-

ގާނޫނު ނަންބަރު 2019-22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-04)

 

ގާނޫނު ނަންބަރު 2019-22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

3-1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި
ފަދައިން ދެ އަކުރު އިތުރުކުރުން.

 231.

(ޅ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، 3 ޖޫން 2017 ގައި އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބުނުކުރެވިއްޖެހިނދެއްގައި، އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެ ން، މިހާރު އިންތިހާބުކޮށްފައިވާ، އަދި މަގާމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން، އެ މީހުންގެ މަގާމުގައި ދެމިތިބޭނެއެވެ

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު، އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެއެވެ.

  

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު