާބީ އޭޖެންޓުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު)، ގާނޫނު ނަންބަރު 11/2008 )އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާނަކީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައި އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި އާންމުކުރާ ފޯމެޓާ އެއްގޮތަށް ސައްހަ ތެދު މައުލޫމާތު ބަޔާންކުރާ މާލީ ބަޔާނެއް ކަމުގައި އިގްރާރުވެ ސޮއިކުރަމެވެ.
ތާރީހް:. .................................................
ކެންޑިޑޭޓުގެ ސޮއި: ރަސްމީ އިންތިހާބީ އޭޖެންޓުގެ ސޮއި:
ކެންޑިޑޭޓުގެ ނަން: ރަސްމީ އިންތިހާބީ އޭޖެންޓުގެ ނަން:
ކުރިމަތިލީ ދާއިރާ:
މައި ގަވާއިދު
އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)
ކޮންސޮލިޑޭޓެޑް ގަވާއިދު
އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-48)
ކިޔުންތެރިންގެ ހިޔާލު