-

ސުކޫކް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-53) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-125)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖޫން 2023 ގައި)

 

ސުކޫކް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-53) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރީއާ އެޑްވައިޒަރެއް އައްޔަނު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެގެން އޮތޯރިޓީ އަށް ލިޔުމުން ހުށަހަޅައިފިނަމަ، އެ ހާލަތަކީ އޮތޯރިޓީ އަށް ގަބޫލުކުރެވޭފަދަ ހާލަތެއް ނަމަ، އޮތޯރިޓީީ ގެ ހުއްދައަކާއެކު ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގެ ށަރީއާ އެޑްވައިޒަރުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއް ހަމަޖެއްސުމަށް ހުއްދަ ދިނުމުގެ އިހްތިޔާރު، އޮތޯރިޓީ އަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސުކޫކް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-53)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު