މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު
(ގާނޫނު ނަންބަރު 2014-01)
ފުރަތަމަ ބާބު
ފެށުމާއި ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ހައްގު ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާ އެކަށައަޅައި، ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަމާ ގުޅޭގޮތުން ކޮންމެ މީހަކަށްމެ ލިބިދޭ ހައްގުތައް ބަޔާންކޮށް، އެ ހައްގުތަކުގެ ދާއިރާ އެކަށައެޅުމެވެ.
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެކަށައެޅުން.
(ށ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނުހިނގާނީ މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ހާލަތްތަކުގައި އެކަނި ކަމުގައި ކަނޑައެޅުމާއެކު، އެ ހާލަތްތަކުގައިވެސް އެ މައުލޫމާތު ހާމަކުރުމުން ލިބޭ ގެއްލުމަށްވުރެ ހާމަނުކުރުމުން އާންމު މަސްލަހަތަށް ލިބޭ އުނިކަން ބޮޑުވާނަމަ، އާންމު މަސްލަހަތު ނެގެހެއްޓުމަށްޓަކައި އެ މައުލޫމާތު ހާމަކުރުމުގެ އުސޫލު ކަނޑައެޅުން.
(ނ) ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ށާއިއުކުރުމަށް ހިތްވަރު ދިނުން.
(ރ) މީހަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާއެއްގައި ބަލަހައްޓަމުންގެންދާ މައުލޫމާތަކީ ފުރިހަމަ، ތެދު އަދި އޮޅުމެއްނެތް މައުލޫމާތެއްކަން ކަށަވަރުކުރުމުގެ ހައްގު އެމީހަކަށް ލިބިދިނުން.
(ބ) ބަޔާންވެދިޔަ ކަންކަން ހިންގުމަށް މަގުފަހިކުރުމަށްޓަކައި އެކަށީގެންވާ އުސޫލުތަކެއް ކަނޑައަޅައިދިނުން.
ދެވަނަ ބާބު
ހައްގުގެ ދާއިރާ
3 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ އާންމު ހައްގު
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް މި ގާނޫނުގެ ދަށުން އެދޭ ކޮންމެ މީހަކަށްމެ، އެ މައުލޫމާތެއް ދައުލަތުގެ އެ އިދާރާއެއްގައި އޮތްކަން ނުވަތަ ނޫންކަން އެންގުމަކީ، ނުވަތަ އެ މައުލޫމާތެއް ލިބޭނީ ދައުލަތުގެ ކޮން އިދާރާއަކުންކަން، އެންގުމަކީ، އަދި އެގޮތަށް އެންގޭ އެންގުން، އެކަށީގެންވާ ފުރުސަތެއްގައި އެންގުމަކީ، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މައުލޫމާތަށް އެދި ހުށަހަޅާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.
(ށ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް، މި ގާނޫނުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ ކަމަށްވާނަމަ، އެކަށީގެންވާ ފުރުސަތެއްގެ ތެރޭގައި އެ މައުލޫމާތެއް ހާމަކުރުމަކީވެސް، މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، މި ގާނޫނު ދައުލަތުގެ އެ އިދާރާއެއްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
(ނ) މި ގާނޫނުގެ ކުރިން އަމަލުކުރަމުން އަންނަ ގާނޫނެއްގައި ނުވަތަ މި ގާނޫނުގެ ފަހުން އަމަލުކުރަން ފަށާ ގާނޫނެއްގައި، ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހާމަކުރެވޭނީ، ވަކި އުސޫލެއްގެމަތިން ކަމުގައި، ނުވަތަ ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ހާލަތުގައިވެސް، އިސްކަންދޭނީ މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ މައްޗަށެވެ. އަދި އެ މައުލޫމާތެއް ހާމަކުރުމާއި ނުކުރުމާ ދެމެދު އަމަލުކުރާނީ މި ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އޮތުން
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދައި ލިބިގަތުމަކީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ އަދި ތަންފީޒުކުރެވޭނެ ގާނޫނީ ހައްގެކެވެ.
(ށ) މި މާއްދާގެ (ހ) ގައި، ތަންފީޒުކުރެވިދާނެ ގާނޫނީ ހައްގެއް ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ ފަނޑިޔާރުގެއެއް މެދުވެރިކޮށް، އެ މައުލޫމާތެއް ހޯދުމަށް އެދެވިދާނެކަމާއި، އަދި އެކަން އެގޮތަށް ކޮށްދިނުމަށް އެދި ގާނޫނީ އަމުރެއް ނުވަތަ ށަރުއީ އަމުރެއް ނެރެވިދާނެކަމާއި، އެ އަމުރެއްގެ މަންފާ ހޯދިދާނެކަން ބަޔާންކުރުމަށެވެ.
5 ވަނަ މާއްދާ - ހިންގުން ހުއްޓާލެވިފައިވާ ދައުލަތުގެ އިދާރާތައް
ހިނގަމުން އަންނަ ދައުލަތުގެ އިދާރާއެއް ހިންގުން ހުއްޓާލައިފި ކަމަށްވާނަމަ، ދައުލަތުގެ އެ އިދާރާއަކުން އުފައްދާފައިވާ ނުވަތަ، ބަލަހައްޓަމުން ގެންގޮސްފައިވާ ނުވަތަ ގެންގުޅެފައިވާ މައުލޫމާތުގެ ޒިންމާ އުފުލާނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.
(ހ) ދައުލަތުގެ އިދާރާއެއްގެ މަސައްކަތްތައް ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރެވިފައިވާނަމަ އެގޮތަށް އެ މަސައްކަތް ބަދަލުކުރެވުނު އިދާރާއަކުން.
(ށ) ދައުލަތުގެ އެ އިދާރާއިން ހިނގަމުންއައި މަސައްކަތްތައް ދައުލަތުގެ ދެ އިދާރާއަކަށް ބަދަލުކުރެވިފައިވާނަމަ ނުވަތަ އެއަށްވުރެ ގިނަ އިދާރާތަކަކަށް ބަދަލުކުރެވިފައިވާނަމަ، ބޭނުންވާ މައުލޫމާތު ހުރި ދައުލަތުގެ އިދާރާއަކުން.
(ނ) ދައުލަތުގެ އެ އިދާރާގެ މަސައްކަތް ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރެވިފައި ނުވާނަމަ، އެ ވަގުތަކު އެ މައުލޫމާތެއް ބަލަހައްޓަމުންދާ ފަރާތަކުން.
ތިންވަނަ ބާބު
މައުލޫމާތަށް އެދި ހުށަހެޅުން
6 ވަނަ މާއްދާ - މައުލޫމާތަށް އެދި ހުށަހެޅުން
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް އެދި ހުށަހަޅާނީ، ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރަށް، އަންނަނިވި ކަންކަން ހިމެނޭ ގޮތުގެމަތިން، ލިޔުމަކުންނެވެ.
- އެ ހުށަހެޅުމަކީ، މި ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކުރުން.
- ހޯދުމަށް އެދެނީ ކޮން މައުލޫމާތެއްކަން އެނގޭނެ މިންވަރަށް އެ މައުލޫމާތުގެ ތަފްސީލު، އެ ހުށަހެޅުމުގައި އޮޅުންފިލުވައިދީފައި އޮތުން.
- މި ގާނޫނުގެ ދަށުން ދޭންޖެހޭ ނުވަތަ ފޮނުވަންޖެހޭ އެކިއެކި ލިޔުންތައް ފޮނުވާނެ އެޑްރެހެއް ކަނޑައަޅާފައި އޮތުން.
- އެ އިދާރާއަކުން އެ މައުލޫމާތެއް ބެލުމަށް ނުވަތަ ދިނުމަށް ކަނޑައަޅާފައިވާ ފީއެއް އެ ހުށަހެޅުމާއެކު ދެއްކުން ނުވަތަ އެ ފީއަކަށް ދައުލަތުގެ އެ އިދާރާއަކުން އެދުމުން، އެ ފީއެއް ދެއްކުމަށް އެއްބަސްވާކަން ކަށަވަރުކޮށްދިނުން.
- މައުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރެއް އެނގެން އޮތުން.
(ށ) މައުލޫމާތަށް އެދި ހުށަހަޅާ މީހަކީ، ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން، ހުށަހެޅުމެއް ހުށަހެޅުމަށް އުޒުރުވެރިވާ މީހަކު ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައިވާ މައުލޫމާތު، ދައުލަތުގެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރަށް އަނގަބަހުން ހުށަހެޅިދާނެއެވެ. އެފަދަ ހާލަތެއްގައި، އެ ހުށަހެޅުން އިންފޮމޭށަން އޮފިސަރު ލިޔެ، އެ ހުށަހެޅުމުގައި ސޮއިކޮށް، އެކަން އެގޮތަށް ކުރުމުގައި ހެއްކެއް ބަހައްޓައި، ހެއްކެއްގެ ގޮތުގައި ހުރި މީހާގެ ސޮއި އެ ހުށަހެޅުމަށް ހޯދައި، އަދި އެ ހުށަހެޅުން އަނގަބަހުން ހުށަހެޅި މީހާގެ އިނގިލީގެ ނިށާން އެ ހުށަހެޅުމުގެ ލިޔުމުގައި ޖަހައި، އެ ހުށަހެޅުމުގެ ލިޔުމުގެ އެއް ކޮޕީ އެ ހުށަހެޅުން އަނގަބަހުން ހުށަހެޅި ފަރާތަށް އިންފޮމޭށަން އޮފިސަރު ދޫކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން މައުލޫމާތަކަށް އެދުމަށް، ދައުލަތުގެ އިދާރާއަކުން ވަކި ފޯމެއް ތައްޔާރުކޮށް، ތައާރުފުކުރުމަކީ، މި ގާނޫނުގެ ދަށުން ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، އެ ފޯމަކީ، އޭގެ ސަބަބުން އެ މައުލޫމާތެއް ހޯދުން އެކަށީގެންވާ ވަރަށްވުރެ ލަސްވެގެން ހިނގައިދާނެ ސަބަބަކަށް، ނުވަތަ އެ މައުލޫމާތެއް ހޯދުމަށް އެކަށީގެންނުވާ އުނދަގުލެއް ކުރިމަތިކުރުވާ ސަބަބަކަށް ވެގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމު ތައާރުފުކޮށްފައިނުވާ ހާލަތުގައި، ނުވަތަ އެ ފޯމު ލިބެންނެތް ހާލަތުގައި ފޯމެއް މެދުވެރިނުކޮށް މައުލޫމާތު ހޯދުމަށް ހުށަހެޅުމަކީ ކުރެވިދާނެ ކަމެކެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފޯމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރު އެހެން މައުލޫމާތެއް ދިނުމަށް ލާޒިމުކޮށްފައި ހުރެގެން ނުވާނެއެވެ.
(ޅ) މައުލޫމާތަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ލިބިއްޖެކަން އަންގައިދޭ ރަސީދެއް އެ މައުލޫމާތަށް އެދެވުނު އިދާރާއިން ދޫކުރަންވާނެއެވެ.
7 ވަނަ މާއްދާ - މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު އަމަލުކުރާނެ މުއްދަތު
(ހ) މައުލޫމާތަކަށް އެދި، މި ގާނޫނުގެ ދަށުން ހުށަހެޅޭ ކޮންމެ ހުށަހެޅުމަކާމެދުވެސް، ލަސްކުރުމެއް ނެތި ފިޔަވަޅު އަޅައި، މި ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއްނަމަ، އެ މައުލޫމާތަކަށް އެދުނު ފަރާތަކަށް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި 21 (އެކާވީސް) ދުވަހަށްވުރެ އެ މުއްދަތު ދިގުވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް މީހެއްގެ މިނިވަންކަމަށް ނުވަތަ ފުރާނައަށް ނުރައްކާވެގެން، އެކަމުން ސަލާމަތްވުމަށްޓަކައި، ބޭނުންވާ މައުލޫމާތެއް ހޯދުމަށް އެދިއްޖެ ހިނދެއްގައި، ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މައުލޫމާތެއް އެފަރާތަކަށް ދޫކުރަންވާނެއެވެ.
(ނ) ހޯދުމަށް އެދޭ މައުލޫމާތެއް ފޯރުކޮށްދެވެން އޮތީ ވަރަށް ގިނަ މައުލޫމާތު ހޯދައިގެން ދިރާސާކޮށްގެން ކަމުގައިވާނަމަ، ނުވަތަ ހޯދުމަށް އެދިފައިވަނީ ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ކަމުގައިވާނަމަ، އަދި އެއިން ކަމެއް ކުރުމަށް ވަގުތު ހުސްކުރުމަކީ، ދައުލަތުގެ އެ އިދާރާއެއްގެ އާންމު މަސައްކަތަށް ވަރަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމެއް ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 21 (އެކާވީސް) ދުވަސް ހަމަވުމުގެ ކުރިން، ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި، އެ މުއްދަތު، އިތުރު 14 (ސާދަ) ދުވަހަށް، ލިޔުމުން، އިތުރުކުރުމުގެ ހައްގު އެ މައުލޫމާތަށް އެދެވިފައިވާ އިދާރާއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައިވާ މުއްދަތުތަކަށާއި އުސޫލުތަކަށް، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކުރުމަކީ، މައުލޫމާތެއް ފޯރުކޮށްދިނުމަށް އިންކާރުކުރުން ކަމުގައި، މި ގާނޫނުގެ މަގްސަދަށްޓަކައި ބެލެވޭނެއެވެ.
8 ވަނަ މާއްދާ - ފުރިހަމަނޫން ނުވަތަ ރަނގަޅުނޫން ނުވަތަ ބޭކާރު ހުށަހެޅުން
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް އެދި، ހުށަހެޅުމެއް ހުށަހަޅާއިރު އެ ހުށަހެޅުމުގައި ހިމަނަންޖެހޭނެ ކަމަށް މި ގާނޫނުގައި ބަޔާންކުރާ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތު ފުރިހަމަނުވާނަމަ، އެ ސަބަބަށްޓަކައި އެ ހުށަހެޅުން ދައުލަތުގެ އިދާރާއަކުން ގަބޫލުނުކޮށް ދޫކޮށްލެވިދާނެއެވެ. ނަމަވެސް އެގޮތަށް އެ ހުށަހެޅުމެއް ގަބޫލުނުކޮށް ދޫކޮށްލަންވާނީ، އެ މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް އެކަން އެންގުމަށްފަހު އެ ހުށަހެޅުމުގައި ފުރިހަމަނުވާކަމަށް ފާހަގަވާ މައުލޫމާތެއް ފުރިހަމަކުރުމަށްވެސް ފުރުސަތު ދިނުމަށްފަހުގައި، އަދި އެ މައުލޫމާތު ފުރިހަމަކުރުމަށް އެހީތެރިވެދިނުމުންވެސް، އެ މައުލޫމާތު ފުރިހަމަކުރުމަށް އެފަރާތުން އިންކާރުކުރާކަމަށް ވާނަމައެވެ.
(ށ) ދައުލަތުގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުމަކީ، ހަމަ އެފަރާތުން އެފަދަ ހުށަހެޅުމެއް ކުރިން ހުށަހެޅުމުން، އެކަމަށް ޖަވާބުދެވިފައިވާ ބާވަތުގެ ހުށަހެޅުމެއް ކަމުގައިވާނަމަ، އަދި އެ ޖަވާބު ދިންފަހުން އެކަށީގެންވާ ބަދަލެއް އެ މައުލޫމާތަށް އައިސްފައި ނުވާނަމަ، ނުވަތަ އެކަށީގެންވާ މުއްދަތެއް ފާއިތުވެފައި ނުވާނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގައި، އެ ސަބަބަށްޓަކައި އެ ހުށަހެޅުމަށް އަމަލުނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ދައުލަތުގެ އެއް އިދާރާއަށް ހުށަހަޅާ ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރުން
(ހ) މައުލޫމާތަކަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ހުށަހެޅުމުން، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ، އެ ހުށަހެޅުމެއް ދައުލަތުގެ އެކަމާ ގުޅޭ އިދާރާއަކަށް، ދައުލަތުގެ އެ އިދާރާއަކުން ބަދަލުކުރަންވާނެއެވެ.
- ހޯދުމަށް އެދޭ މައުލޫމާތަކީ، އެ ހުށަހެޅުން ހުށަހަޅާފައިވާ ދައުލަތުގެ އިދާރާގެ ތެރޭގައި ހިމެނޭ މައުލޫމާތަކަށް ނުވުމާއި، އެ މައުލޫމާތު ހޯދޭނީ ދައުލަތުގެ ކޮން އިދާރާއަކުންކަން، ދައުލަތުގެ އެ އިދާރާއަށް އެނގުން؛ ނުވަތަ
- ހޯދުމަށް އެދޭ މައުލޫމާތު ހުރީ އެ ހުށަހެޅުން ހުށަހެޅުނު އިދާރާގައި ކަމުގައިވީނަމަވެސް އެކަން ހާމަކުރުން އެންމެ އައުލާކަން ބޮޑުވެގެންވަނީ ދައުލަތުގެ އެހެން އިދާރާއަކުން ކަމުގައިވުން؛ ނުވަތަ
- އެ ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރުމާމެދު، އެގޮތަށް އެ ބަދަލުކުރެވޭ އިދާރާގެ އިއުތިރާޒެއް ނެތުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހުށަހެޅުމެއް، ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރާއިރު، އެކަން އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ ހުށަހެޅުން އެގޮތަށް ބަދަލުކޮށްފިކަމާއި، އެގޮތަށް ބަދަލުކުރީ ކޮން ތާރީހެއްގައި ކޮން ސަބަބަކާހުރެކަންވެސް އެފަރާތަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ އެހެން އިދާރާއަކަށް ހުށަހެޅުމެއް ބަދަލުކުރާ ކަމުގައިވާނަމަ، އެ ހުށަހެޅުން އެ އިދާރާއަކަށް ލިބުނުތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކޮށް ނިންމަންވާނެއެވެ.
10 ވަނަ މާއްދާ - ލިޔުން ނޫން އެހެން ވަސީލަތެއްގައި ބަހައްޓާފައިވާ މައުލޫމާތު
ހޯދުމަށް އެދި މީހަކު ހުށަހަޅާފައިވާ މައުލޫމާތަކީ، ކަނޑައެޅިގެން ވަކި ލިޔުމެއްގައި ރައްކާކުރެވިފައިވާ މައުލޫމާތެއް ކަމަށް ނުވެފައި، އަދި އެ މައުލޫމާތަކީ އެހެން ކޮންމެވެސް ވަސީލަތެއްގައި ހުރި މައުލޫމާތުތަކެއްގެ ތެރެއިން ނަކަލުކުރަންޖެހޭ މައުލޫމާތެއް ކަމަށްވާނަމަ، އެ މައުލޫމާތު ހޯދުމަށް ހުށަހެޅި ހުށަހެޅުމަކީ ލިޔެފައިވާ ލިޔުމެއްގައިވާ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ދައުލަތުގެ އެ އިދާރާއަކުން ގަބޫލުކުރަންވާނެއެވެ. އަދި އެ މައުލޫމާތު އެހުރީ ލިޔެފައިވާ ލިޔުމެއްގެ ސިފައިގައި ކަމުގައިވެސް މި ގާނޫނުގެ މަގްސަދަށްޓަކައި ބަލަންވާނެއެވެ.
ހަތަރުވަނަ ބާބު
އިޖާބަދިނުން
11 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން
(ހ) މައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އިދާރާއަކަށް ލިބުމުން އަންނަނިވި ކަންކަން ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު ކޮށް ނިންމަންވާނެއެވެ.
- ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ވަގުތުން ދެވިދާނެ، ނުވަތަ ފަހުގެ މުއްދަތެއްގައި ދެވިދާނެ، ނުވަތަ ދިނުން ހުއްދަނޫން މައުލޫމާތެއް ކަމަށްވާނަމަ، އެކަން.
- އެ މައުލޫމާތެއް ދޫކުރާއިރު އެއްވެސް ފީއެއް ނަގަންޖެހޭ ކަމަށްވާނަމަ، އެކަން.
- އެ މައުލޫމާތެއް 21 (އެކާވީސް) ދުވަހުގެ ތެރޭގައި ދޫނުކުރެވޭނެ ކަމަށްވާނަމަ، އެކަން.
(ށ) މައުލޫމާތެއް ހޯދުމަށް މީހަކު ހުށަހަޅާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ ގުޅޭގޮތުން އެއްވެސް އެންގުމެއް، ހުށަހެޅި ފަރާތަށް އަންގާފައިނުވާނަމަ، ހޯދުމަށް އެދި ހުށަހެޅި މައުލޫމާތު ދައުލަތުގެ އެ އިދާރާއަކުން ދޫނުކުރީ ކަމުގައި މި ގާނޫނުގެ މަގްސަދަށްޓަކައި ބެލެވޭނެއެވެ.
12 ވަނަ މާއްދާ - ހުށަހެޅުމަށް އިޖާބަ ދިނުން
މައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އިދާރާއަކަށް ލިބިއްޖެނަމަ، އަންނަނިވި ގޮތުގެމަތިން، އެ ހުށަހެޅުމަކަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.
(ހ) ހުށަހެޅުން ގަބޫލުކުރެވޭ ކަމަށްވާނަމަ، އެކަން އަދި ހުށަހެޅުމުގައިވާ މައުލޫމާތު ދޫކުރުމަށްޓަކައި ދައްކަންޖެހޭ ފީގެ ފައިސާގެ ޖުމްލައާއި މައުލޫމާތު ދޫކުރާނެ ގޮތް.
(ށ) ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށްވާނަމަ، ގަބޫލުކުރެވެން ނެތްކަމާއި، ގަބޫލުކުރެވެން ނެތް ސަބަބު.
(ނ) ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއަކުން ލިބެން ހުރިކަން ނުވަތަ ނެތްކަން.
(ރ) ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއެއްގައި ހުރިނަމަވެސް މައުލޫމާތު ދޫކުރެވެން ނެތް ސަބަބު.
(ބ) ހުށަހެޅުމުގައިވާ މައުލޫމާތު 21 (އެކާވީސް) ދުވަހުގެ ތެރޭގައި ދޫކުރެވެން ނެތް ކަމަށްވާނަމަ، އެކަން ކުރެވެން ނެތް ސަބަބު.
(ޅ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (ރ) ނުވަތަ (ބ) ގައިވާ ގޮތަށް ޖަވާބުދިނުމާ ގުޅިގެން، މި ގާނޫނުގައިވާ ގޮތުގެމަތިން އިސްތިއުނާފުކުރުމުގެ ހައްގު ހުށަހެޅުން ހުށަހެޅި ފަރާތަށް ލިބިފައިވާކަން.
13 ވަނަ މާއްދާ - ހޯދުމަށް އެދޭ މައުލޫމާތު ދިނުމަށް އިންކާރުކުރުން
(ހ) މައުލޫމާތަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމުން އަންނަނިވި ހާލަތްތަކުގައި، އެ މައުލޫމާތެއް ދޫނުކުރުމަށް ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރަށް ކަނޑައެޅިދާނެއެވެ.
- އެއީ މި ގާނޫނުގެ ދަށުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތަކަށްވުމާއެކު، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރެވިގެންވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް އެ މައުލޫމާތު ނުފެތުން؛ ނުވަތަ
- ދައުލަތުގެ އެ އިދާރާގައި ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއެއްގައި އާންމު އުސޫލުން ފީއެއް ދައްކައިގެން ނުވަތަ ފީއެއް ނުދައްކާ ނަމަވެސް ބޭނުން ފަރާތަކުން ބެލެން ހުންނަ މައުލޫމާތަކަށް އެދިފައިވުން؛ ނުވަތަ
- ދައުލަތުގެ އެ އިދާރާއެއްގެ ސިޔާސަތުތަކާއި އާދަކާދައާ އެއްގޮތަށް، އެއްވެސް ފީއެއް ނެގުމަކާ ނުލައި، އާންމު އުސޫލެއްގެ ގޮތުން މީހުންނަށް ފެންނާނެހެން ބަހައްޓާފައިވާ މައުލޫމާތަކަށްވުން؛ ނުވަތަ
- އާންމު އުސޫލުން ގަންނަން ލިބޭގޮތަށް ހުރި މައުލޫމާތަކަށްވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްކަމުގައި ވީނަމަވެސް، މި ގާނޫނުގެ ދަށުން އިސްތިސްނާ ކުރެވިފައިވާ މައުލޫމާތެއް އިސްތިސްނާކުރެވިގެން ވަނީ އޭގައި ހިމެނިގެންވާ ވަކި މައުލޫމާތަކާ ގުޅިގެން ކަމަށްވާނަމަ، އެ ބައެއް އުނިކުރުމަށްފަހު އެ މައުލޫމާތެއްގެ ބާކީބައި ދޫކުރެވިދާނެ ހާލަތްތަކުގައި، އެ މައުލޫމާތެއް އެގޮތަށް ދޫނުކޮށް ހިފެހެއްޓުމަކަށް، ދައުލަތުގެ އެ އިދާރާއިން ކަނޑައަޅައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތެއް ދޫނުކުރުމަށް ދައުލަތުގެ އިދާރާއަކުން ކަނޑައަޅައިފިނަމަ، އެކަން އެގޮތަށް ކަނޑައެޅި ސަބަބު، އެ މައުލޫމާތަށް އެދުނު ފަރާތަށް، ލިޔުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ މައުލޫމާތެއް ދޫކުރުމަށް އިންފޮމޭށަން އޮފިސަރު އިންކާރުކުރާ ހާލަތުގައި، އެ މައުލޫމާތެއް ލިބެން ހުންނާނެ ތަނެއް ނުވަތަ ދައުލަތުގެ އިދާރާއެއް ނުވަތަ އުސޫލެއް އެ މައުލޫމާތަށް އެދުނު ފަރާތަށް އަންގައިދޭންވާނެއެވެ.
14 ވަނަ މާއްދާ - މައުލޫމާތެއް ދިނުން ފަސްކުރުން
(ހ) ހޯދުމަށް މީހަކު އެދޭ މައުލޫމާތެއް އަންނަނިވި ހާލަތްތަކުގައި އެ މައުލޫމާތަށް އެދުނު ވަގުތު ދެވެން ނެތް ކަމުގައިވާނަމަ، އެ މައުލޫމާތު ދޫކުރެވިދާނެ ވަގުތު ކަނޑައަޅައި، އެ ވަގުތަކާ ހަމައަށް އެ މައުލޫމާތު ދިނުން ފަސްކުރެވިދާނެއެވެ.
- މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އާންމުކޮށް ށާއިއުކުރަންޖެހޭ މައުލޫމާތަކަށްވެފައި، އެކަން ކުރަންޖެހޭ ވަގުތު އަދި އައިސްފައި ނުވުން.
- އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށްވެފައި، އެ މައުލޫމާތު ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
- އެއީ ގާނޫނެއްގެ ދަށުން ނުވަތަ ހިނގަމުންދާ ކަމަކާ ގުޅޭގޮތުން ނުވަތަ ކުރިއަށް ރާވާފައިވާ ކަމަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށްވެފައި، އެފަރާތަކަށް އެ މައުލޫމާތެއް ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތެއް ދެވެން އޮތް ވަގުތު ފަސްކުރުމަށް އިންފޮމޭށަން އޮފިސަރު ކަނޑައަޅައިފިނަމަ، އެކަން އެގޮތަށް ކޮށްފިކަމާއި އެކަން އެގޮތަށް ކުރި ސަބަބާއި އެ މައުލޫމާތު ދެވޭނެ ދުވަހެއް، އެ މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މައުލޫމާތެއް ދިނުން ފަސްކޮށްފިކަމަށް އެ މައުލޫމާތަކަށް އެދި ހުށަހެޅި ފަރާތަށް އެންގުމުން، އެ އެންގުން އެފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުލަތުގެ އެ އިދާރާގެ މުރާޖައާ ކޮމިޓީއަށް ށަކުވާ ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ދައުލަތުގެ އެ އިދާރާގެ މުރާޖައާ ކޮމިޓީގެ ނިންމުމަކީވެސް އެ މައުލޫމާތެއް ދިނުން ފަސްކުރުން ކަމުގައިވާނަމަ، އެކަން އެ ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުން އެފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރަށް އެކަމާމެދު އިސްތިއުނާފުކުރުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - މައުލޫމާތު ދެވިދާނެ ގޮތްތައް
(ހ) މީހަކު ހޯދުމަށް އެދޭ މައުލޫމާތު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެމީހަކަށް ދެވިދާނެއެވެ.
- އެއީ ފެންނަން އޮތް މައުލޫމާތެއް ކަމަށްވާނަމަ، އެ މައުލޫމާތެއް ދިރާސާކުރުމަށް ނުވަތަ ބެލުމަށް އޭނާއަށް އެކަށީގެންވާ ފުރުސަތެއް ދިނުން؛
- އެ މައުލޫމާތެއްގެ ކޮޕީއެއް އޭނާއާ ހަވާލުކުރުން؛
- އެހެން އެއްޗެއް ބޭނުންކޮށްގެން ނުވަތަ އެހެން އެއްޗެއް ބޭނުންކުރުމަކާ ނުލައި، އަޑުއެހޭ ގޮތަށް ނުވަތަ ލޮލަށް ފެންނާނެ ގޮތަށް އެކުލަވާލާފައިވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މީހާއަށް އެ އެއްޗެއް އަޑުއެހުމުގެ ނުވަތަ ބެލުމުގެ ފުރުސަތު ދިނުން؛
- ށޯޓު ހޭންޑުން ލިޔެފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތުގައި ބުނާ އެއްޗެއް ދޭހަވާގޮތަށް ތައްޔާރުކޮށް އޭގެ ކޮޕީއެއް ދިނުން.
(ށ) މައުލޫމާތަށް އެދި ހުށަހަޅާ އިރު، އެ މައުލޫމާތު ދިނުމަށް، މި މާއްދާގެ (ހ) ގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް، އެ މައުލޫމާތަށް ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވާނަމަ، އެ މައުލޫމާތެއް ދޫކުރަންވާނީ، އެ މައުލޫމާތަށް އެދިފައިވާ ގޮތަކަށެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްކަމުގައި ވީނަމަވެސް، މައުލޫމާތަށް އެދޭ ގޮތަށް އެ މައުލޫމާތެއް ދޫކުރުމުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވާ ކަމަށްވާނަމަ، އެދިފައިވާ ގޮތް ނޫން އެހެންގޮތަކަށް އެ މައުލޫމާތެއް ދޫކުރެވިދާނެއެވެ.
- ބޭނުންވާގޮތަށް މައުލޫމާތެއް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ، ދައުލަތުގެ އެ އިދާރާގެ އާންމު މަސައްކަތަށް ހުއްޓުމެއް އަތުވެދާނެ ކަމަކަށްވުން.
- އެދިފައިވާ ގޮތަށް އެ މައުލޫމާތެއް ދޭ ދަނޑިވަޅުގައި އެ އެއްޗެއްގެ އަސްލަށް އުނިކަމެއް އަތުވެދާނެ ނުވަތަ އޭގެ އަސްލު ދެމެހެއްޓުމަށް ދަތިވެދާނެ ފަދަ ހާލަތެއް ދިމާވުން.
- ކޮޕީރައިޓްގެ މައްސަލައެއް ނުކުމެދާނެ ކަމަށްވުން.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައުލޫމާތެއް ހޯދުމަށް އެދުނު ގޮތާއި، އެ މައުލޫމާތެއް ދޫކުރެވެން އޮތްގޮތް ތަފާތުވާނަމަ، އަދި އެކަމުން އެ މައުލޫމާތު ދޫކުރުމުގެ ފީ ބޮޑުވާކަމަށްވާނަމަ، އެކަން، އެ މައުލޫމާތަށް އެދުނު ފަރާތަށް ވިސްނައިދޭންވާނެއެވެ. އަދި، އެ މައުލޫމާތު އެގޮތަށް ދޭނީ، ފީގެ މިންވަރު ބޮޑުވިކަމުގައި ވީނަމަވެސް، އެ މައުލޫމާތު އެގޮތަށް ބޭނުންވާކަމަށް، އެ މައުލޫމާތަށް އެދުނު ފަރާތުން އެއްބަސްވާކަމަށް ވާނަމައެވެ.
(ބ) މައުލޫމާތެއް ތައްޔާރުކޮށްފައި އޮތީ، އެއްބަހަށް ވުރެ ގިނަ ބަހުން ކަމަށްވާނަމަ، އެ މައުލޫމާތެއް ދޭންވާނީ، އެ މައުލޫމާތަށް އެދުނު މީހާ އިހްޔިތާރުކުރާ ބަހަކުންނެވެ. މިހެން މި އުސޫލު އޮތް ނަމަވެސް، މައުލޫމާތު ތައްޔާރުކޮށްފައި އޮތީ، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ނުވަތަ އެ ދެ ބަހުން ކަމުގައިވާނަމަ، އެ ދެ ބަހުންކުރެ ބަހަކުން އޮތް މައުލޫމާތެއް ދޫކުރުމުން މި އަކުރުގައިވާ އުސޫލަށް ތަބާވެވުނީ ކަމުގައި ބެލެވޭނެއެވެ.
ފަސްވަނަ ބާބު
މައުލޫމާތެއް ރަނގަޅުކުރުން
16 ވަނަ މާއްދާ - މީހެއްގެ މައުލޫމާތެއް ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ހައްގު
މީހަކު ބެލުމަށް ދައުލަތުގެ އިދާރާއެއްގެ މައުލޫމާތެއް ދެއްކުމުން ނުވަތަ އޭގެ ކޮޕީއެއް ދިނުމުން އޭނާ އެ މައުލޫމާތެއް ބެލުމަށްފަހު، އޭގައި ރަނގަޅުކުރަންޖެހޭ ކަމެއް ހުރިކަމަށް ބަޔާންކޮށް އަންނަނިވި ހާލަތްތަކުގައި ހުށަހަޅައިފި ކަމަށްވާނަމަ، އެކަމުގެ ހަގީގަތް ބަލައި، ހަގީގަތާ އެއްގޮތަށް އެ މައުލޫމާތު ދައުލަތުގެ އެ އިދާރާއަކުން ރަނގަޅުކުރަންވާނެއެވެ.
(ހ) އެ މައުލޫމާތެއްގައި ވަނީ އެ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތުގެ އަމިއްލަ ޒާތީ މައުލޫމާތު ކަމުގައިވުން.
(ށ) ދައުލަތުގެ އެ އިދާރާއިން ކުރާ އިދާރީ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން އެ މައުލޫމާތަކީ ބޭނުންކުރަންޖެހޭ މައުލޫމާތަކަށްވުން.
(ނ) އެ މައުލޫމާތަކީ އެ މައުލޫމާތު ނިސްބަތްވާ ފަރާތުން ދެކޭގޮތުގައި ސައްހަ ނޫން ނުވަތަ ތެދު ނޫން ނުވަތަ ފުރިހަމަ ނޫން، ނުވަތަ ކަމެއް އޮޅިގެން ހިނގައިދާ ފަދަ މައުލޫމާތުކަމުގައިވުން.
17 ވަނަ މާއްދާ - ދައުލަތުގެ އިދާރާގައި ހުރި މައުލޫމާތު ރަނގަޅުކުރުމަށް އިންކާރުކުރުން
ދައުލަތުގެ އިދާރާގައިވާ މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި މީހަކު ހުށަހެޅުމުން އަންނަނިވި ހާލަތްތަކުގައި އެކަން ނުކުރުމަށް ދައުލަތުގެ އެ އިދާރާއަކަށް ނިންމިދާނެއެވެ.
(ހ) އެ މައުލޫމާތަކީ ފުރިހަމަ، ރަނގަޅު އަދި އޭގެ އަސާސީ އެއްވެސް ކަމެއް އޮޅިގެން ނުދާނެ ގޮތަށް ހުރި މައުލޫމާތެއްކަން ދައުލަތުގެ އެ އިދާރާއަކަށް ކަށަވަރުވުން.
(ށ) މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ތެދު ނޫން ނުވަތަ އޮޅިގެން ހިނގައިދާ ފަދަ ކަމެއް ހިމެނިގެންވާކަމަށް ދައުލަތުގެ އެ އިދާރާއަކަށް ކަށަވަރުވުން.
(ނ) ރަނގަޅުކޮށްދިނުމަށް އެދޭ މައުލޫމާތު ރަނގަޅުކޮށްދެވޭނީ، ވަކި ގާނޫނެއްގައިވާ ވަކި އުސޫލަކުން އަމަލުކުރުމުންކަމަށް ކަނޑައެޅިފައިވުމާއެކު، އެގޮތަށް އަމަލުކޮށްފައި ނުވުން.
18 ވަނަ މާއްދާ - ވަކިކަމެއް ފާހަގަވާ އިބާރާތެއް ހިމެނުން
ދައުލަތުގެ އިދާރާއެއްގައިވާ މީހެއްގެ މައުލޫމާތަކީ ރަނގަޅު ނޫން ނުވަތަ ތެދު ނޫން، ނުވަތަ ފުރިހަމަނޫން މައުލޫމާތެއްކަމަށް ފެނިގެން މީހަކު ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މި ގާނޫނުގެ ދަށުން އެކަން ރަނގަޅުކުރުމަށް ދައުލަތުގެ އެ އިދާރާއަކުން އިންކާރުކޮށްފިނަމަ، އަންނަނިވި ދެ ކަމުންކުރެ ކަމަކާ ގުޅޭ ގޮތުން އެ މައުލޫމާތުގައި "ވަކި އިބާރާތެއް" ހިމަނައިދިނުމަށް އެ މީހާއަށް ހުށަހެޅިދާނެއެވެ.
(ހ) އެ ހުށަހެޅުން ހުށަހަޅާ މީހާގެ ނަޒަރުގައި ވަކިކަމަކީ ސައްހަ ނޫން، ނުވަތަ ތެދު ނޫން، ނުވަތަ އޮޅިގެންދާ ފަދަ މައުލޫމާތު ކަމުގައި ފެންނަކަމަށް؛ ނުވަތަ
(ށ) އެ މައުލޫމާތަކީ ތެދު ނޫން ނުވަތަ ސައްހަ ނޫން މައުލޫމާތު ކަމުގައިވާނަމަ، އެ މައުލޫމާތުގެ ސައްހަ ގޮތަކީ ނުވަތަ ފުރިހަމަ ގޮތަކީ ކޮބައިކަން އެމީހާ ބަޔާންކުރާ ގޮތް.
ހަވަނަ ބާބު
ފީނެގުމާ ގުޅޭ
19 ވަނަ މާއްދާ – ފީނެގުން
(ހ) މި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ދޫކުރުމުގައި، ފީ ނެގޭނެ ހާލަތްތަކާއި އެ ހާލަތްތަކުގައި ފީ ނެގޭނެ ރޭޓު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ދޫކުރުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން ފީ ނެގިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން ފީ ނެގޭނެ ހާލަތާއި ރޭޓު ކަނޑައެޅުމުގައި އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.
- މީހެއްގެ އަތުން ނަގާ ފީއަކީ، މައުލޫމާތެއް އެ މީހަކަށް ދޫކުރަންޖެހޭ ފޯމެޓުގައި ދޫކުރުމަށްޓަކައި އެ މައުލޫމާތެއް އެ ފޯމެޓަށް ބަދަލުކުރުމަށް ހިނގާ ހަރަދަށް ވުރެ ބޮޑު އަގެއް ދައްކަންޖެހޭ ފީއެއް ކަމުގައި ނުވުން.
- މައުލޫމާތު ހޯދުމަށާއި ބެލުމަށާއި އެއްކުރުމަށާއި ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ނަގާ އަގަކަށް އެ ފީ ނުވުން.
- މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނަށް، އެމީހުންނަށް ލިބިދޭންޖެހޭ މައުލޫމާތެއް ލިބިދިނުމުގައި ހުރަހަކަށްވާވަރުގެ ފީއަކަށް އެ ފީ ނުވުން.
- މީހަކު އެދެނީ އެ މީހެއްގެ ޒާތީ މައުލޫމާތެއް، ނުވަތަ މުޅި ރައްޔިތުންގެ އާންމު ފައިދާއެއް ހިމެނިގެންވާ ކަމަކާގުޅޭ މައުލޫމާތެއް ހޯދުމަށް ކަމުގައިވާނަމަ، އެކަމަށް ފީއެއް ނުނެގުން.
(ރ) ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ދިނުމުގައި އެ މައުލޫމާތު ދޭންޖެހޭ މުއްދަތުގެ ތެރޭގައި އެ މައުލޫމާތެއް ދިނުމުގައި ފީއެއް ނެގޭ ގޮތަށް އޮތް ނަމަވެސް، އެ މައުލޫމާތު ދޭންޖެހޭ މުއްދަތު ފަހަނައަޅައިދާފަހުން އެ މައުލޫމާތެއް ދޭކަމަށްވާނަމަ، އެ މައުލޫމާތު ދިނުމަށް ފީއެއް ނަގައިގެން ނުވާނެއެވެ.
(ބ) ދައުލަތުގެ އިދާރާއަކުން ހޯދުމަށް އެދޭ މައުލޫމާތަކީ، މި ގާނޫނުގެ ދަށުން ދޫކުރެވެންޖެހޭ މައުލޫމާތު ކަމުގައިވާނަމަ، އެ މައުލޫމާތަށް އެދުމާއެކީ، އެކަމަށް ހިނގާނެ ފީގެ މައުލޫމާތު އެ މައުލޫމާތަށް އެދުނު ފަރާތަށް ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރު އަންގަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަންވެސް ބަޔާންކުރަންވާނެއެވެ.
- ފީ ކަނޑައަޅާނެ ގޮތް.
- ފީ ނުނެގޭނެ ފަރާތްތައް.
- ފީ ނެގުމުން އިސްތިސްނާ ކުރެވިގެންވާ ފަރާތްތައް.
- ފީ ނެގިދާނެ އެންމެ ބޮޑު އަދަދު.
ހަތްވަނަ ބާބު
އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް
20 ވަނަ މާއްދާ - އާންމު މަސްލަހަތަށް އިސްކަންދިނުން
(ހ) މި ބާބުގައި ހިމެނޭ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލު ނެގެހެއްޓުމަށް ޖާގަ ލިބިދޭ ގޮތުގެމަތިންނެވެ. އަދި، އެ އުސޫލަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
(ށ) މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއްގައި، އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ވަކި މައުލޫމާތަކަށް އެދުމުން އެ މައުލޫމާތެއް ދިނުމަށް އިންކާރުކުރުމަށްވުރެ، އެ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމެއް ކަމުގައިވާނަމަ، އަދި އެ މައުލޫމާތު ހާމަނުކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑުކަމުގައިވާނަމަ، އެ މައުލޫމާތެއް ދައުލަތުގެ އެ އިދާރާއަކުން ދޫކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ވަކި މައުލޫމާތެއް ދޫކުރުމަކީ އާންމު މަސްލަހަތަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ބަޔާންކޮށް އެފަދަ މައުލޫމާތެއް ދޫނުކުރަން ނިންމާ ހާލަތުގައި އަންނަނިވި ކަންކަމީ އާންމު މަސްލަހަތަށް އުނިކަން އަތުވެދާނެ ކަންކަން ކަމުގައެއް ނުބެލެވޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެނަމަ، ޖަވާބުދާރީވާން، ދައުލަތުގެ އެ އިދާރާއަކަށް އުނދަގޫވެދާފަދަ މައުލޫމާތެއް ހިމެނިގެންވުން.
- ދައުލަތުގެ އިދާރާއަކާ މެދު އިތުބާރުކުޑަވާ ފަދަ މައުލޫމާތެއް ހިމެނިގެންވުން.
- އޭގައި ހިމެނިގެންވާ މައުލޫމާތުން ބައެއް އުނިވެފައި އޮތުމުގެ ސަބަބުން އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން.
21 ވަނަ މާއްދާ - މައުލޫމާތުގެ ބައެއް ދޫކުރުން
މައުލޫމާތަކަށް އެދުމުން ދޫކުރަންޖެހޭ މައުލޫމާތުގެ ވަކި ބަޔަކީ، މި ގާނޫނުގެ ދަށުން އިސްތިސްނާ ކުރަންޖެހޭ މައުލޫމާތު ހިމެނޭ ބައެއް ކަމުގައިވާނަމަ، އެބައެއް އެ މައުލޫމާތަކުން އުނިކުރުމަށް ފަހު، އެ މައުލޫމާތެއްގެ ދޫކުރެވެން އޮތްބައި ދޫކުރަންވާނެއެވެ.
22 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން ށަރުތުކޮށް ލިބިފައިވާ މައުލޫމާތު
އަންނަނިވި މައުލޫމާތު ދޫކުރުން މި ގާނޫނުން އިސްތިސްނާވެގެންވެއެވެ.
(ހ) ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން އެކަމެއް ހާމަކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާ ކަމެއް ހާމަކުރަންޖެހޭ ފަދަ މައުލޫމާތު.
(ށ) އެ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާނަމަ، ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ މައުލޫމާތު.
(ނ) އެ މައުލޫމާތު ދޫކޮށްފިކަމުގައިވާނަމަ، ދެން، އޭގެފަހުން ސަރުކާރަށް އެފަދަ މައުލޫމާތެއް ލިބުމަށް ހުރަސްއެޅިދާނެ ފަދަ މައުލޫމާތު.
(ރ) އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމަކީ، އެ ހާލަތުގެ އިންސާފަށާއި އަދުލަށް ބަލާއިރު، އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި ނުވާނަމަ، އެފަދަ މައުލޫމާތު.
- އެ މައުލޫމާތެއް ހާމަކޮށްފިކަމުގައިވާނަމަ، ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށާއި ހިންގުމަށް ސަރުކާރަށް ލިބިގެންވާ ކުޅެދުންތެރިކަމަށް އުނިކަން އަތުވެދާނެ ފަދަ މައުލޫމާތު.
- މައުލޫމާތެއް ހާމަކުރަންޖެހޭ ވަގުތުގެ ކުރިން އެ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރަފާނެ މައުލޫމާތު.
- ށަރުއީ ކޯޓެއްގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ މައުލޫމާތު.
- ށަރުއީ ގޮތުން ހުއްދަ ހާލަތްތަކެއްގައި، އާންމުކޮށް ހުޅުވާލުމެއް ނެތި ހިންގާފައިވާ ށަރީއަތެއްގައި ހިމެނޭ މައުލޫމާތު.
- އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ޒާތަށް ނުވަތަ ކަރާމަތަށް އުނިކަމެއް ލިބިދާފަދަ ޒާތީ، ނުވަތަ ގާނޫނީ، ނުވަތަ ށަރުއީ މައުލޫމާތު.
- އަންހެނުންނާ މެދު ނުވަތަ 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ހިންގާ އެކިއެކި ޖިންސީގޯނާއާއި އެހެނިހެން އެ ބާވަތުގެ ކުށުގައި، އަނިޔާ ލިބޭ ފަރާތް ހާމަވެދާނެ ނުވަތަ އެފަރާތުގެ ޒާތަށް ނުވަތަ ކަރާމަތަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތު.
23 ވަނަ މާއްދާ - ޒާތީ މައުލޫމާތު
(ހ) ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު ދޫކޮށްގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި، އެކަމަކު، މި ގާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖައާ ކޮމިޓީގެ ހުއްދައާއެކު އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެއެވެ.
24 ވަނަ މާއްދާ - ގާނޫނީ އިމްތިޔާޒު
(ހ) ދޫކުރަންޖެހޭ މައުލޫމާތަކީ، ގާނޫނީ ގޮތުން ހިންގާ ތަހްގީގެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހިނގަމުންދާ ށަރީއަތެއްގެ މައްޗަށް ބިނާކޮށް ގާނޫނީ އިމްތިޔާޒް ލިބިގެންވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ގާނޫނީ އިމްތިޔާޒުގެ މަންފާ ލިބިގެންވާ ފަރާތުން އެ އިމްތިޔާޒް ދޫކޮށްލައިފިނަމަ، މި މާއްދާގައި ބުނާ އުސޫލެއް ދެން އެ މައުލޫމާތެއްގެ މައްޗަކަށް ނުހިނގާނެއެވެ.
25 ވަނަ މާއްދާ - ވިޔަފާރީގެ މައުލޫމާތު
އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެއެވެ.
(ހ) އެ މައުލޫމާތު ހޯދާފައި ވަނީ، ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައިވުމާއެކު، އެ މައުލޫމާތުގައި އަންނަނިވި ސިފަތަކުން ސިފައެއް އެކުލެވިގެންވުން.
- ވިޔަފާރީގެ ސިއްރެއް ހިމެނިގެންވުން.
- އެ މައުލޫމާތު ހާމަކޮށްފިނަމަ، އެ ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރުފޯރާނެ ކަމަށްވުން.
(ށ) އެހެން ދައުލަތަކާއެކު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު އޮތް ގުޅުމެއްގެ ތެރެއިން، ނުވަތަ އެއްބަސްވުމެއްގެ ތެރެއިން ނުވަތަ ދެކެވެމުންދާ ވާހަކަތަކެއްގެ ތެރެއިން، ނުވަތަ ބަދަލުކުރެވެމުންދާ ލިޔެކިޔުމެއްގެ ތެރެއިން ހޯދާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ އެނގިފައިވާ މައުލޫމާތު ކަމަށްވުމާއެކު އަދި އެ މައުލޫމާތު ހާމަކުރުމަކީ އެ ދައުލަތަކާއެކު ނުވަތަ އެ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ގާއިމްކޮށްފައިވާ ގުޅުމަށް ނުރަނގަޅު އަސަރުކުރާނެ ކަމަކަށްވުން ނުވަތަ ނުރަނގަޅު އަސަރުކޮށްފާނެ ކަމެއްކަމަށް ބެލެވުން.
(ނ) ހޯދުމަށް އެދޭ މައުލޫމާތަކީ، ދައުލަތުގެ އެ އިދާރާއަކުން ހިންގާ ރަސްމީ މަސައްކަތެއްގެ ތެރެއިން ލިބިފައިވާ ނުވަތަ ގެންގުޅެންޖެހޭ ނުވަތަ ބަލަހައްޓަންޖެހޭ ދޭދޭ ދެ ފަރުދުންގެ ދެމެދުގައި ނުވަތަ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ނުވަތަ މުއާމަލާތަކަށްވެފައި، އެ މައުލޫމާތު ހާމަކޮށްފިނަމަ، އެ ދެ ފަރާތުން ކުރެ ފަރާތެއްގެ ޒާތީ ނުވަތަ މާލީ ނުވަތަ ދަރަނީގެ ނުވަތަ ވިޔަފާރީގެ ސިއްރު ހާމަކުރަންޖެހޭ ފަދަ މައުލޫމާތަކަށްވުން.
26 ވަނަ މާއްދާ - ސިއްހަތާއި ރައްކާތެރިކަން
ހޯދުމަށް އެދޭ މައުލޫމާތަކީ، އެ މައުލޫމާތެއް ހާމަކޮށްފިނަމަ، މީހެއްގެ ސިއްހަތަށް ނުވަތަ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވާނެ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - ތަންފީޒީ އިދާރާތަކާގުޅޭ މައުލޫމާތު
(ހ) އަންނަނިވި ކަންކަމާގުޅޭ މައުލޫމާތަކީ މި ގާނޫނުގެ ދަށުން ދޫކުރުމުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތެވެ.
- ގާނޫނާ ހިލާފަށް މީހަކު އަމަލެއް ކޮށްފިކަމަކަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރަމުންދާ ތަހްގީގަކަށް ހުރަސްއެޅިދާނެ މައުލޫމާތު.
- މައުލޫމާތުދޭ ސިއްރު ފަރާތަކީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތު.
- ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒުކުރުމުގައި ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތު.
- މީހެއްގެ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުންލިބިދާނެ މައުލޫމާތު.
- މީހަކާ ބެހޭގޮތުން ހިނގަމުންދާ ށަރީއަތެއް އިންސާފުވެރިކަމާއެކު ހިންގުމަށް ހުރަސްއެޅިދާނެ މައުލޫމާތު.
- ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހިނގިޔަނުދިނުމަށްޓަކައި ނުވަތަ ދެނެގަތުމަށްޓަކައި ނުވަތަ ތަހްގީގުކުރުމަށްޓަކައި ނުވަތަ އެފަދަ ކަންކަމާގުޅޭ ގޮތުން މުއާމަލާތްކުރުމަށްޓަކައި ހެދިފައިވާ ސައްހަ އުސޫލެއްގެ ބޭނުންތެރިކަން ނެތިގެން ހިނގައިދާނެ މައުލޫމާތު.
- އިމާރާތެއްގެ ނުވަތަ ތަނެއްގެ ނުވަތަ ފުރައިދުއްވާ އުޅަނދެއްގެ ރައްކާތެރިކަމަށް ގެއްލުން ލިބިދާނެ މައުލޫމާތު.
- ކުށުގެ ތުހުމަތުގައި ހައްޔަރުކުރަން ޖެހޭ މީހަކު ހައްޔަރުކުރުމަށް ހުރަސްއެޅިދާނެ ނުވަތަ ބަންދުކުރެވިފައިވާ މީހަކު ފިލުމަށް ފަސޭހަވެދާފަދަ މައުލޫމާތު.
(ށ) އަންނަނިވި މައުލޫމާތަކީ، މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓުން ހުއްދަ މައުލޫމާތެއް ނޫނެވެ.
- ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާއަށް ވުރެ ބޭރަށް ކަމެއްގެ ތަހްގީގު ހިނގައްޖެކަން ހާމަކޮށްދޭ މައުލޫމާތު.
- ގާނޫނާ ހިލާފަށް ކުރެވޭ އަމަލުތަކާ ގުޅޭ ގޮތުން ތަންފީޒީ އިދާރާތަކުން އަމަލުކުރާ ގޮތުގެ އާންމު އުސޫލު އަންގައިދޭ މައުލޫމާތު.
- ގާނޫނާ ހިލާފަށް ކުރެވޭ އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގެ ކާމިޔާބީގެ މިންވަރު އަންގައިދޭ މައުލޫމާތު.
- ތަހްގީގުކުރެވެމުންދާ މީހާއަށް އާންމު އުސޫލުން އަންގައިދީފައިވާ މައުލޫމާތު.
28 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން
އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެއެވެ.
(ހ) އަދުލު އިންސާފު ގާއިމުކުރުން.
(ށ) ނަގަންޖެހޭ ޓެކުހެއް ނުވަތަ ޑިއުޓީއެއް، ދެނެގަތުން ނުވަތަ ނެގުން.
(ނ) ރާއްޖެ އެތެރެވާ ފަރާތްތައް ކޮންޓްރޯލްކުރުމުގެ އުސޫލުތައް ހިންގުން.
(ރ) ކަމަކާ ގުޅިގެން މަދަނީ ދައުވާއެއް ނުވަތަ ޖިނާއީ ދައުވާ އުފުލަންޖެހޭތޯ ނުވަތަ ގާނޫނީ އެއްވެސް ފިޔަވަޅެއް އަޅަންޖެހޭތޯ ބެލުން.
29 ވަނަ މާއްދާ - ދިފާއީ ރައްކާތެރިކަން
ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތްކަމަށް ވާނަމަ، އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލު އަންނަނިވި ކަންކަމަކަށް ނުހިނގާނެއެވެ.
(ހ) އިދާރީ ކަންކަމާއި ހިންގުމާ ގުޅިފައިވާ ކަންކަން.
(ށ) ކޮންޓްރެކްޓް އުސޫލުން ނުވަތަ ޓެންޑަރު އުސޫލުން ހަވާލުކުރެވޭ މަސައްކަތް.
(ނ) މުވައްޒަފުންނަށް ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުން.
(ރ) އެނޫންވެސް، އެ މައުލޫމާތެއް ހާމަކުރުމުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ހިމެނިގެންނުވާ މައުލޫމާތު.
30 ވަނަ މާއްދާ - އާންމު އިގްތިސާދީ މަސްލަހަތު
އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެއެވެ.
(ހ) ގައުމުގެ އިގްތިސާދު ފައިދާހުރި ގޮތުގައި ކުރިއަށް ގެންދިއުމަށް ސަރުކާރަށް ލިބިދޭ ކުޅެދުންތެރިކަމަށް.
(ށ) ދައުލަތުގެ އިދާރާއެއްގެ ގާނޫނީ ގޮތުން ސައްހަ ވިޔަފާރީގެ މަސްލަހަތަކަށް ނުވަތަ މާލީ މަސްލަހަތަކަށް.
31 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުމާއި ހިންގުން
(ހ) އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެއެވެ.
- ނަތީޖާ ހާސިލުކުރެވޭ ގޮތެއްގައި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭފަދަ މައުލޫމާތު.
- ސިޔާސަތަކަށް އަމަލުކުރުމުން ލިބެން އޮތް ފައިދާ، އެ މައުލޫމާތެއް ހާމަކުރުމަށް އޮތް ވަގުތުގެ ކުރިން ހާމަކޮށްގެން، އެ ސިޔާސަތަށް އަމަލުކުރުމުން ލިބެން އޮތް ފައިދާއަށް އުނިކަން އަންނަފަދަ މައުލޫމާތު.
- ކަމެއް ޓެސްޓްކުރުމަށް ނުވަތަ އޮޑިޓްކުރުމަށް ގެންގުޅޭ ހަމަތަކަށް އަމަލުކުރަން ހުރަހަކަށްވާ މައުލޫމާތު.
(ށ) ޓެކްނިކަލް މައުލޫމާތާއި، ތަފާސް ހިސާބާއި، ކަންކަމުގެ ދިރާސާތަކާއި ތަހުލީލުތަކުގެ މައްޗަކަށް، މި މާއްދާގެ (ހ) ގައިވާ އުސޫލުތަކެއް ނުހިނގާނެއެވެ.
32 ވަނަ މާއްދާ - ކެބިނެޓް ރެކޯޑް
(ހ) އަންނަނިވި މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވެއެވެ.
- ކެބިނެޓަށް ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ލިޔުން.
- އެ ވަގުތު ކެބިނެޓަށް ހުށަހަޅާފައިވާ ލިޔުން.
- ކެބިނެޓަށް ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ލިޔުމެއްގެ ދެލިކޮޕީ ނުވަތަ ހުށަހަޅާފައިވާ މައުލޫމާތެއްގެ ކޮޕީ ނުވަތަ ނަކަލު.
- އެ މައުލޫމާތެއް ހާމަކޮށްފި ކަމުގައިވާނަމަ، ކެބިނެޓްގެ ނިންމުމެއް ނުވަތަ ކެބިނެޓްގައި ހިނގައިދިޔަ މަށްވަރާތަކުގެ ތަފްސީލު ނުވަތަ އެ މަށްވަރާތަކުގައި ކާކު ބުނީ ކީކޭކަން ހާމަވެގެންދާ ފަދަ މައުލޫމާތު.
(ށ) އަންނަނިވި ހާލަތްތަކުގައި ކެބިނެޓްގެ ލިޔުމަކީ އިސްތިސްނާ ކުރެވިގެންވާ ލިޔުމެއް ނޫނެވެ.
- ކެބިނެޓަށް ހުށަހެޅުމަށްޓަކައި ނުވަތަ ކެބިނެޓްގައި މަށްވަރާކުރުމަށް ތައްޔާރުކުރެވިފައިވާ އިދާރީ ތަފްސީލުތަކާއި، މާލީ ތަފްސީލުތަކާއި، ތަފާސް ހިސާބުތަކުގެ ތަފްސީލުތައް ހިމެނޭ ލިޔުން.
- ކެބިނެޓަށް ހުށަހެޅި މުޅިން ނިމިފައިވާ މައްސަލައެއްގެ މައުލޫމާތު.
- އެ ލިޔުމެއް ހުށަހެޅިފަހުން 10 (ދިހައެއް) އަހަރު ފާއިތުވެފައިވާ ލިޔުން.
(ނ) މި މާއްދާގައި ކެބިނެޓް މާނަކުރުމުގައި ކެބިނެޓްގެ ކޮމިޓީއާއި ކެބިނެޓް ކޮމިޓީއެއްގެ ސަބް ކޮމިޓީ ހިމެނިގެންވެއެވެ.
33 ވަނަ މާއްދާ - ވަގުތު ކަނޑައެޅުން
މި ގާނޫނުގެ 22 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާގައިވާ އުސޫލުތައް 10 (ދިހައެއް) އަހަރު ފުރިފައިވާ މައުލޫމާތުގެ މައްޗަކަށް ނުހިނގާނެއެވެ.
34 ވަނަ މާއްދާ - ތިންވަނަ ފަރާތެއްގެ މައުލޫމާތު ހާމަކުރުމުގައި އަމަލުކުރާނެގޮތް
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާއިން ރައްކާތެރިކޮށްދޭ ތިންވަނަ ފަރާތަކާގުޅޭ މައުލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ލިބުމުން، އެ މައުލޫމާތެއް ދޫކުރުމަށް ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރު ގަސްދުކުރާނަމަ، އެ ހުށަހެޅުން ލިބުނު ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދޫކުރަން ގަސްދުކުރާކަން އެ ތިންވަނަ ފަރާތަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެންގުމެއް ތިންވަނަ ފަރާތަށް ލިބުމުން، އެ މައުލޫމާތު ހާމަކުރުމާ މެދު އިއުތިރާޒެއް އޮތްނަމަ، އެ އެންގުމުގެ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނގަބަހުން ނުވަތަ ލިޔުމުން އެކަން އިންފޮމޭށަން އޮފިސަރަށް އަންގަންވާނެއެވެ.
(ނ) އެ މައުލޫމާތު ދޫކުރަން އިންފޮމޭށަން އޮފިސަރު ކަނޑައެޅުމުގައި އެ ތިންވަނަ ފަރާތުން އިއުތިރާޒުކުރާ ސަބަބުތަކަށް ރިއާޔަތްކޮށް، އެ މައުލޫމާތު ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް ނިންމިދާނެއެވެ.
(ރ) ތިންވަނަ ފަރާތުގެ އިއުތިރާޒާއެކުގައިވެސް އެ މައުލޫމާތު ދޫކުރުމަށް އިންފޮމޭށަން އޮފިސަރު ނިންމައިފިނަމަ، އެކަން އެގޮތަށް ކޮށްފިކަމާއި އެކަން ކުރި ސަބަބު ލިޔުމުން އެ ތިންވަނަ ފަރާތަށް އަންގަންވާނެއެވެ. އަދި، އެކަމާމެދު ހިތްހަމަނުޖެހޭނަމަ، އިލްތިމާސްކުރުމުގެ ފުރުސަތު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަރާތަށް ލިބިގެންވާކަންވެސް އެ ލިޔުމުގައި އިންފޮމޭށަން އޮފިސަރު ބަޔާންކުރަންވާނެއެވެ. އަދި، އިލްތިމާސް ކުރަންވީ ފަރާތާ ގުޅޭނެ ގޮތެއްވެސް އޭގައި ބަޔާންކުރަންވާނެއެވެ.
(ބ) ތިންވަނަ ފަރާތަކުން އިއުތިރާޒުކުރާ މައުލޫމާތެއް އިންފޮމޭށަން އޮފިސަރު ދޫކުރަންވާނީ، އެކަން އެގޮތަށް ކުރުން އެންމެ ރަނގަޅުކަމަށް އިލްތިމާސްކުރުމާއި މުރާޖައާކުރުމުގެ މަރުހަލާއިން ކަނޑައެޅުމުންނެވެ.
އަށްވަނަ ބާބު
ގާނޫނުގެ މައުލޫމާތު ފެތުރުން
35 ވަނަ މާއްދާ - ގާނޫނު ބޭނުންކުރާނެ ގޮތް
މި ގާނޫނުގެ ދަށުން އެކިއެކި މައުލޫމާތު ހޯދުމަށް މަސައްކަތްކުރާނެ ގޮތުގެ އަމަލީ އުސޫލުތައް، ފަސޭހަކަމާއެކު ދެނެގަނެވޭނެ ގޮތަށް، ލިޔެ ތައްޔާރުކޮށް، ވީހާވެސް ފުޅާ ދާއިރާއެއްގައި، ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެގޮތް އިންފޮމޭށަން ކޮމިށަނަރު ހަމަޖައްސަންވާނެއެވެ.
36 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރު
(ހ) މި ގާނޫނުގެ ދަށުން، ރައްޔިތުންނަށް މައުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭށަން އޮފިސަރެއް ނުވަތަ އިންފޮމޭށަން އޮފިސަރުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެއެވެ. އަދި އެ އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރުންގެ ނަމާއި މަގާމާއި އޭނާއާ ނުވަތަ އެބަޔަކާ ގުޅޭނެގޮތް ރައްޔިތުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި، އާންމުކޮށް ލިބޭނެމަގު ފަހިކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން އޮފިސަރަކު ނުވަތަ އިންފޮމޭށަން އޮފިސަރުން ކަނޑައަޅާނީ އެ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިންނެވެ. އަދި އެފަރާތްތަކުން އިންފޮމޭށަން އޮފިސަރުންގެ ހައިސިއްޔަތުން މި ގާނޫނުގެ ދަށުން އަދާކުރާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އިތުރުން އެ އިދާރާއެއްގެ އެހެނިހެން މަސައްކަތްތައް ކުރުމަކީ، މި ގާނޫނު ހުރަސްއަޅާކަމެއް ނޫނެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ އިތުރުން، އަންނަނިވި ކަންކަންވެސް، އިންފޮމޭށަން އޮފިސަރުން ކުރަންވާނެއެވެ.
- މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި ދައުލަތުގެ އެ އިދާރާއެއްގެ މައުލޫމާތު ބަލަހައްޓާނެ ގޮތާއި، އަރުށީފުކުރާނެ ގޮތާއި، ދޫކުރާނެ ގޮތާމެދު ސިޔާސަތުތަކާ އުސޫލުތައް އެކަށައަޅައި، އެ އުސޫލުތަކަށް އަމަލުކުރުމާއި ކުރުވުމުގެ ރޫހު އާލާކުރުން.
- މި ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ދޫކުރުމުގެ އިސް ޒިންމާ، ދައުލަތުގެ ކޮންމެ އިދާރާއެއްގައިމެ އިންފޮމޭށަން އޮފިސަރުން އުފުލުމާއި، މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އެހީތެރިވެދިނުމާއި، މި ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން މި ގާނޫނުގެ 11، 12، 13، 14 އަދި 15 ވަނަ މާއްދާގެ ދަށުން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
(ރ) އިންފޮމޭށަން އޮފިސަރު މަސައްކަތްކުރުމުގައި މި ގާނޫނުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ނެރެދިނުމަށްޓަކައި، ދައުލަތުގެ އެ އިދާރާއެއްގައި ހުރި އެހެން މުވައްޒަފެއްގެ އެހީތެރިކަމަށް އެދެވިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އެއްވެސް މުވައްޒަފެއްގެ އެހީތެރިކަމަށް ދައުލަތުގެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު އެދެފިނަމަ، އެ އެހީތެރިކަމެއް އެމީހަކު ފޯރުކޮށްދޭންވާނެއެވެ. އަދި، މި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަމެއް ބެލުމުގެ ބޭނުމަށްޓަކައި، އެހީއަށް އެ އެދެވުނު މުވައްޒަފަކީވެސް އިންފޮމޭށަން އޮފިސަރެކޭ އެއްފަދަ މީހެއްކަމުގައި ބެލެވޭނެއެވެ.
37 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި އާންމުކުރުމުގެ ޒިންމާ
އަންނަނިވި ކަންކަމާ ގުޅޭ މައުލޫމާތު ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައި، ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެމަތިން ށާއިއުކުރަމުން ގެންދަންވާނެއެވެ.
(ހ) ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖިބުތަކުގެ ތަފްސީލު.
(ށ) ރައްޔިތުންނަށް ސީދާ ގޮތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާގުޅޭ ތަފްސީލު.
(ނ) ދައުލަތުގެ އެ އިދާރާއިން ހިންގާކަމަކާ ގުޅޭ ގޮތުން ށަކުވާ އުފުލޭނެ އުސޫލު އަންގައިދޭ ތަފްސީލު، އަދި އެހާތަނަށް ލިބިފައިވާ ށަކުވާތައް އަންގައިދޭ ތަފްސީލު.
(ރ) ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާ ގޮތް ފަސޭހައިން ވިސްނައިގަނެވޭނެ ތަފްސީލު.
(ބ) ދައުލަތުގެ އިދާރާއިން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތާއި، އާންމުކޮށް ށާއިއުކުރާ މައުލޫމާތުގެ ބާވަތް، އަދި މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީ އުސޫލު.
(ޅ) ދައުލަތުގެ އިދާރާގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެމީހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ދާއިރާ، އަދި ކަންކަން ނިންމުމުގައި އެ ދާއިރާގައި އަމަލުކުރާ އުސޫލުތައް.
(ކ) ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތައް.
(އ) ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތަކާއި އެ ނިންމުންތަކުން ދޭހަވާ މާނަކުރުންތަކާއި، އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފްސީލު.
(ވ) ދައުލަތުގެ އިދާރާއަކުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް.
(މ) ދައުލަތުގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ކުރަން ރާވާފައިވާ ހަރަދާއި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު.
(ފ) ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް.
(ދ) ދައުލަތުގެ އިދާރާގެ މަސައްކަތް ކުރުމުގައި ތަބާވާ ހަމަތައް.
(ތ) ދައުލަތުގެ އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް.
38 ވަނަ މާއްދާ - މައުލޫމާތު ށާއިއުކުރުމުގެ ޒިންމާއާގުޅޭ ހަމަތައް
އަންނަނިވި ކަންކަން އިންފޮމޭށަން ކޮމިށަނަރު ކުރަންވާނެއެވެ.
(ހ) ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި އަމަލުކުރަންވީ އެންމެ ދަށުގެ މިންގަނޑުތައް، އަދި އެންމެމަތީގެ މިންގަނޑުތައް ކަނޑައެޅުން.
(ށ) ދައުލަތުގެ އިދާރާތަކުން މައުލޫމާތު ށާއިއުކުރުމުގެ ކަންކަމާ ގުޅިގެން ލަފަޔަކަށް އެދިއްޖެނަމަ، އެ ލަފަޔެއް ދިނުން.
39 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން
(ހ) ދައުލަތުގެ ކޮންމެ އިދާރާއަކީވެސް، މައުލޫމާތު ހާމަކުރުމާއި ފޯރުކޮށްދިނުމުގެ ވާޖިބަށް ފަސޭހަވާނެ ގޮތުގެމަތިން، މައުލޫމާތު ބަލަހައްޓަމުންދާ، އަދި ކަމާގުޅޭ އާންމު ހަމަތަކަށް ތަބާވާ ދައުލަތުގެ އިދާރާއަކަށް ވާންވާނެއެވެ.
(ށ) މީހެއްގެ މައުލޫމާތެއްގައި ހިމެނޭ ނުރަނގަޅު ނުކުތާއެއް ރަނގަޅުކުރުމަށް ބޭނުންވެއްޖެ މީހަކަށް އެކަން ކުރެވޭނެ އެކަށީގެންވާ އުސޫލުތައް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް ހަމަޖައްސަންވާނެއެވެ.
(ނ) ދައުލަތުގެ އިދާރާތަކާއެކު މަށްވަރާކުރުމަށްފަހު، ދައުލަތުގެ އިދާރާތަކުގައި މައުލޫމާތު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ، އަދި އަރުށީފުކުރުމާއި ނައްތާލުމާއި، ދޫކުރުމާބެހޭ އާންމު ހަމަތައް، ކަނޑައެޅޭ މުއްދަތުތަކެއްގައި، އިންފޮމޭށަން ކޮމިށަނަރު އާންމުކޮށް އިއުލާނުކޮށް ށާއިއުކުރަންވާނެއެވެ.
40 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުކުރުން
މި ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަށްޓަކައި ދައުލަތުގެ ކޮންމެ އިދާރާއެއްގައިމެ، ކަމާބެހޭ މުވައްޒަފުން ކަނޑައަޅައި، އެމީހުންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި، މި ގާނޫނުގެ އުސޫލުތަކާގުޅޭ ގޮތުން، އެކަށީގެންވާ ތަމްރީނު އިންފޮމޭށަން ކޮމިށަނަރު ދޭންވާނެއެވެ.
41 ވަނަ މާއްދާ - މުރާޖައާގެ އުސޫލު
(ހ) ދައުލަތުގެ ކޮންމެ އިދާރާއެއްގައިމެ ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރުގެ ނުވަތަ އިންފޮމޭށަން އޮފިސަރުންގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ހުށަހަޅާ ށަކުވާ ބަލައި މުރާޖައާ ކުރުމަށްޓަކައި މުރާޖައާ ކޮމިޓީއެއް އޮންނަންވާނެއެވެ. އަދި އެ ކޮމިޓީގައި ހިމެނެންވާނީ، އެ އިންފޮމޭށަން އޮފިސަރަށްވުރެ މަގާމުގެ ގޮތުން މަތީ ދަރަޖައެއްގައި ހިމެނޭ ބައެކެވެ.
(ށ) ދައުލަތުގެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރުގެ ނުވަތަ އިންފޮމޭށަން އޮފިސަރުންގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން ނުވަތަ އެ ނިންމުމެއް ނިންމަންޖެހޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖައާކޮށްދިނުން އެދި ދައުލަތުގެ އެ އިދާރާގެ މުރާޖައާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުރާޖައާ ކޮމިޓީއަށް ށަކުވާ ހުށަހެޅުމަށް އޮތް މުއްދަތުކަމަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ފަހަނައަޅައިދާފަހުންވެސް، އެ ކޮމިޓީއަށް ށަކުވާއެއް ބަލައިގަނެވިދާނެއެވެ. އެއީ، އެ މުއްދަތުގައި އެ ށަކުވާ ހުށަހެޅިފައި ނުވަނީ، މަގްބޫލް އުޒުރެއް އޮވެގެންކަމަށް އެ ކޮމިޓީއަށް ގަބޫލުކުރެވޭނަމައެވެ.
(ރ) ހުށަހެޅޭ ށަކުވާ ނިސްބަތްވަނީ ތިންވަނަ ފަރާތެއްގެ މައުލޫމާތާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ށަކުވާގެ މައްސަލަ ނިންމަންވާނީ އެ ތިންވަނަ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހުގައެވެ.
(ބ) މުރާޖައާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާ އާންމު އުސޫލުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ. ހާއްސަ ހާލަތެއް ދިމާވެގެން އެ މުއްދަތުގައި ނުނިމޭ މައްސަލަ އިތުރު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.
(ޅ) މުރާޖައާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ބަލައި ނިންމިގޮތް، އެ ށަކުވާގައި ހިމެނޭ ހުރިހާ ފަރާތަކަށް ލިޔުމުން، އެ ކޮމިޓީން އަންގަންވާނެއެވެ.
42 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް ރިޕޯޓު ހުށަހެޅުން
އަންނަނިވި މައުލޫމާތުގެ މައްޗަށް، އެކަމަކު އެ މައުލޫމާތުގެ މައްޗަށް އެކަނި ހަނިނުވާނެ ގޮތެއްގެމަތިން، ކޮންމެ އަހަރަކު އެއްފަހަރު، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް، ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރުގެ އިސްނެގުމުގެމަތިން، އަހަރީ ރިޕޯޓެއް އެކުލަވާލައި އިންފޮމޭށަން ކޮމިށަނަރަށް ފޮނުވަންވާނެއެވެ.
(ހ) މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެ އަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދު.
(ށ) އެދުނު މައުލޫމާތެއް ނުދިނުމަށް، އެންމެ ގިނައިން ބޭނުންކުރަން ޖެހުނީ، މި ގާނޫނުގެ ކޮން މާއްދާއެއް ނުވަތަ ބައެއްކަން.
(ނ) މައުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު.
(ރ) ފީ ނެގުނު އަދަދާއި އެގޮތުން ނެގި ފީގެ ޖުމްލަ.
(ބ) މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް.
(ޅ) މައުލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
(ކ) މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި، ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
ނުވަވަނަ ބާބު
އިންފޮމޭށަން ކޮމިށަނަރުގެ މަގާމާއި މަސްއޫލިއްޔަތު
43 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް ގާއިމުކުރުން
(ހ) "އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް" މި ނަމުގައި، މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު، އޮފީހެއް ގާއިމުކުރަންވާނެއެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން ގާނޫނީ ށަހްސެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް ގާއިމުކުރުމުގައި، ދައުލަތުގައި ހުރި ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިސްކަންދޭންވާނެއެވެ.
44 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރު އައްޔަންކުރާނެގޮތް
(ހ) އިންފޮމޭށަން ކޮމިށަނަރުކަމަށް މީހަކު އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރު އައްޔަންކުރަން ބޭނުންވާ ކޮންމެފަހަރަކު، މަދުވެގެން އެއް ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމަކީ، އާންމުކޮށް އިއުލާނުކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން، ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި، އެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، އެ ޖަލްސާއަކަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ މީހަކު، އިންފޮމޭށަން ކޮމިށަނަރުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އައްޔަންކުރާ ފުރަތަމަ އިންފޮމޭށަން ކޮމިށަނަރު އައްޔަންކުރުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް މީހަކު އައްޔަންކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.
45 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގައި ހުރުން ލާޒިމު ސިފަތައް
-އިންފޮމޭށަން ކޮމިށަނަރުކަމުގެ މަގާމަށް އައްޔަންކުރާ މީހާގެ ކިބައިގައި ތިރީގައިމިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.
(ހ) އުމުރުން 35 އަހަރުވެފައިވުން.
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
(ނ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން.
(ރ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައިނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިނުވުން.
(ބ) ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 7 (ހަތެއް) އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
(ޅ) އިންފޮމޭށަން ކޮމިށަނަރުކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިނުވުން.
46 ވަނަ މާއްދާ - މަގާމުގެ މުއްދަތު
(ހ) މި ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރުގެ މަގާމުގެ މުއްދަތަކީ، އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ހާލަތުގައި ފިޔަވައި، އިންފޮމޭށަން ކޮމިށަނަރުގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފާސްކުރެވިދާނެއެވެ.
47 ވަނަ މާއްދާ - މަގާމު ހުސްވުމުން އައްޔަންކުރުން
އިންފޮމޭށަން ކޮމިށަނަރުގެ މަގާމު ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
48 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރު މަގާމުން ވަކިކުރުން
އިންފޮމޭށަން ކޮމިށަނަރު އޭނާގެ މަގާމުން ވަކިކުރެވޭނީ އިންފޮމޭށަން ކޮމިށަނަރުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ފެނިގެން، އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ.
49 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރު މަގާމުން އިސްތިއުފާ ދިނުން
އިންފޮމޭށަން ކޮމިށަނަރު އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އިންފޮމޭށަން ކޮމިށަނަރު އެ މަގާމުން ވަކިވީއެވެ.
50 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
(ހ) އިންފޮމޭށަން ކޮމިށަނަރުގެ މުސާރައާއި އިނާޔަތްތަކަކީ ހިޔުމަން ރައިޓްސް ކޮމިށަނުގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާ އެއްފަދަ މުސާރައާއި އިނާޔަތެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، އިންފޮމޭށަން ކޮމިށަނަރުގެ ލަފާގެމަތިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއެވެ.
51 ވަނަ މާއްދާ - އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުން
އިންފޮމޭށަން ކޮމިށަނަރުގެ ބާރުތައް ތަންފީޒުކުރުމަށްޓަކައި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، އެ އޮފީސް ހިންގުމަށް ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތުގެމަތިން އިތުރު މުވައްޒަފުން އައްޔަންކުރުމާއި ތަމްރީނުދިނުމާއި މަގާމުގެ ކުރިއެރުން ދިނުމާއި މަގާމުން ވަކިކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - މާލީ ކަންކަން
(ހ) އިންފޮމޭށަން ކޮމިށަނަރުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ދޫކުރަންވާނެއެވެ. އެގޮތުން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ބަޖެޓް ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އިންފޮމޭށަން ކޮމިށަނަރު ފޮނުވަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ދޭ މާލީ އެހީއެއް، އެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށް މެނުވީ، ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާ މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
53 ވަނަ މާއްދާ - އާންމު ވާޖިބުތައް
މި ގާނޫނުގައި ބަޔާންވެގެންވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ހ) މި ގާނޫނަށް، ދައުލަތުގެ އިދާރާތަކުން އަމަލުކުރާ ނިސްބަތް ބަލައި، ރިޕޯޓުކުރުމުގެ ބާރު.
(ށ) މައުލޫމާތު ށާއިއުކުރުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި، ދައުލަތުގެ ވަކި އިދާރާއެއް ހާއްސަނުވާގޮތަށް އާންމުކޮށް ކުރެވިދާނެ ކަންކަން ފާހަގަކުރުމާއި، ދައުލަތުގެ ވަކި އިދާރާއަކުން ކުރެވިދާނެ ކަންކަން ވަކިން ފާހަގަކުރުން.
(ނ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ ތަމްރީނުތައް ދިނުމުގައި ބައިވެރިވުމާއި ހިންގައި ދިނުމާއި އެކަމަށް އެއްބާރުލުން ދިނުން.
(ރ) މި ގާނޫނާ ހިލާފު އަމަލުތައް ކަމުގައި ބެލެވޭ އަމަލުތައް ހިނގާނަމަ، އެކަންކަން ކަމާބެހޭ ފަރާތްތަކަށް އެންގުން.
(ބ) މި ގާނޫނުގެ ބޭނުމާއި، މި ގާނޫނުން ހާސިލުކުރަން ބޭނުންވާ ކަންކަން އާންމުކުރުމާއި، ވަކިވަކި ފަރުދުންނަށް ލިބިދޭ ހައްގުތައް ފުޅާދާއިރާއެއްގައި އާންމުކުރުމާއި، އެމީހުންނަށް އަންގައިދިނުން.
54 ވަނަ މާއްދާ - މަޖިލީހަށް ޖަވާބުދާރީވުން
ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ މަޖިލީހަށް ނުވަތަ އެ ކޮމިޓީއަކަށް އިންފޮމޭށަން ކޮމިށަނަރު ހާޒިރުވާންވާނެއެވެ. އަދި އެ މަޖިލީހުން ނުވަތަ އެ ކޮމިޓީއަކުން އިންފޮމޭށަން ކޮމިށަނަރާ ކުރެވޭ ސުވާލުތަކަށް، އެނގިހުރި އެންމެ ރަނގަޅަކަށް ތެދު ބަހުން އިންފޮމޭށަން ކޮމިށަނަރު ޖަވާބުދޭންވާނެއެވެ.
55 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައި ދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އަހަރުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރު ހިންގި ކަންކަން.
- އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ ހުއްދަކުރާ ޗާޓަރޑް ނުވަތަ ޕަބްލިކް އެކައުންޓިންގ ފާރމަކުން އޮޑިޓްކޮށްފައިވާ ހަރަދުގެ ހިސާބުތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން އެ ރިޕޯޓު ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އިންފޮމޭށަން ކޮމިށަނަރު ބޭނުންވެއްޖެ ހިނދެއްގައި، އޭނާ ކަނޑައަޅާ، ވަކި މައްސަލައަކާ ގުޅޭގޮތުން ވަކި ރިޕޯޓެއް އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.
ދިހަވަނަ ބާބު
އިންފޮމޭށަން ކޮމިށަނަރު ކަންކަން ތަންފީޒުކުރުން
56 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރުން
(ހ) މި ގާނޫނުގެ ދަށުން މުރާޖައާ ކުރުމަށްފަހު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ، އެފަރާތަކުން، އެ ނިންމުން ނިންމި ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ނުވަތަ އެ ނިންމުން ނިންމަންޖެހޭ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރަންޖެހޭ މުއްދަތު، މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި އިލްތިމާސް ނުކުރެވުނީ އެކަށީގެންވާ ސަބަބެއް ނުވަތަ މަގްބޫލު އުޒުރެއް އޮވެގެންކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފެންނަ އިލްތިމާސް އެ މުއްދަތު ފަހަނައަޅައިދާ ފަހުންވެސް ބަލައިގަތުމުގެ ބާރު، އޭނާއަށް ލިބިގެންވެއެވެ.
57 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް ށަކުވާ ހުށަހެޅުން
މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހަނިކަމެއް ނުވަތަ އުނިކަމެއް ނާންނާނެ ގޮތުގެމަތިން އިންފޮމޭށަން ކޮމިށަނަރަށް ސީދާ ށަކުވާ ހުށަހެޅުމުގެ ބާރު، މައުލޫމާތަށް އެދޭ ފަރާތަށް އަންނަނިވި ހާލަތްތަކުގައި ލިބިގެންވެއެވެ.
(ހ) ދައުލަތުގެ ވަކި އިދާރާއެއްގައި އިންފޮމޭށަން އޮފިސަރެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން، ދައުލަތުގެ އެ އިދާރާއިން ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދުމަށް ފުރުސަތު ލިބިގެން ނުވުން.
(ށ) މައުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުން ދައުލަތުގެ އެ އިދާރާއަކަށް ބަލައިގަތުމަށް މަގްބޫލު އުޒުރެއްނެތި އިންކާރުކުރުން.
(ނ) މި ގާނޫނުގެ ދަށުން މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބިއްޖެކަމުގެ ރަސީދު ދިނުމަށް އިންފޮމޭށަން އޮފިސަރަކު އިންކާރުކުރުން ނުވަތަ އިހުމާލުވުން.
(ރ) މި ގާނޫނުގައި ބަޔާންވެގެންވާ މުއްދަތުގެ ތެރޭގައި މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އިންފޮމޭށަން އޮފިސަރު އިޖާބަދީފައި ނެތުން.
(ބ) އިންފޮމޭށަން ކޮމިށަނަރު އަންގާ އެންގުމަކަށް، އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން ތަބާވެފައި ނުވުން.
(ޅ) މި ގާނޫނުގައި މައުލޫމާތު ހޯދުމާ ގުޅޭގޮތުން ބަޔާންވެގެންވާ އެހެންވެސް އުސޫލަކާ އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން ހިލާފުވެފައިވުން.
58 ވަނަ މާއްދާ - ށަކުވާ ބަލައިނުގަތުމުގެ ބާރު
(ހ) އިންފޮމޭށަން ކޮމިށަނަރަށް މި ގާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ށަކުވާ އަންނަނިވި ހާލަތްތަކުގައި ބަލައިނުގަތުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ ށަކުވާއަކަށް ނުވުން.
- ބަލަންޖެހޭ ވަރަށްވުރެ ކުޑަ މައްސަލައެއް ހިމެނޭ ށަކުވާއަކަށްވުން.
- އެ ށަކުވާއަށް ހައްލެއް ހޯދުމަށްޓަކައި މި ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖްރާއަތުތައް ފުރިހަމައަށް ބޭނުންކޮށްފައި ނުވުން.
(ށ) އިންފޮމޭށަން ކޮމިށަނަރަށް މި މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއެއް ބަލައިގަންނަންޖެހޭކަމަށް އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައިފިނަމަ، އޭނާ އަމިއްލައަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އެ ށަކުވާ ބަލައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ށަކުވާއާމެދު ގޮތެއް ނިންމުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
59 ވަނަ މާއްދާ - އިލްތިމާސްއާއި ށަކުވާއާމެދު އަމަލުކުރާނެގޮތް
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބެލުމުގައި އަންނަނިވި ކަންކަން ސާބިތުކޮށްދިނުމަކީ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އެ އިދާރާއިން އުފުލަންޖެހޭ ޒިންމާއެކެވެ.
- ހޯދުމަށް އެދުނު މައުލޫމާތު ފޯރުކޮށްނުދިނީ ގާނޫނުގައި ބަޔާންވެގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން؛ ނުވަތަ
- މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ އެ އިދާރާއަކުން އަމަލުކޮށްފައިވާކަން.
(ށ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއެއް، މި ގާނޫނުގައިވާ ގޮތުގެމަތިން، 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ އެ މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބަލައި ނުނިންމޭ ކަމުގައިވާނަމަ، އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހެޅި ފަރާތަށް ސަބަބު ބަޔާންކޮށް އެކަން އެންގުމަށްފަހު، އިތުރު 15 (ފަނަރަ) ދުވަހަށް އެ މުއްދަތު އިތުރުކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއް ނިސްބަތްވަނީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ މައުލޫމާތަކަށް ކަމުގައިވާނަމަ، އެ މައްސަލަ ބެލުމުގައި އޭނާގެ އަޑުއިއްވުމުގެ ހައްގު، އެ ތިންވަނަ ފަރާތަކަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިލްތިމާސަކާގުޅޭ ނުވަތަ ށަކުވާއަކާގުޅޭ ހުރިހާ މައްސަލައެއްވެސް ބަލަންވާނީ ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައެވެ.
(ބ) މި މާއްދާގެ (ރ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ ދަށުން ބަލަމުންދާ ށަކުވާއެއް ނުވަތަ އިލްތިމާސަކާ ގުޅިގެން، މި ގާނޫނުގެ ދަށުން ދޫކުރުން އިސްތިސްނާކުރެވިގެންވާ މައުލޫމާތެއް ދިރާސާކުރަންޖެހޭ ހާލަތުގައި، ސިއްރު ބައްދަލުވުމެއްގައި ނުވަތަ އާންމުކޮށް ހުޅުވާލެވިފައިނުވާ ބައްދަލުވުމެއްގައި އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް އިންފޮމޭށަން ކޮމިށަނަރަށް ބެލިދާނެއެވެ.
(ޅ) އިންފޮމޭށަން ކޮމިށަނަރުގެ ނިންމުންތައް އިއުލާނުކުރަންވާނީ ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައެވެ.
(ކ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއެއް ބެލުމަށްފަހު، އެކަމެއް ނިންމިގޮތް، ލިޔުމުން، އެ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތަކަށް ފޮނުވަންވާނެއެވެ.
60 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް ލިބިދޭ ބާރު
އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއަކާ ގުޅޭގޮތުން އަންނަނިވި ބާރުތައް ކޮމިށަނަރަށް ލިބިގެންވެއެވެ.
(ހ) ކަމާގުޅޭ ފަރާތްތައް ހާޒިރުކުރުން.
(ށ) ކަމާގުޅޭގޮތުން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާންނެގުން.
(ނ) ކަމާގުޅޭގޮތުން ހެކިބަސް ދޭން އެއްބަސްވާ މީހުންގެ ހެކިބަސް ނެގުން.
(ރ) މައުލޫމާތަށް އެދުން.
(ބ) ލިޔެކިޔުމަށް އެދުން.
(ޅ) ލިޔެކިޔުން ހުށަހެޅުމަށް އެންގުން.
(ކ) މައުލޫމާތު ހުށަހެޅުމަށް އެންގުން.
(އ) ވަކި ލިޔުމެއް ނުވަތަ ވަކި މައުލޫމާތެއް އިންފޮމޭށަން ކޮމިށަނަރަށް ފޮނުވުމަށް އެންގުން.
(ވ) ވަކި މައުލޫމާތެއް ބަލައި މުތާލިއާކުރުން.
(މ) ހެކި ބަލައިގަތުން.
(ފ) ލިޔުމުން ހެކި ބަލައިގަތުން.
(ދ) ލިޔުމުން ބަޔާން ބަލައިގަތުން.
(ތ) ދައުލަތުގެ ވަކި އިދާރާއެއްގައި ހުރި މައުލޫމާތެއް ފޮނުވުމަށް އެންގުން.
(ލ) ވަކި މީހަކު، ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާނަމަ، އޭނާ ހާޒިރުވުމަށް އެންގުން.
(ގ) ވަކި ލިޔުމެއް ފާހަގަކޮށް އެ ލިޔުމެއް ހުށަހަޅަން އެންގުން.
(ޏ) ދައުލަތުގެ އިދާރާއަކަށް ވަނުން.
(ސ) ކަމާގުޅޭ މައުލޫމާތެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާއެއް ބަލައި، ފާސްކުރުމާއި އެ މައުލޫމާތެއް ފެނިއްޖެ ކަމަށްވާނަމަ، އެ މައުލޫމާތެއް އޮތް ލިޔުމެއް ނުވަތަ ވަސީލަތެއް ހިފެހެއްޓުން.
(ޑ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިންފޮމޭށަން ކޮމިށަނަރަށް ދޭ އެހެންވެސް ބާރުތައް ތަންފީޒުކުރުން.
61 ވަނަ މާއްދާ - އިލްތިމާސެއް ނުވަތަ ށަކުވާއެއް ބަލައި ނިންމިދާނެގޮތް
(ހ) މި ގާނޫނުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއެއް ބެލުމަށް ފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައެއް ނިންމިދާނެއެވެ.
- އެ އިލްތިމާސެއް ނުވަތަ ށަކުވާއެއް އެއީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ އިލްތިމާސެއް ނުވަތަ ށަކުވާއެއް ނޫންކަން.
- ވަކި މައުލޫމާތެއް ހާމަކުރުމަށް ދައުލަތުގެ ވަކި އިދާރާއަކަށް އެންގުން.
- ވަކި މައުލޫމާތެއް ދޫކުރުމަށް ދައުލަތުގެ ވަކި އިދާރާއަކަށް އެންގުން.
- ވަކި މައުލޫމާތަކަށް އެދޭ މީހަކު، އެ މައުލޫމާތަކަށް އެދޭގޮތަކަށް އެ މައުލޫމާތެއް ދޫކުރުމަށް އެންގުން.
- ވަކި މީހަކު، ވަކި މައުލޫމާތަކަށް އެދޭއިރު، އެ މައުލޫމާތަކަށް ބޭނުންވާ ގޮތްކަމަށް ބަޔާންކޮށްފައިވާ ގޮތުގެ ބަދަލުގައި އެކަށީގެންވާ ގޮތަކަށް އެ މައުލޫމާތު ދޫކުރަން އެންގުން.
- ދައުލަތުގެ ވަކި އިދާރާއަކަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހު ނިންމާފައިވާގޮތް ރަނގަޅުކަމަށް ކަނޑައެޅުން.
- ވަކި މައުލޫމާތެއް ނުވަތަ ވަކި ގިންތިއެއްގެ މައުލޫމާތެއް ށާއިއުކުރުމަށް އެންގުން.
- ދައުލަތުގެ ވަކި އިދާރާއެއްގެ ލިޔެކިޔުން ބަލަހައްޓާ ނިޒާމު ހަރުދަނާކުރުމަށް އެންގުން ނުވަތަ ކަމާގުޅޭ އުސޫލުތައް އިސްލާހުކުރަން އެންގުން.
- މި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ އިންފޮމޭށަން އޮފިސަރަކު ޖޫރިމަނާކުރުން.
- އިންފޮމޭށަން ކޮމިށަނަރު ކުރާ ހުއްދަ އަމުރަކާ ހިލާފުވެފައިވާ ފަރާތެއް ޖޫރިމަނާކުރުން.
- މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ އިންފޮމޭށަން އޮފިސަރަކާމެދު އޭނާ ނިސްބަތްވާ ދައުލަތުގެ އިދާރާއަކުން ސުލޫކީ ފިޔަވަޅު އަޅަން ދައުލަތުގެ އެ އިދާރާއަކަށް އެންގުން.
- މި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއް، މީހަކު ކޮށްފިކަމުގެ ތުހުމަތުކުރެވޭނަމަ، އެ މީހެއްގެ މައްސަލަ ތަހްގީގުކުރުމަށް ފުލުހުންނަށް އެންގުމާއި، ފުލުހުންގެ ތަހްގީގަށްފަހު އޭނާގެ މައްޗަށް ދައުވާކުރުމަށް އިންފޮމޭށަން ކޮމިށަނަރަށް ފެނިއްޖެ ކަމަށްވާނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.
(ށ) މި ގާނޫނުގައިވާ ގޮތުގެމަތިން އިންފޮމޭށަން ކޮމިށަނަރަކު ނިންމާ ނިންމުމަކީ ށަރުއީ ކޯޓަކުން އެހެން ގޮތަކަށް ބަދަލުނުކުރާހާހިނދަކު، ސައްހަ ނިންމުމަކަށްވާނެއެވެ. އަދި ތަބާވުން ލާޒިމު ނިންމުމަކަށްވާނެއެވެ.
62 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުގެ ވަކި އިދާރާއަކުން އަމަލުނުކުރާކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފާހަގަކުރެވޭ ހާލަތުގައި، ވަކި ފަރާތެއްގެ އިލްތިމާސެއް ނުވަތަ ށަކުވާއެއް ހުށަހެޅުމަކާ ނުލައި އިންފޮމޭށަން ކޮމިށަނަރުގެ އަމިއްލަ އިސްނެގުމުގައި، ދައުލަތުގެ އެ އިދާރާއަކާގުޅޭ އެ މައްސަލައެއް ބަލައި، ގޮތެއް ނިންމުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ބަލާ ވަކި މައްސަލައެއް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމައި، އެ މައްސަލައަކާމެދު މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލައެއް ބެލުމަށްފަހު، ދައުލަތުގެ ވަކި އިދާރާއަކުން އަމަލުކުރަނީ މި ގާނޫނާ އެއްގޮތަށް ކަމުގައި ނުވާނަމަ، އެކަން ރަނގަޅުކުރުމަށް ދައުލަތުގެ އެ އިދާރާއަކަށް އިންފޮމޭށަން ކޮމިށަނަރު އަންގަންވާނެއެވެ. އަދި އެކަން ރަނގަޅުކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކަކީ ކޮބައިކަން ދައުލަތުގެ އެ އިދާރާއަކަށް އިންފޮމޭށަން ކޮމިށަނަރު އަންގަންވާނެއެވެ.
63 ވަނަ މާއްދާ - ބާރު ހަވާލުކުރުން
(ހ) މި ގާނޫނުގެ 58 ވަނަ މާއްދާއާއި 60 ވަނަ މާއްދާއާއި 62 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް މައްސަލަ ބެލުމަށް ލިބިދޭ ބާރުތައް، އެކަމަށް ގާބިލުކަމަށް އޭނާ ކަނޑައަޅާ އެހެން ފަރާތަކަށް ލިޔުމުން ހަވާލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، މައްސަލައެއް ބެލުމުގައި ގޮތެއް ނިންމުމާއި ކަމެއް ރަނގަޅުކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެންގުމަށް އިންފޮމޭށަން ކޮމިށަނަރަށް މި ގާނޫނުގެ ދަށުން ލިބިދޭ ބާރު، އެއީ، އެހެން ފަރާތަކަށް ދޫކުރެވޭނެ ބާރެއް ނޫނެވެ.
64 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ބާރު
(ހ) މި ގާނޫނުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުސަތު ލިބިދެއެވެ. އަދި އެފަދަ މައްސަލައެއްގައި، ގާނޫނާ އެއްގޮތަށް އަމަލުކުރިކަން ސާބިތުކޮށްދޭންވާނީ އިންފޮމޭށަން ކޮމިށަނަރާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތެވެ.
(ށ) މި ގާނޫނުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ށަރުއީ ކޯޓަކުން ބެލޭނީ، މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަންޏެވެ.
65 ވަނަ މާއްދާ - ނިންމުންތަކަށް ތަބާވުން
އިންފޮމޭށަން ކޮމިށަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުވެސް ނުކޮށް ވަނިކޮށް 45 (ސާޅީސް ފަހެއް) ދުވަސް ފާއިތުވެއްޖެނަމަ، އެފަރާތަކާމެދު، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ށަރުއީ ކޯޓަށް ފޮނުވުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅިދާނެއެވެ.
66 ވަނަ މާއްދާ – ހިމާޔަތް
(ހ) އިންފޮމޭށަން ކޮމިށަނަރުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، އިންފޮމޭށަން ކޮމިށަނަރަށް ލިބިދެވޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ނުވަތަ ގާނޫނުގައިވާ ގޮތުގެމަތިން ނުވަތަ ގާނޫނަކުން ލިބިދެވޭ ބާރުގެ ދާއިރާގެ ތެރޭގައި، އިންފޮމޭށަން ކޮމިށަނަރު ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.
(ށ) ކަނޑައެޅިގެން ގާނޫނާ ހިލާފުކަމެއް ހިނގާކަމުގެ މައުލޫމާތު ލިބިހުރެ، ގާނޫނަކާ ހިލާފަށް ނުވަތަ އިދާރީ އުސޫލަކާ ހިލާފަށް ނުވަތަ ވަޒީފާގެ އެއްބަސްވުމަކާ ހިލާފަށް އަމަލުކޮށް، އެ މައުލޫމާތެއް މީހަކު ހާމަކުރުމުން، އެ މީހަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި އެއްވެސް އަދަބެއް ދީ ހަދައިގެން ނުވާނެއެވެ. އެއީ، އެކަން އޭނާ ކުރީ ހިނގަމުންދާ ކުށެއްގެ އަމަލު ހާމަކުރުމުގެ ތެދު ނިޔަތުގައި، އެނޫން އެއްވެސް މަސްލަހަތެއް އޮވެގެން ނޫންކަމުގައި ވާނަމައެވެ.
(ނ) ގާނޫނަކާ ހިލާފު އަމަލެއް ނުވަތަ ކުށެއް ނުވަތަ ކޮރަޕްށަންގެ އަމަލެއްގެ މައުލޫމާތު ނުވަތަ އެފަދަކަމެއް ހިނގަން އުޅޭކަމުގެ މައުލޫމާތު ނުވަތަ އެފަދަކަމެއް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު މީހަކު އާންމުކުރުމަކީ، އޭނާއާ މެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ފިޔަވަޅެއް އަޅައި އަދަބެއް ދެވޭނެ ކަމެއް ނޫނެވެ.
(ރ) މި ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދުމަށް މީހަކު އެދުމުން އެއީ، މި ގާނޫނުގެ ދަށުން ސައްހަ ގޮތުގައި ދޫކުރެވިދާނެ މައުލޫމާތެއް ކަމުގައި ތެދު ނިޔަތުގައި، ދައުލަތުގެ އެ އިދާރާއަކުން ގަބޫލުކޮށްގެން، އެ މައުލޫމާތެއް ދޫކުރުމުން، އެ މައުލޫމާތެއް ދޫކުރި މީހާގެ މައްޗަށް އަބުރާބެހުމުގެ ދައުވާއެއް ނުވަތަ ސިއްރު ހިފަހައްޓަންޖެހޭ ހާލަތުގައި، ސިއްރު ނުހިފެހެއްޓި ކަމުގެ ދައުވާއެއް ނުކުރެވޭނެއެވެ.
(ބ) މި ގާނޫނުގެ ދަށުން މީހަކު މައުލޫމާތެއް ހޯދުމަށް އެދުމުން، އެއީ މި ގާނޫނުގެ ދަށުން ދެވިދާނެ ސައްހަ މައުލޫމާތެއް ކަމުގައި ގަބޫލުކޮށްގެން ދައުލަތުގެ އިދާރާއަކުން އެ މައުލޫމާތެއް ދީފިކަމަށްވާނަމަ، އެ މައުލޫމާތު ދޭން ކަނޑައެޅި މީހާއާއި، އެ މައުލޫމާތު ދިނުމުގައި އެހީތެރިވިމީހާ، އެ ހާލަތުގައި ކުށްވެރިއެއް ނުވާނެއެވެ.
(ޅ) ދައުލަތުގެ އިދާރާއަކުން ކުރާކަމަކުން ނުވަތަ ހިންގާ އަމަލަކުން އެ އަމަލަކީ، މި ގާނޫނުގެ ދަށުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ތެދު ނިޔަތުގައި ހިންގާފައިވާ އަމަލެއް ނުވަތަ ކޮށްފައިވާ ކަމެއް ކަމަށްވާނަމަ، އެކަން ކުރި މީހާ އުފުލަންޖެހޭ އަމިއްލަ ޒިންމާއެއް ނޯންނާނެއެވެ.
67 ވަނަ މާއްދާ - ޖޫރިމަނާކުރުމުގެ ބާރު
(ހ) އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އިންފޮމޭށަން އޮފިސަރަކު ކޮށްފިކަމުގައިވާނަމަ، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، އިންފޮމޭށަން ކޮމިށަނަރު އެ އިންފޮމޭށަން އޮފިސަރަކު، ޖޫރިމަނާ ކުރަންވާނެއެވެ.
- މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއް މަގްބޫލު އުޒުރެއްނެތި ބަލައި ނުގަތުން.
- މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގްބޫލު އުޒުރެއްނެތި، މައުލޫމާތު ފޯރުކޮށް ނުދިނުން.
- މައުލޫމާތު ދިނުމަށް ނުރަނގަޅު ނިޔަތުގައި އިންކާރުކުރުން.
- ފުރިހަމަ ނޫން މައުލޫމާތު ނުވަތަ ކަމުގެ ހަގީގަތް އޮޅޭގޮތަށް ނުވަތަ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން.
(ށ) މި ގާނޫނާ ތަކުރާރުކޮށް އިންފޮމޭށަން އޮފިސަރަކު ހިލާފުވާކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފާހަގަކުރެވިއްޖެނަމަ، އޭނާއާމެދު، ދައުލަތުގެ އެ އިދާރާއެއްގެ ފެންވަރުގައި ސުލޫކީ ފިޔަވަޅު އެޅުމަށް، ދައުލަތުގެ އެ އިދާރާއަކަށް އިންފޮމޭށަން ކޮމިށަނަރު އަންގަންވާނެއެވެ.
(ނ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މީހަކު ކޮށްފިނަމަ، އެމީހަކު 25،000 (ފަންސަވީސްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- މި ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އިންފޮމޭށަން އޮފިސަރަކު ހުރަސްއެޅުން.
- މި ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބެއް އިންފޮމޭށަން ކޮމިށަނަރު އަދާކުރުމަށް ހުރަސްއެޅުން.
- މި ގާނޫނުގެ ދަށުން ހޯދުމަށް އެދިފައިވާ މައުލޫމާތެއް ނުރަނގަޅު ނިޔަތުގައި ނެތިކޮށްލުން.
- ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތުކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އޮޅުވާލުން ނުވަތަ އެއަށް ބަދަލުގެނައުން.
އެގާރަވަނަ ބާބު
އާންމު އުސޫލުތައް
68 ވަނަ މާއްދާ - ބައެއް ޖަމާއަތްތަކަށް ގާނޫނު ހިނގުން
ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބިގެން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރެއްގެ ފައިސާގެ އެހީ ލިބިގެން ނުވަތަ ބައިނަލްއަގްވާމީ ޖަމާއަތެއްގެ ފައިސާގެ އެހީ ލިބިގެން ރާއްޖޭގައި ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކުގެ މައްޗަށް، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގެ މައްޗަށް ހިނގާ ހަމަ ކޮންމެ އުސޫލެއް ފުރިހަމައަށް ހިނގާނެއެވެ. އަދި، އެއިން ކޮންމެ ޖަމްއިއްޔާއެއް ޖަމާއަތެއްގެ މައްޗަށް މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް ދައުލަތުގެ އިދާރާއެއްގެ މައްޗަށްވެސް ތަންފީޒުކުރެވޭ އުސޫލުން ފުރިހަމައަށް ތަންފީޒުކުރެވޭނެއެވެ.
69 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް މި ގާނޫނުގެ ނިޔަތާ އެއްގޮތަށް ހިންގުމަށް ބޭނުންވާ ގަވާއިދުތައް ހަދައި ހިންގާނީ އިންފޮމޭށަން ކޮމިށަނަރެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުތައް ހަދައި ހިންގުމުގައި، އެ ގަވާއިދުތަކުގެ އަސަރުކުރާނެ ނުވަތަ އެ ގަވާއިދުތަކަށް އަމަލުކުރުން ލާޒިމުވާ ފަރާތްތަކާ އިންފޮމޭށަން ކޮމިށަނަރު މަށްވަރާކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އިން އިންފޮމޭށަން ކޮމިށަނަރަށް ލިބިދޭ އިހްތިޔާރުގެ ދާއިރާ ހަނިނުވާނެ ގޮތުގެމަތިން، އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދައި ހިންގުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- މައުލޫމާތު ށާއިއުކުރުމުގެ އިތުރު އުސޫލުތައް.
- މުވައްޒަފުން ތަމްރީނުކުރުން.
- އިންފޮމޭށަން ކޮމިށަނަރަށް ރިޕޯޓު ހުށަހެޅުން.
- މި ގާނޫނުގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުން.
- މި ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަށް ހަދަންޖެހޭ އިދާރީ އުސޫލުތަކާއި ހަމަތައް.
(ރ) މި މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާނުކުރަންވާނެއެވެ.
70 ވަނަ މާއްދާ - މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގަށް އިސްކަންދިނުން
މި ގާނޫނުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމުގައާއި މާނަކުރުމުގައި، އެންމެ އިސް މަސްލަހަތެއް އޮންނާނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އޭގެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ މައްޗަށެވެ.
71 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށަންވާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
72 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު:
(ހ) "އިންފޮމޭށަން ކޮމިށަނަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.
(ށ) "އިންފޮމޭށަން އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރިން ފެންވަރުގެ މަގާމުތައް ނޫން މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް ދައުލަތުގެ އެ އިދާރާގެ ފެންވަރުގައި އަދާކުރުމަށް ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ހަވާލުކުރާ މުވައްޒަފަށެވެ. ނުވަތަ މުވައްޒަފުންނަށެވެ.
(ނ) "މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދާފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދާފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް، ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިންވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަކޮންމެ މައުލޫމާތަށެވެ.
(ރ) "މީހަކު" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭ ގޮތުންނެވެ.
(ބ) "މުރާޖައާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން އޮފިސަރު ނިންމާ ނިންމުން މުރާޖައާކޮށްދިނުންއެދި ހުށަހެޅުމުން އެކަން ބެލުމަށް ދައުލަތުގެ އިދާރާތަކުގައި ވެރިންގެ ފެންވަރުގައި ތިބި މީހުންގެ މަދުވެގެން 3 މީހުންގެ މައްޗަށް މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ކޮމިޓީއަށެވެ.
(ޅ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭގޮތުންނެވެ.
(ކ) "ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަކަށެވެ.
(އ) "ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާއިން ރައްކާތެރިކޮށްދީފައިވާ މައުލޫމާތު ނިސްބަތްވާ އަދި އެފަރާތެއްގެ މަސްލަހަތު އެ މާއްދާތަކުން ރައްކާތެރިކޮށްދޭ ފަރާތަށެވެ. ދައުލަތުގެ އިދާރާއެއް ނުވަތަ މައުލޫމާތަށް އެދޭ ފަރާތެއް މި މާނަކުރުމުގައި ހިމެނިގެނެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު