ދަައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-30) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-182)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ނޮވެމްބަރު 2023 ގައި)
ދަައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-30) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-50 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފޮސްޓަރ ބެލެނިވެ ރިންނާ ހަވާލުކޮށްފައިވާ ކުދިން 1-50.
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓަރ ކުރުމަށް ހަވާލުކުރަމަށް ނިންމައި ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކުރުމަށް ށަރުޢީ ކޯޓަށް ހުށަހަޅަންވާނެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު