-

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 63/2018)

 

1 ވަނަ މާއްދާ - ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

5(ހ). މި ގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީގެ ފަރާތުން ތަންފީޒީ އިދާރާއިންނެވެ.

(ށ) ރަށު ފެންވަރުގައި ގަވާއިދު ތަންފީޒުކުރުމަށްޓަކައި، ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ޒިންމާ ހަވާލުކުރުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާ ގެ (ށ) ގެ ފެށޭ އިބާރާތާއި، އެ އަކުރުގެ 11 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

11(ށ). އަންނަނިވި ތަންތަނަށް ކުނި އަޅައިގެން ނުވާނެއެވެ. އަދި އެފަދަ ތަނަކަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މި ގަވާއިދުގެ ދަށުން ކުށެކެވެ.

(ށ) 11 .މަގުމަތި އަދި މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނި އުކުމަށް ރަޖިސްޓަރީނުކުރާ އުޅަނދުފަހަރު.

 

3 ވަނަ މާއްދާ - ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ 1 އަންނަނިވި ގޮތަށް އިސްލާހުކުރުން.

12(ހ)1.

އެ ސަރަހައްދެއްގައި އުޅޭ ބަޔަކު ކުނިއެޅުމަށްޓަކައި، އެ ސަރަހައްދެއްގައި އުޅޭ ބަޔަކަށް ފަސޭހަވާނެ ހިސާބެއްގައި ކުނިއެޅުމަށް ހާއްސަކޮށްފައިވާ އެކަށީގެންވާ ސައިޒެއްގެ އެއްޗެއް ބަހައްޓަންވާނެއެވެ. އަދި އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތްތަކުގެ ކުންޏާއި، އެ ނޫން ބާވަތްތަކުގެ ކުނި އަޅަން ހާއްސަކޮށްފައިވާ ކުނިއަޅާ އެއްޗަކީ ކޮބައިކަން އެނގޭގޮތަށް ކުނި އަޅަން ބަހައްޓާފައި ހުންނަ އެއްޗެހި ލޭބަލްކޮށްފައި ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

13(ހ). ކަނޑުގައި ދުއްވާ އުޅަނދުގައި އެ އުޅަނދެއްގައި އުފެދޭ ކުނި އަޅާނެ އެކަށިގެންވާ އެއްޗެއް ފަސިންޖަރުންނަށް ފަސޭހައިން ބޭނުންކުރެވޭ ފަދަ ތަނެއްގައި ބަހައްޓާ ަފއި ހުންނަންވާނެއެވެ.

(ނ) އުޅަނދެއް ބަނދަރުކޮށްފިނަމަ، އެ އުޅަނދަކާ ހަވާލުވެ ހު ިރ ފަރާތް ނުވަތަ އެ އުޅަނދުގެ ކެޔޮޅު ނުވަތަ ނެވި ނުވަތަ ކައްޕިތާނު، މި ގަވާއިދުގެ ދަށުން ކުނި އެޅުމަށް ހުއްދަ ދީފައިވާ ތަނަކަށް އެ އުޅަނދެއްގައި ހުރި ކުނި ގެންދަންވާނެއެވެ.

 

5 ވަނަ މާއްދާ - ގަވާއިދުގެ 25 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

25(ށ). މީހުން ދިރިއުޅޭ ރަށްރަށުގައްޔާއި، ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން އެ ރަށަކުން ކޮންމެހެން ބޭރުކުރަންޖެހޭ ކުނި ގެންދަންވާނީ އެ ސަރަހައްދެއްގައި ކުނި މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ސަރަހައްދީ ވަސީލަތަކަށެވެ. އަދި އެ ރަށެއް ހިމެނޭ ސަރަހައްދުގައި ސަރަހައްދީ ވަސީލަތެއް ގާއިމުވެފައި ނެތްނަމަ، އެފަދަ ރަށްރަށުގައި އުފެދޭ ކުނި ގެންދަންވާނީ އެ ރަށަކާ އެންމެ ކައިރީގައިވާ ސަރަހައްދެއްގައި ކުނި މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ސަރަހައްދީ 
ވަސީލަތަކަށެވެ.

 

6 ވަނަ މާއްދާ - ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

27(ށ) 1.

މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށު ްނ ތަންފީޒީ އިދާރާއިން އެކުލަވައިލާފައިވާ މިންގަނޑުތަކާއި ނުވަތަ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާއަކީ ހިލާފުވާނަމަ، އެކަމެއް އިސްލާހުކުރުމަށްފަހު އަލުން ހުއްދައަށް އެދި ހުށަހެޅުމަށް އެންގުން.

 

7 ވަނަ މާއްދާ - ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ ދަށުން ނެގޭ ޖޫރިމަނާތަކާއި، އިދާރީ އެހެނިހެން ފިޔަވަ ުޅތަކާބެހޭ މައުލޫމާތުގެ ރެކޯޑުތައް ތަންފީޒީ އިދާރާއިން ބަލަހައްޓަންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ނެގޭ ޖޫރިމަނާތަކުގެ މައުލޫމާތުގެ ރެކޯޑުތައް ދައުލަތުގެ ޓެކުހާބެހޭ އިދާރާއިން ބަލަހައްޓަންވާނެއެވެ. 

 

8 ވަނަ މާއްދާ - ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

34(ށ) 1.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ 1 ،2 ،3 ،4 ،5 ،6 ،7، އަދި 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނަކަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމާއި އުކުން.

 

9 ވަނަ މާއްދާ - ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

34(ށ) 2.

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ 9 ،10 ،އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްވެސް ތާކަށް ކުނި އެޅުމާއި އުކުން.

(ށ) އިޖްތިމާއީ އެކި ކަންކަމުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކުގައި، ކުނި އެޅުމަށް ކަނޑައަޅާފައި ހުންނަ އެއްޗެހި ފިޔަވައި އެހެން އެއްޗަކަށް ނުވަތަ ތަނަކަށް ކުނި އުކުމާއި އެޅުން.

 

10 ވަނަ މާއްދާ - ގަވާއިދުގެ 34 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކޮށް، މި މާއްދާއަށް (ބ) އާއި (ޅ) އިތުރު ކުރުން.

34(ނ). މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކަނޑައަޅާނީ ތަންފީޒީ އިދާރާއިންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް ނުދައްކައި އޮވެއްޖެނަމަ، އެ ފައިސާއެއް ދުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ހަވާލާކުރާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މި ގަވާއިދުގެ ދަށުން އަޅާ އެންމެހައި ފިޔަވަ ުޅތަކާބެހޭ މައުޫލމާތުގެ ރެކޯޑުތައް ތަންފީޒީ އިދާރާއިން ބަލަހައްޓަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ ދައްކަންވާނީ ތަންފީޒި އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ތަނަކަށެވެ.

(ޅ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ އިހްތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގެ 37 ވަނަ މާއްދާގައިވާ ލަފުޒުތަކުގެ ތެރެއަށް 'ޓެކުހާބެހޭ އިދާރާ' މި ލަފުޒާއި މި ލަފުޒުގެ މާނަ އިތުރުކުރުން.

37 .ޓެކުހާބެހޭ އިދާރާ: ޓެކުހާބެހޭ އިދާރާ ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ިއންލެންޑް ރެވެނިއު އޮތޯރިޓީ ނުވަތަ އެއިރެއްގައި ދައުލަތަށް ނަގާ އެންމެހައި ޓެކްސްތައް ނެގުމާބެހޭ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ވުޒާރާއަށެވެ. 

 

12 ވަނަ މާއްދާ - ގަވާއިދުގެ 37 ވަނަ މާއްދާގައިވާ 'ކުނި އެޅުން' މި ލަފުޒުގެ މާނަ އިސްލާހުކޮށް، މި ލަފުޒުގެ ފަހަތަށް 'ކުނި އުކުން' މި ލަފުޒާއި މި ލަފުޒުގެ މާނަ އިތުރުކުރުން.

ކުނި އެޅުން: ކުނި އެޅުން ކަމަށް ބުނެފައި އެވަނީ، ކުނި އެޅުމަށް ހުއްދަ ދީފައިނުވާ ކޮންމެ ތަނަކަށް ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވަކިވަކި އެއްޗެހި އެއްލުމާއި، އުކުމާއި، ބެހެއްޓުމާއި، ބޭއްވުމާއި، ހިއްޕުމާއި، ވެއްޓުމަށެވެ. ކުނި އުކުން: ކުނި އުކުން ކަމަށް ބުނެފައި އެވަނީ، ކުނި އުކުމަށް ހުއްދަ ދީފައިނުވާ ކޮންމެ ތަނަކަށް ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ އެއްޗެހި އެއްލުމާއި، އުކުމާއި، ބެހެއްޓުމާއި، ބޭއްވުމާއި، ހިއްޕުމާއި، ވެއްޓުމަށެވެ.

 

13 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު (ލ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 58/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު