-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1000)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު" ގެ 17 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުން.

17(ޅ) ޖަލްސާތަކުގެ އެޖެންޑާ، ޖަލްސާ ބޭއްވުމުގެ މަދުވެގެން 12 (ބާރަ) ގަޑިއިރުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، އިލެކްޓްރޯނިކްކޮށް ނުވަތަ އެނޫން ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް، މެންބަރުންނަށް ފޮނުވަން ވާނެއެވެ.

 

2 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު" ގެ 21 ވަނަ މާއްދާއަށް (ބ) އިތުރުކުރުން.

21(ބ) ޖުޑީށަލް ސަރވިސް ކޮމިށަނުން ކުރިން ނިންމައިފައިވާ ނިންމުމެއް އަލުން މުރާޖައާކުރުމަށް ބޭނުންވެއްޖެ
ހިނދެއްގައި އެ ނިންމުމެއް އަލުން މުރާޖައާކުރުމުގެ ފުރުސަތު، ކޮމިށަނުގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ. އެގޮތުން ކޮމިށަނުގެ ނިންމުމެއް އަލުން މުރާޖައާކުރުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ކޮމިށަނުގެ ނިންމުމެއް ރިވިއުކުރުމަށް އެޖެންޑާގައި އޮތްނަމަ، އެ ނިންމުން ރިވިއުކުރެވޭނީ، އެ އެޖެންޑާ އައިޓަމް އެދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާނެކަމަށް އެ ޖަލްސާއިން ފާސްކޮށްގެންނެވެ.
  2. މުރާޖައާކުރަން ހުށަހަޅާ ނިންމުމަކީ ކޮމިށަނުގެ ރަސްމީ ބައްދަލުވުމަކުން ކުރިން ވަކިގޮތެއް ކަނޑައަޅައި
    ނިންމައިފައިވާ ނިންމުމަކަށްވުން.
  3. ކޮމިށަނުގެ ނިންމުމެއް މުރާޖައާކުރުމަށް ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި
    ބަޔާންކޮށްފައިވާ ގޮތުގެމަތީން އެ ނިންމުމެއް މުރާޖައާކުރުމަށް ކޮމިށަނަށް ހުށަހެޅުން.
  4. ކޮމިށަނުގެ ނިންމުމެއް އަލުން މުރާޖައާކުރުމަށް ކޮމިށަނުން ނިންމާ ހާލަތުގައި، މި ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރުން.
  5. މި މާއްދާގެ ދަށުން ކޮމިށަނުން އެއްވެސް ނިންމުމެއް އަލުން މުރާޖައާކޮށް ވަކިގޮތެއް ނިންމައިފިނަމަ، ކުރިން އެކަމަކާ ގުޅިގެން ނިންމައިފައިވާ ނިންމުން އެހިނދުން ފެށިގެން ބާތިލްވުން.

 

3 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު" ގެ 28 ވަނަ މާއްދާ އިސްލާހުކުރުން.

  1. ކޮމިށަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލައި ކޮމިށަނުން ފާސްކުރުމަށްފަހު ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ އެވަގުތަކު ކޮމިށަން ހަވާލުވެ ހުންނެވި މެންބަރެއްގެ އިރުށާދުގެ ދަށުން ހިންގައި ބެލެހެއްޓުން.
  2. ކޮމިށަނުގެ މަށްވަރާއާއެކު ކޮމިށަނުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލައި، ކޮމިށަނުގެ ކުރިއެރުމާއި ތަރައްގީއަށް ދުރު ރާސްތާގެ މަށްރޫއޫތަކާއި، މެދު ރާސްތާގެ މަށްރޫއޫތަކާއި، ކުރު ރާސްތާގެ މަށްރޫއޫތައް އެކުލަވައިލައި، އެ މަށްރޫއުތަ އް ހިންގައި ބެލެހެއްޓުން.
  3. ކޮމިށަނުގެ ބަޖެޓް އެކުލަވައިލައި ކޮމިށަނަށް ހުށަހެޅުމާއި، ކަނޑައެޅިފައިވާ ތާރީހަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަށް ފޮނުވުން.
  4. ކޮމިށަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ބަޖެޓުގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މެންބަރުންނާއި މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  5. ކޮމިށަނުގެ އިދާރީ ކަންތައްތަކުގައި ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ހާލަތުގައި އެކަމުގެ  ފުރިހަމަ އެހީތެރިކަން ދިނުން.
  6. ކޮމިށަނުގެ ޖަލްސާތަކުގައި ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ބައިވެރިވުން.
  7. ކޮމިށަނުގެ ޖަލްސާތަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  8. ކޮމިށަނުގެ ރައީސްގެ ލަފާގެ މަތިން ކޮމިށަނުގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުން.
  9. ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  10. ކޮމިށަނުގެ ޖަލްސާތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.
  11. ކޮމިށަނުގެ ޖަލްސާތަކުގައި ވޯޓުނަގަންޖެހޭ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްކުރުމާއި، ނެގޭ ވޯޓުގެ ނަތީޖާއާއި އޭގެ ތަފުސީލު ބެލެހެއްޓުން.
  12. ކޮމިށަނުގެ ބައްދަލުވުންތަކުން ތަންފީޒުކުރުމަށް ނިންމާ ނިންމުތައް ތަންފީޒުކުރުމާއި، ކޮމިށަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ނިންމުންތަކާ ގުޅިގެން ދޭންޖެހޭ ލަފަޔާއި އިރުށާދު ދިނުން.
  13. ކޮމިށަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިށަނުގައި އެކުލަވައިލައިފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، އެ ކޮމިޓީތަކުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި ދެނެގަނެ، ކޮމިށަނުގެ ސަމާލުކަށް ގެންނަންޖެހޭ ކަންކަން ކޮމިށަނުގެ ސަމާލުކަމަށް ގެނައުން.
  14. ކޮމިށަނުގެ މަސައްކަތާ ގުޅިގެން ކޮމިށަނުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން.
  15. އަދުލުއިންސާފުގެ ދާއިރާ ކުރިއެރުވުމަށާއި ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން، ޖުޑީށަލް ސަރވިސް  ކޮމިށަނުން ނިންމާ ނިންމުތަކުގެ ތެރެއިން ކޮމިށަނުގެ މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެންބަރަކު ނުވަތަ އެ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދީ އެކަމުގައި އެހީތެރިވުން.
  16. ކޮމިށަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވަ އިލައި، މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވައިލުމާއި، ކޮންމެ މުވައްޒަފަކަށްވެސް، އެ މުވައްޒަފެއްގެ ޒިންމާތައް އެނގޭނެހެން އެ މުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމާއި، އެކަމާބެހޭ ރެކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ވަޒީފާއަށް އެކަށީގެންނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަށް ހުށަހެޅުން.
  17. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލައި ކޮމިށަނަށް ހުށަހެޅުމާއި، އަދި އެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކޮމިށަނަށް ހުށަހެޅުމާއި، މުވައްޒަފުންނާ ބެހޭގޮތުން ކޮމިށަނުން ނިންމާ ނިންމުންތައް މުވައްޒަފުންނަށް އަންގައި އެ ކަންތައްތައް ތަންފީޒުކުރުން.
  18. މެންބަރުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ މަސައްކަތު މާހައުލާއި ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން.
  19. ކޮމިށަނުގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރިގޮތެއްގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށް ދެމެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި މަސްލަހަތު ގާއިމުކުރުން.
  20. މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރުދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު އިސްލާހި ފިޔަވަޅުއެޅުން.
  21. މުވައްޒަފުންގެ މައުލޫމާތާއި މަސައްކަތު ހުނަރާއި ގާބިލުކަން އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭ ނުންވާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިކަން ދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  22. މުވައްޒަފުންގެ ތެރޭގައި ކަމަށް ކަމޭހިތުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިހްލާސްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުންފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަހްލާގާއި ނަޒާހަތްތެރިކަން ހަރުދަނާކުރުން.
  23. އީޖާދީ އަދި އީޖާބީ އައުގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެ ގޮތްތައް ތައާރަފުކުރުމާއި މަސައްކަތްތައް ފަސޭހަކޮށް، ހަލުވިކޮށް އަދި ހަރަދުކުޑަކޮށް ކުރެވޭނެގޮތަށް އައު ޓެކްނޮލޮޖީއާއި ގޮތްތައް ހޯދައި، އެކަންކަން ތައާރަފްކުރުން.
  24. ކޮމިށަނުން ކަނޑައަޅާ ގޮތެއްގެމަތިން، ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ތަޖުރިބާ މެންބަރުންނާއި މުވައްޒަފުންނަށް ހިއްސާކުރުން.
  25. ކޮމިށަން ތަމްސީލުކުރާ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ، މިފަދަ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ، އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.

 

4 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު