ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-160) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-67)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 މޭ 2021 ގައި)
ގަވާއިދު ނަންބަރު 2015-160 (ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި
1 ވަނަ މާއްދާ - އިސްލާހުތައް ގެނައުން.
ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) ތެޔޮ ރައްކާކުރާ ކޮންމެ ތާނތްގެއް ވަޅުލުމަށް ތައްޔާރުކުރެވޭ ކޮންކްރީޓް ވަޅުގަނޑާއި އިންފާރާ ދެމެދު 1 (އެކެއް) މީޓަރަށްވުރެ ކައިރިވެގެން ނުވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ތެޔޮ މިނެގެން ވިއްކުމުގެ ހިދުމަތް ދޭ ތަންތަނުން ތެޔޮ ވިއްކަންވާނީ، ޑިސްޕެންސަރުންނެވެ.
(ށ) ތެޔޮ ވިއްކާ ނުވަތަ ތެޔޮ ދޫކުރާ ކޮންމެ ޑިސްޕެންސަރަކާއި އިންފާރާ ދެމެދު މަދުވެގެން 5 (ފަހެއް) މީޓަރުގެ ދުރުމިނެއް ހުންނާން ވާނެއެވެ. މި ދުރުމިން، ތެޔޮ ގެންގުޅެން ލިބިފައިވާ ބިމުން ދެވެން ނެތް ހާލަތެއްނަމަ، މިނިސްޓްރީ އޮފް ޑިފެންސްގެ ހާއްސަ ހުއްދައެއްގެ ދަށުން 3 (ތިނެއް) މީޓަރަށް ކުޑަކުރެވިދާނެއެވެ.
(ނ) 2 (ދޭއް) ޑިސްޕެންސަރު، އެއް ކޮލަމެއްގައި ބަހައްޓާނަމަ، 2 (ދޭއް) ޑިސްޕެންސަރުގެ ދޭތެރޭގައި 1 (އެކެއް) މީޓަރުގެ ދުރުމިނެއް ބަހައްޓާން ވާނެއެވެ.
(ރ) 2 (ދޭއް) ކޮލަމަކަށް ޑިސްޕެންސަރު ބަހައްޓާނަމަ، 2 (ދޭއް) ޑިސްޕެންސަރުގެ ދޭތެރޭގައި، ސައިކަލަށް ހާއްސަކުރާ ލޭނެއް ނަމަ 5 (ފަހެއް) މީޓަރު އަދި 4 (ހަތަރެއް) ފުރޮޅުލީ ވެހިކަލަށް ހާއްސަކުރާނަމަ 6.5 (ހައެއް ޕޮއިންޓް ފަހެއް) މީޓަރު ބަހައްޓާންވާނެއެވެ.
(ބ) ކޮންމެ ޑިސްޕެންސަރެއް ގާއިމުކޮށްފައި ހުންނާންވާނީ، 150 (އެއްސަތޭކަ ފަންސާސް) މިލިމީޓަރުގެ އުސް ތަޅުމެއްގެ މަތީގައެވެ.
(ޅ) ޕެޓްރޯލް ނުވަތަ ޑީސަލް ނުވަތަ ކަރާސީނު ޑިސްޕެންސަރ ގާއިމްކޮށްފައި ހުންނާންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ގޮތަށެވެ.
(ކ) ތެޔޮ ދޫކުރާ ކޮންމެ މެށިނެއްގައި ބެހެއްޓޭނީ، ގިނަވެގެން 2 (ދޭއް) ޕަންޕެވެ. އަދި ކޮންމެ ޕަންޕަކުން ބޭނުންކުރެވޭނީ 2 (ދޭއް) އައުޓްލެޓެވެ.
(އ) ކޮންމެ ޑިސްޕެންސަރެއްގެ ކައިރީގައި ފަސޭހައިން ނަގައި ބޭނުންކުރެވޭ ގޮތަށް މަދުވެގެން 9 (ނުވައެއް) ކިލޯގްރާމުގެ ޑީ.ސީ.ޕީ އަލިފާންނިތްވެއް ބަހައްޓައިފައި ހުންނާންވާނެއެވެ. އަދި އަލިފާންނިވި ހުންނާންވާނީ، ސަރވިސްކޮށް ބޭނުންކުރެވޭ ހާލަތުގައެވެ.
(ވ) ކޮންޓެއިނަރަށް ޕެޓްރޯލް އަޅާ ވަގުތުތަކުގައި، ޕެޓްރޯލް ހިފައިގެން އަންނަ ވެހިކަލްގެ ކައިރީގައްޔާއި ކޮންޓެއިނަރުގެ ފިލިންގ ޕޮއިންޓުގެ ކައިރީގައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ސައިޒުގެ އަލިފާންނިވި ބަހައްޓާންވާނެއެވެ. އަދި މިފަދަ އަލިފާންނިވިތައް ބަހައްޓާންވާނީ އަތްވާއި ވާރޭގެ އަސަރު ނުފޯރާފަދަ ގޮތަކަށެވެ.
(މ) ޑިސްޕެންސަރުގެ ކައިރީގައި ހިދުމަތް ދޭން ތިބޭ މުވައްޒަފުންނަކީ މިނިސްޓްރީ އޮފް ޑިފެންސްއިން ގަބޫލުކުރާ ފެންވަރަކަށް، އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމުގެ ކޯހެއް ފުރިހަމަކޮށް ތަމްރީނު ހޯދައިފައިވާ މުވައްޒަފުންނަށް ވާންޖެހޭނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ބިންމަތީގައި ބަހައްޓާ ޕްރޮޓެކްޓަޑް އަދި ވޯލްޓެޑް ތާނގިތައް ފިޔަވައި އެހެން ތާނގިތަކުގައި އަލިފާންނިވާ ނިޒާމްތައް ގާއިމްކުރާންވާނީ ޖަދުވަލު 10 ގައިވާ ގޮތުގެ މަތީންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް (ޏ) އާއި (ސ) ގެ ގޮތުގައި ދެ އަކުރު އިތުރުކުރުން.
(ޏ) "ވޯލްޓަޑް ތާނގި" ކަމުގައި ބުނެފައި އެވަނީ، ތެޔޮ ރައްކައުކުރުމަށް ޓަކައި ހަދައިފައިވާ ތާނގީގެ ވަށައިގެން ހުރިހާ ދިމާއެއް ފޮރުވޭނޭހެން ފާރު ރާނައި، ތަޅުންއަޅައި، މަތި އަޅައިފައިވާ ތާނތްގަށެވެ.
(ސ) "ޕްރޮޓެކްޓަޑް ތާނގި" ކަމުގައި ބުނެފައި އެވަނީ، ތެޔޮ ރައްކައުކުރުމަށް ޓަކައި ހަދައިފައިވާ ތާނތްގަށް ލިބޭ ގެއްލުންތަކުން ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދޭގޮތަށް ތާނގީގެ ބޭރުން އިތުރު ތާނގި ފަށަލައެއް ލައިފައިވާ ތާނތްގަށެވެ. މި ތާނގީގެ ބޭރު ފަށަލައިން އަލިފާނުގެ ހާދިސާއަކުން ލިބޭ ހޫނުން ރައްކައުތެރިކޮށްދީ، އެހެނިހެން ގޮތްތަކުން ލިބޭ ގެއްލުންތަކުން ވެސް ތާނގި ސަލާމަތް ކޮށްދޭނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް، ޖަދުވަލު 10 އަންނަނިވި ފަދައިން އިތުރުކުރުން.
ބިންމަތީގައި ބަހައްޓާ ޕްރޮޓެކްޓަޑް ތާނގީއާއި ވޯލްޓެޑް ތާނގިތައް ފިޔަވައި އެހެން ތާނގިތަކުގައި ޤާއިމްކުރަންޖެހޭ އަލިފާންނިވާ ނިޒާމްތައް
ޖަަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
| ތެލުގެ ކެޕޭސިޓީ (ލީޓަރު) |
ތާނގީ ފިނިކުރުމަ |
އަލިފާންނިވާ ނިޒާމްތައް ތާނގީގައި ރޯވާ އަލިފާން ނިއްވުމަށް |
| 800 - 3000 ލީޓަރާ ހަމައަށް | - | 50 ލީޓަރުގެ 1 ފޯމް ޓްރޯލީ |
| 3002- 30000 | ޕްރެޝަރުގައި ތާނގީއަށް ފެންޖެހޭގޮތަށް ހުރުން | 50 ލީޓަރުގެ 1 ފޯމް ޓްރޯލީ |
| 30001 - 60000 | ޕްރެޝަރުގައި ތާނގީއަށް ފެންޖެހޭގޮތަށް ހުރުން | (މަދުވެގެން 400 ލީޓަރުގެ ފޯމް ކޮންސަންޓްރޭޓް ހުރުން) |
| 60001 - 100000 | ވޯޓަރ ޑްރެންޗަރ ސިސްޓަމް ޤާއިމުކުރުން | ފޯމް ޕޯރިންގ ސިސްޓަމް ޤާއިމު ކުރުން |
| 100001 - 500000 | ވޯޓަރ ޑްރެންޗަރ ސިސްޓަމް ޤާއިމުކުރުން | ފޯމް ޕޯރިންގ ސިސްޓަމް ޤާއިމު ކުރުން |
ނޯޓު:
"ޕްރެޝަރުގައި ތާނގީއަށް ފެންޖެހޭގޮތަށް ހުރުން" ކަމަށް ބުނެފައި އެވަނީ، 4 ނުވަތަ 5 ވަނަ ބާގައި، މިނެޓަކު 600 (ހަސަތޭކަ) ލީޓަރު ފެންޖެހޭނެ ޕަންޕަކާއި، އެއަށް ބޭނުންވާނެ އާލަތްތައް ހުރުން ނުވަތަ ޑިލަޖްއިން ފެން ޖެހޭނެ ގޮތްވުމަށެވެ.
"ފޯމް ޖެހޭނެ ގޮތަށް ހުރުން" ކަމަށް ބުނެފައި އެވަނީ، ފޯމް ޖެހުމަށް ބޭނުންވާނެ އާލަތްތައް ލިބެން ހުރުމަށެވެ.
މައި ގަވާއިދު
ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް ގުދަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-160)
ކިޔުންތެރިންގެ ހިޔާލު