-

ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-13)

 

ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ އަރިމަތީ ސުރުހީީ އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ އަރިމަތީ ސުރުހީީ އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

މީރާގެ ބޯޑު 4.

(ހ) މީރާގެ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، މި ގާނޫނުން ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކުރެވޭ ބޯޑެއް އޮންނަންވާނެއެވެ.

 

2  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

4. (ށ) މީރާގެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ޓެކްސް ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން؛
  2. ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި، މީރާގެ އެންމެހައި މުވައްޒަފުންގެ މިލްކިއްޔާތާބެހޭ މައުލޫމާތު ދިރާސާކުރުމާއި، އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދުން؛
  3. ޓެކްސް ނެގުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް މީރާއިން ތަންފީޒުކުރޭތޯ ބެލުމާއި، މީރާގެ މަގްްސަދުތައް ހާާސްިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން؛
  4. މީރާގެ އިދާރީ ކަންކަން ހިންގުމުގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބޭނުންވެއްޖެ ހިނދެއްގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލަފާދިނުން؛
  5. ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި، ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި މީރާގެ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ކަނޑައެޅުން.

 

3  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

4. (ރ) މީރާގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

  1. ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ފަރާތް؛
  2. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 (ފަހެއް) މެންބަރުން؛
  3. ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން.

 

4ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

4. (ބ)

  1. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
  2. މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ބޯޑުގެ މެންބަރުން އައްޔަންކުރަންވާނީ، އާާންމުކޮށް އިއުލާނުކުރުމުން، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން، ނަން ފޮނުވުމުގައި ބޯޑަށް މެންބަރުން ބޭނުންވާ އަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ. ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް، ބޯޑަށް ބޭނުންވާ މެންބަރުންގެ އަދަދަށްވުރެ މަދުނަމަ، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

5ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ޅ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްްލާހުކުރުން

4. (ޅ)

(10) ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިގްްތިސްާދު، މާލީ، އެކައުންޓިންގ، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާާސްިލުކޮށްފައިވުން، ނުވަތަ އެއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާާސްިލުކުރުމަށްފަހު އެ ދާއިރާއެއްގައި މަސައްކަތްކޮށް، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

4. (1-ޅ)

ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެންބަރެއްގެ ގޮތުގައެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

4. (އ)

ބޯޑުގެ ޗެއަރޕަރސަންއަކީ މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތެވެ. ބޯޑުގެ ޑެޕިއުޓީ ޗެއަރޕަރސަންއަކީ މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން ބޯޑުން އައްޔަންކުރާ މީހެކެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ބޯޑުގެ މެންބަރުން ވަކިކުރުމާއި އިސްތިއުފާ ދިނުން

5. (ހ) މީރާގެ ބޯޑުގައި ހިމެނޭ މެންބަރަކަށް އަންނަނިވި ހާާލަތްތަކުގެ ތެރެއިން ހާާލަތެއް މެދުވެރިވެއްޖެނަމަ، މީރާގެ ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.

  1. ށަރުއާީ ހުކުމަކުން އިފްލާސްކުރުން؛ ނުވަތަ
  2. ޖިނާއީ ކުށެއް ކުރިކަން ށަރުއާީ ކޯޓަކަށް ސާބިތުވެ ހުކުމްކުރުން؛ ނުވަތަ
  3. މެންބަރެއްގައި ހުރުމަށް މި ގާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާާލަތެއް މެދުވެރިނުވިނަމަވެސް، ބޯޑު މެންބަރުންގެ ތެރެއިން މެންބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވިކަމަށް، ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.

(ނ) ބޯޑުގެ މެންބަރަކު އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން،    އެ މެންބަރަކު މަގާމުން ވަކިވީއެވެ.

(ރ) ބޯޑުގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެ މެންބަރަކު އައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މަގާމުން ވަކިވެއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ ހުސްވި މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

7. (ރ)

ބޯޑުން ކަމެއް ފާސްކުރުމަށް ވޯޓު ދިނުމުގައި ބޯޑުގެ ޗެއަރޕަރސަންއަށް ވޯޓު ދެވޭނީ އެ ކަމެއްގައި ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެ ހިނދެއްގައި އެކަންޏެވެ. ބޯޑުން ފާސްކުރާ ކޮންމެ ކަމެއްގައިވެސް ކޮންމެ މެންބަރަކު ވޯޓު ދިން ގޮތް ވަކިވަކިން ޔައުމިއްޔާއިން އެނގެން އޮންނަންވާނެއެވެ.

 

10 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

7. (ބ)

ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ އަރިމަތީ ސުރުހީީ އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަދި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އައްޔަންކުރުމާއި ވަކިކުރުމާއި މުސާރަ ކަނޑައެޅުން

8. (ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް އައްޔަންކުރަންވާނީ، އާާންމުކޮށް އިއުލާނުކުރުމުން، އެ ދެ މަގާމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން ނަން ފޮނުވުމުގައި އެ ދެ މަގާމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

8. (ށ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވިކަމަށް، ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް، ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އޭނާ އެ މަގާމުން ވަކިވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

8. (ބ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން މަގާމުން އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން މަގާމުން ވަކިވީއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

8. (ޅ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމު، އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

8. (ކ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ މަގާމުގެ މުއްދަތަކީ، އެ މަގާމަށް އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ. އެހެންނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން މަގާމުން ވަކިކުރެވޭ ހާާލަތުގައި ފިޔަވައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކު އިތުރު ދައުރަކަށް އައްޔަންކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(އ) މި ގާނޫނުގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކު އައްޔަންކުރެވޭނީ ގިނަވެގެން 5 (ފަހެއް) އަހަރުގެ ދެ ދައުރަށެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުން .10-1

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން އައްޔަންކުރެވޭ ބޯޑުގެ މެންބަރުންނާއި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން، މަގާމާ ހަވާލުވުމުގެ ކުރިއަށް ފާއިތުވި އަހަރުގެ، އަދި އެއިން ފަރާތެއް މަގާމުން ވަކިވާތާ 1 (އެކެއް) އަހަރު ދުވަސް ހަމަވުމާ ހަމައަށް، އަހަރަކު އެއް ފަހަރު، އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން ހުށަހަޅާ ބަޔާން، މީރާގެ ވެބްސައިޓްގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރަކު އެއް ފަހަރު ހުށަހަޅާ ބަޔާން ހުށަހަޅާނީ، ފާއިތުވި އަހަރަށް ނިސްބަތްވާ މައުލޫމާތު ހިމަނައި، އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ބަޔާން ދިރާސާކޮށް، އެ ބަޔާނާ ގުޅިގެން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ސިއްރު ހިފެހެއްޓުން 15.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ތައްޔާރުކޮށްފައިވާ އެއްވެސް ލިޔުމަކީ، ނުވަތަ ޓެކްސް ނެގުމުގެ މަސައްކަތުގެ ތެރޭގައި ލިބޭ ނުވަތަ ހޯދާ ޓެކްސް ދައްކާ ފަރާތާބެހޭ އެއްވެސް މައުލޫމާތަކީ، ނުވަތަ މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ   މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާ މައުލޫމާތަކީ، ސިއްރު މައުލޫމާތެވެ. އަދި އެފަދަ މައުލޫމާތު، މީރާގެ އެއްވެސް މުވައްޒަފަކު ހާމަކޮށްގެންނުވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްްލާހުކުރުން.

މައުލޫމާތު ހާމަކުރުން 16.

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގައި ހިމެނޭ މައުލޫމާތު ދައުލަތުގެ ކަމާބެހޭ ފަރާތަކަށް ހާމަކުރުމަކީ ނުވަތަ އެފަދަ އެއްބަސްވުމެއްގެ ދަށުން މައުލޫމާތު ބަދަލުކުރުމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ބަދަލުކުރުމަކީ މި ގާނޫނުގެ 15 ވަނަ މާއްދާގެ ބޭނުމަށްޓަކައި ސިއްރު މައުލޫމާތު ހާމަކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

30. (1-ނ)

މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށެއް ކޮށްފިކަމަށް ށައްކުކުރެވޭނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން މީރާއަށް ފޮނުވިދާނެއެވެ.

 

ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތައް އުނިކުރުން.

31.

(ނ) (އުނިކުރެވިފައި)

(ރ) (އުނިކުރެވިފައި)

(ބ) (އުނިކުރެވިފައި)

(ޅ) (އުނިކުރެވިފައި)

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

31. (ފ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭށަނަލް ކުންފުނިތަކުގެ ޕޭރަންޓް އެންޓިޓީ ނުވަތަ މައި ކުންފުނިން، އެ ކުންފުންޏާއި އެ ކުންފުންޏާ ގުޅުންހުރި ކުންފުނިތަކުގެ ވިޔަފާރި މުއާާމަލާތްތަކާއި ކުންފުނި ހިންގުމާގުޅޭ މައުލޫމާތު ނުވަތަ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް މީރާއަށް ފޯރުކޮށްދިނުމަށް އެންގިދާނެއެވެ.

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކުރާ ފަދަ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް މީރާއިން ހޯދި ކަމުގައިވީނަމަވެސް، އެފަދަ ރިޕޯޓުތައް، ބޭރު ގައުމުތަކާ ހާިއްސްާކުރަންވާނީ،  މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

32.

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 51 ވަނަ މާއްދާގައި ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން ހޯދަން ބޭނުންވާ މައުލޫމާތު، އެ ފަރާތެއްގެ އަތުގައި ހުރެދާނެކަމަށް ބެލެވޭ ކޮންމެ ފަރާތަކަށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް ފޯރުކޮށްދިނުމަށް އެންގިދާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

މީރާއިން ޓެކްސްގެ އަދަދު ކަނޑައެޅުން 39.

(ހ) މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކުރުމަށްފަހު، ނުވަތަ ތަހްގީގްެއް ހިންގުމަށްފަހު، އެކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދު މީރާއަށް ކަނޑައެޅިދާނެއެވެ. އެގޮތުން ކަނޑައަޅާ ކަނޑައެޅުމަށް މި ގާނޫނުގައި ހަވާލާދޭނީ "މީރާއިން ކަނޑައަޅާ އަދަދު" މިފަދައިންނެވެ.

(ށ) މީރާއިން ކަނޑައަޅާ އަދަދު، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެކަން، އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު ("ޓިން")؛
  2. އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު؛
  3. އެ ފަރާތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައެޅި އަދަދު، އަދި އެ އަދަދު ހިސާބުކުރުމަށް މީރާއިން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފްސްީލު؛
  4. އެ ފަރާތަކުން ފައިސާ ދައްކަންޖެހޭ ތާރީހު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާ އަދަދަކީ ޓެކްސް ދައްކާ ފަރާތުން އެ މުއްދަތަކަށް ކަނޑައަޅާފައިވާ ޓެކްސްގެ އަދަދަށްވުރެ ބޮޑު އަދަދެއްނަމަ، މީރާއަށް އެފަދަ އަދަދެއް ކަނޑައެޅޭނީ، މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރު ދުވަސް ފާއިތުވުމުގެ ކުރިންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި މާއްދާގެ     (ހ) ގެ ދަށުން އަދަދެއް ކަނޑައެޅެން ނެތް ކަމަށް ގަބޫލުކުރެވޭ މަގުބޫލު އުޒުުރެއް އޮތްނަމަ، 3 (ތިނެއް) އަހަރު ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކޮށްދިނުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީރާއަށް އެދެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންގުން ޓެކްސް ދައްކާ ފަރާތަށް މީރާއިން ފޮނުވާފައިވާނަމަ، އަންނަނިވި ތާރީހުތަކުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީހީެއްގެ ކުރިން، އެ ފަރާތަކުން ދައްކަންޖެހޭ އަދަދު މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ކަނޑައެޅިދާނެއެވެ.

  1. މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރު ހަމަވާ ތާރީހު؛
  2. މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ތާރީހު.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

އިއުތިރާޒުކުރުން 42.

(ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އެންގުމަށް މި ގާނޫނުގައި ހަވާލާދޭނީ "އިއުތިރާޒުކުރާކަމުގެ އެންގުން" މިފަދައިންނެވެ.

(ށ) ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މި ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާފައިވާ އަދަދާ ގުޅިގެން ނުވަތަ އެ އަދަދު ކަނޑައެޅުމުގައި މީރާއިން އަމަލުކޮށްފައިވާ ގޮތުން ޓެކްސް ދައްކާ ފަރާތުގެ އެއްވެސް ހައްގަކަށް އުނިކަން އައިސްފައިވާ ކަމަށް ގަބޫލުކުރެވޭނަމަ އެ ކަމަކާ ގުޅިގެން ޓެކްސް ދައްކާ ފަރާތަށް އިއުތިރާޒުކުރާކަމުގެ އެންގުމެއް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމުގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ނުވަތަ މީރާގެ ނިންމުމާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ ސަބަބު ތަފްސްީލުކޮށް ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

އިއުތިރާޒުކުރުމާމެދު މީރާއިން ގޮތެއް ނިންމުން 43.

(ހ) ޓެކްސް ދައްކާ ފަރާތަކުން މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާ ކަމުގެ އެންގުމެއް މީރާއަށް ހުށަހަޅައިފިނަމަ، އެ އެންގުން ހުށަހަޅާ ތާރީހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ޓެކްސް ދައްކާ ފަރާތަކުން މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅާފައިވާނަމަ، އަންނަނިވި ތާރީހުތަކުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީހީެއްގެ ކުރިން، އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމަންވާނެއެވެ.

  1. އިއުތިރާޒުކުރާކަމުގެ އެންގުން މީރާއަށް ހުށައެޅި ތާރީހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ތާރީހު؛
  2. މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީހު.

(ނ) އިއުތިރާޒުކުރާ ކަމުގެ އެންގުމަކާ ގުޅިގެން މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނުނިންމައިފިނަމަ،  އެ އިއުތިރާޒުކުރުން ނިސްބަތްވާ މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް، މީރާއިން ނިންމި ކަމުގައި ބެލެވޭނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

އިސްތިއުނާފުކުރުން

44. (ހ)

ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ކޮންމެ ނިންމުމަކީ، ޓްރައިބިއުނަލްގައި އިސްތިއުނާފުކުރެވިދާނެ ނިންމުމެކެވެ. އަދި މިގޮތުން އިސްތިއުނާފުކުރެވޭނީ އިއުތިރާޒުކުރާކަމުގެ އެންގުމާ ގުޅިގެން މީރާއިން ގޮތެއް ނިންމާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން އިސްތިއުނާފުކުރަނީ މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޓެކްސްގެ އަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މީރާއިން ކަނޑައަޅާފައިވާ ޓެކްސްގެ އަދަދުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތުން އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން %30 (ތިރީސް އިންސައްތަ) އާ އެއްވަރުގެ އަދަދެއް ދައްކައި ހަލާސްްކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ %30 (ތިރީސް އިންސައްތަ) ހިސާބުކުރާނީ، އިސްތިއުނާފުކުރާ އަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓަކާ ނުލައެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ލިބެންވާ ފައިސާ ހޯދުމުގައި ބޭރު ގައުމުތަކުގެ އެހީ ހޯދުން .49-1

މީރާއަށް ދައްކަންޖެހޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭރު ގައުމެއް މެދުވެރިކޮށް ހޯދިދާނެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީީ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ފަސްވަނަ ބާބު

ޓެކްސް މުއާާހަދާތައް

29  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ދެ މާއްދާ އިތުރުކުރުން.

ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުން .51-1

ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ޓެކްސް ދެއްކުމުން އެއްކިބާވުން ނުވަތަ ޓެކުހަށް މަކަރުހެދުން ހުއްޓުވުމަށާއި، އެފަދަ ކަންކަން ތަހްގީގުކުރުމަށް ބޭނުންވާ މައުލޫމާތު، ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ.

މުއާާހަދާއަށް އަމަލުކުރުން .51-2

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާ ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުންތަކަށް ދައުލަތުން އަމަލުކުރުމަށް ލާޒިމުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އެއްބަސްވުންތަކަށް އަމަލުކުރުމަށްޓަކައި ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

54. (ރ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ހުށަހަޅާ ށަކުވާއަކީ ސައްހަ ށަކުވާއެއް ކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ނެރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

  1. ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމަކާ ގުޅޭގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ ވަގުތީ އަމުރު

 

31  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

އިސްތިއުނާފުކުރުން 55.

(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ށަރުއާީ އުސޫލަކާ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ހައްގު މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރި ނަމަވެސް، މަތީ މަރުހަލާގެ ކޯޓަކުން ޓްރައިބިއުނަލުގެ އެ ނިންމުން ބަދަލުނުކުރާހާ ހިނދަކު ނުވަތަ ބާތިލުނުކުރާހާ ހިނދަކު ނުވަތަ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރޭހާ ހިނދަކު، ޓްރައިބިއުނަލްގެ ނިންމުންތަކަކީ އެ މައްޗަށް އަމަލުކުރުން ލާޒިމު، އެންމެ ފަހުގެ ނިންމުންތަކެކެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 84 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ޓެކްސް ރޫލިންގ 84.

(ހ) މި މާއްދާގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ޓެކްސް ރޫލިންގ ނެރެވިދާނެއެވެ. އެގޮތުން ނެރޭ ޓެކްސް ރޫލިންގތަކަށް އަމަލުކުރުން، މީރާގެ މައްޗަށް ލާޒިމުވާނެއެވެ.

(ށ) ޓެކްސް ރޫލިންގއަކީ، ޓެކްސް ގާނޫނާއި ގަވާއިދުތައް މާނަކުރުމުގައި މީރާއިން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި ނުވަތަ ވަކި ބާވަތެއްގެ މުއާާމަލާތަކާ ގުޅިގެން ޓެކްސް ދެއްކުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމަށްޓަކައި، ނުވަތަ ޓެކްސް ނެގުމާގުޅޭ އިދާރީ ކަންކަން ބަޔާންކޮށްދިނުމަށްޓަކައި ނެރޭ ރޫލިންގއެކެވެ. އެއްވެސް ހާާލެއްގައި، އެފަދަ ޓެކްސް ރޫލިންގއެއް، މި ގާނޫނާއި ޓެކްސް ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދާއިރާއަށްވުރެ ފުޅާވެގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޮންމެ ޓެކްސް ރޫލިންގއަކަށް އަމަލުކުރަން ފެށުމަށް، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާގެ (ހ) ގައި އެކުލެވޭ އަންނަނިވި މާނަކުރުންތައް އަންނަނިވި ގޮތަށް އިސްްލާހުކުރުން.

86. "ޓެކްސް ގާނޫނު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު އަދި ޓެކްސް ނެގުމާބެހޭ އެންމެހައި ގާނޫނުތަކަށެވެ.

"ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަށެވެ.

"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށެވެ.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާގެ (ހ) ގައި އެކުލެވޭ، ތިރީގައި ނަކަލުކޮށްފައިވާ "ޓެކްސްއާބެހޭ ގާނޫނު" ގެ މާނަކުރުން އުނިކުރުން.

86. (ހ) "ޓެކްސްއާބެހޭ ގާނޫނު" ކަމަށްބުނެފައި އެވަނީ، މިގާނޫނު އަދި ޓެކްސް ނެގުމާބެހޭ އެންމެހައި ގާނޫނުތަކަށެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ޓެކްސްއާބެހޭ ގާނޫނު" މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް، "ޓެކްސް ގާނޫނު" އަށް ބަދަލުކުރުން.

 

36 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން މީރާގެ ބޯޑަށް އައްޔަންކުރާ ފަރާތް، އައްޔަންކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް 2 ވަނަ އިސްްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް އަލުން މީހުން އައްޔަންކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 2010-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު