މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 137/2015) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2017-39)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 އެޕްރީލް 2017 ގައި)
ގަވާއިދު ނަންބަރު 2015-137 (މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.
22. (ހ)
- އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކު ކަމުގައިވުން.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމުގައިވުން ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަމުގައިވުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
22. (ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިން ކުއްޔަށް ހިފާނެ ފަރާތެއް ކަނޑާއަޅާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.
29. (ހ)
- އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކު ކަމުގައިވުން.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ކަމުގައިވުން ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަމުގައިވުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު