-

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-175)

 

ގަވާއިދު ނަންބަރު 2020-48 (އިންތހާާބުތަކާބެހޭ އާންމު ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ ފަހަތަށް 1-29 ގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން. 

އިންތިހާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން 1-29.

އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން މި ގަވާއިދުގެ މާއްދާތަކުން ލާޒިމްކުރާ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިހާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިހާބުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން އިލެކްށަންސް ކޮމިށަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިހާބުގައި އޮބް ޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިހްތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

2 ވަނަަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-48)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު