-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ނަންބަރު 2019-02) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-127)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 ޖުލައި 2023 ގައި)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަންގެ ގަވާއިދު) އަށް 7 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އިސްލާހުކުރުން.

އަހަރީ ޗުއްޓީ 27.

(ހ) ކޮމިށަނުގެ ދާއިމީ މުވައްޒަފުންނަށ،ް ކޮންމެ އަހަރަކު 30 (ތިރީސް) ދުވަހުގެ އަހަރީ ޗުއްޓ،ީ މުސާރައާއެކު ދޭންވާނެއެވެ. ކޮމިށަނުން ވަޒީފާދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ، ވަޒީފާގައި 1 (އެކެއް) އަހަރުދުވަސް ވުމުންނެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް ގުނާނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) އިންތިހާބެއް ބާއްވަން އިއުލާނު ކޮށްފައި ވަނިކޮށ،ް އެއްވެސް މުވައްޒަފަކަށް ޗުއްޓީއެއް ލިބިދެވޭނީ، ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

(ނ) ކޮމިށަނުން ރާވައިގެން ހިންގާ ބޮޑެތި މަސައްކަތްތައް ހިނގަމުންދާ ދުވަސްތަކުގައި، އެކަމަށް ހާއްސަ މުވައްޒަފުންގެ އަހަރީ ޗުއްޓީ ލިބިދެވޭނީ، ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޗުއްޓީ ފަސްކުރާ މުވައްޒަފުންނަށ،ް އަހަރީ ޗުއްޓީ ކެންސަލް ނުވާނޭ ގޮތެއްގެ މަތީން، ޖެހިގެން އަންނަ އަހަރަށް ޗުއްޓީ ފަސްކުރުމަށް އެދުމުގެ އިހްތިޔާރ،ު އެ މުއްޒަފުންނަށް ލިބިގެންވެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ބ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައިވ،ާ ވަޒީފާއަށް މީހުން ހޮވުމާއި، ވަޒީފާއިން މީހުން ވަކިކުރުމުގެ އުސޫލު  އިސްލާހުކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގައިވ،ާ އޮފީހަށް ހާޒިރުވުމާއި، ހެދުން އެޅުމާއި، ސަލާން ބުނުމާއި، ޗުއްޓީ ނެގުމުގެ އުސޫލު އިސްލާހުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގައިވ،ާ އިންތިހާބަށް މުވައްޒަފުން ހޮވުމާއި، މުވައްޒަފުން ވަކިކުރުމުގެ އުސޫލު އިސްލާހުކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ޖަދުވަލު 11 ގެ ގޮތުގައި "އިންޓަވިއު ކުރުމުގެ އުސޫލު" އިތުރުކުރުން.

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި، މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

(ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު