-

ރާއްޖެތެރޭގެ މީހުން އެއްއަނތްބަށްވުރެ ގިނަ އަނތްބަށް މީހުންނާ އިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1967-06)

މަހްކަމަތުއްށަރްއިއްޔާ،

މާލެ، ދިވެހިރާއްޖެ

 

ރާއްޖެތެރޭގައި ވަޒަންވެރިވެ ހުންނަމީހަކަށް އެއްއަނތްބަށްވުރެ ގިނަ އަނތްބަށް މީހަކާ އިދެވޭނީ ތިރީގައިމިވާ އުސޫލުން އާމްދަނީ ލިބޭކަން ނާއިބު އޮފީހަށް ސާބިތުވުމަށް ފަހުގައެވެ.

  1. ދެއަނތްބަށް މީހަކާ އިންނަނަމަ މަހަކު 150 ރުފިޔާ.
  2. ތިންއަނތްބަށް މީހަކާ އިންނަނަމަ މަހަކު 200 ރުފިޔާ.
  3. ހަތަރުއަނތްބަށް މީހަކާ އިންނަނަމަ މަހަކު 250 ރުފިޔާ.

 

ވީމާ، 1 ސެޕްޓެމްބަރ 1967މ. ން ފެށިގެން މިގަވާއިދަށް އަމަލކުރެއްވުން އެދެމެވެ. 

 

29 އަގޮސްޓް 1967މ.

 

ހާދިމްކުމް

މަހްކަމަތުއްށަރްއިއްޔާގެ ވެރިޔާ

މައި ގާނޫނު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު