-

ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-01)

 

1 ވަނަ މާއްދާ - ކުރުނަމާއި ތައާރުފް

(ހ) މިއީ މިހާރު އަމަލުކުރަމުންދާ ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ގާނޫނުއެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ގާނޫނު ނަންބަރު 1978-72 ހުޅުލެއަށް އެރުމާބެހޭ ގާނޫނު އުވާލުމުގެ ގާނޫނު" އެވެ.

2 ވަނަ މާއްދާ - ގާނޫނު ނަންބަރު 1978-72 ހުޅުލެއަށް އެރުމާބެހޭ ގާނޫނު

އެއަރޕޯޓު އޮފީހުން ދޫކުރާ ހުއްދައެއް އޮވެގެންނޫނީ އާދައިގެ ގޮތުގައި ހުޅުލެއަށް އެރުމަކީ މަނާކަމެކެވެ.

3 ވަނަ މާއްދާގާނޫނު ނަންބަރު 1983-04 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާު ގެނައުމުގެ ގާނޫނު

(ހ) ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް ތިރީގައި މިވާ އިސްލާހު ގެނައުން.

(ށ) ނަން ގަނެވިދިޔަ ގާނޫނުގައި "އެއަރޕޯޓް އޮފީހުން" މިހެން އޮތްތަން "މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން" މިގޮތަށް ބަދަލުކުރުން.


4 ވަނަ މާއްދާގާނޫނު ނަންބަރު 1985-05 1995-2-18 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ހ) ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް ތިރީގައިމިވާ އިސްލާހު ގެނައުން.

(ށ) ބުނެވިދިޔަ ގާނޫނުގައި "މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ" މިހެން އޮތްތަން "ސިވިލް އޭވިއޭށަން އޮތޯރިޓީ" މިގޮތަށް ބަދަލުކުރުން.


5 ވަނަ މާއްދާގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވުން

ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ބިލު، މި ގާނޫނަށް ގާނޫނު ނަންބަރު 1983-04 ގާނޫނުންނާއި ގާނޫނު ނަންބަރު 1985-05 ގާނޫނުން، ގެނެސްފައިވާ  2 އިސްލާހާއެކު އުވާލުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުން، ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވުނީއެވެ.

 

އުވާލެވުނު ގާނޫނު

ހުޅުލެއަށް އެރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-72) 

ރިފަރެންސް

28 ޑިސެމްބަރ 2009 ވި ހޯމަދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 79 ވަނަ ޖަލްސާއިން ފާސްކުޅަ ގާނޫނު ނަންބަރު 72/1978 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ބިލު) ބަލައި، ތަސްދީގުކޮށްފައިވަނީ 4 ޖެނުއަރީ 2010 (18 މުޙައްރަމް 1431)

ކިޔުންތެރިންގެ ހިޔާލު