-

ކުނި މެނޭޖުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-24) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގާނޫނު ނަންބަރު 2026-07)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 އޮގަސްޓް 2026 ގައި)

 

ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) އިގްތިސާދީ އަދިނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ސިޔާސަތެއް ކަނޑައެޅުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޏ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޏ) ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ކުނި މެނޭޖުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުން؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ސ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ސ) ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މިންގަނޑުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޑ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޑ) ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރާ ސަރަހައްދުތައް ކަނޑައެޅުމާބެހޭ އުސޫލުތައް އެކުލަވާލުން؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޒ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޒ) ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ހުންނަންވީ މިންގަނޑުތަކާއި، އެ ވަސީލަތްތައް ޓެސްޓުކޮށް ސެޓިފައިކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޒ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ޓ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ރ) މި ގާނޫނުގެ ދަށުން ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތަކާއި، ކަނޑައަޅާ މިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން؛

(ބ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ ހިލާފަށް ކުނި މެނޭޖުކުރުމުގެ ސަބަބުން ތިމާވެއްޓަށް އަދިނުވަތަ އާންމު ސިއްހަތަށް ނޭދެވޭ އަސަރެއް ކުރާ ހާލަތްތަކުގައި، އެފަދައިން އަމަލުކުރާ ފަރާތްތައް، މި ގާނޫނުގެ ދަށުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޖޫރިމަނާ ކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ސިޔާސަތުތަކާއި، ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، އެ އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކޮށް، އެ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

 9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސ،ް އިގްތިސާދީ އަދިނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުން؛ އަދި

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ އަރިމަތީ ސުރުހީ، އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިގްތިސާދީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އުފެދޭ ކުނި މެނޭޖުކުރުން 12.

(ހ) އިގްތިސާދީ އަދިނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަކީ، އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ވެރިފަރާތް ނުވަތަ މެނޭޖުކުރާ ފަރާތުގެ ޒިންމާއެކެވެ. 

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިގްތިސާދީ މަސައްކަތްތަކުން އުފެދޭ ކުނި މެނޭޖުކުރުމުގެ ޕްލޭން 24.

(ހ) ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެނޫންވެސް އެފަދަ އިގްތިސާދީ މަސައްކަތްތައް ކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭނެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް މެނޭޖުކުރާ ފަރާތަކުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭން ތަންފީޒުކުރުމަކީ އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއް މެނޭޖުކުރާ ފަރާތެއްގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ އިގްތިސާދީ މަސައްކަތްތަކުން އުފެދޭ ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭން ވާންވާނ،ީ ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭނާއި، ރަށު އަދި ސިޓީ ފެންވަރުގައި ނުވަތަ ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ ޕްލޭނަކަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިންޑަސްޓްރިއަލް ކުނި މެނޭޖުކުރުމުގެ ޕްލޭން 1-24.

(ހ) އިންޑަސްޓްރިއަލް މަސައްކަތެއް ކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭނެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް މެނޭޖުކުރާ ފަރާތަކުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭން ތަންފީޒުކުރުމަކީ އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއް މެނޭޖުކުރާ ފަރާތެއްގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ އިންޑަސްޓްރިއަލް ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭން ވާންވާނ،ީ ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭނާއި، ރަށު އަދި ސިޓީ ފެންވަރުގައި ނުވަތަ ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ ޕްލޭނަކަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި، މި ގާނޫނުގެ ދަށުން .25

ބަޔާންކުރާ ކުނީގެ ބާވަތްތަކަށް ރިއާޔަތްކޮށް، ލައިސަންސްގެ ކެޓަގަރީތައް ކަނޑައަޅައި، އެ ކެޓަގަރީއެއްގެ ލައިސަންސް ދޫކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް، އަދި އެފަދައިން ދޫކުރާ ލައިސަންސްގައި އިތުރު ށަރުތުތައް ކަނޑައެޅުމާބެހޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(4) 50 (ފަންސާސް) ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

މީރާގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތައް 1-35.

(ހ) މީރާގައި ޖ.ީއެސ.ްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް، މި ގާނޫނުގައިވާ ގޮތުގެމަތިން ނަގާ ފީ ހޭދަކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ށ) ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މީރާގައި ޖ.ީއެސ.ްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުގެ ތެރެއިން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަމުންދާކަން، މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ އިގްތިސާދީ އަދިނުވަތަ އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އުފެދޭ އަދި އުފައްދާ ކުނ،ި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދަންވާނ،ީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން 44.

އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވ،ީ ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީ ކުށެކެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވ،ީ ނުރައްކާތެރި ކުނި ދިވެހިރާއްޖޭގައި ރީސައިކަލްކޮށް، ބޭނުންތެރި މާއްދާތައް އިއާދަކޮށް، އަދި އެނޫންވެސް ބޭނުމަކަށް ޕްރޮސެސްކޮށްގެން ނުވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އިގްތިސާދީ މަސައްކަތްތަކުން އުފެދޭ ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ނުވަތަ އިންޑަސްޓްރިއަލް ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ހަދަންޖެހޭ ފަރާތަކުން އެފަދަ ޕްލޭނެއް ހަދާފައި ނުވާނަމަ،- 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނުވަތަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން، އެ ފަރާތެއް ޖޫރިމަނާ ކުރުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސ،ް ޖޫރިމަނާ ކުރެވޭ ފަރާތަކީ ރަށު ނުވަތަ ސިޓީ ކައުންސިލްނަމަ ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވަނީ ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ނުހިމެނޭ ސަރަހައްދެއްގައިނަމަ،އެފަދަ ކުށަކަށް ދައްކާ ޖޫރިމަނާގެ ފައިސާ ޖަމާކުރަންވާނ،ީ ގާނޫނު ނަންބަރު 2006-3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "މޯލްޑިވްސް ގްރީން ފަންޑް" އަށެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "ކުނި" ކަމަށް ބުނެފައި އެވަނ،ީ އެއްޗެއްގެ ބޭނުން ކެނޑިގެން އުކާލާ ނުވަތަ އުކާލަން ވަކި ފަރާތަކާ ހަވާލުކުރެވޭ ކޮންމެ އެއްޗަކަށެވެ. އޭގެ ތެރޭގައި، ހަރު ތަކެއްޗާއި ދިޔާ ތަކެއްޗާއި ގޭސްވެސް ހިމެނެއެވ.

 

25 ވަނަ މާއްދާ - ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ޕ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޕ) "އިންޑަސްޓްރިއަލް ކުނި" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް މަސައްކަތެއްގެ ތެރެއިން އުފައްދާ ނުވަތަ އުފެދޭ ކުންޏަށެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ހއ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހއ) ''އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނ،ީ ތިމާވެށި ހިމާޔަތްކުރުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުން ހިނގަމުންދާ "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ހލ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހލ) "ޕްލާސްޓިކް ކޮތަޅު" ކަމަށް ބުނެފައި އެވަނ،ީ މުދާ ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކޮށްފައި ހުންނަ ކޮތަޅު ފިޔަވައި، މުދާ އުފުލުމަށް ބޭނުންކުރާ ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދ،ި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވ،ާ އަމިއްލަ ޒާތުގައި ނެތިފަނާވާ) ޑިގްރޭޑަބަލް (ޕްލާސްޓިކް ވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ހޓ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ހޔ) "މަރާމާތުކުރުން" ކަމަށް ބުނެފައި އެވަނ،ީ ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރުމުގެ ބޭނުމަށްޓަކައި އެ ތަކެތީގެ މާއްދީ ސިފަތަކަށް ބަދަލެއް ގެނައުމަށެވެ.

(ހފ) "ގޮވާތަކެތި" ނުވަތަ "އެކްސްޕްލޯސިވްސް" ކަމަށް ބުނެފައި އެވަނ،ީ ވަކި މިންވަރެއްގެ ފިނިހޫނުމިނެއްގައި ނުވަތަ ޕްރެށަރުގައި، ވިހައާއި، ވިހަ ގޭހާއި، ފުރާނައަށް ގެއްލުންދެނިވި ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، އޭގެ އަމިއްލަ ޒާތުގައި ގޮވާތަކެތި ނުވަތަ މާއްދާއަށެވެ.

(ހޖ) "ހުޅުހިފާ ދިޔާތަކެތި" ކަމަށް ބުނެފައި އެވަނ،ީ އެ މާހައުލެއްގެ އާންމު ފިނިހޫނުމިނުގައި އަލިފާން ރޯކުރުމަށް ބޭނުންކުރާ ނުވަތަ ހުޅު ރޯވާ އެއްޗެއް މެދުވެރިކޮށް، ނުވަތަ ވަކި ފިނިހޫނުމިނެއްގައި އޭގެ އަމިއްލަ ޒާތުގައި ފަސޭހައިން ހުޅުހިފާނެ ބާވަތުގެ މާއްދާއަށެވެ.

(ހޗ) "ފަސޭހައިން އަލިފާންހިފާ ޒާތުގެ ހަރު ތަކެތި" ކަމަށް ބުނެފައި އެވަނ،ީ ގޮވާތަކެތީގެ ތެރޭގައި ނުހިމެނ،ޭ އެއާ އެއްވެސް ކެމިކަލެއް ނުވަތަ މައުދަނެއް އެކުވުމަކާ ނުލައި، ނުވަތަ ވަށައިގެންވާ މާހައުލުން އެ އެއްޗެއްގެ ބަރުދަނަށް ނުވަތަ ބޯމިނަށް ނުވަތަ ޕްރެށަރަށް ބަދަލެއް ގެނައުމަކާ ނުލައި، އަލިފާން ރޯކުރުމަށް ބޭނުންކުރާ ނުވަތަ ހުޅު ރޯވާ އެއްޗެއް މެދުވެރިކޮށް ފަސޭހައިން އަލިފާންހިފާ ޒާތުގެ ހަރު މާއްދާއަށެވެ.

(ށހ) "ފަސޭހައިން އަމިއްލަ ޒާތުގައި ހުޅުހިފާ ތަކެތި" ކަމަށް ބުނެފައި އެވަނ،ީ އެ ތަކެތި އުފުލުމުގެ ތެރޭގައި އާންމު ފިނިހޫނުމިނުގައި ނުވަތަ ޕްރެށަރުގައި އަމިއްލަ ޒާތުގައި ހޫނުމިން މަތިވުމުން ނުވަތަ ވައިގެ ތެރޭގައި ހޫނުމިން
މަތިވުމުން ފަސޭހައިން އަލިފާންހިފާ ޒާތުގެ ތަކެތި ނުވަތަ މާއްދާއަށެވެ.

(ށށ) "ފެނާ އެކުވުމުން ހުޅުހިފާ، ނުވަތަ ހުޅުހިފާ ޒާތުގެ ގޭހެއް އުފައްދާ ތަކެތި" ކަމަށް ބުނެފައި އެވަނ،ީ އެ ތަކެތި ނުވަތަ މާއްދާ ފެނުގައި ޖެހުމުން އޭގެ އަމިއްލަ ޒާތުގައި ހުޅު ރޯވ،ާ ނުވަތަ ހުޅު ރޯވާފަދަ ގޭހެއް އުފައްދާ މާއްދާއަށެވެ.

(ށނ) "އޮކްސިޖަން އުފެދުމުގެ ސަބަބުން އެހެން އެއްޗެއް ނުވަތަ މާއްދާއެއްގައި އަލިފާން ހިފުމަށް މަގުފަހިކޮށްދޭ ތަކެތި ނުވަތަ މާއްދާ" ކަމަށް ބުނެފައި އެވަނ،ީ އޭގެ އަމިއްލަ ޒާތުގައި ހުޅު ނުހިފިނަމަވެސ،ް އޮކްސިޖަން އުފެއްދުމުގެ ސަބަބުން، އެހެން އެއްޗެއް ނުވަތަ މާއްދާއެއްގައި އަލިފާން ހިފުމަށް މަގުފަހިކޮށްދޭ ތަކެތި ނުވަތަ މާއްދާއަށެވެ.

(ށރ) "އޯގަނިކް ޕެރޮކްސައިޑްސް" ކަމަށް ބުނެފައި އެވަނ،ީ އޭގެ ކެމިކަލް ސްޓްރަކްޗަރގައި ބައިވެލެންޓް އޮކްސިޖަން (-0-0-) އެކުލެވޭ، އޭގެ އަމިއްލަ ޒާތުގައި ހުޅުހިފާ ދިޔާ ނުވަތަ ހަރު ތަކެއްޗަށެވެ.

(ށބ) "ވިހަ މާއްދާ" ކަމަށް ބުނެފައި އެވަނ،ީ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އެ މާއްދާއެއް ވާސިލުވުމުގެ ސަބަބުން ނުވަތަ ހަންގަނޑުގައި ޖެހުމުގެ ސަބަބުން، ފުރާނައަށް ގެއްލުން ލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ދިރުންތަކަށް ކުރިމަތިކުރުވާ މާއްދާއަށެވެ.

(ށޅ) "ބަލިޖައްސާ މާއްދާ" ކަމަށް ބުނެފައި އެވަނ،ީ އެ މާއްދާއެއްގައި އިންސާނުންނަށް ނުވަތަ ދިރުންތަކަށް ބަލިޖައްސާ ބަލީގެ ފަނި އުފުލައިދޭ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ނުވަތަ އެފަދަ ނުރައްކާތެރި އެއްޗެއް އެކުލެވޭ މާއްދާއަށެވެ.

(ށކ) "ކޮރޯސިވްސް" ކަމަށް ބުނެފައި އެވަނ،ީ ހަށިގަނޑުގެ ތަނެއްގައި ޖެހުމުން، ނުވަތަ އެއްވެސް އެއްޗެއްގައި ޖެހުމުން، އުފެދޭ ކެމިކަލް ރިއެކްށަނެއްގެ ސަބަބުން ހަށިގަނޑުގައި އެ ޖެހުނު ތަނަކަށް ނުވަތަ އެ ޖެހުނު އެއްޗަކަށް ބޮޑު ގެއްލުމެއްދޭ މާއްދާއަށެވެ.

)ށއ) "އިކޯޓޮކްސިކް މާއްދާ" ކަމަށް ބުނެފައި އެވަނ،ީ އެ މާއްދާއެއް މާހައުލަށް ދޫކުރުމުގެ ސަބަބުން އެ ތަނުގައި އުޅޭ ދިރުންތަކުގެ ހަށިގަނޑުގައި އެ މާއްދާ އަށަގަނެ ޖަމާވުމުގެ ސަބަބުން އެ ދިރުންތަކަށް ކުރު މުއްދަތެއްގައި ނުވަތަ ދިގު މުއްދަތެއްގައި ގެއްލުންދޭ މާއްދާ ނުވަތަ ތަކެއްޗަށެވެ.

(ށވ) "އިގްތިސާދީ މަސައްކަތްތައް" ކަމަށް ބުނެފައި އެވަނ،ީ ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެނޫންވެސް އިގްތިސާދީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "އޭޖެންސީ" ކަމަށް ބަޔާންކޮށްފައިވާ ތަންތަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރުން، އަދި "އޮތޯރިޓީ" ކަމަށް ބަޔާންކޮށްފައިވާ ތަންތަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރުން.

 

30 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުނި މެނޭޖުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު