މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1058)
(މި ގަވާޢިދަށް އަމަލުކުރަން ފެށީ 23 ސެޕްޓެމްބަރު 2019 ގައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-04 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ފަރާތުން ހަދައިފައިވާ، ކޮމިށަނުގެ ހިންގާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ:
(ހ) ކޮމިށަނުގެ މަސައްކަތް ހިންގާނެ ގޮތް ބަޔާންކުރުން.ކޮމިށަނުގެ މަސައްކަތް ތަރުތީބު ކުރުމާއި، ކޮމިށަނުގެ ބައްދަލުވުންތައް ހިންގާނެ ގޮތް ބަޔާންކުރުން.
(ށ) ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން.
(ނ) ގަވާއިދުގެ ދާއިރާ 3 .މި ގަވާއިދު ހިނގާނީ ކޮމިށަނު ގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށެވެ.
4 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން
މިގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. މި ގޮތުން ބަދަލެއް ގެނެވޭނީ، ކޮމިށަނުގެ ބައްދަލުވުމަކުން ފާސްކޮށް، ކޮމިށަނުންނެވެ. މި ގަވާއިދަށް ގެނެވޭ ބަދަލަކަށް އަމަލު ކުރެވޭނީ، އެ ބަދަލެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމަށްފަހުއެވެ.
5 ވަނަ މާއްދާ - ލަފުޒުތަކުގެ މާނަ
(ހ) "ކޮމިށަން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ ގަރާރު ނަންބަރު 2018-13 (17 ނޮވެންބަރު 2018) އާއި، ގަރާރު ނަންބަރު 2019-01 (22 ޖަނަވަރީ 2019) ގައި ބަޔާންކޮށްފައިވާ ރިޔާސީ ކޮމިށަން ކަމުގައިވާ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަން" އަށެވެ.
(ށ) "ކޮމިށަނުގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ 5 (ފަހެއް) މެންބަރުންނަށެވެ.
(ނ) "އިދާރާގެ އެންމެ އިސް މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ އިދާރީ މަސައްކަތްކުރުމަށް އިސްކުރާ އެންމެ އިސް މުވައްޒަފަށެވެ.
(ރ) "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ ފަންނީ މަސައްކަތްތަކާއި އިދާރީ މަސައްކަތް ކުރުމަށް އައްޔަން ކުރާ އެންމެހައި މުވައްޒަފުންނަށެވެ.
ކޮމިށަނު ގެ މަސްއޫލިއްޔަތާއި ބާރުތައް
6 ވަނަ މާއްދާ - ކޮމިށަން އުފެއްދުން
މި ކޮމިށަނަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައި ފައިވާ ގަރާރު ނަންބަރު 2018-13 (17 ނޮވެންބަރު 2018) އިން އުފައްދައިފައިވާ ކޮމިށަނެކެވެ.
7 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތު
ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައި ފައިވާ ނަންބަރު 2018-13 (17 ނޮވެންބަރު 2018) ގަރާރުގެ ދަށުން ކޮމިށަނުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގައިފައިވާ، މަރައިލައިފައިވާ މީހުންނާއި، ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ތަހުގީގުކުރުމެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް
ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި، ކޮމިށަނުގެ މަގްސަ ދުތައް ހާސިލު ކުރުމަށް ޓަކައި ކޮމިށަނަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.
(ހ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުތައް ބޭނުންކުރުން.
(ށ) ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދައުލަތުގެ އެހެން މުއައްސަސާތަކުން ކޮމިށަނަށް ބޭނުންވާ އެހީތެރިކަން ހޯދުން.
(ނ) ކޮމިށަނުގެ ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކުރުން.
(ރ) ކޮމިށަނަށް ހާޒިރުވާން ކޮމިށަނުން ނުވަތަ ކޮމިށަނުގެ ކޮމިޓީއަކުން އަންގާ މީހަކު ކޮމިށަނަށް ނުވަތަ ކޮމިށަނުގެ ކޮމިޓީއަކަށް ހާޒިރު ނުވެއްޖެ ނަމަ، އެ މީހަކު ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުން.
(ބ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފެހެއްޓުން.
(ޅ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު، ހައްޔަރުކުރަންޖެހޭ ކަމަށް ކޮމިށަނަށް ފެންނަ ނަމަ، އެ ފަދަ މީހުން ، ޖިނާއީ އިޖުރާއަތުގެ ގާނޫނުތަކާ އެއްގޮތަށް ހައްޔަރު ކުރުން.
(ކ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ އެކައުންޓުތައް މެދުވެރިކޮށް ހިންގައިފައިވާ މާލީ މުއާމަލާތުތަކުގެ މައުލޫމާތު ހޯދުން.
(އ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ އެކައުންޓުތައް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 73 ވަނަ މާއްދާއާ އެއްގޮތަށް ހިފެހެއްޓުން.
(ވ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުން.
ކޮމިށަނުގެ މެންބަރުންގެ ވަކިވަކި މަސްއޫލިއްޔަތު
9 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނޭ އެންމެހައި ކަންކަން ކުރުން.
(ށ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުގެ ބައްދަލުވުމަ ށް ހާޒިރުވުން.
(ނ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުން ކަނޑައަޅާ މަސްއޫލިއްޔަތު އަދާކުރުން.
(ރ) ކޮމިށަނުން ކުރާ ތަހުގީގުތަކުގެ މައްސަލަތައް ހިންގުމާއި، އެ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ބ) ކޮމިށަނުން ކުރާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން، ކޮމިށަނުން ސިއްރުނޫން މައުލޫމާތުގެ ގޮތުގައި ކަނޑައޅައިފައިވާ މައުލޫމާތު ފިޔަވައި، އެހެން ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުން.
(ކ) މަގްބޫލު އުޒުރެއް މެދުވެރިވެގެން ނޫނީ، ބަންދު ނޫން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވުން.
10 ވަނަ މާއްދާ - (ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)
ކޮމިށަނުގެ މެންބަރުންނަކީ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވީހިނދު، އެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ފުށުއަރާފާނެ، ނުވަތަ އަސަރުކޮށްފާނެ، އިތުރު އެއްވެސް މަސައްކަތެއް މެންބަރަކު ކޮށްގެން ނުވާނެއެވެ.
ކޮމިށަނުގެ ރައީސް ގެ މަސްއޫލިއްޔަތު
11 ވަނަ މާއްދާ - ރައީސްގެ މަސްއޫލިއްޔަތު
ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ކޮމިށަނުގެ އެންމެ އިސްވެރިޔެއްގެ ގޮތުން ކޮމިށަން ހިންގުން.
(ށ) ކޮމިށަނުގެ ބައްދަލުވުން ތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ނ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ހަރުދަނާގޮތެއްގައި އަދާކުރަމުންދާކަން ކަށަވަރުކުރުން.
(ރ) ކޮމިށަނާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުން.
ކޮމިށަނުގެ ބައްދަލުވުން ތައް
12 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުންތައް
ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. ކޮމިށަނުގެ ބައްދަލުވުމުގައި ކޮމިށަނުގެ ރައީސް ހާޒިރުވެ ނެތް ނަމަ، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، އެ ބައްދަލުވުމަށް ހާޒިރުވެ ތިބި ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.
(ށ) ކޮޮމިށަނުގެ ބައްދަލުވުން ބާއްވާ ދުވަހާއި ގަޑި ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ ރައީސް ނެތް ހާލަތެއްގައި ކޮމިށަނުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ އެކަމަށް ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުން، މަދުވެގެން ހަފުތާއަކު 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.
13 ވަނަ މާއްދާ - ބައްދަލުވުންތަކުގައި ބަހުސްކުރާ ކަންކަން
ކޮމިށަނުގެ ބައްދަލުވުންތަކުގައި ބަހުސްކޮށް ގޮތް ކަނޑައަޅާނީ އަންނަނިވި ކަންކަމުގައެވެ.
(ހ) މިށަނުން ތަހުގީގުކުރަމުންދާ މައްސަލަތަކުގެ ތެރެއިން ކޮމިށަނުގެ ލަފާ ބޭނުންވާ ކަންކަމުގައި.
(ށ) ކޮމިށަނުގެ ރަސްމީ ބައްދަލުވުމެއްގައި ކަމަކާބެހޭ ގޮތުން މަށްވަރާ ކުރުމަށް ކޮމިށަނުގެ މެންބަރަކު އެދިއްޖެ ނަމަ، އެ ކަމެއްގައި މަށްވަރާކޮށްގެން ގޮތެއް ނިންމުން.
14 ވަނަ މާއްދާ - ބައްދަލުވުމުގެ އެޖެންޑާ
ކޮމިށަނުގެ ކޮންމެ ބައްދަލުވުމަކަށް ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ.
15 ވަނަ މާއްދާ - ކޯރަމާއި ކަންކަން ފާސްވުން
ކޮޮމިށަނުގެ ބައްދަލުވުމެއް ބެއްވޭނީ ކޮމިށަނުގެ 2/1 (ދެބައިކުޅަ އެއްބައި) އަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. ކޮމިށަނުގެ އެއްވެސް ކަމެއް ނިންމޭނީ ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތު އެކަމަށް ލިބިގެންނެވެ.
16 ވަނަ މާއްދާ - ކޯރަމާއި ކަންކަން ފާސްވުން
ކޮޮމިށަނުގެ ބައްދަލުވުމަށް ކޮމިށަނުގެ އެއްވެސް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ކޮމިށަނުގެ ރައީސަށް އެކަން އަންގަން ވާނެއެވެ.
17 ވަނަ މާއްދާ - ބައްދަލުވުންތައް ބޭއްވުން
ކޮމިށަނުގެ ބައްދަލުވުންތައް ބޭއްވުމުގައި، އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ހުޅުވައިލެވިފައިވާ މާހައުލެއްގައި މަށްވަރާތައް ކުރިއަށް ގެންދިޔުމަށް ބާރު އަޅަންވާނެއެވެ. އަދި ހުރިހާ މެންބަރުންގެ ހިޔާލަށް ވެސް އެކަށީގެންވާ ފުރުސަތު ދިނުމާއި، މަށްވަރާ ކުރެވޭ މައްސަލައަށް އަމާޒުކޮށްގެން ބަހުސް ކުރިއަށް ގެންދިޔުމާއި، ހުރިހާ ފަރާތްތަކަށް ވެސް ގަދަރުކުރެވޭ ގޮތެއްގައި ހިޔާލު ފާޅުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
(ށ) މިށަނުގެ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ، މެންބަރުން ފުރުސަތަށް އެދޭ ތަރުތީބުންނެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުންތަކުގައި، މޯބައިލް ފޯނު ބޭނުން ކުރުން ފަދަ، ބައްދަލުވުމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ކަންކަމުން އެއްކިބާވާން ވާނެއެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިމުނުގޮތް ރިޔާސަތުން އިއްވަންވާނެއެވެ.
(ބ) ކޮޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިށަނުގެ އިއްތިފާގުން ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތެއްގައި، މައްސަލަތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
(ޅ) ކޮޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް ހުރިހާ މެންބަރުންވެސް ފުރިހަމައަށް އިހުތިރާމު ކުރަންވާނެއެވެ. އަދި ނިންމުމެއް ނިންމައިފައިވަނީ އަޣްލަބިއްޔަތުން ކަމުގައި ވީނަމަވެސް، ކޮމިށަނުން ވަކި ގޮތަކަށް ކަމެއް ނިންމުމުން، އެ ނިންމުމަށްހުރިހާ މެންބަރުންގެ އެއްބާރުލުން ދޭންވާނެއެވެ.
(ކ) ކޮމިށަނުގެ ބައްދަލުވުމެއްގައި މަށްވަރާކުރެވޭ ނުވަތަ ގޮތެއް ނިންމޭ މައްސަލައަކީ، ކޮމިށަނުގެ މެންބަރެއްގެ މަ ސްލަހަތެއް އޮތް ކަމެއް ނަމަ، އެ މައްސަލައެއްގެ ބަހުސްގައި އަދި އެ މައްސަލައާ މެދު ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.
18 ވަނަ މާއްދާ - ބައްދަލުވުމުގެ ސިއްރު ހިފެހެއްޓުން
މިށަނުން ނިންމާ ގޮތެއްގެ މަތިން މެނުވީ ކޮމިށަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.
19 ވަނަ މާއްދާ - ބައްދަލުވުމުގެ ޔައުމިއްޔާ
ކޮމިށަނުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ. ކޮމިށަނުގެ ނިމިދިޔަ ބައްދަލުވުމުގެ ޔައުމިއްޔާ، ޖެހިގެން އަންނަ ބައްދަލުވުމެއްގައި ފާސްކުރަން ވާނެއެވެ.
މެންބަރުންގެ ސުލޫކު
20 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބޭނުން ކުރުމުގައްޔާއި، ކޮމިށަނުގެ މެންބަރުން، މެން ބަރުކަމުގެ މުއްދަތުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި ގޮތަށް އަމަލު ކުރަންވާނެއެވެ.
(ހ) ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް މަސައްކަތް ކުރުމާއި ކަންކަން ނިންމުން.
(ށ) މެެންބަރަކު ކުރާ ކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ
ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން އެ މެންބަރެއްގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިށަނުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން.
(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް، ނުވަތަ އެހެން މީހަކަށް އެ މަންފާ ހޯދައިދިނުމަށް ބޭނުން ނުކުރުން.
(ރ) މަގާމުގެ ހައިސިއްޔަތުން މެން ބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަ ކަށް އެ މައުލޫމާތު ހާމަނުކުރުން.
(ބ) ކޮމިށަނުގެ ކޮންމެ މެން ބަރަކު ވެސް، ހުރިހާ ވަގުތެއްގައި އެ މީހެއްގެ އަހުލާގާއި އަބުރުގެ ރައްކައުތެރިކަން ދެމެހެއްޓުން.
(ޅ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބާރުތައް ބޭނުން ކުރުމުގައި، އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
(ކ) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު މަސައްކަތް ކުރުން.
އިދާރީ ހިންގުމާއި މުވައްޒަފުން
21 ވަނަ މާއްދާ - އިދާރީ މުވައްޒަފުން
ކޮޮމިށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މިގޮތުން ހަމަޖައްސާ މުވައްޒަފުންގެ ތެރޭގައި އިދާރާގެ އެންމެ އިސް މުވައްޒަފު ވެސް ހިމެނެއެވެ.
22 ވަނަ މާއްދާ - އިދާރީ އެންމެ އިސް މުވައްޒަފު
ކޮޮމިށަނުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ، ކޮމިށަނުގެ އިދާރީ މަސައްކަތްތައް ކޮމިށަނުގެ ލަފާގެ މަތިން ކޮށް، ކޮމިށަނުގެ ހިންގުމާއި ކޮމިށަނުގެ މާލީ އެންމެހައި ކަންކަމަށް ޒި ންމާ އުފުލާ ފަރާތެވެ.
23 ވަނަ މާއްދާ - މުވައްޒަފުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑު
ކޮމިށަނުގެ އިދާރީ އެންމެހައި މުވައްޒަފުން ވެސް މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.
އެހެނިހެން ކަންތައްތައް
24 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން
މިި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ކޮމިށަނުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު