-

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2018-101)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މަގްސަދުތަކަކީ:

(ހ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރާނެގޮތް ބަޔާންކުރުން؛

(ށ) ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހިދުމަތުގެ މިންގަނޑު ބަޔާންކުރުން؛

(ނ) އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހިދުމަތުގެ މިންގަނޑު ބަޔާންކުރުން؛ 

(ރ) ވިކްޓިމް ސަޯޕޓުގެ މިންގަނޑެއް ކަނޑައެޅުން؛ 

(ބ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށާއި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ 
މީހުންނަށް އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގާނެ މިންގަނޑެއް ކަނޑައެޅުން؛

(ޅ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންނަށް ހިދުމަތްދިނުމުގެގޮތުން ގާއިމުކޮށްފައިާވ ވަގުތީ މަރުކަޒުތަކުގައްޔާއި އެފަދަ އެހެން މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކުރުން؛ 

(ކ) ގެވެށި އަނިޔާއާ ގުޅިގެން ފޯރުކޮށްދޭ އެކި ބާވަތްތަކުގެ ހިދުމަތްތައް ފޯރުކޮށްދޭގޮތާއި ޕްރޮގްރާމްތައް ހިންގާގޮތް ބެލުމަށްޓަކައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން އަމަލުކުރާނެ ގޮތް ބަޔާންކުރުން.

 

ދެވަނަ ބާބު

ފޯރުކޮށްދޭ ހިދުމަތްތައް ބިނާކުރަންޖެހޭ އާންމު އުސޫލުތައް

 

3 ވަނަ މާއްދާ - ފޯޯރުކޮށްދޭ ހިދުމަތް ބިނާކުރަންޖެހޭ އާންމު އުސޫލުތައް

ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކުން ކުރާ މަސައްކަތްތަކަކީ އަންނަނިވި އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެގެން ކުރެވޭ މަސައްކަތްތަކެއްކަމުގައި ވާންވާނެއެވެ.

(ހ) ހުޅުވިގެންވާ ވިސްނުމަކާއެކު މަސައްކަތްކުރުން:

  1. ގެވެށި އަނިޔާގެ އަމަލުތަކަކީ އާންމުކޮށް ހަމަހަމަކަން ނެތް ގުޅުންތަކެއްގެ ތެރެއިން ކުރިމަތިވާ، ވަރަށް ތަފާތު ގިނަ ކަންކަން އޭގެ ތެރޭގައި ހިމެނިގެންވާ ނުވަތަ ފޮރުވިގެންވާ، އެ އަމަލުގެ ސަބަބުން އަނިޔާ ލިބޭ ފަރާތަށް އެކި ބާވަތުގެ އަސަރުކުރާ އަދި އެކި މިންވަރުގެ އަސަރުކުރާ އަމަލެއްކަމުގައި ދަނެ، ހިދުމަތް ލިބިގަންނަން އަންނަ ފަރާތަށް، އެ މައުލޫމާތުގެ އަލީގައި، އެންމެ މަންފާހުރިގޮތެއްގައި ހިދުމަތްފޯރުކޮށްދޭންވާނެއެވެ.
  2. ހިދުމަތް ލިބިގަންނަން އަންނަ ފަރާތަކީ ކުޑަކުއްޖެއްނަމަ، ނުވަތަ ނުކުޅެދުންތެރިކަމެއް ހުރި މީހެއްނަމަ، ނުވަތަ އެފަދަ އެހެން ހާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތެއްނަމަ، ނުވަތަ ހާއްސަ ރައްކައުތެރިކަމެއް ލިބިދޭންޖެހޭ ފަރާތެއްނަމަ، އެފަރާތްތައް ހިމެނޭ ގިންތީގެ ސަބަބުން ނުވަތަ އެފަރާތްތަކުގެ ހާލަތުގެ ސަބަބުން ގެވެށި އަނިޔާއިން އަސަރުކޮށްފައިވާ ގޮތާއި އަސަރުކޮށްފައިވާ މިންވަރަށް ބަލައިގެން، ހިދުމަތް ފޯރުކޮށްދިނުމަށް ސަމާލުވާންވާނެއެވެ.

(ށ) ރައްކައުތެރިކަމާއި، ސަލާމަތާއި، އިންސާނީ ކަރާމާތް:
ފޯރުކޮށްދޭ ހުރިހާ ހިދުމަތަކީ އަދި އެޅޭ ހުރިހާ ފިޔަވަޅަކީ، ހިދުމަތް ލިބިގަންނަން އަންނަ ފަރާތާއި، ހިދުމަތްދޭ ފަރާތާއި، ރިޕޯޓުކުރާ ފަރާތާއި، ހެކިބަސްދޭ ފަރާތްތަކާއި، އެހެން ގޮތްގޮތުން ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކައުތެރިކަމާއި، ސަލާމަތާއި، އިންސާނީ ކަރާމާތް ކަށަވަރުކޮށްދޭ ހިދުމަތެއްކަމުގައިވުން ނުވަތަ ފިޔަވަޅެއްކަމުގައިވާންވާނެއެވެ.

(ނ) ހަމަހަމަކަމާއެކު ހިދުމަތް ލިބިގަތުމާއި ތަފާތުނުކުރުން:

  1. ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަކީ ތަފާތު އެކިއެކި ތަޖުރިބާތައް ކޮށްފައިވާމީހުންކަމާއި، އެކި ވިސްނުމުގެ މީހުންކަމާއި، އަދި އެނޫން ގޮތްގޮތުންވެ ތަފާތު ބައެއްކަމުގައި ަދތުމާއެކު، އެކަން ގަބޫލުކޮށްގެން އެ ހުރިހާ ފަރާތްތަކަކަށްވެސް އިހްތިރާމާއެކު، ތަފާތުކުރުމެއް ނެތްގޮތެއްގައި ހަމަހަމަކަމާއެކު ހިދުމަތްތަކުގެ މަންފާ ހޯދުމުގެ މަގު ފަހިކޮށްދިނުމާއެކު، ކުއްލި ހާލަތްތަކުގައި، ހުރިހާ ފަރާތްތަކަކަށްވެސް ހިދުމަތް ލިބެން ހުންނަންވާނެއެވެ. މިގޮތުން، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ހިދުމަތް ލިބިގަންނަން އަންނަ މީހާގެ ފަރާތުން އަގެއް ނެގުމަކާ ނުލައި، 24 (ސައުވީސް) ގަޑިއިރު ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ވާންވާނެއެވެ.

(ރ) ސިއްރު ހިފެހެއްޓުން:

  1. ހިދުމަތް ލިބިގަންނަ މީހާގެ ފަރާތުން ލިބޭ މައުލޫމާތަކީ ޒާތީ މައުލޫމާތުގެގޮތުގައި އަދި ސިއްރު މައުލޫމާތުގެގޮތުގައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައްކައުތެރިކޮށް، އެ މައުލޫމާތުތަކުގެ ތެރެއިން އެއްވެސް މައުލޫމާތަކީ ގާނޫނުން
    ނުވަތަ ރައްޔިތުންގެ މަޖިލީހުން އެކުލަވައިލާފައިވާ އެހެން ގާނޫނެއްގެ ދަށުން އެހެން ފަރާތަކާ ހިއްސާކުރަންޖެހޭ މައުލޫމާތެއްނަމަ، ހިދުމަތް ލިބިގަންނަ މީހާއަށް އެކަން ސާފުކޮށްދޭންވާނެއެވެ.
  2. ހިދުމަތް ލިބިގަންނަ މީހާގެ މަންފާއަށްޓަކައި އެކަށީގެންވާ އަވަސް ހިދުމަތް އެފަރާތަށް ދިނުމުގެގޮތުން، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރަން މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާ މައުލޫމާތު ހިއްސާކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލުން ބޭރުވުންކަމުގައި ނުބެލެވޭނެއެވެ. 

(ބ) ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެކުގައި މަސައްކަތްކުރުމާއި، ހިދުމަތް ލިބިގަންނަން އަންނަ މީހާއަށް ކުރެވިފައިވާ ތަޖުރިބާގެ ށިކާރަވެރިއަކަށް އަލުން އެފަރާތް ނުވާފަދައިން މަސައްކަތްތައް ބައްޓަންކުރުން:

  1. ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުމުގައި، ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ އަމަލަކުން ނުވަތަ އިހުމާލުންނަމަވެސް، ހިދުމަތް ހޯދަން އަންނަ މީހާއަށް ކުރެވިފައިވާ ތަޖުރިބާގެ ށިކާރަވެރިއަކަށް އަލުން އެފަރާތް ނުވާފަދައިން މަސައްކަތްތައް ބައްޓަން ކުރަންވާނެއެވެ. މިގޮތުން، ކަމާބެހޭ ހުރިހާ ފަރާތްތަކަށް ލިބޭ މައުލޫމާތު ވީއެންމެ ތަފުސީލުކޮށް ލިޔުމާއި، ހިދުމަތް ހޯދަން އަންނަ މީހާއަށް މަގުދައްކައިދިނުމުގައި، އެކި ބާވަތްތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ގުޅިގެން، ދުޅަހެޔޮ އަދި ބިނާކުރަނިވި ގުޅުންތަކެއްގެ ތެރެއިން މަސައްކަތްކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި، ހިދުމަތް ހޯދަން އަންނަ މީހާއަށް އެނޫން ގޮތްގޮތުންވެސް އެންމެ އެކަށޭނަ ހިދުމަތެއްދީ، އޭނާގެ މަސްލަހަތުގައި މަސައްކަތްކުރަންވާނެއެވެ.

(ޅ) ބާރުވެރިކުރުވުން:

  1. ހިދުމަތް ލިބިގަންނަ މީހާއަކީ އެ މީހަކަށް ދިމާވެފައިވާ ކަންކަން ނުވަތަ މެދުވެރިވެފައިވާ ކަންކަމުގެ ތަޖުރިބާތައް ހިއްސާކުރެވޭ، އެ މީހަކަށް ލިބިގެންވާ ހައްގުތަކުގެ މައުލޫމާތު ލިބިފައިވާ، އަދި އެ މީހެއްގެ ގަދަރާއި ކަރާމާތް ހިމާޔަތްކުރެވިގެންވާގޮތެއްގައި އަމިއްލައަށް ނިންމުންތައް ނިންމުމަށް އެކަށޭނަ މާހައުލެއް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކަށަވަރުކޮށްދޭންވާނެއެވެ. 

(ކ) ބައިވެރިކުރުވުން:

  1. ހިދުމަތް ލިބިގަންނަ މީހުންގެ މަސްލަހަތުގައި، އެފަރާތްތަކުގެ ބައިވެރިވުމާއެކެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންދޭ ހިދުމަތްތައް ފަރުމާކޮށް، ތަންފީޒުކޮށް، މުރާޖައާކުރަންވާނެއެވެ.

(އ) ޖަވާބުދާރީވުން: 

  1. ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށް ފެންނަގޮތަށް ފޯރުކޮށްދޭ ހިދުމަތްތަކެއްކަމުގައި ކަށަވަރުކުރުމާއެކު، ކަމާގުޅޭ ފަންނުވެރިންނާއި އެހީތެރިންނާއެކު ހިދުމަތް ފޯރުކޮށްދިނުމާއި، ހިދުމަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވާންވާނެއެވެ. 

(ވ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން ޖަވާބުދާރީކުރުވުން: 

  1. ފޯރުކޮށްދޭ ހިދުމަތްތަކަކީ، ގެވެށި އަނިޔާގެ ށިކާރައަކަށްވެފައިވާ މީހާއަށް އެހީތެރިކަމާއި ރައްކައުތެރިކަން ހޯދައިދީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ބޭނުންކުރެވޭ ވަސީލަތެއްކަމުގައި ހަދަންވާނެއެވެ.

 

ތިންވަނަ ބާބު 

ވިލަރެސްކުރުމުގެ އޮނިގަނޑު

 

4 ވަނަ މާއްދާ - ވިލަރެސްކުރުމުގެ އޮނިގަނޑު

(ހ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކޮށް، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުން ރައްކައުތެރިކޮށްދީ، އެފަދަ މީހުންނަށް އެހީތެރިވެދިނުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުމުގެ އޮނިގަނޑު، 2 (ދޭއް) ބަޔަކަށް ބެހިގެން ވެއެވެ. އެއީ:

  1. ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ 
  2. ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީތައް މަސައްކަތްކުރާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ދަށުންނެވެ. އަދި އެ ކޮމިޓީތަކުގެ މަސައްކަތާބެހޭ އިދާރީ އިންތިޒާމުތައް ބަލަހައްޓައި، އެ އިންތިޒާމުތައް ހަމަޖައްސާނީ، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީތައް، މި ގަވާއިދަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ހަމަވުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީތަކުގެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީތަކުން، މި ގަވާއިދަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އުސޫލެއް އެކުލަވައިލަންވާނެއެވެ.

 

5 ވަނަ މާއްދާ - ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ

(ހ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއަކީ ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުމުގެ އޮނިގަނޑުގެ އެންމެ އިސް ދައުރު އަދާކުރާ ގުނަވަނެވެ. 

(ށ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ، މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު ބައްދަލުކުރަންވާނެއެވެ. އަދި މިފަދައިން ބާއްވާ ދެބައްދަލުވުމުގެ ދޭތެރޭގައި 8 (އަށެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ނުވާނެއެވެ.

(ނ) ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހާލަތެއްގައި ނުވަތަ ކޮމިޓީން ކުރަންޖެހޭ މަސައްކަތްތައް ގިނަވެއްޖެ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ބައްދަލުވުން ބާއްވަން ނުވަތަ ބައްދަލުވުން ބާއްވަންޖެހޭ މިންވަރަށްވުރެ އިތުރަށް ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ ބައްދަލުކުރުމަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވާގޮތް 

(ހ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވަނީ، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

  1. ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯރިޓީގެ ބޯޑުގެ ޗެއަރޕަރސަން؛
  2. ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ އެ ބޯޑުގެ މެންބަރެއް؛
  3. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީން ކަނޑައަޅާ، އެ މިނިސްޓްރީގެ ނައިބު މިނިސްޓަރެއް ނުވަތަ ޕޮލިސީ ލެވެލްގެ ބޭފުޅެއް؛
  4. މިނިސްޓަރ އޮފް ހެލްތުން ކަނޑައަޅާ، އެ މިނިސްޓްރީގެ ނައިބު މިނިސްޓަރެއް ނުވަތަ ޕޮލިސީ ލެވެލްގެ ބޭފުޅެއް؛
  5. ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅާ، އެ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލަކު؛
  6. ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ، އެ ސަރވިސްގެ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް؛ 
  7. ލޯޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ، އެ އޮތޯރިޓީގެ ޕޮލިސީ ލެވެލްގެ ބޭފުޅެއް؛
  8. (8 (ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން ރަޖިސްޓީރީކޮށްގެން، ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުން.

(ނ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނަކީ، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ޖަމްއިއްޔާތަކަށް އެ ފުރުސަތު އާންމުކޮށް ހުޅުވައިލުމުން، ކުރިމަތިލާ ޖަމާއަތްތަކުގެ އަދަދު 2 (ދޭއް) އަށްވުރެ އިތުރުނަމަ، އެ ޖަމްއިއްޔާތަކުގެ ތެރެއިން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ކަނޑައަޅާ 2 (ދޭއް) ޖަމްއިއްޔާއެއް ތަމްސީލުކުރާ މެންބަރުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑުގެ ޗެއަރޕަރސަން ނުވަތަ ފެމިލީ ޕްރޮޓެކްށަން އޮތޯ ރިޓީ ތަމްސީލުކުރާ މެންބަރެކެވެ. 

7 ވަނަ މާއްދާ - ގެވެށި އަނިޔާގެ ަކންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގެ މަސައްކަތް 

ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގެ މައިގަނޑު މަސައްކަތްތަކަކީ:

(ހ) ގެވެށި އަނިޔާގެ އަމަލުތައް ހު ްއޓުވުމުގެ ގައުމީ ސިޔާސަތުގައި ބަޔާންވެގެންވާ ފަދައިން ހިދުމަތް ފޯރުކޮށްދިނުމާއި، ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމަށްޓަކައި ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ލަފާދިނުން؛

(ށ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަދި ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް ކުރިމަތިވާ ހުރަސްތައް ނެއްތައިލާނެ ނުވަތަ އެފަދަ ހުރަސްތަކާއެކު މަސައްކަތްކުރާނެގޮތުގެ
އިރުށާދު، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ދިނުން؛ 

(ނ) ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅާ ކަންކަން މުރާޖައާކޮށް، އެކަންކަމާމެދު ލަފާދިނުން؛ 

(ރ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ ފަރާތުން ގެވެށި އަނިޔާގެ
ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅާ ކަންކަން މުރާޖައާކޮށް، އެކަންކަމާމެދު
ލަފާ ދިނުން؛ އަދި

(ބ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގައި އެފަރާތެއް ތަމްސީލުކުރާ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި އެ ދާއިރާއެއްގެ ތެރެއިން ކުރަންޖެހޭ ކަންކަން ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މައުލޫމާތު ސީދާ މެންބަރުގެ އިސްނެގުމުން ނުވަތަ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ މެދުވެރިކޮށް ފޯރުކޮށްދިނުން

(ޅ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއަށް ހުށަހެޅޭ ކަންކަމާ ގުޅޭގޮތުން ނުވަތަ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅޭޮގތުން ނިންމުމެއް ނިންމަންޖެހިއްޖެނަމަ އަމަލުކުރަންވާނީ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ ހިންގާނެގޮތުގެ އުސޫލުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކޮމިޓީގެ އަޣްލަބިއްޔަތުން އެކަމެއް ފާސްކުރާގޮތެއްގެ މަތިންނެވެ.

 

8 ވަނަ މާއްދާ - ގެވެށި އަނިޔާގެ ަކންކަމާގުޅޭ ޓެކްނިކަލް ކޮމިީޓ

(ހ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަކީ ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ އެކި ދާއިރާގެ ޓެކްނިކަލް މީހުން ހިމެނޭގޮތަށް އެކުލަވައިލާ، ފަންނީ ގުނަވަނެވެ.

(ށ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ މަދުވެގެން އަހަރަކު 6 (ހައެއް) ފަހަރު ބައްދަލުކުރަންވާނެއެވެ. އަދި މިފަދައިން ބާއްވާ ދެބައްދަލުވުމުގެ ދޭތެރޭގައި 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ނުވާނެއެވެ.

(ނ) ކުއްލި ހާލަތެއް މެދުވެރިވެގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ނުވަތަ ބައްދަލުވުން ބާއްވަންޖެހޭ މިންވަރަށް ވުރެ އިތުރަށް ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ ބައްދަލުވުން ބާއްވަން މި މާއްދާގެ (ށ) އިން ހުރަހެއް ނާޅައެވެ.

 

9 ވަނަ މާއްދާ - ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިީޓ އެކުލެވިގެންވާގޮތް

(ހ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ އެކުލެވިގެންވަނީ، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ އިދާރާތަކާއި، ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން އައްޔަނުކޮށްގެން، އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ މައްޗަށެވެ.

  1. ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ؛
  2. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ؛
  3. މިނިސްޓްރީ އޮފް ހެލްތް؛
  4. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް؛
  5. މޯލްޑިވްސް ޕޮ ިލސް ސަރވިސް؛
  6. ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެ ްޑމިނިސްޓްރޭށަން؛
  7. ލޯޯކަލް ގަވަރމަންޓް އޮތޯރިޓީ؛
  8. އިންދިރާ ގާންދީ މެމޮރިއަލް ހޮސްޕިޓަލް؛
  9. ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

(ރ) މިގޮތުގެ މަތިން އެކުލެވޭ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ މެންބަރުންގެ އަދަދު 15 (ފަނަރަ) މެންބަރުންނަށްވުރެ ގިނަވެގެން ނުވާނެއެވެ. އަދި ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ އެކުލެވިގެންވާނީ، ކޮންމެ މުއައްސަސާއަކުން ތަމްސީލުކުރާ 1 (އެކެއް) މެންބަރާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާ ަމތްކުރުމަށްޓަކައި ރާއްޖޭގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ތެރެއިން ކޮމިޓީގައި ތަމްސީލުކުރާ 2) ދޭއް) މެންބަރުންގެ މައްޗަށެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، އެ ކޮމިޓީގައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ ތަމްސީލުކުރާ މެންބަރެކެވެ. ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ތަމްސީލުކުރާ މެންބަރު އެ ދުވަހުގެ ބައްދަލުވުމަށް ހާޒިރުނުވެވިއްޖެ ހާލަތެއްގައި، ދެން ރިޔާސަތު ބަލަހައްޓާނީ، އެ ބައްދަލުވުމަކަށް ހާޒިރުވެތިބި މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

 

10 ވަނަ މާއްދާ - ގެވެށި އަނިޔާގެ ަކންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ މަސައްކަތް

ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ މައިގަނޑު މަސައްކަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގެ ލަފަޔާއި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ މެންބަރުންގެ މަށްވަރާޔާއެކު ހިދުމަތް ފޯރުކޮށްދިނުމާއި، ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމުގެ ކަންކަން، ވަސީލަތްތައް ލިބިގެންވާ މިންވަރަށް ބަލައިގެން، އެންމެ ފުރިހަމަކޮށް ރޭވުން؛

(ށ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް ކުރިމަތިވާ ހުރަސްތައް ނެއްތައިލާނެ ނުވަތަ އެފަދަ ހުރަސްތަކާއެކު މަސައްކަތްކުރާނެ ގޮތުގެ
ލަފައަށް އެދި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއަށް ހުށަހެޅުން؛

(ނ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި އެކި ދާއިރާތަކަށް އަމާޒުކޮށް ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުން؛

(ރ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި އެކި ދާއިރާތަކަށް އަމާޒުކޮށް ހިންގަންޖެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަރުމާކުރުން؛

(ބ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެކި ދާއިރާތަކަށް ލަފާދިނުން؛

(ޅ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ މީހުންނަށް، އެ ދާއިރާއެއްގެ ތެރެއިން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތާއި، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން؛

(ކ) ގެވެށި އަނިޔާއާގުޅިގެން ފޯރިކޮށްދެވޭ އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަށޭނަ މިންގަނޑެއް ހިފަހައްޓާކަން ކަށަވަރުކުރުމުގެގޮތުން، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ބާވަތާއި، ހިދުމަތް ފޯރުކޮށްދޭން ހުށަހަޅާގޮތުގެ ތަފުސީލު މައުލޫމާތު ހިމެނޭ އުސޫލުތައް މުރާޖައާކޮށް، އެކަމާގުޅޭ ފަންނީ ހިޔާލު، ފެމިލީ ްޕރޮޓެކްށަން އޮތޯރިޓީއަށް ހުށަހެޅުން.

(އ) ގެވެށި އަނިޔާއާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކުގެ މަށްވަރާއާއެކު އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވައިލައި، އެކަންކަން ފާސްކުރުމަށްޓަކައި ފެމިލޯ ޕްރޮޓެކްށަން އޮތޯރިޓީއަށް ހުށަހެޅުން.

11 ވަނަ މާއްދާ - އެހެނިހެން ގޮތްގޮތުން ވިލަރެސްކުރުން 

ވިލަރެސްކުރުމުގެ ކަންކަން އެންމެ އެކަށޭނަ ގޮތަކަށް ކުރިޔަށް ގެންދިއުމަށާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށާއި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ގެވެށި އަމަލުތަކުގެ ށިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ އިދާރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން، އެފަރާތްތަކުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި، އެ މަސައްކަތުގެ މަންފާ އެކަންކަމުގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، މި ގަވާއިދުގައި ހިމެނިފައިނުވާ، އެހެންނަމަވެސް މި ގަވާއިދާ ުފށުނާރާގޮތަށް، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގައުމީ ސިޔާސަތާއި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީގެ ލަފަޔާއި އިރުށާދު ފުށުނާރާ ފަދައަކުން، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ އިދާރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ބައްދަލުކޮށް، މަސައްކަތް ބައްޓަންކުރާނެ ގޮތާމެދު މަށްވަރާކޮށް، އަމަލީގޮތުން މަސައްކަތްކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ރިސޯސް ޕޫލް 12) .ހ) ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާއި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއާއި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ހާއްސަ ފަންނީ ރައުޔު ބޭނުންވާހިނދު، އެފަދަ މައުލޫމާތާއި މަށްވަރާ ފޯރުކޮށްދިނުމަށްޓަކައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ރިސޯސް ޕޫލެއް ގާއިމުކޮށް، އެ ރިސޯސް ޕޫލުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިސޯސް ޕޫލުގައި ހިމެނޭނެ ދާއިރާތަކާއި، ފަންނުތަކާއި މީހުންނާއި، އެފަރާތްތަކުގެ ކިބައިން ލިބިގަންނާނެ ހިދުމަތުގެ މިންވަރާއި ބާވަތް ކަނޑައަޅާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީންނެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރިސޯސް ޕޫލުގައި ހިމެނޭ ފަންނުވެރިންނަކީ ގެވެށި އަނިޔާ ހުއްޓުވުމާބެހޭ މަސައްކަތަށާއި، ކަމާގުޅޭ ހާއްސަ ތަމްރީނު ނުވަތަ ދިގު މުއްދަތުގައި ތަޖުރިބާ ލިބިފައިވާ މީހުންކަން، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ކަށަވަރުކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހިދުމަތުގެ މިންގަނޑު

 

13 ވަނަ މާއްދާ - ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ހިދުމަތް ފޯޯރުކޮށްދިނުމުގެ މިންގަނޑު 

(ހ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދޭންވާނެއެވެ. 

(ށ) ގެވެށި އަނިޔާގެ ށިކާރައަކަށްވެފައިވާ މީހުންނަށް، ދައުލަތުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގައި 24 (ސައުވީސް) ގަޑިއިރު ހިލޭ ހިދުމަތް ލިބޭނެ މަގު ފަހިކުރަންވާނެއެވެ. 

(ނ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތްދޭންވާނީ ފަރުވާތެރިކަމާއެކު، ހިދުމަތް ފޯރުކޮށްދެވެން ހުންނަ އެންމެ ފުރިހަމަ މިންގަނޑަށް، އަނިޔާ ލިބިފައިވާ މީހާގެ މަސްލަހަތުގައި ކުރަންޖެހޭ ހުރިހާ ޓެސްޓެއްކޮށް، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.

 

14 ވަނަ މާއްދާ - އަމަލުކުރަންޖެހޭ އުސޫލު އެކުލަވައިލުން 

(ހ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ފޯރުކޮށްދޭނެ ހިދުމަތުގެ މައުލޫމާތުގެ ތަފުސީލާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖްރާއަތުތައް އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތުން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވައި، އެ އޮތޯރިޓީގެ ހުއްދަ ލިޔުމަކުން ހޯދަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުޫލމާތު ފެމިލީ ްޕރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ޓެކްނިކަލް ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން މަށްވަރާއާއި ލަފާ ފޯރުކޮށްދޭންވާނެއެވެ. ޓެކްނިކަލް ކޮމިޓީގެ ފަރާތުން މަށްވަރާއާއި ލަފާދިނުމުގައި ވަކިކަމެއް އިސްލާހުކުރުމަށް ނުވަތަ އުނިކުރުމަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމުގެ އިހްތިޔާރު ނުވަތަ ހުއްޓައިލުމަށް އެންގުމުގެ އިހްތިޔާރު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

15 ވަނަ މާއްދާ - އެކުގައި މަސައްކަތްކުރުން

ގެވެށި އަނިޔާގެ އަމަލާ ގުޅިގެން ސިއްހީ ހިދުމަތް ހޯދާ މީހުންނަށް އިތުރު މަގުތައް ހުޅުވައިދިނުމުގެގޮތުންނާއި، ފުރުސަތުތައް ހޯދައިދިނުމުގެގޮތުންނާއި، މައުލޫމާތު ފަހިކޮށްދިނުމުގެގޮތުން، ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކާއި، ގާނޫނީ ލަފައާއި ހިދުމަތްދޭ ފަރާތްތަކާއި، މަރުކަޒުތަކާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމާގުޅޭ އެނޫންވެސް މަސައްކަތްކުރާ ފަރާތްތަކާއެކު، ހިދުމަތް ހޯދަން އަންނަ މީހާއަށް އެންމެ މަންފާހުރިގޮތެއް ހޯދައިދިނުމުގެ މަގްސަދުގައި މަސައްކަތްކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ތަމްރީނު ދިނުން

ޞިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތްކުރާ ޞިއްހީ ހިދުމަތްތެރިންނަކީ، ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމާގުޅޭ ތަމްރީނާއި އެކަމާބެހޭ މައުލޫމާތު ލިބިފައިވާ ބައެއް ކަމުގައި ވާންވާނެއެވެ.

 

 

ފަސްވަނަ ބާބު

އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހިދުމަތުގެ މިންގަނޑު

 

17 ވަނަ މާއްދާ - ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް

(ހ) ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށް ދެވޭ އިޖުތިމާއީ ހިދުމަތްތަކުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ ހިދުމަތްތައް، މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.

  1. ހެލްޕްލައިންގެ ހިދުމަތް
  2. ލަފާދިނުމާއި، މައުލޫމާތު ފޯރުކޮށްދިނުން
  3. ސައިކޯސޯށަލް ސަޕޯޓް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތައް މިނިސްޓްރީން ފޯރުކޮށްދޭންވާނީ އަގެއް ނެގުމަކާ ނުލައެވެ.

(ނ) ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާއި، ގެވެށި އަނިޔާގެ އަމަލުތަކުން މީހުން ސަލާމަތްކުރުމުގެ ހިދުމަތްދޭ އެކި ފަރާތްތަކާ ގުޅިގެން، ގާނޫނާއި ގަވާއިދުގައިވާ މިންގަނޑުތަކާ އެއްގޮތަށް، އަމިއްލަ ފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތަކުން ހިދުމަތެއް ނުވަތަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، (ހ) ގައި ބަޔާންކުރާ ހިދުމަތްތަކުން ހިދުމަތެއް ނުވަތަ ހިދުމަތްތަކެއް، އަމިއްލަ ފަރާތަކުން ފޯރުކޮށްދޭންވާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގައި އެ ހިދުމަތެއް ރަޖިސްޓްރީކުރުމަށްފަހުއެވެ.

 

18 ވަނަ މާއްދާ - ހެލްޕް ލައިންގެ ހިދުމަތް

(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެލްޕްލައިންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ކޮންމެ ފަރާތަކަށްވެސް އެހީތެރިކަން ހޯދުމަށް ހިލޭ ގުޅޭނެ 24 (ސައުވީސް) ގަޑިއިރު ގުޅޭ ނަންބަރެއް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ށ) އާބާދީގެ ނިސްބަތާއި ހިދުމަތަށް އެދޭ މިންވަރަށް ރިއާޔަތްކޮށްފައި، ހެލްޕްލައިންގެ ހިދުމަތް ފޯރުކޮށްދޭން ތިބޭ މީހުންގެ އަދަދާއި ފޯނު ލައިންގެ އަދަދު، މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެލްޕްލައިންގެ ހިދުމަތް ފޯރުކޮށްދިނުމުގައި، ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަކޮށް، އެކަންކަން ދަމަހައްޓަންވާނެއެވެ.

  1. ހެލްޕްލައިންގައި ހިދުމަތް ދިނުމަށް ހާއްޞަ ފަންނީ މުވައްޒަފުން ތަމްރީނުކުރުން.
  2. ކުއްލި ހާލަތްތަކުގައި ފޯރުކޮށްދޭންޖެހޭ ކްރައިސިސް ސަޕޯޓް ނުވަތަ އެމަރޖަންސީ ސައިކޯސޯށަލް ސަޕޯޓާއި އެހެނިހެން އެހީ ފޯރުކޮށްދިނުން.
  3. ހެލްޕްލައިންގެ ހިދުމަތަކީ ހޮސްޕިޓަލްއަކާއި ޞިއްހީ ހިދުމަތްދޭ ތަންތަނުގައްޔާއި، އެހެނިހެން ތަންތަނުގައި އާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ބަހައްޓާފައި ހުންނަ ރޭޑިއޯއާއި ޓީވީ އާއި އެނޫން ވަސީލަތްތައް މެދުވެރިކޮށް ހާމަކޮށް އަންގައިދޭ ނަންބަރެއްކަމުގައިވުން.

 

19 ވަނަ މާއްދާ - ލަފާ ދިނުމާއި މައުލޫމާތު ފޯރުކޮށްދިނުން

މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ ލަފާދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި، އެ ހިދުމަތްތަކުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، އެފަދަ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކުން ނުވަތަ އަމިއްލަ ފަރާތަކުން، އަންނަނިވި ކަންކަން ފުރިހަމަކޮށް އެކަންކަން ދަމަހައްޓަންވާނެއެވެ.

(ހ) ގެވެށި އަނިޔާގެ އަމަލުތަކުން މީހުން ސަލާމަތްކުރުމުގެ އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކާއި އެފަދަ އަމަލުތައް ހުއްޓުވުމުގެ މަސައްކަތްކުރާ ފަރާތްތަކަކީ، ގެވެށި އަނިޔާގެ އަމަލުތަކުން މީހުން ސަލާމަތްކުރުމާގުޅޭ ހިދުމަތްތަކާބެހޭގޮތުން އެކަށޭނަ މިންވަރަކަށް މައުލޫމާތު ލިބިފައިވާ، ހިދުމަތް ހޯދަންއެދޭ ފަރާތްތަކަށް ނުވަތަ މައުލޫމާތު ހޯދަންއެދޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަމާއި ތަމްރީނު ލިބިފައިވާ، އެފަދަ ފަރާތްތަކަށް މަގުދައްކައިދީ ހިދުމަތްދޭ އެހެން ފަރާތްތަކާ ގުޅުވައިދޭ ނުވަތަ ރިފަރަލް ހަދައިދޭ ފަރާތްތަކަކަށްވުން؛

(ށ) ލަފާދޭ ފަރާތްތަކާއި، މައުލޫމާތުދޭ ފަރާތްތަކަކީ މަދަނީ އަދުލުގެ ނިޒާމުގެ އެކި އިޖުރާއަތުތަކާއި، ޖިނާއީ އަދުލުގެ ނިޒާމުގެ އެކި އިޖުރާއަތުތަކާއި، ރިފޯމްކުރުމަށް ހުރި މަގުތަކާއި ހިދުމަތްހޯދާ ފަރާތްތަކުގެ ހައްގުތައް ސާފުކޮށް ކިޔައިދެވޭނެ ނުވަތަ ބަޔާންކޮށްދެވޭނެ ފަރާތްތަކަކަށްވުން؛

(ނ) ލަފާދޭ ފަރާތްތަކާއި، މައުލޫމާތުދޭ ފަރާތްތަކަކީ، މަދުވެގެން ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، އެންމެ ފުރިހަމައަށް މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތާއި ފަންނުގެ ތަމްރީނުލިބޭ ފަރާތްތަކަކަށްވުން

 

20 ވަނަ މާއްދާ - ސައިކޯސޯށަލް ސަޕޯޓް

(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސައިކޯސޯށަލް ސަޕޯޓަށް އެދޭ ފަރާތްތަކަށާއި، ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ހިދުމަތް ލިބިދޭންޖެހޭކަމަށް ކަނޑައެޅޭ ފަރާތްތަކަށް، އެ ހިދުމަތް ފޯރުކޮށްދޭންވާނެއެވެ. އަދި ސައިކޯސޯށަލް ސަޕޯޓް ފޯރުކޮށްދޭން ތިބޭ މީހުންގެ އަދަދު އާބާދީގެ ނިސްބަތާއި ހިދުމަތަށް އެދޭ މިންވަރަށް ހޯދައިދިނުމަށް އެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާއަކުން މަސައްކަތްކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީން އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް މެދުވެރިކޮށް "ސައިކޯސޯށަލް ސަޕޯޓް ފޯރުކޮށްދިނުމަކަށް" މި ގަވާއިދު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، މިފަދައިން އެ ހިދުމަތް ފޯރުކޮށްދޭނަމަ، ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

(ނ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސައިކޯސޯށަލް ސަޕޯޓް ފޯރުކޮށްދިނުމުގައި، ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަކޮށް ދަމަހައްޓަންވާނެއެވެ:

  1. ހިދުމަތްދޭ ކޮންމެ ފަރާތަކަށް ހާއްޞަވާގޮތަށް ފަރުމާކުރާ ޕްލޭނެއް ތައްޔާރުކުރުން.
  2. ސައިކޯސޯށަލް ސަޕޯޓްދޭ ފަރާތްތަކަކީ ފަންނީ މުވައްޒަފުންކަމުގައިވުން.
  3. އެހެން ހިދުމަތްތަކަށް ރިފަރަލް ހެދުމުގައި އެކަށޭނަ ފެންވަރެއްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ރިފަރަލް ހެދުން.
  4. އެފަރާތްތަކަކީ ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމުގައި މަސައްކަތްކުރާ ފަރާތްތަކަށްވުން.

 

21 ވަނަ މާއްދާ - އިޖުތިމާއީ ހިދުމަތްތައް ރޭވުމާއި މައުލޫމާތު ހިއްސާކުރުން

(ހ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް އިޖުތިމާއީ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭނެ ހިދުމަތުގެ ތަފުސީލު މައުލޫމާތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް އެފަދަ ކޮންމެ ހިދުމަތެއްދޭ ފަރާތަކުން އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާފަހުން ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް އިޖުތިމާއީ ހިދުމަތް އަމިއްލަ ފަރާތަކުން ފޯރުކޮށްދޭންވާނީ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ހިދުމަތުގެ ތަފުސީލު މައުލޫމާތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވުމަށްފަހު، އެ އޮތޯރިޓީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ގާނޫނުގެ 13 ވަނަ މާއްދާގައި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން ހިމެނެންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން މަށްވަރާއާއި، ލަފާ ފޯރުކޮށްދޭންވާނެއެވެ.

(ހ) ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ ފަރާތުން މަށްވަރާއާއި ލަފާދިނުމުގައި ވަކިކަމެއް، ރަނގަޅުކުރުމަށް ނުވަތަ ހުއްޓައިލުމަށް، ހުށަހެޅިދާނެއެވެ. އަދި އެފަދަ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމުގެ އިހްތިޔާރު، ނުވަތަ ހުއްޓައިލުމަށް އެންގުމުގެ އިހްތިޔާރު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - އެކުގައި މަސައްކަތްކުރުން

ގެވެށި އަނިޔާގެ އަމަލުން، މީހުން ސަލާމަތްކުރުމަށްދެވޭ އިޖުތިމާއީ ހިދުމަތް ހޯދާ މީހުންނަށް ހިތުރު މަގުތަކާއި، ފުރުޞަތުތަކާއި، މައުލޫމާތު ފަހިކޮށްދިނުމަށްޓަކައި، އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ޞިއްހީ ހިދުމަތްދޭ ފަރާތްތަކާއި ގާނޫނީ ލަފައާއި، ހިދުމަތްދޭ ފަރާތްތަކާއި މަރުކަޒުތަކާއި، ގެވެށި އަނިޔާގެ އަމަލުން، މީހުން ސަލާމަތްކުރުމާގުޅޭ އެނޫންވެސް މަސައްކަތްކުރާ ފަރާތަކާއެކު ހިދުމަތް ހޯދަން އަންނަ މީހާއަށް އެންމެ، މަންފާހުރިގޮތެއް، ހޯދައިދިނުމުގެ މަގްޞަދުގައި، މަސައްކަތް ކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ވިކްޓިމް ސަޕޯޓް

 

23 ވަނަ މާއްދާ - ވިކްޓިމް ސަޕޯޓުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް

ޖިނާއީ އަދުލުގެ ނިޒާމުގެ ކޮންމެ މުއައްސަސާއަކުންވެސް، އެ މުއައްސަސާއަކަށް ހުށަހެޅޭ ގެވެށި އަނިޔާގެ ކޮންމެ ރިޕޯޓެއް ނުވަތަ ކޮންމެ މައްސަލައަކާ ގުޅިގެން، ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ވިކްޓިމް ސަޕޯޓުގެ ހިދުމަތް އެހިނދަކަށް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ފޯރުކޮށްދޭންވާނެއެވެ.

 

24 ވަނަ މާއްދާ - ވިކްޓިމް ސަޕޯޓުގެ ހިދުމަތްތައް

(ހ) ގެވެށި އަނިޔާގެ އަމަލެއްގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ވިކްޓިމް ސަޕޯޓް ޕްރޮގްރާމްތަކުން އަންނަނިވި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

  1. ކްރައިސިސް އިންޓަރވެންށަން؛
  2. ޖިނާއީ އަދުލުގެ ނިޒާމުގެ އެކި މަރުހަލާތަކާބެހޭ އަދި އެއިން ކޮންމެ މަރުހަލާއެއްގެ އިޖުރާއަތުތަކާބެހޭ މައުލޫމާތު ދިނުން؛
  3. ކޯޓު މަރުހަލާއަށް ތައްޔާރުކޮށްދިނުން؛
  4. ގެވެށި އަނިޔާގެ އަމަލެއްގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ލިބެންހުރި އެހެނިހެން ހިދުމަތްތަކަށް ރިފަރަލް ހެދުން؛
  5. ރައްކައުތެރިކަން ކަށަވަރުކުރުމުގެގޮތުން، އަޅަންޖެހޭ ފިޔަވަޅުތައް އަމިއްލަ މުއައްސަސާގެ ތެރެއިން ނުވަތަ އެހެން މުއައްސަސާތަކާ ގުޅިގެން އެޅުން؛
  6. ގެވެށި އަނިޔާގެ އަމަލެއްގެ ށިކާރައަކަށް ވެފައިވާ މީހާއާއެކު ކޯޓު މަރުހަލާގައި އެކަށީގެންވާ ހާލަތްތަკުގައި، ކޯޓަށް އައުން ފަދަ ކަންކަމުގައި "ވިކްޓިމް ސަޕޯޓް އޮފިސަރު" ހަރަކާތްތެރިވާނީ މައްސަލަ ބަލާ ކޯޓަކުން އެ އޮފިސަރަށް ހުއްދަދީފައިވާ ދާއިރާގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިދުމަތް ފޯރުކޮށްދޭނީ ގެވެށި އަނިޔާގެ ރިޕޯޓެއް ލިބޭ ނުވަތަ މައްސަލަ ހުށަހަޅާ ފުރަތަމަ މަރުހަލާގައި، ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކުންނެވެ.

 

25 ވަނަ މާއްދާ - ވިކްޓިމް ސަޕޯޓުގެ ހިދުމަތްތައް ރޭވުމާއި މައުލޫމާތު ހިއްސާކުރުން.

(ހ) ވިކްޓިމް ސަޕޯޓުގެ ހިދުމަތް ދައުލަތުގެ އިދާރާއަކުން ދޭނަމަ، ހިދުމަތްތަކުގެ ތަފުސީލު މައުލޫމާތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް އެފަދަ ކޮންމެ ހިދުމަތެއްދޭ ފަރާތަކުން، އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާފަހުން، ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ވިކްޓިމް ސަޕޯޓުގެ ހިދުމަތް އަމިއްލަ ފަރާތަކުން ފޯރުކޮށްދޭންވާނީ، އެ ހިދުމަތުގެ ތަފުސީލު މައުލޫމާތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވުމަށްފަހު، އެ އޮތޯރިޓީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ޓެކްނިކަލް ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން މަށްވަރާއާއި ލަފާ ފޯރުކޮށްދޭންވާނެއެވެ. ޓެކްނިކަލް ކޮމިޓީގެ ފަރާތުން މަށްވަރާއާއި ލަފާދިނުމުގައި، ވަކިކަމެއް ރަނގަޅުކުރުމަށް ނުވަތަ ހުއްޓައިލުމަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމުގެ އިހްތިޔާރު ނުވަތަ ހުއްޓައިލުމަށް އެންގުމުގެ އިހްތިޔާރު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - އެކުގައި މަސައްކަތްކުރުން

ވިކްޓިމް ސަޕޯޓުގެ ހިދުމަތް ހޯދާ މީހުންނަށް އިތުރު މަގުތަކާއި، ފުރުސަތާއި މައުލޫމާތު ފަހިކޮށްދިނުމަށްޓަކައި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކާއި، ޞިއްހީ ހިދުމަތްދޭ ފަރާތްތަކާއި، ގާނޫނީ ލަފައާއި ހިދުމަތްދޭ ފަރާތްތަކާއި މަރުކަޒުތަކާއި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އެނޫން ފަރާތްތަކާއެކު ހިދުމަތް ހޯދަން އަންނަ މީހާއަށް އެންމެ މަންފާހުރިގޮތެއް ހޯދައިދިނުމުގެ މަގްޞަދުގައި ވިކްޓިމް ސަޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މަސައްކަތް ކުރަންވާނެއެވެ.

 

 

ހަތްވަނަ ބާބު

ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގާނެ މިންގަނޑު

 

27 ވަނަ މާއްދާ - ޕްރޮގްރާމުގެ އަމާޒު

ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ މައިގަނޑު އަމާޒަކަށްވާންވާނީ:

(ހ) ގެވެށި އަނިޔާގެ ށިކާރައަކަށް ވެފައިވާ މީހުން ހިމާޔަތްކޮށް ރައްކައުތެރިކުރުން.

(ށ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އެ މީހުންގެ އަމަލުތަކާއި ވިސްނުން ބަދަލުކުރުމަށް އެހީތެރިވުން.

(ނ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އެމީހުންގެ އަމަލުތަކުގެ ޒިންމާ އެ މީހުން އަމިއްލައަށް ނަގަން އެހީތެރިވެދިނުން.

(ރ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން ރިހެބިލިޓޭޓްވުމަށް އެހީތެރިވެދިނުން.

(ބ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން ބިނާކުރަނިވި މީހުންގެގޮތުގައި އަނބުރާ މުޖުތަމައަށް އައުމަށް އެހީތެރިވެދިނުން.

 

28 ވަނަ މާއްދާ - ޕްރޮގްރާމްތަކުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ މައުލޫމާތު

ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހާއްޞަކޮށްގެން ހިންގާ ހުރިހާ ޕްރޮގްރާމަކާއި ހަރަކާތެއްގެ ތެރެއިން އަންނަނިވި މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ހ) ގެވެށި ގުޅުމަކީ ހަމަހަމަކަމާއި އިހްތިރާމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއްކަން.

(ށ) ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން އެ އަމަލުގެ ށިކާރައަކަށްވީ މީހާއަށާއި ވަށައިގެންވާ އެހެން މީހުންނަށް ކުރާ އަސަރާއި އެކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަން.

 

29 ވަނަ މާއްދާ - ޕްރޮގްރާމްތައް ހިންގުމުގައި ގެންގުޅެންޖެހޭ މިންގަނޑު

(ހ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކަކީ ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ.

(ށ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމްތައް ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކާ އެއްތަނެއްގައި ހިންގައިގެން ނުވާނެއެވެ.

(ނ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުމަކީ އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތަކުން ކޮށްފައިވާކަމަށް ބެލެވޭ ޖިނާއީ ތުހުމަތަކުން އެފަރާތް އެއްކިބާވާކަމެއް ނޫނެވެ.

(ރ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކުގައި، އަމިއްލައަށް އެދިގެން ހިދުމަތްހޯދާ ފަރާތްތަކަށާއި، އިދާރީ ނުވަތަ ށަރުއީ އަމުރެއްގެ ދަށުން އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އަމުރުކުރާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(ބ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި، ގެވެށި ގުޅުންތަކާއި ގުޅިގެންދެވޭ މީޑިއޭށަން އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްޞަކުރެވިގެންދޭ ހިދުމަތްތައް ހިމެނިގެން ނުވާނެއެވެ. އެހެންނަމަވެސް، އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އިރުށާދުދިނުމާއި، އެފަދަ ހިދުމަތެއް އެހެން މުއައްސަސާއަކުން ހޯދުމަށް މި ގަވާއިދުން ހުރަހެއްނާޅައެވެ.

(ޅ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް ޕްރޮގްރާމްތައް ހިންގާއިރު، ކަނޑައެޅޭ މުއްދަތުތަކެއްގައި ހިދުމަތްހޯދާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް ހަދަންވާނެއެވެ. އަދި ރިސްކް އެސެސްމަންޓް ހަދަންވާނީ އެ ޕްރޮގްރާމެއް ހިންގާ ފަރާތަކުންނެވެ.

 

30 ވަނަ މާއްދާ - ޕްރޮގްރާމް ރޭވުމާއި މައުލޫމާތު ހިއްސާކުރުން

(ހ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އަމާޒުކޮށް އަމިއްލަ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކުގެ ބާވަތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް އެފަދަ ކޮންމެ ހިދުމަތެއްދޭ ފަރާތަކުން އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާފަހުން ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންނަށް ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އަމާޒުކުރާ ޕްރޮގްރާމެއް ފެށުމަށް އެއްވެސް އަމިއްލަ ފަރާތަކުން ބޭނުންނަމަ، އެފަދަ ހިދުމަތެއް ފޯރުކޮށްދެވޭނީ ހިދުމަތުގެ ތަފުސީލު މައުލޫމާތާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވުމަށްފަހު އެ އޮތޯރިޓީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން މަށްވަރާއާއި ލަފާ ފޯރުކޮށްދޭންވާނެއެވެ. ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ ފަރާތުން މަށްވަރާއާއި ލަފާދިނުމުގައި ވަކިކަމެއް ރަނގަޅުކުރުމަށް ނުވަތަ ހުއްޓައިލުމަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމުގެ އިހްތިޔާރު ނުވަތަ ހުއްޓައިލުމަށް އެންގުމުގެ އިހްތިޔާރު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

 

އަށްވަނަ ބާބު

ވަގުތީ މަރުކަޒުތަކާއި، އެފަދަ އެހެން މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑު

 

31 ވަނަ މާއްދާ - މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑުތައް

ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން މީހުން ބޭތިއްބުމަށް ކަނޑައަޅާ ވަގުތީ މަރުކަޒުތަކުގައި ނުވަތަ އެފަދަ އެހެން މަރުކަޒުތަކުގައި، ހުންނަންޖެހޭ މިންގަނޑުތައް މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން، އާންމުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - މަރުކަޒުގައި ހުރުމުގެ ފުރުޞަތުދިނުން

(ހ) ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ވަގުތީ މަރުކަޒެއްގައި، ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި ބެހެއްޓުމުގެ ފުރުޞަތު ދިނުމަށް، ނުވަތަ ނުދިނުމަށް ނުވަތަ އަލުން އެފަދަ މަރުކަޒަކުން ޖާގަ ދިނުމަށް ނިންމާނެ މިންގަނޑެއް، އެފަދަ ކޮންމެ މަރުކަޒެއް ހިންގާ ފަރާތަކުން، އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް، މައުލޫމާތައްޓަކައި ފޮނުވަންވާނެއެވެ.

(ށ) ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން އެއްވެސް ފަރާތެއް ވަގުތީ މަރުކަޒެއްގައި، ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި، ބެހެއްޓުމުގެ ފުރުޞަތު ދިނުމަށް، ނުވަތަ ނުދިނުމަށް ނުވަތަ އަލުން އެފަދަ މަރުކަޒަކުން ޖާގަ ދިނުމަށް ނިންމަންވާނީ، އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ:

  1. ޖިސްމާނީ އަނިޔާ
  2. ޖިންސީ އަނިޔާ
  3. އަނިޔާކުރާނެ ކަމުގެ ބިރުދެއްކުން ނުވަތަ އަނިޔާ ކޮށްފާނެކަމުގެ ބިރު އޮތުން؛
  4. ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުން؛
  5. އެއިރެއްގައި އެ މީހަކު ހުރި ގެވެށި ގުޅުމުގެ ތެރެއިން އޭނާއަށް ކުރިމަތިވެފައިވާ ޖިސްމާނީ އަނިޔާގެ ތަފުސީލު؛
  6. އެކަހެރިކުރުން، އާއިލާއާ ވަކިކުރުން، އަދި ވަސީލަތްތަކާއި ޞިއްހީ ފަރުވާ ލިބޭނެ މަގުފަހިކޮށްނުދިނުން؛
  7. ނަފްސާނީ އަދި/ނުވަތަ ޖަޒުބާތީ އަނިޔާ

(ނ) މުވައްޒަފަކަށް އަމިއްލަގޮތުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށްގެން ނުވަތަ ކަމަކާމެދު އަމިއްލައަށް ދެކޭގޮތުގެ މައްޗަށް ބިނާކޮށްގެން ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ވަގުތީ މަރުކަޒެއްގައި، ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި ބެހެއްޓުމަށް ފުރުޞަތު ދިނުމަށް ނުވަތަ ނުދިނުމަށް ނިންމައިގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - މަރުކަޒުގައި ހުރުމުގެ ފުރުސަތު ނުދިނުމުގައި ބަލައިގެންނުވާނެ ސަބަބުތައް

އަންނަނިވި ސަބަބުތަކުން ސަބަބެއް މަތިކޮށް، ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން، ވަގުތީ މަރުކަޒެއްގައި ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި، ހުރުމަށް ނުވަތަ ބެހެއްޓުމަށް ހުރަހެއް މެދުވެރިކޮށްގެން ނުވާނެއެވެ:

(ހ) ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން އެ މީހަކު ދިރިއުޅޭނެ ތަނެއް ނެތުން.

(ށ) ގެވެށި އަނިޔާގެ އަމަލު އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނެތުން.

(ނ) މީގެ ކުރިން ހިދުމަތް ހޯދުމަށް އިންކާރުކޮށްފައިވުން، އެދުމަށްފަހުގައި ހިދުމަތް ލިބިގަތުމަށް.

(ރ) މީގެ ކުރިން ވަގުތީ މަރުކަޒެއްގައި ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި ހުރެ، އޮންނަ އުސޫލުން އެތަނުން ނިކުމެފައިވުން.

(ބ) މަރުކަޒުގައި ތިބޭ އެހެން މީހުންނަށް އޭގެ ސަބަބުން ގެއްލުންވެދާފަދަ ގައިންގަޔަށް އަރާ ބައްޔެއް ހުރުން ފިޔަވައި، ސިއްހަތާ ގުޅުންހުރި އެހެންކަމެއް ހުރުން.

(ޅ) 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނާއެކު މަރުކަޒުގައި ހުންނަން އެދުން.

(ކ) ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ ގާތަށް އަނބުރާ ދިއުން.

(އ) ހިދުމަތް ލިބިގަތުމުގައި އެއްބާރުލުން ނުދިނުން ނުވަތަ ދޭ ހިދުމަތަށް ބަލައިނުގަތުން.

 

34 ވަނަ މާއްދާ - މަރުކަޒުތައް ހިންގުމުގެ ބައެއް

ގެވެށި އަނިޔާއާ ގުޅިގެން ވަގުތީ މަރުކަޒެއްގައި ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި މީހުން އަސާސީ އުސޫލު ބޭތިއްބުމުގައި ހިފަހައްޓަންޖެހޭ ބައެއް އަސާސީ އުސޫލުތައް:

(ހ) ވަގުތީ މަރުކަޒަކަށް ނުވަތަ އެފަދަ އެހެން މަރުކަޒަކަށް އެތެރެވުމާއެކުގައްޔާއި، މަރުކަޒުން ބޭރުވާހިނދު، އެ މަރުކަޒުގެ ރަޖިސްޓަރީން އެ މައުލޫމާތު އެނގެން ހުރުން.

(ށ) ވަގުތީ މަރުކަޒަކަށް ނުވަތަ އެފަދަ އެހެން މަރުކަޒަކަށް ގެންދިޔުމާއެކު އަނިޔާ ލިބުނު މީހާގެ ޞިއްހީ ޗެކް-އަޕެއް ހަދައި، އެކަން އެ މީހެއްގެ ޞިއްހީ ރެކޯޑުތަކާއެކު ބެލެހެއްޓުން؛

(ނ) އާއިލާއެއްގެ އެއް މެންބަރަށްވުރެ ގިނަ މެންބަރުން މަރުކަޒުގައި ތިބެފައި، އާއިލީ ޔުނިޓެއްގެގޮތުގައި މަރުކަޒުގައި ތިބުމުގެ މަގު އެ މީހުންނަށް ފަހިކޮށްދިނުމަށް އެމީހުން އެދޭނަމަ، އާއިލީ ޔުނިޓެއްގެގޮތުގައި މަރުކަޒުގައި ތިބުމުގެ މަގު އެމީހުންނަށް ފަހިކޮށްދިނުން؛ އަދި މިގޮތަށް ތިބޭ މީހުންގެ ތެރެއިން ކުޑަކުދިންނާއެކު މަރުކަޒުތަކަށް އަންނަނިވި އަންހެނުންނަށް، އެ މީހުންގެ ދަރިންނާއެކު، ވަކި އާއިލީ ޔުނިޓެއްގެގޮތުގައި، މަރުކަޒުގައި ތިބުމުގެ މަގު ހާއްޞަގޮތެއްގައި ފަހިކޮށްދިނުން.

 

35 ވަނަ މާއްދާ - މަރުކަޒުން ދޭ ހިދުމަތްތަކުގެ މައުލޫމާތު

(ހ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ވަގުތީ މަރުކަޒުތަކުގެ ނުވަތަ އެފަދަ އެހެން މަރުކަޒުތަކުގެ ބާވަތާއި، މަރުކަޒުން ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް، އެފަދަ ކޮންމެ ހިދުމަތެއްދޭ ފަރާތަކުން، އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާފަހުން ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ވަގުތީ މަރުކަޒެއް ނުވަތަ އެފަދަ އެހެން މަރުކަޒެއް ހިންގުމަށް އެއްވެސް އަމިއްލަ ފަރާތަކުން ބޭނުންނަމަ އެފަދަ ހިދުމަތެއް ފޯރުކޮށްދެވޭނީ، ހިދުމަތުގެ ތަފުސީލު މައުލޫމާތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވުމަށްފަހު، އޮތޯރިޓީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ފަރާތުން ޓެކްނިކަލް ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން މަށްވަރާއާއި ލަފާ ފޯރުކޮށްދޭންވާނެއެވެ. ޓެކްނިކަލް ކޮމިޓީގެ ފަރާތުން މަށްވަރާއާއި ލަފާދިނުމުގައި ވަކިކަމެއް ރަނގަޅުކުރުމަށް، ނުވަތަ ހުއްޓައިލުމަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމުގެ އިހްތިޔާރު، ނުވަތަ ހުއްޓައިލުމަށް އެންގުމުގެ އިހްތިޔާރު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - އެކުގައި މަސައްކަތްކުރުން

ވަގުތީ މަރުކަޒަކުން، ނުވަތަ އެފަދަ އެހެން މަރުކަޒަކުން ހިދުމަތް ހޯދާ މީހުންނަށް އިތުރު މަގުތަކާއި ފުރުޞަތާއި މައުލޫމާތު ފަހިކޮށްދިނުމަށްޓަކައި، މަރުކަޒުތަކުން އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކާއި ޞިއްހީ ހިދުމަތްދޭ ފަރާތްތަކާއި ގާނޫނީ ލަފާއާއި ހިދުމަތްދޭ ފަރާތްތަކާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމާ ގުޅޭ މަސައްކަތްކުރާ އެނޫން ފަރާތަކާއެކު ހިދުމަތް ހޯދަން އަންނަ މީހާއަށް އެންމެ މަންފާހުރިގޮތެއް ހޯދައިދިނުމުގެ މަގްޞަދުގައި މަސައްކަތް ކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ފަންނީ މުވައްޒަފުން

(ހ) ވަގުތީ މަރުކަޒެއްގައި، ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި، މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި އެ މަރުކަޒުތަކަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް އެކަށީގެންވާ އެހީތެރިކަމެއް ދެވޭ މިންވަރަށް ކައުންސެލިންގ ނުވަތަ ސައިކޯސޯށަލް ސަޕޯޓު ފޯރުކޮށްދޭނެ ފަންނުވެރިން ހިމެނެންވާނެއެވެ.

(ށ) ވަގުތީ މަރުކަޒެއްގައި، ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި، ކުޑަކުދިންގެ ރައްކައުތެރިކަމާއި ދުޅަހެޔޮކަމުގެ ކަންކަން ބަލަހައްޓާ، މަދުވެގެން 1 (އެކެއް) މުވައްޒަފު ހުންނަންވާނެއެވެ.

 

38 ވަނަ މާއްދާ - 24 (ސައުވީސް) ގަޑިއިރު މުވައްޒަފުން ތިބުން

ވަގުތީ މަރުކަޒެއްގައި، ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި، ބައިތިއްބާ މީހުންގެ ކަންކަން ބަލަހައްޓައި ހަމަޖެއްސުމަށް، އެފަދަ މަރުކަޒުތަކުގައި، 24 (ސައުވީސް) ގަޑިއިރު މުވައްޒަފުން ތިބެންވާނެއެވެ.

 

39 ވަނަ މާއްދާ - މުވައްޒަފުންގެ ތަމްރީން

ވަގުތީ މަރުކަޒެއްގައި ނުވަތަ އެފަދަ އެހެން މަރުކަޒެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ، ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމާގުޅޭ ފަންނީ ތަމްރީނު ލިބިފައިވާ، އަދި އެކަށީގެންވާގޮތެއްގައި އެފަދަ ތަމްރީނާއި މައުލޫމާތުގެ ފައިދާ ގަވާއިދުން ލިބޭ ބައެއްކަމުގައި ވާންވާނެއެވެ.

 

 

ނުވަވަނަ ބާބު

ދައުލަތުގެ ޒިންމާ

 

40 ވަނަ މާއްދާ - ދައުލަތުގެ ޒިންމާ

(ހ) ގެވެށި އަނިޔާގެ އަމަލު ރިޕޯޓުކުރެވޭ މިންވަރާއި، ގެވެށި އަނިޔާއާ ގުޅިގެން މީހުން ހިދުމަތް ހޯދުމަށް އެދޭ މިންވަރުގެ މައްޗަށް ބިނާކޮށް، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ވަގުތީ މަރުކަޒުތަކުގައި ނުވަތަ އެނޫންވެސް އެފަދަ މަރުކަޒުތަކުގައި ބައިތިއްބަންޖެހޭ މީހުންނާއި، އެ މީހުންގެ 18 (އަށާރަ) އަހަރު ނުފުރޭ ކުދިން ބައިތިއްބާނެ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީގެ ފަރާތުން ގާއިމުކޮށް، އަގަކާ ނުލައި މަރުކަޒުތަކުން ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ގާއިމުކުރާ ވަގުތީ މަރުކަޒުތައް، ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ގާއިމުކުރަންވާނެއެވެ. އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް، ވަގުތީ މަރުކަޒުތަކުންނާއި އެހެން މަރުކަޒަކުން، ހިދުމަތެއް ފޯރުކޮށްދޭނަމަ މި ގަވާއިދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ އަދަދާއި، އެހީތެރިކަން ފޯރުކޮށްދޭން ތިބޭ މީހުންގެ އަދަދު، އާބާދީގެ ނިސްބަތާއި ހިދުމަތަށް އެދޭ މިންވަރަށް ހަމަޖެއްސުމަށް މަސައްކަތްކުރަންވާނެއެވެ.

(ރ) ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާއި ގެވެށި އަނިޔާގެ އަމަލުތަކުން މީހުން ސަލާމަތްކުރުމުގެ ހިދުމަތްދޭ އެކި ފަރާތްތަކާ ގުޅިގެން ގާނޫނާއި ގަވާއިދުގައިވާ މިންގަނޑުތަކާ އެއްގޮތަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މަރުކަޒެއް އަމިއްލަ ފަރާތްތަކުން ހިންގުމަށް މި ގަވާއިދުން ހުރަހެއްނާޅައެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މަރުކަޒެއްގެ ހިދުމަތް އަމިއްލަ ފަރާތަކުން ފޯރުކޮށްދޭންވާނީ، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގައި އެ ހިދުމަތް ރަޖިސްޓަރީކުރުމަށްފަހުއެވެ.

 

 

ދިހަވަނަ ބާބު

ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ހިދުމަތުގެ ފެންވަރު ބެލުން

 

41 ވަނަ މާއްދާ - ހިދުމަތް ފޯރުކޮށްދޭ ގޮތް ބެލުން

ގެވެށި އަނިޔާއާ ގުޅިގެން ފޯރުކޮށްދޭ އެކި ބާވަތްތަކުގެ ހިދުމަތްތައް ފޯރުކޮށްދޭގޮތާއި ޕްރޮގްރާމްތައް ހިންގާގޮތް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ބެލުމަށްޓަކައި، އަންނަނިވި ފިޔަވަޅުތަކުން ފިޔަވަޅެއް، ނުވަތަ ފިޔަވަޅުތަކެއް، އެޅުމުގެ އިހްތިޔާރު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ހިދުމަތްތައް ފޯރުކޮށްދެވެނީ ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އާއި މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެކުލަވައިލާ އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑަށްކަން ނުވަތަ ނޫންކަން ބެލުން.

(ށ) އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކާއި، ޞިއްހީ ހިދުމަތްދޭ ފަރާތްތަކާއި ގާނޫނީ ލަފައާއި ހިދުމަތްދޭ ފަރާތްތަކާއި ވަގުތީ މަރުކަޒުތަކާއި އެފަދަ އެހެން މަރުކަޒުތަކާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމާ ގުޅޭ އެނޫން މަސައްކަތްކުރާ ފަރާތަކުން ކޮށްފައިވާ މަސައްކަތުގެ ނުވަތަ އެއްކޮށްފައިވާ ޑާޓާގެ ސާމްޕަލާއި އެހެނިހެން މައުލޫމާތު ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ނެގުން.

(ނ) ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ޒިޔާރަތްކޮށްގެން އެތަންތަނުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބެލުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތައް ފިޔަވައި އެނޫން ގޮތްތައް ބޭނުންކޮށްގެންވެސް ހިދުމަތުގެ ފެންވަރު ބެލުން.

 

42 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރުބަލައި ރިޕޯޓުކުރުން

(ހ) ގެވެށި އަނިޔާއާ ގުޅިގެން ފޯރުކޮށްދޭ އެކި ބާވަތްތަކުގެ ހިދުމަތްތައް ފޯރުކޮށްދޭގޮތާއި ޕްރޮގްރާމްތައް ހިންގާގޮތް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ބެލުމަށްފަހުގައި އެ ހިދުމަތާ ގުޅިގެން ނުވަތަ ޕްރޮގްރާމަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން އެ ހިދުމަތެއް ފޯރުކޮށްދޭ ނުވަތަ އެ ޕްރޮގްރާމެއް ހިންގާ ފަރާތަކާ ހިއްސާކުރަންވާނެއެވެ. ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅުކުރަންޖެހޭ ކަންކަމާއި ކަންބޮޑުވާ ކަންކަމާއި، ވަގުތުން ހުއްޓައިލަންޖެހޭކަމަށް ފެންނަ ކަންކަން ފާހަގަކުރަންވާނެއެވެ.

(ށ) ގެވެށި އަނިޔާއާ ގުޅިގެން ފޯރުކޮށްދޭ އެކި ބާވަތްތަކުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރާއި ރެކޯޑު ބެލެހެއްޓުމުގެ ބޭނުމަށް އެފަދަ މަރުކަޒުތަކުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ބެލުމަށްފަހުގައި އެ ހިދުމަތާ ގުޅިގެން ނުވަތަ ޕްރޮގްރާމަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަމާއި ކަންބޮޑުވާ ކަންކަން އިޞްލާހުކުރުމަށް އެންގުމަށްފަހުވެސް، އިޞްލާހުނުކޮށްފިނަމަ، އަދި، ވަގުތުން ހުއްޓައިލަންޖެހޭކަމަށް ބުނެފައިވާ ކަންކަން އެފަދައިން ހުއްޓާނުލައިފިނަމަ، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީއަށް އެކަމެއް ހުށަހަޅައި، އެ ކޮމިޓީގެ ލަފަޔާ އެއްގޮތަށް އެތަނެއް ޒިންމާކުރުމުގެ ފިޔަވަޅުތައް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން އަޅަންވާނެއެވެ.

 

44 ވަނަ މާއްދާ -ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

ގެވެށި އަނިޔާއާ ގުޅިގެން ހިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތެއްގެ ރަޖިސްޓަރީއެއް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.

 

 

އެގާރަވަނަ ބާބު

އެހެނިހެން ކަންކަން

 

45 ވަނަ މާއްދާ - ދެމުން ގެންދާ ހިދުމަތްތައް މެދުނުކެނޑުން

(ހ) މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން ގަވާއިދަށް އަމަލުކުރަން ފަށާއިރު ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ގަވާއިދުގައިވާ ފަދައިން މަސައްކަތުގެ އިޖުރާއަތްތަކާއި އުސޫލުތައް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ބަލައި، ގަވާއިދުގައި ބަޔާންކުރާ ފަދައިން ހިދުމަތް ފޯރުކޮށްދޭން ފެށުމާ ހަމައަށް ކުރިއަށްގެންދިއުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން، މި ގަވާއިދުގައިވާ ފަދައިން އަމަލުކުރުމަށްޓަކައި އެއްވެސް ފިޔަވަޅެއް ނާޅައި، މި ގަވާއިދުގެ ދަށުން އެކި ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތައް ފަހަނަޅައި ގޮސް މުއްދަތުތަކެއް ހޭދަވާނަމަ، ހިދުމަތެއް ދިނުން ހުއްޓައިލުމަށް އެންގުމުގެ ބާރު ނުވަތަ އެ ހިދުމަތެއް ގަވާއިދުގައިވާ ފަދައިން ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެންގުމުގެ ބާރު ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ - ގެވެށި އަނިޔާގެ އަމަލު ރިޕޯޓުކުރުމުގެ ޒިންމާ

(ހ) ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމުގެ މައުލޫމާތު ދައުލަތުގެ އިދާރާއަކަށް ލިބިއްޖެނަމަ، އެކަމުގެ މައުލޫމާތު، ފުލުހުންނަށާއި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ރިފަރަލްއެއްގެ ޒަރީއާއިން ރިޕޯޓުކުރުމަކީ، އެކަން ފާހަގަކުރެވުނު ޞިއްހީ އިދާރާއަކާއި އިޖުތިމާއީ އިދާރާއެއްގެ މައްޗަށްއޮތް ޒިންމާއެކެވެ.

(ށ) ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމުގެ މައުލޫމާތު އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކަށް ލިބިއްޖެނަމަ، އެކަމުގެ މައުލޫމާތު، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ރިފަރަލްއެއްގެ ޒަރީއާއިން ރިޕޯޓުކުރުމަކީ، އެކަން ފާހަގަކުރެވުނު ފަރާތުގެ މައްޗަށްއޮތް ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ރިފަރަލް ތައްޔާރުކުރާނީ، މުއައްސަސާއަކުން ނުވަތަ ޖަމްއިއްޔާއަކުން ހިމަނަން ބޭނުންވާ މައުލޫމާތެއްގެ އިތުރަށް، އަންނަނިވި ތަފުސީލުތައް ހިމެނޭގޮތަށެވެ.

  1. ގެވެށި އަނިޔާގެ އަމަލު ހިންގި ފަރާތާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ ފަރާތާ ދެމެދު ހުރި ގުޅުން.
  2. ތާރީހު
  3. ތަނާއި ގަޑި
  4. އަމަލުގެ ބާވަތް
  5. އަމަލު ހިންގި ގޮތް
  6. އަމަލު ހިންގި ސަބަބު
  7. ށަކުވާ ހުށަހެޅި ގަޑި
  8. ގެވެށި އަނިޔާގެ އަމަލުގައި ކުޑަކުއްޖަކު، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ހިމެނޭކަން ނުވަތަ ނޫންކަން. ހިމެނޭނަމަ، އެ ކުއްޖެއްގެ ނުވަތަ މީހެއްގެ ތަފްސީލް ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް ބަޔާންކުރުން.
    1. ނަން
    2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
    3. އުމުރު / އުފަންތާރީހު
    4. ޖިންސް
    5. ދާއިމީ އެޑްރެސް
    6. މިހާރު އުޅޭ އެޑްރެސް
    7. ގުޅޭނެ ފޯނު ނަންބަރު
    8. މަންމަގެ ނަމާއި އެޑްރެސް
    9. ބައްޕަގެ ނަމާއި އެޑްރެސް
    10. ބެލެނިވެރިޔާގެ ނަމާއި އެޑްރެސް
    11. ނުކުޅެދުންތެރިކަން ހުރި ކުއްޖެއް ނުވަތަ މީހެއްނަމަ، ހުރި ނުކުޅެދުންތެރިކަމެއްގެ ތަފުސީލު
  9. ހިންގި އަމަލުގެ ތަފުސީލު
  10. މައްސަލަ ހައްލުކުރުމުގެ ގޮތުން އެޅި ފިޔަވަޅު
  11. ރައްކައުތެރިކުރުމުގެ އަމުރެއް ނެރުނުނަމަ އެ ނެރުނު އަމުރެއްގެ ތާރީހާއި ތަފުސީލު
  12. ގެވެށި އަނިޔާގެ އަމަލެއް ހިންގިގޮތާއި، ހިންގި ހާލަތާއި، ހިންގި ސަބަބު އަންގައިދިނުމަށްޓަކައި ބޭނުންވާ އެހެނިހެން މައުލޫމާތު.

 

47 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެނޫންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ މަގްސަދަށްޓަކައި އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ކްރައިސިސް އިންޓަރވެންށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާއާގުޅޭ ކުއްލި ހާލަތްތަކުގައި، ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ އަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް އެހިނދުން އެހިނދަށް ނުވަތަ ކުރު މުއްދަތަކަށް ފޯރުކޮށްދޭންޖެހޭ ޖިސްމާނީ އެހީތެރިކަމަށާއި، ނަފްސާނީ އެހީތެރިކަމަށާއި، އެފަރާތްތަކުގެ ޖަޒުބާތުތަކާއި މައްސަލަތަކަށް ލުޔެއް ފޯރުކޮށްދިނުމަށް ފޯރުކޮށްދޭ އެހީތެރިކަމަށެވެ.

(ށ) "ރެފަރަލް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން، ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ އަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް މަގުދައްކައިދީ އެހީތެރިވެދިނުމުގެގޮތުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަން ބެލުމަށް ނުވަތަ މުރާޖައާކުރުމަށް ނުވަތަ އިތުރު ފިޔަވަޅު އެޅުމަށް ފޮނުވާ ފޮނުވުމަށެވެ.

(ނ) ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލަކާ ުގޅިގެން، ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ އަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ހިތްވަރުދީ، ބާރުވެރިކުރުވައި، އެމީހުންނަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ސަމާލުވެ ތިބެ، އެކަންކަމަށް ހައްލު ހޯދުމުގެ މަގުފަހިކޮށް، އެ މީހުންނަށް އާންމު ދިރިއުޅުމެއް އުޅުމަށްޓަކައި ކުރާ މަސައްކަތަށެވެ.

(ރ) "ވަގުތީ މަރުކަޒުތައް ނުވަތަ އެފަދަ އެހެން މަރުކަޒުތައް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނާއި އެފަދަ އަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމުގެގޮތުން، އެ މީހުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން އެފަދަ މީހުން ތިބުމަށް ނުވަތަ ބޭތިއްބުމަށް ގާއިމުކޮށްފައިވާ ވަގުތީ މަރުކަޒުތަކަށާއި، އެ މީހުން ތިބި ތަން ސިއްރުކުރާ ރައްކައުތެރި ގޯތިތަކަށާއި، އެނޫންވެސް އެފަދަ ހިދުމަތްދޭ އެހެނިހެން މަރުކަޒުތަކަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ނުވަތަ އެހިނދެއްގައި އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަމެއް ހުންނަ މީހުން ނުވަތަ އެހެންވެސް އެފަދަ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ނުވަތަ ހާއްސަ ރައްކައުތެރިކަމެއް ލިބިދޭންޖެހޭ ފަރާތްތަކަށް އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލާ ވުޒާރާއަށެވެ.

(ޅ) "ހެލްޕްލައިން" ކަމަށް ބުނެފައިއެވަނީ، އެ ނަންބަރަކާ ގުޅުމުން، ގެވެށި އަނިޔާގެ އަމަލުތަކާ ގުޅިގެން ރިޕޯޓު ހުށަހެޅުމަށާއި، ކަމާގުޅޭ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތްދޭ ފޯނުގެ ހިދުމަތަށެވެ. 

(ކ) "ވިކްޓިމް ސަޕޯޓް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ އަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް މައުލޫމާތުދިނުމާއި، މަގު ދައްކައިދިނުމާއި، ކައުންސެލިންގގެ ހިދުމަތާއި އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ހިދުމަތަކަށެވެ.

(އ) "ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ދެނެގަތުމަށްޓަކައި ބަލާ ބެލުންތަކެއްގެ ތެރެއިން، އެ މީހަކީ ކިހާ ނުރައްކައުތެރި މީހެއްކަން ނުވަތަ ގެއްލުމެއް ދީފާނެ މީހެއްކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތަށެވެ.

(ވ) "މީޑިއޭށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ދެފަރާތާ ވާހަކަދައްކައި، އެދެވޭ ހަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުމަށެވެ. 

(މ) "ކޯޓު މަރުހަލާއަށް ތައްޔާރުކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރަޔަކަށްވާ މީހާ ކޯޓު މަރުހަލާއަށް ތައްޔާރުކޮށްދިނުމުގައި އަދި ހެކިބަސް ނަގަންޖެހޭ ހާލަތްތަކުގައި ގެވެށި އަނިޔާގެ ށިކާރަޔަކަށްވާ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޯޓުން ހުއްދަދޭ މިންވަރަކަށް ގެވެށި އަނިޔާގެ ށިކާރަޔަކަށްވާ މީހާއާއެކު ވިކްޓިމް ސަޕޯޓް އޮފިސަރު ހަރަކާތްތެރިވުމަށެވެ. 

(ފ) "އެކަށީގެންވާ ހާލަތްތައް" ކަމަށް ބުނެފައިއެވަނީ، އެ ހާލަތާ، ވަށައިގެންވާ ކަންކަންމާއި، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ސީރިއަސްކަމަށް ބަލައި، އެ މައްސަލައެއް ބަލާ މުއައްސަސާއަކުން ކަނޑައަޅާ ހާލަތްތަކަށެވެ.

(ދ) "ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އަށެވެ.

 

48 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަންފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު