ދައުވާއުފުލިފައިވާ މައްސަލައެއްގައި ހުކުމް ކުރުމުގެ ކުރިން ކުށްވެރިއެއްގެ ގޮތުގައި ސިފުކުރުން ހުއްޓުވުމުގެ ކޯޓު އަމުރުނެރެވޭނެ
ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު، ގާނޫނުއަސާސީން، ލިބިގެންވާތީ، ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން، އެ ހައްޤަށް އަރާއިގަނެވޭފަދަ ގޮތަކަށް ވާހަކަނުދެއްކުމުގެ އަމަރަށް އެދުމުން އެފަދަ އަމުރު ކޯޓުން ނެރެދޭނެ. އަދި ކޯޓުގެ އެފަދަ އަމުރަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން.
ޕްރޮސިކިއުޓަރ ގެނެރަލްގެ އޮފީސް ވ. އަހުމަދު މޫސާ މުހައްމަދު | 2022/SC-A/39 | ސަފްހާ 1، 2 ގައި | ސްޕްރީމް ކޯޓުގެ ފަނޑިޔާރު ށުޖޫން، މުހައްމަދު އިބްރާހީމް، މަހާޒު |