-

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-13) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-05)

 

ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވި ޔަ ގާނޫނުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

23.ކޮރަޕްށަން

(ހ) "ކޮރަޕްށަން" ކަމަށް ބުނެފައިއެވަނީ، ކޮރަޕްށަންގެ ކުށާއި، ކޮރަޕްށަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭގޮތުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮރަޕްށަންގެ ކުށް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510 ވަނަ މާއްދާއާއި 513 ވަނަ މާއްދާއާއި 515 ވަނަ މާއްދާއާއި 516 ވަނަ މާއްދާއާއި 517 ވަނަ މާއްދާއާއި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްށަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.

 

2 ވަނަ މާއްދާ -   މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު