-

ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-05)

 

ގަވާއިދު ނަންބަރު 2019-1069 (ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) ފަނޑިޔާރުކަމަށް އެދި ހުށަހަޅައިފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި، އެ މީހަކު އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކޮށްފި ނަމަ، ގަވާއިދު ނަންބަރު 2011-18 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1069)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1069)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު