-

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2014) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 73/2020)

 

މިއީ، ގަވާއިދު ނަންބަރު 22/2014 (އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ރ) އިތުރުކުރުން.

14. (ރ)

މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި އެހެން ބުނެފައިވީ ނަމަވެސް، އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ތާރީހު ކަމުގައިވާ 12 މާރިޗު 2020 އިން ފެށިގެން އެ ހާލަތު އުވައިލާ ފަހުން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް، އަސާސީ ޕެންށަން ހައްގުވާ އުމުރު ފުރޭ ފަރާތްތަކުގެ ތެރެއިން އަސާސީ ޕެންށަން ލިބުމަށް އެދި ފޯމު ހުށަހެޅިފައި ނުވާ ފަރާތަކުން، އެ ހާލަތު އުވައިލާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އަސާސީ ޕެންށަން ހައްޤުވާ އުމުރު ފުރުނު މަހުން ފެށިގެން އަސާސީ ޕެންށަނުގެ ފައިސާ ޖަމާކުރެވޭނެއެވެ. 12 މާރިޗު 2020 ގައި އިއުލާނު ކުރި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން، މި މާއްދާގެ ދަށުން ށަރުތު ހަމަވާ މުއްދަތުތައް ބަޔާންކޮށް ޕެންށަން އޮފީހުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު