ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު)
(ގާނޫނު ނަންބަރު 2020-33)
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކުދިންނަށް ހާއްސަ ކޯޓު 21.
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ޖުވެނައިލް ކޯޓަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުން.
21. (ނ) އަތޮޅު ތެރެއިން ހުށަހަޅާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިހްތިސާސްއާ ގުޅުންހުރި މައްސަލަތައް ކުރިއަށް ގެންދާނީ ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނާއި ޖުވެނައިލް ކޯޓުގެ ކަމާގުޅުންހުރި މުވައްޒަފުން އަތޮޅުތަކަށް ހާޒިރުވެއެވެ.
(1-ނ) މި މާއްދާގެ (ނ) ގެ ދަށުން ހިންގާ ށަރީއަތްތަކަކީ ޖުވެނައިލް ކޯޓުގައި ހިންގާ ށަރީއަތްތަކެއް ކަމުގައި ބެލެވޭނެއެވެ.
(2-ނ) މި މާއްދާގެ (ނ) އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 1-163 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ށަރީއަތްތައް ހިންގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 21 ވަނަ މާއްދާގެ (ރ) އުނިކުރުން.
21. (ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައްސަލަތައް ފިޔަވައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ އެހެން މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، މި ގާނޫނުގެ ދަށުން އުފައްދާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކަށެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
.21 (ބ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި (2-ނ) ގައި ބަޔާންކޮށްފައިވާ ށަރީއަތްތަކަކީ، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމާ ވަކިކުރެވިފައިވާ، މި ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގޭ ށަރީއަތްތަކެއް ކަމުގައި ވާންވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
.21 (ކ) ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން އިސްތިއުނާފު މަރުހަލާގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުން ބެލުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހައިކޯޓާއި ސުޕްރީމް ކޯޓުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 22 ވަނަ މާއްދާގެ (ނ) އުނިކުރުން.
.22 (ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ށަރުތުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުންނެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން
.23 (ނ) މި މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި، ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 24 ވަނަ މާއްދާ އުނިކުރުން.
އިންތިގާލީ މަރުހަލާ 24.
(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތަކުގެ އިހްތިސާސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 69 ވަނަ މާއްދާގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، މި ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތައް މި ގާނޫނުގައިވާ ގޮތުގެމަތިން ގާއިމުކުރެވެންދެން، އެ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އެންމެހައި މައްސަލަތައް ބަލާނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުން ކަނޑައަޅާ އުސޫލެއްގެ މަތިން، އެ ކޯޓުގެ ފަނޑިޔާރުންނެވެ.
(ރ) މި ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޜަންތައް މި ގާނޫނުގައިވާ ގޮތުގެމަތިން ގާއިމުކުރެވެންދެން މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުން މި މާއްދާގެ (ށ) ގެ ދަށުން ކުޑަކުދިންގެ މައްސަލަ ބެލުމުގައިވެސް އަމަލުކުރަންވާނީ، މި ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނާއި ޖުވެނައިލް ކޯޓުގެ ކަމާގުޅުންހުރި މުވައްޒަފުން އެހެން ޖުޑީށަލް ދާއިރާތަކަށް ގޮސް، އެ ދާއިރާތަކުގައި ކުޑަކުދިންގެ މައްސަލަތަކުގެ ށަރީއަތްތައް ހިންގުމަކަށް ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެފަދައިން ހިންގާ ށަރީއަތްތައްވެސް ހިންގަންވާނީ، އާންމު ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މީހުންގެ ށަރީއަތްތައް ހިންގުމަށް ކަނޑައެޅިފައިވާ ކޯޓުތަކުގެ ނިޒާމުން ބޭރުން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ އުސޫލުންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
.25 (ނ) މި ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން، ށަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭށަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެކުދިން ޕްރޮބޭށަންގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ށަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭށަން އޮފިސަރުންނެވެ. އަދި ޕްރޮބޭށަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭށަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 25 ވަނަ މާއްދާގެ (ރ) އުނިކުރުން.
.25 (ރ) ކުޑަކުދިންގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލޭ ހާލަތުގައި ށަރީއަތުގެ އެންމެހައި މަރުހަލާއެއްގައި އަދި ށަރީއަތަށް ފަހުގެ މަރުހަލާތަކުގައި އެކުދިން އިސްލާހުވެ އަނބުރާ މުޖުތަމައަށް އައުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކުދިންނަށް ބޭނުންވާ ކައުންސެލިންގ ހިދުމަތް ދޭނީ ޖުވެނައިލް ކޯޓު ނުވަތަ ޖުވެނައިލް ކޯޓުގެ ޑިވިޜަންތަކުގެ ކައުންސެލަރުންނެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
45. (ނ)
(2) ކުއްޖާގެ މައްސަލަ ބަލާ ކޯޓު؛
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު ނަންބަރު އިތުރުކުރުން.
45. (ނ)
(3) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
(4) މޯލްޑިވްސް ޕޮލިސް ސަރވިސް؛
(5) ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް؛ އަދި
(6) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ދިހަވަނަ ބާބުގެ ސުރުހީ އަންނަނިވި ފަދައިން އިސްލާހުކުރުން.
ދިހަވަނަ ބާބު
ކުއްޖާ ބަންދުގައި ބެހެއްޓުން
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ބަންދާ މެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން 58.1
(ހ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުއްޖާ ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަހަކަށް، އަދި އެކުއްޖާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.
(ށ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވޭ ކުއްޖަކުވެސް ބަންދުގައި ބަހައްޓާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.
(ނ) ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ކަނޑައަޅާ މަޖިލީހުގެ އެންމެހައި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
.59 (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ށަރީއަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ގާޒީ ނިންމަންވާނީ، އެކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، ކުއްޖާގެ ހާލަތާއި ބަންދާމެދު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ރައުޔެއް ހޯދުމަށްފަހު، އެކުއްޖާ ދޫކޮށްލައިފިނަމަ، އަންނަނިވި ހާލަތްތައް މެދުވެރިވެދާނެކަމަށް ބެލެވޭނަމައެވެ.
16 ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ށަރީއަތް ފެށުމުގެ ކުރިން ނުވަތަ ށަރީއަތް ފެށުމަށްފަހު ގޭގައި ބަންދުކުރުން .59-1
(ހ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރާއިރު އެކުއްޖާ ބަންދުގައި ބެހެއްޓުމަށް ނިންމާ ހާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.
(ށ) ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ކުއްޖެއްގެ ބަންދު މުރާޖައާކުރާ ހާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 72 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްތިއުނާފުކުރުމުގެ ހައްގު .72
ކުޑަކުއްޖެއްގެ މައްޗަށް ދަށު ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުނާފުކުރުމުގެ ހައްގު، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ ފަހަތަށް، ގާނޫނުގެ ތޭރަވަނަ ބާބަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ކުޑަކުދިންގެ މައްޗަށް ށަރީއަތުން އަދަބު ކަނޑައެޅުން 1-74
(ހ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެއްގެ 3/2 (ތިންބައިކުޅަ ދެބައި) އެވެ.
(ށ) އުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެއެވެ.
(ނ) އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ 4/3 (ހަތަރުބައިކުޅަތިންބައި) އަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުޑަކުއްޖާއަކީ ކުރިންވެސް ކުށެއް ސާބިތުވެފައިވާ ކުއްޖެއްނަމަ، އެކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށާއި އެކުއްޖާގެ ކުށުގެ ރެކޯޑަށާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، ކުއްޖާގެ އިޖްތިމާއީ ހާލަތު އަންގައިދޭ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު، ކުއްޖާގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަބު (އެ ކުށަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބު) ގެ ފުރިހަމަ މިންވަރު ކަނޑައެޅުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ރ) އެހެން އޮތްނަމަވެސް، ކުށަކަށް ދެވޭ އެންމެ ކުޑަ އަދަބު ގާނޫނުގައި ކަނޑައެޅިފައިނުވާނަމަ، އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބެއްގެ 3/2 (ތިންބައިކުޅަ ދެބައި) އަށްވުރެ ބޮޑުނުވާނެ އަދަބެކެވެ. އަދި އެފަދައިން އަދަބު ކަނޑައެޅުމުގައި އެކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށާއި، އެކުއްޖާގެ ކުށުގެ ރެކޯޑަށާއި ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، ކުއްޖާގެ އިޖްތިމާއީ ހާލަތު އަންގައިދޭ ރިޕޯޓަށް ރިއާޔަތްކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމުގައި، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ގައި ބަޔާންކުރާ "ތަފާތު އަދަބު އެއްހަމަކުރާ ތާވަލު" އާ އެއްގޮތްވާ ގޮތުގެމަތިން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.
19 ބުނެވިދިޔަ ގާނޫނުގެ 104 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
.104 (ބ)
- މި މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމުގައި ފުލުހުން އަމަލުކުރަންވާނީ، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- މި މާއްދާގެ ދަށުން މައްސަލައެއް ތަހްގީގުކުރަންވާނީ، އަދި އެފަދަ މައްސަލައަކާ ގުޅިގެން ކުއްޖާއާ ސުވާލުކުރަންވާނީ، ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތެއްގެ ހާޒިރުގައެވެ. އަދި އެއިން ފަރާތަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ކަމާބެހޭ އޮފިސަރެއްގެ ހާޒިރުގައެވެ.
- ހައްޔަރުކުރުމާއި ބަންދުކުރުމާއި ހައްޔަރަށްނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި، ސުވާލުކުރުމާއި ބަލައި ފާސްކުރުން ހިމެނޭގޮތުން، ތަހްގީގުކުރުމުގެ އެއްވެސް މަރުހަލާއަކާ ގުޅޭގޮތުން މި ގާނޫނުގައި ވަކި އުސޫލެއް ކަނޑައަޅާފައިނުވާ ހާލަތުގައި، މި މާއްދާގެ ދަށުން ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމުގައި ފުލުހުން އަމަލުކުރާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދެވަނަ ބައި (ތަހްގީގު މަރުހަލާ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- މި އަކުރުގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލަކަށް އަމަލުކުރުމުގައިވެސް، އެކުއްޖާއަކީ ކުޑަކުއްޖަކަށްވީތީ ލިބިދޭންޖެހޭ އެންމެހައި ހައްގުތައް އެކުއްޖާއަށް ލިބިދޭންވާނެއެވެ.
- މި މާއްދާގެ ދަށުން ފުލުހުން ހިންގާ ތަހްގީގުތައް ހިންގުމުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލަންވާނެއެވެ.
20. ބުނެވިދިޔަ ގާނޫނުގެ 104 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
.104 (ޅ) މި މާއްދާގެ ދަށުން ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލަންވާނެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 108 ވަނަ މާއްދާގެ (ށ) އުނިކުރުން.
.108 (ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، މި ހާލަތުގައިވާ މީހާގެ އުމުރުން 21 (އެކާވީސް) އަހަރު ފުރުމުން، އޭނާއާމެދު ހިނގަމުންދާ މައްސަލަ، ނުވަތަ އޭނާއަކީ ކުޑަކުއްޖެއްގެ ގޮތުގައި ދެކިގެން އެޅިފައިވާ އެންމެހައި ފިޔަވަޅެއް، ބާތިލުވީއެވެ
22. ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
.118 (ވ) ''ޖިނާއީ ބޮޑު ކުށެއް'' ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކުށްތަކަށެވެ.
23 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2018-19)
ކޮންސޮލިޑޭޓެޑް ގާނޫނު
ކުޑަކުދިންގެ އަދުލުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2018-19)
ކިޔުންތެރިންގެ ހިޔާލު