-

ދީނީ ފޮތް ފާސްކުރުމުގައި އަމަލުކުރެވޭ ގަވާއިދު

(ގަވާއިދު ނަންބަރު 1944)

1 ވަނަ މާއްދާ

އާއްމު ގާނޫނުތަކެއްގެ "މަނާވާހަކަ" މި ސުރުހީގެ ދަށުގައި ބަޔާންކޮށްފައިވާ ފަދަ ވާހަކައެއް ލިޔެވިފައި ނެތުން.

 

2 ވަނަ މާއްދާ -

ގާނޫނުލް އުގޫބާތުގެ ޗެޕްޓަރ 4 ގައި ބަޔާންކޮށްފައިވާ "އަބުރާބެހުމުގެކުށް" ކަމުގައި ހިމެނޭ ވާހަކައެއް ލިޔެވިފައި ނެތުން.

 

3 ވަނަ މާއްދާ -

ގުރުއާނުގެ އާޔަތްތަކުގެ މާނައާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުގެ މާނަ ނުބައިކޮށް ލިޔެވިފައި ނެތުން.

 

4 ވަނަ މާއްދާ -

މަޒްހަބީ ހިލާފެއް އުފެދިދާނެ ކަހަލަ ވާހަކަތަކެއް ލިޔެވިފައިނެތުން

 

5 ވަނަ މާއްދާ -

އިސްލާމްދީން ނޫން އެހެން ދީނެއްގެ އަސްލުތަކަށް މީހުންގެ ހިތްތައް ލަންބުވާ ފަދަ ވާހަކައެއް ނެތުން.

 

6 ވަނަ މާއްދާ -

ނަސްލީ އިމްތިޔާޒާއި ޒަޔަނިޒަމްފަދަ، ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތައް ނަފްރަތު ކުރާ އުސޫލުތައް ދިފާއުކުރާ ގޮތާއި، ކޮމިޔުނިޒަމްފަދަ އިސްލާމް ދީނާއި ރާއްޖޭގެ އާދަކާދަ އާއި ނުގުޅޭ އުސޫލުތަކާމެދު، މީހުންގެ ހިތްތަކުގައި ށައުގުވެރިކަން އުފައްދާގޮތް ނެތުން.

 

7 ވަނަ މާއްދާ -

އަހްލާގީ ގޮތުން ދިވެހިންގެ ތެރޭގައި ހާމަކުރުން އެކަށީގެންނުވާފަދަ ވާހަކަތައް ނެތުން.

 

8 ވަނަ މާއްދާ -

ޖިންސީ ގޮތުން އިލްމީ މައުލޫމާތު ދިނުންފިޔަވައި އާއްމުންގެ ތެރޭގައި  ހާމަކުރުން އެކަށީގެންނުވާފަދަ ވާހަކަތައް ނެތުން.

 

9 ވަނަ މާއްދާ -

ސިޔާސީހަމަނުޖެހުމެއް އުފެދިދާފަދަ ނުވަތަ އަމަންއާއްމަށް ގެއްލުމެއް ލިބިދާނެ ނުވަތަ އާއްމު މަސްލަހަތު ގެއްލިދާފަދަ ވާހަކައެއް ލިޔެފައި ނެތުން

 

10 ވަނަ މާއްދާ -

ކަނޑައެޅިގެން ހަގީގަތަކާ ހިލާފު ވާހަކައެއް ނެތުމާއި އޮޅުވާލުމެއް ނެތުން. 

 

މައި ގާނޫނު

ނެތް

 

ނޯޓް:

މި ގަވާއިދުގެ ތާރީހުގެ ގެގޮތުގައި 19 ފެބުރުއަރީ 1944 ބަޔާންވެގެންވާއިރު އެއީ އަސްލު ތާރީހުކަމާމެދު ސުވާލުއުފެދޭ

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު