-

ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-07)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖަނަވަރީ 2022 ގައި)

 

ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) އަށް އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ށަރުޠުތައް 8.

(ށ) މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގަވާއިދަށް އަމަލުކުރަންފަށާއިރު، ދޫކޮށްފައިވާ ލައިސަންސްތައް އެ ލައިސަންސުގެ މުއްދަތުގައި ދެމިއޮންނާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު