ގާނޫނު ނަންބަރ 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އަށް 14 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2017-05)
ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 27 އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޗެޕްޓަރ ނަންބަރ |
މުދަލުގެ ގިންތިތައް |
ޑިއުޓީގެ މިންވަރު |
ޗެޕްޓަރ 27 |
ބިމުންނަގާ ހަކައިތައިގެ ބާވަތްތަކާއި، ބިމުންނަގާ ތެލާއި، އަދި އެފަދަ އެއްޗެހި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް؛ ތާރުގެ ބާވްތަކާއި، ބިމުންނަގާ ތަކެތިން އުފައްދާ އުށް
|
|
(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި
|
0% | |
(ށ) ތެލުގެ ބާވަތްތަކުން | 5% |
2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު