ބަނދަރުތަކުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ އާންމު ގަވާއިދު
(ގަވާއިދު ނަންބަރު 2019-1007)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 20 ޖޫން 2019 ގައި)
1 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނު) ގެ 94 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދު އެކުލަވައިލުމުގެ މައިގަނޑު އަސާސަކަށް ބަލައިފައިވަނީ، "އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަންސް (2005)" އާއި، "އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނު" ގެ ދަށުން ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކެވެ.
(ނ) މި ގަވާއިދު ހިންގާނީ، ހެލްތު ޕްރޮޓެކްށަން އޭޖެންސީންނެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، "ބަނދަރުތަކުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގްސަދު
"އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަންސް (2005)" އާއި، "އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނު" އާ އެއްގޮތަށް ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ކަނޑާއި ވައިގެ އެންމެހައި ބަނދަރުތަކާއި، ބައިނަލްއަގްވާމީ ދަތުރުތަކުގައި އައިސް، ގޮސް ހަދާ އެންމެހައި އުޅަނދުތަކުގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމަށް ބަނދަރުތަކުގެ ސިއްހީ މިންގަނޑުތައް އެކަށައަޅައި ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމާއި، ބަނދަރުތަކުން އިމްޕޯޓްކުރެވޭ ތަކެއްޗާއި، އެކްސްޕޯޓުކުރެވޭ ތަކެތީގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުން،
(ށ) އާންމު ސިއްހަތު ރައްކައު ތެރިކުރުމުގެ މަސައްކަތްތައް، ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ދަތުރުތައް ކުރުމަށް ފުރުސަތުދޭ ކަނޑާއި ވައިގެ އެންމެހައި ބަނދަރުތަކެއްގައި ގާއިމުކޮށް، އެއް އުސޫލަކުން އަމަލުކުރުމަށް މަގުފަހިކުރުން،
(ނ) ރާއްޖެއިން ބޭރުން އަތުވެދާނެ ސިއްހީ ނުރައްކަލަކުންނާއި، ރާއްޖެއިން އެހެން ގައުމަކަށް ހިނގައިދާނެ ސިއްހީ ނުރައްކަލަކުން ރައްޔިތުންނާއި މުދައު ރައްކައުތެރިކޮށްދީ ސަލާމަތްކޮށްދިނުން،
(ރ) އެއް ގައުމުން އަނެއް ގައު މަށް ފެތުރިދާނެ ސިއްހީ ނުރައްކަލެއް ނުވަތަ ބަލިމަޑުކަމެއްގެ ބިރުވެރިކަން ރާއްޖޭގައި އޮތް ހާލަތެއްގައި، އެފަދަ ސިއްހީ ނުރައްކައުތަކާއި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށާއި، އެކަން އެހެން ގައުމުތަކަށް ފެތުރުނަ ނުދިނުމަށް ބަނދަރުތަކުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން،
(ބ) މި ގަވާއިދުގެ ދަށުން އާންމު ސިއްހަތު ރައްކައުތެރިކުރުމަށް ބަނދަރުތަކުގައި ގާއިމުކުރާ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވުން،
4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
(ހ) މި ގަވާއިދުގައި ބުނާ މަސައްކަތް ކުރަމުން ގެންދާނީ، މި ގަވާއިދު ތަންފީޒުކުރުމަށް އެޖެންސީގައި އުފައްދާ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ސެކްށަނުގެ ބެލުމުގެ ދަށުން މަސައްކަތްކުރުމަށް އެ ސަރަހައްދަކަށް ކަނޑައެޅިފައިވާ "އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓް" ތައް މެދުވެރިކޮށެވެ. އެޖެންސީގެ މުވައްޒަފުން ނެތް ސަރަހައްދުތަކުގައިނަމަ، އެ މަސައްކަތްކުރުމަށް އެޖެންސީން ކަނޑައަޅާ ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ޔުނިޓްތަކާއި ހޮސްޕިޓަލްތަކާއި މިނިސްޓްރީގެ ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ، މި ގަވާއިދުގައި ބުނާ މަސައްކަތަށް ތަމްރީނުލިބި އަހުލިވެރިކުރެވިފައިވާ ގާބިލް ފަންނީ އެހެނިހެން މުވައްޒަފުން ކަނޑައެޅުމާއެކު، އެ މުވައްޒަފުން މި ގަވާއިދު ތަންފީޒުކުރުމުގައި ބޭނުންކުރެވިދާނެއެވެ.
5 ވަނަ މާއްދާ - އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ މަސައްކަތްކުރުމަށް ބަނދަރުތަކުގައި ހުންނަންޖެހޭ އިންތިޒާމާއި މިންގަނޑުތައް
(ހ) ބައިނަލްއަގްވާމީ ބަނދަރުތަކަކީ އެ ތަންތަނުގެ ބޭނުންހިފާ މީހުންނަށް ސިއްހީގޮތުން ރައްކައުތެރި ތަނަކަށް ވާންވާނެއެވެ. މިކަމަށްޓަކައި މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.
(ށ) ބައިނަލްއަގްވާމީ ބަނދަރެއްގެގޮތުގައި ކަނޑައަޅައިފައިވާ ކޮންމެ ބަނދަރެއްގައި ސިއްހީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބަލައި މޮނިޓަރކުރުމަށް، އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ ހިދުމަތް ލިބޭނޭ އިންތިޒާމު، އެޖެންސީން ގާއިމުކުރަންވާނެއެވެ.
(ނ) ބަނދަރުތައް އޮޕަރޭޓުކުރާ ފަރާތްތަކާއި ބަނދަރުތަކުގައި މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން، އެ ބަނދަރުތައް އޮޕަރޭޓުކުރާހައި ހިނދަކު ނުވަތަ އެ ބަނދަރުތަކުގައި މަސައްކަތްކުރާހައި ހިނދަކު އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް އެ ބަނދަރުތަކުގައި މަސައްކަތްކުރާހައި ހިނދަކު އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ފޯރުކޮށްދޭންވާނެއެވެ. އެގޮތުން ތިރީގައިވާ ކަންކަން ފުރިހަމަވެފައިވާކަން، ބަނދަރުތައް އޮޕަރޭޓުކުރާ ފަރާތްތަކާއި ބަނދަރުތަކުގައި މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ.
- އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓްތައް ގާއިމުކުރުމަށް ކޮންމެހެން ބޭނުންވާ ޖާގަ.
- އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓްތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް (ބޯފެނާއި، ފާހާނާއާއި، ކަރަންޓާއި، މުވާސަލާތަށް ބޭނުންކުރާ ވަސީލަތްތައް
- އިންޓަރނޭށަނަލް ބޯޑަރ ހެލްތުގައި ކަންކަން ތަންފީޒުކުރުމަށް ތިބޭ މުވައްޒަފުންނަށް، ބަނދަރު ސަރަހައްދަށާއި، މި ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަންނަންޖެހޭ އިމާރާތްތަކަށާއި ތަންތަނަށް ވަނުމާއި، އަރައިފައިބަންޖެހޭ އުޅަނދުފަހަރަށް ވަގުތުން ވަގުތަށް އެރުމަށް ބޭނުންވާ އެއްބާރުލުން ދިނުމާއި، ބަނދަރުގައި ރަސްމީ މަސައްކަތްކުރުމަށް ބޭނުންވާ ހުއްދަތައް ދިނުމާއި، އެކަންކަމަށް ފުރުސަތު ދިނުން،
- ބަނދަރުތަކަށް އަންނަ މީހުންނާއި ފުރާމީހުންގެ ތެރެއިން ގައިންގަޔަށް އަރާ ބަލި ހުރިކަމަށް ށައްކުކުރެވޭ މީހުން ދެނެގަތުމަށާއި އެފަދަ މީހުން ސްކްރީންކުރުމަށް ބޭނުންވާނެ ތަންތަނާއި، އެފަދަ މީހުން ބަނދަރުގެ އެއްތަނުން އަނެއްތަނަށް ގެންދެވޭނެ ދަތުރުފަތުރުގެ އިންތިޒާމްތަކާއި އެފަދަ މީހުން ބައިތިއްބާނެ ތަންތަން ހަމަޖައްސައިދިނުން، އަދި ޖަރާސީމުގެ އަސަރުކޮށްފައި ހުރެދާނެ އުޅަނދުފަހަރާއި މުދަލާއި ތަކެތި، އެހެންތަނަކަށް ގެންދެވެންދެން ނުވަތަ ސިއްހީގޮތުން ރައްކައުތެރިކަން ކަށަވަރުކުރެވެންދެން ވަގުތީގޮތުން ބަހައްޓާނެ އިންތިޒާމްތައް ހަމަޖައްސައިދިނުން.
- ބަނދަރުތަކަށް އަންނަ މީހުންނާއި ފުރާ މީހުންނާ ބެހޭގޮތު ން ކޮންމެ ދުވަހަކު ގަވާއިދުން ބަލަން ބޭނުންވާ ސިއްހީ މައުލޫމާތު އެއްކުރުމަށް އަދި ސަވައިލަންސް މަސައްކަތައް ބޭނުންވާ ޖާގަ އިމިގްރޭށަން ހުއްދަދޫކުރާ ކައުންޓަރާ އެއްހަމައިގައި ކަނޑައަޅައިދިނުމާއެކު، މުވައްޒަފުން ތިބޭނެ ސްޓޭށަން އޮނިގަނޑު ތައްޔާރުކޮށްދިނުން.
- އެހެންމީހުންނާ ވަކިން ބައިތިއްބައިގެން ސިއްހީގޮތުން ބަލަންޖެހޭ މީހުން ސްކްރީންކުރުމަށާއި، ބަލަންޖެހޭ ކަންކަން ބެލުމަށާއި ތަހުލީލުކުރުމަށް ނަގަންޖެހޭ ސާމްޕަލް ނެގުމަށް ޖާގައާއި ބޭނުންވާ އެހީތެރިކަން ދިނުން،
- ބަނދަރުގެ ސަރަހައްދުތަކަށް ވަނުމާއި ބަނދަރުކުރެވިފައި ހުންނަ އުޅަނދުފަހަރަށް އަރާ ފޭބުމާއި އާންމު ސިއްހަތާއި ސާފުތާހިރުކަމާބެހޭ ކަންކަން ބަލައިފާސްކުރުމާއި، މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންވާ އިންތިޒާމްތަކަށް ލުއިފަސޭހަކަން ދިނުން.
- މައުލޫމާތު ހޯދުމާއި ހެކި ހޯދުމާގުޅޭ ކަންކަމުގައި ބޭނުންވާ އެހީތެރިކަން،
- މި ގަވާއިދުގެ ދަށުން އެޖެންސީން އަންގާ ކަންކަން އެކަމެއްގެ ވަގުތުގައި އިސްލާހުކުރުމަށާއި، ފިޔަވަޅު އެޅުމަށާއި، ތަންފީޒުކުރުމުގައި އެވަގުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން،
- ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ މައުލޫމާތު ދިނުމާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭގޮތުން ފޯރުކޮށްދެވޭ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމްތަކާއި، ބަނދަރުތަކުގައި މަސައްކަތްކުރާ އެންމެހައި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހިންގޭ އަހުލުވެރިކުރުމާއި ފަރިތަކުރުންތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން.
- ދައުލަތުގެ މުއައްސަސާތަކުގައި މި ގަވާއިދާ ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން މި ގަވާއިދުގައި ބުނާ ކަންކަމަށާއި ގެނެވޭ ބަދަލުތަކަށާއި ފަހުގެ އުސޫލުތަކަށް އަހުލުވެރިވެ އަމަލުކުރާ މިންވަރާއި ފެންވަރު، އެ މުއައްސަސާއަކުން ގަވާއިދުން ބެލުން.
6 ވަނަ މާއްދާ - އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ މުވައްޒަފުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ބަނދަރުގެ ތަންތަނަށް ވަދެ ނިކުތުމާއި އުޅަނދުފަހަރަށް އަރައި ފޭބުން
(ހ) އެ ބަނދަރެއްގައި މަސައްކަތްކުރުމަށް އެ ވަގުތަކަށް ކަނޑައެޅޭ އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ މުވައްޒަފުންގެ ލިސްޓު، އެ ބަނދަރެއްގެ ސަލާމަތާބެހޭ ކަންކަން ބަލަހައްޓާ އިދާރާއަށް އެޖެންސީން ފޮނުވަން ވާނެއެވެ. އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ މުވައްޒަފުން ބަނދަރުތަކާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް، އެޖެންސީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު ދެއްކުމުން އެ މުވައްޒަފެއްގެ ޑިޔުޓީގަޑީގައި ޔުނިފޯމުގައި ވަދެ ނުކުތުމުގެ ހުއްދަ ދޭންވާނެއެވެ.
(ށ) ބަނދަރުތަކުގެ ކަންކަމާގުޅިގެން ވަގުތުން ވަގުތަށް ބަލަންޖެހޭ ހާއްސަ ކަމެއް ބެލުމަށްޓަކައި އެ ބަނދަރެއްގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފުން މެދުވެރިކޮށް ދުރާލައި ހުއްދަ ހޯދުމެއްނެތި، އެޖެންސީގެ ރަސްމީ ލިޔުމެއް ދެއްކުމުން،ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި ހެކީގެގޮތުގައި ބޭނުންވާ ކަންކަން ދެނެގަނެ ހޯދައި އެއްކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށް ފުރުސަތުދީ އެއްބާރުލުން ދޭންވާނެއެވެ.
(ނ) ބައްޔަކަށް ށައްކުކުރެވޭ ހާލަތްތަކާއި ސާފުތާހިރުކަމާ ގުޅުންހުރި ކަންކަން ބެލުމަށްޓަކައި ކަނޑާއި ވައިގެ އުޅަނދުފަހަރު ބަނދަރުކުރުމަށްފަހު، މީހުން ފޭބުމުގެ ކުރިން ނުވަތަ މީހުން ފޭބުމަށްފަހުގައިވެސް އުޅަނދާބެހޭ ކަންކަން ބެލުމަށް ބަނދަރާއި އުޅަނދުފަހަރާ ގުޅޭ މަސައްކަތްތައް ކުރާ އެންމެހައި ފަރާތްތަކުން އެކަމަށް މަގުފަހިކޮށްދީ އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.މި މާއްދާގެ (ށ) ގެ ދަށުން ބަލައިފާސްކުރާ ކަންކަމުގެ ތަފުސީލު ހިމެނޭ ރިޕޯޓެއް،ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ބަނދަރެއް އޮޕަރޭޓްކުރާ ފަރާތަށާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކަށް އެޖެންސީން ފޮނުވަން ވާނެއެވެ.
7 ވަނަ މާއްދާ - ބަނދަރުތަކުގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ބަނދަރުތައް ހިންގާ ފަރާތްތަކުގެ ޒިންމާ
(ހ) އެޖެންސީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ބަނދަރުތަކުގައި ސިއްހީގޮތުން ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސަންވާނެއެވެ.
(ށ) ބަނދަރުތަކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުގާއިމުކުރަންވާނެއެވެ.
(ނ) ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރިފަރކުރަންޖެހޭ ބަލިމީހުން އެފަދަ މަރުކަޒަކަށް ރައްކައުތެރިކަންމަތީ ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފައިހުރުން،
(ރ) ބަނދަރުތަކުގައި ހިންގާ ރެސްޓޯރަންޓް، ހޮޓާ، ކެފޭ އަދި އުޅަނދުތަކަށް ކޭޓަރިންގ ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހުއްދަ ހޯދައިގެން ހިންގާ ތަންތަންކަމުގައި ވާންވާނެއެވެ.
(ބ) ބައިނަލްއަގްވާމީ ކޮންމެ ބަނދަރެއްގައިވެސް ސިއްހީ މައްސަލައަކާ ގުޅިގެން އުޅަނދުފަހަރު ކަރަންޓީންކުރާނެ ސަރަހައްދެއް، ބަނދަރުގެ ޕްލޭނުގައި ކަނޑައެޅުމާއެކު، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް އެ ސަރަހައްދާބެހޭ މައުލޫމާތު ދުރާލައި ދެވިފައި އޮންނަންވާނެއެވެ. އަދި ކަނޑައެޅޭ ސަރަހައްދަކީ ކަރަންޓީނުކުރަން އަންގާ އުޅަނދުފަހަރު ކަރަންޓީންކުރަން އަންގާ ވަގުތުގައި ދަތިކަމެއް ނެތި އެތަނަކަށް ގެންދެވޭނެ ފަދަ ތަނެއް ކަމުގައިވުމާއެކު، ފަސޭހަކަމާއެކު މީހުންނަށް އަރައި ފޭބޭނެ ތަނަކަށް ވާންވާނެއެވެ.
(ޅ) ބަނދަރުތަކުގައި އާންމު ސިއްހަތަށް ނުރައްކައުވެދާނެ ކޮންމެ ކަމަކަށް ހަރަކާތްތެރިވާނެގޮތުގެ ފުރިހަމަ ޕްލޭނެއް ބަނދަރުތައް ހިންގާ ފަރާތުން ތައްޔާރުކުރުމާއެކު، ކަމާ ގުޅުންހުރި އެންމެހައި މުވައްޒަފުންނަށް، އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން،
8 ވަނަ މާއްދާ - ބަލި ޖައްސާ އަދި ބަލިފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމާއި ނެއްތައިލުން
(ހ) ބަލިޖައްސާ އަދި ބަލިފަތުރާ ސޫފާސޫފި ނެއްތައިލުމާއި ކޮންޓްރޯލްކުރުމުގެ މަސައްކަތް، ކަމާ ގުޅުންހުރި އިދާރާތަކުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ބަނދަރުތައް ހިންގާ ފަރާތުން ކުރަންވާނެއެވެ.
(ށ) ބަނދަރުތަކުގައި އޮޅުކޮށްގެންނާއި ކޮށިކޮށީގައި އެއްވެސްބާވަތެއްގެ ޖަނަވާރެއް ނުވަތަ ސޫތްޕެއް ގެންގުޅުމަކީ މަނާކަމެކެވެ. މީގެ ތެރޭގައި، ސަލާމަތީ ހިދުމަތްތަކުން އެފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން ގެންގުޅޭ ޖަނަވާރުތަކާއި ކަރަންޓީނުކޮށްފައިވާ ޖަނަވާރާއި ސޫތްޕެއް ނުހިމެނޭނެއެވެ.
(ނ) ބަނދަރުތަކުގައި ޖަނަވާރާއި ސޫފާސޫފި ނެއްތައިލުމަށް ބޭނުންކުރާ ބޭސް ނުވަތަ ކެމިކަލްތަކަކީ ކަމާގުޅުންހުރި މުއައްސަސާތަކުން ހުއްދަކުރާ ތަކެތިކަމުގައި ވާންވާނެއެވެ.
އުޅަނދުފަހަރަށް ހެލްތު ކްލިއަރަންސް ދިނުނ
9 ވަނަ މާއްދާ - ހެލްތް ކްލިއަރަންސް ދިނުމާއި ހޯދުން
(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައިނުވާހައި ހިނދަކު، ދިވެހިރާއްޖެ އަންނަ އުޅަނދުފަހަރާއި، ފުރާ އުޅަނދުފަހަރާއި، ފަސިންޖަރުންނާއި ފަޅުވެރިންނާ ގުޅޭގޮތުން ސިއްހީގޮތުން ބަލަންވާ ކަންކަން ބެލުމަށްފަހު، ހެލްތު ކްލިއަރަންސް ލިބުމުން މެނުވީ، އުޅަނދުފަހަރާއި މީހުން ދިވެހިރާއްޖެ އެތެރެވުމަށާއި ފުރުމަށް ހުއްދަ ދޫކޮށްގެން ނުވާނެއެވެ.
(ށ) މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާހައި ހިނދަކު، އެޖެންސީން ކަނޑައަޅާ ވަކި މުއްދަތަކަށް ވަކި ގައުމަކަށް ނުވަތަ ގައުމުތަކަކަށް ދިވެހިރާއްޖެއިން ފުރާ އުޅަނދުފަހަރާއި ފަސިންޖަރުންނާއި ފަޅުވެރިން ހެލްތު ކްލިއަރެންސް ހޯދަންޖެހޭނަމަ، ކަމާ ގުޅުންހުރި މުއައްސަސާތަކުން އެފަރާތްތައް ފުރުމުގެ ކުރިން ހެލްތު ކްލިއަރެންސް ލިބިފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.
(ނ) އުޅަނދެއްގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ކްލިއަރަންސް ދިނުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް އެޖެންސީން ކަނޑައަޅާ ވަގުތެއްގައި އުޅަނދުފަހަރު ބަލައިފާސްކުރުމަށް އުޅަނދުގެ ވެރިފަރާތުން ފުރުސަތު ދޭންވާނެއެވެ.
(ރ) ހެލްތު ކްލިއަރަންސް ދޫކުރުމަށްޓަކައި މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާ އުޅަނދުފަހަރު ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުން ނުވަތަ އޮޕަރޭޓުކުރުން، ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް ވަގުތީގޮތުން މަނާކުރެވޭނެއެވެ. އަދި އެ ކަންކަން ރަނގަޅުކުރިކަން އެޖެންސީން ބެލުމަށްފަހު، މި ގަވާއިދުގެ 36 ވަނަ މާ އްދާގެދަށުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކައިފައިވާނަމަ،އަލުން އޮޕަރޭޓުކުރުމަށް ހުއްދަ ދެވޭނެއެވެ.
(ބ) މި ގަވާއިދުގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަރަހައްދަށް އެތެރެވެ އަދި ފުރާ ކަނޑު އުޅަނދުފަހަރު ބަނދަރެއްގައި އަޅައިފައިނުވިނަމަވެސް، އެ އުޅަނދަކުން މީހުންނާއި ތަކެތި އަރުވައި ބޭލުމަށް ހުއްޓުމަކީ ބަނދަރުކުރުންކަމުގައި ބަލައި، އެ އުޅަނދަކާއި އެ އުޅަނދަކުން އަރައިފައިބާ މީހުންނާއި އަދި އަރުވައިބާލާ އެންމެހައި ތަކެއްޗާމެދު އަމަލުކުރަންވާނީ މި ގަވާއިދުގައި ބުނާގޮތުގެ މަތިންނެވެ.
10 ވަނަ މާއްދާ - ރާއްޖެއަށް އަންނަ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހެލްތު ކްލިއަރަންސް ދެވޭނެ ގޮތް
(ހ) ދިވެހިރާއްޖެއަށް އަންނަ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އެޖެންޓުކަންކުރާ ފަރާތްތަކުން އެޖެންސީގައި ރަޖިސްޓަރީކުރަންވާނެއެވެ. މިގޮތަށް ރަޖިސްޓަރީކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
(ށ) ދިވެހިރާއްޖެއަށް އަންނަ ކަނޑުދަތުރުކުރާ އުޅަނދުގެ މައުލޫމާތު (އެރައިވަލް ނޯޓިސް) އެ އުޅަނދެއް ރާއްޖެއަށް ވަނުމުގެ 12 (ބާރަ) ގަޑިއިރުގެ ކުރިން އެ އުޅަނދެއް އަންނަ ބަނދަރެއްގެ ހެލްތު ކްލިއަރަންސް ކަންކަން ހަވާލުކުރެވިފައިވާ އިންޓަރނޭށަނަލް ބޯޑަރ ހެލްތަ ށް ހުށަހަޅަންވާނެއެވެ.
(ނ) ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ދިވެހިރާއްޖެ ވަދެވޭނީ އިންޓަރނޭށަނަލް ބޯޑަރ ހެލްތުން ދޫކުރާ "ސެޓްފިކެޓް އޮފް ޕްރިޓިކް" ނުވަތަ "ހެލްތު ކްލިއަރަންސް"ލިބުމުންނެވ.
(ރ) "ސެޓްފިކެޓް އޮފް ޕްރިޓިކް" ނުވަތަ " ހެލްތު ކްލިއަރަންސް" ހޯދުމަށް ތިރީގައިވާ ޑޮކިއުމެންޓްތައް، އުޅަނދެއް ރާއްޖެ ވަނުމުގެ 12 (ބާރަ) ގަޑިއިރުގެ ކުރިން،އެޖެންޓު މެދުވެރިކޮށް، އެ އުޅަނދެއް ވަންނަ ބަނދަރެއްގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ހުށަ ހަޅަންވާނެއެވެ.
- ކްރޫލިސްޓް
- ޕްރިޓިކް އެޕްލިކޭށަން ފޯމު
(ބ) އުޅަނދަކަށް "ސެޓްފިކެޓް އޮފް ޕްރިޓިކް" ނުވަތަ " ހެލްތު ކްލިއަރަންސް" ދިނުމުން، އެ އުޅަނދެއް ރާއްޖެ ވަންނަތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މެރިޓައިމް ޑެކްލަރޭށަން ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ފުރިހަމަކުރުމަށްފަހު އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ހުށަހަޅަންވާނެއެވެ.
(ޅ) އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ދުރާލާ ރިޕޯޓްކުރުމަށް ކަނޑައަޅައިފައިވާ ސިއްހީ ހާލަތެއް އުޅަނދެއްގައި ހުރި އެއްވެސް މީހަކަށް މެދުވެރިވެފައިވާނަމަ، ނުވަތަ އެފަދަ ކަމަކަށް ށައްކުކުރެވޭ ތަކެތި، ނުވަތަ ށައްކުކުރެވޭ މީހަކު ނުވަތަ އެއްވެސް ބާވަތެއްގެ ޖަނަވާރެއް އޮވެއްޖެނަމަ، އެ އުޅަނދެއް ރާއްޖެ ވަނުމުގެކުރިން ކަނޑައެޅިފައިވާ ލިޔުމުން، އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް އަންގަންވާނެއެވެ.
(ކ) ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، އަދި އެ އުޅަނދެއް ރާއްޖެ ގެންނަ އެޖެންޓުން ހެލްތު ކްލިއަރަންސް ދިނުމުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރޭތޯ ބަލާނީ އެ އުޅަނދަކަށް ހެލްތު ކްލިއަރަންސް ދޭ އިންޓަރނޭށަނަލް ބޯޑަރ ހެލްތުން ނުވަތަ އެޖެންސީން ކަނޑައަޅާ ސިއްހީ އިދާރާއަކުންނެވެ.
(އ) ކަނޑުމަގުން ދިވެހިރާއްޖެ އަންނަ އުޅަނދުފަހަރާއި މީހުންނާއި ތަކެތީގެ ތެރެއިން،ސިއްހީގޮތުން ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަނުވާ އުޅަނދުފަހަރާއި މީހުންނާއި ތަކެއްޗާމެދު، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް އަމަލުކުރެވޭނެއެވެ.
11 ވަނަ މާއްދާ - އުޅަނދުފަހަރަށް އެޑްވާންސް ހެލްތު ކްލިއަރަންސްދިނުމަށްފަހު ބަލާ ކަންތައްތައް
ދިވެހިރާއްޖެއަށް އުޅަނދު ވަނުމަށްފަހު، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 4 ގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މި މާއްދާގައިވާގޮތާއި ހިލާފުވާ ފަރާތްތަކާމެދު މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
12 ވަނަ މާއްދާ - ކަނޑުދަތުރުކުރާ އުޅަނދުތައް ރާއްޖެ އެތެރެވުން
(ހ) އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ ފަރާތުން ކަރަންޓީން ފިލުވަންދެން، ރާއްޖެއަންނަ އުޅަނދުތަކުގައި، ދުވާލުނަމަ، ކަރަންޓީން ދިދަ (ރީނދޫ ދިދަ)، ރޭގަނޑުނަމަ، ހުދު އައްޔެއްގެ މަތީގައި ރަތް އައްޔެއް ހުންނަންވާނެއެވެ.
(ށ) ކަރަންޓީން ނުފި ލުވައި އޮތް އުޅަނދަކަށް އެއްވެސް ފަރާތަކުން މީހުންނާއި ތަކެތި އަރުވައި ބާލަންވާނީ، އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ ހުއްދަ ލިބިގެންނެވެ. އެފަދަ ހާލަތެއްގައި އުޅަނދަށް އަރައިފައިބާ މީހުންނާއި ތަކެތީގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.
(ނ) ގައިންގަޔަށް އަރާ ބައްޔެއް ފެތުރިދާނެކަމުގެ ނުރައްކަލެއް އޮތްކަމަށް ށައްކުކުރެވޭ ނުވަތަ ފާހަގަކުރެވޭ އުޅަނދެއް ކަރަންޓީނު ކުރުމަށްފަހު، އެ އުޅަނދު ބާއްވަންވާނީ، އެ ބަނދަރެއްގައި އޮންނަ ކަރަންޓީނު ސަރަހައްދުގައެވެ.
13 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި އުޅަނދެއް ސިއްހީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުން
(ހ) އާންމު ސިއްހަތާ ގުޅުންހުރި ކަންކަން ބަލައިފާސްކޮށް، ކަށަވަރުކުރުމަށްޓަކައިއުޅަނދަކަށް އަރަންޖެހިއްޖެ ހާލަތެއްގައި ތަންފީޒީ އިދާރާއެއްގެ ހައިސިއްޔަތުން އުޅަނދުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި އެ އުޅަނދަކަށް އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ އޮފިސަރަކަށް އެރިދާނެއެވެ. އެގޮތުން، އުޅަނދަށް އަރާއިރު އެ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި އުޅަނދު އޮތް މުއައްސަސާ ތަމްސީލުކުރަން ޑިއުޓީގައި ހުންނަ މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއްގައި އުޅަނދަށް އަރައި ބަލައިފާސްކުރުމަށް އުޅަނދުގެ ވެރިފަރާތުން ހުއްދަ ނުދީފިނަމަ، އެ އުޅަނދަކަށް އެރުމަށްޓަކައި ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކަށް އެދެވިދާނެއެވެ.
14 ވަނަ މާއްދާ - ކަނޑު އުޅަނދުފަހަރަށް "ށިޕް ސެނިޓޭށަން" ސެޓުފިކެޓު ލިބުމުގައި ފުރިހަމަވާންޖެހޭ ކަންތައްތައް
ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރަށް "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ދޫކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތިންނެވެ.
15 ވަނަ މާއްދާ - "ށިޕް ސެނިޓޭށަން ސެޓްފިކެޓް" ހެދުން
(ހ) އުޅަނދެއްގައި "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" މުއްދަތު ހަމަވުމުގެ މަދުވެގެން 7(ހަތެއް) ދުވަހުގެ ކުރިން ސެޓުފިކެޓު އައުކުރަން، އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ސެޓުފިކެޓު ގެއްލިއްޖެނަމަ އިންޓަރ ނޭށަނަލް ބޯޑަރ ހެލްތަށް ވަގުތުން އެކަން އެންގުމާއެކު، ސެޓުފިކެޓު ހެދުމަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ދިވެހިރާއްޖޭގައި ހަދައި އަދި ދޫކުރާނީ އެޖެންސީން ކަނޑައަޅައިފައިވާ ބަނދަރުތަކުންނެވެ.
(ރ) "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ހެދުމަށް މި ގަވާއިދުގެ ޖަދުވަލު 8 ގައި ބުނާ ފީ ދައްކަންވާނެއެވެ.
(ބ) "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓިފިކެޓް" ނުވަތަ"ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ދޫކުރާނީ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.
16 ވަނަ މާއްދާ - "ށިޕް މެޑިސިން ޗެސްޓް ސެޓްފިކެޓް" ދޫކުރުން
(ހ) ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ "ށިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓުގެ މުއްދަތު ހަމަވެފައިވާނަމަ، މި ސެޓުފިކެޓު އައުކުރަން ހުށަހަޅަންވާނެއެވެ.
(ށ) "ށިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ހެދުމަށް ކަނޑައަޅައިފައިވާ ލިޔުމުން އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ހުށަހަޅަންވާނީ އެ އުޅަނދުގެ އެޖެންޓް މެދުވެރިކޮށެވެ.
(ނ) "ށިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ދޫކުރެވޭނީ، އެ އުޅަނދެއް ދަތުރުކުރާ ދުރުމިނާއި އުޅަނދުގައި ދަތުރުކުރާ ފަޅުވެރިންނާއި ދަތުރުވެރިންގެ އަދަދަށް ބަލައި،އެޖެންސީން އާންމުކުރާ "ށިޕް މެޑިސިން ޗެސްޓް މިންގަނޑު" އާ އެއްގޮތަށެވެ.
(ރ) "ށިޕް މެޑިސިން ޗެސްޓް ސެޓްފިކެޓް" ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ ފީ ނެގުމަށްފަހު 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
17 ވަނަ މާއްދާ - ކަނޑުގެ އުޅަނދުފަހަރު ފިއުމިގޭޓްކުރުމާއި ވައިގެ އުޅަނދުފަހަރު ޑިސްއިންސެކްޓްކުރުން
(ހ) ކަނޑުމަގުން ދިވެހިރާއްޖެ އަންނަ އުޅަނދުފަހަރު ފިއުމިގޭޓްކުރުމުގައި އެޖެންސީން ކަނޑައަޅާ އިއުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ފިއުމިގޭޓްކުރާ ކެމިކަލް ބޭނުންކޮށްގެން ފިއުމިގޭޓް ކުރަންވާނެއެވެ. މިގޮތަށް ފިއުމިގޭޓްކުރިކަން ކަށަވަރުނުކުރެވޭ އުޅަނދުފަހަރަށް ހެލްތު ކުލިއަރަންސް ނުދެވޭނެއެވެ.
(ށ) މެލޭރިޔާއާއި ޔެލޯފީވަރ އުޅޭކަމަށް ކަނޑައަޅައި އިއުލާނުކުރާ ގައުމުތަކުން ޓްރާންސިޓްކުރާ އުޅަނދުފަހަރާއި އެފަދަ ގައުމަކަށް ދަތުރުކޮށްފައި އަންނަ އުޅަނދުފަހަރު ޑިސްއިންސެކްޓް ކުރަންވާނެއެވެ.
(ނ) ރާއްޖެ އެތެރެވުމަށްފަހު ޑިސްއިންސެކްޓްނުކުރާ އުޅަނދުފަހަރު ޑިސްއިންސެކްޓްކުރުމަށް ނުވަތަ ފިއުމިގޭޓްކުރުމަށް ފުރުސަތު ދިނުމަށްފަހު، އެކަން ފުރިހަމަކުރިކަމުގެ ލިޔުން ދިނުމާއެކު، ހެލްތު ކްލިއަރަންސް ދެވޭނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ޑިސްއިންސެކްޓްކުރުމާއި ފިއުމިގޭ ޓްކުރުމާބެހޭ އުސޫލު އެޖެންސީން ކަނޑައަޅައި އާންމުކުރަން ވާނެއެވެ. މި އުސޫލުގައި، ބަލިތަކާއި، ބަލި ފެތުރެމުން އަންނަ ގައުމުތަކާއި، އެފަދަ ގައުމެއްގައި ހޭދަކުރާ ވަގުތެއްގެ ސަބަބުން ފިއުމިގޭޓްކުރުމަށާއި ޑިސްއިންސެކްޓްކުރުމަށް ލާޒިމްވާގޮތްތަކާއި އިސްތިސްނާ ލިބޭނެ ހާލަތްތައް ފާހަގަކުރެވި ފުރިހަމަ އިރުށާދު ބަޔާންކޮށްފައި ހުންނަންވާނެއެވެ.
(ބ) ވައިގެ އުޅަނދު ޑިސްއިންސެކްޓް ކުރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ލަސްވެގެން ފުރުމުގެ 15 (ފަނަރަ) މިނެޓުގެ ކުރިން، ޑިސްއިންސެކްޓްކުރަން ބޭނުންކުރި ކެމިކަލް އަޅައިފައިހުރި ފުޅިފަދަ ތަކެއްޗާއި، ދަތުރާގުޅޭ މައުލޫމާތާއި އުޅަނދުގެ ފުރިހަމަ މައުލޫމާތު އެނގޭނގޮތަށް ލިޔުމުން އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް ހަވާލުކުރަންވާނެއެވެ.
(ޅ) މި ގަވާއިދުގެ ދަށުން ޑިސްއިންސެކްޓްނުކުރާ އަދި ފިއުމިގޭޓް ނުކުރާ އުޅަނދުފަހަރު ދިވެހިރާއްޖެ އެތެރެވުމަށް ހުއްދަދީގެން ނުވާނެއެވެ. އަދި އެތެރެވެއްޖެނަމަ ދިވެހިރާއްޖެ އެތެރެވާ ކޮންމެ ފަހަރަކު މި ގަވައިދުގެ 36 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖޫރިމަނާކުރެވޭނެއެވެ.
(ކ) ޑިސްއިންސެކްޓް ކުރުމަށާއި ފިއުމިގޭޓްކުރުމަށް ބާރު އެޅުމަށްޓަކައި ދަތުރުފަތުރުގެ ކަންކަމާ ގުޅުންހުރި ދައުލަތުގެ ވުޒާރާތަކުން އެކަމަށް ބާރުއެޅުމާއެކު، އެޖެންސީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭންވާނެއެވެ.
18 ވަނަ މާއްދާ - ވައިގެމަގުން ރާއްޖެ އަންނަ އުޅަނދުފަހަރުގައި ސިއްހީގޮތުންފުރިހަމަ ކުރަންޖެހޭ ކަންތައްތައް
(ހ) ވައިގެމަގުން ރާއްޖެ އަންނަ އުޅަނދެއްގައި އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަން (2005) ގައި ބަޔާންކޮށްފައިވާ "އެއަރކްރާފްޓް ޖެނަރަލް ޑެކްލަރޭށަން" ގެ "ހެލްތުޑެކްލަރޭށަން ސެކްށަން" ފުރިހަމަކުރުމަށްފަހު، އުޅަނދު ބަނދަރުކުރާ ބަނދަރެއްގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
(ށ) މެލޭރިޔާއާއި، ޔެލޯފީވަރއާއި، އެ ޖެންސީން ކަނޑައަޅައިފައިވާ ހާއްސަ ބަލިތައް އުޅޭ ގައުމުތަކުން ރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރު ރާއްޖެއަށް އައުމުގެ ކުރިން "އެއަރކްރާފްޓް ޑިސްއިންސެކްށަން މިންގަނޑު" އަށް އުޅަނދަށް"ޑިސްއިންސެކްޓް" ކުރަންވާނެއެވެ. އަދި އެ މިންގަނޑަށް ޑިސްއިންސެކްޓްކުރިކަން "އެއަރކްރާފްޓް ޖެނެރަލް ޑެކްލަރޭށަން" ގެ "ހެލްތު ޑެކްލަރޭށަން ސެކްށަން"ފުރިހަމަކުރުމަށްފަހު، އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިސްއިންސެކްޓް ކުރިކަން އަންގާނީ،ގްރައުންޑް ހޭންޑްލިންގ އެޖެންޓަކު ކަނޑައަޅައިފައިވާނަމަ، އެ އެޖެންޓެއް މެދުވެރިކޮށެވެ. އެޖެންޓަކު ކަނޑައަޅައިފައި ނުވާނަމަ، އެ އުޅަނދަކުން ނުވަތަ އެއެއަރލައިނަކުންނެވެ.
(ރ) ވައިގެމަގުން ރާއްޖެއަންނަ އުޅަނދެއްގައި އާންމު ސިއްހަތަށް ނުރައްކައުވާފަދަ އެއްވެސް ބައްޔެއްހުރި މީހަކު ހުރިނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނުރައްކައުތެރި ބައްޔެއްގައި މީހަކު އުޅޭކަމަށް ށައްކުކުރެވޭނަމަ، އެ އުޅަނދެއް ރާއްޖެއަށް ޖެއްސުމުގެކުރިން އުޅަނދުގެ ޕައިލެޓް މެދުވެރިކޮށް މައުލޫމާތު ހޯދުމަށްފަހު، ފްލައިޓުން މީހުން ފޭބުމުގެ ކުރިން، ބަނދަރުހިންގާ ފަރާތުން އެކަން އިންޓަރނޭށަނަލް ބޯޑަރ ހެލްތަށް އަންގައި، ހެލްތު ކްލިއަރަންސް ހޯދަންވާނެވ.
(ބ) މި މާއްދާގެ (ރ) ގައި ބުނެފައިވާ ބަލިތަކުގެ އަލާމާތްތައް ދެނެގަތުމުގައި ބަލަންވާނީ އެޖެންސީން އެކަމަށް ކަނޑައަޅައި އާންމުކުރާ މައުލޫމާތުތަކަށެވެ.
19 ވަނަ މާއްދާ - އުޅަނދުފަހަރު ރާއްޖެއިން ފުރުމުގެ ކުރިން ހެލްތު ކްލިއަރަންސް ދޫކުރުން،
"އައުޓްވާޑް ޑެކްލަރޭށަން އޮފް ހެލްތު ފޯމު" ހުށަހަޅާއިރު، އެ އުޅަނދަކަށް ހެލްތު ކްލިއަރަންސް ދޭންވާނީ ތިރީގައިވާ ކަންކަން ފުރިހަމަކުރުމުންނެވެ.
(ހ) ކަނޑުގައި ދުއްވާ އުޅަނދެއްނަމަ، "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ގެ މުއްދަތު ހަމަވެފައިވާނަމަ، ސެޓުފިކެޓު އައުކުރުމަށްފަހު.
(ށ) ހާއްސަ ހާލަތެއް ދިމާވެގެން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފައިވާނަމަ، އެކަމެއް ފުރިހަމަ ކުރުމަށްފަހު.
(ނ) އިއުލާނުކުރެވޭ ބަލިތަކުގެ ތެރެއިން އެހެން މީހުންނަށް ނުރައްކައުވާފަދަ ގައިން ގަޔަށް އަރާ ބައްޔެއްޖެހިފައިވާ ނުވަތަ ށައްކުކުރެވޭ މީހަކު ހުރެއްޖެނަމަ، މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ރ) ގައި ބުނާ ފިޔަވަޅުތައް އެޅުމަށްފަހު.
(ރ) އެއްވެސް ފަރާތަކުން ހޯދަންޖެހޭ ހުއްދައެއް އޮވެއްޖެނަމަ، އެ ހުއްދައެއް ހޯދުމަށްފަހު. މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެލޭރިޔާއާއި ޔެލޯފީވަރ އުޅޭ ގައުމުތައްކަމުގައި ބަލަންވާނީ، "އިންޓަނޭށަނަލް ޓްރެވަލް އެންޑް ހެލްތު" ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ ގައުމުތަކެވެ.
20 ވަނަ މާއްދާ - ވައިގެމަގުން ރާއްޖެ އަންނަ އުޅަނދުފަހަރުގައި ސިއްހީގޮތުން ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެކަންކަން ކުރިއަށް ގެންދާގޮތް ބެލުން
(ށ) "ޑިސްއިންސެކްޓް" ކުރަންޖެހޭނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް އެޖެންސީން ކަނޑައަޅައިފައިވާ "އެއަރކްރާފްޓް ޑިސްއިންސެކްށަން މިންގަނޑު" އާ އެއްގޮތަށެވެ.
(ނ) ވައިގެމަގުން ރާއްޖެ އަންނަ އުޅަނދުފަހަރުގައި މި ގަވާއިދުގެ ދަށުން ސިއްހީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރޭތޯ ބަލާނީ، އެ އުޅަނދެއް ޖައްސާ އެއަރޕޯޓުގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުންނެވެ.
ހާއްސަ ބަލިތައް ކޮންޓްރޯލުކުރުމާ ބެހޭ
21 ވަނަ މާއްދާ - ޔެލޯ ފީވަރ ވެކްސިން ޖެހުން
(ހ) ރާއްޖެ އަންނަ ފަރާތްތަކުން، އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށް ވެކްސިން ޖެހުން ނުވަތަ ބަލިން ރައްކައުތެރިވުމަށް ބޭނުންވާ ފަރުވާ ލިބިގަންނަން ވާނެއެވެ.
(ށ) ޔެލޯފީވަރ އުޅޭ ގައުމަކުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ (ދިވެހިންނާއި ބިދޭސީން) އަތުގައި ސައްހަ "ޔެލޯފީވަރ ވެކްސިނޭށަން ސެޓްފިކެޓް" އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ނެތް މީހަކަށް ރާއްޖެ އެތެރެވުމަށް ހުއްދަ ދެވޭނީ، އެމީހަކީ ޔެލޯ ފީވަރ ވެކްސިންކުރުމަށް ސިއްހީގޮތުން އުޒުރުވެރިވާ މީހެއްކަން އަންގައިދޭ ސައްހަ ލިޔުމެއް (އެ ގައުމެއްގެ ކަމާބެހޭ ރަސްމީ ސިއްހީ އިދާރާއަކުން ދީފައިވާ) ހުށަހެޅުމުންނެވެ.
(ރ) އެއް އަހަރުން ދަށުގެ ތުއްތު ކުދިންނަށް މި މާއްދާގެ (ށ) ގައި ބުނެފައިވާ ވެކްސިނޭށަން ސެޓުފިކެޓު އޮންނާކަށް ނުޖެހެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވެކްސިނޭށަން ސެޓުފިކެޓު ގަބޫލުކުރެވޭނީ ވެކްސިންޖެހި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ފާއިތުވެފައިވާނަމައެވެ.
(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ނެތްނަމަ ރާއްޖެ އެތެރެވުމަށް ހުއްދަ ދެވޭނީ، އެމީހަކު ކަރަންޓީނުކޮށްފައި ބެހެއްޓުމަށް ނުވަތަ ސަރވައިލަންސް ށަރުތުތަކަށް އެއްބަސްވާނަމައެވެ.
(ކ) މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާގޮތަށް ރާއްޖެ އެތެރެވުމަށް ހުއްދަ ދިނުމަށްފަހު، އެމީހެއްގެ ސިއްހީ ހާލަތަށް ބެލުމަށްފަހު، ގި ނަވެގެން 6 (ހައެއް) ދުވަހުގެ މުއްދަތަށް އެކަހެރިކޮށްފައި ނުވަތަ ސަރވައިލަންސްގައި ބެހެއްޓޭނެއެވެ.
(އ) މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކަށް އެއްބަސްވެ އިގުރާރުނުވާ ފަރާތްތައް ކަރަންޓީންކޮށްފައި ބެހެއްޓުމަށް ނުވަތަ އަނބުރާ ފޮނުވައިލުން ނުވަތަ މި ދެގޮތުންކުރެ ކޮންމެވެސް އެއްގޮތަކަށް އަމަލުކުރުމަށް އެޖެންސީ ން ނިންމަންވާނެއެވެ.
22 ވަނަ މާއްދާ - ދަތުރުވެރިންނަށް ބޭނުންވާ ވެކްސިންޖެހުން
(ހ) ވަކި ހާލަތްތަކެއްގައި ރާއްޖެއަ ށް އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އެއްވެސް ބާވަތެއްގެ ވެކްސިނެއް ޖެހުމަށް އެޖެންސީން ކަނޑައަޅައިފައިވާނަމަ، ދަތުރުކުރުމުގެ ކުރިން އެ ވެކްސިނެއް ޖަހަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވެކްސިންތަކާއި، އެ ވެކްސިންތަކުގެ އަސަރު ކުރަންފަށާނެ މުއްދަތާއި، އެ ވެކްސިނުގެ އަސަރު ހުންނާނެކަމަށް ކަނޑައަޅައިފައިވާ މުއްދަތު އެޖެންސީން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެކްސިންތައް ދިވެހިރާއްޖެއިން ލިބޭނޭ އިންތިޒާމު އެޖެންސީން ހަމަޖައްސައި އިއުލާނު ކުރަންވާނެއެވެ.
23 ވަނަ މާއްދާ - ވެކްސިނޭށަން ސެޓުފިކެޓުގައި ފުރިހަމަވެފައި ހުންނަންޖެހޭ ކަންތައްތައް
ވެކްސިނޭށަން ސެޓުފިކެޓަކީ ސައްހަ ޑޮކިއުމަންޓެއްކަމުގައި ބަލާނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
(ހ) ދީފައިވާ ވެކްސިނަކީ އެޖެންސީން ގަބޫލުކުރާ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާ ވެކްސިނަކަށްވުން،
(ށ) ވެކްސިން ޖަހައިދީފައިވަނީ އެ ގައުމެއްގައި ވެކްސިންޖެހުމަށް ހުއްދަލިބިފައިވާ ސިއްހީ ހިދުމަތްދޭ ފަރާތެއްކަމުގައިވުމާއެކު، އެފަރާތެއްގެ ސޮޔާއި ވެކްސިން ޖަހައިދިން މަރުކަޒުގެ ރަސްމީ ތައްގަނޑު ޖަހައިފައި އޮތުން،
(ނ) ސެޓުފިކެޓުގައި ވެކްސިންޖެހި ތާރީހު އެނގެން އޮތުމާއި، ވެކްސިން ލިބިގަތް މީހާގެ ނަން އިނގިރޭސި އަކުރު ބޭނުންކޮށްގެން ސާފުކޮށް ލިޔެފައިހުރުން،
(ރ) ސެޓުފިކެޓުގައި ހުރިހާ ބައިތަކެއް ފުރިހަމަކޮށްފައިހުރުމާއި، އެއްވެސް ތަނެއް ކިޔަން ނޭނގޭގޮތަށް ނުވަތަ ލިޔެފައިހުރި ތަނެއް ފޮރުވައިފައި، ނުވަތަ ފަވައިފައި ނުވަތަފުހެފައި ނެތުން،
(ބ) ކޮންމެ ދަތުރުވެރިޔަކަށް ވަކި ސެޓުފިކެޓެއް ފުރިހަމަކޮށްފައި އޮތުމާއި،ކުޑަކުއްޖަކަށްވިއަސް ވަކި ސެޓުފިކެޓެއް ފުރިހަމަކޮށްފައި އޮތުން،
24 ވަނަ މާއްދާ - ބަނދަރުތަކަށް އަންނަ ފަރާތްތަކާއި އުޅަނދުފަހަރު ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރުން
(ހ) ރާއްޖެ އަންނަ މީހެއްގެ ކިބައިން ބައްޔެއް ފެތުރިދާނެކަމުގެ ނުރައްކަލަށްޓަކައި އެމީހަކު އެކަހެރިކޮށްފައި ނުވަތަ ކަރަންޓީނުކޮށްފައި ބަހައްޓަން އެޖެންސީން ކަނޑައަޅަންވާނެއެވެ.
(ށ) ކަރަންޓީނުގައި މީހަކު ބަހައްޓާނަމަ، އެމީހަކު ކަރަންޓީނުކޮށްފައިވާ މުއްދަތުގައި ހިނގާ ފަރުވާކުރުމުގެ ހަރަދުތައް ކުރަންވާނީ އެޖެންސީންނެވެ.
(ނ) އާންމު ސިއްހަތަށް ނުރައްކައުތެރިވާފަދަ ކަމެއް ފާހަގަކުރެވި އުޅަނދުތައް ކަރަންޓީނުކުރުމަށް ބަނދަރުކުރާނެ ހާއްސަ ސަރަހައްދުތައް ބައިނަލްއަގްވާމީ ކަނޑުގެ ބަނދަރުތަކުގައި ނުވަތަ އެނޫންވެސް ސަރަހައްދެއްގައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައި އޮންނަންވާނެއެވެ.
(ރ) ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ކަރަންޓީނު ސަރަހައްދަކުން އަންނަ ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ ފަރާތުން ކަރަންޓީނު ފިލުވަންދެ ން، ދުވާލުނަމަ ކަރަންޓީނު ދިދަ (ރީނދޫ ދިދަ)، ރޭގަނޑުނަމަ ހުދު އައްޔެއްގެ މަތީގައި ރަތް އައްޔެއް ހުންނަންވާނެއެވެ.
(ބ) ރާއްޖެއަށް އެތެރެވާއިރު ވެކްސިންޖަހަންޖެހޭ ބައްޔަކަށް ވެކްސިން ޖެހިކަން ކަށަވަރުނުވާ ދިވެހިން، ކަރަންޓީންކުރުމަށް ނުވަތަ އައިސޮލޭޓްކުރުމަށް ނުވަތަ ސަވައިލަންސްއަށް ދިޔުމަށް އިގުރާރު ނުވިކަމުގައިވިޔަސް، އެ ބައްޔަކާ ގުޅޭގޮތުން ކަނޑައެޅިފައިވާ އެފަދަ ރައްކައުތެރިކަމުގެ ފިޔަވަޅެއް އެޅުމަށްޓައި އެޖެންސީން ކަނޑައަޅާ ތަނަކަށް ފޮނުވަންވާނެއެވެ.
(ޅ) ގައިންގަޔަށްއަރާ ނުރައްކައުތެރި ބައްޔަކަށް ށައްކުކުރެވޭ މީހާއަށް ށައްކުކުރެވޭ ބަލީގެ އަސަރު އެހެންމީހުންނަށް ކުރުމުގެ ފުރުސަތު އޮންނަކަމަށް، ފަހުގެ ސިއްހީ ހޯދުންތަކުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި، އެއް އުޅަނދަކުން ދަތުރުކުރި މީހުންނާއި، ބައްދަލުވީ މީހުންނާއި، ބަލީގެ އަސަރުކުރާނެ މިންވަރަށް އެކުގައި ވަގުތު ހޭދަކުރެވުނު މީހުން ސިއްހީގޮތުން ބަލަންވާ ކަންކަން ބެލުމަށްފަހު، ބަލީގެ އަސަރުކޮށްފައިވާކަމަށް ށައްކުކުރެވޭނަމަ، އެޖެންސީން އެމީހަކު ނުވަތަ އެބަޔަކު ކަރަންޓީނު ކުރަންވާނެއެވެ.
(ކ) ބައްޔަކާ ގުޅޭގޮތުން ކަނޑައެޅޭ ވަކި މުއްދަތަށް ކަރަންޓީނުކޮށްފައި ނުވަތަ ސަރވައިލަންސްގައި ހުންނަ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށައިފިނަމަ، ނުވަތަ އިތުރަށް ށައްކުކުރެވޭނަމަ، އިތުރު މުއްދަތަކަށް ފަރުވާދިނުމަށް ނުވަތަ ތަހުލީލުކުރުމަށް ކަރަންޓީނުކޮށްފައި ބެހެއްޓުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކާ ހަވާލުކުރެވޭނެއެވެ.
(ކ) މި މާއްދާގެ (ކ) ގައި ބުނެފައިވާ ގޮތުގެމަތިން ސިއްހީ މަރުކަޒުތަކާ ހަވާލުކުރެވޭ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅޭގޮތުން ހިނގާ އެންމެހައި ހަރަދުތަކާއި އެފަދަ ބައްޔެއްކަން ޔަގީންކުރުމަށްޓަކައި ސާމްޕަލަށް ބޭނުންވާ ތަކެތި ނަގައިގެން ރާއްޖެއިން ބޭރުންކުރަންޖެހޭ ހަރަދުތައް ކުރާނީ އެޖެންސީންނެވެ.
25 ވަނަ މާއްދާ - ކޮންޓެކްޓް ޓްރޭސިންގ
ގައިންގަޔަށް އަރާ ނުރައްކައުތެރި ބައްޔަކަށް ހުށަހެޅިފައިވާ މީހުން ދެނެގަތުމުގެ ބޭނުމަށް ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ބޭނުމަށް، ބައްޔަށް ށައްކުކުރެވުނު މީހާއަށް ށައްކުކުރެވޭ ބަލީގެ އަސަރު އެހެން މީހުންނަށް ކުރުމުގެ ފުރުސަތު އޮންނަކަމަށް،ފަހުގެ ސިއްހީ ހޯދުންތަކުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި، އެއްއުޅަނދަކުން ދަތުރުކުރިމީހުންނާއި، ބައްދަލުވީ މީހުންނާއި، ބަލީގެ އަސަރުކުރާނެ މިންވަރަށް އެކުގައި ވަގުތު ހޭދަކުރެވުނު މީހުންގެ ފުރިހަމަ މައުލޫމާތު ހޯދުމުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުން، އެނގިހުރި މިންވަރަކުން ސާފުތެދު މައުލޫމާތު އެޖެންސީން ބޭނުންވާ ވަގުތުގައި ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ށައްކުކުރެވޭ މީހުންނާއި ތަކެތި އެޖެންސީގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، މައުލޫމާތު ކަށަވަރުކުރުކޮށް، ބައްޔާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން، ވީއެންމެ އަވަހަކަށް އެޖެންސީން ބަލަންވާނެއެވެ.
(ނ) ކޮންޓެކްޓް ޓްރޭސިންގައި ބަލަން ކަނޑައަޅާ ބައްޔަށް ށައްކުކުރެވޭ މީހުން އެޖެންސީން ކަނޑައަޅާ ތަނަކަށް، ކަނޑައަޅާ ވަގުތުގައި ހާޒިރުކުރުމުގައި ފުލުހުންނާއި ދައުލަތުގެ އެހެނިހެން ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމަށް އެޖެންސީއަށް އެދެވިދާނެއެވެ.
(ރ) ފުލުހުންގެ އެހީތެރިކަމާއެކު، ކޮންޓެކްޓް ޓްރޭސިންގގެ ބޭނުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހާޒިރުވުމަށް ހުރަސްއަޅާ ނުވަތަ އިންކާރުކުރާ ފަރާތްތައް، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ހާޒިރުކުރުމަށް އެޖެންސީއަށް އެދެވޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބުނެފައިވާ 24 (ސައުވީސް) ގަޑިއިރު ގުނަންފަށާނީ، އެފަރާތެއް އެޖެންސީއަށް ހާޒިރުވުމަށް އަންގައިފައިވާ ވަގުތުން ފެށިގެންނެވެ.
26 ވަނަ މާއްދާ - އާންމު ސިއްހީ ނުރައްކަލަކަށް ށައްކުކުރެވޭ ނުވަތަ ޔަގީންކުރެވޭ އުޅަނދުފަހަރާއި، މީހުންނާއި ތަކެއްޗާބެހޭ މައުލޫމާތު ފޯރުކޮށްދިނުން
(ހ) އާންމު ސިއްހީ ނުރައްކަލަކަށް ށައްކުކުރެވޭ ނުވަތަ ޔަގީންކުރެވޭ އުޅަނދުފަހަރާއި، މީހުންނާއި، ތަކެއްޗާބެހޭ ތަފުސީލީ މައުލޫމާތު، އެޖެންސީން ކަނޑައަޅާ ވަގުތެއްގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އަމިއްލަ ފަރުދުން ފޯރުކޮށްދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ ބޭނުމަށްޓަކައި ފޯރުކޮށްދިނުމަށް އަންގާ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިންކާރުކުރާ ނުވަތަ ލަސްކުރާ ފަރާތްތަކުން އެ ކުރަނީ ގާނޫނީ ކުށެކެވެ.
(ނ) މި ގަވާއިދުގެ ދަށުން އެއްކުރެވޭ އެންމެހައި މައުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ އެޖެންސީއާއި ކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކުން ކަށަވަރުކުރަންޖެހޭނެ ކަމެކެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކުރަންވާނީ،ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކޮންމެހެން ބޭނުންވާ މިންވަރަށެވެ.
އުޅަނދުފަހަރު ބަނދަރުތަކަށް ކައިރިކޮށްފައި އޮންނައިރު އަމަލުކުރަންޖެހޭގޮތް
27 ވަނަ މާއްދާ - އުޅަނދުފަހަރު ބަނދަރުތަކަށް ކައިރިކޮށްފައި އޮންނައިރު އަޅަންޖެހޭ ފިޔަވަޅު
ބަނދަރުކުރާ ނުވަތަ ކައިރިކުރާ އުޅަނދުތަކުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ:
- އެލޯންގްސައިޑްކުރާ ބޯޓް، ބައްތެލި އަދި ޓަގް ފަދަ އުޅަނދުފަހަރުން އެއްގަމަށް ހިފާ ވާވެލާވެލީގައި "ރެޓް ގާޑް" ހަރުކޮށްފައި ބެހެއްޓުން،
- އުޅަނދުގައި ހުންނަ ބޯފެނާއި ކާބޯތަކެތި ސާފުތާހިރުކަންމަތީ ހުރުން،
- "މެޑިސިންގ ޗެސްޓް ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ބޭސް ލިބެން ހުރުމާއި، ފަސްޓް އެއިޑުގެ ހިދުމަތް ބޯޓުގައި ލިބެން ހުރުން،
- މަދިރިފަދަ ސޫފާސޫފި، ބޯޓުގައި އާލާނުވާގޮތަށްހުރުން.
(ށ) މި މާއްދާގެ (ހ) ގައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާކަން އިންސްޕެކްށަނުގައި ފާހަގަކުރެވިއްޖެނަމަ، އެކަމެއް އިސްލާހުކުރަންދެން އެ އުޅަނދަކަށް މުދާ އަރުވައި ބޭލުމާއި މީހުން އަރައި ފޭބުން ޕޯޓް ހެލްތު އޮފިސަރުންނަށް ހުއްޓުވިދާނެއެވެ.
(ނ) ސިއްހީ ނުރައްކަލެއްގެގޮތުގައި އެޖެންސީން ކަނޑައަޅައިފައިވާ އެއްޗެއް ރާއްޖެއަށް އަންނަ ނުވަތަ ފުރާ އުޅަނދެއްގައި ނުވަތަ ރާއްޖެ އަންނަ ފަރާތަކުން ޕޯޓް ހެލްތު އޮފިސަރުންނަށް ހާމަނުކޮށް ފޮރުވާ ރައްކައުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާފަދަ އަމަލެއް ނުވަތަ ކަމެއް ކުރުމަކީ ކުށެކެވެ. މިފަދަ އަމަލެއް ކުރާ ފަރާތްތަކަށް މި ގަ ވާއިދުގެ 36 ވަނަ މާއްދާގެ (ނ) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
މައްޔިތުންނާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް ރާއްޖެ އެތެރެކުރުމާއި ބޭރުކުރުން
28 ވަނަ މާއްދާ - މައްޔިތުންނާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް އިމްޕޯޓްކުރުމަށާއި އެކްސްޕޯޓްކުރުމަށް "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ދޫކުރުން
(ހ) މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިންބޭރަށް އެކްސްޕޯޓްކުރެވޭނީ ނުވަތަ ރާއްޖެއަށް އިމްޕޯޓްކުރެވޭނީ "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ލިޔުމުން ހޯދައިގެންނެވެ. މިހުއްދަ ހޯދައިފައިވާކަން ކަށަވަރުނުކޮށް، އުޅަނދުގެ މާލިމީ ނުވަތަ އުޅަނދުގެ އެޖެންޓު ނުވަތަ އުޅަނދުގެ އޮޕަރޭޓަރު، އުޅަނދުގައި އެފަދަ އެއްޗެއް އުފުލުމަށް ފުރުސަތު ދީފިނަމަ، އެ ކުރަނީ ކުށެކެވެ. މި ކުށް ކުރި ފަރާތެއް، މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމާއި ރާއްޖެއަށް އިމްޕޯޓްކުރުމުގެ މަސައްކަތް ކުރަންވާނީ، އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ އެޖެންޓެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން "ޑެޑް ބޮޑީ އެންޑް ރިމެއިންސް" އިންޕޯޓްކުރުމުގެ މަސައްކަތްކުރާ އެޖެންޓުންނާއި، އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރާ އެޖެންޓުންނާއި، ދައުލަތުގެ މުއައްސަސާތަކުން އެޖެންސީގައި ރަޖިސްޓްރީކުރުމަށްފަހު، ލައިސަންސް ދިނުމާއި ބާތިލްކުރުމުގައި އަމަލުކުރާނޭ އުސޫލ،ު މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެޖެންސީން އެކުލަވައިލަން ވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ލެބޯޓްރީ ސާމްޕަލްގެގޮތުގައި ތަހުލީލުކުރުމަށް ފޮނުވާ އިންސާނުންގެ ޓިށޫ އާއި، ދިޔާތަކެއްޗާއި ކަށިފަދަ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް އެޖެންސީގެ ހުއްދަ ހޯދާކަށެއް ނުޖެހޭނެއެވެ.
(ބ) "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ ފީ ދައްކަންވާނެވެ.
(ޅ) ރާއްޖެއިން ބޭރަށް މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުން ބައެއް ނުވަތަ އިންސާނެއްގެ ގުނަވަނެއް އެކްސްޕޯޓްކުރުމުގެ ހުއްދަ ދޫކުރަންވާނީ، ތިރީގައިމިވާ ކަންތައްތައް ފުރިހަމަ ކުރުމުންނެވެ.
- މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުން ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި އެޖެންސީގައި އަހަރަކު އެއްފަހަރު ރަޖިސްޓަރީކުރުން،
- ސިއްހީގޮތުން ރައްކައުތެރިކޮށް ބަންދުކޮށްފައިވުން،
- މަރުވެފައިވާ މީހާގެ ނުވަތަ ގުނަވަން ނިސްބަތްވާ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ދަތުރުކުރުމުގެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހެޅުން،
- މަރުފޯމުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ފޮރިންއެފެއާޒުން"ނޯއޮބްޖެކްށަން" ތައްގަނޑު ޖެހުމަށްފަހު ހުށަހެޅުން،
(ކ) ރާއްޖެއަށް މައްޔިތުން ގެނައުމުގެ ހުއްދަ ދޫކުރާނީ ތިރީގައިވާ ލިޔެކިޔުންތައް އެޖެންސީއަށް ހުށަހެޅުމުންނެވެ.
- މަރުވިސަބަބު ބަޔާންކޮށްފައިވާ މަރުފޯމު.
- ޕާސްޕޯޓް ނުވަތަ ދަތުރުކުރުމުގެ ލިޔުމުގެ ކޮޕީ.
- މައްޔިތާ ނުވަތަ ހަށިގަނޑުގެ ބައި ގެންނަ ގައުމެއްގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް.
- އެ ގައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ގަބޫލުކުރާ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ބަންދުކޮށްފައިވާކަމުގެ ރަސްމީ ލިޔުން.
- އިމްޕޯޓްކުރާ މައްޔިތާއާ ހަވާލުވާ ފަރާތުން، ހަވާލުވާނެކަމުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ޒިންމާވާނެކަމުގެ ސިޓީ.
(އ) އިންސާނެއްގެ ގުނަވަނެއް ނުވަތަ ބަޔެއް ރާއްޖެއަށް ގެނައުމުގެ ހުއްދަ ދޫކުރާނީ ތިރީގައިވާ ލިޔެކިޔުންތައް އެޖެންސީއަށް ހުށަހެޅުމުންނެވެ.
- ގުނަވަން ނިސްބަތްވާ މީހާގެ ފުރިހަމަ މައުލޫމާތު.
- ކޮން ގުނަވަނެއް ނުވަތަ ގުނަވަންތަކެއްކަން އަންގައިދޭ މެޑިކަލް ރިޕޯޓް.
- ގުނަވަން އެތެރެކުރާ ތަނާއި، ބޭނު މާއި، ސަބަބު،
- އެ ގައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ގަބޫލުކުރާ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ބަންދުކޮށް ފައިވާކަމުގެ ލިޔުމެއް.
- އެ ގައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއިން ޓްރާންސްޕޯޓްކުރުމަށް ހުއްދަދޭ ލިޔުން،
29 ވަނަ މާއްދާ - މައްޔިތާ ނުވަތަ އިންސާނެއްގެ ހަށިގަނޑުން ބައެއްގައި ބައިނަލްއަގްވާމީގޮތުން ބަލަންޖެހޭ ފަދަ ގައިންގަޔަށް އަރާ ބައްޔެއް ހުރިކަން ނުވަތަ ނެތްކަން ކަށަވަރުކުރުން
(ހ) އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭ މައްޔިތުންނާއި، ހަށިގަނޑުގެ ބައިތަކުގައި ބައިނަލްއަގްވާމީގޮތުން ބަލަންޖެހޭ ފަދަ ގައިންގަޔަށް އަރާ ބައްޔެއް ހުރިތޯ ނުވަތަނޫންތޯ މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާސިއްހީ މާހިރެއް ނުވަތަ ސިއްހީ އިދާރާއަކުން ކަށަވަރުކޮށް، އެކަމާބެހޭ ފުރިހަމަލިޔުން، "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް"ހުއްދައަށް އެދުމުގެ ކުރިން އެޖެންސީއަށް ނުވަތަ އެ ސަރަހައްދެއްގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތަ ށް ހުށަހަޅަންވާނެއެވެ.
(ށ) ގައިންގަޔަށް އަރާ ބަލިތައް ހުރިތޯ ކަށަވަރުކުރުމަށްޓަކައި، އެ ބަލިތަކުގެ ލިސްޓާއިތަހުލީލުކުރާނެގޮތުގެ ތަފުސީލުތައް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ވަކި ފެންވަރެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެޖެންސީން މަދުވެގެން އަހަރަކު1 (އެކެއް) ފަހަރު ފޯރުކޮށްދޭންވާނެއެވެ.
(ނ) "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ލިޔުމުގައި، އެފަދަ ބައްޔެއް ހުރިކަން ނުވަތަ ނެތްކަން ކަށަވަރުކުރި ސިއްހީ މާހިރެއްގެ ސޮޔާއި،މަގާމާއި، މުއައްސަސާގެ ނަމާއި، ގައިންގަޔަށް އަރާ ބައްޔެއް ހުރިނަމަ އެ ބައްޔަކާބެހޭ ހޯދުންތައް ހިމަނައިފައި އޮންނަންވާނެއެވެ.
(ރ) މީހަކު މަރުވިއިރު، އޭނާގެ ސިއްހީ ރިކޯޑްތަކުން އެއްވެސް މިންވަރަކަށް ގައިންގަޔަށްއަރާ ބައްޔަކާބެހޭ މައުލޫމާތު ލިބެން ނެތްކަން ޔަގީންވާނަމަ، ނުވަތަ އެފަދަ ކަމަކަށް ށައްކުކުރެވޭ އެއްވެސް ކަމެއް ނެތްނަމަ، ނުވަތަ ގައިންގަޔަށްއަރާ ނުރައްކައުތެރިބައްޔެއް ފެތުރެމުންދާ ގައުމެއްކަމަށް ރަސްމީ އިދާރާއަކުން ކަނޑައަޅައިފައިވާ ގައުމަކަށް، އިންކިއުބޭށަން ޕީރިއެޑްގެ ތެރޭގައި ޒިޔާރަތްކުރިކަމުގެ މައުލޫމާތު ކަށަވަރުނުވާނަމަ، ސިއްހީ ތަހުލީލުތަކެއް ކުރުމަކާ ނުލައި، އެއިންކަމަކަށް ށައްކުނުކުރެވޭކަމަށް ބަޔާންކޮށް، މައްޔިތާ ބެލި ސިއްހީ މާހިރަކު އިގުރާރުވެ ސޮއިކުރަންވާނެއެވެ.
(ބ) މީހަކު މަރުވިއިރު، އޭނާގެ ސިއްހީ ރިކޯޑުތަކުން އެފަދަ ބައްޔަކާބެހޭ މައުލޫމާތު ހުރުން ނުވަތަ އެފަދަ ކަމަކަށް ށައްކުކުރެވޭ ކަމެއް ހުރުން ނުވަތަ ގައިންގަޔަށްއަރާ ނުރައްކައުތެރި ބައްޔެއް ފެތުރެމުންދާ ގައުމެއްކަމަށް ރަސްމީ އިދާރާއަކުން ކަނޑައަޅައިފައިވާ ގައުމަކަށް، ބައްޔަކާ ގުޅޭ އިންކިއުބޭށަން ޕީރިއަޑްގެ ތެރޭގައި ޒިޔާރަތްކުރިކަމުގެ މައުލޫމާތުހުރެމެ، އެ މައުލޫމާތަށް ރިއާޔަތްނުކޮށް، ތަހުލީލުކުރެވެންހުރި މިންވަރަކުން ސިއްހީ ތަ ހުލީލުތަކެއް ކުރުމަކާ ނުލައި، ނުވަތަ އެކަން ފާހަގަނުކޮށް ގަސްތުގައި ނުވަތަ އިހުމާލުން ނަމަވެސް ހުއްދަދޭ ލިޔުމުގައި އިގުރާރުވެ ސޮއިކޮށްފިނަމަ، އެފަރާތެއް މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖޫރިމަނާކޮށް އިދާރީގޮތުން މައްސަލަބެލުމަށް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭނެއެވެ.
(ޅ) އޮޔާދާ ނުވަތަ ލައްގާ އިންސާނުންގެ ހަށިގަނޑާއި، ހަށިގަނޑުގެ ބައިތައް ނުރައްކައުތެރި ބައްޔަކަށް ށައްކުކުރެވޭނަމަ، ނުވަތަ ނުރައްކައުތެރި ބައްޔެއް ފެތުރެމުންދާ ގައުމަކުން އައިސްފައިވާކަމަށް ށައްކުކުރެވޭތޯ ބެލުމަށް ހޯދަންޖެހޭމައުލޫމާތު ހޯދުމަށްފަހުގައި، ތަހުލީލުކުރުމަށް ނުވަތަ ތަހުލީލު ނުކުރެވޭނަމަ ވަޅުލުމުގެ ކުރިން މި ގަވާއިދުގެ ޖަދުވަލު 7 ގެ 2 ވަނަ ނުކުތާގެ 1.1 ގައި ބުނާގޮތުގެ މަތިން ޕެކިންގައި ބަންދުކުރުމަށްފަހު، ވަޅުލަންވާނީ އެޖެންސީއަށް ތިރީގައިވާ ތަފުސީލު ލިޔެ ހުއްދަ ހޯދުމަށްފަހުގައެވެ.
- މަރުވެފައިވާ މީހާގެ މައުލޫމާތު ނުވަތަ ފެނުނު ބައިތަކުގެ މައުލޫމާތު.
- ފެނުނު ތާރީހާއި ގަޑި.
- ފެނުނު ތަނާއި ސަރަހައްދު،
- ގައިންގަޔަށްއަރާ ބައްޔަކަށް ށައްކުކުރެވޭނަމަ އެކަމުގެ ތަފުސީލު.
- ނިސްބަތްވާ ގައުމު ނުވަތަ ސަރަހަ އްދު،
30 ވަނަ މާއްދާ - ހިދުމަށްތަކަށް ފީ ނެގުން
އިންޓަނޭށަނަލް ބޯޑަރ ހެލްތުން ދޭ ހިދުމަތްތަކުގެ ތެރެއިން ތިރީގައިވާ ކަންކަމަށް،މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ގޮތުގެމަތިން ފީ ނަގަންވާނެއެވެ.
- ހިދުމަތްތަކަށް ރަޖިސްޓަރީކުރުމަށް.
- އުޅަނދުތަކަށް ދޫކުރާ "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓިފިކެޓް"ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ދޫކުރުމަށް.
- އިންޓަރނޭށަނަލް ބޯޑަރ ހެލްތުން ދޫކުރާ ސެޓުފިކެޓު އައުކުރުމަށާއި، މުއްދަތު އިތުރުކުރުމަށް.
- "މެޑިސިން ޗެސްޓް ސެޓްފިކެޓް" ދޫކުރުން،
- ސެޓުފިކެޓު ގެއްލިގެން އަލުން ހަދައިދިނުން،
- "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ދޫކުރުން،
- "ޑެޑްބޮޑީ އެންޑް ރިމެއިންސް " އެޖެންޓުންގެ އަހަރީ ރަޖިސްޓަރީ ފީ.
- މަތީގައި ބުނެފައިވާ ކަންކަމުގެ އިތުރުން، އެޖެންސީން ކަނޑައަޅާ އިތުރު ހިދުމަތްތަކަށް ފީ ނެގިދާނެއެވެ.
31 ވަނަ މާއްދާ - ފީ ނެގުމަކާ ނުލައި ދޭ ހިދުމަތްތައް
ތިރީގައިވާ ހިދުމަތްތަކަށް، ދަތުރުވެރިންގެ އަތުން އެއްވެސް އަގެއް ނުނެގޭނެއެވެ.
(ހ) ދޭދޭ ގައުމުތަކުގެ މެދުގައި ފެތުރޭ ރޯގާއާއި ބަލިމަޑުކަމެއް އުޅޭ ހާލަތެއްގައިދަތުރުވެރިންގެ ތެރޭގައި ބަލި ނުވަތަ ބަލި ފަތުރާ ޖަރާސީމު އަށަގެންފައިވޭތޯ ބެލުމަށް އެޖެންސީން ކަނޑައަޅާ މެޑިކަލް އެގްޒެމިނޭށަންތައް ހެދުމަށް.
(ށ) ރާއްޖެއަށް ބަލިމަޑުކަމެއް އެތެރެވިޔަ ނުދިނުމަށް އަޅަންޖެހޭ ކުއްލި ފިޔަވަޅެއްގެގޮތުންދުރާލައި އިއުލާނުކޮށް އާންމުކޮށްފައިނުވާ ވެކްސިނެއް ނުވަތަ ބޭހެއް ނުވަތަ ޓެސްޓެއް ދަތުރުވެރިން ރާއްޖެއަށް އަންނަ ވަގުތު ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ދިނުމަށް.
(ނ) ރާއްޖެ އަންނަ ދަތުރުވެރިންނާއި ފުރާ ދަތުރުވެރިންގެ ތެރެއިން ކަރަންޓީނުކުރަން ނުވަތަ އައިސޮލޭޓްކުރުމަށް.
(ރ) ދޭދޭ ގައުމުތަކުގެ މެދުގައި ފެތުރޭ ރޯގާއާއި ބަލިމަޑުކަމެއް އުޅޭ ހާލަތެއްގައިކަރަންޓީނުކުރެވޭ ނުވަތަ އައިސޮލޭޓްކުރެވޭ ދަތުރުވެރިންގެ ދާގީނާ (ބެގެޖް) އިންސިއްހީ ނުރައްކަލެއް ކުރިމަތި ނުވާނެކަން ކަށަވަރުކުރުމަށާއި ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް.
32 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން އިސްތިސްނާވެގެންނުވާ ފަރާތްތައް
(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާހައި ހިނދަކު، އާންމު ސިއްހަތުގާނޫނުގެ މަގްސަދަށްޓަކައި އަދި ބައިނަލްއަގްވާމީ ގަވާއިދުތަކާއި، މަގްސަދުތަކާއެއްގޮތަށް ދައުލަތްތަކުގެ ވެރިން ފަންތީގެ މީހުންނާއި، އެފަރާތްތައް ބައިނަލްއަގްވާމީދަތުރުތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި، ޑިޕްލޮމެޓިކް ފަރާތްތަކާއި، ސަލާމަތީބާރުތަކާއި ތަންފީޒީ މުއައްސަސާތައް މި ގަވާއިދުގެ ދަށުން އިސްތިސްނާވެގެނެއް ނުވެއެވެ.
(ށ) މި މާއްދާ ގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަކުރުމަށް އެފަރާތްތަކަށް ހާއްސަ އިންތިޒާމްތައްހަމަޖައްސައިދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
33 ވަނަ މާއްދާ - ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި މި ގަވާއިދަށް އަމަލުކުރުން
(ހ) ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ 7 ވަނަ މާއްދާއާއި، އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބު ނެފައިވާ ކުއްލި ހާލަތްތަކުގައި ފަރުވާކުޑަކުރުން ނުވަތަ އިހުމާލުވުން ނުވަތަ އިސްތިސްނާ ދެވުމުން އާންމު ރައްޔިތުންގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރި ރައްޔިތުންގެ ފުރާނައަށް ނުރައްކައުތެރިވާ ހާލަތަކަށް ގައުމުގެ އާންމު ސިއްހަތުގެ ހާލަތު ހިނގައިދާނެ ކަމަކަށްވާތ،ީރައްކައުތެރިވެ ތިބުމުގެގޮތުން ހުރިހާ ފަރާތްތަކުން މި ގަވާއިދު ފުރިހަމައަށްތަންފީޒުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ ހާލަތްތަކުގައި މީހުންނާއި ވަސީލަތްތަކާއިއެނޫންވެސް މި ގަވާއިދު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިކަމެއް ހުރިނަމަ، މި ގަވާއިދު ތަންފީޒުކުރުމުގައި ގެނެވޭ ވަގުތީ ލުއިފަސޭހަކަން، އެޖެންސީއާއި ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މަށްވަރާކޮށް ނިންމިދާނެއެވެ.
34 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުމުގައި ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމަށް އެދުމުގައި އަމަލުކުރާނެގޮތް
(ހ) މި ގަވާއިދުގައި ބުނެފައިވާ ކަމެއް ފުރިހަމަނުކޮށް ފުރާ އުޅަނދުފަހަރު ނުވަތަ މީހުންފުރިޔަނުދީ ހުއްޓުވުމަށް ލިޔުމުން ނުވަތަ އަނގަބަހުން އިންޓަރނޭށަނަލް ބޯޑަރހެލްތުން އެދިއްޖެ ހާ ލަތެއްގައި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަންއެވަގުތެއްގައި ފޯރުކޮށްދޭންވާނެއެވެ.
(ށ) ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކު، ފުރުން ހުއްޓުވޭ އުޅަނދުފަހަރާއި ފަރާތްތައް، ހުއްޓުވުނު ސަބަބާއި، ހުއްޓުވަން އެދުނު އިންޓަރނޭށަނަލް ބޯޑަރހެލްތުގެ މުވައްޒަފުގެ މައުލޫމާތު ބަޔާންކޮށް، އެ ހިދުމަތެއް ދިން ސަލާމަތީއިދާރާއަކަށް އެކަމެއް ހިނގިތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެޖެންސީން ސަބަބު ބަޔާންކޮށް ލިޔުމުން އަންގަންވާނެއެވެ.
25 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުމުގައި ށަރުއީ ކޯޓްތަކުގެ އަމުރަށް އެދުން
އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން، އާންމު ތަކެއްޗާ ގުޅޭ ކަންކަމުގައި މި ގަވާއިދު ތަންފީޒުކުރުމަށް ބޭނުންވާ ކޯޓު އަމުރަކަށް އެދެވިދާނެއެވެ. ކޯޓު އަމުރަށް އެދެންވާނީ، ތިރީގައި ބުނާ ހާލަތް ތަކުގައި އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވ.
(ހ) ފުރާ މީހުންނާއި އަންނަ މީހުން ސަރވައިލަންސަށް ނުވަތަ ސްކްރީނިންގއަށް އެއްބާރުލުން ނުދިނުން،
(ށ) އާންމު ސާފުތާހިރުކަން ކަށަވަރުކުރުމަށް އެއްބާރުލުން ނުދޭ އުޅަނދުފަހަރު، އަދި މި ގަވާއިދުގައި ބުނާ ކަންކަން ރަނގަޅުކުރިކަން ކަށަވަރުކުރެވޭނެގޮތް ނުވާ އުޅަނދުފަހަރު ފުރިޔަނުދީ ހިފެހެއްޓުމަށް ނުވަތަ ރަނގަޅުކުރުމަށް އަންގައިފައިވާ ކަންކަން އިސްލާހުކުރުމަށް.
(ނ) އާންމު ސިއްހަތަށް ގެއްލުންވެދާނެ ކަމެއް އެތަނެއްގައި ހިނގަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ނުވަތަ އެފަދަކަމަކަށް ށައްކުކުރެވޭ ބަނދަރުތައް ބަލައިފާސްކުރުމަށް.
(ރ) ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކު ގަވާއިދުގައި ބުނާ ކަންކަން ތަންފީޒުކުރުމަށް.
(ބ) މީހުންނާއި އުޅަނދުފަހަރު އައިސޮލޭޓްކުރުމަށް ނުވަތަ ކަރަންޓީންކުރުމަށް ދެކޮޅުހަދާނަމަ، އައިސޮލޭޓްކުރުމަށް ނުވަތަ ކަރަންޓީނުގައި ބެހެއްޓުމަށް.
(ޅ) ތަހުލީލަށް ބޭނުންވާ ސާމްޕަލް ނެގުމާއި، ހެތްކާއި ގަރީނާ ހޯދުމަށް.
(ކ) މި ގަވާއިދުގައި ބުނާ ކަންކަން އިސްލާހުކުރުމަށާއި ގަވާއިދުގައި ބުނާ ފިޔަވަޅުތައް ތަންފީޒުކުރަން ރައްދުވާ ފަރާތްތަކަށް އަމުރުކުރުމަށް.
(އ) ކޮންޓެކްޓް ޓްރޭސިންގެ ބޭނުމަށް މައުލޫމާތު ހޯދުމަށާއި ބައްޔަށް ހުށަހެޅިފައިވާކަމަށް ށައްކުކުރެވޭ މީހުންނާ ގުޅޭ ކަންކަން އިތުރަށް ބެލުމަށް.
36 ވަނަ މާއްދާ - މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން
(ހ) މި ގަވާއިދުގެ ދަށުން ޕަބްލިކް ހެލްތު އޮފިސަރަކު ނުވަތަ ޕޯޓް ހެލްތު އޮފިސަރަކު ކުރަމުންދާ މަސައްކަތަކަށް ހުރަސްއަޅައިފި މީހަކު އެކުރަނީ ކުށެއްކަމާއި، އެ ކުށްކުރި މީހަކު ނުވަތަ ފަރާތެއް 2000 (ދެހާސް ރުފިޔާ) އަށްވުރެބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން އުޅަނދުގެ ވެރިފަރާތަށް އެންގޭ އެންގުމަކަށް އަމަލުނުކޮށްފިނަމަ، އެފަރާތުން އެ ކުރަނީ ކުށެއްކަމާއި، އެ ކުށުގެ އަދަބެއްގެގޮތުން 4,000 (ހަތަރުހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) މި ގަވާއިދުގައި ބުނެފައިވާ ކަމަކާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި، ގަސްތުގައިވިޔަސް، ނުވަތަ އިހުމާލުންވިޔަސް، ޖަވާބުގެގޮތުގައި ދޮގު މައުލޫމާތު ދީގެން ނުވާނެކަމާއި، ކަނޑައެޅިގެން ތެދުކަން އެނގިހުރެ ދޮގު މައުލޫމާތުދޭ ކޮންމެ ފަރާތެއް 3,000 (ތިންހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި ގަވާއިދުގައި ވަކިކަމެއް ނުވަތަ އަމަލެއް އެއީ ކުށެއްކަމަށް ބަޔާންކޮށް އެ ކުށުގެ އަދަބު ކަނޑައަޅައިފައިވާ ކުށުގެ އިތުރުން، މި ގަވައިދާ ހިލާފަށް ކުރެވޭ އަމަލާއި ކުރެވޭ ކަންކަމަކީވެސް މި ގަވާއިދުގެ ދަށުން ކުރެވޭ ކުށެއްކަމާއި، އެ ކުށުގެ އަދަބެއްގެގޮތުން 1,000 (އެއްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
37 ވަނަ މާއްދާ - އާންމުކޮށް އިއުލާނުކުރުން
މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ވަކިކަމަކަށް މުއްދަތެއް ކަނޑައަޅައި އިއުލާނުކުރަން ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެދަށުން އާންމުކޮށް އިއުލާނުކުރަންޖެހޭ ކަމެއްވާނަމަ، އެކަމަކަށް، މި ގަވާއިދަށް އަމަލުކުރަންފެށުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން އެޖެންސީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
38 ވަނަ މާއްދާ - ގަވާ އިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މި ދުވަސްތައް ގުނާނީ، ހުރިހާ ބަންދު ދުވަސްތައް ހިމަނައިގެންނެވ.
39 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ޕޯޓް ހެލްތުގެ މަސައްކަތާބެހޭ އާންމު ގަވާއިދު އުވުނީއެވެ.
40 ވަނަ މާއްދާ - ބަސްތަކުގެ މާނަ
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރަތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތަކާ ގުޅިގެން، ތިރީގައި ދެވިފައިވާ މާނައިގައެވެ.
- "ބައިނަލްއަގްވާމީ ސިއްހަތާބެހޭ ގަވާއިދުތައް (2005)" ކަމަށް ބުނެފައިވަނީ،ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ.) އިން ނެރެފައިވާ "އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަންސް 2005" ގެ ދެވަނަ އިސްދާރުގައި ބުނާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށެވެ.
- "އިންޓަރނޭށަނަލް ބޯޑަރ ހެލްތު" ކަމަށް ބުނެފައިވަނީ، ބައިނަލްއަގްވާމީ ބަނދަރުތަކުގައި އެޖެންސީން އާ ންމު ސިއްހަތާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގާއިމުކޮށްފައިވާ ސެކްށަނާއި އެ ސެކްށަނުގެ ދަށުން ހިނގަމުން އަންނަ ޔުނިޓްތަކަށެވެ.
- "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ކަމަށް ބުނެފައިވަނީ، "އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަން 2005" ގެ ދެވަނަ އިސްދާރުގެ 39 ވަނަ މާއްދާގައި ބުނާ ސެޓުފިކެޓަށެވެ.
- "ޓްރާންސިޓްކޮށްފައި އަންނަ މީހުން" ކަމަށް ބުނެފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ދިއުމަށް ފުލައިޓް ބަދަލުކުރުމަށް އެއަރޕޯޓެއްގައި 12 (ބާރަ) ގަޑިއިރަށްވުރެ ގިނައިރުނުވެ ދިވެހިރާއްޖެ އަންނަ މީހުންނަށެވެ. އެފަދަ މީހުން ޓްރާންސިޓްކުރާ ގައުމަކަށް އެތެރެވެއްޖެނަމަ، އެއީ ޓްރާންސިޓްކޮށްފައި އަންނަ މީހުންކަމުގައި ނުބެލޭނެއެވެ.
- "ކަރަންޓީން ކުރުން" ކަމަށް ބުނެފައިވަނީ، މީހެއްގެ ކިބައިން ނުވަތަ އުޅަނދެއްގެ ފަރާތުން އެހެންމީހުންނަށް ނުރައްކައުތެރި ބައްޔެއް ޖެހިދާނެކަމަށް ށައްކުކުރެވުމުން، ވަކި މުއްދަތަކަށް އެމީހަކު ނުވަތަ އެ އުޅަނދެއް އެކަހެރިކުރުމުގެގޮތުން ވަކިތަނަކަށް ގެންގޮސް ވަކި މުއްދެއް ހަމަވަންދެން އެޖެންސީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ.
- "ސަރވެއިލެންސްގައި މީހަކު ބެހެއްޓުން" ކަމަށް ބުނެފައިވަނީ، މީހެއްގެ ކިބައިން އެހެންމީހުންނަށް ގައިން ގަޔަށްއަރާ ނުރައްކައުތެރި ބައްޔެއް ޖެހިދާނެކަމަށް ށައްކުކުރެވިފައިވާ މީހަކު، ކަނޑައެޅިފައިވާ މުއްދަތެއް ފުރިހަމަވަންދެން،މި ގަވާއިދުގެ ޖަދުވަލު 6 ގެ (4) ވަނަ ނަންބަރުގައި ކަނޑައެޅިފައިވާ އުސޫލުން އިންޓަރނޭށަނަލް ބޯޑަރ ހެލްތުން ބަލަމުން ގެންދިޔުމަށެވެ.
- "ބަލި ޖައްސާ އަދި ބަލިފަތުރާ ސޫފާސޫފި" ކަމަށް ބުނެފައިވަނީ، ބަލި ޖައްސާ، ބަލި ފަތުރާ އަދި ބަލި ފެތުރުމަށް އެހީތެރިވެދޭ ސޫފާސޫތްޕަށެވެ. މީގެ ތެރޭގައި ހިމެނެނީ،މެހި، މަދިރި، ކުރަފި، މަކުނު، ހިނި ފަދަ ސޫތްޕެވެ.
- "ބަލި ޖައްސާ އަދި ބަލިފަތުރާ ޖަނަވާރު" ކަމަށް ބުނެފައިވަނީ، ބަލި ޖައްސާ، ބަލި ފަތުރާ އަދި ބަލި ފެތުރުމަށް އެހީތެރިވެދޭ ޖަނަވާރަށެވެ. މީގެ ތެރޭގައި ހިމެނެނީ، މީދަލާއި ބުޅަލާއި ހިކަނދި ފަދަ ޖަނަވާރެވެ.
- "ޓްރެވަލް ވެކްސިން" ކަމަށް ބުނެފައިވަނީ، ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ބޭރަށްދާ ދަތުރުވެރިން ޖެހުމަށް އެޖެންސީން ކަނޑައަޅާ ވެކްސިންތަކަށެވެ.
- "ދަތުރުވެރިން" ކަމަށް ބުނެފައިވަނީ، ފަޅުވެރިންނާއި ފަސިންޖަރުން ހިމެނޭގޮތަށް، ވައިގެމަގުންނާއި ކަނޑުމަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ އުޅނދުފަހަރުން ދަތުރުކުރާ އެންމެހައި ފަރާތްތަކަށެވެ.
- "ހާއްސަ ހާލަތް" ކަމަށް ބުނެފައިވަނީ، އާންމު ސިއްހަތަށް ނުރައްކައު ކުރިމަތިވެދާނެ އެންމެހައި ކަންތައްތަކަށެވެ.
- "ރެޓްގާރޑް" ކަމަށް ބުނެފައިވަނީ، ބަނދަރުތަކަށް ކައިރިކުރާ އުޅަނދުފަހަރު އެއްގަމަށް އަޅައިފައި އޮންނަ ވަލުން، މީދާ ހިކަނދި ފަދަ ދިރޭ ޖަނަވާރު އެއްގަމަށާއި އުޅަނދަށް ނޭރޭނޭގޮތަށް ވަލުގައި ހަރުކުރާ އާލާތަކަށެވެ.
- "ވިހަ" ކަމަށް ބުނެފައިވަނީ، އޭގެ ސަބަބުން ހަށިގަނޑަށް ނުވަތަ ހަށިގަނޑުގެ ގުނަވަނެއްގެ އެތެރެއަށް ދިޔުމުން ނުވަތަ އެޑްމިނިސްޓަރކުރުމުން ގެއްލުން ލިބޭ ކޮންމެ އެއްޗެކެވެ.
- "އުޅަނދު" ކަމަށް ބުނެފައިވަނީ، ކަނޑާއި ވަޔާއި އެއްގަމުގައި މީހުން ދަތުރުކުރުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ތަކެއްޗަށެވެ.
- "އެޖެންސީ" ކަމަށް ބުނެފައިވަނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީއަށެެވެ..
- "އިންޓަރނޭށަނަލް ބޯޑަރ ހެލްތް މުވައްޒަފުން" ކަމަށް ބުނެފައިވަނީ، ބައިނަލްއަގްވާމީ ވަޔާއި ކަނޑުގެ ބަނދަރުތަކުގައި މި ގަވާއިދު ތަންފީޒުކުރުމަށާއި ތަންފީޒުކުރޭތޯ ބެލުމަށް ތިބޭ އެޖެންސީގެ ކަމާގުޅޭ ތަމްރީން ލިބިފައިވާމުވައްޒަފުންނާއި، އެޖެންސީގެ މުވައްޒަފުން ނެތްނަމަ އެ މަސައްކަތްކުރުމަށް އެޖެންސީން ހަވާލުކުރާ އެހެނިހެން ސިއްހީ ދާއިރާގެ މުވައްޒަފުންނަށެވެ.
- "ކޮންޓެކްޓް ޓްރޭސިންގ" ކަމަށް ބުނެފައިވަނީ، ބައިނަލްއަގްވާމީ ދަތުރަކާ ގުޅިގެން ދަތުރުކުރި ބަނދަރާއި، އުޅަނދާއި، ފަޅުވެރިންނާއި، ދަތުރުވެރިންނާއި، މުދަލާއި ދާގީނާއާ ގުޅޭގޮތުން، އަދި ގައިންގަޔަށް އަރާކަމަށް ކަނޑައަޅައިފައިވާ ބަލިތަކުގެ ތެރެއިން ބައްޔަކަށް ހުށަހެޅިފައިވާކަމަށް ބެލޭ މީހުންނާއި ތަކެތި ހޯދައި ސްކްރީންކޮށް، އެކަހެރިކޮށް ނުވަތަ މައުލޫމާތު އޮޅުންފިލުވުމާއި އެނޫންވެސް ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ހަލުވިކަމާއެކު ކުރެވޭ މަސައްކަތަށެވެ.
- "ޑިސްއިންފެކްށަން" ކަމަށް ބުނެފައިވަނީ، ބަލި ޖައްސާ އަދި ބަލިފަތުރާ ސޫފާސޫތްޕާއި އެޖެންޓްސް މަރާލުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް އިންސާނުންނާއި، ޖަނަވާރާއި، ފޮށިތަންމައްޗާއި، ދާގީނާއާއި، އުފުލޭ މުދަލާއި، މުދާ އުފުލުމަށް ބޭނުންކުރާ މެށިނަރީޒާއި، ތަކެތި އަޅާ ކޮންޓޭނަރާއި، އެފަދަ އެންމެހައި އާލާތްތަކާއި، ޕޯސްޓުގެ ޒަރީއާއިން ފޮނުވާ ޕާރުސަލް ފަދަ ތަކެތީގައި ހާމައަށް ފެންނަން ހުންނަ ފަރާތް ނުވަތަ ބޭރު ފަށަ ލައަށް ހުރަހެއް ނެތި ކެމިކަލާއި ސާފުކުރުމަށް ހާއްސަ ތަކެތި ބޭނުންކުރުމަށެވެ.
- "ޑިސްއިންސެކްށަން" ކަމަށް ބުނެފައިވަނީ، ވައިގެ އުޅަނދުފަހަރުގައި އިންސާނުންނަށް ބަލި ޖައްސާ އަދި ބަލިފަތުރާ ސޫފާސޫތްޕާއި އެޖެންޓްސް މަރާލުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް، ފޮށިތަންމައްޗާއި، ދާގީނާއާއި، އުފުލޭ މުދަލާއި، މުދާ އުފުލުމަށް ބޭނުންކުރާ މެށިނަރީޒާއި ތަކެތި އަޅާ ކޮންޓޭނަރާއި އެފަދަ އެންމެހައި އާލާތްތަކާއި، ޕޯސްޓުގެ ޒަރީއާއިން ފޮނުވާ ޕާރުސަލް ފަދަ ތަކެއްޗަށް ހާއްސަކުރެވިފައިވާ، އިންސާނުންނަށް ރައްކައުތެރި ކެމިކަލް އަދި ކެމިކަލް ސްޕްރޭ (ޑިސްއިންސެކްޓަންޓް) ބޭނުންކުރާ ކުރުމަށެވެ.
- "ފިއުމިގޭށަން" ކަމަށް ބުނެފައިވަނީ، ހުއްދަދީފައިވާ ފަރާތެއް މެދުވެރިކޮށް، ކެމިކަލް (ޕެސްޓިސައިޑް) ގޭހެއް ބޭނުންކޮށްގެން، ބަލި ޖައްސާ އަދި ބަލިފަތުރާ ސޫފާސޫތްޕާއި އެޖެންޓްސް ކޮންޓްރޯލްކުރުމަށް ނުވަތަ މަރާލުން.
- "އެއަރކްރާފްޓް ޖެނެރަލް ޑެކްލަރޭށަން" ކަމަށް ބުނެފައިވަނީ، ވައިގެ އުޅަނދުފަހަރު އެވަގުތު ކުރަމުން އަންނަ ދަތުރު ނުވަތަ ކޮށްފައިވާ ދަތުރާއި، ފަޅުވެރިންނާއި ދަތުރުވެރިންނާއި، ފުރިހަމަކުރަންޖެހޭ ކަންކަމާބެހޭގޮތުން، އުޅަނދުގެ ޕައިލެޓް ނުވަތަ ހުއްދަދީފައިވާ އެޖެންޓް ޒިންމާވެ، ކަމާބެހޭ ވުޒާރާތަކަށް ހުށަހަޅާ އެންމެހައި ރަސްމީ މައުލޫމާތު ހިމެނޭ އިގުރާރަށެވެ.
- "އެއަރކްރާފްޓް ޑެކްލަރޭށަން އޮފް ހެލްތު" ކަމަށް ބުނެފައިވަނީ، އެއަރކްރާފްޓް ޖެނެރަލް ޑެކްލަރޭށަނުގައި، ވައިގެ އުޅަނދުގައިވާ ދަތުރުވެރިންނާއި ފަޅުވެރިންގެ ސިއްހަތާއި، ޑިސްއިންސެކްށަނާއި އަދި އެ އުޅަނދުގައި ހުރެދާނެ ގައިންގަޔަށް އަރާ ބައްޔަކަށް ނުވަތަ އެއްގައުމުން އަނެއް ގައުމަށް ފެތުރޭ ބައްޔަކާ ގުޅިގެން ށައްކުކުރެވޭ ނުވަތަ ބައްޔަކަށް މަގުފަހިވެދާނެ ކަންކަމަށް ރިއާޔަތްކޮށް ފޯރުކޮށްދޭ ފުރިހަމަ ތެދު މައުލޫމާތު ހިމެނޭ އިގުރާރު ނުވަތަ އިގުރާރުގައި ހިމެނޭ ސިއްހަތާބެހޭ ބަޔަށެވެ.
- "ޔެލޯފީވަރ ވެކްސިން ސެޓްފިކެޓް" ކަމަށް ބުނެފައިވަނީ، އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަންސް (2005) ގެ އެނެކްސް 7 ގައި ބުނެފައިވާ ގޮތުގެމަތިން،ބައިނަލްއަގްވާމީ ދަތުރުތަކުގައި ޔެލޯފީވަރ އުޅޭކަމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކާއި ގައުމުތަކަށް ދަތުރުކޮށްފައި އަންނަ ދަތުރުވެރިންގެ ތެރެއިން ޔެލޯފީވަރ ވެކްސިން ޖެހުމަށް ލާޒިމްކޮށްފައިވާ އުސޫލުގެ މިންގަނޑަށް ފެތޭ ދަތުރުވެރިން ވެކްސިންޖެހުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވުމަށް ކޮންމެހެން ބޭނުންވާ މުއްދަތު ހުރަސްކޮށްފައިވާކަން ކަށަވަރުކުރުމުގެގޮތުން، އެފަދަ ދަތުރުވެރިން ފައިބާ މަންޒިލުގެ ބަނދަރަކަށް ވަނުމަށް ހުއްދަ ދިނުމުގެ ކުރިން ހުށަހަޅަން އެ ގައުމަކުން ލާޒިމްކޮށްފައިވާނަމަ، އެކަމުގެ ހެތްކެއްގޮތުގައި ހުށަހަޅަންޖެހޭ ސައްހަ ލިޔުމަށް ކިޔާ ނަމެވެ.
- "ޕޮލިތިން ބޭގް ނުވަތަ ކޮތަޅު" ކަމަށް ބުނެފައިވަނީ، ތަކެތި ރައްކައުތެރިކުރުމުން އެހެނިހެން ތަކެއްޗަށް ރައްކައުކުރެވިފައިވާ ތަކެތީގެ ސަބަބުން އަސަރެއްނުކުރ،ާ އަދި ކޮތަޅުން ބޭރުގައި ހުންނަ ތަކެތީގެ ސަބަބުން ކޮތަޅުގައި ރައްކައުކޮށްފައި ހުންނަ ތަކެއްޗަށް އަސަރުނުކުރާގޮތަށް، ބަންދުކުރުމަށް ޕޮލިތީން މާއްދައިން ތައްޔާރުކޮށްފައި ހުންނަ ކޮތަޅަށެވެ.
- "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ކަމަށް ބުނެފައިވަނީ، އިންސާނެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް އެއްގައުމުން އަނެއް ގައުމަށް ބޭރުކުރުމަށް ނުވަތަ އެތެރެކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރިކަން ކަށަވަރުކުރުމަށްފަހު އެޖެންސީން ދޭ ހުއްދައަށް ކިޔާ ނަމެވެ.
- "ޑެޑް ބޮޑީ އެންޑް ހިއުމަން ރިމެއިންސް" ކަމަށް ބުނެފައިވަނީ، ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ށައްކުކުރެވިދާނެފަދަ ގޮތަކަށް ފެންނަ މައްޔިތުންނާއި،އިންސާނުންގެ ހަށިތަކާއި ހަށިގަނޑުގެ ބައިތަކަށެވެ. ހާއްސަގޮތެއްގައި އެއްގައުމުން އަނެއްގައުމަށް ގެންދިޔުމަށް ބޭނުންވާ މައްޔިތުންނާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތަކަށެވެ. މީގެ ތެރޭގައި، ކަނޑުމަތިން އޮޔާދާ އެފަދަ ތަކެއްޗާއި ގޮނޑުދޮށައް ލައްގައިފައިވާ ތަކެތި ހިމެނެއެވެ.
- "އެމްބާލްމިންގ" ކަމަށް ބުނެފައިވަނީ، ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މުހިންމު ބޭނުންތަކުގައި މައްޔިތުންނާއި، އިންސާނުންގެ ހަށިތަކާއި ހަށިގަނޑުގެ ބައިތައް މުޅަވުމާއި ކުނިވިޔަނުދީ އޭގެ ޒާތަށް ބަދަލުތަކެއް ނާންނާނެހެން ގިނަދުވަހު ބެހެއްޓުމަށްޓަކައި ސައިންސްގެ އަލީގައި އެކަމަށް ހާއްސަކުރެވިގެން ކުރެވޭ މަސައްކަތަކަށް ކިޔާ ނަމެކެވެ.
- "ށިޕް މެޑިސިންގ ޗެސްޓް" ކަމަށް ބުނެފައިވަނީ، އެއްގައުމުން އަނެއްގައުމަށް ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތަކުގައި ކަނޑައެޅިފައިވާ މިންގަނޑަށް ހުންނަންޖެހޭ ބޭހާއި ސިއްހީ ހިދުމަތާ ގުޅުންހުރި ސާމާނާއި އާލާތްތައް ހުންނަންވާ އެންމެ މަދުމިންގަނޑަކަށް ހުރުމުން ދޫކުރެވޭ ސެޓުފިކެޓަށެވެ.
- "މެރިޓައިމް ޑެކްލަރޭށަން" ކަމަށް ބުނެފައިވަނީ، "އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަން 2005" ގެ ދެވަނަ އިސްދާރުގެ 37 ވަނަ މާއްދާގައި ބުނާ ސެޓުފިކެޓަށެވެ.
- "ސުކްރީން ކުރުން" ކަމަށް ބުނެފައިވަނީ، ހުއްދަދީފައިވާ މަސައްކަތްތެރިއެއްގެ ސީދާ ބެލުމުގެ ދަށުން، މީހެއްގެ ސިއްހީ ހާލަތާއި އާންމު ސިއްހަތަށް ނުރައްކާ އޮތް މިންވަރު ދެނެގަތުން، އަދި މީގެ ތެރޭގައި މައްސަލައިގެ ހާލަތުގެގޮތުން ލިޔެކިޔުންތައް ބެލުމާއި ޖިސްމާނީގޮތުން މީހާ ޓެސްޓުކުރުން ހިމެނެއެވެ.
- "ފްރީ ޕްރިޓިކް" ކަމަށް ބުނެފައިވަނީ، އުޅަނދެއް ބަނދަރަކަށް ވަދެ، ބަނދަރުކޮށް، ތަކެތި ބާލައި ބަރުކުރުމަށް ހުއްދަ ދިނުން.
(މި ގަވާއިދުގެ އަންނަނިވި ޖަދުލުވަތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި ވާނެ)
ޖަދުވަލު 1
ބަނދަރުތަކުގެ ދަރަޖައަށް ބިނާކޮށް ސިއްހީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައް
މި މިންގަނޑަކީ، "ބަނދަރުތަކުގައި ސިއްހީީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވާއިދު" ގެ ދަށުން ރާއްޖޭގެ ބަނދަރުތައް
ދަރަޖަކުރުމުގައި ބޭނުން ކުރެވޭނެ މިންގަނޑެވެ.
1 ބައިނަލްއަގްވާމީ ބަނދަރުތައް
ބައިނަލްއަގްވާމ ބަނދަރުތަކުގެ ގޮތުގައި ބަލާނީ، ރާއްޖެއިން ބޭރުން ރާއްޖެއަށް އުޅަނދުފަހަރު އަންނަ ކަނޑާއި ވައިގެ ބަނދަރުތަކެވެ. މިފަދަ ބަނދަރުތަކުގައި "ބަނދަރުތަކުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވާއިދު " ގައި ބުނާ އެންމެހައި ކަންތައްތައް ފުރިހަމަވާންވާނެއެވެ.
2 އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ވައިގެ ބަނދަރުތައް
އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ވައިގެ ބަނދަރުތަކުގެ ގޮތުގައި ބަލާނީ، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވައިގެ މަގުން
ދަތުރު ކުރުމަށް ބޭނުންކުރާ ބަނދަރުތަކެވެ. މިފަދަ ބަނދަރުތަކުގައި، ތިރ ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ހުންނަންވާނެވެ.
2.1 ފާހާނާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވުން.
2.2 ރައްކައުތެރި ބޯފެން ލިބެންހުރުން.
2.3 ކެއިންބުއިމުގެ އިންތިޒާމް ހަމަޖެހިފައިވުން.
2.4 ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ މިންގަނޑަކަށް އާންމު ސާފުތާހިރުކަން ދެމެހެއްޓުން.
2.5 މަދިރިއާއި މެއްސާއި މީދާފަދަ ސޫފާސޫފި އާލާވިޔަނުދީ ބަނދަރުގެ ސަރަހައްދު ބެލެހެއްޓުން.
2.6 ކުއްލިޔަކަށް ދިމާވެ ދާނެ ސިއްހީީ ހާލަތަކަށް ފުރަތަމަ އެހީގެ ހިދުމަތް ލިބެންހުރުން.
2.7 ކާރިސާއެއް ނުވަތަ އިންސިޑެންޓެއްގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ހަދަ އިފައި އޮތުން.
2.8 ރައްކައުތެރިގޮތުގައި ކުނި ނެއްތައިލެވޭނެ އިންތިޒާމްތައް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ހަމަޖެހިފައިވުން.
2.9 ވަގުތ ގޮތުން ބަލިމީހުން އެކަހެރި ކުރެވޭނެގޮތް ނުވަތަ ބައްޔަކަށް ށައްކުކުރެވޭ މީހުން އެކަހެރިކުރެވޭނެ ފަދަ އިންތިޒާމް. ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ހަމަޖެހިފައި ހުރުން.
ޖަދުވަލު 2
ބައިނަލްއަގްވާމީ ބަނދަރުތަކުގައި ފުރިހަމަކުރަންޖެހޭ އާންމު ސާފުތާހިރުކަމުގެ އަސާސ މިންގަނޑު
މި މިންގަނޑަކީ، ބައިނަލްއަގްވާމ ބަނދަރުތަކުގައި ފުރިހަމަކުރަންޖެހޭ އާންމު ސާފުތާހިރުކަމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި ބަޔާންކޮށްފައިވާ މިންގަނޑެވެ. މި މިންގަނޑުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކޮށްފައިވޭތޯ ބަލަމުން ގެންދާނީ ބަނދަރުތަކުގައި ގާއިމުކޮށްފައިވާ އިންޓަރނޭށަނަލް ބޯޑަރ ހެލްތް ޔުނިޓުތަކުންނެވެ.
1 ބަނދަރު ސަރަހައްދުގެގޮތުގައި ބަލާނީ:
1.1 ވަކި ރަށެއްގައި ގާއިމްކޮށް ފައިވާ ހަމައެކަނި ތަނަކީ، ބަނދަރާއި، ބަނދަރާ ގުޅުންހުރި ވަސީލަތްތައް ކަމަށް ވާނަމަ، މުޅި ރަށެވެ.
1.2 ބަނދަރު ގާއިމްކޮށްފައިވަނީ މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ތަފާތު އެހެން މަސައްކަތްތަކެއް ކުރެވޭ ރަށެއްކަމުގައި ކަމަށް ވާނަމަ،
ބަނދަރުގެ ވަށައިގެން 400 (ހަތަރު ސަތޭކަ) މާޓަރުގެ ސަރަހައްދެވެ.
1.3 މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ތަފާތު އެހެން މަސައްކަތްތަކެއް ކުރެވޭ ރަށެއްގައި ގާއިމުކޮށްފައިވާ ބަނދަރަކީ އިން ވަކިކޮށް ފައިވާ ތަނެއްނަމަ، މި އިމުގެ ތެރެއެވެ.
2 ފާހާނާތައް
2.1 އަންހެން، ފިރިހެން އަދި ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ފާހާނާ ވަކިކޮށް، ފަސޭހައިން ފާހަގަކުރެވޭ ގޮތަށް ނިށާން ޖަހައިފައި ނުވަތަ ލިޔެފައި ހުންނަން ވާނެއެވެ.
2.2 ކޮންމެ ފާހާނާއެއް ވަކިން ބަންދުކުރެވެން ހުންނަންވާނެއެވެ. (އެއް ފާހާނާއަށްވުރެ ގިނައިން ހުންނަ ކިއުބިކަލްތަކުގައި ފާހާނާގެ އިތުރުން ކިއުބިކަލް ވަކިން ބަންދުކުރެވެން ހުންނަންވާނެއެވެ.)
3 ފާހާނާކުރުމަށް ހުންނަންވާނީ ސީޓް ހަރުކޮށްފައިވާ އުސްތަށްޓެވެ.
2.4 ޔޫރިނަލް ހަރުކޮށްފައިވާނަމަ ހުންނަންވާނީ، ފާހާނާގެ މައިދޮރު ހުޅުވާއިރު ބޭރަށް ނުފެންނަގޮތަށެވެ.
2.5 ކޮންމެ ފާހާނާއެއްގައި ސާފު ފެން ލިބޭނޭ މުސްލިމު ށަވަރު ހަރުކޮށްފައި ހުންނަންވާނެއެވެ.
2.6 ކޮންމެ ފާހާނާއެއްގައި ޓޮއިލެޓް ޕޭޕަރު ނުވަތަ އެފަދަ ޓިށޫ ލިބެން ހުންނަންވާނެއެވެ.
2.7 ފާހާނާގައި ދިޔާ ސައިބޯނި ބަހައްޓަންވާނެއެވެ.
2.8 ފާހާނާގައި، އަތްނުލާ ހުޅުވޭކަހަލަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
2.9 ފާހާނާގެ ތަޅުންގަނޑު ފަރުމާކޮށް ފައި ހުންނަންވާނީ ފެންހަރުނުލާގޮތަށެވެ.
2.10 ތަޅުންގަޑުން ފެންހިންދާވަޅުގަނޑު ހުންނަންވާނީ ސޫފާސޫފި ފަދަ ދިރޭތަކެއްޗަށް ވަދެ ނުކުމެ ނެހެދޭގޮތަށެވެ.
2.11 އޮމާންކޮށް ހުންނަ މުށްޓެއް ނުވަތަ ކައްސާކަހަލަ މުށްޓެއް ފާހާނާގެ ތަޅުމުގައި ޖަހައިފައި ހުރެގެން ނުވާނެއެވެ.
2.12 ފާހާނާއަށް ހުދު އައްޔަކުން އަލިކުރެވޭނެ ބޮތްކެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
.2.13 ފާހާނާގައި ވައިދައުރުވާނޭ ނިޒާމެއް ހުންނަންވާނެއެވެ.
2.14މަދުވެގެން 4 (ހަތަރެއް) ގަނޑިން އެއްފަހަރު ފާހާނާ ސާފުކޮށް ލޮގްށީޓެއްގައި ރެކޯޑުކުރަންވާނެއެވެ.
3 ފާހާނާ ކުރުމަށްފަހު އަތްދޮންނަ ސަރަހައްދު
3.1 ފާހާނާކޮށް ނިމިގެން އަތްދޮވުމަށް ސާފު ފެން ލިބޭގޮތަށް، އިސްކުރާއެކު އަތްދޮންނަ ތަށި ބަހައްޓައިފައި ހުންނަންވާނެއެވެ.
3.2 ފާހާނާކޮށް ނިމިގެން އަތްދޮވުމަށްޓަކައި ދިޔާ ސައިބޯނި ބަހައްޓައިފައި ހުންނަންވާނެއެވެ.
3.3 އަތް ހިއްކުމަށްޓަކައި، ސާފުކުރެވޭނެ ނިޒާމަކާއެކު ހުންނަ ޓިށޫ، ނުވަތަ ފޮތި ނުވަތަ ކަރަންޓު ހޭންޑް ޑްރަޔަރ ބަހައްޓައިފައި ހުންނަންވާނެއެވެ.
3.4 އަތް ދޮންނަ ސަރަހައްދުގައި، އަތްނުލައި ހުޅުވޭކަހަލަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
3.5 އަތް ދޮންނަ ސަރަހައްދުގައި، މޫނުބަލާ ލޯގަނޑެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
3.6 އަތްދޮންނަ ސަރަހައްދު، ހުދުއަލިން ދިއްލިފައި ހުންނަންވާނެއެވެ.
3.7 އަތްދޮންނަ ސަރަހައްދުގެ ތަޅުންގަނޑު އަބަދުވެސް ހިއްކައިފައި ބަހައްޓަންވާނެއެވެ.
4 ފެންވަރާތަން
4.1 ގިނަ ވަގުތު ބަނދަރުގައި ހޭދަކުރަންޖެހޭ ފަސިންޖަރުންނަށް ފެންވެރޭނެ އިންތިޒާމް ބަނދަރުގައި ގާއިމްކޮށްފައި ހުންނަންވާނެއެވެ.
4.2 ފެންވެރުމަށް ހާއްސަކޮށް ފައިވާ ތަންތަން ދެ ޖިންސަށް ވަކިން ބަހައްޓަންވާނެއެވެ.
4.3 ފެންވަރާތަން ވަކިކޮށް، ފަސޭހައިން ފާހަގަކުރެވޭ ގޮތަށް ނިށާން ޖަހައި ނުވަތަ ލިޔެފައި ހުންނަންވާނެއެވެ.
4.4 ފެންވަރާ ތަންތަން ވަކިން ބަންދުކުރެވެން ހުންނަންވާނެއެވެ.
4.5 ފެންވަރާތަނުގެ ތަޅުންގަނޑު. ފެންހަރުނުލާގޮތަށް ހުންނަންވާނެއެވެ.
4.6 ތަޅުންގަޑުގައި ހުންނަ ފެން ހިންދާ ވަޅުގަނޑު. ސޫފާސޫފިފަދަ ދިރޭތަކެއްޗަށް ވަދެ ނުކުމެ ނެހެދޭގޮތަށް ހުންނަންވާނެއެވެ.
4.7 އޮމާންކޮށް ހުންނަ މުށްޓެއް ނުވަތަ ކައްސާކަހަލަ މުށްޓެއް ތަޅުމުގައި ޖަހައިފައި ހުރެގެން ނުވާނެއެވެ.
4.8 ފެންވަރާތަނަށް ހުދު އައްޔަކުން އަލިކުރެވޭނެ ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ.
5 ޅަދަރިމައިންގެ ކޮޓަރި
5.1 ކޮޓަރ ގައި ފަސޭހައިން ފާހަގަކުރެވޭ ގޮތަށް ނިށާނެއް ނުވަތަ ލިޔުމަކުން ފާހަގަކުރެވިފައި ހުންނަންވާނެއެވެ.
5.2 ކޮޓަރި ހުންނަންވާނީ ހުދު އަލިން ދިއްލިފައެވެ.
5.3 ކޮޓަރީގައި އެއަރކޮންޑިށަން ނުވަތަ ފަންކާ ހަރުކޮށްފައި ހުންނަންވާނެއެވެ.
5.4 ކޮޓަރީގައި، ގާތުން ކިރުދިނުމަށް މައިމީހާއަށް ފަސޭހައިން އިށީންދެވޭނޭ އިންތިޒާމް ގާއިމްކޮށް ފައި ހުންނަންވާނެ އެވެ.
5.5 އަތްނުލާ ހުޅުވޭކަހަލަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
6 ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށް ހާއްސަކޮށް ފައިވާ ތަންތަން
6.1 ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށް ހާއްސަކޮށްއިވާ ތަނެއް ހުންނަންވާނެއެވެ.
6.2 ފަސޭހައިން ފާހަގަކުރެވޭގޮތަށް ނިށާން ނުވަތަ ލިޔުން ފެންނަން ހުންނަންވާނެއެވެ.
6.3 އިށީނދެގެން ނުވަތަ ކޮޅަށް ހުރެގެން ނެޕީ ބަދަލުކުރެވޭގޮތަށް ކުއްޖާ ބާއްވާނެ މޭޒެއް ނުވަތަ އަށްޓެއް ހުންނަންވާނެއެވެ.
6.4 ތަން ހުންނަންވާނީ ހުދު އަލިން ދިއްލިފައެވެ.
6.5 ތަނުގައި އެއަރކޮންޑިށަން ނުވަތަ ފަންކާ ހަރުކޮށްފައި ހުންނަންވާނެއެވެ.
6.6 ތަނުގައި، ސާފު ފެން ލިބޭގޮތަށް، އަތްދޮންނަ ތަށްޓާއި އިސްކުރު ހަރުކޮށްފައި ހުންނަންވާނެއެވެ.
6.7 ތަނުގައި ޑިސްޕޯސަބަލް ޓިށޫ ބަހައްޓައިފައި ހުންނަންވާނެއެވެ.
6.8 ތަނުގައި، އަތްނުލައި ހުޅުވޭކަހަލަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
7 ބޯފެން
7.1 ބަނދަރުން ހިދުމަތް ހޯދާ ފަރާތްތަކާއި މަސައްކަތްކުރާ ފަރާތްތަކަށް ސާފު ބޯފެން ލިބޭނޭ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.
7.2 ބުއިމަށްޓަކައި ބަނދަރުތަކަށް ދޫކޮށްފައިވާ ބޯފެނަކ އިންސާނުން ބުއިމަށް ސިއްހީ ގޮތުން ރައްކައު ތެރި އެއްޗަކަށް ވާންވާނެއެވެ.
7.3 ބޯފެންކަން ފަސޭހައިން އެނގޭނޭގޮތަށް ނިށާނަކުން ނުވަތަ ލިޔުމަކުން ފާހަގަކޮށް ފައި ހުންނަންވާނެއެވެ.
7.4 ބޯފެން ހުންނަންވާނީ، އިސްކުރަކުން، ކޫލަރަކުން ލިބޭގޮތަށް ނުވަތަ ބަންދުކޮށްފައިވާ ފުޅި ފަދަ ތަކެތީގައެވެ.
7.5 ފެން ބުއިމަށް ތަށި ބަހައްޓައިފައި ހުންނަނަމަ، ޑިސްޕޯސަބަލް (އެއްފަހަރު ބޭނުންކުރާ) ތަށި ބަހައްޓައިފައި ހުންނަންވާނެއެވެ.
7.6 ބޯފެން ލިބެން ހުންނަ ސަރަހައްދުގެ ތަޅުންގަނޑު އަބަދުވެސް ހުންނަންވާނީ ހިއްކައިފައެވެ.
7.7 ބޯފެން ލިބެން ހުންނަ ސަރަހައްދުގައި، އަތްނުލައި ހުޅުވޭކަހަލަ ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
8 ކުނި ޖަމާކުރުމާއި، ކުނި ނެއްތައި ލުން
8.1 ބަނދަރުތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ކުނިއަޅާ ވަށިގަނޑު ބަހައްޓައިފައި ހުންނަންވާނެއެވެ.
8.2 ކުނިއަޅާ ވަށިގަނޑު ހުންނަންވާނީމަތި ބަންދުކޮށް ފައެވެ.
8.3 ކުނި އުފުލައި ނެއްތައިލުމުގައި އުޅޭ މުވައްޒަފުންނަށް "ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް " އާއި، ސާފުތާހިރު ވުމަށް ބޭނުންކުރާ
ތަކެތި ފޯރު ކޮށްދޭންވާނެއެވެ.
8.4 ކަނޑައަޅައިފައިވާ ގަވާއިދެއްގެ ދަށުން ކުނި ޖަމާކޮށް ރައްކައުތެރިކަމާއެކު ނެއްތައިލެވޭނެ ނިޒާމެއް ގާއިމްކޮށްފައި ހުންނަންވާނެއެވެ.
8.5 ކުނި ޖަމާކޮށް ނެއްތައިލުމުގެ މަސައްކަތް ލޮގްކޮށް ފައި ހުންނަންވާނެއެވެ.
8.6 ބަނދަރުތަކު ގައި އުފެދޭ އަދި ބަނދަރުން އުކައިލަންޖެހޭ ކުނި އުފުލުމާއި ނެއްތައިލުމުގެ ނިޒާމު ގާއިމްކޮށްފައި ހުންނަންވާނީކަމާގުޅޭ
ދާއިރާތަކުން ކަނޑައަޅައިފައިވާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.
8.7 އުޅަނދުތަކުން ހުސްކުރާ ނަޖިސް، އާންމު ނަރުދަމާއަށް ނުވަތަ ކަނޑަށް ދޫކުރުމުގެ ކުރިން ޓްރީޓް ކުރަންވާނެ އެވެ.
8.8 މެޑިކަލް ވޭސްޓް ޖަމާކުރަންވާނީއެހެނިހެން ކުނީގެ ބާވަތްތަކާ ވަކިންނެވެ.
8.9 މެޑިކަލް ވޭސްޓް ޖަމާކޮށް އެފަދަ ތަކެތި ނެއްތައި ލަން ވާނީ، "ސިއްހީ ފަރުވާދޭ ތަންތަނުގައި ކުނި ނެއްތައިލުމަށް އެންމެ މަދުވެގެން
ހުންނަންޖެހޭ މިންގަނޑު (2008)" ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
9 ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަން
9.1 ބަނދަރުތަކުގައި ކާބޯތަކެތި ވިއްކާ ތަންތަން ހުރިނަމަ، އެތަންތަން ހުންނަންވާނީ، އާންމު ސިއްހަތު ރައް ކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ހަދައި ފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.
10 އިމްޕޯޓް / އެކްސްޕޯޓް ގުދަން
10.1 ބަނދަރުގައި ކާބޯތަ ކެތި ރައްކައު ކޮށް ގުދަންކުރުމަށް ހަދައިފައިވާ ގުދަންތައް ހުންނަންވާނީ، ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.
11 ސާފުކުރުމަށް ބޭނުންކުރާ ތަކެތި
11.1 ފާހާނާ ސާފުކުރުމަށާއި ބަނދަރުގެ އެހެނިހެން ސަރަހައްދު ސާފުކުރުމަށް ބޭނުންކުރާ އާލަތްތަކާއި، ކެމިކަލް ފަދަ ތަކެތި ރައްކައުތެރިކަމާއެކު ބަހައްޓާނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.
11.2 ބަނދަރު ސާފުކުރުމާބެހޭ މައުލޫމާތު ރެކޯޑު ކުރާނެ ލޮގް ށީޓް ތައްޔާރުކޮށް ބޭނުންކުރަންވާނެއެވެ.
11.3 ބަނދަރު ސާފުކޮށް ބަލަހައްޓާނެ ޕްލޭނެއް ތައްޔާރުކޮށްފައި އޮންނަންވާނެއެވެ.
11.4 ސާފުކުރަން ބޭނުންކުރާ ކެމިކަލްތައް ބޭނުންކުރަންވާނީ އެތަކެތ ގައި އިރުށާދު ދީފައިވާ ގޮތުގެ މަތިންނެވެ.
ޖަދުވަލު 3
"ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ދޫކުރުމުގައި އަމަލުކުރާ އުސޫލު
ބަނދަރުތަކަށް އަންނަ އުޅަނދުފަހަރަށް "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތިންނެވެ.
1 "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒެމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ދޫކުރާނީ،ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ ބަނދަރުތަކަކުންނެވެ.
2 އުޅަނދެއްގައި "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ނެތްނަމަ، ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، ސެޓުފިކެޓު އަލުން ހައްދަންޖެހޭނެއެވެ.
3 "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ހަދައިދެވޭނީ އެ އުޅަނދެއް ބަލައި ޗެކްކުރުމަށްފަހު، ސެޓުފިކެޓު ލިބުމުގެ ށަރު ތުތައް ފުރިހަމަވާނަމައެވެ.
4 އިންސްޕެކްށަން ހެދުމަކާނުލައި ތިރީގައި ބަޔާންކޮށްފައިވާ ހާލަތުގައި"ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭ ށަން ކޮންޓްރޯލް ސެޓްފިކެޓް" ގެ މުއްދަތު 1 (އެކެއް) މަސްދުވަހަށް އިތުރު ކުރެވިދާނެއެވެ.
ހ. ކުއްލިޔަކަށް ދިމާވާ ކަމެއްގެ ސަބަބުން ބޯޓު ޗެކްނުކުރެވޭ ހާލަތެއްދިމާވުން.
ށ. ރާއްޖޭގެ ސަރަހައްދަށް ވަދެ ބަނދަރުނުކޮށް ފުރާ އުޅަނދުފަހަރު.
5. ރާއްޖޭގެ ސަރަ ހައްދަށް ވަދެ ބަނދަރުނުކޮށް ފުރާ އުޅަނދުފަހަރުތަކުގައި "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ނެތް ހާލަތްތަކުގައި އުޅަނދުން މައުލޫމާތު ހޯދުމަށްފަހު އުޅަނދުގެ އެޖެންޓް އިގްރާރުކުރުމަށްފަހު، ސަބަބު ބަޔާންކޮށް "ޓެމްޕަރަރ އެގްޒަމްޕްށަން ސެޓްފިކެޓް" އެއް ދޫކުރެވޭނެއެވެ.
6 "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ހައްދަން އުޅަނދުފަހަރު ޗެކްކުރާނ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. މީގެ އިތުރުން،ރަސްމީ ބަންދު ދުވަސްތަކުގައި ބޯޓުފަހަރު ޗެކްކުރާނީ، އިންޓަރނޭށަނަލް ބޯޑަރ ހެލްތުން ކަނޑައަޅާ ވަގުތުތަކެއްގައެވެ.
7 އިންސްޕެކްށަން މަސައްކަތް ކުރިއަށް ގެންދެވޭނީ ހެލްތް ޕްރޮޓެކްށަން އެޖެންސީން އެކަމަށް ކަނޑައަޅާ ފީ ދެއްކުމަށް ފަހުއެވެ. އިންސްޕެކްށަނަށް އެދި ހުށަހަޅާއިރު، އެ އުޅަނދަކަށް އެންމެފަހުން ދޫކޮށްފައިއޮތް "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓިފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ގެ ކޮޕީ އެއް އަކާއި، "ށިޕް ޕަރޓިކިއުލާރ" ގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ.
8 އިންސްޕެށަނަށް އެދުމުގެ ކުރިން، ސަރުކާރުގެ އެހެން އިދާރާއަކުން އެއްވެސް ހުއްދައެއް ނަގަންޖެހިފައިވާނަމަ، އެ ހުއްދައެއް ހޯދަން ވާނެއެވެ.
9 އިންޓަރނޭށަނަލް ބޯޑަރ ހެލްތު އޮފިސަރު އުޅަނދަކަށް ދިޔުމުން ބޭނުންވާ މައުލޫމާތު ލިބޭނޭ އިންތިޒާމް އުޅަނދުގެ އެޖެންޓް ހަމަޖައްސަންވާނެއެވެ.
ޖަދުވަލު 4
ކަނޑުމަގުން ދިވެހި ރާއްޖެ އަންނަ އުޅަނދުފަހަރަށް އިންވާރޑް ހެލްތު ކްލިއަރަންސް ދިނުމުގައި އަމަލު ކުރާނެގޮތުގެ އާންމު އުސޫލު
މިއީ، ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރަށް "އިންވާރޑް ހެލްތު ކްލިއަރަންސް" ދިނުމުގައި ހެލްތު ޕްރޮޓެކްށަން އެޖެންސީގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓުތަކުން އަމަލުކުރުމަށް ކަނޑައަޅައިފައިވާ އާންމު އުސޫލެވެ.
1 ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރަށް އިންވާރޑް ހެލްތު ކުލިއަރެންސް ހޯދުމަށް އެ އުޅަނދެއް ރާއްޖެ އަންނާނެކަމަށް ލަފާކުރާ ގަޑި ބަޔާންކުރާ ލިޔުން (އޭ.ޓީ.އޭ ނުވަތަ އެރައިވަލް ނޯޓިސް) އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ 12 (ބާރަ) ގަޑިއިރު ގެ ކުރިން އެ އުޅަނދެއް އަންނަ ބަނދަރެއްގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަކަށް ހުށަހަޅަންވާނެއެވެ.
1.1 އީމެއިލުން ނުވަތަ ފެކުހުން ފޮނުވޭ އޭ.ޓީ.އޭ ގަބޫލު ކުރެވޭނެއެވެ.
1.2 އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަށް އޭ.ޓީ.އޭ އެރައިވަލް ނޯޓިސްގެ ގޮތުގައި ހުށަހެޅޭ ލިޔުމުގައި އަންނަނިވި ކަންތައްތައް ފުރިހަމަ ވެފައި ހުންނަންވާނެއެވެ.
ހ. ބޯޓުގެ ނަން.
ށ. ރަޖިސްޓަރ ނަންބަރު / އައި.އެމް.އޯ ނަންބަރު.
ނ. އުޅަނދުގެ ކެޕްޓަނުގެ ނަން.
ރ. ފަޅުވެރިންގެ އަދަދު.
ބ. ފަސިންޖަރުންގެ އަދަދު.
ޅ. އެޖެންޓުގެ ނަން.
ކ. އެޖެންޓު ގެ ކޮންޓެކްޓް ނަންބަރާއި ފެކްސް ނަންބަރު.
އ. ނެޓް ޓަނޭޖާއި ގްރޮސް ޓަނޭޖް.
ވ. ރާއްޖެ އަންނަ ބޭނުން.
މ. ކޯލް ސައިން.
ފ. ޕޯޓް އޮފް ރެޖިސްޓްރ / ވެސެލް ފްލޭގް.
ދ. ލާސްޓް ޕޯޓ.ް
ތ. ނެކްސްޓް ޕޯޓ.ް
ލ. އެރައިވަލް ޑޭޓާއި އެރައިވަލް ޓައިމް.
2 ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދު ފަހަރަށް އިންވާރޑް ހެލްތު ކްލިއަރަންސް ހޯދުމަށް "އެޕްލިކޭށަން ފޮރ ފްރީ ޕްރެޓިކް" ފޯމާއެކު ކުރޫ ލިސްޓަކާއި ޕެސެންޖަރ ލިސްޓ،ު އެ އުޅަނދެއް އަންނަ ބަނދަރެއްގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަކަށް ހުށަހަޅަންވާނެއެވެ. މިގޮތުން ޕްރި ޓިކް އެޕްލިކޭށަން ފޯމާއެކު ހުށަހަޅާއިރު، ކުރޫ ލިސްޓުގައި އެ އުޅަނދެއްގެ ށިޕިންގ އޭޖެންޓުގެ ފަރާތުން ސްޓޭމްޕްޖަހައި ސޮއިކޮށްފައި އޮންނަން ވާނެއެވެ.
3 ހުށަހެޅިފައިވާ "އެޕްލިކޭށަން ފޮރ ފްރީ ޕްރެޓިކް ފޯމު" ގައިވާ މައު ލޫމާތުގެ އަލީގައި އާންމު ސިއްހަތަށް ނުރައްކައުވެދާނެ ފަދަ އެއްވެސް ހާލަތެއް އުޅަނދުގައި ނެތްނަމަ، އެ އުޅަނދަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވޭނެއެވެ. މިގޮތުން ހުއްދަ ދެވޭނީ، މި ޖަދުވަލުގެ 1 އާއި ޖަދުވަލު 2 ގައި ބަޔާން ކޮށްފައި ކަންތައްތައް ފުރިހަމަ ކޮށްފައިވާ އުޅަނދުފަހަރަށެވެ.
4 ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރު ރާއްޖެ ވަނުމުގެކުރިން މި ޖަދުވަލުގެ 2 ގައި ބަޔާންކޮށްފައިވާގޮތުގެމަތިން ހުށަހެޅޭ "އެޕްލިކޭށަން ފޮރ ފްރީ ޕްރެޓިކް" ފޯމު މެދުވެރިކޮށް ފޯރުކޮށްދ ފައިވާ މައުލޫމާތުގެ އަލީގައި އާންމު ސިއްހަތަށް ނުރައް ކައުވެދާނެ ފަދަ ކަމެއް ނުވަތަ ހާލަތެއް އެ އުޅަނދުގައި ފާހަގަކުރެވޭނަމަ، ނުވަތަ އެފަދަ ކަމަކަށް ށައްކުކުރެވޭނަމަ، އެ އުޅަނދަކަށް "ސަރޓިފިކޭޓް އޮފް ފްރީ ޕްރެޓިކް" ނުދު އެ އުޅަނދު ވަންނަ ބަނދަރެއްގެ ކަރަންޓީނު ޒޯނަށް ގެންދެވޭނެއެވެ.
4.1 ފްރީ ޕްރެޓިކް ނުދެވޭ އުޅަނދުފަހަރަށް ހެލްތު ކްލިއަރަންސް ދޭންވާނީ، އެ އުޅަނދަކަށް އިންޓަރނޭށަނަލް ބޯޑަރ ހެލްތުގެ އޮފިސަރުން ގޮސް ބެލުމަށްފަހު، ރައްކައުތެރިކަމުގެ ފިޔަވަޅެއް އަޅަންޖެހޭ ފަދަ ކަމެއް ނުވަތަ ހާލަތެއް އޮތްނަމަ، އެކަމަކަށް ފިޔަވަޅު އެޅުމަށްފަހުގައެވެ.
5 ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރަށް އިންވާރޑް ހެލްތު ކްލިއަރަންސް ދެވޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ތިރީގައި
އަންނަނިވި ލިޔެ ކިޔުންތައް އެ ބަނދަރަކަށް ކަނޑައަޅައިފައިވާ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަށް ހުށަހަޅަންވާނެއެވެ.
ހ. މެރިޓައިމް ޑެކްލަރޭށަން އޮފް ހެލްތު ފޯމު.
ށ. ރިޕޯޓްސް އޮން ރޮޑެންޓް، ވެކްޓަރ އެންޑް ސެނިޓަރ ކޮންޑިށަން އޮފް ވެސެލް ފޯމު.
ނ. ފަޅުވެރިންގެ ލިސްޓު.
ރ. ފަސިންޖަރުންގެ ލިސްޓު (ފަސިންޖަރުން ތިބިނަމަ)
ބ. މެޑިސިންގ ލިސްޓު.
ޅ. ޔެލޯ ފީވަރ ވެކްސިނޭށަން ލިސްޓު.
ކ. އެސް.އެސް.ސީ.އީ ސެޓިފިކޭޓު ގެ ކޮޕީ.
އ. ށިޕް ޕަރޓިކިއުލަރ ކޮޕީ.
ވ. ފާއިތުވި 30 (ތިރީސް) ދުވަހުގެ މުއްދަތުގައި ދަތުރުކުރި ޕޯޓްސް އޮފް ކޯލް (އެރައިވަލްއާއި ޑިޕާޗަރ ތާރީހު ހިމެނޭގޮތަށް)
މ. ރިފަރ ކޮންޓޭނަރ ލޮގް ށީޓް (ރިފަރ ކޮންޓޭނަރު ހުރިނަމަ)
ފ. ހާއްސަ ހާލަތެއް މެދުވެރިވެގެން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަ އިފައިވާނަމަ، އެކަމެއް ފުރިހަމަކުރިކަމުގެ ލިއުން.
6 މޫސުން ގޯސްވުމާއި ކަނޑުގަދަވުން ފަދަ އުޅަނދަށް ނޭރޭނެ ފަދަ ހާލަތްތަ ކުގައި އުޅަނދު އެތެރެވުމަށް ފްރީ ޕްރިޓިކް ދެވޭނެއެވެ. ނަމަވެސް، ފްރީ ޕްރިޓިކް ދިނުމަށްފަހު ނުވަތަ ފްރީ ޕްރިޓިކް ދިނުމުގެ ކުރިން ވެސް ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރަށް ހެލްތު ކްލިއަރަންސް ދިނުމަށްޓަ ކައި، އިތުރަށް ޗެކްކުރުމަށް އަދި ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގައިވާ މައުލޫމާތު ކަށަވަރުކުރުމަށް އިންޓަރނޭށަނަލް ބޯޑަރ ހެލްތު އޮފިސަރުން އަރާނެއެވެ.
ޖަދުވަލު 5
ދިވެހި ރާއްޖެއިން ބޭރަށް ފުރާ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް އައުޓްވާރޑް ހެލްތު ކުލިއަރަންސް ދިނުމުގައި އަމަލު ކުރާނެގޮތުގެ އާންމު އުސޫލު
މިއީ، ރާއްޖެއިން ބޭރަށް ފުރާ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް އައުޓްވާރޑް ހެލްތު ކުލިއަރަންސް ދިނުމުގައި ހެލްތު ޕްރޮޓެކްށަން އޭޖެންސީގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓުތަކުން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލެވެ.
- ރާއްޖެއިން ބޭރުން އައި އުޅަނދެއްނަމަ، އުޅަނދު ރާއްޖޭގައި ބަނދަރުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ހުށަހަޅަންޖެހޭނެކަމަށް މި ގަވާއިދުގެ ޖަދުވަލު 4 ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ.
- އުޅަނދަށް ދޫކޮށްފައިވާ "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" މުއްދަތު ހަމަވެފައިވާނަމަ، އެ އުޅަނދަކަށް އައުޓްވާރޑް ހެލްތު ކްލިއަރަންސް ދެވޭނީ، ސެޓުފިކެޓުއައުކުރުމަށްފަހު ނުވަތަ މުއްދަތު އިތުރުކުރުމަށްފަހުގައެވެ.
- އުޅަނދަށް ދޫކޮށްފައިވާ "ށިޕް ސެނިޓޭށަން ކޮންޓްރޯލް އެގްޒަމްޕްށަން ސެޓްފިކެޓް" ނުވަތަ "ށިޕް ސެނިޓޭށަން ކޮންޓްރޯލް ސެޓްފިކެޓް" ނެތްނަމަ، އެ އުޅަނދަކަށް އައުޓްވާރޑް ހެލްތު ކްލިއަރަންސް ދެވޭނީ ސެޓުފިކެޓު ހެއްދުމަށްފަހުގައެވެ.
- އުޅަނދުފަހަރަށް ރާއްޖެއިން ފުރުމުގެ ކުރިން ބޭނުންވާ އައުޓްވާރޑް ހެލްތް ކްލިއަރަންސް ދެވޭނީ، އަންނަނިވި ލިޔެކިޔުންތައް އެ އުޅަނދެއް ފުރުމަށް ހަމަޖެހިފައިވާ ވަގުތުގެ 6 )ހައެއް( ގަޑިއިރުގެ ކުރިން އެ އުޅަނދު ފުރުމަށް ހަމަޖެހިފައިވާ ބަނދަރެއްގައި ގާއިމުކޮށްފައިވާ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަކަށް ހުށަހެޅު މުންނެވެ.
(ހ) ބޯޓުގެ ކެޕްޓަން/މާސްޓަރ/ށިޕް ސާޖަން ނުވަތަ ބޯޓުގެ އެޖެންޓް ސޮއިކޮށް ސްޓޭމްޕްޖަހައި ފުރިހަމަކޮށްފައިވާ އައުޓްވާރޑް ޑެކްލަރޭށަން އޮފް ހެލްތު ފޯމު.
(ށ) އިމިގްރޭށަނާއި އެ އުޅަނދެއްގެ ށިޕިން އެޖެންޓުގެ ފަރާތުން ސްޓޭމްޕްޖަހައި ސޮއިކޮށްފައިވާ ކުރޫ ލިސްޓު. - ރާއްޖެއިން ބޭރަށް ފުރާ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ރާއްޖެއިން ފުރުމުގެ ހުއްދަދެވޭނީ، މި ޖަދުވަލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުށަހެޅޭ" އައުޓްވާރޑް ޑެކްލަރޭށަން އޮފް ހެލްތު" ފޯމު މެދުވެރިކޮށްގެން ފޯރުކޮށްދ ފައިވާ މައުލޫމާތުގެ އަލީގައި އާންމު ސިއްހަތަށް ނުރައްކައުވެދާނެ ފަދަ ހާލަތެއް އެ އުޅަނދުގައި ހުރިނަމަ، ނުވަތަ އެފަދަ ކަމަކަށް ށައްކުކުރެވޭނަމަ، އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރުމަށް އައުޓްވާރޑް ކްލިއަރެންސްނުދ ހިފެއްޓޭނެއެވެ. މިފަދަ ހާލަތްތަކުގައި އެ އުޅަނދު ކަރަންޓ ނުކުރެވ،ި ޕަސެންޖަރުން އެކަހެރިކުރެވޭނެއެވެ.
- މި ޖަދުވަލުގެ 4 ވަނަ މާއްދާގައިވާ ފަދައިން އާންމު ސިއްހަތަށް ނުރައްކައުވެދާނެފަދަ ހާލަތެއް އެ އުޅަނދުގައި ހުރިނަމަ، ނުވަތަ އެފަދަ ކަމަކަށް ށައްކުކުރެވޭނަމަ، މިފަދަ އުޅަނދުފަހަރަށް ރާއްޖެއިންބޭރަށް ފުރުމުގެ ހުއްދަދެވޭނީ، އެ އުޅަނދެއް ފުރުމަށް ހަމަޖެހިފައިވާ ބަނދަރެއްގައި ގާއިމުކޮށްފައިވާ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަކުން އެކަމެއް އިތުރަށް ބެލުމަށްފަހު، ރައްކައުތެރިކަމުގެ ފިޔަވަޅެއް އަޅަންޖެހޭފަދަ ހާލަތެއް އޮތްނަމަ، އެފަދަ ފިޔަވަޅެއް އެޅުމަށް ފަހުގައެވެ.
- އައުޓްވާރޑް ޑިކްލަރޭށަން އޮފް ހެލްތު ފޯމުގައިވާ މައުލޫމާތުގެ އަލީގައި އުޅަނދުގައި ދަތުރުކުރާ މީހުންގެ ތެރޭގައި ގައިންގަޔަށްއަރާ ނުރައްކައުތެރި ބައްޔެއްހުރި މީހަކު ނުވަތަ މިފަދަކަމަކަށް ށައްކުކުރެވޭ މީހަކު ހުރިނަމަ، މިފަދަ މީހަކާއެކު އެ އުޅަނދެއް ފުރުމުގެ ހުއްދަ ދޭންވާނީ، އާންމު ސިއްހަތަށް ނުރައްކައުވާފަދަ ބައްޔެއް ނެތްކަން ބަޔާންކޮށް، ސިއްހީ ހިދުމަތްދޭ މަރުކަޒެއްގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
- ދިމާވާ ހާއްސަ ހާލަތްތަކުގައި ކަނޑުމަގުން ރާއްޖެއިން ފުރާ އުޅަނދުފަހަރަށް އައުޓްވާރޑް ހެލްތު ކްލިއަރަންސް ދިނުމަށްޓަކައި ނުވަތަ އިތުރަށް ޗެކްކުރުމަށްޓަކައި އިންޓަރނޭށަނަލް ބޯޑަރ ހެލްތު އޮފިސަރުންނަށް އެރިދާނެއެވެ.
ޖަދުވަލު 6
ބައިނަލްއަގްވާމީ ބަނދަރުތަކުގެ ޑިޒީޒް ސަރވެއިލެންސާއި އެކަހެރި ކުރުމުގެ އިންތިޒާމުގެ އަސާސީ މިންގަނޑު
ބައިނަލްއަގްވާމ ބަނދަރުތަކުން އެތެރެވެދާނެ ނުވަތަ އެހެން ގައުމަކަށް ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކައުތެރިވުމަށްޓަކައި މީހަކު އެކަހެރިކޮށް ސްކްރީންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ އިންތިޒާމު ބަނދަރު ހިންގާ ފަރާތަކުން ހަމަޖައްސައިދޭން ޖެހޭނެއެވެ. މި އިންތިޒާމް ހަމަޖައްސަންވާނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ މިންގަނޑުތަކަށެވެ.
1 ރާއްޖެ އަންނަ އުޅަނދުފަހަރާއި ރާއްޖެއިން ފުރާ އުޅަނދުފަހަރު ކަރަންޓީނު ކުރުމާއި، ރާއްޖެ އަންނަ މީހުންނާއި ރާއްޖެއިން ފުރާ މީހުން އެކަހެރިކުރުން.
1.1 ބަނދަރަށް އަންނަ ބަލިމީހުންނާއި ރާއްޖެއިން ފުރާ ބަލިމީހުން، އާންމުންނާ އެކަހެރިކުރެވޭނެ އިންތިޒާމް. ބަނދަރުގެ ކަންކަން ބަލަހައްޓާ ފަރާތުން، ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން ހަމަޖައްސަންވާނެއެވެ.
1.2 ބަލިމީ ހުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައްކަމުގައިވާ، ބަލިމީހުން ވަގުތީ ގޮތުން ބައިތިއްބާނެ އިމާރާތާއި ފެނާއި ކަރަންޓު ފަދަ ހިދުމަތާއި، ދަތުރުކުރާނެ މަގެއް އަދި ކަމާބެހޭ ސިއްހީ ހިދުމަތްތެރިންނަށް އެފަދަ ތަންތަނަށް ވަދެވޭނެގޮތް ބަނދަރު ހިންގާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
1.3 އުޅަނދެއް ކަރަންޓ ނުކުރަން ޖެހިއްޖެ ހިނދެއްގައި، އެހެން އުޅަނދުތަކާ އެކަހެރިކޮށް ބޭއްވޭނެ ތަނެއް ކަނޑައަޅައި، ކަރަންޓީނުކުރުމުގެ އިންތިޒާމް. ބަނދަރު ހިންގާ ފަރާތުން ހަމަޖައްސަންވާނެއެވެ.
1.4 ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ އެއްވެސް ބާވަތެއްގެ ބަލިމަޑުކަމެއް ފެތުރެމުންދާނަމަ، ބަނދަރަށް އަންނަ އުޅަނދުފަހަރާއި ފުރާ އުޅަނދު ފަހަރުގައިވާ އެކި ބާވަތްތަކުގެ ޖަނަވާރު އެކަހެރިކުރުމަށްޓަކައި ކަމާބެހޭ އިދާރާއިންކަނޑައަޅައިފައިވާ ގަވާއިދާ އެއްގޮތަށް އެކަހެރިކުރެވޭނެ އިންތިޒާމް. ބަނދަރު ހިންގާ ފަރާތުން ހަމަޖައްސަން ޖެހޭނެއެވެ.
1.5 އެހެންމީހުންނާ އެކަހެރިކުރަންޖެހޭ ފަދަ ސިއްހީ ނުރައްކަލެއް ހުރި މީހަކު ނުވަތަ ށައްކުކުރެވޭ މީހަކު އުޅަނދެއްގައި ހުރިކަމަށް އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަކުން ކަނޑައަޅައިފިނަމަ، ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ މުއްދަތަކަށް އެ އުޅަނދެއް ކަރަންޓ ނުކޮށް، އުޅަނދުގެ ފަޅުވެރިންނާއި ފަސިންޖަރުން އެކަހެރިކުރެވޭނެއެވެ.
1.6 ކަރަންޓ ންކުރަންޖެހޭ އުޅަނދެއް ނުވަތަ އެކަހެރިކުރަންޖެހޭ ފަސިންޖަރެއް ބަނދަރެއްގައި ހުރިކަން އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓުން ކަނޑައަޅާ ވަގުތުން ފެށިގެން އެއްވެސް ފަރާތަކަށް އެ އުޅަނދަކަށް ނުވަތަ އެފަސިންޖަރަކާ ސީދާ މުއާމަލާތުކުރެވޭނީ ހެލްތު ޕްރޮޓެކްށަން އެޖެންސީގެ ހުއްދަ، ލިޔުމުން ލިބިގެންނެވެ. އެގޮތުން އެފަދަ އުޅަނދަކަށް މީހުންއަރައި ފޭބުމާއި މުދާ ބޭލުން ފަދަ ކަމެއ،ް އުޅަނދާއި ބަނދަރުގެ ވެރިފަރާތަށް ނުވަތަ އެއްވެސް ތަންފީޒީ މުއައްސަސާއަކަށް ކުރެވޭނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީގެ ހުއްދަ، ލިޔުމުން ހޯދައިގެންނެވެ.
1.7 ކަރަންޓ ނު ކުރަންޖެހޭ އުޅަނދަކަށް އަރައި ފައިބާ އުޅުނު އެއްވެސް މީހަކީ ބަލީގެ ނުރައްކައުތެރިކަން ހުރި މީހެއްކަމަށް އިންޓަރނޭށަނަލް ބޯޑަރ ހެލްތް ޔުނިޓުން ކަނޑައަޅައިފިނަމަ، އެފަދަ މީހުން އެކަހެރިކުރުމުގެ ބާރު ހެލްތް ޕްރޮޓެކްށަން އެޖެންސީއަށް ލިބިގެންވެއެވެ.
2 ކަރަންޓ ނު ކުރެވޭ ބަލިތައް
2.1 ކަރަންޓ ނުކުރެވޭނެ ބަލިތައ،ް ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައި އާންމުކުރަންވާނެއެވެ.
.2.2 ކަރަންޓ ނުކުރަންޖެހޭ ބައްޔަކަށް ބަނދަރުތަކުގައި އަމަލުކުރާނޭގޮތުގެ އުސޫލުތައް ކަނޑައަޅާނީ ހެލްތު ޕްރޮޓެކްށަން އެޖެންސީންނެވެ.
3 ޕެސެންޖަރ ސަރވެ އިލެ ންސް
3.1 ޔެލޯފ ވަރ
(ހ) ބައިނަލްއަ ގްވާމ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގައި އަބަދުވެސް ޔެލޯފ ވަރއަށް ސަރވައިލަންސް ކުރަންވާނެއެވެ.
(ށ) ބަނދަރުތަކުގައި މިކަންތައް ކުރެވޭނެ އިންތިޒާމް. އެ ބަނދަރެއް ހިންގާ ފަރާތަކުން ހަމަޖައްސައިދޭންވާނެއެވެ.
3.2 އެހެނިހެން ބަލިތައް
(ހ) ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނުވަތަ ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފި ހިނދެއްގައި، އެ ބައްޔަކަށް ސްކްރީން ކުރެވޭނެ އިންތިޒާމް. ބަނދަރު ހިންގާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
4 ސަރވައިލަ ންސްއަށް ފޮނުވުން.
4.1 އެކި ބަލިތަކަށް ސްކްރީންކުރެވޭ މީހުން އިތުރަށް މޮނިޓަރކުރުމަށްޓަކައި ސަރވައިލެންސްގެ ދަށުގައި ބެހެއްޓުމުގެ އިހުތިޔާރު ހެލްތު ޕްރޮޓެކްށަން އެޖެންސީއަށް ލިބިގެންވެއެވެ.
4.2 ސަރވެއިލެންސްގައި ބޭތިއްބޭ ފަރާތްތައް ދޫކުރަންވާނީ، އެ ބައްޔަކަށް އަމަލުކުރުމަށް އާންމުކުރާ ހާއްސަ "މިންގަނޑެއް" ގެ ދަށުންނެވެ.
4.3 މިގޮތުން ސަރވައިލެންސްގައި ބޭތިއްބޭ ފަރާތްތަކުން، ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރަމުން ނުދާނަމަ "އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނު" 91 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
5 ކަރަންޓީނު ކުރެވޭ އުޅަނދުފަހަރު ނުވަތަ ހާއްސަ ބަލިމަޑުކަ މަކާ ގުޅިގެން ބަނދަރުގެ ސަރަހައްދުތައް ސާފުކުރުން.
5.1 އެއްވެސް ބާވަތެއްގެ ބަލިމަޑުކަމަކާ ގުޅިގެން ކަރަންޓީނުކުރެވޭ އުޅަނދެއް ސާފުކުރަން ޖެހިއްޖެ ހިނދެއްގައި، ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ އުސޫލެއްގެ މަތިން ސާފުކުރުމަކީ ބަނދަރު ހިންގާ ފަރާތުގެ ޒިންމާއެކެވެ.
5.2 ބަނދަރެއްގައި މީހުން ނުވަތަ ޖަނަވާރު އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި އެ ތަންތަނުގައި ބޭނުންކުރާ ތަކެތި ސާފުކުރަން ޖެހިއްޖެ ހިނދެއްގައި، ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ އުސޫލެއްގެ މަތިން ސާފުކުރުމަކީ ބަނދަރު ހިންގާ ފަރާތުގެ ޒިންމާއެކެވެ.
5.3 އެއްވެސް ހާލަތެއް މެދުވެރިވެގެން ބަނދަރުގެ ތަނެއް ނުވަތަ އެއްޗެއް ސާފުކުރަން ޖެހިއްޖެ ހިނދެއްގައި، ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ އުސޫލެއްގެ މަތިން ސާފުކުރުމަކީ ބަނދަރު ހިންގާ ފަރާތުގެ ޒިންމާއެކެވެ.
5.4 ބަލިމަޑުކަމަކާ ގުޅިގެން އަންނަ ހާއްސަ ހާލަތްތަކުގައި ހެލްތް ޕްރޮޓެކްށަން އެޖެންސން އެދޭ އެހީތެރިކަން ދައުލަތުގެ މުއައްސަސާތަކުން ވަގުތުން ފޯރުކޮށްދޭންވާނެއެވެ.
ޖަދުވަލު 7
މައްޔިތުންނާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް ރާއްޖެ އެތެރެކުރުމަށާއި ބޭރުކުރުމަށް "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ދިނުމުގައި އަމަލުކުރާނެގޮތުގެ އާންމު އުސޫލު
މިއީ، މައްޔިތުންނާއި އިންސާނުންގެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތައް ރާއްޖެ އެތެރެކުރުމާއި ބޭރުކުރުމަށް "އޮތޮރައިޒޭށަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަދޫކުރުމުގައި ހެލްތު ޕްރޮޓެކްށަން އެޖެންސީގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓުތަކުން އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލެވެ.
1 މައްޔިތެއް ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތައް ދިވެހިރާއްޖެ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމުގެ ކުރިން އެ ސަރަހައްދަކަށް ހިދުމަތްދިނުމަށް ކަނޑައަޅައިފައިވާ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓުން، ހުއްދަ ހޯދުމަށް ބޭނުންކުރާ ފޯމު ފުރިހަމަކޮށް، ކަމާގުޅޭ އެންމެހައި ލިޔެކިއުންތައް ހުށަހެޅުމާއެކ،ު ދުވާލުނަމަ، ހި ދުމަތަށް އެދޭތާ 8 (އަށެއް)ގަޑިއިރުގެ ތެރޭގައި، އިރުއޮއްސި 6 )ހައެއް( ގެ ފަހުންނަމަ 18 (އަށާރަ)ގަޑިއިރުގެ ތެރޭގައި "އޮތޮރައިޒޭށަން ޓު އިމްޕޯ ޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ދޭންވާނެއެވެ.
2 މީހަކު މަރުވިއިރު، އޭނާގެފުށުން ގައިންގަޔަށް އަރައިފާނެ ބައްޔެއް ހުރިކަމަށް، ސިއްހީ މާހިރެއް ނުވަތަ ސިއްހީ އިދާރާއަކުން،ކަނޑައަޅައިފައިވާ ބައްޔެއް ނުވަތަ އެފަދަ ބައްޔަކަށް ށައްކުކުރެވޭ ފަރާތެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއްނަމަ،އާންމު ސިއްހަތުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެގޮތުން މި ގަވާއިދުގައި ބުނެފައިވާ ކަންކަން ހުރ ފުރިހަމަކޮށްފައިކަން އެސަރަހައްދުގެ އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓުން ބެލުމަށްފަހު، އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓާ ހަވާލުވެހުރި ފަރާތުން ސޮއިކޮށް ތައްގަނޑުޖެހުމާއެކ،ު ހުއްދަ ދޭންވާނެއެވެ.
1.1 މީހަކު މަރުވިއިރު މައްޔިތާގެ ކިބައިން ނުވަތަ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނުން، ސްމޯލް ޕޮކްސް، ނުވަތައެންތްރެކްސް ނުވަތަ ވައިރަލް ހެމޮރެޖިކް ފީވަރ، ނުވަތަ އެބޯލާ ބަލި ނުވަތަ އެފަދަ އެހެން ނުރައްކައުތެރި ބައްޔެއް ނުވަތަ ނުރައްކައުތެރި ސިއްހީ މައްސަލައެއް ހުރިނަމަ، ނުވަތަ ހުރިކަމަށް ށައްކުކުރެވޭނަމަ، އެންބާލްމިން ނުވަތަ ކުނިވިޔަނުދިނުމަށާއި ނުބައިވަސް ނުދުވާގޮތަށް ހެދުމުގެ ބަދަލުގައި، ސިއްހީ ދާއިރާއިން އެކުލަވައިލާ ހާއްސަ ގައިޑްލައިނާ އެއްގޮތަށް ބަންދުކޮށްފައިވާކަން ކަށަވަރުކުރުމަށްޓަ ކައި ކަމާބެހޭ އިދާރާއިން ދޫކުރާ ލިޔުން އޮތްތޯ ބަލަންވާނެއެވެ.
1.2 އެފަދަ މައްޔިތާގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތައް ހާއްސަކުރެވިފައިވާ ޕޮލިތީން ކޮތަޅުގައި، ވައިބޭރުނުވާގޮތަށް ބަންދުކޮށްފައިވާ ފޮށިގަނޑުގައި، ކުނިވިޔަ ނުދިނުމަށާއި ނުބައިވަސްނުދުވާގޮތަށް ބަންދުކޮށްފައިވާކަން، ޔަގީންކޮށް ދޫކުރާ ކަށުކަމާކެމ ގެ ސެޓުފިކެޓު ނުވަތަ އެމްބާލްމިންގ ސެޓުފިކެޓު އޮތުން.
1.3 މައްޔިތާގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތައް ނިސްބަތްވާ މީހާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް އޮތުން. އަދި އެފަދަ ލިޔުމެއް ނެތްނަމަ، ކާކުކަން ނޭނގޭ ސަބަބު ބަޔާންކުރާ ރަސްމީ ލިޔުމެއް އޮތުން.
1.4 މައްޔިތަކ ކާކުކަން އެނގޭނަމަ، ނުވަތަ ހަށިގަނޑުގެ ބަޔަކ ކާކަށް ނިސްބަތްވާ ތަކެތިކަން އެނގޭނަމަ، ރާއްޖެއިން ބޭރަށް ގެންދިޔުމަށް ނުވަތަ ރާއްޖެ އެތެރެކުރުމަށް އެއްބަސްވ،ެ ގާނޫނ ގޮތުން ޒިންމާވާނެ ފަރާތަކުން ދޫކުރ،ާ އެތެރެކުރުމަށް ނުވަތަ ބޭރުކުރުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން އޮތުން. އެގޮތުން އެފަދަ ފަރާތެއްކަމުގައި ބެލޭނ ؛
ހ. އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މިއިން ފަރާތެއް ނެތްނަމަ 18 (އަށާރަ) އަހަރު ފުރިފައިވާ ދަރިން.
ށ. އެފަރާތެއްގެ މަންމަ ނުވަތަ ބައްޕަ.
ނ. މި މާއްދާގެ (ހ) އާއި (ށ) ގައިވާ ފަރާތެއް ނެތްނަމަ، އިސްލާމީ ށަރީ އަތުގައި ވާރިސުންގެގޮތުގައި ބެލޭނެ ފަރާތެއް.
ރ. ށަރުއ ކޯޓުތައް.
ބ. މަތީގައި ބުނެވުނު ފަރާތެއް މިކަމާ އިއުތިރާޒުނުކުރާނަމަ، މިނިސްޓްރ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ މުއައްސަސާއެއް.
1.5 ކާކުކަން ނުވަތަ ކާކުގެ ގުނަވަނެއްކަން ނުވަތަ ހަށިގަނޑުގެ ބައެއްކަން އެނގޭނެގޮތެއް ނެތްނަމަ:
ހ. މިނިސްޓްރ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ މުއައްސަސާއަކުން ހަށިގަނޑު ނުވަތަ ތަކެތި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ނުވަތަ އެތެރެކުރުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހެޅުން.
1.6 މައްޔިތާ ނުވަތަ ހަށިގަނޑުގެ ބަޔަކުން ނުވަތަ ގުނަވަނަކުން، މަތީގައި ބުނެވުނު ފަދަ ބައްޔެއް ނުވަތަ ސިއްހީނުރައްކަލެއް ކުރިމަތިނުވާނެކަން ނުވަތަ އެފަދަކަމެއް ކުރިމަތިވެދާނެކަން ބަޔާންކޮށް ސިއްހީ މާހިރެއް އިގްރާރުވެ ދޫކޮށްފައިވާ ރަސްމީ ލިޔުން އޮތުން.
1.7 ބަންދުކޮށްފައިވާ ބޭރު ޕެކިނުން ފެންނަ ފެނުމަށް އެއްވެސް އެއްޗެއް ލީކުވެފައިވޭތޯ ބެލުން.
3 މައްޔިތާ ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަން ބަންދުކޮށްފައިވާއިރު ތިރީގައި ބުނާ މައުލޫމާތު، ހަށިގަނޑު ބަންދުކޮށްފައިވާ، ޕެކިންގ/ފޮށި/ސަންދޯކުގެ ބޭރުގައި ހަރުކުރެވިފައި ހުރުން.
ހ. ކާކުކަން / ކާކަށް ނިސްބަތްވާ އެއްޗެއްކަން (އެނގޭނަމަ)
ށ. ކޮންއެއްޗެއްކަން / ގުނަވަންތަކެއްކަން (ތަފުސީލު ބަޔާންކުރުން)
ނ. ބޭރުކުރުމަށް ޒިންމާ އުފުލާ އެޖެންޓުގެ ނަމާއި، ވަޒީފާގެގޮތުން އެ މަސައްކަތް އަދާކުރަމުން އަންނަ ފަރާތް ނުވަތަ ކުންފުނިން ޒިންމާވާނެ ފަރާތް މިހާރު ބޭނުންކުރާ ފޯނު ނަން ބަރާއި، އީ-މެއިލް އެޑްރެސް.
ރ. ގެންދެވޭ ގައުމުގެ ނަން.
ބ.ގެންދެވޭ ގައުމުން ހަވާލުވާ ފަރާތާ ގުޅޭނޭ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް.
4 ރާއްޖެއިން ބޭރުކުރާއިރު އަދި އެތެރެކުރާއިރު އެ ގައުމުން ހަވާލުވާ ފަރާތް ނުވަތަ ގެންދެވޭ ތަނަކަށް ގެންގޮސްދިނުމުގައި ހަރަކާތްތެރިވާނެ އެ ގައުމަކަށް ނިސްބަތްވާ ގާނޫނ ޒިންމާވާނެ ފަރާތުގެ ލިޔުން ހުއްދައަށް އެދޭއިރު ހުށަހަޅަންވާނެއެވެ. އެގޮތުން އެ ލިޔުމުގައި؛
ހ. ގެންދެވޭ ގައުމަކުން ހަވާލުވާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނުވަތަ މަންޒިލާ ހަމަޔަށް ގެންދެވެންދެން ހަވާލުވެ ޒިންމާ އުފުލާ ފަރާތުގެ ފުރިހަމަ މައުލޫމާތު (ނަން، ދާއިމީ އެޑްރެސް، ޕާސްޕޯޓް ނަންބަރު، މިހާރުގެ ފޯނު ނަންބަރު އަދި އެ ގައުމަކަށް ގެންދެވުމުންވެސް ގުޅޭނެ ފޯނު ނަންބަރެއް)
ށ. ހަވާލުވަނ އެވެނި މީހަކަށް ނިސްބަތްވާ ހަށިގަނޑެއް ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ގުނަވަން ނުވަތަ ގުނަވަންތަކަކާކަން ބަޔާންކޮށްފައި އޮތުން.
ނ. ރާއްޖެއިން ބޭރުކުރެވޭނެ ނުވަތަ ރާއްޖެއަށް އެތެރެކުރެވޭނެ ތާރީހު ބަޔާންކޮށްފައި އޮތުން.
ރ. އެތެރެކުރާ ނުވަތަ ބޭރުކުރާ ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައި އޮތުން.
5 މި ޖަދުވަލުގެ 2 ވަނަ މާއްދާގެ 1.1 ވަނަ ނުކުތާގައި ބުނާ ކަންކަން ފުރިހަމަނުވާނަމަ، ނުވަތަ އާދަޔާ ހިލާފުކަމެއް ފާހަގަކުރެވޭނަމަ، ހުއްދަދޫނުކޮށް ހިފެހެއްޓުމަށްފަހު، މައްޔިތާ ނުވަތަ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކަންކަމާ ހަވާލުވާ އެޖެންޓް ނުވަތަ މުއައްސަސާއަކަށް އެކަން ލިޔުމުން އަންގައި، އެކަންކަން ފުރިހަމަކުރިކަން އިންޓަރނޭށަނަލް ބޯޑަރ ހެލްތު ޔުނިޓަކާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.
ޖަދުވަލު 8
އިންޓަރނޭށަނަލް ބޯޑަރ ހެލްތުން ދެމުންގެންދާ ހިދުމަތްތަކުން އަގުނަގަން ހަމަޖެހިފައިވާ އުސޫލު
# |
ކޯޑު |
ހިދުމަތުގެ ތަފްސީލު |
އަގު |
01 | SSC50 |
އެސް.އެސް.އީ. ސެޓްފިކެޓް 50 ނެޓް ޓަނޭޖަށްވުރެ ދަށުގެ ކަނޑު އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ |
1،000 ރުފިޔާ |
02 | SSC100 | އެސް.އެސް.އީ. ސެޓްފިކެޓް 51 ނެޓް ޓަނޭޖުން ފެށިގެން 100 ނެޓް ޓަނޭޖް ހަމަނުވާ ކަނޑު އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ. | 2،000 ރުފިޔާ |
03 | SSC300 | އެސް.އެސް.އީ. ސެޓްފިކެޓް 101 ނެޓް ޓަނޭޖުން ފެށިގެން 300 ނެޓްޓަނޭޖް ހަމަނުވާ ކަނޑު އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ | 3،000 ރުފިޔާ |
04 | SSC301 | އެސް.އެސް.އީ. ސެޓްފިކެޓް 301 ނެޓް ޓަނޭޖުން މަތި ކަނޑު އުޅަނދުފަހަ ރަށް ސެޓުފިކެޓު ހެއްދުމުގެ ފީ. |
5،000 ރުފިޔާ |
05 | SSCEXT | އެސް.އެސް.އީ. ސެޓްފިކެޓް 1 މަސްދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނަގާ ފީ. | 500 ރުފިޔާ |
06 | SSCRP | އެސް.އެސް.އީ. ސެޓްފިކެޓް ގެއްލިގެން އައު ސެޓުފިކެޓު ހެއް ދުމުގެ ފީ. | 2،500 ރުފިޔާ |
07 | MCF | މަސްވެރިކަންކުރާ (ށިޕިންގ ވެސަލް) އަށް މެޑިސިންގ ޗެސްޓް ސެޓުފިކެޓު ހެއްދުމުގެ ފީ. | 1،500 ރުފިޔާ |
08 | MCC | މުދާ އުފުލާ ކަނޑުގެ އުޅަނދުފަހަރަށް (ކާގޯ ށިޕް) އަށް ދޫކުރާ ށިޕް މެޑިސިންގ ޗެސްޓް ސެޓުފިކެޓު ހެއްދުމުގެ ފޫ |
2،500 ރުފިޔާ |
09 | MCPL | ޓޫރިސްޓުންގެގޮތުގައި ފަސިންޖަރުން އުފުލާ ކަނޑުގެ އުޅަނދުފަހަރަށް (ޕެސެންޖަރ ލައިނަރ އަދިި މެގަށިޕް) އަށް ދޫކުރާ ށިޕްމެޑިސިންގ ޗެސްޓް ސެޓުފިކެޓު ހެއްދުމުގެ ފީ. | 3،00 ރުފިޔާ |
10 | މައްޔިތެއް ނުވަތަ އިންސާނެއްގެ ގުނަވަނެއް ރާއްޖެއިން ބޭރުކުރުމާއި ރާއްޖެ އެތެރެކުރުމުގެ ރަޖިސްޓްރޭށަން ފީ. | 2،000 ރުފިޔާ |
މައި ގާނޫނު
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-07)
ކިޔުންތެރިންގެ ހިޔާލު