-

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-998)

 

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާ ގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

30 (ތިރީސް) ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދު ދުއްވުން 11.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް 1A އާއި 0A ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދުފަހަރު، 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެންނެވެ.

 

1 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވިގޮތަށް މާއްދާތައް އިތުރުކުރުން.

އަޅަންޖެހޭ ފަރާތްތައް 12.

މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 1A އާއި 0A ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ދުއްވާ މީހާގެ އިތުރުން، ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ އިންނަންވާނީ ހެލްމެޓް އަޅައިގެންނެވެ.

(ށ) 1A އާއި 0A ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ދުއްވާ މީހާ، 2 (ދޭއް) އަހަރުން މަތީގެ ކުޑަކުއްޖަކ،ު ދުއްވާ މީހާގެ ކުރީގައި ނުވަތަ ފަހަތުގައި ބައިންދާނަމ،ަ އެ ކުއްޖަކު އިންނަންވާނީ ހެލްމެޓް އަޅައިގެންނެވެ. އަދި މީހެއްގެ އެހީއަކާނުލައި އިށީނދެ ނުއިނދެވޭވަރުގެ ކުޑަކުދިން، ދެމީހުންނަށް އެރޭގޮތަށް ހަދައިފައި ހުންނަ ދެފު ރޮޅުލީ އުޅަނދެއްގައި ގެންދަންވާނީ، ދުއްވާ މީހާޔާއި ގެންދާ ކުއްޖާޔާ އެކުގައި ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާމީހާގެ ދެއަތާއި ދެފައި މިނިވަންކަމާއެކު ގެންގުޅެވޭގޮތަށެވެ.

 

ބޭނުންކުރެވޭ ހެލްމެޓުގައި ފުރިހަމަވާންޖެހޭ ށަރުޠުތައް 13.

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 1A އާއި 0A ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ދުއްވާއިރު ބޭނުންކުރާ ހެލްމެޓްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. 1A އާއި 0A ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު ދުއްވާއިރު ބޭނުންކުރުމަށް ހާއްސަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން؛
  2. ހެލްމެޓް ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ހާއްސަ 
    ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވުން؛
  3. ހެލްމެޓް ހަރުކުރުމަށް ދަތްދޮޅި ދަށުން ލައިފައިވާ ކަމަރަކީ އެކަތިގަނޑަކަށް (ސިންގަލް ޔުނިޓަކަށް) ހުންނަ ކަމަރަކަށް ވުމާއެކ،ު އެ ހެލްމެޓުގައި އަދި އެ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ނުވަތަ އެހެންވެސް އެއްޗެއް ހަރުކޮށްފައި ނެތުން؛
  4. ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުމާއެކ،ު ހެލްމެޓު ގައި ހަރުކޮށްފައި ހުންނަ ސްކްރީނަކީ މޫނު ފެންނަފަދަ މެޓީރިއަލެއް ހުރި ހެލްމެޓަކަށް ވުން؛
  5. ހެލްމެޓުގެ ކުލައަކީ، އެ ހެލްމެޓެއްގައި ލައިފައިވާ މައިގަނޑު ކުލައިގެ 90 (ނުވަދިހަ) އިންސައްތަ ހުރި އަދި ލޮލަށް އުނދަގޫ ނުވާނެ ފަދަ ކުލައަކަށް ވުން؛
  6. ފެކްޓަރީން ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޯލްވެންޓެއް ހެލްމެޓު ގައި ލައިފައި ނުވުން؛
  7. ހެލްމެޓު އެޅުމުގެ ސަބަބުން، ހެލްމެޓް ބޭނުންކުރާ ފަރާތަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭގޮތަށް ނުވަތަ އޮޅޭގޮތަށް ހެލްމެޓް އަޅައިފައި ވާ ފަރާތުގެ މޫނު ނުވަތަ މޫނުގެ ބައެއް ނުފޮރުވޭ ހެލްމެޓެއް ކަމުގައި ވުން؛ 
  8. މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަކަށް ފެތޭ ހެލްމެޓަކަށް ވުން.

 

ގަވާއިދުގެ ދަށުން ގަބޫލުކުރެވޭ ހެލްމެޓުގެ ބައިނަލްއަގްވާމީ މިންގަނޑުތައް 14.

(ހ) ތިރީގައި ބަޔާންކޮށްފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކަކީ، މި ގަވާއިދުގެ ބޭނުމަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހެލްމެޓް އެޅުމުގައި ގަބޫލުކުރެވޭނެ މިންގަނޑުތަކެކެވެ.

  1. 22.05 ECE އުސޫލު (ޔޫރަޕިއަން ސްޓޭންޑަޑް)؛
  2. 9:1992SS އުސޫލު (ސިންގަޕޫރު ސްޓޭންޑަޑް)؛
  3. 517 SLS އުސޫލު (ސްރީލަންކަން ސްޓޭންޑަޑް)؛
  4. 4151 IS އުސޫލު (އިންޑިއަން ސްޓޭންޑަޑް)؛
  5.  369-2539 TIS އުސޫލު (ތައި ސްޓޭންޑަޑް)؛
  6. 811-2010 GB އުސޫލު (ޗައިނީޒް ސްޓޭންޑަޑް)؛
  7. 6658:1985 SB އުސޫލު (ބްރިޓިށް ސްޓޭންޑަޑް)؛
  8. 6658-85 SBI އުސޫލު (ޔ.ޫއެސް އާއި ކެނެޑާ ސްޓޭންޑަޑް)؛
  9. 1698:2006 NZS/AS އުސޫލު (އޮސްޓްރޭލިއާ އާއި ނިއުޒީލަންޑް ސްޓޭންޑަޑް)؛
  10. 218 FMVSS އުސޫލު (ޔ.ޫއެސް ސްޓޭންޑަޑް)

 

ހެލްމެޓުގެ ނަމޫނާ ކުރެހުން 15.

މި ގަވާއިދުގެ ބޭނުމަށް ގަބޫލުކުރެވޭނެ ހެލްމެޓް ހުންނާނެ ގޮތުގެ ނަމޫނާ ކުރެހުންތައ،ް ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައި މިވަނީއެވެ.

 

ގަވާއިދާ ހިލާފުވުން 16.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި ފަދައިން ފިޔަވަޅު އެޅޭނެއެވެ.

(ހ) އެއްގަމު އުޅަނދު ދުއްވުމަށް މި ގަވާއިދުގައި ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް، އުޅަނދު ދުއްވި މީހާ، ފުރަތަމަ ފަހަރަށްނަމ،ަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން. ދެވަނަ ފަހަރަށްނަމ،ަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން. ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ށ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމ،ަ އިސްލާމީ ށަރީހއަތުން ކަނޑައަޅާ ބަދަލު ދިނުމުގެ އިތުރަށް، އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 (ދިހަ) އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުން.

(ނ) ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އިސްލާމީ ށަރީހއަތުގައި، ލިބުނު ގެއްލުމުގެ ބަދަލު ދިނުން ލާޒިމްކުރާ ފަދަ ހާ ލަތަކާ ކުރިމަތިވެއްޖެނަމ،ަ އިސްލާމީ ށަރީހއަތުން ކަނޑައަޅާ ބަދަލު ދިނުމާއެކު، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުން.

(ރ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނަޔަށް ގެއްލުމެއް ލިބިދާ ފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހާ، 1 (އެކެއް) އަހަރާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުން.

(ބ) މި ގަވާއިދުގައި ވަކި ކަމަކާ ހިލާފަށް ހއަމަލުކުރާ ފަރާތަކާމެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ހިލާފުވި ފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

3 ވަނަ މާއްދާ - މި ގަވާއިދަށް ހއަމަލުކުރަން ފަށާނީ، 2019 މާރިޗު 10 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ، 2019 އެޕްރީލް 1 ވަނަ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

 

މައި ގަވާއިދު

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދު (ގަވާއިދު 29 އޯގަސްޓު 2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު