-

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-54)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 ޖުލައި 2020 ގައި)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 4 މާއްދާ އިތުރުކުރުން.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ލުއިދިނުމުގެ ބާރު 33.1.

ދިވެހިރާއްޖޭގައި އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިއުލާނު ކުރާ ދުވަހުން ފެށިގެން، އެ ހާލަތު ނިމުނުކަމަށް އިއުލާނުކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މި މާއްދާގައިވާ ހާލަތު ހިނގަމުންދާ މުއްދަތުގައި އަލަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، މި ގަވާއިދުގެ 33-2 ވަނަ މާއްދާގެ ދަށުން ލުއިދިނުން؛

(ށ) ހުއްދަ އައުކުރުމަށް އެދޭ ފަރާތްތަކަށް، ތިރީގައިވާ ގޮތްތަކުން ކުރެ ކޮންމެވެސް އެއްގޮތަކަށް ލުއިދޭން ކަނޑައެޅުން؛

  1. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ލުއިދޭ މުއްދަތު ކަނޑައަޅައި، މި ގަވާއިދުގެ 33-2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލުއި ދިނުން؛ ނުވަތަ
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ފަހަރަކު 4 (ހަތަރު) މަސްދުވަހަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށްދިނުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1.  ރެއިން ހުއ މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ފަރާތްތަކަށް؛ ނުވަތަ
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވިއިރު ހުއްދައަށް އެދި ހުށަހަޅައި، އެ ހުށަހެޅުން ބާޠިލުކޮށްފައިނުވާ ފަރާތްތަކުގެ ތެްދަ އައުކުރަން އެދޭ ފަރާތްތަކަށް.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން ޗެކަރުންނަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތުގެ ތެރޭގައި މި ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތަށް ޗެކަރ ހުއްދަ އައުކުރި ކަމުގައި ވިޔަސް، މި މާއްދާގެ (ނ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރެޖިސްޓްރޭޝަން ބާޠިލެއް ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، މި މާއްދާގެ (ނ) ގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ޗެކަރ ޗެކްކޮށް ސެޓިފައިކުރާ ކުރެހުންތަކާއި ލިޔެކިއުންތައް ޞައްހަ ހުށަހެޅުމެއްގެ ގޮތުގައި އިދާރާތަކުން ބަލައިގަންނަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅިގެން ދޫކުރާ ހުއްދައިގެ މުއްދަތު 4 (ހަތަރު) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާގޮތަށް ކަނޑައެޅިދާނެއެވެ. އަދި ހުއްދައިގެ މުއްދަތު ހަމަވާއިރު ކުއްލި ނުރައްކަލުގެ ހާލަތުން މިންޖުނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އެ ފަރާތްތަކަށް ހުއްދަ އައުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

 

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ލުއި ދެވިދާނެ ކަންކަން 33.2.

ދިވެހިރާއްޖޭގައި އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިއުލާނު ކުރާ ދުވަހުން ފެށިގެން، އެ ހާލަތު ނިމުނުކަމަށް އިއުލާނުކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އަންނަނިވި ކަންކަމަށް ތިރީގައި ބަޔާންކޮށްފައިވާ ލުއިތައް ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން އެހެން އިދާރާއަކުން ދޫކުރާ ލިޔުމެއްގެ ބާވަތަށް ނުވަތަ ނަމަށް އަންނަ ބަދަލަކާ ގުޅިގެން ބަދަލުގައި ދޫކުރާ ލިޔުން ބަލައިގަތުން؛

(ށ) އެހެން ތަންތަނުން ޞައްހަކަން ކަށަވަރުކުރަންޖެހޭ ލިޔެކިޔުން ޞައްހަކަން ކަށަވަރުނުކޮށް ހުއްދަ ދޫކުރުން؛

(ނ) ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީއެއް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކަންޖެހޭ މުއްދަތަށް ބަދަލު ގެނައުން.

 

ކުއްލި ނުރައްކަލުގެ ހާލަތުގައި ދޭ ލުއިގެ މައުލޫމާތު އާންމުކޮށް އަންގައި އިއުލާނުކުރުން 33.3.

މި ގަވާއިދުގެ 1-33 ވަނަ މާއްދާއާއި 2-33 ވަނަ މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅޭ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު، ލުއިދޭ މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި ގަވާއިދުގެ 1-33 ވަނަ މާއްދާއާއި 33.2 ވަނަ މާއްދާގެ ދަށުން ދޭ ލުއި ދިނުމާ ގުޅިގެން ރަޖިސްޓަރީ ކުރުމަށްފަހު އަމަލުކުރަންވީ ގޮތް 33.4.

(ހ) މި ގަވާއިދުގެ 2-33 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަދަލުގައި ދޫކުރާ ލިޔުމެއް ބަލައިގަނެ ރަޖިސްޓަރީކޮށްފައިވާ ހިނދެއްގައި، އެ ލިޔުމަކީ ވަކި މުއްދަތެއްގެ ފަހުން ބަދަލުކުރަންޖެހޭ ލިޔުމެއް ނަމަ، އެ ލިޔުން ބަދަލުކުރުމަށްފަހު މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 2-33 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިޔެކިޔުމުގެ ޞައްހަކަން ކަށަވަރުނުކޮށް މިނިސްޓްރީން ރަޖިސްޓަރީކޮށްފައިވާނަމަ، އެ މާއްދާގައި ބަޔާންކުރާ ހާލަތު ނިމުމަކަށް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިޔެކިޔުމުގެ ޞައްހަކަން ކަށަވަރުކުރުމަށްޓަކައި ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅިގެން ދޫކުރެވޭ ރެޖިސްޓްރޭޝަން ހަދައިދެވުނީ އޭރު ދިން އިސްތިސްނާތަކުގެ ދަށުށް ކަމަށް ވެފައި، ހާލަތު ނިމި ލިޔެކިޔުމުގެ ޞައްހަކަން ދެނެގަނެވި ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުމެއް އަލުން ހުށަހެޅުމަށް ދެވޭ ފުރުޞަތުގައި އެކަން ކޮށްފައި ނުވާނަމަ، އެ ހުށަހެޅުމެއް ނުވަތަ ރެޖިސްޓްރޭޝަން ބާޠިލު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރިއިރު ހުށަހަޅައިފައިވާ ލިޔެކިއުމެއް ޞައްހަ ނޫން ނަމަ، މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު