-

ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-71)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުު) ގެ 16-17 ވަނަ މާއްދާގެ (ހ)، (ށ) އަދި (ޅ) އިން ބާރު ލިބިގެން ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް އެފަދަ ތަންތަން ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް    ފަޅެއް ކަނޑައެޅުން

(ހ) ގާނޫނުު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުު) ގެ ދަށުން ކުއްޔަށް ދިނުމަށް ޕްރައިވެޓް އައިލެންޑް ތަރައްށީކުރެވޭނީ ފަޅުތަކުގައެވެ.

(ށ) ޕްރައިވެޓް އައިލެންޑް ތަރައްށީކުރާނެ ފަޅު ނުވަތަ ފަޅުތައް ކަނޑައަޅުއްވާނީ އެކަމާ ގުޅޭގޮތުން ނެރުއްވާ ށަރާރަކުން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ބޭނުންވާ ފަޅު ނުވަތަ ފަޅުތައް ކަނޑައެޅުއްވުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ކުއްޔަށް ދިނުމަށް ފަޅު ކަނޑައަޅުއްވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ކަނޑައެޅުމަށް ހުށަހަޅާ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ސަރވޭޔަރެއް ތައްޔާރުކޮށްފައިވާ ފަޅުގެ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު.
  2. ފަޅުގައި ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައެޅުމަށް ހުށަހެޅުން.
  3. ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ކަނޑައެޅުމަށް ހުށަހަޅާ ފަޅުގައި ތަރައްށީކުރުމަށް ހުށަހަޅާ ޕްރައިވެޓް އައިލެންޑުގެ އަދަދު.
  4. ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ހަވާލުކުރުމަށް ގަސްތުކުރެވޭ ސަރުކާރުގެ %100 (ސަތޭކަ އިންސައްތަ) ހިއްސާ އެކުލެވޭ ކުންފުނި.

 

3 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް    ފަޅެއް ކުއްޔަށް ދިނުން

(ހ) ޕްރައިވެޓް އައިލެންޑެއް ތަރައްށީކުރުމަށް ކުއްޔަށްދެވޭނީ ހަމައެކަނި އެ ބޭނުމަށް ފަޅު ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ށަރާރުގައި ބަޔާންކޮށްފައިވާ ސަރުކާރުގެ %100 (ސަތޭކަ އިންސައްތަ) ހިއްސާ އެކުލެވޭ ކުންފުންޏަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާގޮތަށް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ގާނޫނުު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުލީގެ އެއްބަސްވުމެއް އެކުލަވައިލަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ފަޅެއް ކުއްޔަށް ދިނުމަށް އެކުލަވާ ކުލީގެ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ފަޅުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް
  2. ފަޅު ކުއްޔަށް ދޫކުރާ މުއްދަތު
  3. ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ރަށްތައް ހިއްކައި އެ ރަށްތައް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ޑިވެލޮޕަރަށް ކުލި ދެއްކުމުން އިސްތިސްނާވާ ގްރޭސް ޕީރިއަޑެއް ދޭނަމަ އެކަން.
  4. ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓް ބާޠިލުކުރެވޭނޭ ހާލަތްތަކާއި، އެ ހާލަތްތަކުގައި އަމަލުކުރާނޭގޮތް
  5. ސަރުކާރަށް ކުލި ދެއްކުމުގެ އިލްތިޒާމުތައް
  6. ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ދޫކުރާ ފަޅާއި، އެ ފަޅުގައި ތަރައްށީކުރެވޭ ޕްރައިވެޓް އައިލެންޑްތަކުގެ ތެރެއިން ވަކިވަކި އިންވެސްޓަރުންނަށް ކުއްޔަށް ދޫނުކުރެވި ހުންނަ ރަށްތައް އަނބުރާ ދައުލަތާ ހަވާލުކުރެވޭނެ ހާލަތްތަކާއި ގޮތްތައް

(ރ) ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ކުއްޔަށް ދޫކުރެވޭ ފަޅެއްގައި ތަރައްށީ ކުރެވޭ އެންމެހައި ވަކިވަކި ޕްރައިވެޓް އައިލެންޑްތަކާ ގުޅޭ ހައްށުތައް އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް ކުއްޔަށްދެވުމުން، އެ ފަޅެއް ކުއްޔަށް ދޫކުރުމަށް ސަރުކާރާއި ޑިވެލޮޕަރާ ދެމެދު ވެވޭ އެއްބަސްވުން ނިމުމަކަށް ގެންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ތަރައްށީކުރުން

(ހ) ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ފަޅު ހިއްކަންވާނީ ކަމާ ގުޅުންހުރި ގާނޫނުުތަކާއި ގަވާއިދުތަކުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމަށް ފަހުގައެވެ.

(ށ) އެއް ފަޅެއްގައި ޕްރައިވެޓް އައިލެންޑުގެ ގޮތުގައި އެއް ރަށަށްވުރެ ގިނަ ރަށްތަކެއް ހިއްކާނަމަ، ކޮންމެ ދެ ރަށެއްގެ ދެމެދުގައި ދެ ރަށުގެވެސް މީން ޓައިޑް ލައިން އިން ފެށިގެން މަދުވެގެން 350 (ތިންސަތޭކަ ފަންސާސް) މީޓަރުގެ ދުރުމިން ބަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ދުރުމިން ބެހެއްޓުމުން، އެއް އެއްބަސްވުމެއްގެ ދަށުން ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އިންވެސްޓަރަށް ކުއްޔަށް ދޫކުރެވޭ 2 ރަށް ނުވަތަ އެއަށްވުރެ ގިނަ ރަށްތައް އިސްތިސްނާވާނެއެވެ. މި ހާލަތުގައި އެ ފަޅުގައި އެ އެއްބަސްވުމުގައި ނުހިމެނޭ ޕްރައިވެޓް އައިލެންޑްތަކެއް ވާނަމަ އެ ރަށްތަކާއި، އެއް އެއްބަސްވުމެއްގައި ހިމެނޭ އެންމެހައި ރަށްތަކާ ދެމެދު މަދުވެގެން 350 (ތިންސަތޭކަ ފަންސާސް) މީޓަރުގެ ދުރުމިން ބަހައްޓަންވާނެއެވެ.

(ރ) ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ރަށް ހިއްކުމަށްފަހު ރަށްތަކަށް ނަން ދިނުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި ރަށްތައް ދަފްތަރުކުރަންވާނެއެވެ.

(ބ) ރަށް ހިއްކުމަށްފަހު، ރަށުގެ ލޭންޑް ސަރވޭ ހަދައި، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލޭންޑް ސަރވޭ ރިޕޯޓު ހުށަހަޅައި، ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަކީ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލޭންޑް ސަރވޭ ރިޕޯޓު ތައްޔާރުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ސަރވޭޔަރެކެވެ.

(ކ) ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ހިފާ އިންވެސްޓަރު މި މާއްދާގެ (ބ) ގައި ބުނެފައިވާ ލޭންޑް އޭރިއާ މުރާޖައާކުރުމަށް ބޭނުންވެއްޖެނަމަ މި މާއްދާގެ (ޅ) އާ އެއްގޮތަށް ލޭންޑް ސަރވޭ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑުގެ ދަފްތަރު ބެލެހެއްޓުން

(ހ) ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ހިއްކާ ރަށްތަކުގެ ދަފްތަރެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރަށް ހިއްކާފައިވާ ފަޅު ފާހަގަކުރެވޭ ޖިއޮގްރެފިކް ކޯޑިނޭޓްސް
  2. ރަށް ހިއްކާފައިވާ ފަޅު ކުއްޔަށް ދޫކުރެވިފައިވާ ޑިވެލޮޕަރުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް
  3. ރަށަށް ދީފައިވާ ނަން
  4. ރަށުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް
  5. ރަށުގެ ރެޖިސްޓަރޑް ލޭންޑް އޭރިއާ
  6. ރަށް ކުއްޔަށް ހިފާފައިވާ އިންވެސްޓަރުގެ ނަން، އެޑްރެސް، ގުޅޭނެ، ނަންބަރު އަދި އީމެއިލް އެޑްރެސް

(ނ) މި މާއްދާގެ (ށ) ގައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އަންނަ ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއް ގެންނަ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - އެއް ފަޅެއްގައި ތަރައްށީކުރެވިފައިވާ ޕްރައިވެޓް އައިލެންޑްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުން

(ހ) އެއް ފަޅެއްގައި ޕްރައިވެޓް އައިލެންޑުގެ ގޮތުގައި އެއް ރަށަށްވުރެ ގިނަ ރަށްތަކެއް ހިއްކާފައިވާނަމަ، ކޮންމެ ރަށެއްގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި އެ ރަށެއްގެ މީން ޓައިޑް ލައިންއިން ފެށިގެން 150 (ސަތޭކަ ފަންސާސް) މީޓަރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ކަނޑައަޅަންވާނެއެވެ. އަދި، އެއް އެއްބަސްވުމެއްގެ ތެރޭގައި 1 ރަށަށް ވުރެ ގިނަ ރަށްތައް ހިމެނޭ ގޮތަށް އިންވެސްޓަރަކަށް ޕްރައިވެޓް އައިލެންޑްތަކެއް ކުއްޔަށް ދޫކޮށްފައިވާނަމަ އެ އެއްބަސްވުމުގައި ހިމެނޭ ކޮންމެ ރަށަކުން ފެށިގެން  150 (ސަތޭކަ ފަންސާސް) މީޓަރުގެ ތެރޭގައި ހިމެނޭ ސަރަހައްދު އެ އެއްބަސްވުމުގެ ފަޅުގެ ސަރަހައްދު ކަމުގައި ކަނޑައަޅަންވާނެއެވެ.

(ށ) ޕްރައިވެޓް އައިލެންޑެއް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ ކުރިން އެ ރަށެއްގެ ފަޅުގެ ސަރަހައްދުގެ އިން ވަކިކޮށް ޗާޓެއް ތައްޔާރުކުރުމަކީ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗާޓު ތައްޔާރު ކުރަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ސަރވޭޔަރެކެވެ.

(ރ) އެއް ފަޅެއްގައި ޕްރައިވެޓް އައިލެންޑުގެ ގޮތުގައި އެއް ރަށަށްވުރެ ގިނަ ރަށްތަކެއް ހިއްކާފައިވާނަމަ، ކޮންމެ ރަށެއްގެ ފަޅުގެ ސަރަހައްދާއި، އެހެން ރަށެއްގެ ފަޅުގެ ސަރަހައްދާ ދެމެދު މަދުވެގެން 50 (ފަންސާސް) މީޓަރުގެ ދުރުމިނެއް ބަހައްޓަންވާނެއެވެ.

(ބ) ރަށެއްގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުގައި އިމާރާތްކުރުމުގެ އިހްތިޔާރު އެ ރަށެއް ކުއްޔަށް ހިފާ އިންވެސްޓަރަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ވަކި އިންވެސްޓަރުންނަށް ކުއްޔަށް ދިނުން

(ހ) ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ހިއްކާފައިވާ ވަކިވަކި ރަށްތައް ވަކިވަކި އިންވެސްޓަރުންނަށް ކުއްޔަށް ދޭންވާނީ، ގާނޫނުު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) ޑިވެލޮޕަރުގެ ފަރާތުން ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ހިއްކާފައިވާ ވަކިވަކި ރަށްތައް އިންވެސްޓަރުންނަށް ކުއްޔަށް ދޫކުރަންވާނީ، އާންމުކޮށް އިއުލާނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމަށް ހުށަހަޅާ ފަރާތަކަށެވެ.

(ނ) ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދޫކުރެވޭނީ، އަންނަނިވި ށަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ވަކި ފަރުދަކަށްވުން؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށްވުން.

(ރ) ޕްރައިވެޓް އައިލެންޑެއް އިންވެސްޓަރަކަށް ކުއްޔަށް ދޫކުރެވޭ މުއްދަތު ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ފަޅު ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމުގައި ފަޅުގެ ކުލީގެ މުއްދަތު ކަމުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ދިގުވެގެންނުވާނެއެވެ.

(ބ) ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދު އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

(ޅ) ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ރަށަށް ދީފައިވާ ނަން
  2. ރަށުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް
  3. ރަށް ކުއްޔަށް ދޫކުރާ މުއްދަތު
  4. ސަރުކާރަށް ކުލި ދެއްކުމުގެ އިލްތިޒާމުތައް އުފުލާނީ އިންވެސްޓަރުކަން
  5. އެ ރަށަކާ ގުޅޭ ހައްށުތައް ގަތުމަށް އިންވެސްޓަރު ހުށަހަޅައިފައިވާ އެކުއިޒިށަން ކޮސްޓާއި، އެކުއިޒިށަން ކޮސްޓް ދައްކަން އެއްބަސްވާ ގޮތް.
  6. އެއްބަސްވުމާ އެއްގޮތަށް އެކުއިޒިށަން ކޮސްޓް ނުދައްކައިފިނަމަ އަމަލުކުރާނެ ގޮތް.
  7. އެ ރަށެއްގެ ފަޅުގެ ސަރަހައްދުގެ އިން ވަކިކޮށް ތައްޔާކުރެވިފައިވާ ޗާޓު
  8. ޓޫރިޒަމާބެހޭ މިނިސްޓްރީއާއި އިންވެސްޓަރާ ދެމެދު ރަށް ކުއްޔަށް  ދިނުމާ ގުޅޭ ވަކި އެއްބަސްވުމެއް އެކުލަވައިލެވޭނެކަން.

(ކ) ޑިވެލޮޕަރ، އިންވެސްޓަރަށް ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ރަށް ހިއްކާފައިވާ ފަޅު ފާހަގަކުރެވޭ ޖިއޮގްރެފިކް ކޯޑިނޭޓްސް
  2. ރަށަށް ދީފައިވާ ނަން
  3. ރަށުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް
  4. ރަށް ކުއްޔަށް ހިފަން ހުށަހަޅާ އިންވެސްޓަރުގެ ނަން، އެޑްރެސް، ގުޅޭނެ، ނަންބަރު އަދި އީމެއިލް އެޑްރެސް
  5. ރަށް ކުއްޔަށް ދިނުމަށް ހުށަހަޅާ މުއްދަތު
  6. ރަށަށް އިންވެސްޓަރު ހުށަހަޅައިފައިވާ އެކުއިޒިށަން ކޯސްޓުގެ މިންވަރު

(ވ) ޑިވެލޮޕަރ، އިންވެސްޓަރަށް ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުން އެ ރަށް ކުއްޔަށް ދިނުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއާއި އިންވެސްޓަރާ ދެމެދު އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުމުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ރަށަށް ދީފައިވާ ނަން
  2. ރަށުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް
  3. ރަށް ކުއްޔަށް ދޫކުރާ މުއްދަތު
  4. ކުލީގެ މުއްދަތު ހަމަވުމުން އަމަލުކުރެވޭނެ ގޮތް
  5. ކުލި ދެއްކުމުގެ އިލްތިޒާމުތައް
  6. ރަށް ކުއްޔަށް ހިފާ އިންވެސްޓަރަށް އެ ރަށް އެހެން ފަރާތަކަށް ކުއްޔަށް ދޫނުކުރެވޭނެކަން
  7. ރަށް ކުއްޔަށް ހިފާ އިންވެސްޓަރަށް އެ ރަށާ ގުޅޭ ހައްށުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައިކަން
  8. ރަށުގެ ބޭނުން ކުރުމުގައި މި ގަވާއިދަށް އަމަލުކުރަންޖެހޭނެކަން
  9. އިންވެސްޓަރު ރަށުގައި އިމާރާތްކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެ ކަމަށް ކުލި ނުހިނގާގޮތަށް، އެއްބަސްވުން ފެށޭ ތާރީހުން ފެށިގެން ގިނަވެގެން  2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ލިބިދެވޭނެކަން.
  10. އެއްބަސްވުން ބާޠިލު ކުރެވޭނެ ގޮތްތަކާއި އިޖުރާއަތްތައް
  11. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުން ބާޠިލުކުރުމުން   އެ ރަށުގައި ހިމެނޭ ނުއުފުލޭ މުދަލަށް ދައުލަތުގެ ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ބަދަލު ދޭން ނުޖެހޭނެކަން.

(ފ) ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދިނުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއާ އިންވެސްޓަރާ ދެމެދު އެއްބަސްވުމެއް އެކުލަވައިލެވުމުން، ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ފަޅު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުން އެ ޕްރައިވެޓް އައިލެންޑުގެ ސަރަހައްދު އުނިކޮށް އެ އެއްބަސްވުން ޓޫރިޒަމާބެހޭ މިނިސްޓްރީން އިސްލާހުކުރަންވާނެއެވެ.

(ދ) ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ތަރައްށީ ކުރެވިފައިވާ ރަށެއްގެ ވަކި ބައެއް ވަކިން ކުއްޔަކަށް ނުދެވޭނެއެވެ.

 

8 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑާއި ގުޅޭ މަސްލަހަތު ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ވ) ގައިވާ ކުލީގެ އެއްބަސްވުން އެކުލަވައިލުމަށްފަހު ނުވަތަ އިންވެސްޓަރަށް ލިބިފައިވާ ހައްށުތައް އެހެން ފަރާތަކަށް ބަދަލުކުރުމަށްފަހު ޕްރައިވެޓް އައިލެންޑެއްގެ މައްޗަށް އިންވެސްޓަރުގެ މަސްލަހަތު ރަޖިސްޓަރީކުރަން އެދި ހުށަހެޅުމުން އިންވެސްޓަރުގެ ނަމުގައި ރަޖިސްޓަރީއެއް މިނިސްޓްރީން ހަދައިދޭންވާނެއެވެ.

(ށ) އިންވެސްޓަރުގެ ނަމުގައި ހަދައިދެވޭ ރަޖިސްޓަރީގައި މަދުވެގެން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރަށް ހިއްކައިފައިވާ ފަޅު ފާހަގަކުރެވޭ ޖިއޮގްރެފިކް ކޯޑިނޭޓްސް
  2. ރަށަށް ދީފައިވާ ނަން
  3. ރަށުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް
  4. ޕްރައިވެޓް އައިލެންޑަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ރަޖިސްޓަރީ ނަންބަރު
  5. ރަށް ކުއްޔަށް ހިފާފައިވާ އިންވެސްޓަރުގެ ނަން، އެޑްރެސް، ގުޅޭނެ، ނަންބަރު އަދި އީމެއިލް އެޑްރެސް
  6. ރަށް ކުއްޔަށް ދީފައިވާ މުއްދަތު
  7. ރަށް ކުއްޔަށް ދިން ތާރީހު
  8. ރަށުގެ ކުލީގެ މުއްދަތު ހަމަވާ ތާރީހު
  9. ރަށުގެ ބިމުގެ ބޮޑުމިނުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ލޭންޑް އޭރިއާ
  10. އިންވެސްޓަރު ރަށް މޯގޭޖް ކުރާނަމަ ކުރެވިފައިވާ މޯގޭޖްތަކުގެ ތަފުސީލު

 

9 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑުގައި އިމާރާތްކުރުން

(ހ) ޕްރައިވެޓް އައިލެންޑެއްގައި އިމާރާތްކުރުމުގައި ކަމާގުޅުންހުރި ގާނޫނުުތަކާއި ގަވާއިދުތަކުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެހައި މިންގަނޑުތަކަށް އަމަލުކުރަންވާނެއެވެ.

(ށ) އިންވެސްޓަރު ބޭނުންވެއްޖެ ހާލަތެއްގައި ޕްރައިވެޓް އައިލެންޑުގައި އިމާރާތްނުކޮށް އެ ރަށް ބޭނުންކުރުމުގެ ހައްށު އިންވެސްޓަރަށް ލިބިގެންވެއެވެ.

(ނ) ޕްރައިވެޓް އައިލެންޑެއްގައި އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 15 (ފަނަރަ) މީޓަރެވެ.

(ރ) ޕްރައިވެޓް އައިލެންޑެއްގައި އިމާރާތް ކުރެވޭނީ އިމާރާތްކުރެވޭ ސަރަހައްދު، ރަށާއި ފަޅުގެ ސަރަހައްދުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ އިތުރުނުވާނެ ގޮތަށެވެ.

(ބ) ޕްރައިވެޓް އައިލެންޑް އިމާރާތްކުރުމަށްޓަކައި އިންވެސްޓަރުގެ ފަރާތުން ހުށަހަޅާ ކޮންސެޕްޓް ނުވަތަ މާސްޓަރޕްލޭން މިނިސްޓްރީން އެންޑޯޒްކޮށް ދޭންވާނެއެވެ.

(ޅ) ޕްރައިވެޓް އައިލެންޑުގައި އިމާރާތްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ނުވަތަ މާސްޓަރޕްލޭން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި އެންޑޯޒްކުރުމަށްފަހު ތިމާވެށީގެ ގޮތުން ހޯދަންޖެހޭ ހުއްދައެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހޯދަންވާނެއެވެ.

(ކ) ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް އެތެރެކުރެވޭ މުދަލަށް ޑިއުޓީ މައާފުކޮށެއް ނުދެވޭނެއެވެ.

 

10 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ބޭނުންކުރުން

(ހ) ޕްރައިވެޓް އައިލެންޑް ބޭނުންކުރެވޭނީ އިންވެސްޓަރަކަށް، އެ ފަރާތުން އަމިއްލައަށް ޗުއްޓީ ހޭދަކުރުމަށް، ނުވަތަ ވިޔަފާރި އުސޫލުން ނޫން ގޮތަކަށް އެ ފަރާތުން ހުއްދަކުރާ އެހެން ފަރާތްތަކުން ޗުއްޓީ ހޭދަކުރުމުގެ ބޭނުމަށެވެ.

(ށ) އަންނިވި މައުލޫމާތު ހިމެނޭ ގޮތަށް ޕްރައިވެޓް އައިލެންޑް ބޭނުންކުރާ ފަރާތްތަކުގެ ދަފްތަރެއް އިންވެސްޓަރު ބަލަހައްޓަންވާނެއެވެ.

  1. ރަށަށް ޒިޔާރަތް ކުރި ފަރާތުގެ ނަން
  2. ރަށަށް ޒިޔާރަތް ކުރި ފަރާތުގެ ޕާސްޕޯޓް ނަންބަރު، ދިވެއްސެއް ނަމަ އައިޑެންޓިޓީ ކާޑުގެ ނަންބަރު
  3. ރަށަށް ޒިޔާރަތް ކުރި ފަރާތް ނިސްބަތްވާ ށައުމު
  4. ރަށަށް ޒިޔާރަތް ކުރި ފަރާތް އެ ރަށުގައި ހޭދަކުރި މުއްދަތު

(ނ) އަންނިވި މައުލޫމާތު ހިމެނޭ ގޮތަށް ޕްރައިވެޓް އައިލެންޑުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަފްތަރެއް އިންވެސްޓަރު ބަލަހައްޓަންވާނެއެވެ. 

  1. މުވައްޒަފުގެ ނަން
  2. މުވައްޒަފުގެ ޕާސްޕޯޓް ނަންބަރު، ދިވެއްސެއް ނަމަ އައިޑެންޓިޓީ ކާޑުގެ ނަންބަރު
  3. މުވައްޒަފު ނިސްބަތްވާ ށައުމު
  4. ވަޒީފާގެ އެއްބަސްވުމުގެ ބާވަތް

 

11 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑާގުޅޭ ހައްށުތައް ބަދަލުކުރުން

(ހ) ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް އެ ރަށެއް ކުއްޔަށް ހިފާފައިވާ އިންވެސްޓަރު ބޭނުންވެއްޖެ ހާލަތެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދައާ އެކީ އެހެން ފަރާތަކަށް ވިއްކައިލެވިދާނެއެވެ.

(ށ) ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް އެ ރަށެއް ކުއްޔަށް ހިފާފައިވާ އިންވެސްޓަރު އެހެން ފަރާތަކަށް ވިއްކައިލުމުގައި ގަވާއިދު ނަންބަރު 2010-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.

(ނ) އިންވެސްޓަރަށް ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް އެހެން ފަރާތަކަށް ކުއްޔަކަށް ނުދެވޭނެއެވެ.

(ރ) ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް އިންވެސްޓަރު ބޭނުންވެއްޖެ ހާލަތެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދައާއެކީ ރަހުނު ކުރެވިދާނެއެވެ.

(ބ) ޕްރައިވެޓް އައިލެންޑާ ގުޅޭ ހައްށުތައް އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުން ރަހުނުކުރުމުގައި ގަވާއިދު ނަންބަރު 2010-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްށުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.

(ޅ) ޕްރައިވެޓް އައިލެންޑެއް ބަލަހައްޓައި ހިންގުމަށް އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެ ހާލަތެއްގައި އެހެން ފަރާތަކާ އެކީ ގަވާއިދު ނަންބަރު 2010-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްށުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތަށް މެނޭޖްމަންޓް އެގްރީމަންޓެއް އެކުލަވައިލެވިދާނެއެވެ.

 

12 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އަމަލުކުރާނެގޮތް

(ހ) ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، އެ ރަށަކާ ގުޅިގެން އިންވެސްޓަރަށް ލިބިފައިވާ އެންމެހައި ހައްށުތައް ދައުލަތަށް އަނބުރައި އިއާދަވެގެންދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ޕްރައިވެޓް އައިލެންޑް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެ، އެ ރަށާ ގުޅިގެން އިންވެސްޓަރަށް ލިބިފައިވާ ހައްށުތައް އަނބުރާ ދައުލަތަށް އިއާދަވެގެންދާއިރު އިންވެސްޓަރަށް އެ ރަށުގައިވާ އެންމެހައި އުފުލޭ މުދާ ގެންދިއުމުގެ ހައްށު ލިބިދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކުރެވިފައިވީނަމަވެސް، މި މާއްދާގެ (ހ) ގައިވާ ގޮތަށް ޕްރައިވެޓް އައިލެންޑް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެ، އެ ރަށާ ގުޅިގެން އިންވެސްޓަރަށް ލިބިފައިވާ ހައްށުތައް އަނބުރާ ދައުލަތަށް އިއާދަވެގެންދާއިރު  އެ ރަށުގައިވާ އެއްވެސް ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން، އިންވެސްޓަރަށާއި ޑިވެލޮޕަރަށް އެއްވެސް ބަދަލެއް ދިނުމަކާ ނުލައި، ދައުލަތަށް ލިބިގެންދާނެއެވެ.

 

13 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރުން

(ހ) ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ރަށެއް ކުއްޔަށް ދޫކުރުމަށް އެކުލަވައިލެވިފައިވާ އެއްބަސްވުމެއް ބާޠިލުކުރެވޭނީ ހަމައެކަނި އަންނަނި ހާލަތްތަކުގައެވެ.

  1. ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތަށް އެ ރަށަކާ ގުޅިގެން ދައްކަންޖެހޭ އެކުއިޒިށަން ކޮސްޓް ނުދެއްކުން.
  2. އެ ރަށާ ގުޅިގެން ދައްކަންޖެހޭ ކުލި ނުދެއްކުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތުގައި ކުލީގެ އެއްބަސްވުން ބާޠިލުކުރެވޭނީ ށަރުއީ ކޯޓަކުން އެ ފައިސާ ދައްކަން ނިހާއީ ހުކުމެއް ކުރުމުން    އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ހާލަތުގައި ކުލީގެ އެއްބަސްވުން ބާޠިލުކުރެވޭނީ، ކުލީގެ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާނަމަ، ކުލި ދެއްކުމަށް 60 (ފަސްދޮޅަސް) ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެ މުއްދަތުގައި ކުލި ނުދައްކައިފިނަމަ ކުލީގެ އެއްބަސްވުން ބާޠިލުކުރާނެކަން އަންގައި 30 (ތިރީސް) ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެ ނޯޓިސްއަށް އަމަލުނުކޮށްފިނަމައެވެ.

(ރ) މި މާއްދާގައިވާ ގޮތަށް ޕްރައިވެޓް އައިލެންޑެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރެވޭ ހާލަތުގައިވެސް އެ ރަށުގައިވާ މުދަލާ ގުޅިގެން އަމަލުކުރާނީ މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) މި މާއްދާގައިވާ ގޮތަށް ޕްރައިވެޓް އައިލެންޑެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރެވޭ ހާލަތުގައި ރަށުގެ ކުލީގެ އެއްބަސްވުން ބާޠިލުވާ ދުވަހުން ފެށިގެން ރަށް ދައުލަތާ ހަވާލު ކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ވުޒާރާއަށެވެ.

(ށ) "ޕްރައިވެޓް އައިލެންޑް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް، ކުއްޔަށްދީ، ހިންގުމަށް ކަނޑައަޅާފައިވާ ވަކި ފަޅެއް ހިއްކައިގެން ހަދާ ރަށެއް،  އެ ރަށެއް ތަރައްށީކުރަން ހަވާލުކުރެވޭ ފަރާތަކުން، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްށީކޮށް، އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމަށް ތަރައްށީކުރާ ޓޫރިޒަމުގެ ރަށަކަށެވެ.

(ނ) "ޑިވެލޮޕަރު" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ހުއްދަ ދެވޭ ފަރާތަށެވެ.

(ރ) "އިންވެސްޓަރު" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްށީކުރާ ރަށެއް، އެ ޕްރައިވެޓް އައިލެންޑުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތަކަށް ކުއްޔަށް ހިފާ ފަރާތަށެވެ.

(ބ) "ލޭންޑް އޭރިޔާ" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ހިކިފަސްހިމެނޭ ހިސާބުކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ "މީން ޓައިޑް ލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރައިވެޓް އައިލެންޑް ތަރައްށީކޮށް ކުއްޔަށްދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު