-

ބޮންޑެންޑް ވެއަރ ހައުސްތަކުގައ ބަހައްޓާފައި ހުންނަ މުދާ ރާއްޖެއިން ބޭރަށް ފޮނުވަންޖެހިއްޖެ ހިނދެއްގައި ރިއެކްސްޕޯޓްކުރުމުގެ ވަގުތީ ހުއްދަ ދިނުމުގެ ގަވާއިދު

ނޯޓް:

  • މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވޭ.
  • މިއީ ކޮން ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްކަން ނޭގޭ.
  • މި ގަވާއިދު ފެށިފައިވަނީ 2 ވަނަ މާއްދާއިން.

 

2 ވަނަ މާއްދާ

ރީއެކްސްޕޯރޓްކުރުމުގެ ވަގުތީ ހުއްދައަށް އެދޭ ފަރާތްތަކުން، ރީއެކްސްޕޯރޓްކުރަން ގަސްދުކުރާ މުދަލުގެ އިންވޮއިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ބޭނުންވާ މަޢުލޫމާތާއި މުދަލުގެ އެފް.އޯ.ބީ އަގު އެނގޭ ގޮތަށް ތައްޔާރުކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅައި އެމުދަލުގެ އަގުފާސްކޮށްފައިވާކަމުގެ ލިޔުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހޯދުން.

3 ވަނަ މާއްދާ

މުދަލުގެ އަގުފާސްކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދޫކުރި ލިޔުމާއި ރީއެކްސްޕޯޓްކުރަން ބޭނުންވާ މުދަލުގެ އިންވޮއިންސް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒަށް ހުށަހަޅައި، އެ މުދަލަށް ރޮޔަލްޓީ ދައްކާ ސްލިޕް އެ މިނިސްޓްރީން ހޯދުން.

 

4 ވަނަ މާއްދާ

ރީއެކްސްޕޯޓްކުރާ މުދަލަށް ދައްކަންޖެހޭ ރޯޔަލްޓީގެ މިންވަރު ކަނޑައަޅާ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން ދޫކުރި ސްލިޕަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކި ރަސީދު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން ހޯދުން.

 

5 ވަނަ މާއްދާ

މުދާ ރީއެކްސްޕޯޓް ކުރެވޭނީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން ދޫކުރާ، ރީއެކްސްޕޯޓް ކުރުމުގެ ވަގުތީ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް ހުށަހެޅުމުންނެވެ.

 

6 ވަނަ މާއްދާ

މުދާ ރީއެކްސްޕޯޓް ކުރުމަށް ދައްކަންޖެހޭ ރޮޔަލްޓީގެ މިންވަރަކީ އެ މުދަލުގެ އަގުކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ފާސްކުރާ އެފް.އޯ.ބީ އަގުގެ %1.5 އެވެ.

 

31 ޑިސެމްބަރ 1999

މައި ގާނޫނު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު