ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 71/2021) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 91/2021)
ގަވާއިދު ނަންބަރު 71/2021 (ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
2.(ރ)
- ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކަނޑައެޅުމަށް ހުށަހަޅާ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ފަޅުގެ ސަރަޙައްދު ފާހަގަކޮށްފައިވާ ޖިއޯރިފަރަންސްޑް ޗާޓު.
2 ވަނަމ މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 71/2021)
ކިޔުންތެރިންގެ ހިޔާލު