-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގާނޫނު ނަންބަރު 2024-45)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 އެޕްރީލް 2024 ގައި)

 

ގަވާއިދު ނަންބަރު 2012-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 166 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑެެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމުގެ ށަރުޠުތައް 166.

ޑެެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނު ކުރެވޭ މީހަކީ، އެ މަގާމަށް އައްޔަނު ކުރެވޭއިރު ކަސްޓަމްސްގެ ވަޒީފާގައި ޗީފް ސުޕްރިންޓެންޑެންޓުގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި އޮފިސަރަކަށް ވާންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު