މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-30)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 ފެބުރުއަރީ 2024 ގައި)
(މި ގަވާއިދުގެ 142 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2016-05 އުވާލެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވ،ާ ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމުގެ އުސޫލުތައް، އެ ގާނޫނުގެ ނިޔަތާ އެއްގޮތަށް ހިންގުމަށާއި، އެ ގާނޫނު ފުރިހަމަގޮތުގައި ތަންފީޒު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ތަފުސީލީ އުސޫލުތަކާއި، ހަމަތަކާއި، މިންގަނޑުތަކާއި،އިޖުރާއަތުތައް ބަޔާންކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދާއިރާ އެކަށައަޅައި، އެ ހައްގު ލިބިދެވޭނެ މީހުންނާއި ހާލަތްތައް ބަޔާންކުރުން.
(ށ) ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ތަންފީޒުކުރުމުގެ އިސްފަރާތްތަކާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން.
(ނ) ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ހިމެނ،ި ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އެ އިދާރާތަކުގެ މައްޗަށް ހިންގޭނެ އިދާރާތައް ކަނޑައަޅައި، އެފަދަ އިދާރާތައް ދެނެގަންނާނެ މިންގަނޑުތައް ބަޔާންކުރުން.
(ރ) ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރުން.
(ބ) މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމުގަ އްޔާއި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޫކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުން.
(ޅ) މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކާއި ހަމަތައް ބަޔާންކުރުން.
(ކ) މައުލޫމާތު ދޫކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ފީ ނެގުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުން.
(އ) ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ތަންފީޒުކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި، ގާނޫނާ އެއްގޮތަށް އަމަލުނުކުރާ ދައުލަތުގެ އިދާރާތައް ޖޫރިމަނާކޮށް ޖަވާބުދާރީކުރެވޭނެ އުސޫލުތައް ބަޔާންކުރުން.
ދެވަނަ ބާބު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު
3 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ އަސާސީ ބައިތައް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އަންނަނިވި ހައްގުތައް،ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.
(ހ) ދައުލަތުގެ އިދާރާއަކުން އަމިއްލަ އިސްނެގުމުގައި ހާމަކޮށްފައިވާ މައުލޫމާތު ބެލުން.
(ށ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު އެ އިދާރާގެ އިންފޮމޭށަން އޮފިސަރު ނިންމާ ނިންމުންތައް މުރާ ޖާކޮށްދިނުމަށް އެދި އެ އިދާރާގެ މުރާޖާ ކޮމިޓީއަށް ހުށަހެޅުން.
(ނ) ދައުލަތުގެ އިދާރާއެއްގެ މުރާޖާ ކޮމެޓީން ނިންމާ ނިންމުންތައް އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރުން.
(ރ) އިންފޮމޭށަން ކޮމިށަނަރަށް ސީދާ ށަކުވާ ހުށަހެޅުން.
(ބ) އިންފޮމޭށަން ކޮމިށަނަރުގެ ނިންމުންތައް ހައިކޯޓަށް އިލްތިމާސްކުރުން.
4 ވަނަ މާއްދާ - ހައްގު ތަންފީޒުކުރުން
މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ހައްގުތައް ތަންފީޒު ކުރުމުގެ ގޮތުން ގާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު، ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ހައްގުގެ މަންފާ ލިބިދެވޭ ފަރާތްތައް
މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ހައްގުތަކަކީ، ދިވެހި އެންމެހައި ރައްޔިތުންނަށާއި، ދިވެހި ރައްޔިތަކަށްނުވާ އެންމެހައި މީހުންނަށާއި، ގާނޫނީ ކޮންމެ ށަހްސަކަށް ވެސް، އެއްވެސް އިސްތިސްނާއެއް ނެތި ލިބިދީފައިވާ ހައްގުތަކެކެވެ.
6 ވަނަ މާއްދާ - ހައްގު ހޯދައިދީ ލިއްބައިދޭންޖެހޭ ފަރާތްތައް
މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ހައްގުތައް، އެއިން ހައްގެއް ހޯދައި ލިބިގަތުމަށް އެދޭ ކޮންމެ ފަރާތަކަށް ހޯދައިދިނުމަކީ އަދި ލިއްބައިދިނުމަކީ އާންމުކޮށް މުޅި ދައުލަތުގެ މައްޗަށް އަދި ހާއްސަކޮށް އަންނަނިވި ފަރާތްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ.
(ހ) އިންފޮމޭށަން ކޮމިށަނަރާއި އޭނާގެ ބާރުތައް ތަންފީޒު ކުރުމަށް ޓަކައި އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް އައްޔަނުކޮށްފައިވާ އެންމެހައި މުވައްޒަފުން.
(ށ) ދައުލަތުގެ ވަކިވަކި އިދާރާތަކުގެ އިންފޮމޭށަން އޮފިސަރުން.
(ނ) ދައުލަތުގެ ވަކިވަކި އިދާރާތަކުގެ މުރާޖާ ކޮމިޓީގެ މެންބަރުން.
(ރ) ދައުލަތުގެ ކޮންމެ އިދާރާއެއް.
7 ވަނަ މާއްދާ - ހައްގު ލިބިދެވޭނެ ހާލަތު
މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކޮންމެ ހައްގަކީ، ހުރިހާ ހާލަތެއްގައި ވެސް ލިބިދީފައިވާ ހައްގެކެވެ. މިގޮތުން، އެއިން ހައްގެއް ހޯދުމަށް އެދޭ މީހެއްގައި ހުރި ސިފައަކަށް ނުވަތަ އޭނާ ހުރި ހާލަތަކަށް ނުވަތަ މައުލޫމާތަށް އެދި ހުށަހަޅައިފައިވާ ދައުލަތުގެ އިދާރާއަށް ނިސްބަތްކުރެވޭ އެއްވެސް ހާލަތަކަށް ނުވަތަ އެނޫން އެއްވެސް ކަމަކަށް ބަލައި، އެ ހައްގު ހޯދައިނުދީ ނުވަތަ ލިއްބައިނުދީ ހިފަހައްޓައިގެން ނުވާނެއެވެ.
8 ވަނަ މާއްދާ - ހައްގު ލިބިނުދެވޭނެ ހާލަތު
ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން، އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ ހައްގު، ދައުލަތުގެ އެ އިދާރާއަށް ނުވަތަ ގާނޫނު ތަންފީޒުކުރާ ފަރާތަކަށް ލިބިދެވޭނީ، ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ހަތްވަނަ ބާބުގެ ދަށުން އިސްތިސްނާކޮށްފައިވާ މައުލޫމާތެއް ކަމުގައިވާނަމަ އެކަންޏެވެ.
9 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ފަރުއީ ހައްގުތައް
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ތަންފީޒުކޮށް، އެ ހައްގުތަކުގެ މަންފާ ލިބިގަތުމުގެ ގޮތުން އަންނަނިވި ހައްގުތައް ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.
(ހ) ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކޮށްފައިވާ މައުލޫމާތުގެ ކޮޕީއެއް ނުވަތަ ރިކޯޑެއް ހެއްދުން.
(ށ) ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކޮށްފައިވާ މައުލޫމާތު ނުވަތަ މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހަޅައިގެން ލިބިފައިވާ މައުލޫމާތު ރައްކައުކޮށްފައި ބެހެއްޓުން.
(ނ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދުމަށް އެދި ހުށަހެޅުމުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ކަންކަމުގެ އިތުރުން އެއްވެސް މައުލޫމާތެއް ދޭންނުޖެއްސުމާއި، ށަރުތެއް މަތި ނުކުރުން.
(ރ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދުމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި ނުވަތަ އެދިފައިވާ މައުލޫމާތު ލިބުމަށްފަހުގައި ވެސް، އެ މައުލޫމާތު ހޯދާ ބޭނުން ނުވަތަ ލިބިފައިވާ މައުލޫމާތުން ކުރާ ބޭނުން ބަޔާންކޮށްދޭން ނުޖެހުމާއި، ވަކި ގޮތަކަށް އެ މައުލޫމާތު ބޭނުންކުރުން.
(ބ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދުމަށް އެދި ހުށަހެޅުމުން، ދައުލަތުގެ އިދާރާތަކުން އެ ހުށަހެޅުމަށް އިޖާބަދިނުމަށް ނުވަތަ މައުލޫމާތު ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ދިގު މުއްދަތުތަކެއް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މުއްދަތުތައް ހަމަވުމުގެ ކުރިން، އެކަށީގެންވާ އަވަސް ފުރުސަތެއްގައި ހުށަހެޅުމަށް އިޖާބަދިނުން ނުވަތަ އެދިފައިވާ މައުލޫމާތު ދޫކުރުން.
ތިންވަނަ ބާބު
ތަންފީޒީ އިސް ފަރާތްތައް
10 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރު
(ހ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި މި ގަވާއިދު އެ ތަންތަނުގެ މައްޗަށް ހިނގާ ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭށަން އޮފިސަރެއް ކަނޑައަޅައިފައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެ އިދާރާއެއްގައި އެކަކަށްވުރެ ގިނަ އިންފޮމޭށަން އޮފިސަރުން ކަނޑައެޅިދާނެއެވެ.
11 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރު އައްޔަނުކުރުން
މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންފޮމޭށަން އޮފިސަރު ކަނޑައަޅާނީ، ދައުލަތުގެ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާއެވެ.
12 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިންފޮމޭށަން އޮފިސަރަކީ، ދައުލަތުގެ އެ އިދާރާގެ ވެރިންގެ ތެރޭގައި ނުހިމެނޭ މުވައްޒަފެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ދައުލަތުގެ އިދާރާގެ ވެރިންކަމުގައި ބަލާނީ، ދައުލަތުގެ އެ އިދާރާގެ ޑިރެކްޓަރުގެ މަގާމުގައި ނުވަތަ އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީގެ މަގާމެއްގައި ނުވަތަ އެ އިދާރާގެ ސެކްށަނެއްގެ ނުވަތަ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްގެ ގޮތުގައި ތިބޭ މުވައްޒަފުންނެވެ.
13 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުގެ މައުލޫމާތު އާންމުކުރުން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއަކުން ކަނޑައަޅާ އިންފޮމޭށަން އޮފިސަރު ނުވަތަ އޮފިސަރުންގެ ނަމާއި، މަގާމާއި، އެ ފަރާތާ ނުވަތަ އެ ފަރާތްތަކާ ގުޅޭނެ ގޮތުގެ މައުލޫމާތު ފަސޭހައިން ފެންނާނޭހެން އެ އިދާރާއެއްގެ ވެބްސައިޓުގައި، އެ އިދާރާއަކުން އިންފޮމޭށަން އޮފިސަރު އައްޔަނުކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށާއިއު ކުރަންވާނެއެވެ. އަދި އެ އިދާރާއެއްގެ ވެބްސައިޓެއް ނެތް ހާލަތުގައި އާންމު ނޯޓިސްބޯޑުގައި ނުވަތަ އާންމު އިއުލާނެއްގައި، އެ އިދާރާއަކުން އިންފޮމޭށަން އޮފިސަރު އައްޔަނު ކުރުމަށްފަހު ށާއިއު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންފޮމޭށަން އޮފިސަރުގެ މައުލޫމާތު އާންމުކުރުމުގެ އިތުރުން، ދައުލަތުގެ ކޮންމެ އިދާރާއަކުން، އިންފޮމޭށަން އޮފިސަރު ނުވަތަ އޮފިސަރުން އައްޔަނުކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އައްޔަނުކުރި އިންފޮމޭށަން އޮފިސަރު ނުވަތަ އިންފޮމޭށަން އޮފިސަރުންގެ، ތިރީގައިވާ މައުލޫމާތުތައް، އިންފޮމޭށަން ކޮމިށަނަރަށް ލިޔުމުން ފޮނުވަންވާނެއެވެ.
- ފުރިހަމަ ނަން؛
- މަގާމު؛
- ގުޅޭނެ ފޯނު ނަންބަރު؛
- އީ-މެއިލް އެޑްރެސް؛
- އިންފޮމޭށަން އޮފިސަރަށް ރައްދުކުރަންޖެހޭ ލިޔުމާއި ތަކެތި ފޮނުވާނެ އެޑްރެސް.
14 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިންފޮމޭށަން އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މައުލޫމާތު ހޯދުމަށް އެދި އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، މި ގަވާއިދުގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ ދަށުން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
(ށ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި، މި ގަވާއިދާއި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާގައިވާ މައުލޫމާތު ބަލަހައްޓާނެ ގޮތާއި، އަރުށީފުކުރާނެ ގޮތާއި، ދޫކުރާނެ ގޮތުގެ ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި، އެ އުސޫލުތަކަށް އަމަލުކުރުމާއި، އުސޫލުތަކަށް އެހެން ފަރާތްތައް އަމަލުކުރުވުމުގެ ރޫހު އާލާކުރުން.
(ނ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި މި ގަވާއިދުގެ ނަތީޖާ އެންމެ ފުރިހަމަގޮތުގައި ނެރެދިނުމަށް ޓަކައި، އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާގެ އެހެން މުވައްޒަފުންގެ އެހީތެރިކަމަށް އެދުން.
15 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއަކުން ކަނޑައަޅާ އިންފޮމޭށަން އޮފިސަރު އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެއެވެ.
(ށ) ދައުލަތުގެ އިދާރާއަކުން އައްޔަނުކޮށްފައިވާ އިންފޮމޭށަން އޮފިސަރަކީ، ދައުލަތުގެ އެ އިދާރާގެ މުވައްޒަފެއް ކަމުގައި ވެފައި، އެ އިދާރާގެ އިސްވެރިންގެ ނުފޫޒު އޭނާ އެ އިދާރާގައި އަދާކުރާ މަގާމުގެ މަސްއޫލިއްޔަތުގެ މައްޗަށް ހިނގިނަމަވެސް، ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރުގެ ހައިސިއްޔަތުން އޭނާ ކުރާ ކަންކަމާއި ނިންމާ ނިންމުންތަކުގެ މައްޗަށް އެ އިދާރާގެ އިސްވެރިންގެ ނުފޫޒެއް ހިންގައިގެން ނުވާނެއެވެ.
(ނ) އިންފޮމޭށަން އޮފިސަރު ހުރިހާ ކަމެއްވެސް ކުރަންވާނީ، ގާނޫނުގެ މަގުސަދު ހާސިލުވާނެ ގޮތުގެ މަތީން، އާންމު މަސްލަހަތަށްޓަކައެވެ.
16 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުގެ މަސްލަހަތު ފުށުއެރުމުން ދުރުހެލިވުން
(ހ) މައުލޫމާތެއް ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ޖަވާބުދާރީވުމުގައި، އިންފޮމޭށަން އޮފިސަރުގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދިމާވާނަމަ، އެ ހުށަހެޅުމަށް ގޮތެއް ނިންމުމުން އެ އިންފޮމޭށަން އޮފިސަރު ތަނާޒުލްވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އަންނަނިވި ހާލަތްތަކަކީ މަސްލަހަތު ފުށުއަރާ ހާލަތްތައް ކަމުގައި ބެލެވޭނެއެވެ.
- މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ، އިންފޮމޭށަން އޮފިސަރު ކަމުގައި ވުން.
- މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ، އިންފޮމޭށަން އޮފިސަރާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުމެއް އޮތް ފަރާތެއް ކަމުގައި ވުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެނަމަ، އެ ހުށަހެޅުމަށް އިޖާބަދިނުމަށް ޓަކައި، އިންފޮމޭށަން އޮފިސަރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އެހެން މުވައްޒަފަކާ، އިދާރާގެ އިސްފަރާތުން ހަވާލުކުރަންވާނެއެވެ.
17 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރެއް ނެތް ހާލަތެއް މެދުވެރިވުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ އިދާރާއެއްގައި އިންފޮމޭށަން އޮފިސަރަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް، އިންފޮމޭށަން ކޮމިށަނަރަށް، ދައުލަތުގެ އެ އިދާރާއަކުން ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި އިންފޮމޭށަން އޮފިސަރުގެ މަގާމު ހުސްވާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އިންފޮމޭށަން އޮފިސަރަކު އެ އިދާރާއިން ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް އަންގާ އެންގުމުގައި، އިންފޮމޭށަން އޮފިސަރަކު ނެތް މުއްދަތުގައި ދައުލަތުގެ އެ އިދާރާއަށް ލިބޭ ހުށަހެޅުންތަކަށް އަމަލުކުރުމަށް ރާވައިފައިވާ ގޮތް ހިމަނަންވާނެއެވެ.
18 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރު އައްޔަނު ނުކުރާ ދައުލަތުގެ އިދާރަތަކާމެދު ފިޔަވަޅު އެޅުން
ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިންފޮމޭށަން އޮފިސަރަކު ކަނޑަނާޅާ ދައުލަތުގެ އިދާރާތައް، މި ގަވާއިދުގެ ސާދަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - ދައުލަތުގެ އިދާރާތަކުން އިންފޮމޭށަން އޮފިސަރަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން
(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން އިންފޮމޭށަން އޮފިސަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ޓަކައި، އިންފޮމޭށަން އޮފިސަރު، ދައުލަތުގެ އިދާރާގެ އެހެން މުވައްޒަފުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު އެހެން މުވައްޒަފުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަން، ދައުލަތުގެ އެ އިދާރާގެ އެހެން މުވައްޒަފުން ދޭންވާނެއެވެ.
(ނ) ދައުލަތުގެ އިދާރާގެ އިންފޮމޭށަން އޮފިސަރު ބޭނުންވެއްޖެނަމަ، އެކަށީގެންވާ އިދާރީ އެހީތެރިކަން އޭނާއަށް ލިބެމުންދާކަން ނުވަތަ އެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ކަށަވަރުކުރަންވާނެއެވެ.
20 ވަނަ މާއްދާ - މުރާޖާ ކޮމިޓީ
ދައުލަތުގެ ކޮންމެ އިދާރާއެއްގައި، އެ އިދާރާގެ އިންފޮމޭށަން އޮފިސަރު ނުވަތަ އޮފިސަރުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ހުށަހަޅާ ށަކުވާތައް ބަލައި މުރާޖާ ކުރާނ،ެ މުރާޖާ ކޮމިޓީއެއް އެކުލަވައިލައިފައިއޮންނަންވާނެއެވެ.
21 ވަނަ މާއްދާ - މުރާޖާ ކޮމިޓީ އެކުލަވައިލުން
(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުރާޖާ ކޮމިޓީ އެކުލަވައިލާނީ، ދައުލަތުގެ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާއެވެ.
(ށ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުރާޖާ ކޮމިޓީ އެކުލަވައިލަންވާނީ، ދައުލަތުގެ އެ އިދާރާގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ 3 (ތިނެއް) މެންބަރުންނަށް ވުރެ މަދުނޫން އަދަދެއްގެ މައްޗަށެވެ.
22 ވަނަ މާއްދާ - މުރާޖާ ކޮމިޓީގެ މެންބަރުންގެ ށަރުތުތައް
މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން މުރާޖާ ކޮމިޓީއަށް އައްޔަ ނުކުރަންވާނީ، ދައުލަތުގެ އެ އިދާރާގައި އިންފޮމޭށަން އޮފިސަރު އަދާކުރާ މަގާމަށްވުރެ މަތީ މަގާމެއްގައި ތިބޭ އެ އިދާރާގެ މުވައްޒަފުންނެވެ.
23 ވަނަ މާއްދާ - މުރާޖާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ މުރާޖާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް ބަލައި މުރާޖާކުރުން.
(ށ) ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް އާންމު އުސޫލުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިންމުން، ނުވަތަ ހާއްސަ ހާލަތެއް ދިމާވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުނިމޭ ށަކުވާތައް، އިތުރު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުން.
(ނ) ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ނިސްބަތްވަނީ ތިންވަނަ ފަރާތެއްގެ މައުލޫމާތާ ގުޅޭގޮތުން ކަމުގައި ވާނަމަ، ށަކުވާގެ މައްސަލަ ނިންމުމުގެ ކުރިން އެ ފަރާތުގެ ވާހަކަ އަޑުއެހުން؛ ނަމަވެސް އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމުމަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި، އެކަމަކު، މި ގަވާއިދުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވައިލާ މުރާޖާ ކޮމިޓީގެ ހުއްދަޔާއެކު އެ މައުލޫމާތެއް އެ ސަބަބަށް ޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެއެވެ.
(ރ) ށަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތުގެ ފަހުން ކޮމިޓީއަށް ހުށަހަޅާ ށަކުވާތައް ބަލައިގަތުމާމެދު ގޮތެއް ނިންމުން.
(ބ) ށަކުވާ ބެލުމަށް ޓަކައި، ށަކުވާ ރައްދުވާ ނިންމުން ނިންމި އިންފޮމޭށަން އޮފިސަރާ ސުވާލުކުރުން.
(ޅ) ށަކުވާ ބެލުމަށް ޓަކައި، ށަކުވާ ރައްދުވާ ނިންމުމުގެ ލިޔުންތަކާއި، އިތުރަށް ބަލަންޖެހޭ އެހެނިހެން ލިޔުންތަކާއި މައުލޫމާތު ހޯދައި ބެލުން.
(ކ) މުރާޖާ ކޮމިޓީ އެކުލަވައިލުމުގައި ސިޔާސީ މަގާމުގައި ތިބޭ މުވައްޒަފުން، ވީ ވަރަކުން ނުހިމެނުމަށް އިސްކަންދޭންވާނެއެވެ. މުވައްޒަފުންގެ ދަތިކަން ހުރިގޮތުން ސިޔާސީ މަގާމެއްގައި ހުރި މީހަކު ނުހިމަނައި އެ ކޮމިޓީ އެކުލަވައިލެވެން ނެތްނަމަ، ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކު ނޫން މުވައްޒަފަކު ހިމެނޭގޮތުން، އެ ކޮމިޓީގައި ސިޔާސީ މަގާމުތަކުގެ މުވައްޒަފުން ތިބުމަކަށް މި ގަވާއިދުގެ ހުރަހެއް ނާޅައެވެ.
24 ވަނަ މާއްދާ - މުރާޖާ ކޮމިޓީގެ މެންބަރުންގެ މަސްލަހަތު ފުށުއެރުމުން ދުރުހެލިވުން
(ހ) ކޮމިޓީއަށް ހުށަހެޅޭ ށަކުވާއެއް ބަލައި މުރާޖާ ކުރުމުގައި ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދިމާވާނަމަ، އެ ށަކުވާއެއް ބެލުމުގައި ކޮމިޓީން އެ މެންބަރު ތަނާޒުލް ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އަންނަނިވި ހާލަތްތަކަކީ މަސްލަހަތު ފުށުއަރާ ހާލަތްތައް ކަމުގައި ބެލެވޭނެއެވެ.
- ހުށަހަޅައިފައިވާ ށަކުވާގައި ހިމެނޭ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމަކީ، ކޮމިޓީގެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ އެ މެންބަރު ސީދާ ކުރާ ނުވަތަ އޭނާގެ ބެލުމުގެ ދަށުން ކުރާ މަސައްކަތަކާ ގުޅުންހުރި ހުށަހެޅުމެއް ކަމުގައި ބެލެވުން ނުވަތަ ބެލެވިދާނެކަމެއް ކަމުގައި ވުން.
- ށަކުވާ ހުށަހަޅައިފައިވާ ފަރާތަކީ ކޮމިޓީގެ މެންބަރަކާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުމެއް އޮތް ފަރާތެއް ކަމުގައި ވުން.
- ށަކުވާ ހުށަހަޅައިފައިވާ ފަރާތަކީ ކޮމިޓީގެ މެންބަރެއް ކަމުގައި ވުން.
25 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި މި ގަވާއިދު ތަންފީޒުކުރުމުގެ އެންމެ އިސް ދައުރު އަދާކުރާނީ، އިންފޮމޭށަން ކޮމިށަނަރެވެ.
26 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ އިންފޮމޭށަން ކޮމިށަނަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަގޮތުގައި ކުރުން.
(ށ) ގާނޫނަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ ނިސްބަތް ބަލައި، އެ ކަންކަން ރިޕޯޓުކުރުން؛
(ނ) މައުލޫމާތު ށާއިއުކުރުމުގެ ކަންކަން އިސްލާހުކުރުމަށް ޓަކައި، ދައުލަތުގެ ވަކި އިދާރާއެއް ހާއްސަނުވާގޮތަށް އާންމުކޮށް ކުރެވިދާނެ ކަންކަން ފާހަގަކުރުމާއި، ދައުލަތުގެ ވަކި އިދާރާތަކުން ކުރެވިދާނެ ކަންކަން ވަކިން ފާހަގަކުރުން.
(ރ) ގާނޫނު ތަންފީޒު ކުރުމަށް ޓަކައި، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދޭ ތަމްރީނުތައް ދިނުމުގައި ބައިވެރިވުމާއި، އެފަދަ ތަމްރީނުތައް ހިންގައިދިނުމާއި، އެކަމަށް އެއްބާރުލުން ދިނުން.
(ބ) ގާނޫނާ ހިލާފު އަމަލުތައް ކަމުގައި ބެލެވޭ އަމަލުތައް ހިނގާނަމަ، އެ ކަންކަން، ކަމާބެހޭ ފަރާތްތަކަށް އެންގުން.
(ޅ) ގާނޫނުގެ ބޭނުމާއި، ގާނޫނުން ހާސިލުކުރަން ބޭނުންވާ ކަންކަން އާންމުކުރުމާއި، ވަކިވަކި ފަރުދުންނަށް ލިބިދޭ ހައްގުތައް ފުޅާ ދާއިރާއެއްގައި އާންމުކުރުމާއި، އެ މީހުންނަށް އެ ކަންކަން އަންގައިދިނުން.
(ކ) ގާނޫނާއި މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
(އ) ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ އިންފޮމޭށަން އޮފިސަރަކު ޖޫރިމަނާކުރުން.
(ވ) އިންފޮމޭށަން ކޮމިށަނަރު ކުރާ ހުއްދަ އަމުރަކާ ހިލާފުވެފައިވާ ފަރާތެއް ޖޫރިމަނާކުރުން.
(މ) ގާނޫނާއި ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ އިންފޮމޭށަން އޮފިސަރަކާމެދު އޭނާ ނިސްބަތްވާ ދައުލަތުގެ އިދާރާއަކުން ސުލޫކީ ފިޔަވަޅު އަޅަން ދައުލަތުގެ އެ އިދާރާއަށް އެންގުން.
ގާނޫނާއި ގަވާއިދުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއް، މީހަކު ކޮށްފިކަމުގެ ތުހުމަތުކުރެވޭނަމަ، އެ މީހެއްގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އެންގުމާއި، ފުލުހުންގެ ތަހުގީގަށްފަހު އޭނާގެ މައްޗަށް ދައުވާކުރުމަށް އިންފޮމޭށަން ކޮމިށަނަރަށް ފެނިއްޖެ ކަމަށްވާނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.
27 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރު މިނިވަންކަމާއެކު މަސައްކަތްކުރުން
(ހ) އިންފޮމޭށަން ކޮމިށަނަރުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތަންފީޒުކުރުމުގައި އެއްވެސް ބިރަކަށް ނުވަތަ ނުފޫޒަކަށް އޭނާ ލެނބިގެން ނުވާނެއެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރު ބަލާ އެއްވެސް މައްސަލައެއްގައި ކަމެއް ނިންމުމުގައި ނުވަތަ މައްސަލަ ހިންގުމުގައި ނުވަތަ މަށްވަރާކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުން ވެސް ނުވަތަ ނުސީދާ ގޮތުން ވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރުމަށް އޭނާ މަސައްކަތްކޮށްގެން ނުވާނެއެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތަންފީޒުކުރުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްވެސް ކުރަންވާނީ، ގާނޫނުގެ މަގުސަދު ހާސިލުވާނެ ގޮތުގެ މަތީން އާންމު މަސްލަހަތަށްޓަކައެވެ.
(ރ) އިންފޮމޭށަން ކޮމިށަނަރުގެ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި ކުރުމަށް ޓަކައި، އެ ކަމެއްގެ ވަގުތުގައި، އެކަމާބެހޭ ސައްހަ އަދި ފުރިހަމަ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ.
28 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ ޒާތީ ސުލޫކު
އިންފޮމޭށަން ކޮމިށަނަރު، ފަރުދެއްގެ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައި ވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
(ހ) މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި، އެއްވެސް ހައިސިއްޔަތަކުން ނުކުރުން.
(ށ) މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ އެއްވެސް ކަމެއް، އެއްވެސް ހައިސިއްޔަތަކުން ނުކުރުން.
(ނ) ގާނޫނާ ހިލާފު އަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.
(ރ) ގާނޫނުގެ ނުވަތަ ގަވާއިދުގެ މަ ގުސަދު ހާސިލުކުރުމަށް ޓަކައި ކުރަންޖެހޭ ކަމެއް ކުރުމަށް މެނުވީ، ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުންދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގައިލުމުގެ ނިޔަތުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.
(ބ) އާންމުކޮށް ކޮންމެ މީހަކަށް ވެސް ލިބޭގޮތަށް އޮތް އުސޫލަކުން ލިބެން އޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް އެއްވެސް ފަރާތަކުން ނުހޯދުން.
(ޅ) މަގާމުގައި ހުންނައިރުގައްޔާއި މަގާމުން ވަކިވުމަށްފަހުގައި ވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ ސިއްރު މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
29 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ މަސްލަހަތު ފުށުއެރުމުން ދުރުހެލިވުން
(ހ) އިންފޮމޭށަން ކޮމިށަނަރު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އަމިއްލަ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަށް ފުރުސަތު ދީގެން ނުވާނެއެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، އެ ކަމެއްގައި އިންފޮމޭށަން ކޮމިށަނަރުގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ނުވަތަ އެފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެ ކަމަކުން އޭނާ ތަނާޒުލްވާންވާނެއެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރުގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ކުރިމަތިވެގެން އޭނާ ވަކި މައްސަލައެއް ބެލުމުން ތަނާޒުލުވާ ހާލަތުގައި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ބަލާނެ ފަރާތެއް، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އިދާރީ އިންތިޒާމެއް ހަމަޖެހިފައި އޮންނަންވާނެއެވެ.
30 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް
އިންފޮމޭށަން ކޮމިށަނަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ފުރިހަމަކޮށް ތަންފީޒުކުރަންވާނީ،ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ގާނޫނުގެ މަގުސަދު ހާސިލުވާނެ ގޮތަށެވެ.
(ހ) ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވ،ެ އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން.
(ށ) ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، މަގާމުގެ އެންމެހައި މަސައްކަތްތައް ކުރުމުގައި ދެމިހުރުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.
(ނ) ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި މަސްލަހަތުތަކަށް އިހްތިރާމްކުރުން.
(ރ) ގާނޫނުގައިވާ ގޮތުގެ މަތީން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން.
(ބ) މަގާމުގައި ހުންނައިރުގައްޔާއި މަގާމުން ވަކިވުމަށްފަހުގައި ވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ ސިއްރު މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
(ޅ) ގާނޫނުގައިވާ ގޮތުގެ މަ ތީން، ގާނޫނުގައި ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު އެ ގާނޫނާ ހިލާފަށް ހާމަނުކޮށް ނުހިފެހެއްޓުން، ނުވަތަ އަންގަންޖެހޭ މައުލޫމާތު އެ ގާނޫނާ ހިލާފަށް ނާންގައި ނުހުރުން، ނުވަތަ ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ދޭންޖެހޭ ދަނޑިވަޅުގައި، ނުރަނގަޅު މައުލޫމާތު ދިނުމުންނާއި، ދޮގު މައުލޫމާތު ދިނުމުންނާއި، ހަގީގަތް އޮޅޭފަދަ މައުލޫމާތު ދިނުމުން ދުރުވުން.
(ކ) ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ވަޒީފާ ބޭނުން ނުކުރުމާއި، ސިޔާސީގޮތުން ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނުކުރުން.
ހަތަރުވަނަ ބާބު
ދައުލަތުގެ އިދާރާ
31 ވަނަ މާއްދާ - ދައުލަތުގެ އިދާރާ
(ހ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމުގެ އުސޫލުތަކާއި ހަމަތައް އާންމު އުސޫލެއްގެ ގޮތުން ހިނގާނީ، ދައުލަތުގެ އިދާރާތަކުގެ މައްޗަށެވެ.
(ށ) ދައުލަތުގެ އިދާރާތައް ކަމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ72 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަޔާންކޮށްފައިވާ އަންނަނިވި އިދާރާތަކުގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމުގެ އުސޫލުތަކާއި ހަމަތައް ފުރިހަމައަށް ހިނގާނެއެވެ. އަދި އެ އުސޫލުތަކާއި ހަމަތައް އެ އިދާރާތަކުގެ މައްޗަށް ފުރިހަމައަށް ތަންފީޒު ކުރެވޭނެއެވެ.
- ވެރިކަން ހިންގާ ފަރާތް؛
- ރައްޔިތުންގެ މަޖިލިސް؛
- އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު؛
- މިނިވަން މުއައްސަސާތައް؛
- މުސްތަގިއްލު މަގާމުތައް؛
- ސަލާމަތީ ހިދުމަތްތައް؛
- ލޯކަލް ކައުންސިލްތައް؛
- ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއް؛
- ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނެއް؛
- ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް.
32 ވަނަ މާއްދާ - ވެރިކަން ހިންގާ ފަރާތް
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، އަންނަނިވި ފަރާތްތަކަކީ ވެރިކަން ހިންގާ ފަރާތުގެ ތެރޭގައި ހިމެނޭ ފަރާތްތައް ކަމުގައި ބެލެވޭނެއެވެ.
(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
(ށ) ސަރުކާރުގެ ވުޒާރާތައް.
(ނ) ސަރުކާރުގެ ވުޒާރާތަކުގެ ދަށުން، ހިނގާ އެންމެހައި އޮފީސްތަކާއި، ޑިޕާޓްމަންޓްތަކާއި، އޮތޯރިޓީތަކާއި، އޭޖެންސީތަކާއި، ސެންޓަރުތަކާއި، ސްކޫލް މަދަރުސާތަކާއި، ހޮސްޕިޓަލުތަކާއި، އެމްބަސީތަކާއި، ހައިކޮމިށަންތަކާއި، މިށަންތައް،އަދި އެނޫންވެސް ސަރުކާރުގެ އޮނިގަނޑުގައި ހިމެނޭ ކޮންމެ އިދާރާއެއް.
(ރ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އުފައްދައިފައިވ،ާ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމުގައި ނުވާ ކޮންމެ ތަނެއް.
(ބ) ޓްރައިބިއުނަލްތައް.
(ޅ) ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮންމެ ތަނެއް.
(ކ) މަތީގައިވާ އަކުރުތަކުގައި ނުހިމެނުނު ނަމަވެސް، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޮންމެ އިދާރާއެއް.
33 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލިސް
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، ރައްޔިތުންގެ މަޖިލިސް ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން އެ މަޖިލީހަށް އިންތިހާބުކުރެވޭ އެންމެހައި މެންބަރުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މުޅި މަޖިލީހާއި، ވަކިވަކި މެންބަރުންގެ ރަސްމީ ހައިސިއްޔަތާއި، ވަކިވަކި މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭގޮތުންނެވެ.
34 ވަނަ މާއްދާ - އަދުލުއިން ސާފު ގާއިމްކުރުމުގެ ބާރު
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، އަދުލުއިންސާފު ގާއިމުކުރުގެ ބާރުކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނުން ކަނޑައަޅައިފައިވާ ކޯޓުތަކާއި، ހައިކޯޓާއި، ސުޕްރީމް ކޯޓަށެވެ.
35 ވަނަ މާއްދާ - މިނިވަން މުއައްސަސާތައް
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، މިނިވަން މުއައްސަސާތައް ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ ހަތްވަނަ ބާބުގެ ދަށުން ބަޔާންކޮށްފައިވާ މިނިވަން މުސްތަގިއްލު ކޮމިށަންތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކޮންމެ ތަނެއް ހިމެނޭ ގޮތުންނެވެ.
36 ވަނަ މާއްދާ - މުސްތަގިއްލު މަގާމުތައް
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، މުސްތަގިއްލު މަގާމުތައް ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ ހަތްވަނަ ބާބުގެ ދަށުން ބަޔާންކޮށްފައިވާ މިނިވަން މުސްތަގިއްލު މަގާމުތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން މިނިވަން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކޮންމެ މަގާމަކަށާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާ އެ މަގާމުތަކުގެ އޮފީސްތައް ހިމެނޭ ގޮތުންނެވެ.
37 ވަނަ މާއްދާ - ސަލާމަތީ ހިދުމަތްތައް
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، ސަލާމަތީ ހިދުމަތްތައް ކަމުގައި ބުނެފައި އެވަނީ، ދިވެހި ސިފައިންގެ ހިދުމަތަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށެވެ.
38 ވަނަ މާއްދާ - ލޯކަލް ކައުންސިލްތައް
މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، ލޯކަލް ކައުންސިލްތައް ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އުފައްދާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އެ ކައުންސިލްތަކުގެ އިދާރާތަކާއި، އެ އިދާރާތަކުން ދޭ ހިދުމަތްތައް ދެމުންދާ އެ އިދާރާގެ އޮފީސްތައް ހިމެނޭ ގޮތުންނެވެ.
39 ވަނަ މާއްދާ - ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަން
(ހ) މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، ވަކި ތަނަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ކަމުގައި ބެލުމުގައި، އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.
- އެ ތަނަކުން ކުރާ ކަމަކީ ނުވަތަ ދޭ ހިދުމަތަކީ ގާނޫނުއަސާސީން ނުވަތަ
ގާނޫނަކުން ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއްތޯ؛ - އެ ތަނަކުން ދޭ ހިދުމަތަކީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އަސާސީ ހައްގެއްތޯ ނުވަތަ އެ ނޫންވެސް އަސާސީ ހިދުމަތެއްގެ ގޮތުގައި ބެލެވޭ ހިދުމަތެއްތޯ؛
- އެ ތަނަކުން ދޭ ހިދުމަތް ދެމުންގެންދާ ނުވަތަ އެ ތަނަކުން ކުރާ ކަމެއް ކުރަމުންގެންދާ އިތުރު ފަރާތްތައް ހުރިތޯ.
(ށ) މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، ވަކި ތަނަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ކަމުގައި ބެލުމުގައި، އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.
- އެ ތަނެއްގެ ގާނޫނީ ށަހްސިއްޔަތުގެ ބާވަތާއި ތަބީއަތް؛
- އެ ތަނަކީ ފައިދާއެއް ލިބޭގޮތަށް ވިޔަފާރި އުސޫލުން ނުވަތަ ހިލޭސާބަހަށް ހިދުމަތެއްދޭ އުސޫލުން ހިންގާ ތަނެއްތޯ.
40 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން ހިންގާ ތަންތަން
ތަނެއް ހިންގުމުގެ ހަރަދު އެކުގައި ނުވަތަ އެ ހަރަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް، އެއީ ސީދާ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދެއް ކަމުގައި ވާނަމަ، މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، އެ ތަނަކީ ދައުލަތުގެ ބަޖެޓުން ހިންގާ ތަނެއް ކަމުގައި ބެލެވޭނެއެވެ.
41 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ތަންތަން
ވަކި ތަނެއް ހިންގުމުގެ ހަރަދުގެ ބައެއް، އެއީ ސީދާ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދެއް ކަމުގައި ވާނަމަ، މި ގަވާއިދުގެ 31 ވަނަ މާއްދާގެ ބޭނުމަށް، އެ ތަނަކީ ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ތަނެއް ކަމުގައި ބެލެވޭނެއެވެ.
42 ވަނަ މާއްދާ - ޖަމްއިއްޔާ ޖަމާއަތްތަކުގެ މައްޗަށް ގާނޫނު ހިންގުން
އަންނަނިވި ބާވަތުގެ ޖަމްއިއްޔާ ޖަމާއަތްތަކުގެ މައްޗަށް ގާނޫނާއި މި ގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމުގެ އުސޫލުތަކާއި ހަމަތައް ފުރިހަމައަށް ހިނގާނެއެވެ. އަދި އެ އުސޫލުތަކާއި ހަމަތައް އެ ތަންތަނުގެ މައްޗަށް ފުރިހަމައަށް ތަންފީޒު ކުރެވޭނެއެވެ.
(ހ) ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބިގެން ރާއްޖޭގައި ހިންގާ ޖަމްއިއްޔާ ޖަމާއަތްތައް.
(ށ) ބޭރު ގައުމެއްގެ ސަރުކާރެއްގެ ފައިސާގެ އެހީ ލިބިގެން ރާއްޖޭގައި ހިންގާ ޖަމްއިއްޔާ ޖަމާއަތްތައް.
(ނ) ބައިނަލްއަގްވާމީ ޖަމާއަތެއްގެ ފައިސާގެ އެހީ ލިބިގެން ރާއްޖޭގައި ހިންގާ ޖަމްއިއްޔާ ޖަމާއަތްތައް.
43 ވަނަ މާއްދާ - ދައުލަތުގެ އިދާރާގެ ގޮތުގައި ބެލެވޭނެ މުއްދަތު
މި ގަވާއިދުގެ 40 ވަނަ މާއްދާއާއި، 41 ވަނަ މާއްދާއާއި، 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ފައިސާގެ އެހީ ލިބޭނަމަ، މި ގަވާއިދު ހިނގާނީ،އެ އެހީއެއް ލިބޭ މުއްދަތަކަށެވެ.
ފަސްވަނަ ބާބު
އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުން
44 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރަންޖެހޭ ގޮތްތައް
ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު އެ އިދާރާއެއްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. ވެބްސައިޓެއް ނެތް ހާލަތެއްގައި އެ އިދާރާގެ ނޯޓިސް ބޯޑުގައި ނުވަތަ ރައްޔިތުންނަށް އާންމުކޮށް ފެންނާނެ އެހެން ގޮތަކަށް އާންމުކުރަންވާނެއެވެ.
45 ވަނަ މާއްދާ - ޒިންމާ އަދާކުރާނެ ފަރާތް
ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގައި މައުލޫމާތު ށާއިއުކުރުމުގެ ޒިންމާ އަދާކުރާނީ، ދައުލަތުގެ އެ އިދާރާގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ އެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކުންނެވެ.
46 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި އާންމުކުރަންޖެހޭ މައުލޫމާތު ގަވާއިދުން އާންމުނުކުރާނަމަ ފިޔަވަޅު އެޅުން
ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތަށް، އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ށާއިއުނުކުރާ ދައުލަތުގެ އިދާރާތައް، މި ގަވާއިދުގެ ސާދަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
ހަވަނަ ބާބު
މައުލޫމާތަށް އެދި ހުށަހެޅު މާއި މައުލޫމާތު ދޫކުރުން
47 ވަނަ މާއްދާ - މައުލޫމާތަށް އެދި ހުށަހެޅުން
ދައުލަތުގެ އިދާރާއަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާނީ، އަދި އެ ހުށަހެޅުމާމެދު ދައުލަތުގެ އިދާރާތަކުން އަމަލުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
48 ވަނަ މާއްދާ - މައުލޫމާތަށް އެދި ހުށަހަޅާނެ ގޮތް
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމަށް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ ފޯމު ނުވަތަ؛
- މައުލޫމާތު ހޯދުމަށް ހުށަހެޅުމަށް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ތައާރަފުކުރާ އޮންލައިން ނިޒާމު މެދުވެރިކޮށް ނުވަތަ؛
- މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ދައުލަތުގެ އިދާރާއިން އެ އިދާރާއަށް މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމަށް ވަކި ފޯމެއް ތައްޔާރުކޮށް ތައާރަފުކޮށްފައިވާނަމަ، އެ ފޯމު މެދުވެރިކޮށް؛
- މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ލިޔުމެއް މެދުވެރިކޮށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ވަކި ގޮތަކަށް މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމަށް ދައުލަތުގެ އިދާރާއަކުން ލާޒިމުކޮށްގެން ނުވާނެއެވެ.
49 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމު
(ހ) މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، މައުލޫމާތެއް ހޯދުމަށް އެދި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމުގައި ހުރިހާ އިދާރާތަކުން ވެސް ބޭނުންކުރެވޭނެ ފޯމެއް، އިންފޮމޭށަން ކޮމިށަނަރު ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ދައުލަތުގެ އިދާރާއަކުން ވަކި ފޯމެއް ތައާރަފުކުރާނަމަ އެކަން ކުރަންވާނީ، މި ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން އެއްވެސް މައުލޫމާތެއް ހުށަހެޅުމަށް ލާޒިމު ނުވާނެ ގޮތެއްގެ މަތީންނެވެ.
(ނ) މައުލޫމާތެއް ހޯދުމަށް ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމަށް ވަކި ފޯމެއް ތައާރުފުކޮށް ބޭނުންކުރަމުން ނުދާ އިދާރާތަކުގައި، މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ތައްޔާރުކޮށް އާންމުކޮށްފައިވާ ފޯމ،ު އެ އިދާރާގެ ކައުންޓަރުން އަބަދުވެސް ލިބެން ހުންނަންވާނެއެވެ. އަދި އެ ފޯމ،ު އެ އިދާރާގެ ވެބްސައިޓެއް އޮންނަނަމަ،އެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނަންވާނެއެވެ.
(ރ) މައުލޫމާތެއް ހޯދުމަށް ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމަށް ވަކި ފޯމެއް ތައާރަފުކޮށް ބޭނުންކުރަމުންދާ އިދާރާތަކުގައި، އެ އިދާރާގެ ކައުންޓަރުން އަބަދުވެސް އެ ފޯމު ލިބެން ހުންނަންވާނެއެވެ. އަދި އެ ފޯމ،ު އެ އިދާރާގެ ވެބްސައިޓެއް އޮންނަނަމަ، އެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނަންވާނެއެވެ.
50 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ލިޔުން
މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް ލިޔުމެއް ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ސިޓީއާއި، ނޯޓާއި، އީ-މެއިލް ނުވަތަ އެނޫންވެސް އެ ފަދަ ކޮންމެ ލިޔުމެއް ވެސް ހިމެނޭ ގޮތުންނެވެ.
51 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ އޮންލައިން ނިޒާމް
މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް އޮންލައިން ނިޒާމު ކަމުގައި ބުނެފައި އެވަނީ، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ތައާރަފުކުރާ އޮންލައިން ވަސީލަތެއް މެދުވެރިކޮށް، މި ގަވާއިދުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ފޮނުވާ ހުށަހެޅުމަށެވެ. މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް އޮންލައިން ނިޒާމު ކަމުގައި ބުނެފައި އެވަނީ، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ތައާރަފު ކުރާ އޮންލައިން ވަސީލަތެއް މެދުވެރިކޮށް، މި ގަވާއިދުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ފޮނުވާ ހުށަހެޅުމަށެވެ.
52 ވަނަ މާއްދާ - ފޯމު މެދުވެރިކޮށް މައުލޫމާތަށް އެދުން
މައުލޫމާތެއް ހޯދުމަށް އެދި ފޯމު މެދުވެރިކޮށް ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް ފޯމު ހުށަހެޅިދާނެއެވެ.
(ހ) ފޯމުގައިވާ މައުލޫމާތު ފުރުމަށްފަހުގައި، ފޯމުގެ އަސްލ،ު ދައުލަތުގެ އިދާރާގެ ކައުންޓަރަށް ރައްދުކުރުން؛
(ށ) ފޯމުގައިވާ މައުލޫމާތު ފުރުމަށްފަހުގައި، ފޯމުގެ ކޮޕީއެއް، އީ-މެއިލަކާއެކު އެޓޭޗްކޮށް،ދައުލަތުގެ އިދާރާއަށް އެ އީ-މެއިލް ރައްދުކުރުން.
53 ވަނަ މާއްދާ - ލިޔުން މެދުވެރިކޮށް މައުލޫމާތަށް އެދުން
(ހ) މައުލޫމާތެއް ހޯދުމަށް އެދި ލިޔުމެއް މެދުވެރިކޮށް ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް ލިޔުން ހުށަހެޅިދާނެއެވެ.
- މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު ލިޔުމުގައި ފުރިހަމައަށް ބަޔާންކުރުމަށްފަހުގައި، ދައުލަތުގެ އިދާރާގެ ކައުންޓަރަށް އެ ލިޔުން ރައްދުކުރުން؛
- މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު ލިޔުމުގައި ފުރިހަމައަށް ބަޔާންކުރުމަށްފަހުގައި، ދައުލަތުގެ އިދާރާއަށް އެ އީ-މެއިލް ފޮނުވުން.
(ށ) މައުލޫމާތު ހޯދުމަށް އެދި ލިޔުން ހުށަހަޅަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އީ-މެއިލް މެދުވެރިކޮށް ކަމުގައި ވާނަމަ، މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ނ) އާއި 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތައް އެ ހުށަހެޅުމެއްގެ މައްޗަށް ހިނގާނެއެވެ.
54 ވަނަ މާއްދާ - އީ-މެއިލް މެދުވެރިކޮށް މައުލޫމާތަށް އެދުން
(ހ) އީ-މެއިލް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހަޅާނީ، އެ އީ-މެއިލުގައި، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު ފުރިހަމައަށް ބަޔާންކުރުމަށްފަހުގައި، މައުލޫމާތު ހޯދުމަށް އެދޭ ދައުލަތުގެ އިދާރާގެ ރަސްމީ އީ-މެއިލް އެޑްރެ ހަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މައުލޫމާތު ހޯދުމަށް އެދޭ ދައުލަތުގެ އިދާރާގެ ރަސްމީ އީ-މެއިލް އެޑްރެސް ކަމުގައި ބުނެފައި އެވަނީ، އެ އިދާރާއަށް ފޮނުވާ ސިޓީއާއި އެނޫންވެސް ލިޔެކިޔުން ބަލައިގަތުމަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށް ނުވަތަ އެ އިދާރާގެ އިންފޮމޭށަން އޮފިސަރަށް ހާއްސަކޮށްފައިވާ އީ-މެއިލް އެޑްރެހަށެވެ.
55 ވަނަ މާއްދާ - މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު ހިމަނަންޖެހޭ މައުލޫމާތު
(ހ) މައުލޫމާތެއް ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަންނަނިވި ކަންކަމާއި މައުލޫމާތު ހިމަނަންވާނެއެވެ.
- މައުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަން؛
- މައުލޫމާތު ހޯދުމަށް އެދޭ ފަރާތަށް ފޮނުވަންޖެހޭ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް ނުވަތަ އީ-މެއިލް އެޑްރެސް؛
- މައުލޫމާތު ހޯދުމަށް އެދޭ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
- އެ ހުށަހެޅުމަކީ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން؛
- ހޯދުމަށް އެދޭ މައުލޫމާތަކީ ކޮބައިކަން ސާފުވާނޭހެން، ހުށަހެޅުން ރައްދުވާ ދައުލަތުގެ އިދާރާއަށް އެނގޭނެ މިންވަރަށް، އެ މައުލޫމާތުގެ ތަފުސީލު؛
- ހުށަހެޅުން ރައްދުވާ ދައުލަތުގެ އިދާރާއިން މައުލޫމާތު ދޫކުރުމަށް ކަނޑައަޅައިފައިވާ ފީ އެ ހުށަހެޅުމާއެކު ދެއްކުން ނުވަތަ ފީ ދައްކަން އެއްބަސްވާކަން ކަށަވަރުކޮށްދިނުން.
(ށ) މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއްގައި،މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި މައުލޫމާތުގެ އިތުރު ކަމެއް ނުވަތަ މައުލޫމާތެއް ފުރިހަމަކުރުމަށް ދައުލަތުގެ އިދާރާއަކަށް ލާޒިމެއް ނުކުރެވޭނެއެވެ.
56 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް އެދި އަނގަބަހުން ހުށަހެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް،މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް ހުށަހެޅުމުގެ ބަދަލުގައި، އެ ހުށަހެޅުން އަނގަބަހުން ހުށަހެޅިދާނެއެވެ.
- މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅުދުންތެރިކަމެއްގެ ސަބަބުން، މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް ހުށަހެޅުމެއްއެ ފަރާތުން އުޒުރުވެރިވުން؛ ނުވަތަ
- މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތް ލިޔަންކިޔަން ނުދަތުމުގެ ސަބަބުން، މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް ހުށަހެޅުމެއް ހުށަހެޅުމަށް އެ ފަރާތުން އުޒުރުވެރިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް އަނގަބަހުން ހުށަހަޅާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި މައުލޫމާތު، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ދައުލަތުގެ އިދާރާގެ އިންފޮމޭށަން އޮފިސަރަށް އަނގަބަހުން ހުށަހެޅުން؛
- މައުލޫމާތު ހޯދުމަށް އެދި އަނގަބަހުން ހުށަހަޅާ ހުށަހެޅުން އިންފޮމޭށަން އޮފިސަރު ލިޔ،ެ އެ ލިޔުމުގައި އޭނާ ސޮއިކުރުން؛
- އަނގަބަހުން ހުށަހެޅުމުން، އެ ހުށަހެޅިގޮތަށް ލިޔެފައިވާ ލިޔުމުގައިއެ ހުށަހެޅުން ހިނގައިދިޔަ ގޮތުގެ މައްޗަށް ހެކިވެރިޔަކު ސޮއިކުރުން؛
- އަނގަބަހުން ހުށަހެޅުމުން، އެ ހުށަހެޅި ގޮތަށް ލިޔެފައިވާ ލިޔުމުގައި، ހުށަހެޅުން އަނގަބަހުން ހުށަހެޅި ފަރާތުގެ އިނގިލީގެ ނިށާން ޖެހުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިންފޮމޭށަން އޮފިސަރު އެކުލަވައިލާ ލިޔުމުގެ ކޮޕީއެއް، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.
57 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް އެދޭ ފަރާތަށް އެހީތެރިވެދިނުމުގެ ޒިންމާ
(ހ) މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާނެ ގޮތްތަކާ ބެހޭގޮތުން ނުވަތަ ހުށަހެޅުމުގައި ހިމަނަންޖެހޭ ކަންކަމާއި މައުލޫމާތާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ދައުލަތުގެ އިދާރާގެ އެހީތެރިކަމަށް އެދިއްޖެނަމަ، ނުވަތަ އެހީތެރިކަން ބޭނުންވާކަމަށް ފެންނަ ހާލަތުގައި، ވެވުނު އެންމެ ފުރިހަމައަކަށް އެ އެހީތެރިކަން ދިނުމަކީ ދައުލަތުގެ އިދާރާގެ މައްޗަށް ލާޒިމު ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް
އެހީތެރިވެދިނުމުގެ ގޮތުން، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް އަންނަނިވި ކަންކަން ހިމެނޭގޮތަށް ދައުލަތުގެ އިދާރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
- ހޯދުމަށް އެދޭ މައުލޫމާތު އެ އިދާރާއިން ލިބޭނެކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުން؛
- ހޯދުމަށް އެދޭ މައުލޫމާތު އޮޅުންފިލާނެ މިންވަރަކީ ކޮބައިކަން ސާފުކޮށްދިނުން؛
- މައުލޫމާތު ހޯދުމަށް އެދި ހުށަހަޅަނީ ދައުލަތުގެ އިދާރާއަށް ހާޒިރުވެ ހުރެ ކަމުގައި ވާނަމަ، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމު ނުވަތަ ލިޔުން ފުރިހަމަކުރުމަށް އެހީތެރިވެދިނުން؛
- އީ-މެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، އީ-މެއިލް ފޮނުވަންވީ ދައުލަތުގެ އިދާރާގެ އީ-މެއިލް އެޑްރެސް ނުވަތަ އެޑްރެސްތަކަކީ ކޮބައިކަން ސާފުކޮށްދިނުން.
58 ވަނަ މާއްދާ - ހުށަހެޅުން ލިބިއްޖެކަން އެންގުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހެޅުމެއް ލިބުމާއެކު، އެ ހުށަހެޅުން ލިބުނުތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުން ދައުލަތުގެ އިދާރާއަށް ލިބިއްޖެކަން އަންގައިދޭ ރަސީދެއް، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް، ހުށަހެޅުން ހުށަހެޅި ފަރާތަށް،ދައުލަތުގެ އިދާރާއިން ދޫކުރަންވާނެއެވެ.
- ހުށަހެޅުން ލިބިއްޖެކަމުގެ ރަސީދުގެ އަސްލ،ު ހުށަހެޅުން ހުށަހެޅި ފަރާތަށް ދޫކުރުން؛
- ހުށަހެޅުން ލިބިއްޖެކަމުގެ ރަސީދުގެ ކޮޕީއެއް، އީ-މެއިލަކާއެކު އެޓޭޗްކޮށް، ހުށަހެޅުން ހުށަހެޅި ފަރާތުގެ އީ- މެއިލް އެޑްރެހަށް ފޮނުވުން؛
- ހުށަހެޅުން ލިބިއްޖެކަން އަންގައި، ހުށަހެޅުން ހުށަހެޅި ފަރާތުގެ އީ-މެއިލް އެޑްރެހަށް އީ-މެއިލެއް ފޮނުވުން؛
- އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އޮންލައިން ނިޒާމު މެދުވެރިކޮށް ފޮނުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާއިން ދޫކުރާ ރަސީދުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތުގެ ނަން؛
- މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުނު ދައުލަތުގެ އިދާރާ؛
- މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ތާރީހު.
59 ވަނަ މާއްދާ - ހުށަހެޅުން ފުރިހަމަކަން ކަށަވަރުކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް، މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހެޅުމެއް ލިބުމާއެކު، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި މައުލޫމާތު އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާކަން ކަށަވަރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ފުރިހަމަވެފައިވާކަން ކަށަވަރުކުރުމުގައި، އެ މައުލޫމާތު ފުރިހަމަނޫންކަމުގައި ދައުލަތުގެ އިދާރާގެ އިންފޮމޭށަން އޮފިސަރަށް ފާހަގަކުރެވިއްޖެނަމަ، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް އެކަން އެންގުން؛
- ހުށަހެޅުމުގައި ފުރިހަމަނުވާކަމަށް ފާހަގަވާ މައުލޫމާތު ފުރިހަމަކުރުމަށް ފުރުސަތެއް ދިނުން؛
- މައުލޫމާތު ފުރިހަމަކުރުމަށް އެހީތެރިވެދިނުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތު، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުން ދައުލަތުގެ އިދާރާއަށް ލިބުނުތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންވާނެއެވެ.
(ރ) މި ގަވާއިދުގެ 63 ވަނަ މާއްދާގައިވާ މުއްދަތު ހިނގަން ފަށާނީ، އެ ހުށަހެޅުން ފުރިހަމަކުރާ ތާރީހުން ފެށިގެންނެވެ.
60 ވަނަ މާއްދާ - ހުށަހެޅުން އަނބުރާ ރައްދުކުރުން
(ހ) މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމަކަށް އަމަލުނުކޮށް ދޫކޮށްލެވޭނީ އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.
- މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއްގައި،މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހުގައި ވެސް އެ މައުލޫމާތު ފުރިހަމަކުރުމަށް، މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އިންކާރުކުރުން؛
- މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅަމަކީ، އެ ހުށަހެޅުން ހުށަހެޅި ފަރާތުން އޭގެ ކުރިން އެފަދަ ހުށަހެޅުމެއް ހުށަހަޅައި ޖަވާބުދީފައިވާ ހުށަހެޅުމެއްކަމުގައި ވެފައި، އެ ޖަވާބު ދިންފަހުން އެ މައުލޫމާތަށް ބަދަލެއް އައިސްފައި ނެތުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމަކަށް އަމަލުނުކޮށް ދޫކޮށްލާނަމަ، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް، ސަބަބާއެކު ލިޔުމުން އެކަން އަންގަންވާނެއެވެ.
61 ވަނަ މާއްދާ - ހުށަހެޅުން ބަލައިގަތުން
(ހ) މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، ނުވަތަ ފުރިހަމަނޫން ހުށަހެޅުންތަކާ ގުޅިގެން މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމުން، ހުށަހެޅުން ހުށަހެޅި ފަރާތުން އެ ހުށަހެޅުން ފުރިހަމަކޮށްފައިވާނަމަ، އެ ހުށަހެޅުމެއް ދައުލަތުގެ އިދާރާއަށް
ބަލައިގަންނަންވާނެއެވެ.
(ށ) މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުން، އެ ހުށަހެޅުން ހުށަހަޅައިފައިވާ ދައުލަތުގެ އިދާރާއިން ބަލައިގަތުމަށްފަހުގައި، އަންނަނިވި ކަންކަން ބަލައި ކަށަވަރުކުރުމަށްފަހު، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، އެކަމުގެ މައުލޫމާތު ހުށަހެޅުން ހުށަހެޅި ފަރާތަށް، ދައުލަތުގެ އިދާރާއިން ދޫކުރަންވާނެއެވެ.
- ހުށަހެޅުމުގައިވާ މައުލޫމާތު، ދައުލަތުގެ އެ އިދާރާއިން ލިބެންހުރިކަން ނުވަތަ ނެތްކަން؛
- ހުށަހެޅުމުގައިވާ މައުލޫމާތު ދޫކުރުމަށް ޓަކައި ފީއެއް ދައްކަންޖެހޭނަމަ، ފީގެ ޖުމުލަ އަދަދު ހިސާބުކުރުން؛
- މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ފަދައިން، ހުށަހެޅުމުގައިވާ މައުލޫމާތު ދޫނުކުރުމަށް ކަނޑައެޅިދާނެ ހާލަތެއް އޮތްކަން ނުވަތަ ނެތްކަން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ބަލައި ކަށަވަރުކުރަންޖެހޭ ކަންކަން ބެލުމަށްފަހުގައި، ހުށަހެޅުން ހުށަހެޅި ފަރާތަށް ދައުލަތުގެ އިދާރާއިން ލިޔުމުން އެކަމުގެ މައުލޫމާތު އަންގަންވާނެއެވެ. އެކަން އަންގާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއިން ލިބެން ހުރިކަމުގައިވާނަމަ އަދި އެ މައުލޫމާތު ދޫކުރުމަށް ގަސްތުކުރާ ހާ ލަތުގައި،އަންނަނިވި ކަންކަން އެންގުން.
1.1 ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއިން ލިބެން ހުރިކަން؛
1.2 ހުށަހެޅުމުގައިވާ މައުލޫމާތު ދޫކުރުމަށް ޓަކައި ފީ ދައްކަން ޖެހޭނަމަ، ދައްކަންޖެހޭ ފީގެ ޖުމުލަ އަދަދާއި، ފީ ދެއްކޭނެ ގޮތް. - ހުށަހެޅުމުގައިވާ މައުލޫމާތު ދޫކުރުމާ ގުޅޭގޮތުން މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާފަދަ ހާލަތެއް އޮތުމުގެ ސަބަބުން ހުށަހެޅުމުގައިވާ މައުލޫމާތު ދޫނުކުރުމަށް ކަނޑައަޅައިފައިވާނަމަ، އެކަމާއި، އެފަދައިން ކަނޑައެޅި ސަބަބާއި، އެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން މުރާޖާކުރުމަށް ހުށަހެޅުމުގެ ހައްގު ލިބިފައިވާކަން، ހުށަހެޅި ފަރާތަށް އެންގުން.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އަންގާ އެންގުން އަންގަންވާނީ، މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަކުންކުރެ ގޮތަކަށެވެ.
62 ވަނަ މާއްދާ - އެހެން އިދާރާއެއްގައިވާ މައުލޫމާތެއްނަމަ ހުށަހެޅުން ބަދަލުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، މައުލޫމާތެއް ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއް، ދައުލަތުގެ އެ ކަމާ ގުޅޭ އިދާރާއަށް، ހުށަހެޅުން ހުށަހެޅުނު ދައުލަތުގެ އިދާރާއިން ބަދަލުކުރަންވާނެއެވެ.
- ހޯދުމަށް އެދޭ މައުލޫމާތު ހުރީ އެ ހުށަހެޅުން ހުށަހަޅައިފައިވާ ދައުލަތުގެ އިދާރާގައި ކަމުގައި ނުވެފައި، އެ މައުލޫމާތު ހޯދޭނީ ދައުލަތުގެ ކޮން އިދާރާއަކުންކަން ހުށަހެޅުން ހުށަހަ ޅައިފައިވާ ދައުލަތުގެ އިދާރާއަށް އެނގުން؛
- ހޯދުމަށް އެދޭ މައުލޫމާތު ހުރީ އެ ހުށަހެޅުން ހުށަހަޅައިފައިވާ ދައުލަތުގެ އިދާރާގައި ކަމުގައި ވިޔަސް، އެ މައުލޫމާތު ހާމަކުރުން އެންމެ އެދެވިގެންވަނީ ދައުލަތުގެ އެހެން އިދާރާއަކުން ކަމުގައި ވުން؛
- ދައުލަތުގެ އިދާރާއަށް ލިބިފައިވާ ހުށަހެޅުން އެހެން އިދާރާއަކަށް ބަދަލުކުރުމާމެދު ބަދަލުކުރެވޭ އިދާރާގެ އިއުތިރާޒެއް ނެތުން.
(ށ) ދެ އިދާރާއެއްގައި މައުލޫމާތު ހުންނަ ހާލަތުގައި، ބަދަލުކުރެވުނު އިދާރާއިން އިއުތިރާޒުކުރާނަމަ، ހުށަހެޅުން ހުށަހެޅުނު އިދާރާއިން އެ ހުށަހެޅުމަށް އިޖާބަދޭންވާނެ.
(ނ) ހޯދުމަށް އެދުނު މައުލޫމާތަކީ ހަމައެކަނި ބަދަލުކުރެވުނު އިދާރާގައި ހުރި މައުލޫމާތެއް ނަމަ، މި މާއްދާގެ (ށ) އެ ހާލަތަކަށް ނުހިނގާނެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރާ ހާލަތެއްގައި، އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މައުލޫމާތު ހޯދުމަށް ހުށަހެޅި ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރިކަން؛
- ހުށަހެޅުން ބަދަލުކުރި ދައުލަތުގެ އިދާރާގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް؛
- މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން މައުލޫމާތު ހޯދުމަށް ހުށަހެޅި ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރި ސަބަބު؛
- ހުށަހެޅުން އެހެން އިދާރާއަކަށް ބަދަލުކުރި ތާރީހު.
(ބ) މައުލޫމާތެއް ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އެ ކަމާ ގުޅޭ އެހެން އިދާރާއަކަށް މި މާއްދާގެ ދަށުން ބަދަލުކުރާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް، ވީ އެންމެ އަވަހަކަށް، އަދި ދައުލަތުގެ އިދާރާއަށް ހުށަހެޅުން ލިބުނުތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ބަދަލުކުރި ނަމަވެސް، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، އެންމެ ފުރަތަމަ އެ ހުށަހެޅުން ހުށަހެޅުނު ތާރީހުން ފަށައިގެންނެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދައުލަތުގެ އިދާރާއަކުން ހުށަހެޅުން ބަދަލުކުރިކަމުގައި ވިޔަސް، އެއީ އެ ހުށަހެޅުން ބަދަލުކުރެވުނު އިދާރާއަށް ހުށަހެޅުން ބަލައިނުގަތުމަށް އޮތް ސަބަބެއް ނޫނެވެ.
(އ) ހޯދުމަށް އެދޭ މައުލޫމާތު ހުރީ އެ ހުށަހެޅުން ހުށަހަޅައިފައިވާ ދައުލަތުގެ އިދާރާގައި ކަމުގައި ނުވިޔަސް، މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތްތައް ފުރިހަމަނުވުމުގެ ސަބަބުން ދައުލަތުގެ އެހެން އިދާރާއަކަށް އެ ހުށަހެޅުން ބަދަލުކުރެވެން ނެތްނަމަ، ސަބަބު ބަޔާންކުރުމާއެކު، ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
63 ވަނަ މާއްދާ - މައުލޫމާތު ދޫކުރުމުގެ އާންމު މުއްދަތު
މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކީ، މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާއިން ބަލައިގަނ،ެ އެ ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއިން ލިބެން ހުރެފައި، އެ މައުލޫމާތު ދޫނުކުރުމަށް ކަނޑައެޅިދާނެ ހާލަތެއް ނެތްކަމުގައި މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅައިފައިވާ ހުށަހެޅުންތަކުގައި އެދިފައިވާ މައުލޫމާތު، އެ ހުށަހެޅުން ދައުލަތުގެ އިދާރާއަށް ލިބުނުތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ދޫކޮށް ނިންމަންވާނެއެވެ.
64 ވަނަ މާއްދާ - މައުލޫމާތު ދޫކުރުމުގެ ހާއްސަ މުއްދަތު
(ހ) މި ގަވާއިދުގެ 63 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ މީހެއްގެ މިނިވަންކަމަށް ނުވަތަ ފުރާނައަށް ނުރައްކާވުމުގެ ސަބަބުން އެކަމުން ސަލާމަތްވުމަށް ޓަކައި ބޭނުންވާ މައުލޫމާތެއް ކަމުގައި ވާނަމަ، އެ މައުލޫމާތެއް، ދައުލަތުގެ އިދާރާއަށް އެ ހުށަހެޅުން ލިބުނުތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ދޫކޮށް ނިންމަންވާނެއެވެ.
(ށ) ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ، މީހެއްގެ މިނިވަންކަމަށް ނުވަތަ ފުރާނައަށް ނުރައްކާވުމުގެ ސަބަބުން އެކަމުން ސަލާމަތްވުމަށް ޓަކައި ބޭނުންވާ މައުލޫމާތެއް ކަމުގައި، އެކަން ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެ ހުށަހެޅުން ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވާނަމަ، ނުވަތަ އެ ހުށަހެޅުމުގެ ޒާތުން އެކަން އެނގޭނަމަ،އިތުރަށް އެކަން ސާބިތުކުރުމަށް ލާޒިމުކުރުމެއް ނެތި ނުވަތަ އިތުރަށް އެކަން ބަލައި ހޯދުމަކާ ނުލައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
65 ވަނަ މާއްދާ - މައުލޫމާތު ދޫކުރުމުގެ މުއްދަތު އިތުރުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫކުރުމަށް ވަގުތު ހުސްކުރުމަކީ ދައުލަތުގެ އެ އިދާރާގެ އާންމު މަސައްކަތަށް ވަރަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމެއް ކަމަށް ވާނަމަ، މައުލޫމާތު ދޫކުރުން، އިތުރު 14 (ސާދަ) ދުވަހުގެ މުއްދަތަށް ފަސްކުރެވިދާނެއެވެ.
- ހޯދުމަށް އެދޭ މައުލޫމާތު ފޯރުކޮށްދެވެން އޮތީ ވަރަށް ގިނަ މައުލޫމާތު ހޯދައި ދިރާސާކޮށްގެން ކަމުގައި ވުން؛
- ހޯދުމަށް އެދިފައިވަނީ ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ކަމުގައި ވުން.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ކަމުގައި ބެލެވޭނީ، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހޯދުމަށް އެކަށީގެންވާ ވަގުތު ހުސްކުރުމުން ވެސް އެ މުއްދަތުގައި އެ މައުލޫމާތު ފުރިހަމަކުރެވެން ނެތް އާދަޔާ ހިލާފު ގިނަ އަދަދެއްގެ މައުލޫމާތު ކަމުގައި ވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ދޫކުރުން ފަސްކުރާނަމަ، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެކަން، ސަބަބާއެކު ލިޔުމުން، މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
66 ވަނަ މާއްދާ - މައުލޫމާތު ދޫކުރުމުގެ މުއްދަތުތަކާ އެއްގޮތަށް އަމަލުނުކުރުން
މި ގަވާއިދުގެ 63 ވަނަ މާއްދާއާއި، 64 ވަނަ މާއްދާއާއި، 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގައި، ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫނުކުރުމަކީ، މައުލޫމާތު ފޯރުކޮށްދިނުމަށް އިންކާރުކުރުން ކަމުގައި ބެލެވޭނެއެވެ.
67 ވަނަ މާއްދާ - ހޯދުމަށް އެދޭ މައުލޫމާތު ދިނުމަށް އިންކާރުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއްގައި، ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވެއެވެ.
- ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މި ގަވާއިދުގެ އެގާރަވަނަ ބާބުގެ ދަށުން އިސްތިސްނާކޮށްފައިވާ މައުލޫމާތެއް ކަމުގައި ވެފައި، މި ގަވާއިދުގެ 119 ވަނަ މާއްދާގެ ދަށުން ވެސް އެ މައުލޫމާތު ދޫކުރެވެން ނެތުން؛
- ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ދައުލަތުގެ އެ އިދާރާގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި އާންމު އުސޫލުން ފީ ދައްކައިގެން ނުވަތަ ފީ ނުދައްކާ ބޭނުން ފަރާތަކަށް ބެލެން ހުރި މައުލޫމާތަކަށް ވުން؛
- ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ދައުލަތުގެ އެ އިދާރާގެ ސިޔާސަތުތަކާއި އާދަކާދައާ އެއްގޮތަށް، އެއްވެސް ފީއެއް ނެގުމަކާ ނުލައި އާންމު އުސޫލެއްގެ ގޮތުން މީހުންނަށް ފެންނާ ނޭހެން ބަހައްޓައިފައިވާ މައުލޫމާތަކަށް ވުން؛
- އާންމު އުސޫލުން ގަންނަން ލިބޭގޮތަށް ހުރި މައުލޫމާތަކަށް ވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތަކުން ކުރެ ހާލަތަކަށް ފެތެނީ ހޯދުމަށް އެދިފައިވާ މައުލޫމާތުގެ ތެރެއިން ހަމައެކަނި ވަކި ބައެއް ކަމުގައި ވާނަމަ، އެ ބައެއް އުނިކުރުމަށްފަހުގައި، އެ މައުލޫމާތެއްގެ ބާކީބައި ދޫކުރެވިދާނެ ހާލަތުގައި، އެ މައުލޫމާތު އެކުގައި ދޫނުކުރުމަށް ނިންމައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތެއް ދޫނުކުރުމަށް ދައުލަތުގެ އިދާރާއިން ނިންމައިފައިވަނީ ހޯދުމަށް އެދިފައިވާ މައުލޫމާތަކީ އެ އަކުރުގެ (2) ވަނަ ނަންބަރުގައިނުވަތަ (3) ވަނަ ނަންބަރުގައި ނުވަތަ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މައުލޫމާތަކަށް ވާނަމަ، އެ މައުލޫމާތެއް ލިބެންހުރި ތަނެއް ނުވަތަ ދައުލަތުގެ އިދާރާއެއް އަދި އެ މައުލޫމާތު ބަލައި ހޯދޭނެ އުސޫލެއް، މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އަންގަންވާނެއެވެ.
68 ވަނަ މާއްދާ - މައުލޫމާތު ދޫކުރުން ފަސްކުރުން
(ހ) މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި،އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މައުލޫމާތު ދިނުން ފަސްކުރެވިދާނެއެވެ.
- ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ، ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން، ދައުލަތުގެ އިދާރާއިން، ގާނޫނުގައި ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި އަމިއްލަ އިސްނެގުމުގައި އާންމުކޮށް ށާއިއުކުރަންޖެހޭ މައުލޫމާތެއް ކަމުގައި ވެފައި، އެ މައުލޫމާތު ށާއިއުކުރުމަށް ގާނޫނުގައި ކަނޑައަޅައިފައިވާ ވަގުތު އެހައިތަނަށް އައިސްފައި ނުވުން؛
- ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ލާޒިމު މައުލޫމާތެއް ކަމުގައި ވެފައި، އެ މައުލޫމާތު ހުށަހަޅަންޖެހޭ ވަގުތު އެހައިތަނަށް އައިސްފައި ނުވުން؛
- ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ ގާނޫނެއްގެ ދަށުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށް ވެފައި، މައުލޫމާތު ހުށަހަޅަންޖެހޭ ވަގުތު އެހައިތަނަށް އައިސްފައި ނުވުން؛
- ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ ހިނގަމުންދާ ކަމަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށް ވެފައި، މައުލޫމާތު ހުށަހަޅަންޖެހޭ ވަގުތު އެހައިތަނަށް އައިސްފައި ނުވުން؛
- ހޯދުމަށް އެދި ހުށަހަޅައިފައިވާ މައުލޫމާތަކީ ކުރިޔަށް ރާވައިފައިވާ ކަމަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށް ވެފައި، މައުލޫމާތު ހުށަހަޅަންޖެހޭ ވަގުތު އެހައިތަނަށް އައިސްފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫކުރުން ފަސްކުރުމަށް ދައުލަތުގެ އިދާރާއަކުން ނިންމައިފިނަމަ، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމުގައި،އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫކުރުން ފަސްކުރުމަށް ދައުލަތުގެ އިދާރާއިން ނިންމައިފިކަން؛
- ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫކުރުން ފަސްކުރުމަށް ނިންމި ސަބަބު؛
- ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫކުރެވޭނެ ތާރީހު.
69 ވަނަ މާއްދާ - މައުލޫމާތު ދޫކުރުން
(ހ) މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި، ހޯދުމަށް އެދިފައިވާ މައުލޫމާތު، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް ދޫކުރެވިދާނެއެވެ.
- ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ފެންނަން އޮތް މައުލޫމާތެއް ކަމުގައި ވާނަމަ، އެ މައުލޫމާތު ބެލުމަށް ނުވަތަ ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތެއް ދިނުން؛
- ހޯދުމަށް އެދިފައިވާ މައުލޫމާތުގެ ފިޒިކަލް ނުވަތަ އިލެކްޓްރޯނިކް ކޮޕީއެއް ހެއްދުމަށްފަހުގައި އެ ކޮޕީ ހަވާލުކުރުން؛
- ވަކި އެއްޗެއް ބޭނުންކޮށްގެން ނުވަތަ ބޭނުންކުރުމަކާ ނުލައި އަޑުއެހޭ ގޮތަށް ނުވަތަ ފެންނާނެ ގޮތަށް އެކުލަވައިލައިފައިވާ މައުލޫމާތެއް ކަމުގައި ވާނަމަ، އެ މައުލޫމާތު އަޑުއެހުމަށް ނުވަތަ ބެލުމަށް އެކަށީގެންވާ ފުރުސަތެއް ދިނުން؛
- ށޯޓު ހޭންޑުން ލިޔެފައިވާ ނުވަތަ ރިކޯޑުކޮށްފައިވާ މައުލޫތެއް ކަމުގައި ވާނަމަ، އެ މައުލޫމާތުގައި ބުނާ އެއްޗެއް ދޭހަވާގޮތަށް ތައްޔާރުކޮށްފައިވާ އެ ލިޔުމުގެ ކޮޕީއެއް ހަވާލުކުރުން.
(ށ) މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި، ހުށަހެޅުން ހުށަހެޅި ފަރާތުން މައުލޫމާތު ލިބުމަށް އެދ،ޭ މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް ބަޔާންކޮށްފައިވާނަމަ، މައުލޫމާތު ދޫކުރަންވާނީ އެދިފައިވާ ގޮތަކަށެވެ.
(ނ) މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ ހުށަހެޅުމުގައި މައުލޫމާތު ލިބުމަށް އެދިފައިވަނީ އިލެކްޓްރޯނިކް ޒަރީއާއިން ވަކި ފޯމެޓެއްގައި ކަމުގައި ބަޔާންކޮށްފައިވާނަމަ، އަދި އެދިފައިވާ އިލެކްޓްރޯނިކް ފޯމެޓުގައި އެ އިދާރާގައި އެ މައުލޫމާތު ބެލެހެއްޓިފައިވާނަމަ، މައުލޫމާތު ދޫކުރަންވާނީ، އެދިފައިވާ ފޯމެޓަށެވެ. އެހެންނަމަވެސް، އެދިފައިވާ ފޯމެޓުގައި ބެލެހެއްޓިފައި ނެތްނަމަ، އެ މައުލޫމާތު އެ އިދާރާއެއްގައި ބެލެހެއްޓިފައިވާ ފޯމެޓްތަކުގެ ތެރެއިން އެދިފައިވާ ފޯމެޓާ އެންމެ ގާތްކުރާ ފޯމެޓެއްގައި ދޫކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި، މައުލޫމާތަށް އެދި ހުށަހެޅި ފަރާތުން އެދުނު ގޮތް ނޫން އެހެން ގޮތަކަށް މައުލޫމާތު ދޫކުރެވިދާނެއެވެ.
- މައުލޫމާތަށް އެދި ހުށަހެޅި ފަރާތުން އެދުނު ގޮތަށް މައުލޫމާތު ދޫކުރުމަށް ކުރަންޖެހޭ މަސައްކަތަކީ ދައުލަތުގެ އެ އިދާރާގެ އާންމު މަސައްކަތަށް ހުއްޓުމެއް އަތުވެދާނެ ކަމަކަށް ވުން؛
- މައުލޫމާތަށް އެދި ހުށަހެޅި ފަރާތުން އެދުނު ގޮތަށް މައުލޫމާތު ދޭ ދިނުމުގައި، އެ މައުލޫމާތުގެ އަސްލަށް އުނިކަމެއް އަތުވެދާނެ ނުވަތަ އަސްލު ދެމެހެއްޓުމަށް ދަތިވެދާނެފަދަ ހާލަތެއް ދިމާވުން؛
- ކޮޕީރައިޓުގެ މައްސަލައެއް ނުކުމެދާނެ ކަމަކަށް ވުން.
(ބ) މި މާއްދާގެ (ށ) ގެ ދަށުން މައުލޫމާތަށް އެދި ހުށަހެޅި ފަރާތުން އެދުނު ގޮތާއި މައުލޫމާތު ދޫކުރެވެން އޮތް ގޮތް ތަފާތުވާނަމަ، އަދި އެކަމުގެ ސަބަބުން މައުލޫމާތު ދޫކުރުމުގެ ފީ ބޮޑުވެގެންދާނަމަ، މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ދައުލަތުގެ އިދާރާއިން ބޭނުންވާ ގޮތަށް މައުލޫމާތު ދޫކުރަންވާނީ، ފީގެ މިންވަރު ބޮޑުވިނަމަވެސް، އެކަމާމެދު މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އެއްބަސްވާނަމައެވެ.
(ޅ) ހޯދުމަށް އެދިފައިވާ މައުލޫމާތު އޮތީ އެއްބަހަށްވުރެ ގިނަ ބަހުން ކަމުގައި ވާނަމަ، އެ މައުލޫމާތު ދޭންވާނީ، އެ މައުލޫމާތަށް އެދުނު މީހާ އިހްތިޔާރުކުރާ ބަހަކުންނެވެ.
ހަތްވަނަ ބާބު
މައުލޫމާތު ރަނގަޅުކުރުން
70 ވަނަ މާއްދާ - މީހެއްގެ މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހަޅާނެ ގޮތް
(ހ) ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މީހެއްގެ މައުލޫމާތެއްރަނގަޅުކޮށްދިނުމަށް އެދ،ި އަންނަނިވި ގޮތަކުންކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ.
- މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ އަމިއްލަ ނަމުގައި ލިޔެ އެ ފަރާތުން ސޮއިކޮށްފައިވާ ސިޓީއެއް މެދުވެރިކޮށް؛
- މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ އީ-މެއިލް އެޑްރެހުން ފޮނުވާ އީ-މެއިލެއް މެދުވެރިކޮށް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސިޓީގެ އަސްލު ދައުލަތުގެ އިދާރާއަށް ހުށަހެޅުމަށް ނުވަތަ ސިޓީގެ ކޮޕީ އީ-މެއިލަކާއެކު އެޓޭޗްކޮށް ފޮނުވުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
71 ވަނަ މާއްދާ - ހުށަހެޅުމުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ތަކެތި
(ހ) ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މީހެއްގެ މައުލޫމާތެއްރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި މައުލޫމާތު ފުރިހަމަކޮށް އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.
- މައުލޫމާތު ރަނގަޅުކުރުމަށް އެދޭ ފަރާތުގެ ނަން؛
- މައުލޫމާތު ރަނގަޅުކުރުމަށް އެދޭ ފަރާތަށް ފޮނުވަންޖެހޭ ލިޔެކިއުން ފޮނުވުމަށް އެދޭ އެޑްރެސް ނުވަތަ އީމެއިލް އެޑްރެސް؛
- މައުލޫމާތު ރަނގަޅުކުރުމަށް އެދޭ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
- އެ ހުށަހެޅުމަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން؛
- ރަނގަޅުކުރުމަށް އެދޭ މައުލޫމާތަކީ ކޮބައިކަން ސާފުވާނޭހެން، ހުށަހެޅުން ރައްދުވާ ދައުލަތުގެ އިދާރާއަށް އެނގޭނެ މިންވަރަށް، އެމައުލޫމާތުގެ ތަފުސީލު؛
- ރަނގަޅުކުރުމަށް އެދޭ މައުލޫމާތުގެ ރަނގަޅު ގޮތަކީ ކޮބައިކަން ސާފުވާނޭހެން،ހުށަހެޅުން ރައްދުވާ ދައުލަތުގެ އިދާރާއަށް އެނގޭނެ މިންވަރަށް، އެ މައުލޫމާތުގެ ތަފުސީލު؛
- މައުލޫމާތު ރަނގަޅުކުރުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ،
(ށ) ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މީހެއްގެ މައުލޫމާތެއްރަނގަޅުކޮށްދިނުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހެޅުމެއް ލިބުމާއެކު، އެ ހުށަހެޅުން ލިބުނުތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުން ދައުލަތުގެ އިދާރާއަށް ލިބިއްޖެކަން އަންގައިދޭ ރަސީދެއް، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް، ހުށަހެޅުން ހުށަހެޅި ފަރާތަށް، ދައުލަތުގެ އިދާރާއިން ދޫކުރަންވާނެއެވެ.
- ހުށަހެޅުން ލިބިއްޖެކަމުގެ ރަސީދ،ު ހުށަހެޅި ފަރާތަށް ދޫކުރުން؛
- ހުށަހެޅުން ލިބިއްޖެކަމުގެ ރަސީދުގެ ކޮޕީއެއް، ހުށަހެޅުން ހުށަހެޅި ފަރާތުގެ އީ-މެއިލް އެޑްރެހަށް ފޮނުވުން؛
(ނ) މި މާއްދާގެ ދަށުން ދައުލަތުގެ އިދާރާއިން ދޫކުރާ ރަސީދުގައި ނުވަތަ ފޮނުވާ އީ-މެއިލުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހެޅި ފަރާތް؛
- މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހެޅުނު ދައުލަތުގެ އިދާރާ؛
- މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހެޅި ތާރީހު.
72 ވަނަ މާއްދާ - މައުލޫމާތު ރަނގަޅުކޮށްނުދެވޭނެ ހާލަތު
(ހ) ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މީހެއްގެ މައުލޫމާތެއްރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައިވާ ކަންކަން ދައުލަތުގެ އެ އިދާރާއިން ބެލުމަށްފަހުގައި، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއްގައި، ރަނގަޅުކޮށްދިނުމަށް އެދޭ މައުލޫމާތު ރަނގަޅުކޮށްނުދިނުމުގެ އިހްތިޔާރު ދައުލަތުގެ އެ އިދާރާއަށް ލިބިގެންވެއެވެ.
- ރަނގަޅުކޮށްދިނުމަށް އެދިފައިވާ މައުލޫމާތުގައި ފުރިހަމަނޫން ނުވަތަ ނުރަނގަޅު މައުލޫމާތެއް ހިމެނިފައި ނެތްކަމާއި، އެ މައުލޫމާތުގެ އެއްވެސް އަސާސީ ކަމެއް އޮޅިގެން ދިޔުމުގެ އިހްތިމާލެއް ނެތްކަން ދައުލަތުގެ އެ އިދާރާއަށް ކަށަވަރުވުން؛
- މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ތެދުނޫން ނުވަތަ އޮޅިދާނެ ފަދަ ކަމެއް ހިމެނިގެންވާކަމަށް ދައުލަތުގެ އެ އިދާރާއަށް ކަށަވަރުވުން؛
- ރަނގަޅުކޮށްދިނުމަށް އެދިފައިވާ މައުލޫމާތަކީ، ގާނޫނެއްގެ ދަށުން ވަކި އުސޫލުތަކަކާއި އިޖުރާއަތުތަކެއްގެ ދަށުން އަމަލުކުރުމުން މެނުވީ ރަނގަޅުނުކުރެވޭނެ މައުލޫމާތެއް ކަމުގައި ވެފައި، އެފަދައިން އަމަލުކޮށްފައި ނުވުން.
(ށ) މި މާއްދާގެ ދަށުން މައުލޫމާތު ރަނގަޅުކުރުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް މައުލޫމާތު ރަނގަޅުކޮށްދެވެން ނެތްކަމުގައި ނިންމާނަމަ، މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ފަރާތަށް ސަބަބާއެކު ލިޔުމުން އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހެޅި ފަރާތަށް އަންގާ އެންގުން އަންގަންވާނީ، މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށެވެ.
73 ވަނަ މާއްދާ - ވަކި ކަމެއް ފާހަގަވާ އިބާރާތެއް ހިމެނުން
ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މީހެއްގެ މައުލޫމާތެއް ރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް މައުލޫމާތު ރަނގަޅުކޮށްދެވެން ނެތްކަމުގައި މި ގަވާއިދުގެ 72 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއިން ނިންމުމުން،އަންނަނިވި ދެ ކަމުންކުރެ ކަމަކާ ގުޅޭ ގޮތުން އެ މައުލޫމާތުގައި ވަކި އިބާރާތެއްހިމަނައިދިނުމަށް އެ މީހާއަށް ހުށަހެޅިދާނެއެވެ.
(ހ) މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ފަރާތުގެ ނަޒަރުގައި ވަކި ކަމަކީ ސައްހަ ނޫން ނުވަތަ ތެދު ނޫން ނުވަތަ ފުރިހަމަ ނޫން ނުވަތަ އޮޅި ދާނެފަދަ މައުލޫމާތު ކަން.
(ށ) ރަނގަޅުކޮށްދިނުމަށް އެދިފައިވާ މައުލޫމާތުގެ ސައްހަ ގޮތަކީ ނުވަތަ ފުރިހަމަ ގޮތަކީ ކޮބައިކަން.
74 ވަނަ މާއްދާ - މައުލޫމާތު ރަނގަޅުކޮށްދިނުން
(ހ) ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގަވާއިދުގެ 73 ވަނަ މާއްދާގެ ދަށުން
ހުށަހަޅާ ހުށަހެޅުމަކާ އެއްގޮތަށް މައުލޫމާތު ރަނގަޅުކުރުމަށް ނުވަތަ މައުލޫމާތުގައި ވަކި އިބާރާތެއް ހިމެނުމަށް ދައުލަތުގެ އިދާރާއިންނިންމާނަމަ، އެފަދައިން މައުލޫމާތު ރަނގަޅުކުރުމަށްފަހުގައި، މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާއިން ރަނގަޅުކޮށްފައިވާ މައުލޫމާތުގެ ކޮޕީއެއް، މައުލޫމާތު ރަނގަޅުކުރުމަށް އެދި ހުށަހެޅި ފަރާތަށް ދިނުމަށް އެ ފަރާތުން އެދޭނަމަ، އެ މައުލޫމާތުގެ ކޮޕ،ީ ދައުލަތުގެ އިދާރާއިން އެ ފަރާތަށް ދޫކުރަންވާނެއެވެ.
75 ވަނަ މާއްދާ - ހުށަހެޅުމަށް އަމަލުކުރުމުގެ މުއްދަތު
މި ބާބުގެ ދަށުން މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަމުގައި މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް، މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ދައުލަތުގެ އިދާރާއަށް ލިބުނުތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންވާނެއެވެ.
އަށްވަނަ ބާބު
މުރާޖާ ކުރުމުގެ އުސޫލު
76 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުގެ ނިންމުން މުރާޖާކުރުމަށް ހުށަހެޅުމުގެ ހައްގު
މި ގަވާއިދުގެ ދަށުން އިންފޮމޭށަން އޮފިސަރު ނުވަތަ އޮފިސަރުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން މުރާޖާކޮށްދިނުމަށް އެދި ދައުލަތުގެ އެ އިދާރާގެ މުރާޖާ ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު، އެ ނިންމުމާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.
77 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މުއްދަތު
(ހ) މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން އޮފިސަރުގެ ނިންމުމެއް މުރާޖާކޮށްދިނުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅަންވާނީ، އިންފޮމޭށަން އޮފިސަރު އެ ނިންމުން ނިންމި ތާރީހުން ފެށިގެން ނުވަތަ އެ ނިންމުން ނިންމަންޖެހޭ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަޅައިދާފަހުން މުރާޖާ ކޮމިޓީއަށް ހުށަހެޅުމެއް ހުށަހެޅުމުން، އެ މުއްދަތުގައި މުރާޖާކުރުމަށް ހުށަހެޅިފައި ނުވަނީ މަގުބޫލު އުޒުރެއް އޮވެގެންކަމަށް މުރާޖާ ކޮމިޓީއަށް ގަބޫލުކުރެވޭނަމަ، އެ ހުށަހެޅުމެއް ބަލައިގަތުމުގެ ބާރު، މުރާޖާ ކޮމިޓީއަށް ލިބިގެންވެއެވެ.
78 ވަނަ މާއްދާ - ހުށަހަޅަންޖެހޭ ގޮތް
(ހ) މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން މުރާޖާ ކޮމިޓީއަށް ށަކުވާ ހުށަހަޅަންވާނީ ލިޔުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މި ގަވާއިދުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެއްޗާއެކު ފޮނުވާ ސިޓީއާއި އީ-މެއިލް ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އޮންލައިން ނިޒާމު މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތައް ވެސް ބަލައިގަންނަންވާނެއެވެ.
(ނ) މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން މުރާޖާ ކޮމިޓީއަށް ށަކުވާއެއް ހުށަހެޅުމުން، އެ ށަކުވާގައި، މި ގަވާއިދުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ފުރިހަމަވެފައިވާނަމަ، މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ށަކުވާ ބަލައިގަތްކަމުގެ ރަސީދެއް، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.
79 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި
(ހ) މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން މުރާޖާ ކޮމިޓީއަށް ހުށަހަޅާ ށަކުވާއާއެކު، އަންނަނިވި މައުލޫމާތާއި ތަކެތި ހުށަހަޅަންވާނެއެވެ.
- ށަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު؛
- އިންފޮމޭށަން އޮފިސަރުގެ ނިންމުން؛
- އިންފޮމޭށަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ސަބަބުތައް؛
- ށަކުވާއާ ގުޅޭ ލިޔެކިޔުން ހުރިނަމަ، އެ ލިޔެކިޔުންތަކުގެ ކޮޕީ،
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތީގެ އިތުރުން، އިތުރު މައުލޫމާތާއި ތަކެތި ހުށަހެޅުމަށް، ށަކުވާ ހުށަހަޅާ ފަރާތުގެ މައްޗަށް ލާޒިމުކޮށްގެން ނުވާނެއެވެ.
80 ވަނަ މާއްދާ - މުރާޖާ ކޮމިޓީން ގޮތެއް ނިންމުމުގެ މުއްދަތު
(ހ) މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން މުރާޖާ ކޮމިޓީއަށް ހުށަހަޅާ ށަކުވާއެއް، އެ ށަކުވާ ހުށަހަޅާ ތާރީހުން ފެށިގެން، ވީ އެންމެ އަވަސް ފުރު ސަތެއްގެ ތެރޭގައި އެކަން ބަލައި ނިންމަންވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި 30 (ތިރީސް) ދުވަހަށްވުރެ އެ މުއްދަތު ދިގުވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހާއްސަ ހާލަތެއް ދިމާވެގެން،އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މުރާޖާ ކޮމިޓީއަށް ށަކުވާ ބަލައި ނުނިންމޭނަމަ، އެ މުއްދަތު، އިތުރު 15 (ފަނަރަ) ދުވަހަށް އިތުރުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން، މުރާޖާ ކޮމިޓީން ށަކުވާ ބަލައި ނިންމުމަށް އިތުރު މުއްދަތު ބޭނުންވާކަމަށް ކަނޑައަޅައިފިނަމަ، އެކަން ކަނޑައަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން، އެ ނިންމުމާއި، ނިންމުން ނިންމި ސަބަބ،ު މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
81 ވަނަ މާއްދާ - ގޮތެއް ނިންމަންޖެހޭ ކަންކަން
މުރާޖާ ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާއެއްގައި، އެ ކޮމިޓީން މައިގަނޑުގޮތެއްގައި ބަލާނީ، ށަކުވާގައި ބަޔާންކޮށްފައިވާ އިންފޮމޭށަން އޮފިސަރުގެ ނިންމުމަކީ ސައްހަ ނިންމުމެއްތޯ ނުވަތަ ނޫންތޯއެވެ.
82 ވަނަ މާއްދާ - ގޮތް ނިންމުމުގައި ތަބާވާންޖެހޭ އުސޫލު
(ހ) މި ގަވާއިދުގެ 81 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން އޮފިސަރުގެ ނިންމުމަކީ ސައްހަ ނިންމުމެއްތޯ ބެލުމުގައި، ކޮމިޓީން ރިއާޔަތްކުރާނީ، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށާއި، ހަމަތަކަށާއި، އިޖުރާއަތުތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި، އިންފޮމޭށަން އޮފިސަރު ނިންމައިފައިވާ ނިންމުމަކީ ސައްހަ ނިންމުމެއްކަން ނުވަތަ ނޫންކަމުގައި ކޮމިޓީން ކަނޑައަޅަންވާނެއެވެ.
(ނ) މުރާޖާ ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާއާމެދު އެ ކޮމިޓީން ގޮތެއް ނިންމަންވާނީ، ގޮތެއް ނިންމުމަށް ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
83 ވަނަ މާއްދާ - ނިންމާ ގޮތް އެންގުން
މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން މުރާޖާ ކޮމިޓީއަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކޮމިޓީން ނިންމާ ގޮތެއް، ނިންމުން ނިންމާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަދި މި ގަވާއިދުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ށަކުވާ ހުށަހެޅި ފަރާތަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.
84 ވަނަ މާއްދާ - ނިންމާ ގޮތް ތަންފީޒުކުރުން.
މި ގަވާއިދުގެ 81 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާގެ މުރާޖާ ކޮމިޓީން ށަކުވާއާމެދު ގޮތެއް ނިންމާތ،ާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެ ނިންމުމާ އެއްގޮތަށް ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު އަމަލުކޮށް، އެ ނިންމުން ތަންފީޒު ކުރަންވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި އެ މުއްދަތު 7 (ހަތެއް) ދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.
ނުވަވަނަ ބާބު
އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރުމާއި ށަކުވާ ހުށަހެޅުން
85 ވަނަ މާއްދާ - އިލްތިމާސްކުރުމުގެ ހައްގު
ގާނޫނާއި މި ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާގެ މުރާޖާ ކޮމިޓީން މުރާޖާކުރުމަށްފަހު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ، އެ ފަރާތަކުން، މި ގަވާއިދުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މުރާޖާ ކޮމިޓީގެ ނިންމުން، އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރެވިދާނެއެވެ.
86 ވަނަ މާއްދާ - އިލްތިމާސްކުރުމުގެ މުއްދަތު
(ހ) މުރާޖާ ކޮމިޓީން ނިންމާ ނިންމުމެއް އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރަންވާނީ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ނުވަތަ އެ ނިންމުން ނިންމަންޖެހޭ ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިލްތިމާސް ނުކުރެވުނީ އެކަށީގެންވާ ސަބަބެއް ނުވަތަ މަގްބޫލު އުޒުރެއް އޮވެގެންކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފެނިއްޖެނަމަ، އެ މުއްދަތު ފަހަނަޅައިދާ ފަހުން ހުށަހަޅާ އިލްތިމާސް ވެސް ބަލައިގަތުމުގެ ބާރު،އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
87 ވަނަ މާއްދާ - އިލްތިމާސް ހުށަހަޅަންޖެހޭ ގޮތް
މި ގަވާއިދުގެ 85 ވަނަ މާއްދާގެ ދަށުން، މުރާޖާ ކޮމިޓީގެ ނިންމުމެއް އިލްތިމާސްކުރަންވާނީ، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުން ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އޮންލައިން ނިޒާމުންނެވެ.
88 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި
އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރާއިރު، އަންނަނިވި މައުލޫމާތާއި ތަކެތި ހުށަހަޅަންވާނެއެވެ.
(ހ) އިލްތިމާސް ހުށަހަޅާ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު،
(ށ) އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ސަބަބާއި އޭގެ ތަފުސީލުތައް.
(ނ) ހުށަހަޅައިފައިވާ ހުށަހެޅުމާއި، އެ އިދާރާއިން ދީފައިވާ ޖަވާބާއި، ކަމާ ގުޅުންހުރި އެހެން ލިޔެކިއުމެއް އޮތްނަމަ އެ ލިޔެކިޔުމެއް.
(ރ) ދައުލަތުގެ އިދާރާއަށް މުރާޖާކުރުމަށް ހުށަހެޅި ހުށަހެޅުމާއި، މުރާޖާ ކޮމިޓީން ދީފައިވާ ޖަވާބާއި، ކަމާ ގުޅުންހުރި އެހެން ލިޔެކިއުމެއް އޮތްނަމަ އެ ލިޔެކިޔުމެއް؛
89 ވަނަ މާއްދާ - އިލްތިމާސް ބަލައިގަތުމާމެދު ގޮތެއް ނިންމުން
(ހ) މި ގަވާއިދުގެ 85 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރެވޭ މައްސަލައެއް ބަލައިގަތުމާމެދު ގޮތެއް ނިންމައިފައި، އިލްތިމާސް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ އިލްތިމާސެއް ބަލައިނުގަތުމަށް އިންފޮމޭށަން ކޮމިށަނަރު ނިންމައިފިނަމަ، އިލްތިމާސް ހުށަހެޅި ފަރާތަށް، ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ބަލައިގަނެފައިވާ އިލްތިމާސްއަކާމެދ،ު ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިންފޮމޭށަން ކޮމިށަނަރު ގޮތެއް ނިންމަންވާނެއެވެ.
90 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު
އަންނަނިވި ހާލަތްތަކުގައި، އިންފޮމޭށަން ކޮމިށަނަރަށް ށަކުވާ ހުށަހެޅުމުގެ ހައްގު، މައުލޫމާތަށް އެދޭ ފަރާތަށް ލިބިގެންވެއެވެ.
(ހ) ދައުލަތުގެ ވަކި އިދާރާއެއްގައި އިންފޮމޭށަން އޮފިސަރެއް ކަނޑައަ ޅައިފައި ނެތުމުގެ ސަބަބުން، ދައުލަތުގެ އެ އިދާރާއިން ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދުމުގެ ފުރުސަތު ލިބެން ނެތުން.
(ށ) މައުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުން ދައުލަތުގެ އެ އިދާރާއަށް ބަލައިގަތުމަށް މަގްބޫލު އުޒުރެއްނެތ،ި އިންކާރުކުރުން.
(ނ) ގާނޫނާއި މި ގަވާއިދުގެ ދަށުން މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބިއްޖެކަމުގެ ރަސީދު ދިނުމަށް އިންފޮމޭށަން އޮފިސަރަކު އިންކާރުކުރުން ނުވަތަ އެކަމުގައި އިހުމާލުވުން.
(ރ) ގާނޫނާއި މި ގަވާއިދުގައި ބަޔާންވެގެންވާ މުއްދަތުގެ ތެރޭގައި މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އިންފޮމޭށަން އޮފިސަރު ނުވަތަ މުރާޖާ ކޮމިޓީން އިޖާބަދީފައި ނެތުން.
(ބ) އިންފޮމޭށަން ކޮމިށަނަރު އަންގާ އެންގުމަކަށް، އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން ތަބާވެފައި ނުވުން.
(ޅ) ގާނޫނާއި މި ގަވާއިދުގައި މައުލޫމާތު ހޯދުމާ ގުޅޭގޮތުން ބަޔާންވެގެންވާ އެހެން އުސޫލަކާ ވެސް އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން ހިލާފުވެފައި ވުން.
91 ވަނަ މާއްދާ - ށަކުވާ ހުށަހަޅާނެ ގޮތް
މި ގަވާއިދުގެ 90 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ށަކުވާ ހުށަހަޅާނީ، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގައި އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުން ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އޮންލައިން ނިޒާމުންނެވެ.
92 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި
މި ގަވާއިދުގެ 90 ވަނަ މާއްދާގެ ދަށުން ށަކުވާ ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ތަކެތ،ި ށަކުވާ ހުށަހަޅާ ފަރާތުން، އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.
(ހ) ށަކުވާ ހުށަހަޅާ ފަރާތުގެ ނަމާއ އެޑްރެސް އަދި އީމެއިލް ނުވަތަ ގުޅޭނެ ފޯނު ނަންބަރު،
(ށ) ށަކުވާގެ ތަފުސީލު.
(ނ) ށަކުވާއާ ގުޅޭ އިތުރު ލިޔެކިއުންތަކާއި، ށަކުވާގައި ހިމެނޭ ކަންކަމާ ގުޅިގެން ދައުލަތުގެ އިދާރާއަށް ހުށަހެޅުމެއް ނުވަތަ ށަކުވާއެއް ހުށަހަޅައިފައިވާނަމަ،އެ ލިޔެކިޔުންތަކުގެ ކޮޕީ،
93 ވަނަ މާއްދާ - ށަކުވާ ބަލައިގަތުމާމެދު ގޮތެއް ނިންމުން
މި ގަވާއިދުގެ 90 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ ށަކުވާއެއް ބަލައިގަތުމާމެދ،ު ށަކުވާ ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރު ގޮތެއް ނިންމައި، ށަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
94 ވަނަ މާއްދާ - ށަކުވާ ބަލައިގަތުން
(ހ) މި ގަވާއިދުގެ 90 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ ށަކުވާއެއް ބަލައިގަންނަންޖެހޭކަމަށް މި ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައިފިނަމަ، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) މި ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން ބަލައިގަނެފައިވާ ށަކުވާއެއް ބަލައި، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން، އެ ށަކުވާއާމެދ،ު އިންފޮމޭށަން ކޮމިށަނަރު ގޮތެއް ނިންމަންވާނެއެވެ.
95 ވަނަ މާއްދާ - ށަކުވާ ބަލައިނުގަތުން
އަންނަނިވި ހާލަތްތަކުގައި މި ގަވާއިދުގެ 90 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ ށަކުވާއެއް ބަލައިނުގަތުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ހ) އެ ށަކުވާއަކީ އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅައިފައިވާ ށަކުވާއަކަށް ނުވުން.
(ށ) ށަކުވާގައި ހިމެނޭ މައްސަލައަކީ ބަލަންޖެހޭވަރަށްވުރެ ކުޑަ މައްސަލައެއް ކަމަށް ވުން.
(ނ) އެ ށަކުވާއަށް ދައުލަތުގެ އިދާރާގެ ތެރެއިން ހައްލެއް ހޯދުމަށް ޓަކައި ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމައަށް ބޭނުންކޮށްފައި ނުވުން.
96 ވަނަ މާއްދާ - އިލްތިމާސާއި ށަކުވާއާމެދު ގޮތެއް ނިންމަންޖެހޭ މުއްދަތު
(ހ) މި ގަވާއިދުގެ 85 ވަނަ މާއްދާއާއި 90 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ އިލްތިމާސްއާއި ށަކުވ،ާ އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރު ބަލައި ނިންމަންވާނެއެވެ.
(ށ) އެއްވެސް ސަބަބަކާހުރ،ެ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ށަކުވާއެއް ނުވަތަ އިލްތިމާސެއް ބަލައި ނުނިންމޭނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން، އިތުރު 15 (ފަނަރަ) ދުވަހަށް އެ މުއްދަތު އިތުރުކުރުމުގެ ބާރު،އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ. އަދި އެފަދައިން ނިންމާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް ލިޔުމުން އެކަން، އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
97 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
(ހ) ދައުލަތުގެ އިދާރާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުނުކުރާކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފާހަގަކުރެވޭ ހާލަތުގައި، އިންފޮމޭށަން ކޮމިށަނަރުގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ބެލުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރުގެ އަމިއްލަ އިސްނެގުމުގައި ބެލުމަށް ކަނޑައަޅާ މައްސަލަތަކުގައި އިޖުރާއީގޮތުން އަމަލުކުރާނީ އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ އިލްތިމާސްއާއި ށަކުވާގެ މައްސަލަތައް ބެލުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
98 ވަނަ މާއްދާ - އިލްތިމާސް ނުވަތަ ށަކުވާ ރައްދުވާ ދައުލަތުގެ އިދާރާއިން ޖަވާބުދާރީވުމަށް ފުރުސަތު ދިނުން
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅައިފައިވާ އިލްތިމާސެއް ށަކުވާއެއް ބަލައިގަންނަންޖެހޭކަމަށް އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައިފިނަމަ، ށަކުވާ ބަލައިގަންނަން ނިންމާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ރައްދުވާ ދައުލަތުގެ އިދާރާއަށް ށަކުވާ ނުވަތަ އިލްތިމާސްއާބެހޭ ލިޔެކިއުންތައް ފޮނުވައި، އެ ށަކުވާއަށް ނުވަތަ އިލްތިމާސްއަށް ޖަވާބުދާރީވުމަށް ދައުލަތުގެ އިދާރާއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާއަށް ނުވަތަ އިލްތިމާސްއަށް ޖަވާބުދާރީވުމަށް މަދުވެގެން 3 (ތިނެއް) ދުވަހުގެ ފުރުސަތު، ދައުލަތުގެ އިދާރާއަށް ދޭންވާނެއެވެ.
99 ވަނަ މާއްދާ - ސާބިތުކުރުމުގެ ޒިންމާ
އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅައިފައިވާ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބެލުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ އެ އިދާރާއަކުން އަމަލުކޮށްފައިވާކަން ސާބިތުކޮށްދިނުމަކީ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން އުފުލަންޖެހޭ ޒިންމާއެކެވެ.
100 ވަނަ މާއްދާ - އިލްތިމާސް ނުވަތަ ށަކުވާ ބެލުމުގައި އިންފޮމޭށަން ކޮމިށަނަރަށް ލިބިދީފައިވާ ބާރުތައް
މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބެލުމުގައި، އަންނަނިވި ބާރުތައް، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ހ) ކަމާގުޅޭ ފަރާތްތައް ހާޒިރުކުރުން.
(ށ) ކަމާގުޅޭގޮތުން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން.
(ނ) ކަމާގުޅޭގޮތުން ހެކިބަސް ދޭން އެއްބަސްވާ ފަރާތްތަކުގެ ހެކިބަސް ނެގުން.
(ރ) މައުލޫމާތަށް އެދުން.
(ބ) ލިޔެކިއުމަށް އެދުން.
(ޅ) ލިޔެކިއުން ހުށަހެޅުމަށް އެންގުން.
(ކ) މައުލޫމާތު ހުށަހެޅުމަށް އެންގުން.
(އ) ވަކި ލިޔުމެއް ނުވަތަ ވަކި މައުލޫމާތެއް އިންފޮމޭށަން ކޮމިށަނަރަށް ފޮނުވުމަށް އެންގުން.
(ވ) ވަކި މައުލޫމާތެއް ބަލައި މުތާލިއާކުރުން.
(މ) ހެކި ބަލައިގަތުން.
(ފ) ލިޔުމުން ހެކި ބަލައިގަތުން.
(ދ) ލިޔުމުން ބަޔާން ބަލައިގަތުން.
(ތ) ދައުލަތުގެ ވަކި އިދާރާއެއްގައި ހުރި މައުލޫމާތެއް ފޮނުވުމަށް އެންގުން.
(ލ) ވަކީ މީހަކު ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާނަމަ، އޭނާ ހާޒިރުވުމަށް އެންގުން.
(ގ) ވަކި ލިޔުމެއް ފާހަގަކޮށް އެ ލިޔުމެއް ހުށަހަޅަން އެންގުން.
(ޏ) ދައުލަތުގެ އިދާރާއަކަށް ވަނުން.
(ސ) ކަމާގުޅޭ މައުލޫމާތެއް ހޯދުމަށް ޓަކައި ދައުލަތުގެ އިދާރާއެއް ބަލައި ފާސްކުރުމާއި، އެ މައުލޫމާތެއް ފެނިއްޖެކަމަށް ވާނަމަ، އެ މައުލޫމާތެއް އޮތް ލިޔުމެއް ނުވަތަ ވަސީލަތެއް ހިފެހެއްޓުން.
101 ވަނަ މާއްދާ - ހުޅުވައިލެވިފައިވާ ބައްދަލުވުން
މި ގަވާއިދުގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ ށަކުވާއެއް ނުވަތަ އިލްތިމާސެއް އިންފޮމޭށަން ކޮމިށަނަރު ބަލަންވާނީ، އާންމުކޮށް ހުޅުވައިލެވިފައިވާ ބައްދަލުވުމެއްގައެވެ.
102 ވަނަ މާއްދާ - ސިއްރު ބައްދަލުވުން.
އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅައިފައިވާ ށަކުވާ ނުވަތަ އިލްތިމާސް ބެލުމަށް ބާއްވާ ބައްދަލުވުމުގައި ގާނޫނާއި މި ގަވާއިދުގެ ދަށުން ދޫކުރުން އިސްތިސްނާކޮށްފައިވާ މައުލޫމާތެއް ދިރާސާކުރަންޖެހޭ ހާލަތުގައި، އެ ބައްދަލުވުން ސިއްރު ބައްދަލުވުމެއް ނުވަތަ އާންމުކޮށް ހުޅުވައިލެވިފައިނުވާ ބައްދަލުވުމެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
103 ވަނަ މާއްދާ - ބައްދަލުވުން ބާއްވާ ތާރީހާއި ތަނާއި ގަޑި
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅާ ށަކުވާއާއި އިލްތިމާސްއާ ގުޅިގެން ބާއްވާ ބައްދަލުވުމަށް ހާޒިރުވުމަށް އެ މައްސަލައެއް ރައްދުވާ ދައުލަތުގެ އިދާރާއަށް،އިންފޮމޭށަން ކޮމިށަނަރު، ލިޔުމުން އަންގަންވާނެއެވެ. އަދި އެ މައްސަލައެއް ހުށަހަޅާ ފަރާތަށް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ފޮނުވާ އެންގުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބައްދަލުވުމުގައި ބަލަން ހަމަޖެހިފައިވާ މައްސަލައިގެ ނަންބަރު؛
- ބައްދަލުވުމުގައި ބަލަން ހަމަޖެހިފައިވާ މައްސަލައިގެ ހުލާސާ؛
- ބައްދަލުވުމަށް ހާޒިރުވާންޖެހޭ ފަރާތް؛
- ބައްދަލުވުން ބާއްވާ ތާރީހު؛
- ބައްދަލުވުން ބާއްވާ ގަޑި؛
- ބައްދަލުވުން ބާއްވާ ތަން؛
- ބައްދަލުވުން ބޭއްވޭ ގޮތް.
(ނ) މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ބާއްވާ ހުޅުވައިލެވިފައިވާ ބައްދަލުވުންތަކުގެ މައުލޫމާތު، އެ އޮފީހުގެ ވެބްސައިޓުގައި، ބައްދަލުވުންތައް ބޭއްވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ށާއިއުކުރަންވާނެއެވެ.
104 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުން
(ހ) މި ގަވާއިދުގެ 103 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ފޮނުވާ އެންގުމުގައި ބަޔާންކޮށްފައިވާ ތާރީހުގައި، ހާޒިރުވާންޖެހޭ ތަނާއި ގަޑިއަށް، އެ އެންގުމުގައި ބައްދަލުވުމަށް ހާޒިރުވުމަށް އަންގައިފައިވާ ފަރާތަކުން ހާޒިރުވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގްބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ފަރާތްތަކުން، ބައްދަލުވުން ފެށުމަށް ކަނޑައަޅައިފައިވާ ގަޑީގެ މަދުވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިން، އިންފޮމޭށަން ކޮމިށަނަރަށް ސަބަބާއެކު އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމާއެކު ބަޔާންކޮށްފައިވާ ބައްދަލުވުމަށް ހާޒިރުވެވެން ނެތް ސަބަބަށް ރިއާޔަތްކޮށް، އެ ބައްދަލުވުން ފަސްކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ބައްދަލުވުމެއް ފަސްކުރާނަމަ، އެ މައްސަލައެއްގައި ށާމިލުވާ ފަރާތްތަކަށާއި އާންމުންނަށް އެކަން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ބައްދަލުވުން ފަސްކޮށްފައިވާނަމަ، އެ ބައްދަލުވުމެއް އަލުން ތާވަލުކުރެވޭ ދުވަހާއި ގަޑީގެ މައުލޫމާތު، މި ގަވާއިދުގެ 103 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން،އެ މައްސަލައެއްގައި ށާމިލުވާ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.
(ޅ) ބައްދަލުވުމަށް ހާޒިރުވުމަށް އަންގައިފައިވާ ފަރާތަކުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަކާ ނުލައި ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ވަގުތުގައި ބައްދަލުވުމަށް ހާޒިރުވެފައި ނުވިނަމަވެސް، އެ ބައްދަލުވުމަށް އެ ފަރާތަކުން ހާޒިރުނުވީ ކަމުގައި ބަލައި، އެ ބައްދަލުވުން ކުރިޔަށް ގެންދިޔުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ކ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅައިފައިވާ ށަކުވާއަކާ ނުވަތަ އިލްތިމާސްއަކާ ގުޅިގެން، އެ މައްސަލައެއް ހުށަހެޅި ފަރާތް ބައްދަލުވުންތަކަށް ހާޒިރުކުރުމަކީ އިންފޮމޭށަން ކޮމިށަނަރަށް ލިބިފައިވާ އިހްތިޔާރީ ބާރެކެވެ.
105 ވަނަ މާއްދާ - ބަދަލުގައި މީހަކު ހަމަޖެއްސުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުން
(ހ) ބައްދަލުވުމަށް ހާޒިރުވާން އަންގައިފައިވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ހަމަޖެއްސުމަށާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، ބައްދަލުވުމަށް ހާޒިރުވާންޖެހޭ ފަރާތަށް ލިބިގެންވެއެވެ.
(ށ) ބައްދަލުވުމަށް ހާޒިރުވާންޖެހޭ ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން އެ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަ އްޔަނުކުރުމަށް އަދ/ި ނުވަތަ ގާނޫނީ ވަކީލެއް އައްޔަނުކުރުމަށް ބޭނުންވާނަމަ، އެ ބައްދަލުވުމެއް ފެށުމަށް ހަމަޖެހިފައިވާ 1 (އެކެއް) ގަޑިއިރުގެ ކުރިން އަންގަންވާނެއެވެ.
106 ވަނަ މާއްދާ - ބައްދަލުވުންތަކުގައި އަމަލުކުރަންޖެހޭ އާންމު އުސޫލު
އިންފޮމޭށަން ކޮމިށަނަރު ކުރިޔަށްގެންދާ ބައްދަލުވުންތަކަށް ހާޒިރުވާ ފަރާތްތަކުން،ބައްދަލުވުން ފެށުމުގެ ކުރިން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ދ،ޭ ބައްދަލުވުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި އިރުށާދުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
107 ވަނަ މާއްދާ - ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނުން
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއް ނިސްބަތްވާ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ މައުލޫމާތެއް ކަމުގައި ވާނަމަ، އެފަދަ ށަކުވާގެ ނުވަތަ އިލްތިމާސްގެ މައްސަލައެއްގައި ބައިވެރިވުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތިންވަނަ ފަރާތެއް ހިމަނައިގެން ކުރިޔަށްގެންދާ މައްސަލަތަކުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ބައްދަލުވުން ބޭއްވުމުގައި އަމަލުމުކުރުމުގެ އިޖުރާއަތު އެ ފަރާތެއްގެ މައްޗަށް ހިނގާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ތިންވަނަ ފަރާތެއް ހިމަނައިގެން ކުރިޔަށްގެންދާ މައްސަލަތަކުގައި، މައްސަލަ ބެލުމަށް ބާއްވާ ބައްދަލުވުންތަކުގައި އޭނާގެ އަޑު އިއްވުމުގެ ހައްގު ތިންވަނަ ފަރާތަށް ލިބިގެންވެއެވެ.
108 ވަނަ މާއްދާ - އިލްތިމާސްއާމެދު ނުވަތަ ށަކުވާއާމެދު ނިންމާ ގޮތް އިއުލާނުކުރުން
މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއްގެ ނުވަތަ އިލްތިމާސެއްގެ ނިންމުންތައް އިއުލާނުކުރަންވާނީ ހުޅުވައިލެވިފައިވާ ބައްދަލުވުމެއްގައެވެ.
109 ވަނަ މާއްދާ - ށަކުވާ ނުވަތަ އިލްތިމާސް ބަލައި ނިންމިދާނެ ގޮތް
(ހ) މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބަލައި ނިންމުމުގައި، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އެ މައްސަލައެއް ނިންމިދާނެއެވެ.
- ށަކުވާއެއް ނުވަތަ އިލްތިމާސެއް އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ށަކުވާއެއް ނުވަތަ އިލްތިމާސެއް ނޫންކަން؛
- އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ވަކި މައުލޫމާތެއް އެފަދަ މައުލޫމާތު ހާމަކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަކުންކުރެ ގޮތަކަށް ހާމަކުރުމަށް ދައުލަތުގެ ވަކި އިދާރާއަކަށް އެންގުން؛
- ހޯދުމަށް އެދި ހުށަހަޅައިފައިވާ ވަކި މައުލޫމާތެއް ދޫކުރުމަށް ދައުލަތުގެ ވަކި އިދާރާއަކަށް އެންގުން؛
- ވަކި މައުލޫމާތެއް އެދޭ މީހަކު، އެ މައުލޫމާތަކަށް އެދޭ ގޮތަކަށް އެ މައުލޫމާތެއް ދޫކުރުމަށް އެންގުން؛
- ވަކި މީހަކު، ވަކި މައުލޫމާތަކަށް އެދޭއިރު، އެ މައުލޫމާތަކަށް ބޭނުންވާ ގޮތްކަމަށް ބަޔާންކޮށްފައިވާ ގޮތުގެ ބަދަލުގައި، މި ގަވާއިދުގެ 69 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަށީގެންވާ ގޮތަކަށް އެ މައުލޫމާތު ދޫކުރަން އެންގުން؛
- ދައުލަތުގެ ވަކި އިދާރާއަކަށް ހުށަހެޅޭ ހުށަހެޅުން ބެލުމަށްފަހު ނިން މައިފައިވާ ގޮތް ރަނގަޅުކަމަށް ކަނޑައެޅުން؛
- ވަކި މައުލޫމާތެއް ނުވަތަ ވަކި ގިންތިއެއްގެ މައުލޫމާތެއް ށާއިއުކުރުމަށް އެންގުން؛
- ދައުލަތުގެ ވަކި އިދާރާއެއްގެ ލިޔެކިއުން ބަލަހައްޓާ ނިޒާމު ހަރުދަނާކުރުމަށް އެންގުން ނުވަތަ ކަމާގުޅޭ އުސޫލުތައް އިސްލާހުކުރުމަށް އެންގުން؛
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ތަންފީޒުކުރެވޭނެ ގޮތަކަށް އިދާރީ އިންތިޒާމުތައް ހަމަޖެއްސުން؛
- ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ އިންފޮމޭށަން އޮފިސަރަކު ޖޫރިމަނާކުރުން؛
- އިންފޮމޭށަން ކޮމިށަނަރު ކުރާ ހުއްދަ އަމުރަކާ ހިލާފުވެފައިވާ ފަރާތެއް ޖޫރިމަނާކުރުން؛
- ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ އިންފޮމޭށަން އޮފިސަރަކާމެދ،ު އޭނާ ނިސްބަތްވާ ދައުލަތުގެ އިދާރާއަކުން ސުލޫކީ ފިޔަވަޅު އަޅަން ދައުލަތުގެ އެ އިދާރާއަށް އެންގުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމެއްގައި ދައުލަތުގެ އިދާރާއަކުން ވަކި ކަމެއް ކުރުމަށް އަންގާނަމަ ނުވަތަ ވަކި ކަމެއް ކުރުމަށް ލާޒިމުކުރާނަމަ، އެ ކަމެއް ކޮށް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅައި އަންގަންވާނެއެވެ.
110 ވަނަ މާއްދާ - ގޮތް ނިންމުމުގައި ތަބާވާންޖެހޭ އުސޫލު
މި ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ގޮތެއް ނިންމުމުގައި އޭނާ ރިއާޔަތްކުރާނީ، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާއި އިޖުރާއަތުތައް އެ ގޮތުގައި ހިފަހައްޓައި، ގާނޫނުގެ މަގުސަދު އެންމެ ފުރިހަމަގޮތުގައި ހާސިލުވާނެ ގޮތަކަށެވެ.
111 ވަނަ މާއްދާ - ބާރުތައް ހަވާލުކުރުން
(ހ) މި ގަވާއިދުގެ 95 ވަނަ މާއްދާއާއި 97 ވަނަ މާއްދާއާއި 100 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް މައްސަލަ ބެލުމަށް ލިބިދޭ ބާރުތައް، އެކަމަށް ގާބިލުކަމަށް އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅާ އެހެން ފަރާތަކަށް ލިޔުމުން ހަވާލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން މައްސަލައެއް ބެލުމުގައި ގޮތެއް ނިންމުމާއި ކަމެއް ރަނގަޅުކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެންގުމަށް އިންފޮމޭށަން ކޮމިށަނަރަށް ލިބިދޭ ބާރަކީ އެހެން ފަރާތަކަށް ދޫކުރެވޭނެ ބާރެއް ނޫނެވެ.
112 ވަނަ މާއްދާ - ށަކުވާ ނުވަތަ އިލްތިމާސްއާމެދު ނިންމާ ގޮތް އެންގުން
މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއްބަލައި، މައްސަލައާ ގުޅޭ ރިޕޯޓ،ު އެ ނިންމުން ނިންމާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ލިޔުމުންފޮނުވައި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ވެބްސައިޓުގައި އެ ރިޕޯޓު ށާއިއު ކުރަންވާނެއެވެ.
113 ވަނަ މާއްދާ - ނިންމި ގޮތް ތަންފީޒުކުރުން
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅައިފައިވާ ށަކުވާއަކާމެދު ނުވަތަ އިލްތިމާސަކާމެދު އިންފޮމޭށަން ކޮމިށަނަރު ނިންމި ގޮތ،ް ށަރުއީ ކޯޓަކުން ބަދަލުނުކުރާހައި ހިނދަކު ނުވަތަ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ށަރުއީ ކޯޓަކުން ނުނެރޭހައި ހިނދަކު، އެ ނިންމުން ތަންފީޒުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ދައުލަތުގެ އެ އިދާރާއަކުން އެ ނިންމުން ތަންފީޒު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މައްސަލައަކާ ގުޅިގެން އިންފޮމޭށަން ކޮމިށަނަރުގެ ނިންމުން ދައުލަތުގެ އިދާރާއިން ތަންފީޒުކުރުމަށްފަހު، އެ ނިންމުމެއް ތަންފީޒުކޮށްފައިވާ ގޮތ،ް އެ ނިންމުން ތަންފީޒުކުރިތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މައްސަލައަކާ ގުޅިގެން އިންފޮމޭށަން ކޮމިށަނަރުގެ ނިންމުން ދައުލަތުގެ އިދާރާއިން އިސްތިއުނާފު ކުރުމަށްފަހު، އިންފޮމޭށަން ކޮމިށަނަރަށް ލިޔުމުންއަންގަންވާނެއެވެ.
114 ވަނަ މާއްދާ - މައްސަލަ ބެލުމުގެ އިޖުރާއަތުން އިސްތިސްނާ ހާލަތް
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅައިފައިވާ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބިނާވެފައިވަނީ، ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ދޫކުރާންޖެހޭ މައުލޫމާތެއްގެ މައްޗަށް ކަމުގައި ވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި މުއްދަތުތައް އެ މައްސަލައަކަށް ނުހިނގާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި މުއްދަތުތައް ކަނޑައަޅާނީ، އެ މައްސަލައެއްގެ ޒާތަށާއި ބާވަތަށް ބެލުމަށްފަހު، އިންފޮމޭށަން ކޮމިށަނަރެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅާ އިޖުރާއަތުތަކާއި މުއްދަތުތަކާ އެއްގޮތަށް އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
115 ވަނަ މާއްދާ - ބައްދަލުވުންތަކަށް އާންމުން ވަނުން
މި ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން ބާއްވާ ހުޅުވައިލެވިފައިވާ ބައްދަލުވުންތަކަށް އާންމުންނަށް ވަނުމުގެ ހައްގު ލިބިގެންވެއެވެ.
ދިހަވަނަ ބާބު
އިންފޮމޭށަން ކޮމިށަނަރުގެ ނިންމުން އިސްތިއުނާފުކުރުން
116 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ހައްގު
ގާނޫނާއި މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް، އެ ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓަށް އިލްތިމާސްކުރުމުގެ ހައްގު ލިބިގެންވެއެވެ.
117 ވަނަ މާއްދާ - އިސްތިއުނާފުގެ މުއްދަތު
އިސްތިއުނާފުކުރުމަށް އެދޭ އިންފޮމޭށަން ކޮމިށަނަރުގެ ނިންމުން ނިންމި ތާރީހުން ފެށިގެން ނުވަތަ އެ ނިންމުން ނިންމަންޖެހޭ ތާރީހުން ފެށިގެން، އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.
އެގާރަވަނަ ބާބު
މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކާއި ހަމަތައް
118 ވަނަ މާއްދާ - އާންމު މިންގަނޑު
(ހ) އާންމު އުސޫލެއްގެ ގޮތުން މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއްގައި ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ ހައްގު،ދައުލަތުގެ އެ އިދާރާއަށް ލިބިގެނެއް ނުވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަށް ހުށަހަޅާ ހުށަހެޅުމެއްގައި ހޯދުމަށް އެދިފައިވާ މައުލޫމާތު ދޫނުކޮށް ހިފެހެއްޓޭނީ، ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މި ގަވާއިދުގެ 120 ވަނަ މާއްދާއިން ފެށިގެން 126 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހާލަތަކަށް ފެތޭ މައުލޫމާތަކަށް ވާނަމަ އެކަންޏެވެ. އަދި އެފަދައިންވެސް މައުލޫމާތު ހިފަހައްޓަންވާނީ، މައުލޫމާތު ދޫނުކޮށް ހިފެހެއްޓުން ހުއްދަކޮށްފައިވާ ކަމާބެހޭ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
119 ވަނަ މާއްދާ - އާންމު މަސްލަހަތަށް އިސްކަންދިނުމުގެ އުސޫލު
(ހ) ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، މި ގަވާއިދުގެ 120 ވަނަ މާއްދާއިން ފެށިގެން 126 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހާލަތަކަށް ފެތޭ މައުލޫމާތަކަށް ވުމުގެ ސަބަބުން އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ ހައްގު ދައުލަތުގެ އިދާރާއަށް ލިބިދީފައިވާ މައުލޫމާތަކަށް ވިޔަސް، އެ މައުލޫމާތު ދިނުމަށް އިންކާރުކުރުމަށްވުރެ އެ މައުލޫމާތު ދިނުމަކީ، މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމެއް ކަމުގައި ވާނަމަ، އަދި އެ މައުލޫމާތު ހާމަނުކުރުމުން ރައްކައުތެރިކުރެވޭ މަސްލަހަތަށްވުރ،ެ އެ މައުލޫމާތު ހާމަކުރުމުން ރައްކައުތެރިކުރެވޭ މަސްލަހަތު ބޮޑުކަމުގައި ވާނަމަ، އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ ހައްގު،ދައުލަތުގެ އިދާރާއަށް ލިބިގެނެއް ނުވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް މައުލޫމާތު ހާމަކުރުމުގެ ސަބަބުން މުޅި ރައްޔިތުންގެ މަސްލަހަތު ނުވަތަ އާންމު މަސްލަހަތު ހާސިލުވާނެތޯ ދެނެގަތުމުގައި، އަންނަނިވި ކަންކަމަށް، ދައުލަތުގެ އިދާރާއިން ރިއާޔަތް ކުރަންވާނެއެވެ.
- އާންމު މަސްލަހަތަކީ ހުރިހާ ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔެއްގެ މަސްލަހަތު އޮތް ގޮތް ކަމުގައި ނުބެލުން؛
- ދައުލަތުގެ އިދާރާއިން ރިއާޔަތްކުރާ އާންމު މަސްލަހަތަކީ ގާނޫނުން މަނާނުކުރާ މަސްލަހަތެއް ކަމަށް ވުން؛
- ވަކި ބާވަތެއްގެ ސިޔާސީ ނުވަތަ އިޖުތިމާއީ ނުވަތަ އިގްތިސާދީ އުސޫލުތަކެއް ނުވަތަ ގަބޫލުކުރުންތަކެއްގެ މައްޗަށް ބުރަނުވ،ެ ސަބަބުވެރި ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ކަންކަމުގެ މައްޗަށް ބެލުން؛
- ގާނޫނުއަސާސީގެ 2 ވަނަ ބާބުގެ ދަށުން ބަޔާންކޮށްފައިވާ އަސާސީ ހައްގެއް ހިމާޔަތްކޮށް ކުރިއަރުވާ ކަމެއް ކަމުގައި ވާނަމަ، އެ ކަމުގައި އާންމު މަސްލަހަތު އެކުލެވިގެންވާނެކަން؛
- އެއްކަމެއްގައި ނުވަތަ އެއް މައުޒޫއެއްގައި ވެސް، ވަގުތާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން، އާންމު މަސްލަހަތު ބަދަލުވަމުން ދިޔުމުގެ ފުރުސަތު އޮންނާނެކަން.
(ނ) އަންނަނިވި ކަންކަމަކީ އާންމު މަސްލަހަތަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމުގައި ބަލައި، މައުލޫމާތު ދޫނުކުރުމަށް ދައުލަތުގެ އިދާރާއިން ނިންމައިގެން ނުވާނެއެވެ.
- ހޯދުމަށް އެދިފައިވާ މައުލޫމާތުގައި، ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެނަމަ، އާންމުންނަށް ނުވަތަ ށަރުއީ ކޯޓަކަށް ނުވަތަ ގާނޫނުން ޖަވާބުދާރީވާންޖެހޭ ދައުލަތުގެ އެހެން އިދާރާއަކަށް އެކަމާ ގުޅޭގޮތުން ޖަވާބުދާރީވާން ދައުލަތުގެ އެ އިދާރާއަށް އުނދަގޫވެދާފަދަ މައުލޫމާތެއް ހިމެނިގެންވުން.
- ހޯދުމަށް އެދިފައިވާ މައުލޫމާތުގައި، މައުލޫމާތު ދޫކުރާ ދައުލަތުގެ އިދާރާއާމެދު ނުވަތަ ދައުލަތުގެ އެހެން އިދާރާއަކާމެދު އިތުބާރުކުޑަވާ ފަދަ މައުލޫމާތެއް ހިމެނިގެންވުން.
- ހޯދުމަށް އެދިފައިވާ މައުލޫމާތުގައި ހިމެނިގެންވާ މައުލޫމާތުން ބައެއް އުނިވެފައި އޮތުމުގެ ސަބަބުން، އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން.
120 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން ށަރުތުކޮށް ލިބިފައިވާ މައުލޫމާތު
(ހ) ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ދައުލަތުގެ އެ އިދާރާގެ މައްޗަށް އުފުލިދާނެ މައުލޫމާތު ކަމުގައި ބަޔާންކޮށްފައި އެވަނީ، އެ މައުލޫމާތަކީ ގާނޫނެއްގެ ދަށުން ނުވަތަ ސައްހަ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެކަމުގައި އިސްތިގްރާރުވެފައިވާ އާންމު އުސޫލުތަކާއި އުރުފުގެ ދަށުން އެ މައުލޫމާތެއްގެ ސިއްރުވެރިކަން ހިފެހެއްޓުން ދައުލަތުގެ އެ އިދާރާގެ މައްޗަށް ލާޒިމުވާ މައުލޫމާތަށެވެ.
(ށ) ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ދައުލަތުގެ އެ އިދާރާއަށް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކަށް އެފަދަ މައުލޫމާތެއް ފަހުން ލިބުމަށް ހުރަސްއެޅިދާނެ ކަމުގައި ބަލައި، ދޫނުކުރާ މައުލޫމާތަކީ ދައުލަތުގެ އެ އިދާރާއަށް ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޒަރޫރީ މައުލޫމާތެއް ކަމުގައި ވާންޖެހޭނެއެވެ.
(ނ) ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، ށަރުއީގޮތުން ހުއްދަކޮށްފައިވާ ހާލަތްތަކުގައި، އާންމުކޮށް ހުޅުވައިލުމެއްނެތި ހިންގައިފައިވާ ށަރީއަތް ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި އާންމުކޮށް ހުޅުވައިނުލައި ކޯޓުތަކުން ކުރިޔަށްގެންދާ ށަރީއަތްތަކަށެވެ.
(ރ) ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް، ށަރުއީގޮތުން ހުއްދަކޮށްފައިވާ ހާލަތްތަކުގައި، އު މުރުން 18 )އަށާރަ( އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ޒާތަށް ނުވަތަ ކަރާމާތަށް އުނިކަމެއް ލިބިދާފަދަ ޒާތީ ނުވަތަ ގާނޫނީ ނުވަތަ ށަރުއީ މައުލޫމާތު ކަމުގައި ބެލުމުގައި އިސްކަންދޭންވާނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމާބެހޭ އެނޫންވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކަމާބެހޭ އުސޫލުތަކާއި ހަމަތަކަށެވެ.
121 ވަނަ މާއްދާ - ޒާތީ މައުލޫމާތު
(ހ) ގާނޫނުގެ 23 ވަނަ މާއްދާގެ ބޭނުމަށް ތިންވަނަ މީހެއްގެ ޒާތާ ގުޅޭ މައުލޫމާތާއި، އެ މީހެއްގެ އަމިއްލަ ދިރިއުޅުމާއި، އާއިލީ ދިރިއުޅުމާއި، އެ މީހަކު ކުރާ ޒާތީ މުއާސަލާތްތަކާއި މުއާމަލާތްތަކުގެ މައްޗަށް އެކުލެވޭ ކަންކަން ހިމެނެއެވެ.
(ށ) ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ފަރާތްތަކެއްގެ ވަކި މައުލޫމާތެއް ހާމަކުރުމަށް ލާޒިމުކުރާނަމަ، މި ގަވާއިދުގެ ބޭނުމަށް އެފަދަ މައުލޫމާތަކީ ޒާތީ މައުލޫމާތު ކަމުގައެއް ނުބެލެވޭނެއެވެ.
122 ވަނަ މާއްދާ - ގާނޫނީ އިމްތިޔާޒު
(ހ) ގާނޫނުގެ 24 ވަނަ މާއްދާގެ ބޭނުމަށް ގާނޫނީގޮތުން ހިންގާ ތަހުގީގެއް ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ލިބިދީފައިވާ ތަހުގީގީ ބާރުގެ ދަށުން، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިންގަމުންދާ ތަހުގީގުތަކަށެވެ. މީގެ ތެރޭގައި، ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ ތަހުގީގު ހިމެނެއެވެ.
(ށ) ގާނޫނުގެ 28 ވަނަ މާއްދާގެ ބޭނުމަށް ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތެއްތޯ ބެލުމުގައި ރިއާޔަތްކުރާނީ، ހިންގަމުން އެދާ ތަހުގީގުގެ މައްޗަށް ނުވަތަ ހިނގަމުންދާ ށަރީއަތުގެ މައްޗަށް ތަތުބީގުކުރެވޭ ގާނޫނުތަކުގައި، އެ މައުލޫމާތަކަށް އިމްތިޔާޒު ލިބިގެންވާކަމުގައި ބަޔާންކޮށްފައި އޮތްތޯ ނުވަތަ އެފަދައިން ނިންމަންޖެހޭ ކޯޓުގެ ނިންމުމެއް ނުވަތަ ގާނޫނީ އުސޫލެއް އޮތްތޯއެވެ.
123 ވަނަ މާއްދާ - ވިޔަފާރީގެ މައުލޫމާތު
(ހ) ގާނޫނުގެ 25 ވަނަ މާއްދާގެ ބޭނުމަށް ހޯދުމަށް އެދޭ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭނެ ގެއްލުމެއް ފޯރަފާނެތޯ ބެލުމުގައި، ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައިވާ ދައުލަތުގެ އިދާރާއަށް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކަށް ނުވަތަ ދައުލަތުގެ އިދާރާއާއެކު ވިޔަފާރިކުރާ ނުވަތަ ކުރުމަށް ބޭނުންވާ ފަރާތަށް ނުވަތަ އެ މުއާމަލާތާ ގުޅިފައިވާ އެ ނޫން ކޮންމެ ފަރާތަކަށް ވެސް ލިބިދާނެ ގެއްލުމަށް ރިއާޔަތް ކުރަންވާނެއެވެ.
(ށ) ގާނޫނުގެ 25 ވަނަ މާއްދާގެ ބޭނުމަށް ވިޔަފާރީގެ ސިއްރު ކަމުގައި ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ސިއްރުކަމުގައި ކަނޑައަޅައިފައިވާ ކޮންމެ ކަމަކާއި، އެ ބާވަތުގެ ވިޔަފާރީގައި ވަކި ކަމަކީ ނުވަތަ ވަކި މައުލޫމާތަކީ ވިޔަފާރީގެ ސިއްރުކަމުގައި އާދަކާދައިގެ ތެރެއިން ގާއިމުވެފައިވާ ކޮންމެ ކަމެއް ހިމެނޭ ގޮތުންނެވެ.
124 ވަނަ މާއްދާ - ސިއްހަތާއި ރައްކައުތެރިކަން
ގާނޫނުގެ 26 ވަނަ މާއްދާގެ ބޭނުމަށް، ހޯދުމަށް އެދިފައިވާ މައުލޫމާތު ހާމަކުރުމުގެ ސަބަބުން މީހެއްގެ ސިއްހަތަށް ނުވަތަ ފުރާނައަށް ނުވަތަ ރައްކައުތެރިކަމަށް ނުރައްކަލެއް ކުރިމަތިވާނެކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު، ދައުލަތުގެ އެ އިދާރާއަށް ލިބިގެންވެއެވެ.
125 ވަނަ މާއްދާ - ދިފާއީ ރައްކައުތެރިކަން
(ހ) ގާނޫނުގެ 29 ވަނަ މާއްދާގެ ބޭނުމަށް ގައުމީ ސަލާތަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައިބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތިގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަމަށެވެ.
(ށ) ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލ،ު އަންނަނިވި ކަންކަމުގެ މައްޗަކަށް ނުހިނގާނެއެވެ.
- އިދާރީ ކަންކަމާއި ހިންގުމާ ގުޅިފައިވާ ކަންކަން؛
- ކޮންޓްރެކްޓް އުސޫލުން ނުވަތަ ޓެންޑަރ އުސޫލުން ހަވާލުކުރާ މަސައްކަތް؛
- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން؛
- ގާނޫނުއަސާސީންނާއި ގާނޫނުން ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދުކުރުމަށް ނުވަތަ އިންކާރުކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް؛
- އެ ކަމެއް ނުވަތަ މައުލޫމާތެއް ހާމަކުރުމުން ގައުމީ ސަލާތަމަށް ނުރައްކާވެދާނެފަދަ ކަމެއް ހިމެނިގެންނުވާ އެ ނޫން ކޮންމެ ކަމެއް ނުވަތަ މައުލޫމާތެއް.
126 ވަނަ މާއްދާ - ކެބިނެޓް ރިކޯޑު
(ހ) ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، ކެބިނެޓުގެ މަސައްކަތްތަކާ ގުޅޭ އަންނަނިވި ބާވަތުގެ މައުލޫމާތު ކަމުގައި ވާނަމަ، އެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު، ދައުލަތުގެ އިދާރާއަށް ލިބިގެންވެއެވެ.
- ކެބިނެޓަށް ހުށަހެޅުމަށް ޓަކައި ތައްޔާރުކޮށްފައިވާ ލިޔުން ނުވަތަ އެ ލިޔުމުގެ ދެލިކޮޕީ؛
- އެ ވަގުތު ކެބިނެޓަށް ހުށަހަޅައިފައިވާ ލިޔުމާއި މައުލޫމާތުގެ ކޮޕީ؛
- އެ މައުލޫމާތު ހާމަކޮށްފިނަމަ، ކެބިނެޓުގެ ނިންމުމެއް ނުވަތަ ކެބިނެޓުގައި ކޮށްފައިވާ މަށްވަރާތަކުގެ ތަފުސީލު ނުވަތަ އެ މަށްވަރާތަކުގައި ބައިވެރިވި މީހުން ބުނީ ކޮން ވާހަކައެއްކަން ހާމަވެގެންދާފަދަ މައުލޫމާތ.ު
(ށ) މި މާއްދާގެ ބޭނުމަށް ކެބިނެޓް ކަމުގައި ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެކިއެކި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށް އެކުލަވައިފައިވ،ާ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާވަޒީރުންގެ މަޖިލީހަށެވެ. އަދި އެ މަޖިލީހުގެ ކޮމިޓީތަކާއި ސަބްކޮމިޓީތައް ހިމެނޭގޮތުންނެވެ.
(ނ) ކެބިނެޓުގެ މަސައްކަތްތަކާ ގުޅޭ އަންނަނިވި ބާވަތުގެ މައުލޫމާތުގެ މައްޗަށް ނުވަތަ ލިޔުންތަކުގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
- ކެބިނެޓަށް ހުށަހެޅުމަށް ޓަކައި ނުވަތަ ކެބިނެ ޓުގައި މަށްވަރާކުރުމަށް ތައްޔާރުކޮށްފައިވާ އިދާރީ ތަފުސީލުތަކާއި، މާލީ ތަފުސީލުތަކާއި، ތަފާސްހިސާބުތަކުގެ ތަފުސީލުތައް ހިމެނޭ ލިޔުން؛
- ކެބިނެޓަށް ހުށަހަޅައި، މުޅިން ނިމިފައިވާ މައްސަލައެއްގެ މައުލޫމާތު؛
- އެ ލިޔުމެއް ކެބިނެޓަށް ހުށަހެޅި ފަހުން 10 (ދިހައެއް) އަހަރުދުވަސް ފާއިތުވެފައިވާ ލިޔުން.
127 ވަނަ މާއްދާ - މައުލޫމާތުގެ ބައެއް ދޫކުރުން
މި ގަވާއިދުގެ ދަށުން މައުލޫމާތަކަށް އެދުމުން ދޫކުރަންޖެހޭ މައުލޫމާތުގެ ވަކި ބަޔަކީ މި ބާބުގެ ދަށުން އިސްތިސްނާކުރަންޖެހޭ މައުލޫމާތު ހިމެނޭ ބައެއް ކަމުގައި ވާނަމަ، އެ މައުލޫމާތަކުން އެ ބައެއް އުނިކުރުމަށްފަހު، އެ މައުލޫމާތެއްގެ ދޫކުރެވެން އޮތްބައި ދޫކުރަންވާނެއެވެ.
128 ވަނަ މާއްދާ - ތިންވަނަ ފަރާތެއްގެ މައުލޫމާތު ހާމަކުރުން
(ހ) މި ގަވާއިދުގެ 121 ވަނަ މާއްދާއާއި 122 ވަނަ މާއްދާއާއި 123 ވަނަ މާއްދާއާއި 124 ވަނަ މާއްދާއިން ރައްކައުތެރިކޮށްދޭ ތިންވަނަ ފަރާތަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ލިބުމުން، އެ މައުލޫމާތެއް ދޫކުރުމަށް އިންފޮމޭށަން އޮފިސަރު ގަސްތުކުރާނަމަ، އެ މައުލޫމާތު ދޫކުރުމާމެދު އެ ތިންވަނަ ފަރާތުގެ ރުހުން އޮތްތޯ ނުވަތަ ނެތްތޯ ދައުލަތުގެ އެ އިދާރާއިން ބަލަންވާނެއެވެ. މިގޮތުން، އަންނަނިވި ކަންކަން ދައުލަތުގެ އިދާރާއިން ކުރަންވާނެއެވެ.
- މައުލޫމާތު ހޯދުމުގެ ހުށަހެޅުން ލިބުނުތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ކޮބައިކަމާއި، އެ މައުލޫމާތެއް ދޫކުރަން ގަސްތުކުރާކަން ތިންވަނަ ފަރާތަކަށް ލިޔުމުން އެންގުން؛
- މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ތިންވަނަ ފަރާތަށް ލިޔުމުން އެންގުން އެންގުމަށްފަހު، އެ މައުލޫމާތު ހާމަކުރުމާމެދު ރުހުން އޮތްކަން ނުވަތަ ނެތްކަން އަނގަބަހުން ނުވަތަ ލިޔުމުން ބަޔާންކުރުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް، ތިންވަނަ ފަރާތަށް ދިނުން.
(ށ) ތިންވަނަ ފަރާތަކާ ގުޅޭ މައުލޫމާތެއް ދޫކުރަން އިންފޮމޭށަން އޮފިސަރު ކަނޑައެޅުމުގައި، އެ ތިންވަނަ ފަރާތުން އިއުތިރާޒުކުރާ ސަބަބުތަކަށް ރިއާޔަތްކުރުމަށްފަހު، އެ މައުލޫމާތު ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް ނިންމިދާނެއެވެ.
(ނ) ތިންވަނަ ފަރާތުގެ އިއުތިރާޒާއެކުގައިވެސް އެ މައުލޫމާތު ދޫކުރުމަށް އިންފޮމޭށަން އޮފިސަރު ނިންމައިފިނަމަ، އެކަން އެގޮތަށް ނިންމިކަމާއި، އެކަން ކުރި ސަބަބ،ު އެ ތިންވަނަ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ތިންވަނަ ފަރާތަށް ލިޔުމުން އަންގާ އެންގުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ދޫކުރަން ނިންމައިފައިވާ މައުލޫމާތުގެ ތަފުސީލު؛
- އެ މައުލޫމާތު ދޫކުރަން ނިންމި ސަބަބު؛
- ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އިލްތިމާސްކުރުމުގެ ފުރުސަތުލިބިފައިވާކަން؛
- ނިންމުން އިލްތިމާސްކުރަންވީ ފަރާތާއި، އެ ފަރާތަށް ގުޅޭނެ ގޮތް.
(ބ) ތިންވަނަ ފަރާތެއްގެ މައުލޫމާތު އިންފޮމޭށަން އޮފިސަރު ދޫކުރަންވާނީ، އެކަން އެގޮތަށް ކުރުން އެންމެ ރަނގަޅުކަމަށް މުރާޖާކުރުމާއި އިލްތިމާސްކުރުމުގެ މަރުހަލާގެ މުއްދަތު ހަމަވުމުން، ނުވަތަ މުރާޖާކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މަރުހަލާއިން މައުލޫމާތު ދޫކުރުމަށް ކަނޑައަޅައިފިކަމުގައި ވާނަމައެވެ.
ބާރަވަނަ ބާބު
ފީ ނެގުން
129 ވަނަ މާއްދާ - ފީ ނެގުން
މި ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ދޫކުރުމުގައި، މި ބާބުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީ ން މައުލޫމާތަށް އެދޭ ފަރާތުގެ ކިބައިން ފީއެއް ނެގިދާނެއެވެ.
130 ވަނަ މާއްދާ - ފީ ނެގޭނެ އެންމެ މަތީ އަދަދުތައް
(ހ) ދައުލަތުގެ އިދާރާއަކުން މައުލޫމާތު ދޫކުރުމުގައި ފީ ނެގޭނެ އެންމެ މަތީ އަދަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ފޮޓޯކޮޕީ ނަގަންޖެހޭ އެއްޗެއްނަމަ، ޗާޕުކުރާ ކަރުދާހުގެ އަގާއި، ޗާޕުގެ އަގާއެކު، ގަނޑަކަށް 1 (އެކެއް) ރުފިޔާ؛
- ކޮމްޕިއުޓަރުން ޕްރިންޓްކުރަންޖެހޭ އެއްޗެއްނަމަ، ކޮންމެ ގަނޑަކަށް 2 (ދޭއް) ރުފިޔާ އަދި ކުލަކޮށް ޕްރިންޓްކުރަން ޖެހޭނަމަ، ކޮންމެ ގަނޑަކަށް 10 (ދިހައެއް) ރުފިޔާ.
(ށ) ފްލޭށް ޑްރައިވްއެއް ނުވަތަ ޕެންޑްރައިވްއެއް ނުވަތަ ހާޑްޑިސްކް ފަދަ ވަސީލަތެއް ހިފައިގެން އައިނަމަ، އަދި އެ މައުލޫމާތަކީ އެ ގެނައި އާލާތަކަށް ނަގުލުކުރެވޭ މައުލޫމާތަކަށްވާނަމަ، ނުވަތަ މައުލޫމާތަށް އެދުނު ފަރާތުން އެދިގެން އެ މައުލޫމާތު އީ-މެއިލް މެދުވެރިކޮށް ފޮނުވާނަމަ، އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.
131 ވަނަ މާއްދާ - ފީ ނެގުމުން އިސްތިސްވާ ފަރާތްތަކާއި ހާލަތްތައް
ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ މައުލޫމާތަކީ މި ގަވާއިދުގެ ދަށުން ދޫކުރެވޭ މައުލޫމާތެއް ކަމުގައި ވެފައި، އެ މައުލޫމާތެއް ދުކުރެވެނީ އަންނަނިވި ފަރާތްތަކަށް ނުވަތަ ހާލަތްތަކުގައި ކަމަށްވާނަމަ، އެ މައުލޫމާތެއް ދޫކުރުމަށް ފީއެއް ނަގައިގެން ނުވާނެއެވެ.
(ހ) މައުލޫމާތަށް އެދެނު ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމުގައި ވުން.
(ށ) ހޯދުމަށް އެދޭ މައުލޫމާތަކީ އެ މައުލޫމާތު ހޯދަން ހުށަހަޅާ ފަރާތުގެ ޒާތީ މައުލޫމާތެއް ކަމުގައި ވުން.
(ނ) ހޯދުމަށް އެދޭ މައުލޫމާތަކީ މުޅި ރައްޔިތުންގެ އާންމު ފައިދާއެއް ހިމެނިގެންވާ ކަމަކާ ގުޅޭ މައުލޫމާތެއް ކަމުގައި ވުން.
(ރ) މި ގަވާއިދުގެ ދަށުން މައުލޫމާތު ދޭންޖެހޭ މުއްދަތު ފަހަނަޅައިދާ ފަހުން ދޫކުރެވޭ މައުލޫމާތެއް ކަމުގައި ވުން.
132 ވަނަ މާއްދާ - ފީ ކަނޑައެޅުމުގެ އާންމު މިންގަނޑު
(ހ) ފީ ނެގުމަކީ މި ގަވާއިދުގެ ދަށުން ކުރެވިދާނެ ކަމެއްކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އިދާރާއަކުން އެކަމަށް ހޭދަވާ އެއްޗަކަށް ފިޔަވައި އެކަމަށް ކުރާ މަސައްކަތަށް ނުވަތަ ދޭ ހިދުމަތަކަށް އެއްވެސް އަގެއް ނަގައިގެން ނުވާނެއެވެ.
(ށ) ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ މައުލޫމާތަކީ، މި ގަވާއިދުގެ ދަށުން ދޫކުރެވޭ މައުލޫމާތެއް ކަމުގައި ވާނަމަ، އެ މައުލޫމާތަކަށް އެދުމުން، އެކަމަށް ހިނގާނެ ފީގެ މައުލޫމާތު، އެ މައުލޫމާތަށް އެދުނު ފަރާތަށް އަންގައި، ކަނޑައެޅޭ ފީގެ އަދަދަށް އެ ފަރާތުން އެއްބަސްވުމުގެ ކުރިން، އެ މައުލޫމާތު ނަކަލުކުރުމަށް އެއްވެސް ހަރަދެއް ދައުލަތުގެ އިދާރާއިން ކޮށްގެން ނުވާނެއެވެ.
ތޭރަވަނަ ބާބު
އާންމު އުސޫލުތައް
133 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުމުގެ އުސޫލުތައް
(ހ) ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުތައް، ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާންވާނެއެވެ. މިގޮތުން އަންނަނިވި ކަންކަން ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް ކުރަންވާނެއެވެ.
- ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުތައް، އެ އިދާރާއިން ކުރާ މަސައްކަތްތަކުގެ ބާވަތަށް ބަލައި، ވަކިވަކިން ބެހެއްޓުން؛
- ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުތަކުގެ ޑައިރެކްޓަރީއެއް ބެލެހެއްޓުން؛
- ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުތައް، ރައްކައުކުރެވިފައިވާ އެކި ވަސީލަތްތައް، އެ ވަސީލަތަކާ އެކަށޭނަ ހަމައަކުން، ހަލާކުވިޔަނުދީ ބަލަހައްޓަމުންދިޔުން؛
- ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުތަކުގެ ސެކިއުރިޓ،ީ އެ މައުލޫމާތުތައް ރައްކައުކުރެވިފައިވާ ވަސީލަތަކާ އެކަށޭނަ ހަމައަކުން ބަލަހައްޓަމުންދިޔުން.
(ށ) ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުތައް ފަރުވާތެރިކަމާއެކު ރައްކައުކޮށް ބަލަހައްޓަމުން ދިޔުމުގައި އެ އިދާރާއަކުން އަމަލުކުރާނެ ގޮތުގެ އިންޓަރނަލް ޕްރޮސީޖަރއެއް، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް ހަދައި، އެ ޕްރޮސީޖަރއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
134 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރުންނާއި ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފުން ތަމްރީނުކުރުމުގެ އުސޫލުތައް
ގާނޫނާއި މި ގަވާއިދު ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، ގާނޫނާއި މި ގަވާއިދާއި އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައި އުސޫލުތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތައް އަހުލުވެރިކުރުމަށްޓަކައި، ބަޖެޓު ތަންދޭ މިންވަރަކުން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން، ދައުލަތުގެ އިދާރާތަކުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
135 ވަނަ މާއްދާ - ރިޕޯޓުކުރުން
(ހ) އަންނަނިވި މައުލޫމާތުތަކުގެ މައްޗަށް، އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެ މަތީން، ކޮންމެ އަހަރު އެއްފަހަރު، ދައުލަތުގެ އިދާރާތަކުން، ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރުގެ އިސްނެގުމުގެ މަތީން، އަހަރީ ރިޕޯޓެއް އެކުލަވައިލައި، އިންފޮމޭށަން ކޮމިށަނަރަށް ފޮނުވަންވާނެއެވެ.
- މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެ އަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދު؛
- އެދުނު މައުލޫމާތެއް ނުދިނުމަށް ގާނޫނުގެ 7 ވަނަ ބާބުގައިވާ އިސްތިސްނާ ހާލަތްތައް ބޭނުންކުރި މިންވަރު އަންގައިދޭ ތަފާސްހިސާބު؛
- މައުލޫމާތެއް ދިނުމަށް އިންކާރުކުރުމުން މުރާޖާކުރުމަށް ހުށަހެޅުނު މިންވަރު؛
- ފީ ނެގުނު އަދަދާއި، ނެގި ފީގެ ޖުމުލަ؛
- މި ގަވާއިދުގެ 5 ވަނަ ބާބުގެ ދަށުން ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަންޖެހޭ މައުލޫމާތު، އެ އިދާރާއިން އާންމުކޮށް އަދާހަމަކޮށް ބަލަހައްޓައިފައިވާ ގޮތުގެ ތަފުސީލާއި، އެ މައުލޫމާތުގެ ބާވަތްތައް؛
- މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި، ކުރި ކަންތައްތައް؛
- މައުލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން؛
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް ޓަކައި ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ފޮނުވާ އަހަރީ ރިޕޯޓ،ު ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، މީލާދީ ކޮންމެ އަހަރެއް ނިމ،ި ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން ފޮނުވަންވާނެއެވެ.
136 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރުމުގެ އުސޫލުތައް
(ހ) ގާނޫނާއި މި ގަވާއިދުގައި އެހެން ފަރާތަކާ ކަނޑައެޅިގެން ހަވާލުނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިންފޮމޭށަން ކޮމިށަނަރުގެ ބާރުތައް ފިޔަވައި، އެ ނޫން ކޮންމެ ބާރެއް ވެސް އޭނާ ކަނޑައަޅާ ފަރާތަކާ ހަވާލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރުގެ ބާރެއް ހަވާލުކުރަންވާނީ
އެކަމަށް ގާބިލު ފަރާތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރުގެ ބާރެއް އެހެން ފަރާތަކަށް ހަވާލުކުރަންވާނީ ލިޔުމުންނެވެ.
(ރ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން އިންފޮމޭށަން ކޮމިށަނަރުގެ ބާރެއް އެހެން ފަރާތަކާ ހަވާލުކޮށްފައިވާނަމަ، ގާނޫނާއި މި ގަވާއިދުގެ ދަށުން އެ ބާރެއް ބޭނުންކުރުމަށް އިންފޮމޭށަން ކޮމިށަނަރަށް ލިބިދީފައިވާ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ. އަދި އެ ފަރާތަކުން ކުރާ ކަމަކީ އިންފޮމޭށަން ކޮމިށަނަރު ކުރާ ކަމެއްގެ ގޮތުގައި ބެލެވޭނެއެވެ.
ސާދަވަނަ ބާބު
ޖޫރިމަނާކުރުން
137 ވަނަ މާއްދާ - ޖޫރިމަނާކުރުން
(ހ) އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އިންފޮމޭށަން އޮފިސަރަކު ކޮށްފިނަމަ، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ އިންފޮމޭށަން އޮފިސަރަކު ޖޫރިމަނާކުރެވޭނެއެވެ.
- މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއް މަގުބޫލު އުޒުރެއްނެތި ބަލައިނުގަތުން؛
- ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި މައުލޫމާތު ފޯރުކޮށްނުދިނުން؛
- މައުލޫމާތު ދިނުމަށް ނުރަނގަޅު ނިޔަތުގައި އިންކާރުކުރުން؛
- ފުރިހަމަނޫން މައުލޫމާތު ނުވަތަ ކަމުގެ ހަގީގަތް އޮޅޭގޮތަށް ނުވަތަ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން.
(ށ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މީހަކު ނުވަތަ އިދާރާއަކުން ކޮށްފިނަމަ، އެ މީހަކު 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އިންފޮމޭށަން އޮފިސަރަކު ހުރަސްއެޅުން؛
- ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އަދާކުރަންޖެހޭ ވާޖިބެއް އިންފޮމޭށަން ކޮމިށަނަރު އަދާކުރުމަށް ހުރަސްއެޅުން؛
- ގާނޫނާއި މި ގަވާއިދުގެ ދަށުން ހޯދުމަށް އެދިފައިވާ މައުލޫމާތެއް ނުރަނގަޅު ނިޔަތުގައި ނެތިކޮށްލުން؛
- ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތު އޮޅުވައިލުން ނުވަތަ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެއަށް ބަދަލުގެނައުން.
(ނ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވާ މީހަކު ނުވަތަ އިދާރާތައް 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ރ) ގާނޫނާއި މި ގަވާއިދާ ހިލާފުވާ ދައުލަތުގެ އިދާރާތައް ޖޫރިމަނާ ކުރުމަކީ މި ގަވާއިދު ހުރަސްއަޅާ ކަމެއް ނޫނެވެ.
138 ވަނަ މާއްދާ - ސުލޫކީ ފިޔަވަޅު
(ހ) ގާނޫނާއި މި ގަވާއިދާ އެއްފަހަރަށްވުރެ ގިނައިން އިންފޮމޭށަން އޮފިސަރަކު ހިލާފުވާކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފާހަގަކުރެވިއްޖެނަމަ، އެ އިންފޮމޭށަން އޮފިސަރަކާމެދު ދައުލަތުގެ އިދާރާއެއްގެ ފެންވަރުގައި ސުލޫކީ ފިޔަވަޅު އެޅުމަށް، ދައުލަތުގެ އެ އިދާރާއަކަށް އެންގުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން އޮފިސަރަކަށް ސުލޫކީ ފިޔަވަޅު އެޅުމަށް އިންފޮމޭށަން ކޮމިށަނަރު އަންގާ އެންގުމާ އެއްގޮތަށް ސުލޫކީ ފިޔަވަޅު އެޅުމަށްފަހު، ދައުލަތުގެ އެ އިދާރާއަކުން އިންފޮމޭށަން ކޮމިށަނަރަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
139 ވަނަ މާއްދާ - ތަންފީޒީ ފިޔަވަޅުތަކާއި ޖޫރިމަނާކުރުން އާންމުކުރުން
މި ބާބުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު އަޅާ ފިޔަވަޅުތަކާއި ކުރެވޭ ޖޫރިމަނާތަކާ ގުޅޭ މައުލޫމާތު، އެ ފިޔަވަޅު އަޅާތާ ނުވަތަ ޖޫރިމަނާ ކުރާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
ފަނަރަވަނަ ބާބު
އެހެނިހެން ކަންކަން
140 ވަނަ މާއްދާ - މުއްދަތު ގުނުން
ގާނޫނާއި މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ މުއްދަތުތައް ގުނާނީ، ގާނޫނު ނަންބަރު 2011-04 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
141 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ، އިންފޮމޭށަން ކޮމިށަނަރެވެ.
142 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދާއި އުސޫލުތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، އަންނަނިވި ގަވާއިދުތަކާއި އުސޫލުތައް ބާތިލުވީއެވެ.
(ހ) ގަވާއިދު ނަންބަރު 2016-05 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު).
(ށ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ "އާންމު އަޑުއެހުންތަކުގައި އަމަލުކުރާނެގޮތުގެ އުސޫލު"؛
(ނ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ "މައުލޫމާތެއް ރަނގަޅު ކޮށްދޭން ދައުލަތުގެ އިދާރާއެއްގައި އެދުމުގެ އުސޫލު"؛
(ރ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ގަވާއިދުގެ ދަށުން މައުލޫމާތު ހޯދައިދިނުމުގައި އަމަލުކުރާނެ އުސޫލު"؛
(ބ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ "މައުލޫމާތު ހާމަކުރުމުގެ މިންގަނޑާއި މައުލޫމާތު ގިންތިކުރެވިފައިވާ ގޮތް ބަޔާންކުރާ އުސޫލު".
143 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ އަންނަނިވި މާނައިގައެވެ.
(ހ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒެއް ނުވަތަ އިބާރާތެއްގެ މާނަ ގާނޫނުގައި ބަޔާންކޮށްދީފައިވާނަމަ، އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައި އެވަނީ، ގާނޫނުގައި ދީފައި އެވާ މާނަކުރުމުގައެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އަށެވެ.
(ނ) "ފޫނުބެއްދޭފަދަ ގެއްލުމެއް" ކަމަށް ބުނެފައި އެވަނީ، އެ ގެއްލުމެއް ލިބުމަށްފަހުގައި، ގެއްލުން ލިބުމުގެ ކުރިން ހާލަތު އޮތް ގޮތަށް އަނބުރާ އިއާދަކުރެވެން ނެތް ބާވަތުގެ ގެއްލުމަށެވެ.
(ރ) "މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ރިކޯޑު، ލިޔެކިޔުން، މެމޯ، އީ-މެއިލ،ްހިޔާލުތަކާއި، ލަފާތަކާއި، ނޫސްބަޔާންތަކާއި، ސާކިއުލާތަކާއި، އަމުރުތަކާއި، ލޮގްބުކްތަކާއި، ކޮންޓްރެކްޓްތަކާއި، ރިޕޯޓުތަކާއި، ކަރުދާސްތަކާއި، ސާމްޕަލްތަކާއި،މޮޑެލްތަކާއި، އެއްވެސް އިލެކްޓްރޯނިކް ފޯމެޓެއްގައި ހުންނަ ޑޭޓާ މެޓީރިއަލްތަކާއި އަދި މިނޫންވެސް އުފައްދާ، ގެންގުޅ،ެ ބަލަހައްޓާ ތަކެއްޗަށެވެ.
(ބ) "ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން" ހުރި ފަރާތްތައް ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ދަރީންނާއި، ފިރިމީހާއާއި، އަނބިމީހާ ނުވަތަ އަނބިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނަށެވެ.
144 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މަައި ގާނޫނު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު (ގާނޫނު ނަންބަރު 2014-01)
އުވި ގަވާއިދު
މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-05)
ކިޔުންތެރިންގެ ހިޔާލު