ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހެޅޭ ށަކުވާގެ މައްސަލަތައް ތަހުގީގު ކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-36)
1 ވަނަ މާއްދާ - ތައާާރަފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 120 ވަނަ މާއްދާއިން ބާރު ލިބިގެން، އެ ގާނޫނުގެ 105 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހެޅޭ ށަކުވާތައް ތަހުގީގު ކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ ދަށުން އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރާނެ އުސޫލާއި އިޖުރާއަތުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ބެލެވޭނެ މައްސަލަތައް
މި ގަވާއިދުގެ ދަށުން ބެލޭނީ، ތިރީގައި ބަޔާންކޮށްފައިވާ މައްސަލަތަކެވެ.
(ހ) ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) އާ ހިލާފުވާ މައްސަލަ.
(ށ) ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ ދަށުން އޮތޯރިޓީން ކަނޑައަޅައިފައިވާ ގޮތަކާ ހިލާފުވާ މައްސަލަ.
(ނ) އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑަކާ ހިލާފުވާ މައްސަލަ.
(ރ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުމާބެހޭ މައްސަލަ، ނުވަތަ ފޯރުކޮށް ނުދިނުމުގެ މައްސަލަ، ނުވަތަ ފޯރުކޮށްނުދެވުމުގެ މައްސަލަ.
(ބ) ހިދުމަތް ލިބިގަންނަ ފަރާތެއްގެ އާލަތްތަކަށް ނުވަތަ ސާމާނަށް ހިދުމަތެއް ގުޅައިދިނުމުގެ މައްސަލަ، ނުވަތަ ގުޅައިނުދެވުމުގެ މައްސަލަ.
(ޅ) އޮތޯރިޓީގެ މަސައްކަތްތަކާބެހޭ މައްސަލަ، ނުވަތަ އޮތޯރިޓީގެ ބާރުތަކާބެހޭ މައްސަލަ.
4 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) އާ ހިލާފުވުމުގެ ސަބަބުން، ނުވަތަ މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައަކާ ގުޅިގެން، އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް ގަބޫލުކުރެވޭނަމަ، އެ ފަރާތަކުން އެ މައްސަލަ ބަލައިދިނުމަށް އެދި އޮތޯރިޓީއަށް ށަކުވާ ހުށަހެޅިދާނެއެވެ.
(ށ) ހުށަހެޅޭ ށަކުވާތަކުގައި، އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ހުންނާންވާނެއެވެ.
- ށަކުވާ ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ "ގާނޫނު ނަންބަރު 2015-43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ ދަށުން، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ށަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. މި ފޯމާ އެކުގައި، ށަކުވާ ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމަނާންވާނެއެވެ.
- ށަކުވާ ހުށަހަޅާނީ، އޮތޯރިޓީގެ ފްރަންޓް އޮފީހަށް ނުވަތަ އޮތޯރިޓީގެ ރަސްމީ އީ-މެއިލް އެޑްރެސް ކަމުގައިވާ [email protected] އަށެވެ.
- ށަކުވާ ހުށަހެޅުމުގައި، މައްސަލައާ ގުޅޭ މައުލޫމާތު ވީހާވެސް ތަފުސީލުކޮށް ހިމަނާންވާނެއެވެ. އަދި ހުށަހަޅާ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިއުމެއް އޮތްނަމަ، އެ ލިއުމެއްގެ ކޮޕީ ހުށަހަޅާންވާނެއެވެ.
- ށަކުވާ ހުށަހަޅާއިރު، ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު ބަޔާންކުރާންވާނެއެވެ. މި މައުލޫމާތުގެ ތެރޭގައި އެ ފަރާތުގެ ނަމާއި އެޑްރެސް ހިމަނާންވާނެއެވެ.
- ހުށަހަޅާ ށަކުވާއާބެހޭ މައުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، ށަކުވާ ހުށަހަޅާ ލިޔުމުގައި އެކަން ބަޔާންކުރާންވާނެއެވެ.
5 ވަނަ މާއްދާ - ތަހުގީގު ކުރެވޭނެ ހާލަތްތައް
(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލައެއް އޮތޯރިޓީއަށް ތަހުގީގު ކުރެވިދާނެއެވެ.
- މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ މައްސަލައެއްގައި، މި ގަވާއިދުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނާ މީހަކު ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވުން؛
- މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ މައްސަލައެއްގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް އޮތޯރިޓީގެ ފަރާތުން އަންގައިފައިވާ ގޮތާ މީހަކު ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވުން؛
- މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ށަކުވާއެއް ހުށަހަޅައިފައިވުން؛
- މައްސަލައެއް ތަހުގީގު ކުރާންޖެހޭކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވުން.
(ށ) މިނިސްޓަރު، އޮތޯރިޓީގައި އެދިއްޖެނަމަ، ތިރީގައި މިވާ މައްސަލަތައް އޮތޯރިޓީން ތަހުގީގު ކުރާންވާނެއެވެ.
- މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ މައްސަލައެއް؛
- ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާއި، ރޭޑިއޯ ކޮމިއުނިކޭށަންގެ މައްސަލައެއް، ނުވަތަ ޓެލެކޮމިއުނިކޭށަންގެ ސިިނާއަތާ ގުޅުންހުރި ކޮންމެ މައްސަލައެއް.
6 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ކުރިން ބަލާންޖެހޭ ކަންތައްތައް
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މީހަކު ށަކުވާއެއް ހުށަހެޅުމުން، އަންނަނިވި ގޮތްތަކުގެ މަތިން އަމަލުކުރުމާއެކު، މައްސަލަ ސާފުކުރުމުގެގޮތުން ށަކުވާ ރައްދުވާ ފަރާތުގެ ކިބައިން އޮތޯރިޓީގެ ފަރާތުން މައުލޫމާތު ސާފުކުރެވިދާނެއެވެ.
- ހުށަހެޅިފައިވާ ށަކުވާގެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިފައިވޭތޯ ބެލުން؛
- އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން މައްސަލަ ތަހުގީގު ކުރާނީތޯ ބެލުން.
(ށ) ހުށަހެޅިފައިވާ ށަކުވާގެ މައްސަލައަކާ ގުޅޭގޮތުން އޮތޯރިޓީގެ ފަރާތުން، އެކަން ތަހުގީގު ކުރުމަށް ބޭނުންނުވާނަމަ، ށަކުވާ ހުށަހަޅައިފައިވާ ފަރާތަށާއި ށަކުވާ ރައްދުވާ ފަރާތަށް، ށަކުވާއާ ބެހޭގޮތުން އޮތޯރިޓީން ނިންމައިފައިވާ ގޮތާއި އޭގެ ސަބަބުތައް، އޮތޯރިޓީއަށް ފެންނަ ގޮތެއްގެ މަތިން، ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް އަންގާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ދުވަސް ގުނައިފައި އެވަނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތަށެވެ.
7 ވަނަ މާއްދާ - ތަހުގީގު ކުރާނެ ގޮތް
(ހ) ށަކުވާގެ މައްސަލައެއް އޮތޯރިޓީގެ ފަރާތުން ތަހުގީގުކުރަން ފެށުމުގެ ކުރިން، ށަކުވާ ރައްދުވާ ފަރާތަށް އެކަން ލިޔުމުން އަންގާންވާނެއެވެ
(ށ) ތަހުގީގުގެ ބޭނުމަށް ޓަކައި އޮތޯރިޓީން ބޭނުންވާ ފަރާތަކުން މައުލޫމާތު ހޯދައި، މައުލޫމާތު ސާފު ކުރެވިދާނެއެވެ. އެގޮތުން މައުލޫމާތު ހޯދުމަށް ޓަކައި، އެ ފަރާތެއްގެ ބަޔާން ނެގުމަށް، ނުވަތަ ވަކި ލިޔެކިޔުންތަކެއް ހުށަހެޅުމަށް އޮތޯރިޓީން ބޭނުންވާ ފަރާތަކަށް އެންގިދާނެއެވެ.
(ނ) އޮތޯރިޓީގެ ފަރާތުން ހިންގާ ތަހުގީގުގެ ނަތީޖާއެއްގެގޮތުން ށަކުވާ ހުށަހަޅައިފައިވާ ފަރާތުގެ މަސިްލަހަތަށް، ނުވަތަ ށަކުވާ ރައްދުވާ ފަރާތުގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެ ފަދަ ކަމެއް ސާބިތުވާކަމަށް ނިންމާންވާނީ، އެފަދަ ށަކުވާއަކާ ބެހޭގޮތުން ދެފަރާތުން ދެކޭގޮތް ހުށަހެޅުމަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.
(ރ) އޮތޯރިޓީގެ ފަރާތުން ހިންގާ ތަހުގީގަކާމެދު ވަކިގޮތެއް ކަނޑައަޅައި ނިންމާންވާނީ، ށަކުވާ ހުށަހަޅާ ފަރާތުގެ ހުށަހެޅުންތަކަށް، ނުވަތަ ށަކުވާ ރައްދުވާ ފަރާތުގެ ހުށަހެޅުންތަކަށް ރިއާާޔަތް ކުރުމަށް ފަހުގައެވެ.
(ބ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން، އޮތޯރިޓީގެ ފަރާތުން ހިންގާ ތަހުގީގުތަކަށް ހާޒިރުވުމުގެ ފުރުސަތު، ށަކުވާ ހުށަހަޅާ ފަރާތަށް، ނުވަތަ ށަކުވާ ރައްދުވާ ފަރާތަށް ދިނުމަށް އެ މާއްދާ ލާޒިމެއް ނުކުރެއެވެ.
8 ވަނަ މާއްދާ - ތަހުގީގު ހިންގުމުގެ ކަންތައް ކުރިޔަށް ގެންދާނެ ގޮތް
(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާގެ މައްސަލަތަކުގެ ތަހުގީގު ހިންގުމުގެ ކަންތައް ކުރިޔަށް ގެންދާނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން އެކުލަވައިލާ ކޮމިޓީއަކުންނެވެ. ކޮމިޓީގެ މެންބަރުން އައްޔަނު ކުރާނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
(ށ) ކޮމިޓީގެ މެންބަރުންގެ އަދަދު ވާންޖެހޭނީ، އޮނަހިރި އަދަދަކަށެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ފުރަތަމަ ޖަލްސާގައި މެންބަރުންގެ ތެރެއިން ރިޔާސަތަށް އައްޔަނުކުރާ މެންބަރެކެވެ. ރިޔާސަތަށް އައްޔަނުކުރާ މެންބަރު ހާޒިރުނުވާ ޖަލްސާތަކުގައި ރިޔާސަތު ބަލަހައްޓާނީ، ހާޒިރުވި މެންބަރުންގެ ތެރެއިން އައްޔަނުކުރާ މެންބަރެކެވެ.
(ނ) ކޮމިޓީގެ މެންބަރަކު އިސްތިއުފާދީފިނަމަ، ނުވަތަ ވަކިކޮށްފިނަމަ، އެ މެންބަރުގެ ބަދަލުގައި އެހެން މެންބަރަކު ކޮމިޓީއަށް އައްޔަނު ކުރާންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން އުފައްދާ ކޮމިޓީގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އެކަން ހުށަހަޅައި، މެންބަރުކަމުން ވަކިވެއްޖެކަން ބޯޑު މެންބަރުންނަށް އެންގުމުން، އެ މެންބަރަކު ކޮމިޓީން ވަކިވީއެވެ.
(ބ) ތަހުގީގު ހިންގުމުގެ އެންމެހައި ކަންކަން ކުރިޔަށްގެންދާނީ، ށަކުވާ ހުށަހެޅި ފަރާތާއި ށަކުވާ ރައްދުވާ ފަރާތުގެ ހައްގަކަށް އުނިކަމެއް ނާންނާނޭހެން، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކުގައެވެ.
(ޅ) ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސިްލަހަތެއް، ނުވަތަ ފައިދާއެއް، ނުވަތަ ދައުރެއް އޮތް ކަމެއްގައި، ނުވަތަ މައްސަލައެއް ބެލުމުގައި ނުވަތަ މައްސަލައެއް ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކުރިން އެކަން އެނގިފައި ނެތްކަމުގައިވިޔަސް، އެކަން އެނގޭ ހިނދުން ފެށިގެން، އެ މެންބަރަކު އެ މައްސަލައަކުން ތަނާޒުލު ވާންވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ދެންތިބި މެންބަރުންނާއެކު ކޮމިޓީގެ ކޯރަމް ހަމަވާގޮތަށް އެ މައްސަލަ ތަހުގީގު ކުރުމުގެ ކަންތައް ކުރިޔަށް ގެންދާންވާނެއެވެ.
9 ވަނަ މާއްދާ - ކޮމިޓީން މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލު
އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޓީން އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ކޮމިޓީގެ ރިޔާސަތުން މައްސަލަ ކޮމިޓީއަށް ހުށަހަޅައި، މެންބަރުންގެ މަށްްވަރާއަށް ފުރުސަތު ހުޅުވައިލާންވާނެއެވެ.
(ށ) ކޮމިޓީގެ މަސައްކަތާ ގުޅިގެން މައްސަލައާ ގުޅޭ އެއްވެސް ލިޔެކިއުމެއް ބޭނުންވާކަމަށް ފެނިއްޖެނަމަ، ކޮމިޓީން އެ ލިޔެކިޔުމެއް ހޯދުމަށް އެންގިދާނެއެވެ.
(ނ) ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރުމުގައި، އެ މައްސަލައެއް ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ އިތުރުން، އެއްވެސް ފަރާތެއް ހާޒިރުކޮށްގެން ސުވާލު ކުރަންޖެހޭނަމަ، އެ ފަރާތެއް ހާޒިރުކޮށްގެން ސުވާލުކުރުމުގެ ބާރު ވެސް ކޮމިޓީއަށް ލިބިގެންވެއެވެ.
(ރ) މައްސަލަ ތަހުގީގު ކުރުމަށް ޓަކައި، ކޮމިޓީގެ ބައްދަލުވުން ބާއްވައި، މައްސަލަ ބަލައި ނިންމާންވާނީ، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
(ބ) ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ އޮތޯރިޓީންނެވެ.
(ޅ) ކޮމިޓީން ނިންމާ އެންމެހައި ކަންކަމުގެ ޔައުމިއްޔާއާއި ރިކޯޑުތައް ބަލަހައްޓާންވާނެއެވެ.
10 ވަނަ މާއްދާ - ތަހުގީގުގެ ރިޕޯޓު
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައަކާ ގުޅޭގޮތުން ތަހުގީގު ހިންގުމަށްފަހު، އޮތޯރިޓީން ބޭނުންވެއްޖެނަމަ، ތަހުގީގު ރިޕޯޓު ތައްޔާރުކޮށްފައި މިނިސްޓަރަށް އެ ރިޕޯޓު ފޮނުވިދާނެއެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައަކާ ގުޅޭގޮތުން ކޮމިޓީން ތަހުގީގު ރިޕޯޓު ނިންމައިފައި އޮތޯރިޓީއަށް ހުށަހަޅާ ދުވަހުން ފެށިގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށްފައި މިނިސްޓަރަށް އެ ރިޕޯޓު ފޮނުވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނާންވާނެއެވެ.
- ތަހުގީގު ހިންގިގޮތް؛
- ތަހުގީގު ކުރުމުގެ ނަތީޖާއެއްގެގޮތުން އޮތޯރިޓީއަށް ލިބިފައިވާ ހޯދުންތައް؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ މައުލޫމާތާއި ހޯދުންތައް ބިނާކޮށްފައިވާ ހެއްކާއި ގަރީނާތައް؛
- ކުރެވުނު ތަހުގީގާ ގުޅިގެން ނުވަތަ އެކަމާ ގުޅޭގޮތުން އޮތޯރިޓީއަށް ފެންނަ ކަންތައްތައް، ނުވަތަ މިނިސްޓަރު އަންގައިފައިވާ ކަންތައްތައް.
11 ވަނަ މާއްދާ - ރިޕޯޓު ށްާއިއުކުރުން
(ހ) ތަހުގީގު ރިޕޯޓެއް ށްާއިއު ކުރުމަކީ، އެ ކަމުގައި ގައުމީ މަސިްލަހަތު އޮތް ކަމެއްކަމަށް މިނިސްޓަރަށް ފެންނަނަމަ، އޮތޯރިޓީން ހިންގައިފައިވާ ތަހުގީގުގެ ރިޕޯޓެއް ށްާއިއު ކުރުމަށް މިނިސްޓަރަށް އެންގިދާނެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި، އޮތޯރިޓީން ހިންގައިފައިވާ ތަހުގީގުގެ ރިޕޯޓެއް، ނުވަތަ އޭގެ ބައެއް ށްާއިއުކޮށްގެން ނުވަތަ ހާމަކޮށްގެން ނުވާނެއެވެ.
- އެ ރިޕޯޓެއް ށްާއިއު ކުރުމުން ނުވަތަ ހާމަކުރުމުން، މީހެއްގެ ނުވަތަ ކުންފުންޏެއްގެ ސިއްރެއް ހާމަވާފަދަ ހާލަތެއްގައި؛
- ޖިނާއީ މައްސަލައަކާ ގުޅިގެން ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅިދާނެ ފަދަ ހާލަތެއްގައި؛
- މީހެއްގެ މައްޗަށް ހިންގޭ ށަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅޭ ފަދަ ހާލަތެއްގައި؛
- ގައުމީ ސަލާމަތަށް ނުރައްކާވަފަދަ ހާލަތެއްގައި.
(ނ) މި ގަވާއިދުގެ ދަށުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނުވަތަ ރިޕޯޓެއްގެ ބައެއް ށްާއިއު ކުރުމުގައި، އެއްވެސް މީހެއްގެ (މަރުވެފައިވާ މީހެއް ކަމުގައި ވިޔަސް) އަމިއްލަ މައުލޫމާތެއް، ނުވަތަ ޒާތީ މައުލޫމާތެއް އެކަށީގެންނުވާ މިންވަރަކަށް ހާމަވާނަމަ، އެފަދަ ރިޕޯޓެއްގައި އެ މައުލޫމާތެއް ހިމަނައިފައި ށްާއިއުކޮށްގެން ނުވާނެއެވެ.
12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށްާއިއުކުރާ ތާރީހުުން ފެށިގެންނެވެ.
13 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގެ އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-42 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ.
(ށ) "މިނިސްޓަރު" ކަމުގައި ބުނެވިފައި އެވަނީ، މުއާސަލާތީ ހިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާސަލާތީ ހިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.
(ނ) "ޗީފް އެގްޒެކްޓިވް" ކަމުގައި ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވްއަށެވެ.
(ރ) "ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހެޅޭ ށަކުވާތައް ބެލުމަށް އެކުލަވައިލާ ކޮމިޓީއަށެވެ.
(ބ) "އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު" ކަމުގައި ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ކިޔުންތެރިންގެ ހިޔާލު