-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-85)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަނުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 ގެ 2 ވަނަ މާއްދާގެ 3.2 ވަނަ ނަންބަރާއި، 4.2 ވަނަ ނަންބަރާއި، 5.2 ވަނަ 
ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަ ނުގެ ޖަލްސާގެ ބާވަތްތައް 2.

2.3 ކުއްލި ޖަލްސާއަކީ، ކޮމިށަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާ ގުޅޭ މުހިންމު ކަމަކާމެދު މަށްވަރާ ކުރުމަށް ޓަކައި މެންބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާއެވެ. މިގޮތުން ކޮމިށަނުގެ ކޮންމެ މެންބަރަކަށްވެސް ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދެވިދާނެއެވެ.
2.4 ކުއްލި ޖަލްސާއަށް ހާޒިރުވުމަށް މެންބަރުންނަށް އަންގާއިރު، ޖަލްސާ ބާއްވާ ބޭނުން ބަޔާންކުރަންވާނެއެވެ. އަދި ކުއްލި ޖަލްސާގެ ޔައުމިއްޔާ، ކޮމިށަނަރސް ބިއުރޯއިން ގަވާއިދުން ލިޔެ ބަލަހައްޓަންވާނެއެވެ.
2.5 ކުއްލި ޖަލްސާއެއްގައި، އަންނަނިވި ކަންކަމުން ކުރެ ކަމެއް ނިންމައިގެން ނުވާނެއެވެ.

(ހ) ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަން.

(ށ) މުވައްޒަފުންގެ ވަޒީފާއާއި، މުސާރައާއި، އިނާޔަތްތަކަށް ބަދަލުގެނައުން.

(ނ) ކޮމިށަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުން.

(ރ) މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުން.

(ބ) ކޮމިށަނުގެ ގަވާއިދަށް ބަދަލުގެނައުން. 

(ޅ) ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިޚާބުކުރުން.

(ކ) ކޮމިށަނަށް އައު މުވައްޒަފަކު ލެއްވުމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުން.

(އ) އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު