އިންތހާާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-53)
ގަވާއިދު ނަންބަރު 2020-48 (އިންތިހާާބުތަކާބެހޭ އާންމު ގަވާއިދު) އަށް އަންނަނިވި އިސަްލާހުުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ ފަހަތަށް އަންނަނިވިގޮތަށް 2 (ދޭއް) އަކުރު އިތުރުކުރުން. (ނޯޓް: 2 އަކުރުގެ ބަދަލުގައި 5 އަކުރު އިތުރުކުރެވިފައިވޭ)
އިންތިހާާބާ ގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން 53.
(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށް، ސޮއިކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ. މާލީ ބަޔާން ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމެޓާ އެއްގޮތަށެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ހުށަހަޅާ މާލީ ބަޔާންތައް އޮޑިޓްކުރުމުގައި އާންމުކޮށް ބަލާ ކަންކަންމުގެ އިތުރުން، އެ ކެންޑިޑޭޓަކު އިންތިހާާބުގައި މާލީ ކަންކަން ބަލަހައްޓައި، ފައިސާ ހޯދައި، ފައިސާ ހަރަދުކޮށްފައިވަނީ އިންތިހާާބުތަކާ ގުޅުންހުރި ގާނޫނުތަކާ އެއްގޮތަށްކަން، މާލީ ބަޔާން އޮޑިޓްކުރާ އޮޑިޓަރު ބަލަންވާނެއެވެ. އެގޮތުން، އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރަންވާނެއެވެ.
- ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅޭ ގޮތުން ލިބޭ އެހީގެ ފައިސާ ޖަމާކުރުމަށް ވަކި ހާާއްސަަ އެކައުންޓެއް، ކެންޑިޑޭޓުގެ ނަމުގައި ހުޅުވައިފައިވުން.
- ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 68 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކެންޑިޑޭޓަކަށް ލިބޭ މާލީ އެހީ ބަލައިގަނެފައިވަނީ ހަމައެކަނި އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާާބީ އޭޖެންޓްކަމުގައި ވުން.
- ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކެންޑިޑޭޓަކު ކުރާ އެންމެހައި ހަރަދުތަކަށް ފައިސާ ދައްކައިފައިވަނީ ނުވަތަ އަގު ދައްކައިކައިފައިވަނީ ނުވަތަ ހަރަދުކޮށްފައިވަނީ އެ ކެންޑިޑޭޓު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާާބީ އޭޖެންޓް ކަމުގައި ވުން.
- ގާނޫނު ނަންބަރު 11/2008 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިހާާބާ ގުޅިގެން ކުރާ ހަރަދުތަކުގެ އެންމެ މަތީ އަދަދަކީ، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ އިންތިހާާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހުއްގުު ލިބިގެންވާ ކޮންމެ މީހަކަށް 2,000 (ދެހާސް) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރު ނުވާނެ އަދަދަކަށް ވުން.
- ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އަމިއްލަ ފަރުދަކު ދޭ އެހީގެ އެންމެ މަތީ އަދަދަކީ، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ އިންތިހާާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހުއްގުު ލިބިގެންވާ ކޮންމެ މީހަކަށް 2,000 (ދެހާސް) ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނޫން އަދަދަކަށް ވުން. އަދި ގާނޫނީ ށަހްސަުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ އިންތިހާާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހުއްގުު ލިބިގެންވާ ކޮންމެ މީހަކަށް 2,000 (ދެހާސް) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދުގެ %2 (ދޭއް އިންސައްތަ) އަށްވުރެ އިތުރުނޫން އަދަދަކަށް ވުން.
- ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ބަޔާނުގައި ހިމަނަންޖެހޭ އަންނަނިވި ކަންކަން ހިމަނައިފައިވުން.
6.1 ފައިސާއާއި މުދާ ހިމެނޭގޮތަށް، އިންތިހާާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު؛
6.2 އިންތިހާާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފުސީލު؛
6.3 އިންތިހާާބަށް ހަރަދުކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފުސީލު؛
6.4 އިންތިހާާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި އެ ފަރާތްތަކުން ދިން މިންވަރުގެ ތަފުސީލު؛
6.5 ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓް. - ގާނޫނު ނަންބަރު 2008-11 (އިންތިހާާބުތަކާބެހޭ އާާންމު ގާނޫނު) ގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސަައްހު މައުލޫމާތާއި ތަކެތިކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާ ގުޅޭ ފައިސާގެ ރަސީދާއި، އިންވޮއިސްއާއި، ބިލާއި، މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅައިފައިވުން.
(ބ) ކެންޑިޑޭޓުންގެ މާލީ ބަޔާން އޮޑިޓްކުރުމުގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށާއި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގައިޑްލައިނަށް ރިއާާޔަތްކޮށްފައިނުވާ އޮޑިޓަރުންނާމެދު ފިޔަވަޅުއަޅައިދިނުމަށް އެދި ކަމާބެހޭ އިދާރާއަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ޅ) އިންތިހާާބާ ގުޅިގެން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ މާލީ ބަޔާންތައް ޗެކްކުރުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ، އިންތިހާާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ބަލައިގަތުމާއި ޗެކްކުރުމުގައި އަމަލުކުރާނެ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއަށެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން މާލީ ބަޔާންތައް ޗެކްކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމެޓަށް ރިޕޯޓެއް ތައްޔާރުކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓާއެކު، ޖަދުވަލު 4 ގައިވާ ޗެކްލިސްޓު ވެސް ފުރހާަމަ ކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ފަހަތަށް އަންނަނިވިގޮތަށް 5 (ފަހެއް) ޖަދުވަލު އިތުރުކުރުން.
މި ގަވާއިދުގެ ޖަދުވަލުތަކާއި ފޯމްތައް އެޓޭޗްކުރެވިފައިވާ ފައިލުގައި
ޖަދުވަލު 1
( ކެންޑިޑޭޓުގެ މާލީ ބަޔާން)
ޖަދުވަލު 2
(ރިޔާސ އިންތިޚާބު / ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އޮޑިޓްކުރުމުގައި އޮޑިޓަރު ސަމާލުކަންދޭންޖެހޭ ކަންކަން)
ޖަދުވަލު 3
(ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމާއި ޗެކްކުރުން)
ޖަދުވަލު 4
(ރިޔާސ އިންތިޚާބު އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމާއި ޗެކްކުރުން)
ޖަދުވަލު 5
(އިންތިޚާބުގެ ނަން) މާލީ ބަޔާން ތަކާ ގުޅޭ ހުލާސާ ރިޕޯޓު
މައި ގަވާއިދު
އިންތހާާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)
މައި ގަވާއިދު
އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)
ކޮންސޮލިޑޭޓެޑް ގަވާއިދު
އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-48)
ކިޔުންތެރިންގެ ހިޔާލު