-

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 82/2020)

 (މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 7/2021 އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާާރުފާއި ނަން

(ހ) މިއީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްސަދު

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ބޭނުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅައި، ގަވާއިދުތައް ހަދައި ހިންގައި،  ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ މުސްތަގިިއްލު ފަރާތެއް ކަނޑައަޅާ   އެ މަސައްކަތް ވިލަރެސްކުރުމާއި، ޕްރޮކިއުމަންޓް މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ބީލަންވެރިންނަށް ދެފުށް ފެންނަ ވާދަވެރި ބީލަމުގެ މާހައުލެއް ގާއިމުކޮށް ދިނުމަށް ޓަކައި އުފައްދައިފައިވާ ބޯޑެކެވެ.

 

3 ވަނަ މާއްދާ - ކޮމިޓީ އެކުލެވިގެންވާ ގޮތާއި މެންބަރުން އައްޔަނުކުރުން

ބޯޑު އެކުލެވިގެންވަނީ 7 (ހަތް) މެންބަރުންގެ މައްޗަށެވެ. ބޯޑަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރ އޮފް ފިނޭންސްގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

 

4 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރުގެ މުއްދަތު

މެންބަރުން އައްޔަނު ކުރާނީ 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. ކޮންމެ    3 (ތިނެއް) އަހަރަކުން އެއްފަހަރު މަދުވެގެން ދެބައިކުޅަ އެއްބައި މެންބަރުން ބަދަލުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ށަރުތުުތައް

ބޯޑުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުުތައް ފުރިހަމަވާންވާނެއެވެ.

(ހ) ޕަބްލިކް ޕްރޮކިއުމަންޓް ނުވަތަ އެފަދަ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛

(ށ) ކޮންޓްރެކްޓާ ގުޅޭ ފަންނީ ހުނަރާއި މައާުލޫމާތު ލިބިފައިވުން؛

(ނ) ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛ އަދި

(ރ) ފައިސާއާބެހޭ މައްސަލައެއްގައި ކުށެއް ސާބިތުވެފައި ނުވުން.

 

6 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ބޯޑުގެ މެންބަރުކަމުން ވަކިވީއެވެ.

(ހ) އެ މެންބަރަކު ވަކިވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ލިޔުމަކުން ކަނޑައެޅުން؛

(ށ) އެ މެންބަރަކު އިސްތިއާުފާ ދިނުމަށް ނިންމައި ލިޔުމަކުން އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން؛

(ނ) މެންބަރުކަމުގެ ވާޖިބުތައް އަދާ ނުކުރެވޭ ފަދަ ދާއިމީ ހާލަތެއް މެދުވެރިވުން، ނުވަތަ ދާއިމީ ގޮތުން ބުއްދިފިލައިދިއުން؛

(ރ) ޖިނާއީ ކުށެއް ކުރިކަން ށަރުއާީ ކޯޓަކަށް ސާބިތުވުން؛

(ބ) މަގުުބޫލު އުޒުރެއް ނެތި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން.

 

7 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ބޯޑަށް އަންނަނިވި ބާރުތައް ލިބިގެން ވެއެވެ. އަދި އަންނަނިވި މަސްއޫލިއްޔަތުތައް ބޯޑާހަވާލުވެގެންވެއެވެ.

(ހ) މާލިއްޔަތު ގަވާއިދާ އެއްގޮތަށް "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" ރާވައި ހިންގައި ތަންފީޒުުކުރުން؛

(ށ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާގޮތެއްގައި ރާވައި ހިންގުމަށްޓަކައި ހަދަންޖެހޭ ހުރިހާ ގާނޫނާއި ގަވާއިދުތައް އެކުލަވައިލުމާއި، އެ ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، ފައިސާއާ ބެހޭ ކަންކަން ބެލެހެއްޓުން އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރުގެ ލަފާގެ މަތިން ބަދަލުތައް ގެނައުން؛

(ނ) ދައުލަތުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރެވޭ ހަރަދުތަކަކީ އެކުރެވޭ ހަރަދުތަކާއި އަޅައިބަލާއިރު އެކަށޭނެ ހިދުމަތްތަކެއް ލިބޭ ހަރަދުތަކެއްކަން ޔަގީންކުރުމާއި، އެ ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިށަންސީ ހާސިލުކުރެވޭނެ އުސޫލުތަކެއް އެކަށައެޅުން؛

(ރ) އެންމެހައި ބީލަންވެރިންނަށް ދެފުށް ފެންނަ، ހާމަކަންބޮޑު، ވާދަވެރި ބީލަމުގެ މާހައުލެއް ގާއިމުކޮށްދިނުން؛

(ބ) ހަމަހަމަކަމާއެކު  އެންމެންނަށް ބީލަމުގެ މަރުހަލާގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުން؛

(ޅ) ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮކިއުމަންޓް ނިޒާމެއް ގާއިމުކުރުން.

(ކ) ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ކުރިޔަށް ގެންދާ ބީލަމުގެ މަރުހަލާތައް އެއް ހަމައަކުން  ކުރިއަށްގެންދިޔުން.

(އ) ބީލަމުގެ މަރުހަލާގައި މަސްއޫލުވާ ހުރިހާ ފަރާތްތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުވުން.

(ވ) ޕްރޮކިއުމަންޓުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ގާބިލްކަން އިތުރުކުރުން.

(މ) ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބީލަމުގެ މައްސަލަ ބަލާ ނިޒާމެއް ގާއިމުކުރުން.

(ފ) ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި، ޕްރޮކިއުމަންޓް އުސޫލުތަކާއި ބައިނަލްއަގުުވާމީ މިންގަނޑުތައް ދިރާސާކޮށް، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފުސީލީ ގައިޑްލައިންތައް އެކުލަވައިލައި، އެ ގައިޑްލައިންތައް އާންމުކޮށް، ދައުލަތުގެ ޕްރޮކިއުމަންޓް މަސައްކަތްތައް އެއާ އެއްގޮތަށް ތަންފީޒުުކުރުން.

(ދ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ފުރިހަމަ ގޮތުގައި ތަންފީޒުު ކުރުމަށް ޓަކައި ބޭނުންވާ ތަފާތު ބީލަން ފޮތްތަކާއި، ކޮންޓްރެކްޓުތަކާއި، މި ތަކެތި ބޭނުންކުރާނެ ގޮތުގެ މެނުއަލްތަކާއި މިފަދަ އެންމެހައި ލިޔުންތައް ތައްޔާރުކޮށް، ދައުލަތުގެ ހުރިހާ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި މި ލިޔެކިއުންތައް ބޭނުންކުރުން ލާޒިމުކުރުން.

(ތ) ޕްރޮކިއުމަންޓުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ޕްރޮކިއުމަންޓުގެ މަސައްކަތްކުރާ މުވައްޒަފުންނާއި، ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނާއި މަސްއޫލުވާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނުތަކާއި، އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

(ލ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ބީލަންވެރިންނާއި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގައި މަސްއޫލުވާ އެންމެހައި ފަރާތްތަކުގެ (ދައުލަތުގެ މުވައްޒަފުން، ވިޔަފާރިވެރިން، ގުޅުންހުރި ޖަމްއާިއްޔާ ޖަމާއަތްތަކުން އަދި އެހީދޭ ބޭރުގެ ފަރާތަށް ހިމެނޭހެން)  ހިޔާލު ހޯދައި، އެ ފަރާތްތަކުން ހުށަހަޅާ ކަންތައްތަކަށް ރިއާާޔަތްކޮށް، ޕްރޮކިއުމަންޓުގެ ނިޒާމަށް ހަރުދަނާ ބަދަލުތައް ގެނައުން.

(ގ) ދައުލަތުގެ އޮފީސްތަކުން ބީލަމުގެ މަރުހަލާގައި ހުއްދަދެވޭ މިންގަނޑުތަކުގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތަކުން މާލިއްޔަތު ގަވާއިދާއި އެ ގަވާއިދުގެ ދަށުން ހަދައިފައިވާ އުސޫލުތަކަށް ފުރިހަމަޔަށް ބޯލަނބައި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް ގާއިމްކުރުން؛

(ޏ) ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތުގައި މަސްއޫލުވާ ހުރިހާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި އަމަލުތައް ބަހައްޓަންވީ ގޮތް ކަނޑައަޅައި، ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އެ މިންގަނޑަށް އަމަލުނުކުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭކަން ޔަގީީންކުރުން؛

(ސ) މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހިންގުމަށް ޒަމާނީ އީ-ޕްރޮކިއުމަންޓް ސިސްޓަމެއް ގާއިމުކުރުމާއި، އެ ސިސްޓަމް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން؛

(ޑ) މުޅި ދައުލަތުން ކުރިޔަށް ގެންދާ ހުރިހާ ބީލަމުގެ މައާުލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމްކުރުން.

(ޒ) ދައުލަތުން ކުރިޔަށް ގެންދާ ބީލަންތަކުގައި ދިމާވާ މައްސަލަތައް ބަލާ "ބީލަމުގެ މައްސަލަ ބަލާ މުސްތަގިިއްލު ރިވިޔު ކޮމިޓީ" ގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯއާއި، އެކަށީގެންވާ ގޮތެއްގައި މައްސަލަ ބެލުމުގެ ނިޒާމު ހިނގާތޯ ބަލައި މޮނިޓަރކުރުން؛

(ޓ) ދައުލަތުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތްތައް މޮނިޓަރކޮށް، އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދޭތޯ ބެލުމާއެކު، މަސައްކަތްތަކުގެ އަހަރީ ރިޕޯޓު އެކުލަވައިލުން.

 

8 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑު

ބޯޑުގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

(ހ) އާންމު މަސްލަހަތު ހިފެހެއްޓުމާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގްްސްދު ހާސިލުކުރުމަށް މަސައްކަތްކުރުން؛

(ށ) މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، އަދި މަގާމުގެ ސަބަބުން ލިބިފައިވާ މައާުލޫމާތު ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ނުކުރުން؛

(ނ) ބޯޑުގެ މެންބަރަކު އެ މީހެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަމެއް ކުރިމަތިވެދާނެ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމާއި،  އެފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، އެކަމުގެ މައާުލޫމާތު ބޯޑަށް ހާމަކޮށް،     އެ ކަމަކުން ތަނާޒުލްވުން؛

(ރ) ކޮރަޕްށަނުގެ އަމަލެއް ނުހިންގުމާއި، އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް ކަމެއް ނުކުރުމާއި، މަގާމުގެ މަސްއޫލިއްޔަތުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމާއި، މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވަން މަސައްކަތް ނުކުރުމާއި، މަސައްކަތަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުވަތަ އަމަލެއް ނުކުރުން؛

 

9 ވަނަ މާއްދާ - ބޯޑުގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން

ބޯޑުގެ ޗެއަރޕަރސަން އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ވައިސް ޗެއަރޕަރސަން އައްޔަނު ކުރާނީ މިނިސްޓަރެވެ.

 

10 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައަޅާނީ، ބޯޑުގެ ޗެއަރޕަރސަންގެ ލަފާގެ މަތިން ސެކްރެޓޭރިއެޓުންނެވެ.

(ށ) ބޯޑުގެ ބައްދަލުވުންތައް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ނ) އާންމުކޮށް ބާއްވާ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާ އެންގުން، ބައްދަލުވުން ބާއްވާ ތަނަކާއި، ދުވަހާއި ވަގުތާއި  އެޖެންޑާ އެނގޭނޭހެން 1 (އެކެއް) ދުވަހުގެ ކުރިން، މެންބަރުންނަށް ސެކްރެޓޭރިއަޓުން އަންގަންވާނެއެވެ.

(ރ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ ޗެއަރޕަރސަނެވެ. ޗެއަރޕަރސަނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، ވައިސް ޗެއަރޕަރސަނެވެ. އެ ދެ މީހުންގެ ތެރެއިން މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ރިޔާސަތު ބަލަހައްޓާނީ، ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، މެންބަރުން އިންތިހާާބުކުރާ މެންބަރެކެވެ.

(ބ) ބޯޑުގެ ބައްދަލުވުމެއް ސައްހަވާނީ، ބޯޑުގެ މެންބަރުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މެންބަރުން ހާޒިރުވެގެން ބާއްވާ ބައްދަލުވުންތަކެވެ. ބޯޑުގެ ބައްދަލުވުމެއް ފަށަންވާނީ، އެ އަދަދަށް މެންބަރުން ހާޒިރުވުމުންނެވެ. އަދި ހިނގަމުންދާ ބައްދަލުވުމެއްގައި، އެ އަދަދަށްވުރެ މެންބަރުން މަދުވެއްޖެނަމަ، އެ ބައްދަލުވުން މެދުކަނޑައިލަން ވާނެއެވެ.

(ޅ) ބޯޑުގެ ބައްދަލުވުމެއްގައި ކަމަކާމެދު ގޮތެއް ނިންމާނީ، ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކަމެއް ފާސްކުރަން ވޯޓަށް އެހުމުން، އެ ކަމެއް ފާސްކުރުމަށް ވޯޓުދިން މެންބަރުންގެ އަދަދާއި އެކަން ފާސްކުރުމަށް ވޯޓުނުދީ ތިބި މެންބަރުންގެ އަދަދު އެއްވަރުވެއްޖެނަމަ،   އެ ކަމަކާމެދު ގޮތެއް ނިންމުމަށްޓަކައި އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރު ވޯޓު ދޭންވާނެއެވެ.

(ކ) ބޯޑުގެ ހާާއްސަ ބައްދަލުވުމެއް އެމަޖެންސީކޮށް ބާއްވަން ޖެހިއްޖެނަމަ ބޭއްވޭނީ، މިނިސްޓަރުގެ އެދުމަކަށް ނުވަތަ ޗެއަރޕަރސަން ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ ބޯޑުގެ 3 (ތިނެއް) މެންބަރުން އެފަދަ ބައްދަލުވުމެއް ބޭއްވުމަށް ސަބަބު ބަޔާންކޮށް ޗެއަރޕަރސަނަށް ހުށަހެޅުމުންނެވެ.

(އ) އެމަޖެންސީކޮށް ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާ އެންގުން، ބައްދަލުވުން ބާއްވާ ތަނަކާއި، ދުވަހާއި ވަގުތު އެނގޭނޭހެން 1 (އެކެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ސެކްރެޓޭރިއަޓުން އަންގަންވާނެއެވެ

(ވ) ބައްދަލުވުމުގެ އެޖެންޑާއާއި، ގުޅުންހުރި ލިޔެކިޔުން ތައްޔާރުކުރުމާއި އެޖެންޑާ އާންމު ކުރުމަކީ، ޗެއަރޕަރސަންގެ އިރުށާދުގެ ދަށުން، ސެކްރެޓަރީގެ ޒިންމާއެކެވެ.

(މ) ކޮންމެ މެންބަރަކަށްވެސް، އެޖެންޑާގައި ހިމަނަން ބޭނުންވާ އައިޓަމެއް، ޗެއަރޕަރސަނަށް ހުށަހެޅިދާނެއެވެ.

(ފ) އެޖެންޑާއާއި، ގުޅުންހުރި އެންމެހައި ލިޔެކިޔުމެއް، ކޮމިޓީ ބައްދަލުވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ހިއްސާކުރަންވާނެއެވެ. ތާވަލުކުރެވޭ ކަރުދާހެއް ހިމެނުމަށް ނިންމާނީ ޗެއަރޕަރސަނެވެ.

 

11 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން

(ހ) ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މިނިސްޓްރީން  ކަނޑައަޅާ ފަރާތެކެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ބައްދަލުވުންތަކުގައި ވޯޓުދިނުމުގެ ހައްގުު ލިބިގެނެއް ނުވެއެވެ.

(ށ) ބޯޑުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ސެކްރެޓޭރިއަޓުން ގަވާއިދުން ލިޔަންވާނެއެވެ. އަދި ބައްދަލުވުން ނިމޭތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔައުމިއްޔާ ނުވަތަ ނިންމާ ނިންމުންތަކުގެ ހާުލާސާާގެ ދެލިކޮޕީ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ބޯޑު ހިންގުމާއި، ބޯޑުގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުން

(ހ) ބޯޑު ހިންގަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) ބޯޑުގެ ހިންގާ ގަވާއިދަށް ބަދަލު ގެނެވޭނީ ބޯޑުގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ބޯޑުގެ މެންބަރުންގެ އަޣްލަބިއްޔަތުން މި ގަވާއިދު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއާުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އެހެން ފަރާތަކަށް ހަވާލުކޮށްފިނަމަ އެ ފަރާތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަން އެ ވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށެވެ.
 

މައި ގާނޫނު/ގަވާއިދު 

ނެތް

 

އުވާލެވުނު ގަވާއިދު

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 7/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު