އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05) ނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-10)
ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ރޯޑް ސޭފްޓީ ކައުންސިލު 1-3
(ހ) މި ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި، އަންނަނިވި އިދާރާތަކުގެ ތެރެއިން ކޮންމެ އިދާރާއަކުން 1 (އެކެއް) މެންބަރު ހިމެނޭގޮތަށް "ރޯޑް ސޭފްޓީ ކައުންސިލު" ގެ ނަމުގައި ކައުންސިލެއް އެކުލަވާލަންވާނެއެވެ.
- އެއްގަމު ދަތުރުފަތުރާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
- މަގުހެދުމާއި އިމާރާތްކުރުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
- މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ؛
- މޯލްޑިވްސް ޕޮލިސް ސަރވިސް؛
- އެޓަރނީ ޖެނެރަލްގެ އޮފީސް؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛ އަދި
- ތިމާވެއްޓާގުޅޭ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީ.
(ށ) އެއްގަމު ދަތުރުފަތުރާ ގުޅޭގޮތުން މިނިސްޓްރީން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި، ރޯޑް ސޭފްޓީ ކައުންސިލުގެ ލަފަޔާއި މަށްވަރާ މިނިސްޓްރީން ހޯދަންވާނެއެވެ.
(ނ) ރޯޑް ސޭފްޓީ ކައުންސިލުން މަށްވަރާކުރަމުންދާ ކަމެއްގައި އެ ކަމެއްގެ މާހިރުންގެ ލަފަޔާއި އިރުށާދު ހޯދުމުގެ އިހްތިޔާރު އެ ކައުންސިލަށް ލިބިގެންވެއެވެ.
(ރ) ރަށެއްގެ ނުވަތަ ސިޓީއެއްގެ ނުވަތަ އެނޫންވެސް ސަރަހައްދެއްގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ރޯޑް ސޭފްޓީ ކައުންސިލުން ނިންމާ ނިންމުންތައް ނިންމުމުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ނުވަތަ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދޭ އިދާރާއަކާ މަށްވަރާކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދޭ އިދާރާކަމަށް ބުނެފައިއެވަނީ، ރަށެއް ނުވަތަ ސިޓީއަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަށެވެ. އަދި އެއިން އެއްވެސް ތަނެއްގެ އިހްތިސާސް ނުހިނގާ ސަރަހައްދަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ސަރަހައްދެއްގެ އިދާރީ އަދި މުނިސިޕަލް ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގެއްގައި، އެއާ ހިލާފަށް ދުއްވުމާއި، ޓްރެފިކް 6 ބައްތިއާ ހިލާފަށް ދުއްވުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 500,1 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދާ ހިލާފަށް ޕާކުކުރުން 7.
(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކުރުމަކީ މަނާކަމެކެވެ.
(ށ) ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއްގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖެހުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މި މާއްދާގެ ދަށުން އުޅަނދެއްގައި ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
(ނ) އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން، މި މާއްދާގެ (ށ) ގެ ދަށުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައިބަޔާންކޮށްފައިވާ ފަރާތްތަކުގެ ހާއްސަ އުޅަނދުފަހަރު ފިޔަވައި އެނޫން އުޅަނދުފަހަރު، އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އެފަދައިން ގެންދެވޭ އުޅަނދުފަހަރާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
8. (ނ) މި މާއްދާގެ (ށ) ގެ ދަށުން ނެގޭ އުޅަނދުފަހަރާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ރ) އުނިކުރުން.
6 ވަނަ މާއްދާ ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖޫރިމަނާއާ ގުޅިގެން ހުށަހެޅޭ ށަކުވާއާއި، ޖޫރިމަނާ ފައިސާ ހޯދުމަށް ދައުވާ އުފުލުން 9.
(ހ) މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގާއިމުކުރާ ށަކުވާ ހުށަހެޅުމުގެ ނިޒާމުގެ ދަށުން ހުށަހެޅޭ ށަކުވާތައް ބަލައި، ޖޫރިމަނާކުރި ކުރުން މުރާޖައާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރި ކުރުން މުރާޖައާކުރުމަށްފަހު، އެ ޖޫރިމަނާ ބާތިލުކުރަންޖެހޭނަމަ، އެ ޖޫރިމަނާ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަކުވާ ހުށަހެޅޭނެ ނިޒާމާއި، އެ ނިޒާމުގެ ތެރެއިން ހުށަހަޅާ ށަކުވާތައް ބަލައި، ޖޫރިމަނާކުރި ކުރުން މުރާޖައާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް، އެއްވެސް ފަރާތަކުން ނުދައްކާ އޮވެއްޖެނަމަ، އެ ފައިސާއެއް ވާނީ އެ މީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައެވެ. އަދި ށަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރެވޭ ފަރާތްތަކުގެ ތެރެއިން، ޖޫރިމަނާގެ އަދަދު 10،000 (ދިހަހާސް) ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ށަރީއަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ނެރޭ އަމުރު ތަންފީޒުކުރުމާގުޅޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ބ) އެއްގަމު އުޅަނދު ދުއްވުމަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ދުވެލީގެ މިންގަނޑާ ހިލާފަށް އެއްވެސް ފަރާތަކުން އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ.
(ޅ) މި މާއްދާގެ (ބ) އާ ހިލާފުވާ ފަރާތެއްގެ އަދަބަކީ:
- ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމެވެ.
- ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 (ސާޅީސް އަށެއް) ގަޑިއިރަށް ހިފެހެއްޓުމެވެ. އަދި 48 (ސާޅީސް އަށެއް) ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓުމެވެ.
- ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެ ފަރާތެއް ދުއްވި އުޅަނދު، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން އުޅަނދެއް ހިފެހެއްޓިއްޖެނަމަ، އެ އުޅަނދަކާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެއްގަމު އުޅަނދު ދުއްވުމުގައި މަގު ބޭނުންކުރުމުގެ ހަމަތައް 11.
(ހ) ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، މަގުގެ ވާތް ފަރާތުންނެވެ.(ށ) އެއް މަގެއްގައި ނުވަތަ މަގެއްގެ އެއް ލޭނުގައި، އެއް ހަމައެއްގައި ތިބެގެން އެކުއެކީގައި އެއް އުޅަނދަށްވުރެ ގިނަ އުޅަނދު ދުއްވާއިރު، މަގުގެ ފަހަތުން ދަތުރުކުރާ އުޅަނދުތަކަށް ދަތިވާގޮތަށް ދުއްވައިގެންނުވާނެއެވެ. އަދި އެއްވެސް ހާލެއްގައި، މަގުގައި ދަތުރުކުރާ އުޅަނދުތަކާއި މީހުންގެ ސަލާމަތަށް ނުރައްކާވާފަދަ ގޮތަކަށް ދުއްވައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މަގުގައި ނުވަތަ ލޭނުގައި އުޅަނދު ދުއްވުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އެއް އުޅަނދަށްވުރެ އަނެއް އުޅަނދު ކުރިއަށް އަރާ ހާލަތުގައި، ކުރިއަށް އަރާނެ
ޖާގަނެތިގެން ދެ އުޅަނދު އެއްހަމަވާ އެއްހަމަވުން މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.
(ރ) ވަކި ބާވަތެއްގެ އުޅަނދު ދުއްވުމަށް ވަކި ލޭނެއް ކަނޑައެޅިފައިވާ މަގުތަކުގައި، އެ އުޅަނދަކަށް ކަނޑައެޅިފައިވާ ލޭން ފިޔަވައި އެހެން ލޭނެއްގައި ދުއްވުމަކީ މަނާކަމެކެވެ. އަދި ކަނޑައެޅިފައިވާ ލޭނުގައި ދުއްވުމުގައިވެސް ބޭނުންކުރަންވާނީ ލޭނުގެ ވާތް ފަރާތެވެ.
(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ދުއްވަމުންދާ ލޭނުގައި އެކަށީގެންވާ ޖާގަ ނެތް ހާލަތުގައި، ކުރިމަތިން ދަތުރުކުރާ އުޅަނދެއްގެ ކުރިއަރައި ދިޔުމަށްޓަކައި، ޖެހިގެން އޮންނަ ލޭނުން ދަތުރުކުރަމުންދާ އުޅަނދުތަކަށް ޖާގަދީގެން ރައްކާތެރިކަމާއެކު ކުރިއެރުމަށް ފުރުސަތު ލިބޭ ހާލަތުގައި، ޖެހިގެން އޮންނަ ލޭން ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ އުޅަނދުތަކުގެ ތެރެއިން ހަކަތައިގެ ގޮތުގައި ތެޔޮ ބޭނުންކުރަން ނުޖެހޭ އެއްގަމު އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ފީ ނެގުމުން އިސްތިސްނާވެގެންވެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްތިސްނާކުރާ އެއްގަމު އުޅަނދު 21.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުތައް ފިޔަވައި، އެއްގަމު އުޅަނދުގެ ތެރެއިން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ، އަދި އެކަމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދު، އެފަދަ ބޭނުމެއްގައި ދުއްވާ ދުއްވުން މި ގާނޫނުން އިސްތިސްނާވާނެއެވެ. މިގޮތުން އިސްތިސްނާކުރެވޭ އުޅަނދެއް، އެ ބޭނުމުގައި ދުއްވަންވާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ނިށާނެއް ހަރުކޮށްގެންނެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިމަރޖެންސީ ބަރުގޮނު އަޅާފައި ދިޔުމަށް ހާއްސަކުރެވިފައިވާ އުޅަނދު 22.
(ހ) އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ، އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދު، އިމަރޖެންސީ ބަރުގޮނު އަޅާފައި ދުއްވަންޖެހޭ ހާލަތުގައި، އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި މަގުގެ އިދިކޮޅަށް، އަދި ޓްރެފިކް ބައްތިއަށް މަޑުކުރުމަކާ ނުލައި ދުއްވިދާނެއެވެ. އަދި ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށްވެސް ދުއްވިދާނެއެވެ.
(ށ) އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ، އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދުތަކަށް ފަސޭހަކަމާއެކު ދެވޭނެގޮތަށް މަގުގައި ދުއްވާ އެހެން އުޅަނދުތަކާއި، މަގު ބޭނުންކުރާ މީހުން ޖާގަދޭންވާނެއެވެ. އަދި އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ، އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދަށް ހުރަސްއެޅުމަކީ މަނާކަމެކެވެ.
(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުތަކުގައި ބޭނުންކުރާ އިމަރޖެންސީ އަލިތަކާއި އަޑުތައް، އެހެން އުޅަނދުތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި، "އިމަރޖެންސީ ބަރުގޮނު އަޅާފައި ދިޔުމަށް ހާއްސަކުރެވިފައިވާ އުޅަނދު" ކަމަށް ބުނެފައިއެވަނީ، ސިއްހީ ނުވަތަ ސަލާމަތީ ނުވަތަ އެނޫންވެސް ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާއެންބިއުލާންސާއި، ސަލާމަތީ ބާރުތަކުގެ އެއްގަމު އުޅަނދުތަކާއި، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އެނޫންވެސް އެފަދަ އުޅަނދުތަކަށެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނަންބަރު ފަރުމާކޮށްފައި ހުންނަންވާނެ ގޮތުގެ ނަމޫނާއެއް، މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އެގޮތުން ފަރުމާކޮށް އާންމުކުރާ ނަމޫނާގައި، ބޯޑަރާއި އަކުރުތަކާއި ނަންބަރުތަކުގެ މިންތައް ސާފުކޮށް އެނގެން ހުންނަންވާނެއެވެ. އަދި ނަންބަރު އެކުލެވިގެންވާ ބޯޑު ތައްޔާރުކުރާނެ މައުދަނާއި، ޑިޖިޓަލްކޮށް މައުލޫމާތު ހިމަނާނަމަ ހިމަނާނެ ގޮތަކާއި، އެކަމާގުޅޭ އެންމެހައި ކަންކަން މި ގާނޫނުގެ ދަށުން ހަދާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބޭނުންކުރެވޭނެ އުޅަނދުގެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން 24.
(ހ) ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެއެވެ. އެފަދައިން އުޅަނދުގެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަންވާނީ، އެއިން ކޮންމެ ތަނަކަށް ވަކިންނެވެ.
(ށ) ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ނުވަތަ ރަށެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އެ ސަރަހައްދުތަކުގައި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީންނެވެ.
(ނ) ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި، މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރިއެއްގެ ނަމުގައި ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ބޭނުންކުރެވޭނެ އުޅަނދުގެ އަދަދު ނުވަތަ މުއްދަތު ކަނޑައެޅުމާއި، ވަކި މީހެއް ނުވަތަ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގައި، އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް އަމަލުކުރަން ލާޒިމުކުރުމުގެ މަދުވެގެން 6 (ހައެއް) މަސްދުވަސް ކުރިން އެކަން އާންމުކޮށް އަންގައި އިއުލާނުކުރަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކުރުމާއި، ރަޖިސްޓަރީނުކުރާ އެއްގަމު އުޅަނދެއްގައި މި ގާނޫނާ ހިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކުރުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރަށް ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނައުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކުރި ފަރާތެއްގެ އަދަބަކީ؛
- އެފަދަ އުޅަނދެއް އެވަގުތު ދުއްވަން ހުރި ފަރާތް 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
- އެފަދަ ކަމެއް ސާބިތުވެއްޖެނަމަ އެކަމެއް ކުރި ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އެކަން ކުރީ ވިޔަފާރިކުރާ ތަނަކުންނަމަ އެ ތަނެއްގެ ވިޔަފާރީގެ ހުއްދަ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދާ ގުޅިގެން، އުޅަނދުގެ ވެރިފަރާތް ދެނެގަތުމާއި، އުޅަނދުގައި ބަދަލު ގެނެސްފައިވާ ނަންބަރުތައް އިސްލާހުކުރުމާއި، އުޅަނދު އަނބުރާ އުޅަނދުގެ ވެރިފަރާތާ ހަވާލުކުރުމާއި، އުޅަނދު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވޭނެ މުއްދަތާއި އެނޫންވެސް އެފަދަ އުޅަނދުތަކާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޑްރައިވިންގ ސްކޫލް އަދި ޑްރައިވިންގ އިންސްޓްރަކްޓަރުން 30.
(ހ) މި ގާނޫނުގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމަށާއި ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ލައިސަންސް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރަންވާނެއެވެ.
(ށ) ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އެ ގަވާއިދުގައި، ޑްރައިވިންގ ސްކޫލްގެ އިންސްޓްރަކްޓަރުންނާއި އާންމު އިންސްޓްރަކްޓަރުންގެ ފެންވަރާއި، ދުއްވަން ދަސްކޮށްދިނުމަށް ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދުތައް ކަނޑައަޅަންވާނެއެވެ. އަދި އެކިއެކި ގިންތީގެ ވެހިކަލްތަކަށް ޑްރައިވަރުން އިމްތިހާނުކުރެވޭނެ މިންގަނޑުތަކާއި، އިމްތިހާނުކުރެވޭނެ ގޮތްތައްވެސް އެ ގަވާއިދުގައި ހިމަނަންވާނެއެވެ.
(ނ) ޑްރައިވިންގ ސްކޫލް ހިންގުމަށް އަދި ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅުމުން، ޑްރައިވިންގ ސްކޫލް ހިންގުމަށް ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން ފުރިހަމަވެފައިވާނަމަ، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ލައިސަންސް ދޫކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ހުއްދަ ދޫކުރެވޭ ޑްރައިވިންގ ސްކޫލްތަކާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ލިސްޓެއް މިނިސްޓްރީން އަދާހަމަކޮށް، ބަލަހައްޓައި، އެ ލިސްޓު އާންމުކޮށް ށާއިއުކުރަމުން ގެންދަންވާނެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާ އުނިކުރުން.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ގާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި، އެ ގައުމެއްގެ ލައިސަންސް މިނިސްޓްރީން ގަބޫލުކުރާނެ ގައުމުތަކުގެ ލިސްޓެއް، މިނިސްޓްރީން އާންމުކުރަންވާނެއެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީން އާންމުކުރާ ލިސްޓުގައި ހިމެނޭ ގައުމަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ އިމްތިހާން ހެދުމަކާ ނުލައި، ދާއިމީ ލައިސަންސެއް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓެކްސީގެ ހިދުމަތް ދިނުން 48.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން
(ހ) ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، ލައިސަންސް ހޯދާފައިވާ ޓެކްސީ ސެންޓަރުތަކަށް ނުވަތަ އާންމު ފަރާތްތަކަށެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) އުނިކުރުން.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(އ) ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް އާންމު ފަރާތްތަކަށް ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވޭނެ އުސޫލުތަކާއި، ށަރުތުތަކާއި، މިންގަނޑުތަކުގެ ތަފްސީލު،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ޕްރައިވެޓް ހަޔަރގެ ހިދުމަތް 1-48
(ހ) ދިވެހިރާއްޖޭގައި ޕްރައިވެޓް ހަޔަރގެ ހިދުމަތް ފޯރުކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، ލައިސަންސް ހޯދާފައިވާ ފަރާތްތަކަށެވެ.
(ށ) ޕްރައިވެޓް ހަޔަރގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްދިނުމާއި، ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި، ހިދުމަތް ފޯރުކޮށްދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގިންތި ކަނޑައެޅުން 52.
އެއްގަމު އުޅަނދުފަހަރުގެ ގިންތިތައް ތިރީގައިވާ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ބަރު އުޅަނދުފަހަރު؛
(ށ) ލުއި އުޅަނދުފަހަރު؛
(ނ) ތެޔޮ އުފުލާ އުޅަނދުފަހަރު؛
(ރ) ގޭސް އުފުލާ އުޅަނދުފަހަރު؛
(ބ) ތަފާތު ކެމިކަލްއާއި ނުރައްކާތެރި މުދާ އުފުލާ އުޅަނދުފަހަރު؛
(ޅ) ކުނިއުކާލުމަށް ބޭނުންކުރާ އުޅަނދުފަހަރު؛
(ކ) ބަރުމުދާ އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛
(އ) ބަރުމުދާ އުފުލުމަށް ހާއްސަކޮށްފައި ހުންނަ ދެބުރިވަކިކުރެވޭ އުޅަނދުފަހަރު؛
(ވ) ކޮންޓޭނާ އުފުލުމަށް ހާއްސަކޮށްފައި ހުންނަ އުޅަނދުފަހަރު؛
(މ) ފެން އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛
(ފ) ކާބޯތަކެއްޗާއި ފިނިކޮށް ތަކެތި އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛
(ދ) ކޮންސްޓްރަކްށަން މަސައްކަތްތަކަށް ހާއްސަކޮށްފައި ހުންނަ އުޅަނދު ފަހަރު:
- ކޮންނަން ބޭނުންކުރާ އުޅަނދުފަހަރު؛
- ތާރުއެޅުމާ މަގުހެދުމަށް ބޭނުންކުރާ އުޅަނދުފަހަރު؛
- ކްރޭން، ފޯކްލިފްޓްފަދަ މުދާ އުފުލައި ބާލާ އުޅަނދުފަހަރު؛
- ތަފާތު އެކި މަސައްކަތްތަކަށް އުފައްދާފައި ހުންނަ އަދި އުފައްދާ އުޅަނދުފަހަރު؛
- އުސް އިމާރާތްތަކަށް އަރާ އެކި މަސައްކަތްކުރުމަށް އުފައްދާފައި ހުންނަ އަމިއްލަ ޒާތުގައި ދުއްވާ ލިފްޓްފަދަ އުޅަނދުފަހަރު؛
(ތ) ޓީވީ ރޭޑިއޯފަދަ މުއާސަލާތީ ހިދުމަތްތައް ވަގުތުން ވަގުތަށް ބްރޯޑްކާސްޓްކުރުމަށް އުފައްދާފައި ހުންނަ އުޅަނދުފަހަރު؛
(ލ) ތަފާތު ފަންނީ ދިރާސާކުރުމަށް އުފައްދާފައި ހުންނަ އެއްގަމު އުޅަނދުފަހަރު.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކުދިން ބައިސްކަލުގައި އުފުލުމާއި އެކަކަށްވުރެ ގިނަ މީހުން އަރައިގެން ބައިސްކަލް ދުއްވުން 58.
ކުޑަކުދިން އެރުވުމަށް ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ގޮނޑީގައި ކުޑަކުއްޖަކު ބައިންދައިގެން ދުއްވާ ދުއްވުން ފިޔަވައި، އުމުރުން 6 (ހައެއް) އަހަރު ނުފުރޭ ކުޑަކުދިން ބައިސްކަލުގައި އުފުލުމާއި، އެކަކަށްވުރެ ގިނަ މީހުން އަރައިގެން ދުއްވުމަށް އުފައްދާފައިވާ ބައިސްކަލު ފިޔަވައި އެނޫން ބައިސްކަލުގައި އެކަކަށްވުރެ ގިނަ މީހުން ނުވަތަ ކުދިން އަރުވައިގެން ދުއްވުމަކީ މަނާކަމެކެވެ.
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ބ) އެއްގަމު އުޅަނދުގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އެއްވެސް އުޅަނދެއް މުދާ އުފުލުމަށް ބޭނުންކުރަންވާނީ، ނުވަތަ މުދާ އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ފަސިންޖަރުން އުފުލުމަށް ބޭނުންކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އުޅަނދެއްގެ ރަޖިސްޓަރީ ބަދަލުކުރުމަށްފަހުގައެވެ.
(ޅ) މި ގާނޫނާ ހިލާފަށް މީހުން އުފުލާ އެއްގަމު އުޅަނދުގައި މުދާ އުފުލުމާއި، މުދާ އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގައި މީހުން އުފުލުމަކީ މަނާކަމެކެވެ.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މުދަލާއި ތަކެތި އުފުލުން 60.
(ހ) ބައިސްކަލުގައާއި، ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދަލާއި ތަކެތި އުފުލަންވާނީ، އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް އަޅައިގެންނެވެ. އަދި ވަށިގަނޑަށް އަޅައިގެން ނުވަތަ މަޑިދަށަށް އަޅައިގެން ނޫންގޮތަކަށް އެއްވެސް އެއްޗެއް އުފުލަންވާނީ، އުޅަނދު ދުއްވާ ފަރާތަށް އުޅަނދުގެ ކޮންޓްރޯލް ނުގެއްލޭނެފަދަ ގޮތަކަށް، އަދި އެހެން އުޅަނދުތަކާއި މީހުންނާއި ތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުވާނެފަދަ ގޮތެއްގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފަށް މުދަލާއި ތަކެތި އުފުލުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްގަމު އުޅަނދެއްގައި މުދަލާއި ތަކެތި އުފުލުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) އެކްސިޑެންޓް މައްސަލަތަކުގެ ތަހްގީގުގެ ބޭނުމަށް އެކްސިޑެންޓްގައި އިހުމާލުވާ ފަރާތުގެ ލައިސަންސް، ގިނަވެގެން 7 (ހަތެއް) ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށްލިބިގެންވެއެވެ. މިގޮތަށް ލައިސަންސް ހިފަހައްޓައިފިނަމަ ލައިސަންސް ހިފަހައްޓާ ވަގުތުން ފެށިގެން، އޭނާގެ ލައިސަންސް ހިފެހެއްޓިފައިވާ މުއްދަތުގެ ނިޔަލަށް، އޭނާއަށް ވަގުތީ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރަންވާނެއެވެ. އެކްސިޑެންޓުގެ ބާވަތުން، 7 (ހަތެއް) ދުވަހަށްވުރެ އިތުރު މުއްދަތަކަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ދިމާވި އެކްސިޑެންޓްގެ ނުރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެކްސިޑެންޓްގައި އިހުމާލުވާ ފަރާތަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫނުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) އެކްސިޑެންޓެއް ހިނގާ ހާލަތުގައި، އެކްސިޑެންޓުވި އުޅަނދު ދުއްވާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، އެކްސިޑެންޓް މައްސަލަތައް ތަހްގީގުކުރާ ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ދިމާވި އެކްސިޑެންޓްގެ ނުރައްކާތެރިކަމުގެ މިންވަރާއި އެކްސިޑެންޓުގައި އިހުމާލުވީ ފަރާތް ކަނޑައެޅުމުގެ މިންގަނޑުތައް އަދި އެ ނޫންވެސް އެކްސިޑެންޓް މައްސަލަތަކުގައި އާންމުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން 63.
(ހ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
(ށ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، އޭނާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހާއި 25 (ފަންސަވީސް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ.
(ނ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 6 (ހައެއް) މަސްދުވަހާއި، 5 (ފަހެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ.
(ރ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހާގެ އަދަބަކީ:
- ފުރަތަމަ ފަހަރަށްނަމަ 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
- ދެވަނަ ފަހަރަށްނަމަ 4،000 (ހަތަރުހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި؛
- ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 6،000 (ހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެފަރާތަކަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހިފެހެއްޓުމެވެ.
(ބ) މި މާއްދާގައި ބަޔާންކުރާފަދަ ގޮތަކަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް މި މާއްދާގައި ބަޔާންކުރާ އަދަބު ކަނޑައެޅުމުގެ އިތުރުން، އެފަރާތަކުން ދުއްވި އުޅަނދު ހުއްޓުވައި، އެ އުޅަނދެއް ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހިފަހައްޓާ އުޅަނދާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އުޅަނދުގެ އަސްލަށް ބަދަލުގެނައުން 1-63
(ހ) އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށްފަހު، އުޅަނދަށް އެއްވެސް ބަދަލެއް ގެނެވޭނީ، އުޅަނދުގެ އަސްލު ނުގެއްލޭ ގޮތަށެވެ.
(ށ) އެއްގަމު އުޅަނދަށް ގެންނަ ބަދަލަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް ގެނެސްފައިވާ ބަދަލެއްނަމަ، އުޅަނދަށް ގެނެސްފައިވާ ބަދަލު ރަނގަޅުކުރުމަށް އުޅަނދުގެ ވެރިފަރާތަށް އެންގުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާ އެންގުމަށް އުޅަނދުގެ ވެރިފަރާތުން އަމަލުނުކޮށްފިނަމަ، އެފަދަ އުޅަނދެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ އުޅަނދަކާމެދު އަމަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އުޅަނދަކަށް ބަދަލުގެނައުމުގެ މާނައިގެ ތެރޭގައި، އެ އުޅަނދެއް ބަލަހައްޓައި، ސަރވިސްކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ނުހިމެނެއެވެ.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ޅ) އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުންނަ ބައްތިތަކުގެ އަލި ހުންނަންވާ މިންވަރާއި ކުލައާއި އެނޫންވެސް ކަމާގުޅޭ އެހެނިހެން މިންގަނޑުތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
(ކ) އެއްގަމު އުޅަނދުގައި ހަރުކޮށްފައިވާ ބައްތިތަކުގެ އަސްލަށް ބަދަލު ގެނައުމާއި، އިތުރު ބައްތިތަކާއި އަލިތައް ހަރުކޮށްގެން ނުވަތަ އޭގެ ކުލައަށް ބަދަލުގެނެސްގެން ދުއްވުމަކީ މަނާކަމެކެވެ.
35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 67 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޅ) ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވުމަކީ މަނާކަމެކެވެ. އެފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ 500,1 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 67 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކޮށް، އެ މާއްދާގެ (ކ) އެއީ އެ މާއްދާގެ (ވ) ކަމުގައި ހަމަޖެއްސުން.
(ކ) ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތުން ދުއްވި އުޅަނދު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ހިފަހައްޓާ އުޅަނދާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު އަމަލުކުރެވޭ އިޖުރާއަތު 1-68.
(ހ) މި ގާނޫނުގެ ދަށުން އުޅަނދެއް ހިފެހެއްޓިއްޖެނަމަ، އެކަމުގެ ނޯޓިސް، އެ އުޅަނދުގެ ވެރިފަރާތަށް، ނުވަތަ އެ އުޅަނދު ދުއްވަން އިނީ ވެރިފަރާތް ކަމުގައިނުވާނަމަ، އެ އުޅަނދު ދުއްވަން އިން ފަރާތަށް، ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދޭންވާނެއެވެ. އަދި، މިފަދައިން ދޭ ނޯޓިހުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އުޅަނދު ހިފެހެއްޓުނު ސަބަބު؛
- އުޅަނދު ހިފެހެއްޓުނު ވަގުތު؛
- އުޅަނދު ހުރި ތަން؛
- އުޅަނދު ހިފެހެއްޓިފައިވާ މުއްދަތު؛
- އުޅަނދު އަނބުރާ ހަވާލުކުރެވޭނީ ކޮން ފަރާތަކާކަން؛
- އުޅަނދާ ހަވާލުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު.
(ށ) މި ގާނޫނުގެ ދަށުން އުޅަނދެއް ހިފެހެއްޓުމަށްފަހު، އުޅަނދު ހިފެހެއްޓި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް، އުޅަނދު ހިފެހެއްޓި ވަގުތުން ފެށިގެން ގިނަވެގެން 12 (ބާރަ) ގަޑިއިރު ގެ ތެރޭގައި އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުން، އެ އެންގުން އެންގި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރަށް ރައްދުވުމާއެކު، ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، އުޅަނދު ހިފަހައްޓާފައިވަނީ މި ގާނޫނުގެ ދަށުން އުޅަނދު ހިފަހައްޓަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ، އެ އޮފިސަރު ނިންމަންވާނެއެވެ. އަދި، އުޅަނދު ހިފަހައްޓާފައިވަނީ މި ގާނޫނުގެ ދަށުން އުޅަނދު ހިފަހައްޓަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމުގައި އެ އޮފިސަރަށް ފެނިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން އެ އުޅަނދެއް އަނބުރާ ހަވާލުކުރުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށް ގެންދަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ހިފަހައްޓާ އުޅަނދުގެ ތެރެއިން، އުޅަނދުގެ ވެރިފަރާތުން އުޅަނދާ ހަވާލުނުވުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުޅަނދުގެ މައުލޫމާތު ފަސޭހައިން ފެންނަގޮތަށް ފުލުހުން އާންމުކުރަންވާނެއެވެ. އަދި، އެފަދައިން މައުލޫމާތު އާންމުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުހުލަތެއް، އެ އުޅަނދާ ހަވާލުވުމަށް، އުޅަނދުގެ ވެރިފަރާތަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައިވެސް އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނުގެންގޮސްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
- އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކާލުން؛ ނުވަތަ
- އެ އުޅަނދެއް ނައްތާލުން.
(ޅ) މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ދޫކުރެވޭނީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުންނެވެ.
(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދަކީ، ޖިނާއީ ކުށެއް ހިންގުމުގައި ބޭނުންކޮށްފައިވާ އުޅަނދެއްކަމަށް، ފުލުހުންނަށް ތުހުމަތުކުރެވޭ ހާލަތެއްގައި، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރުމުގެ ބަދަލުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން އެ އުޅަނދަކާމެދު އަމަލުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(އ) މި ގާނޫނުގެ ދަށުން ހިފެހެއްޓޭ އުޅަނދެއް އަނބުރާ ހަވާލުކުރަންވާނީ އުޅަނދުގެ ވެރިފަރާތާއެވެ. އުޅަނދުގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތަކާ އުޅަނދު ހަވާލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ވ) މި ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދަކީ، ވަގަށް ނަގާފައިވާ އުޅަނދެއްނަމަ، އެ އުޅަނދެއް ހިފެހެއްޓޭ މުއްދަތުގެ ކުރިންވެސް އެ އުޅަނދެއް އަނބުރާ ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު، އުޅަނދުގެ ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ކަމާގުޅޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް އަންނަނިވި ދެ އަކުރު އިތުރުކުރުން.
(ޑ) "އަސްކަރީ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ.
(ޒ) "ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ އެފަދަ އެއްޗަކުން ވަސްދެމުމަށެވެ.
39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި، "އާންމު ދަތުރުފަތުރުގެ ނިޒާމު"، މި އިބާރާތް ބޭނުންކޮށްފައިވާ ކޮންމެ ތަނެއް "އެއްގަމު ދަތުރުފަތުރުގެ ނިޒާމު"، މި އިބާރާތަށް ބަދަލުކުރުން.
40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޖަދުވަލުގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.
5. އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބާތިލުކޮށްދޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
6 .ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ އެއްގަމު އުޅަނދު، ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި
500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
7 .އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ހަދައިދޭ ފަރާތްތަކަށް ދޫކުރާ ސްޓިކަރ ދޫކުރުމާއި، އައުކޮށްދިނުމުގެ ހިދުމަތް ދެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 25 (ފަންސަވީސް) ރުފިޔާ ނެގުމަށް ފަހުގައެވެ.
8 .އެއްގަމު އުޅަނދު އެއް ޒޯނުން އަނެއް ޒޯނުގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ، ނުވަތަ އެ ހުއްދަ އައުކޮށްދެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 200 (ދުއިސައްތަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
9 .އަލަށް ޑޮމެއިން ރަޖިސްޓަރީކުރުމާއި، ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމާއި، ޑޮމެއިންގެ ވެހިކަލް ބަދަލުކުރުމުގެ އަގު، ތިރީގައި މިވާ ގޮތުގެމަތިން ނެގޭނެއެވެ.
(ހ) އަލަށް ޑޮމެއިން ނަންބަރެއް ރަޖިސްޓަރީކޮށްދެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
(ށ) ޑޮމެއިނެއްގެ ވެރިފަރާތް ބަދަލުކުރަން ބޭނުންވާނަމަ، ނުވަތަ ޑޮމެއިން ރަޖިސްޓަރީކޮށްފައިވާ ވެހިކަލް ބަދަލުކުރަން ބޭނުންވާނަމަ، ބަދަލުކުރެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
10 .ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރުމާއި، ހުއްދަ އައުކުރުމާއި، ބާތިލްކުރުމާއި ތިނެސްކަން ސްޓިކަރ ދޫކުރުމުގެ އަގު، ތިރީގައިމިވާ ގޮތުގެމަތިން ނެގޭނެއެވެ.
(ހ) ޓެކްސީ ދުއްވުމުގެ ހުއްދަ އަލަށް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.
(ށ) ޓެކްސީ ދުއްވުމުގެ ހުއްދަ އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.
(ނ) ޓެކްސީ ދުއްވުމުގެ ހުއްދަ ބާތިލްކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
(ރ) ޓެކްސީ ދުއްވުމުގެ ހުއްދަ ދިނުމަށް ދޫކުރެވޭ ތިނެސްކަން ސްޓިކަރ ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.
11 .ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ދޫކުރެވޭނީ، އަދި އެ ލައިސަންސް އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.
12 .ޑްރައިވިންގ ސްކޫލް ރަޖިސްޓަރީކޮށްދެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
13 .އަލަށް ތައާރަފުކުރާ ހިދުމަތެއްނަމަ، އެ ހިދުމަތެއް ދެވޭނީ، އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއް ނެގުމަށްފަހުގައެވެ.
41 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)
ކޮންސޮލިޑޭޓެޑް ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)
ކިޔުންތެރިންގެ ހިޔާލު