-

މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-136)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 24 އޯގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 120 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށ،ް ދިވެހިރާއްޖޭގައި މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމުގައި އަމަލުކުރާނެ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ ދިވެހިރާއްޖޭގައި މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މޯބައިލް ފޯނު ނަންބަރު ބޭނުންކުރުމަށް ސިމްކާޑު ދޫކުރުން

(ހ) ދިވެހިރާއްޖޭގައި މޯބައިލް ފޯނު ނަންބަރު ބޭނުންކުރުމަށް ސަބްސްކްރައިބަރ އައިޑެންޓިފިކޭށަން މޮޑިއުލް )ސިމްކާޑު( ދޫކުރެވޭނީ، އޮތޯރިޓީން މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށެވެ.

(ށ) މޯބައިލް ފޯނު ނަންބަރު ބޭނުންކުރުމުގެ ހިދުމަތަށް އެދޭ ފަރާތަށް ސިމްކާޑު ދޫކުރާއިރ،ު ސިމްކާޑު އޮންނަންވާނީ، ބޭނުންނުކުރެވޭ (ނޮން އެކްޓިވޭޓަޑްސްޓޭޓަސް) ހާލަތުގައެވެ. ސިމްކާޑު އެކްޓިވޭޓް ކުރަންވާނީ، ސިމްކާޑު ދޫކުރެވޭ ފަރާތުގެ ފުރިހަމަ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށްފަހ،ުސިމްކާޑަށް ދޫކުރެވޭ މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރެވިގެންނެވެ.މިގޮތަށް ސިމްކާޑު ބޭނުންނުކުރެވޭ ހާލަތުގައި އޮންނައިރ،ު ރަޖިސްޓަރީ ކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށް ބޭނުންވާ ހިދުމަތްތައް ސިމްކާޑަށް ދެވިދާނެއެވެ.

(ނ) އޭޖެންޓުންނަށް ދޫކުރާ އެންމެހައި ސިމްކާޑުގެ ސީރިއަލް ނަންބަރާއި ހަވާލުކުރެވުނު ތާރީހ،ު ސަރވިސް ޕްރޮވައިޑަރު ބަލަހައްޓަންވާނެއެވެ.

(ރ) މޯބައިލް ފޯނު ހިދުމަތް ދިނުމުގައި އަމިއްލަ ފަރުދުންނަށް ނަންބަރު ދޫކުރަންވާނީ، އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ފަރާތްތަކަށެވެ.

(ބ) މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރ،ު ހިދުމަތަށް އެދޭފަރާތުނ،ް ތިރީގައި ބަޔާންކޮށްފައިވ،ާ އެ ފަރާތުގެ ކާކުކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މި ލިޔުންތަކުގެ ކޮޕީ ސަރވިސް ޕްރޮވައިޑަރު ރައްކައުކުރަންވާނެއެވެ.

  1. ދިވެހި ރައްޔިތެއްނަމަ:
    - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތ،ަ
    - ގައުމީ ޑިޖިޓަލް އައިޑެންޓިޓ.ީ
  2. ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ:
    - ޕާސްޕޯޓު ނުވަތ،ަ
    - ވާރކް ޕާމިޓު؛
  3. ޓޫރިސްޓެއްނަމަ، ޕާސްޕޯޓު؛
  4. ގާނޫނީ ށަހުސެއްނަމަ، އެ ފަރާތުގެ ރަޖިސްޓަރީގެ ކޮޕީއާއި،ހިދުމަތަށް އެދޭ ފަރާތަކީ މޯބައިލް ފޯނުގެ ހިދުމަތަށް އެދުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.
  5. ދައުލަތުގެ އިދާރާއެއްނަމަ، އެ އިދާރާއަކުން ސޮއިކޮށް ތައްގަނޑުޖެހި ލިޔުމެއް.
  6. މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރުމުގެ މަރުހަލާ ޑިޖިޓަލް ޒަރީއާއިން ކުރިޔަށް ގެންދިއުމުގެ އިހުތިޔާރ،ު ސަރވިސް ޕްރޮވައިޑަރަށް ލިބިގެންވެއެވެ.

(ކ) ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް ހިދުމަތަށް އެދޭއިރ،ު ހިދުމަތަށް އެދޭ ފަރާތް ކަށަވަރުކުރެވިފައި އަދި މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސަރވިސް ޕްރޮވައިޑަރަށް ކުރިން ހުށަހަޅައިފައިވާނަމަ، އަދި އެ ލިޔުން ސައްހަނަމަ، އަލުން އެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(އ) މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ މައުލޫމާތުގެ ސައްހަކަނ،ް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ނަންބަރު ދޫކުރެވޭނެ އަދަދު

(ހ) ކޮންމެ ސަރވިސް ޕްރޮވައިޑަރަކު ވެސ،ް އަމިއްލަ ފަރުދުންނަށް މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ނަންބަރު ދޫކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ އަދަދުތަކަށްވުރެ އިތުރު ނުވާގޮތަށެވެ.

  1. ދިވެހި ރައްޔިތެއްނަމަ، 10 (ދިހައެއް) ނަންބަރު؛
  2. ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ ނުވަތަ ޓޫރިސްޓެއްނަމަ، 3 (ތިނެއް) ނަންބަރު؛
  3. އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ އަދަދު.

(ށ) އަމިއްލަ ފަރުދެއްގެ ވިޔަފާރިތައް ފިޔަވައި ގާނޫނީ އެހެން ށަހުސުތަކަށާއި ދައުލަތުގެ އިދާރާތަކަށް ނަންބަރު ދޫކުރާއިރު މި މާއްދާގެ (ހ) އަށް އަމަލުކުރާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށ،ް އެއްވެސް ފަރާތަކަން ނަންބަރު ބޭނުންވާނަމަ، މަގުބޫލު ސަބަބެއް ބަޔާންކޮށް އެ ފަރާތަކުންއޮތޯރިޓީއަށް ހުށަހެޅުމުނ،ް އެކަމަށް ހުއްދަ ދިނުމުގެ އިހުތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ހިދުމަތަށް އެދޭ ފަރާތުގެ މައުލޫމާތު ނެގުން

މޯބައިލް ފޯނު ނަންބަރު ރަޖިސްޓަރީ ކުރުމުގައި، ހިދުމަތަށް އެދޭ ފަރާތުގެ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދަންޖެހޭނެއެވެ.

(ހ) ދިވެހި ރައްޔިތެއްނަމަ:

  1. ފުރިހަމަ ނަން؛
  2. ޖިންސް؛
  3. އުފަން ތާރީހު؛
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވާ ތާރީހު؛
  6. ދާއިމީ އެޑްރެސް (ގޭގެ ނަނ،ް އަތޮޅ،ު ރަށް)؛
  7. މިހާރު ދިރިއުޅޭ އެޑްރެސް (ގޭގެ ނަނ،ް އަތޮޅ،ު ރަށް)؛
  8. ހިދުމަތް ހޯދުމަށް އެދޭ ފަރާތުގެ ސޮއި؛
  9. ގުޅޭނެ ފޯނު ނަންބަރެއް.

(ށ) ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ:

  1. ފުރިހަމަ ނަން؛
  2. ޖިންސް؛
  3. އުފަން ތާރީހު؛
  4. ގައުމީ ނިސްބަތް؛
  5. ޕާސްޕޯޓު ނަންބަރު ނުވަތަ ވާރކްޕާރމިޓް ނަންބަރު؛
  6. ހިދުމަތަށް އެދޭ ފަރާތުން ހުށަހަޅާ ކާކުކަން އަންގައިދޭ ލިޔުމަކީ ޕާސްޕޯޓެއްނަމަ، ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހު؛
  7. ހިދުމަތަށް އެދޭ ފަރާތުން ހުށަހަޅާ ކާކުކަން އަންގައިދޭ ލިޔުމަކީ ވާރކްޕާރމިޓެއްނަމަ، ވާރކް ޕާރމިޓުގެ މުއްދަތު ހަމަވާ ތާރީހު؛
  8. ހިދުމަތަށް އެދޭ ފަރާތުން ހުށަހަޅާ ކާކުކަން އަންގައިދޭ ލިޔުމަކީ ވާރކްޕާރމިޓެއްނަމަ ސްޕޮންސަރުގެ ނަން؛
  9. ގުޅޭނެ ފޯނު ނަންބަރެއް؛
  10. ހިދުމަތް ހޯދުމަށް އެދޭ ފަރާތުގެ ސޮއި؛

(ނ) ޓޫރިސްޓެއްނަމަ:

  1. ފުރިހަމަ ނަން؛
  2. ގައުމީ ނިސްބަތް؛
  3. ޕާސްޕޯޓު ނަންބަރު؛
  4. ހިދްމަތް ހޯދުމަށް އެދޭ ފަރާތުގެ ސޮއި.

(ރ) ގާނޫނީ ށަހުސެއްނަމަ: 

  1. ނަން؛
  2. ރަޖިސްޓަރީ ނަންބަރު؛
  3. ގާނޫނީ ށަހުސުގެ ބާވަތް؛
  4. ޒިންމާވާ ފަރާތުގެ ނަނ،ް މަގާމ،ު ގުޅޭނެ ފޯނު ނަންބަރު؛
  5. ޒިންމާވާ ފަރާތަކީ ހިދުމަތަށް އެދުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން؛
  6. ގާނޫނީ ށަހްސުގެ ނަމުގައި ހިދުމަތަށް އެދުމުގެ އިހްތިޔާރު އޮތް ފަރާތެއްގެ ސޮއި؛

(ބ) ދައުލަތުގެ އިދާރާއެއްނަމަ:

  1. އިދާރާގެ ނަން؛
  2. ޒިންމާވާނެ ފަރާތުގެ ނަމާއި، މަގާމާއި، ގުޅޭނެ ފޯނު ނަންބަރާއި، އިދާރާގެ ތައްގަނޑު؛
  3. އިދާރާއިގެ ނަމުގައި ހިދުމަތަށް އެދުމުގެ އިހްތިޔާރު އޮތް ފަރާތެއްގެސޮއި؛

(ޅ) ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް ހިދުމަތަށް އެދޭއިރ،ު ހިދުމަތަށް އެދޭ ފަރާތުގެ މައުލޫމާތު ކަށަވަރުވާ ހާލަތުގައި، ހިދުމަތަށް އެދޭ ފަރާތުގެ ސޮއި އޮތުން ލާޒިމެއް ނޫނެވެ.

 

6 ވަނަ މާއްދާ - ނަންބަރު ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ މައުލޫމާތު ރައްކައުކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަންބަރު ދޫކުރެވުނު ފަރާތުން ހުށަހަޅާ ލިޔުންތަކުގެ ކޮޕީއާއި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ސަރވިސް ޕްރޮވައިޑަރު ނެގުމަށް ލާޒިމްކުރާ މައުލޫމާތަކ،ީ ހިދުމަތް ކަނޑައިނުލާހައި ހިނދަކު ސަރވިސް ޕްރޮވައިޑަރު ރައްކައުކޮށްފައި ހުންނަންވާނެ ލިޔެކިޔުންތަކެވެ. އަދި ހިދުމަތް ކަނޑައިލުމަށްފަހު ވެސ،ް މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ސަރވިސް ޕްރޮވައިޑަރު ނެގުމަށް ލާޒިމްކުރާ މައުލޫމާތު 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކުރަންވާނެއެވެ. މި ލިޔެކިޔުން އިލެކްޓްރޯނިކް ޒަރީއާއިންވެސް ރައްކައުކޮށްފައި ބެހެއްޓިދާނެއެވެ.

(ށ) ރާއްޖޭގެ ތަހުގީގީ އިދާރާއަކަށް ބޭނުންވެއްޖެ ހިނދެއްގައި، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީނ،ް މި މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމ،ުސަރވިސް ޕްރޮވައިޑަރު ހަމަޖައް ސައިފައި ހުންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ނަންބަރު ބޭނުންކުރުމާއި ޒިންމާވުން

މޯބައިލް ފޯނު ނަންބަރެއް ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތަކަށް ޖަވާބުދާރީވާންޖެހޭނީ، އެ ނަންބަރު ރަޖިސްޓަރީ ކޮށްފައިވާ ފަރާތުންނެވެ.

 

8 ވަނަ މާއްދާ - ސަރވިސް ޕްރޮވައިޑަރާއި ހިދުމަތް ހޯދާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުނ،ް ހިދުމަތް ހޯދުމުގައި ސަރވިސް ޕްރޮވައިޑަރާއި ހިދުމަތް ހޯދާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުނ،ް ނުވަތަ ހިދުމަތް ދިނުމުގެ "ޓަރމްސް އެންޑް ކޮންޑިށަންސް އޮފް ސަރވިސް" ގައި ބަޔާންކޮށްފައިވާ ގޮތަށް ސަރވިސް ޕްރޮވައިޑަރާއި ހިދުމަތް ހޯދާ ފަރާތުން އަމަލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

(ހ) މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުކަމެއް ސަރވިސް ޕްރޮވައިޑަރު ނުވަތަ ސަރވިސް ޕްރޮވައިޑަރުގެ އޭޖެންޓަކު ކޮށްފިނަމަ، އެ ފަރާތަކާމެދު ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިލާފުވާކަމަށް ކަނޑައަޅާ ފުރަތަމަ ފަހަރ،ު އެ ކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީފައި، އެކަން އެންގުން؛
  2. ގަވާއިދާ ހިލާފުވާކަމަށް ކަނޑައަޅާ ދެވަނަފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އަންގައި 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ގަވާއިދާ ހިލާފުވާކަމަށް ކަނޑައަޅާ ތިންވަނަފަހަރު އެކަމެއް ރަގަޅުކުރުމަށް އަންގައި 20,000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  4. ގަވާއިދާ ހިލާފުވާކަމަށް ކަނޑައަޅާ ހަތަރުވަނަފަހަރ،ު ނުވަތަ އެއަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާކަމަށް ކަނޑައަޅާ ކޮންމެ ފަހަރަކު، 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމުގައި މައުލޫމާތު ކަށަވަރުކުރުމުގެ މަރުހަލާގައި ލިބޭ މައުލޫމާތުގެ ސައްހަކަމާ ގުޅިގެން ދިމާވާ މައްސަލަތަކުގައި ސަރވިސް ޕްރޮވައިޑަރުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެގޮތުން މި ގަވާއިދު އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ އޮތޯރިޓީންނެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ މޯބައިލް ނަންބަރުތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން ދޫކޮށްފައިވާ މޯބައިލް ފޯނު ނަންބަރުތައް ބޭނުންކުރުމުގައި ވެސް ހިނގާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ. އަދި މޯބައިލް ފޯނު ނަންބަރު ދޫކުރާ ފަރާތުންނާއި މޯބައިލް ފޯނު ނަންބަރު ބޭނުންކުރާ ފަރާތުނ،ް ތިރީގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ނަންބަރު ބޭނުންކުރާ ފަރާތްތަކުނ،ް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތަށް ނަންބަރުގެ އަދަދު އިހުތިޔާރުކޮށ،ް އިތުރުވާ ނަންބަރުގެ ހިދުމަތް ކަނޑައިލުމަށް ސަރވިސް ޕްރޮވައިޑަރަށް ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެގޮތަށް އަމަލުކޮށްފައިނުވާ ފަރާތްތަކުގެ ނަންބަރުތައ،ް މި މުހުލަތު ނިމޭތާ 3 )ތިނެއް( މަސްދުވަހުގެ ތެރޭގައި ސަރވިސް ޕްރޮވައިޑަރަށް ފެންނަ ގޮތެއްގެ މަތީނ،ް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އަދަދަށް މަދުކޮށ،ް އިތުރުވާ ނަންބަރުތަކުގެ ހިދުމަތް ކަނޑައިލުން.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ،އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ.

(ށ) "ސަރވިސް ޕްރޮވައިޑަރު" ކަމުގައި ބުނެފައި އެވަނީ، މޯބައިލް ޓެލެކޮމިއުނިކޭށަން ހިދުމަތް ދިނުމަށް އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) "ކަމާބެހޭ އިދާރާތައް" ކަމަގައި ބުނެފައި އެވަނީ، މޯބައިލް ފޯނު ނަންބަރު ހޯދުމަށް ހުށަހަޅ،ާ ކާކުކަން އަންގައިދޭ ލިޔެކިޔުމުގެ ކަންކަން ބެލެހެއްޓެމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާތަކަށެވެ.

(ނ) "އޭޖެންޓު" ކަމުގައި ބުނެފައި އެވަނީ، ސަރވިސް ޕްރޮވައިޑަރާއި އެ ފަރާތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުނ،ް ސިމްކާޑު ދޫކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށެވެ.

(ރ) "ސަބްސްކްރައިބަރ އައިޑެންޓިފިކޭށަން މޮޑިއުލް (ސިމްކާޑު)" ކަމުގައި ބުނެފައި އެވަނީ، މޯބައިލް ފޯނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރވިސް ޕްރޮވައިޑަރު ދޫކުރ،ާ އިލެކްޓްރޯނިކް ޗިޕް ހިމެނޭ ކާޑު ނުވަތަ އެ ބޭނުމަށް ދޫކުރާ އިލެކްޓްރޯނިކް ވަސީލަތަށެވެ.

(ބ) "ގައުމީ ޑިޖިޓަލް އައިޑެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، ޑިޖިޓަލް ވަސީލަތެއްގެގޮތުގައި ދިވެހި ސަރުކާރުން ގާއިމުކޮށްފައިވާ ކާކުކަން އަންގައިދޭ ޑިޖިޓަލް ހިދުމަތަށެވެ.

 

މައި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު