-

ކަސްޓޯޑިއަލް ހިދުމަތްތައް ދޭ މުއައްސަސާތަކުގެ ގަވާއިދު (ނަންބަރު 2011-36) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-68)

 

ގަވާއިދު ނަންބަރު 2011-36 (ކަސްޓޯޑިއަލް ހިދުމަތްތައް ދޭ މުއައްސަސާތަކުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5.ލައިސަންސަކާ ނުލައި ކަސްޓޯޑިއަލް ހިދުމަތްތައް ފޯރުކޮށްދިނުމަކީ ނުވަތަ "ކަސްޓޯޑިއަން" އެއް ކަމަށް އާންމުންނަށް ނުވަތަ ކަސްޓަމަރުންނަށް ދޭހަވާފަދަ ގޮތަކަށް އަމަލުކުރުމަކީ ކުށެކެވެ. މި މާއްދާއާ ހިލާފުވުމުގެ ކުށުގެ އަދަބަކީ 75,000 (ހަތްދިހަ ފަސް ހާސް) ރުފިޔާއާއި 150,000  (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

2 ވަނަ މާއްދާ ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

8.ކޮންމެ ކަސްޓޯޑިއަނަކު ވެސް، އަންނަނިވި ގޮތަށް އަހަރީ ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ހ) ކަސްޓޯޑިއަލް ހިދުމަތް ދެމުންދާ ފަރާތްތަކުގެ އަހަރީ ފީ: 120,000 (އެއްލައްކަ ވިހި ހާސް) ރުފިޔާ.

(ށ) ކަސްޓޯޑިއަލް ލައިސަންސް ލިބިފައިވާ، ހިދުމަތް ނުދޭ ފަރާތްތަކުގެ އަހަރީ ފީ: 10,000 (ދިހަ ހާސް) ރުފިޔާ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

60. ކަސްޓޯޑިއަލް ހިދުމަތް ދޭ ފަރާތްތަކުން ކޮންމެ އަހަރަކު އަންނަނިވި ލިޔުންތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-36)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-36)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު