ރާއްޖެތެރޭގެ މީހުން އެއްއަނތްބަށްވުރެ ގިނަ އަނތްބަށް މީހުންނާ އިނުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 1967-06)
މަހްކަމަތުއްށަރްއިއްޔާ،
މާލެ، ދިވެހިރާއްޖެ
ރާއްޖެތެރޭގައި ވަޒަންވެރިވެ ހުންނަމީހަކަށް އެއްއަނތްބަށްވުރެ ގިނަ އަނތްބަށް މީހަކާ އިދެވޭނީ ތިރީގައިމިވާ އުސޫލުން އާމްދަނީ ލިބޭކަން ނާއިބު އޮފީހަށް ސާބިތުވުމަށް ފަހުގައެވެ.
- ދެއަނތްބަށް މީހަކާ އިންނަނަމަ މަހަކު 150 ރުފިޔާ.
- ތިންއަނތްބަށް މީހަކާ އިންނަނަމަ މަހަކު 200 ރުފިޔާ.
- ހަތަރުއަނތްބަށް މީހަކާ އިންނަނަމަ މަހަކު 250 ރުފިޔާ.
ވީމާ، 1 ސެޕްޓެމްބަރ 1967މ. ން ފެށިގެން މިގަވާއިދަށް އަމަލކުރެއްވުން އެދެމެވެ.
29 އަގޮސްޓް 1967މ.
ހާދިމްކުމް
މަހްކަމަތުއްށަރްއިއްޔާގެ ވެރިޔާ
މައި ގާނޫނު
ނެތް
ކިޔުންތެރިންގެ ހިޔާލު