-

އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ނަންބަރު 2019-1010) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-107)

 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 އޮގަސްޓު 2021 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ޔ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

8(ޕ) "ދިވެހިރާއްޖޭގައި ރަޖިސްޓަރީ ވެފައިވާ ގާނޫނީ ވަކީލެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށާއި، ގަވާއިދު ނަންބަރު 2010-17 (ލޯ ފަރމާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާބެހޭ ގަވާއިދު) ގެ ދަށުން، ދިވެހިރާއް ޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ 
ފަރާތްތަކަށެވެ.

(ޖ) "ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ލޯ ފަރމެއް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2010-17 (ލޯ ފަރމާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާބެހޭ ގަވާއިދު) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ލޯ ފަރމްތަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (7) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ (4) އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

22.(ރ-1) ޖޮއިންޓްވެންޗަރ ކުންފުންޏަކާ ހަވާލުކުރާ ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ޕްރޮޖެކްޓް ލައިސަންސް ނަގަން ތިރީގައިވާ ފަރާތްތަކުންކުރެ ކޮންމެ ފަރާތަކަށްވެސް ހުށަހެޅިދާނެއެވެ.

  1. އިކޮނޮމިކް މިނިސްޓްރީގައި އެ ޕްރޮޖެކްޓެއް ހިންގުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތުން؛
  2. މި ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީވެފައިވާ ޖޮއިންޓްވެންޗަރ ކުންފުނިތަކުން؛ ނުވަތަ
  3. ޖޮއިންޓް ވެންޗަރގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ކޮންޓްރެކްޓަރަކަށް.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

33.(ހ) ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްށަން ކުންފުނިތައް، މި ގަވާއިދުގެ ދަށުން ޖޮއިންޓު ވެންޗަރ ހަދަން ބޭނުންވާ ދާއިރާގައި ރަޖިސްޓަރީވެފައި ވާންވާނެއެވެ.

 

6 ވަނަ މާއްދާ - .ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ ތާވަލު 2 ތިރީގައިވާ ފަދައިން އިސްލާހުކުރުން.

ތާވަލު 2 : ޖެނެރަލް ބިލްޑިންގ ކޮންޓްރެކްޓަރުން (GC01) އަދި ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން (GC02) ދާއިރާގައި ރަޖިސްޓަ ރީވުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތުތައް

ދަރަޖަ އާމްދަނީ ފަންނީ ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތް އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތް ޖަދުވަލު 4 ގެ ތާވަލު ގެ (OB01) އިން ފެށިގެން (OB06) އަށް އުނިކުރުމުން މި ތާވަލަށް ގެނެވޭ ބަދަލު
1. 55.0 މިލިޔަނަށް ވުރެ މަތިވުން 6 ޕީ/ޓީ* މަދުވެގެން 2 އަހަރުދުވަހުގެ ތަޖްރިބާ 120.0 މިލިޔަން  ހުށަހަޅަންޖެހޭ މާލީ ލިޔެކިޔުން  
2. 37.0 މިލިޔަނަށް ވުރެ މަތިވުން 2 ޕީއާއި 1 ޓީ* މަދުވެގެން 1 އަހަރުދުވަހުގެ ތަޖްރިބާ 75.0 މިލިޔަން  ހުށަހަޅަންޖެހޭ މާލީ ލިޔެކިޔުން  
3 25.0 މިލިޔަނަށް ވުރެ މަތިވުން 3 ޕީ/ޓީ* މަދުވެގެން 1 އަހަރުދުވަހުގެ ތަޖްރިބާ 25.0 މިލިޔަން  ހުށަހަޅަންޖެހޭ މާލީ ލިޔެކިޔުން  
4 12.0 މިލިޔަނަށް ވުރެ މަތިވުން 2 ޕީ/ޓީ* މަދުވެގެން 1 އަހަރުދުވަހުގެ ތަޖްރިބާ 25.0 މިލިޔަން  ހުށަހަޅަންޖެހޭ މާލީ ލިޔެކިޔުން  
5 5 މިލިޔަނަށް ވުރެ މަތިވުން 1 ޕީ ނުވަތަ 2 ޓީ މަދުވެގެން 1 އަހަރުދުވަހުގެ ތަޖްރިބާ 10.0 މިލިޔަން  ހުށަހަޅަންޖެހޭ މާލީ ލިޔެކިޔުން  
6 1.25 މިލިޔަނަށް ވުރެ މަތިވުން 1 ޓީ މަދުވެގެން 1 އަހަރުދުވަހުގެ ތަޖްރިބާ - ހުށަހަޅަންޖެހޭ މާލީ ލިޔެކިޔުން  
          މި ގަވާއިދު ގެޒެޓު ކުރިއިރު 
(OB01) އިން ފެށިގެން (OB06) ގެ 
ދާއިރާއަކުން ދާއިރާއެއްގައި އެކަނި 
ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 
ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު 
ހަމަވަންދެން ބެލެވޭނީ (GC01) ގެ 
7 ވަނަ ދަރަޖައިގައި ރަޖިސްޓަރީވެފައިވާ 
ފަރާތްތަކެއްގެ ގޮތުގައެވެ.

ނޯޓު:

  1. " .އާމްދަނީ" ކަމުގައި ބަލާނީ، ވިޔަފާރި އާމްދަނީގެ ފާއިތުވެދިޔަ 10 އަހަރުދުވަހުގެ ތެރެއިން 3 އަހަރެއްގެ އެވްރެޖެވެ.
    ނަމަވެސް، މިތަނުން 1 އަހަރު ވާންވާނީ ވޭތުވެދިޔަ އަހަރަށެވެ.
  2. " .ޕ/ޓ" އަކީ ކުންފުނީގެ ފަންނީ މީހުންނެވެ. މި ފަރާތްތަކުގެ ށަރުތު ތައް ޖަދުވަލު 1 ގެ ތާވަލު 3 ގައި ހިމެނިފައިވާނެއެވެ.
  3. * .ގެ މާނައަކީ، ފަންނީމީހުންގެ ގޮތުގައި ހުށަހަޅާ ފަ ރާތްތަކުގެ ތިންބައިކުޅަ އެއްބައެވެ. އެ މީހުންގެ ފެންވަރު ވާންވާނީ ޖަދުވަލު 1 ގެ ތާވަލު 3 ގައި "ޕ" ގެ ގޮތުގައި ކަނޑައަޅައި ފައިވާ ފަންނީ މީހުންނަށެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު