ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 27/2014)

 

ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
5.(ހ) ށަރުއީ ކޯޓެއްގެ އަމުރަކާ ނުވަތަ ހުކުމަކާ ގުޅިގެން، ނުވަތަ މީހުން ހައްޔަރުކޮށް ހިފެހެއްޓުމުގެ ބާރު ގާނޫނުގެ ދަށުން ލިބިދޭ ފަރާތަކުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭން ފުރުން މަނާކުރެވޭ މީހުން ފިޔަވައި، އެހެން ކޮންމެ ދިވެހި ރައްޔިތަކީ، ރާއްޖޭން ބޭރަށް ފުރައިގެން ދެވިދާނެ، އަދި ރާއްޖޭން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހެކެވެ.

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
5.(ށ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ދިވެހިރާއްޖެއިން މީހަކު ފުރުން މަނާކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައި ކަނޑައެޅިފައިވާ މުއްދަތަކަށެވެ.

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާއަށް (ނ) އަންނަނިވި ގޮތަށް އިތުރުކުރުން.
5 (ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު ލިބިގެންވަނީ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށެވެ.

4 ވަނަ މާއްދާ  -ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަދި (ނ) އުވާލުން.

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 1/2007)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ޚިޔާލު