-

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު

(ގާނޫނު ނަންބަރު  2016-15)

 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 2018-08 ގެ 1 ވަނަ މާއްދާޢިން ވަނީ އުވާލެވިފައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް 

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

 (ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ލިބިދޭ، މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު  ކަށަވަރުކޮށްދިނުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – ގާނޫނުގެ މަގްސަދު

 މި ގާނޫނުގެ މަގްގްަދަކީ، އަންނަނިވި ކަންކަން ހާގްިލުކުރުމެވެ.

(ހ) ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، އެފަދަ ކޮންމެ ހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ހައްގެއްކަމުގައި ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، އަދި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއި، އެ ހައްޤު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުން؛

(ށ) ބައިނަލްއަގްވާމީ އިންސާނީ ހައްޤުތަކުގެ އާންމު ގަރާރު (ޔުނިވަރސަލް ޑެކްލެރޭށަން އޮފް ހިއުމަން ރައިޓްސް) ގެ 19 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުން؛

(ނ) މަދަނީ އަދި ސިޔާސީ ހައްޤުތަކުގެ ބައިނަލްއަގްވާމީ މުއާހަދާ (އިންޓަރނޭށަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުން؛

(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު ކަށަވަރުކޮށްދީފައިވީ ހިނދު، އެ ހައްގަށް އުނިކަން އަޔަނުދިނުމަށްޓަކައި ގާނޫނީގޮތުން ފިޔަވަޅުއެޅުމާއި، އެ ހައްގަށް އުނިކަމެއް އަންނަ ހާލަތުގައި އަަމަލުކުރާނެ ގާނޫނީ އުގްޫލުތައް ބަޔާންކުރުން؛

(ބ) ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާހިފުމުގައި ހާއްގްަ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާކަމަށްޓަކައި، ގާނޫނުގައި ބަޔާންވެގެންވާ ހަމައަކުން، އެ މަސްލަހަތުތައް  ހިިމާޔަތްކުރުމަށްޓަކައި، ދީމިގްރާތީީ މުޖުތަމައަުތަކުގައި ބޭނުންތެރިވާނެ ނިސްބަތަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤު ހަނިކުރެވިދާނެކަމަށް ގާނޫނުއަސާސީގެ  16 ވަނަ މާއްދާގައާއި، މަދަނީ އަދި ސިޔާސީ ހައްޤުތަކުގެ ބައިނަލްއަގްވާމީ މުއާހަދާ (އިންޓަރނޭށަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީ ހިނދު، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ހައްޤު ބޭނުންކުރެވޭނެ އިންތަކާއި އަސާސްތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ – މި ގާނޫނުގެ  އަސާސް

 މި ގާނޫނު ބިނާވެގެންވަނީ އަންނަނިވި އަސާސްތައް ނެގެހެއްޓުމުގެ މައްޗަށެވެ.

(ހ) އިޖުތިމާއީ މިންގަނޑުތަކާއި، ގައުމީ ސަލާމަތާއި، އިސްލާމްދީނުގެ އަގްްލަކާ ހިލާފުނުވާނެ ގޮތުގެމަތިން، އެހެން މީހުންގެ ހައްޤުތަކާއި އަބުރު ރައްކާތެރިކުރެވޭނެ ފަދައަކުން، ހިޔާލުފާޅުކުރުމަކީ އަސާސީ ހައްގެއްކަން ކަނޑައެޅުން؛

(ށ) ގާނޫނީ އޮނިގަނޑުގެ ތެރެއިން، އެހެން މީހެއްގެ ހައްގަކަށް އަރައިނުގަންނަހާ ހިނދަކު، ތަފާތު ހިޔާލުތަކާއި ޝުއަޫރުތައް ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ލިބިދީފައިވުމަކީ ޑިމޮކްރަސީގެ އެއް އަސާސްކަމުގައި ބަލައިގަތުން؛

(ނ) ދިވެހިރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ  އިންތަކާއި އުގްޫލުތައް ގާއިމުކޮށް ކަނޑައެޅުން؛

(ރ) މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ  ހައްގަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެއްކަމަށްވީހިނދު،  އެ ހައްޤު ރައްކާތެރިކުރުމަށްޓަކައި ގާނޫނުގައިވާ ގޮތުގެމަތިން  ފިޔަވަޅުއެޅުމުގެ ހައްގަކީވެސް ހަމަ ކޮންމެ މީހަކަށްމެ ލިބިދީފައިވާ  ހައްގެއްކަމުގައި ކަނޑައެޅުން؛

(ބ) އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލައަށް،  ނުވަތަ ޖިންސަށް، ނުވަތަ އަުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުއްދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ އެ މުޖުތަމައަަކަށް އޭނާ ނިސްބަތްވާ ދަރަޖައަށް ބަލައި،ނުވަތަ ހަމައެކަނި އެއިން ކަމަކަށްޓަކައި، މި ގާނޫނުގެ ދަށުން އެއްވެސް މީހަކާމެދު ތަފާތުކޮށްގެން ނުވާނެކަން ކަނޑައެޅުން؛

(ޅ) ތިމާގެ ހިޔާލު ނުވަތަ ތިމާއަށް ފެންނަ ގޮތް ދުލުން ނުވަތަ ގަލަމުގެ ޒަރީއާއިން ފާޅުކުރުމުން، ގާނޫނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން މެނުވީ ފިޔަވަޅުއަޅައިގެން ނުވާނެކަން ކަނޑައެޅުން؛

(ކ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއަުލާނުކޮށްފައިވާ ދަނޑިވަޅެއްގައިވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ނުވާނެކަން ކަނޑައެޅުން.

 

4 ވަނަ މާއްދާ – ރައްދުދިނުމުގެ ހައްގު

ބުނާ ނުވަތަ ޝާއިއަުކުރާ ދޮގު މައަުލޫމާތެއްގެ ސަބަބުން ނުވަތަ ތެދުނޫން ވާހަކައެއްގެ ސަބަބުން ނުވަތަ ދޭ ޒާތީ ބަހުގެ ހަމަލާއެއްގެ ސަބަބުން ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެކަމަކުން އަސަރުފޯރި ފަރާތަށް ނުވަތަ އެކަމެއް މުހާތީަބުކުރެވޭ ފަރާތަށް، އެކަމެއްގެ ހަޤީގަތް ހާމަކޮށްދިނުމުގެ ނުވަތަ އެކަމަކަށް ރައްދުދިނުމުގެ ނުވަތަ އެކަމެއް އިގްްލާހުކޮށްދިނުމުގެ ފުރިހަމަ ހައްޤު ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ – އެހެނިހެން ގާނޫނުތަކަށް ތަބާވުން

(ހ) މި ގާނޫނުގައި ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ހަމަތައް ބަޔާންކޮށްދީފައިވީ ހިނދު، ރާއްޖޭގައި ޝާއިއަުކުރެވޭ ނޫސް މަޖައްލާ އަދި އެހެނިހެން މީޑިއާގެ ވަސީލަތްތަކުން، މި ގާނޫނަށް އަަމަލުކުރުމާއެކު، ނޫސް ނެރުމާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނީ އޮނިގަނޑުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ކަމޭ ހިތައި، އެކަންކަން އެގޮތުގެ މަތިން ތަރުތީބުކުރަންވާނެއެވެ.

(ށ) މި ގާނޫނުގައި ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ހަމަތައް ބަޔާންކޮށްދީފައިވީ ހިނދު، ރާއްޖޭގެ ށަރުއީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ހިންގޭ ށަރީއަަތްތަކާއި ކުރެވޭ ހުކުމްތަކާއި ނިންމޭ ނިންމުންތަކާ ބެހޭގޮތުން ހިޔާލުފާޅުކުރުމާއި ހަބަރުތައް ޝާއިއަުކުރާ ނުވަތަ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން، މި ގާނޫނަށް އަަމަލުކުރުމާއެކު، ށަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ހިންގޭ ށަރީއަަތްތަކާއި އަދި ކުރެވޭ ހުކުމްތަކާއި ނިންމުންތަކާ ބެހޭގޮތުން ހިޔާލުފާޅުކުރުމާއި، ހަބަރުފެތުރުން އަދި ހަބަރު ޝާއިއަުކުރުމާބެހޭ ގާނޫނީ އުގްޫލުތަކަށް އަަމަލުކުރަންވާނެއެވެ. 

(ނ) މި މާއްދާގައި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ށަރުއީ ކޯޓުތަކުގައި ހިންގާ މައްސަލަތައް ރިޕޯޓުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ގަވާއިދާއި އުގްޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ތެދު ހަޤީގަތް ހާމަވާގޮތަށް ރިޕޯޓުކުރުމަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ރ) މި ގާނޫނުގައި ވަކި ހަމަތަކެއް ބަޔާންކޮށްފައިވުމަކުން، އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ އިދާރީ ނުވަތަ އެނޫންވެސް ހުއްދައެއް ނެގުން މި ގާނޫނުގެ ދަށުން ނަފީއެއް ނުކުރެއެވެ. 

(ބ) މި މާއްދާގައި ބުނެފައިވާ އުގްޫލުތަކަކީ ގާނޫނުއަސާސީގެ  16 ވަނަ މާއްދާގައި ބުނެފައިވާ އުގްޫލުތައް ކަމުގައި ވާންވާނެއެވެ.

 

 

 

ދެވަަނަ ބާބު

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ހާލަތްތައް

 

6 ވަނަ މާއްދާ – ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނު ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި މެނުވީ، މިނިވަންކަމާއެކު ފިކުރުކުރުމާއި، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ހ) ފާޅުކުރާ ހިޔާލަކީ އިސްލާމްދީނުގެ އަގްްލަކާ ހިލާފު ހިޔާލަކަށްވުން؛

(ށ) ފާޅުކުރާ ހިޔާލަކީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ހިޔާލަކަށްވުން؛

(ނ) ފާޅުކުރާ ހިޔާލަކީ، އެހެން މީހެއްގެ ހައްގަކަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ގެއްލުންދެނިވި ހިޔާލަކަށްވުން؛

(ރ) ފާޅުކުރާ ހިޔާލަކީ، އާންމު ނިޒާމާ ހިލާފު ހިޔާލަކަށްވުން.

 

7 ވަނަ މާއްދާ – އިސްލާމްދީނުގެ އަސްލަކާ ހިލާފު ހިޔާލުފާލުކުރުން

އަންނަނިވި ކަންތައްތަކަކީ، އިސްލާމްދީނުގެ އަގްްލަކާ ހިލާފު ހިޔާލުފާޅުކުރުން ކަމުގައި ބެލެވޭނެއެވެ.

(ހ) އިސްލާމްދީނަށް ފުރައްސާރަވާގޮތަށް، އިސްލާމްދީނަށް ތައުހީންކޮށް ހިޔާލުފާޅުކޮށް ވާހަކަދެއްކުން؛

(ށ) އިސްލާމްދީނުގެ އަގްްލުތަކުގެ ގްައްހަކަމާމެދު ސުވާލު އުފައްދާ ހިޔާލުފާޅުކުރުން؛

(ނ) ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައި، ދީނީގޮތުން ހިލާފު އުފެދުމާއި ބައިބައިވުމާއި ފިތުނަ އުފެދޭނެ ފަދައިން ހިޔާލުފާޅުކުރުން.

 

8 ވަނަ މާއްދާ –އާންމުކޮށް ދީނީ ތަގްރީރުދިނުން

(ހ) ދިވެހިރާއްޖޭގައި އާންމުކޮށް ދީނީ ތަގްރީރުދިނުމާއި، އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ދީނުގެ ހުކުމްތައް ބަޔާންކޮށްދޭންވާނީ ގާނޫނު ނަންބަރު 6/1994 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިިމާޔަތްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީން ދޫކުރާ ހުއްދަ ލިބިގެންނެވެ.

(ށ) ދިވެހިރާއްޖޭގެ ސްކޫލްތަކުގައ ި އިސްލާމްދީން  ކިޔަވައިދޭންވާނީ، ރާއްޖޭގެ ސްކޫލްތަކުގައި ނުވަތަ ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި ނުވަތަ އެހެންވެސް އެފަދަ އިންސްޓިޓިއުޓެއްގައި އިސްލާމްދީން ކިޔަވައިދިނުމަށް ގާނޫނު ނަންބަރު 6/1994 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިިމާޔަތްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ދޫކުރާ ހުއްދަ ލިބިފައިވާ ފަރާތްތަކުންނެވެ.

 

9 ވަނަ މާއްދާ – ގައުމީ ސަލާމާތަށް ނުރައްކާ ކުރުވާނެ ހިޔާލުފާޅުކުރުން

 (ހ) އަންނަނިވި ކަންކަމަކީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ހިޔާލުފާޅުކުރުން ކަމުގައި ބެލެވޭނެ ކަންކަމެވެ.

  1. ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުން ލިބޭނެފަދަ ހިޔާލުފާޅުކުރުން؛
  2. ޓެރަރިޒަމްގެ އަަމަލަކަށް ހިތްވަރުދިނުމަށް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އަުދުވާނީ ހަރަކާތެއް ހިންގުމަށް ގޮވާލައި ހިޔާލުފާޅުކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ކަންތައްތައް ސާބިތުކުރުމުގެ މިންގަނޑަކީ، ފާޅުކުރެވުނު ހިޔާލަކީ ގައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ހިޔާލެއްކަމަށް ބުއްދި ސަލާމަތުންހުރި މީހަކަށް ގަބޫލުކުރެވޭނެކަން ނުވަތަ ނޫންކަމުގެ މިންގަނޑެވެ.

 

10 ވަނަ މާއްދާ – އަބުރާބެހުމުގެ ބަހާއި އަމަލު

(ހ)

  1. އަބުރާބެހުމުގެ ބަހަކީ، މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއް ނުވަތަ، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް، ކުރާ އަިޝާރާތެއް ނުވަތަ ދައްކާ ހަރަކާތެއް ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމަށް ނުވަތަ ގަދަރަށް ނުވަތަ އަިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބޭނެފަދަ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިހިްސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އަިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެއް؛ ނުވަތަ
  2. ތިންވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައަުގެ ކުރިމަތީގައި މީހެއްގެ ނަމަށް ނުވަތަ ގަދަރަށް ނުވަތަ އަިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބިގެންދާނެ ފަދަ އެއްޗެއް، ވިސްނިގެން، ދޭހަކުރެވިގެން، އިހިްސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެން ދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އަިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އަބުރާބެހުމުގެ ބަހުގެ މާނައިގެ ތެރޭގައި ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނިސްބަތްކުރުމުގެ ސަބަބުން، މުޖުތަމައަުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންގެ ނަޒަރުގައި އެ ބަސް ރައްދުވި ފަރާތަށް ކުރަމުން އައި ގަދަރަށް އުނިކަމެއް އައުން، ނުވަތަ މުޖުތަމައަުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންގެ ހިތްތަކުގައި އެ ބަސް ނިސްބަތްވި ފަރާތަށް ކުރަމުންއައި އިހިްތިރާމަށް ނުވަތަ ދެކެއުޅޭގޮތަށް ހެޔޮނޫން ބަދަލެއް އައުން، ނުވަތަ އެފަރާތަކާމެދު ނަފްރަތު ކުރެވޭގޮތް ދިމާވުން، ނުވަތަ އެބަހުގެ ސަބަބުން ބަސް ނިސްބަތްވި ފަރާތެއް މުޖުތަމައަުން އެކަހެރިވުމަށް ދިމާވާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އަިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެއް ހިމެނޭނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް، ކުރާ އަިޝާރާތެއް ނުވަތަ ދައްކާ ހަރަކާތެއް ނުވަތަ އިއްވާ އަޑަކީ ސާބިތުނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާވެގެންވާ އެއްޗެއް ކަމުގައި ވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ މަގްގްަދަށްޓަކައި އަބުރާބެހެވޭފަދަ ބަހެއް ސީދާ ގްަރީހަބަހުން ނުވަތަ ނުސީދާކޮށް ބުނެވިދާނެއެވެ.  

(ބ) އަބުރާބެހުމުގެ އަަމަލުކަމުގައި ވާނީ، މި ގާނޫނުގައި އަބުރާބެހުމުގެ ބަސްކަމުގައި ބަޔާންކޮށްފައިވާ އެއްޗެއް ބުނުން، ލިޔުން، ކުރެހުން، މަންޒަރެއް ހެދުން، އަިޝާރާތެއް ނުވަތަ ހަރަކާތެއްކުރުން، އަޑެއް ލެއްވުން، ނުވަތަ އެފަދަ އެއްޗެއް ޝާއިއަުކުރުން ނުވަތަ ބްރޯޑްކާސްޓްކުރުމަށެވެ.

(ޅ) ވަކި މީހަކަށް ނިސްބަތްނުވާގޮތަށް މުއައްސަސާއެއްގެ މަސައްކަތަށްފާޑުކިޔުމަކުން އެއީ، އެ މުއައްސަސާއެއްގައި އެ ވަގުތެއްގައި ތިބި ބައެއްގެ އަބުރާބެހުން ކަމުގައި ނުހިމެނޭނެއެވެ.

 

11 ވަނަ މާއްދާ –އާންމު ނިޒާމާއި ހިލާފު ހިޔާލުފާޅުކުރުން

އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުމަކީ، މުޖުތަމައަުގައި، އާންމު އުގްޫލެއްގެ ގޮތުން، އަަމަލުކުރެވެމުންދާ ނުވަތަ މީހުން ތަބާވަމުންދާ އާންމު އަޚްލާޤީ ސުލޫކީ މިންގަނޑުތަކަށް އަދި/ނުވަތަ ހަމަތަކަށް އަދި އާންމު ތަންތާނގައާއި، އާންމުކޮށް މީހުން އެއްވެއުޅޭ ތަންތަނުގައި މީހުން އަަމަލުކުރަމުންދާނެ ނުވަތަ ތަބާވަމުންދާނެ އާންމު އަޚްލާޤީ ސުލޫކީ މިންގަނޑުތަކަށާއި، ރައްޔިތުންނަށްޓަކައި މަސްއޫލިއްޔަތު އުފުލުމުގެ ވާޖިބު އަދާކުރާ ފަރާތްތަކުންނާއި މީޑިއާގެ ވަސީލަތްތަކުން އަަމަލުކުރަމުންދާނެ ނުވަތަ ތަބާވަމުންދާނެ އާންމު އަޚްލާޤީ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ހިޔާލުފާޅުކުރުމެވެ.

 

12 ވަނަ މާއްދާ – އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން

އަންނަނިވި ކަންކަމަކީ އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުން ކަމުގައި ހިމެނ ކަންކަމެވެ.

(ހ) އެއްވެސް މީހަކަށް ނުވަތަ އެއްވެސް މީހެއްގެ މުދަލަށް ގެއްލުން ދިނުމަށް ބާރު އަޅައި ހިޔާލުފާޅުކުރުން؛

(ށ) މީހުންގެ ޖިސްމާއި ފުރާނައަށް ގެއްލުން ކުރިމަތިކުރުމަށް ނުވަތ ގެއްލުންދިނުމަށް ހިޔާލުފާޅުކުރުން؛

(ނ) ޖިންސީ ގުޅުން ހިންގުމާއި ބަދުއަޚްލާޤީ އަަމަލުތަކަށް ހިތްވަރުދ ހިޔާލުފާޅުކުރުން؛

(ރ) ރަލާއި މަސްތުވާތަކެތި ހިމެނޭ ތަކެތި އިޝްތިހާރުކުރުން؛

(ބ) ކުޑަކުދިންނަށް ފެންނަ ނުވަތަ އަޑުއިވޭ ހިސާބުގައި، އިސްލާމްދީނަށް ފުރައްސާރަވާ ވާހަކަތަކާއި، ބަދުއަޚްލާޤީ ވާހަކަދެއްކުމާއި، ހުތުރު ބަހުން މުއާމަލާތްކުރުން ނުވަތަ އެފަދަ ކަމެއް އެކުލެވޭ އަޑެއް ނުވަތަ މަންޒަރެއް ނުވަތަ އަޑާއި މަންޒަރު އެކުދިންނަށް އަޑުއިވޭނެހެން ނުވަތަ އެކުދިންނަށް ފެންނަގޮތަށް ބޭނުންކުރުން؛

(ޅ) އަންހެނުންނާއި، ހާއްގްަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިންނާއި އަުމުރުން ދުވަސްވީ މީހުންނާމެދު ނުރަނގަޅު ތަގްައްވުރު މުޖުތަމައަުގައ ފެތުރުމަށް މަގުފަހިކުރާ ތަކެތި އާންމުކުރުން.

 

 

 ތިންވަނަ ބާބު

ބަދަލު ހޯދުމުގެ ހައްގު

 

13 ވަނަ މާއްދާ – އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު

(ހ) މި ގާނޫނުން، އަބުރާބެހުމުގެ އަަމަލަށް ޖޫރިމަނާއެއް ކަނޑައަޅާފައިވުމަކުން، އަބުރާބެހެވުނު ފަރާތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ލިބިދީފައިވާ، މަދަނީގޮތުން ބަދަލުހޯދުމުގެ ހައްގަށް ނުވަތަ އެނޫންވެސް ހައްގަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. 

(ށ) އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދަށް ގެންނަން ފެންނަ ބަދަލުތައް، ބަންޑާރަނައިބު އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ނ) މި ގާނޫނަށް އަަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 6/2008  (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ، "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ގަވާއިދު" ގެ ބެލެނިވެރި ގާނޫނެއްކަމުގައި މި ގާނޫނު ހަމަޖެހިގެންދާނެއެވެ.

 

 

 ހަތަރުވަނަ ބާބު

އިލްމީ އިމްތިޔާޒު

 

14 ވަނަ މާއްދާ - އިލްމީ އިމްތިޔާޒް

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަިލްމީ މަގްގްަދުތައް ހާގްިލުކުރުމަށްޓަކައި، ނުވަތަ ތައަުލީމާއި ތަރުބިއްޔަތުދިނުމުގެ މަގްގްަދުގައި، ސްކޫލް މަދަރުސާތަކާއި، މުދައްރިސުންނާއި މުފައްކިރުންނާއި، މާހިރުންނާއި، ފަންނުވެރިންނާއި، އަިލްމުވެރިންނާއި އެފަދަ އެހެންވެސް ފަރާތްތަކުން ހެޔޮ ނިޔަތުގައި ދައްކާ ވާހަކައާއި ހާމަކުރާ ހާމަކުރުންތައް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ތެރޭގައި ހިމެނި، ރައްކާތެރިކުރެވިގެންވެއެވެ.

 

15 ވަނަ މާއްދާ – ރަސްމީ އިމްތިޔާޒު

އަންނަނިވި ކަންކަމުގައި، ނުވަތަ ހާލަތްތަކުގައި، މީހަކު ދައްކާ ވާހަކައަކީ، މި ގާނޫނުގައި ރަސްމީ އިމްތިޔާޒު ލިބިގެންވާ ވާހަކައެވެ. 

(ހ) ކަމާބެހޭ ގަވާއިދުތަކާއި އ ުގްޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ށަރުއީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ އަޑުއެހުމެއްގައި ނުވަތަ، ވަޒީރުންގެ މަޖިލީހުގައި ނުވަތަ  ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދެކެވޭ ވާހަކަތައް؛

(ށ) ތަހިްޤީޤުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާއަކުން، ކުރާ ތަހިްޤީގެއްގައި ނުވަތަ ކަމެއް ހޯދާ ހޯދުމުގެ ތެރޭގައި ދެކެވޭ ވާހަކަ، ހުށަހެޅޭ ހުށަހެޅުންތައް، ނުވަތަ ބަދަލުކުރެވޭ ލިޔެކިޔުމުގައިވާ ވާހަކަތައް އަދި އެކުލަވާލެވޭ ރިޕޯޓުތަކުގައިވާ ވާހަކަތައް؛

(ނ) ރައްޔިތުންގެ މަޖިލީހުން ނުވަތަ ށަރުއީ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ޝާއިއަުކުރުމަށް އަންގާ ލިޔުމުގައިވާ ވާހަކަތައް؛

(ރ) މި މާއްދާގެ (ހ) އިން (ނ) އަށް ހުރި ހާލަތްތަކުގައި ހުރި ކަންކަން، ކަންއޮތްގޮތަށް، ދައްކާ ވާހަކަ ނުވަތަ އާންމުކުރާ ހަބަރާއި، ޝާއިއަުކުރާ ލިޔުމުގައިވާ ވާހަކަތައް؛

(ބ) ބޭރުގެ ޖަމާއަަތަކުން ނުވަތަ ބޭރުގެ މުއައްސަސާއަކުން، ނުވަތަ ބޭރުގެ ކޯޓަކުން ނުވަތަ ބޭރުގެ ދައުލަތަކުން ރަސްމީކޮށް ޝާއިއަުކޮށްފައިވާ ރިޕޯޓެއްގައި ހުރި މައަުލޫމާތު ހާމަކުރުމުގައި ނުވަތަ އެއިން ބައެއް ހާމަކުރުމުގެ ގޮތުން ދައްކާ ވާހަކަ ނުވަތަ އާންމުކުރާ ހަބަރާއި ލިޔުމުގައިވާ ވާހަކަތައް.

 

16 ވަނަ މާއްދާ – ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ހިޔާލުފާޅުކުރުން ކަމަށް ނުބެލެވޭނެ ހާލަތްތައް

(ހ) މި ގާނޫނުގައިވާ ހަމަތަކުގެ މަތިން، އަދި ގައުމީ ސަލާމަތަށް ނުރައްކާނުވާނޭ ފަދައަކުން، ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްޤުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދުކުރުމަށް ނުވަތަ އިންކާރުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ހިންގާ ގްުލްހަވެރި ހަރަކާތްތައް ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ހިޔާލުފާޅުކުރުން ކަމުގައި ނުބެލެވޭނެއެވެ.

(ށ) އަންނަނިވި ހާލަތްތަކަކީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ހިޔާލުފާޅުކުރުމަށް މި ގާނޫނުން ކަނޑައަޅާ ދިފާއަުތަކެވެ.

  1. ގައުމީ ސަލާމަތާ ގުޅުމެއްނެތް މަގްްލަހަތެއް ހިިމާޔަތްކުރުމަށް ހިޔާލުފާޅުކުރުން؛
  2. ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއް ހިނގަމުންދާގޮތް ވަންހަނާކުރުމަށް ފުރުގްަތު ނުދިނުމަށް ހިޔާލުފާޅުކުރުން؛

 

17 ވަނަ މާއްދާ – އަބުރާބެހުން ކަމުގައި ނުބެލެވޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި އެއްވެސް މީހަކު ހަޤީގަތާ ހިލާފުނުވާ ގޮތުގެމަތިން، ޝާއިއަުކުރާ ނުވަތަ ބްރޯޑްކާސްޓްކުރާ ނުވަތަ ކުރާ ކަމަކީ އެހެން މީހެއްގެ ނަމަށް ނުވަތަ އަބުރަށް ނުވަތަ ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ލިބޭ ކަމެއްކަމުގައި ނުބެލެވޭނެއެވެ.

(ހ) ބުނާ ބަހަކީ ނުވަތަ ފާޅުކުރާ ހިޔާލަކީ ހަޤީގަތްކަމުގައިވުން؛

(ށ) ބުނާ ބަހަކީ ނުވަތަ ފާޅުކުރާ ހިޔާލަކީ އިހިްތިރާމާއެކު، ރަސްމީ، އަިލްމީ ނުވަތަ ދިރާސީ ގޮތަކަށް ނުވަތަ އެފަދަ ފޯރަމެއްގައި ފާޅުކުރާ ހިޔާލަކަށް ނުވަތަ ރައަުޔަކަށްވުން؛

(ނ) ބުނާ ބަހަކީ ނުވަތަ ފާޅުކުރާ ހިޔާލަކީ، ގާނޫނުން މަތިކޮށްފައިވާ ދުސްތޫރީ މަސްއޫލިއްޔަތެއް ނުވަތަ ވާޖިބެއް ފުރިހަމަކުރުމުގެ ގޮތުން، އަދި އެ ގާނޫނުން ހިިމާޔަތް ލިބިގެން، ފާޅުކުރި ހިޔާލަކަށްވުން؛

(ރ) ތެދު ނިޔަތުގައި އުފައްދައި އާންމުކުރާ ވަކި މީހަކަށް ރައްދުނުވާގޮތަށް، ހިޔާލީކަމެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމް، ޑްރާމާ، ލަވަ،ވާހަކަ، އަދި މި ނޫންވެސް އެފަދަ އުފެއްދުމެއް، ތައްޔާރުކޮށްފައިވާއިރު، އެއިން ފެންނަ، އިވޭ، ކިޔޭ، ވިސްނައިގަނެވޭ، ދޭހަކުރެވޭ، ނުވަތަ އިހިްސާސްކުރެވޭ ކަންތައްތަކަކީ ވަކި މީހަކަށް ނިސްބަތްކޮށް ދައްކުވައިދޭ ކަންތައްތަކެއް ނޫންކަމާއި، އެގޮތަށް ނިސްބަތްކުރެވޭނަމަ އެއީ އިއްތިފާގެއްކަމަށް ބަޔާންކޮށް ތައްޔާރުކޮށްފައިވާ އެންގުމެއް، އެ ފިލްމު، ޑްރާމާ، ލަވަ، ވާހަކަ، އަދި އެނޫންވެސް އެފަދަ އުފެއްދުމެއް، ޝާއިއަުކުރުމުގައި ނުވަތަ ބްރޯޑްކާސްޓްކުރުމުގައި ބޭނުންކުރާނަމަ އެއީ އަބުރާބެހުންކަމުގައި ނުބެލެވޭނެއެވެ.

 

18 ވަނަ މާއްދާ – ތެދު ބަޔާންކުރުން

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ފާޅުކުރާ ހިޔާލަކީ ތެދު ނުވަތަ ހަޤީގަތްކަމުގައި ވުމަކީ، އަބުރާބެހުމުގެ ހުރިހާ ދައަުވާއަކަށް ފުރިހަމަ ދިފާއަެކެވެ.

(ށ) ފާޅުކުރާ ހިޔާލަކީ ތެދު ހަޤީގަތެއްކަމުގައި ސާބިތުކޮށްދިނުމަކީ އެ ބަހެއް ބުނި ނުވަތަ އެހިޔާލެއް ފާޅުކުރި ފަރާތުގެ ޒިންމާއެކެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދިފާއަު ސާބިތުކުރުމުގައި، ނޫސްވެރިއަކު އޭނާ އެ ހަބަރު ހޯދި މަސްދަރު ހާމަ ކުރަންޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން، އެ މަސްދަރު ހާމަކުރަންވާނީ ސިއްރު މައަުލޫމާތެއްގެ ގޮތުގައެވެ. އަދި  އެ މައަުލޫމާތު ލިބޭ ދައުލަތުގެ މުއައްސަސާއިން، މައަުލޫމާތުގެ

ސިއްރުވެރިކަން އެންމެ ފުރިހަމަގޮތުގައި ހިފަހައްޓަންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަސްދަރު ހާމަކުރަންޖެހެނީ، ށަރީއަަތުގެ މަޖިލީހެއްގައި ކަމުގައިވާނަމަ، އެ ށަރީއަަތުގެ މަޖިލީހަކީ ސިއްރު މަޖިލީހެއްކަމުގައި ހަމަޖައްސަންވާނެއެވެ.

 

 

 ފަސްވަނަ ބާބު

ތަހްގީގުކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ އަދަބު

 

19 ވަނަ މާއްދާ – ތަހްގީގުކުރުމުގެ ބާރު

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާ، 9 ވަނަ މާއްދާ އަދި 11 ވަނަ މާއްދާއާ ހިލާފުވެއްޖެނަމަ، އެ މައްސަލައެއް ތަހިްޤީޤުކޮށް، ދައަުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

(ށ) ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާގެ ފަރާތްތައް ފިޔަވައި، އެހެން  ފަރާތަކުންކުރާ އަަމަލަކުން އެއްވެސް ފަރާތެއްގެ އަބުރާބެހިގެން ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަތުވެއްޖެކަމަށް އެފަރާތަށް ގަބޫލުކުރެވިއްޖެނަމަ، އެފަރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހެޅިދާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައްސަލަ ތަހިްޤީޤުކުރުމަށްފަހު، ދައަުވާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ – އިސްލާމްދީނުގެ އަސްލަކާ ހިލާފު ހިޔާލުފާޅުކުރުމުގެ އަދަބު

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ފަރާތެއްގެ މައްޗަށް ދައަުވާކޮށް އަދަބު ކަނޑައަޅާނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއަުޤޫބާތު) ގެ ދަށުންނެވެ.

(ށ) މި ގާނޫނުގެ 8  ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ދޫކުރާ ހުއްދަ ނެތި ދިވެހިރާއްޖޭގައި އާންމުކޮށް ދީނީ ތަގްރީރުދިނުމާއި، އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ދީނުގެ ހުކުމްތައް ބަޔާންކުރާ މީހުންނާމެދު ފިޔަވަޅު އަޅާނީ، ގާނޫނު ނަންބަރު 6/1994 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިިމާޔަތްކުރުމާބެހޭ ގާނޫނު) ގެ ދަށުންނެވެ. 

(ނ) މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ދޫކުރާ ހުއްދަ ނެތި ދިވެހިރާއްޖޭގެ ސްކޫލެއްގައި ނުވަތަ ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި ނުވަތަ އެހެންވެސް އެފަދަ އިންސްޓިޓިއުޓެއްގައި އިސްލާމްދީން ކިޔަވާދޭ މީހުންނާމެދު ފިޔަވަޅު އަޅާނީ، ގާނޫނު ނަންބަރު 6/1994  (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިިމާޔަތްކުރުމާބެހޭ ގާނޫނު) ގެ ދަށުންނެވެ.

 

21 ވަނަ މާއްދާ – ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ހިޔާލުފާޅުކުރުމުގެ ޖޫރިމަނާ

 މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި މީހެއްގެ އަދަބަކަށް، 25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާއާއި 2,000,000 (ދެ މިލިއަން) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުމަށް، މި ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަންވާނެއެވެ. 

 

22 ވަނަ މާއްދާ – އަބުރާބެހެވޭ ފަދަ ހިޔާލުފާޅުކުރުމުގެ ޖޫރިމަނާ

އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން، 25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާއާއި 2,000,000 (ދެ މިލިއަން) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުމަށް، މި ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަންވާނެއެވެ.

  

23 ވަނަ މާއްދާ – އާންމު ނިޒާމާ ހލާފު ހިޔާލުފާޅުކުރުމުގެ ޖޫރިމަނާ

އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުމުން، 25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާއާއި 1,000,000 (އެއް މިލިއަނ) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުމަށް، މި ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަންވާނެއެވެ.

 

24 ވަނަ މާއްދާ – ޖޫރިމަނާކުރުމުގެ މިންގަނޑު ކަނޑައެޅުން

މި ގާނޫނުގެ 22 ،21 އަދި 23 ވަނަ މާއްދާގައިވާ ޖޫރިމަނާކުރުމުގައި، އޭނާ މުޖުތަމައަުގައި އަދާކުރާ ހައިސިއްޔަތުގެ އިތުރުން، އޭނާ އަަމަލުހިންގުމަށް ބޭނުންކުރި ވަސީލަތަށާއި، އެ އަަމަލުގެ ނަތީޖާއަށް ރިއާޔަތްކުރަންވާނެއެވެ.

 

25 ވަނަ މާއްދާ – އެހެން ގާނޫނެއްގެ ދަށުން ފިޔަވަޅުއެޅުން

މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅިދާނެފަދަ އަަމަލަކަށް އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ދައަުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވައިފިނަމަ، މި ގާނޫނުގެ ދަށުން އިތުރަށް ފިޔަވަޅު އަޅައިގެންނުވާނެއެވެ.

 

26 ވަނަ މާއްދާޖޫރިމަނާ ފައިސާ ނުދެއްކުމުގެ ނަތީޖާ

މި ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވާ މީހަކު އެ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުދައްކައިފިނަމަ، އެފަރާތަކާ ދެކޮޅަށް ޖިނާއީ ދައަުވާ އުފުލަން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން، އެ ފައިސާ ނުދައްކައިފިނަމަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރަންވާނެއެވެ.

 

 ހަވަނަ ބާބު

 

މީޑިއާތަކުގެ ޒިންމާ

 

27 ވަނަ މާއްދާ – ގާނޫނާ ހިލާފުވާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅުއެޅުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ ހަމަތަކާ ހިލާފުވާ ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކުގެ ށަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށް ހުށަހެޅުމުން، ނުވަތަ އެ މުއައްސަސާގެ އަމިއްލަ އިސްނެގުމުގެމަތިން، ޖަވާބުދާރީވުމުގެ ހައްގާއި ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހައްޤުތައް، މައްސަލައިގައި ހިމެނޭ ދެފަރާތަށް ލިބިދޭ ގޮތެއްގެމަތިން، އެ މައްސަލައެއްގެ ތަހުޤީޤު ހިންގަންވާނެއެވެ.  

(ހ) މި ގާނޫނާ ހިލާފުވާ މީޑިއާތަކާމެދު ފިޔަވަޅުއަޅާނީ މި ބާބުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ޖޫރިމަނާތަކުގެ އިތުރުން، އެ މީޑިއާއަކާ ދޭތެރޭ އިދާރީ ފިޔަވަޅުއެޅުމުގެ އިޚްތިޔާރު މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ – އިސްލާމްދީނުގެ އަސްލަކާ ހިލާފު ކޮންޓެންޓް ށާއިއުކުރުމާއި ބްރޯޑްކާސްޓްކުރުން

 މި ގާނޫނުގެ 7 ވަނަ މާއްދާއާ ހިލާފުވި މީޑިއާއާމެދު އަދި އެ ކޮންޓެންޓެއް ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރާމެދު ފިޔަވަޅުއަޅާނީ، ގާނޫނު ނަންބަރ 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތު) ގެ ދަށުންނެވެ.

 

29 ވަނަ މާއްދާ – އާންމު ނިޒާމާ ހިލާފު ކޮންޓެންޓް ށާއިއުކުރުމާއި ބްރޯޑްކާސްޓްކުރުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާއާ ހިލާފުވި މީޑިއާ، 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއާއި 1,000,000 (އެއް މިލިއަން) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރަންވާނެއެވެ.

(ށ) ހަމައެއާއެކު، މި ގާނޫނުގެ 11 ވަނަ މާއްދާއާ ހިލާފު ކޮންޓެންޓެއް ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރު، 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއާއި 150,000 (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން އެ ރިޕޯޓަރެއް ޖޫރިމަނާކުރަންވާނެއެވެ.

 

30 ވަނަ މާއްދާ – ގައުމީ ސަލާމަތަށް ނުރައްކާވާނެފަދަ ކޮންޓެންޓް ށާއިއުކުރުމާއި ބްރޯޑްކާސްޓްކުރުން

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާއާ ހިލާފުވި މީޑިއާ، 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއާއި 2,000,000 (ދެ މިލިއަން) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރަންވާނެއެވެ.

(ށ) ހަމައެއާއެކު، މި ގާނޫނުގެ 9 ވަނަ މާއްދާއާ ހިލާފު ކޮންޓެންޓެއް ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރު، 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއާއި  150,000 (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން އެ ރިޕޯޓަރެއް ޖޫރިމަނާކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - އަބުރާބެހެވޭ ފަަދަ އެއްޗެއް ށާއިއުކުރުމާއި ބްރޯޑްކާސްޓް ކުރުމުގެ އަދަބު

 (ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަބުރާބެހުމުގެ ބަސް ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި މީޑިއާ 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއާއި 2,000,000 (ދެ މިލިއަން) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން އެ މީޑިއާއެއް ޖޫރިމަނާކުރަންވާނެއެވެ.

(ށ) ހަމައެއާއެކު، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަބުރާބެހުމުގެ ބަސް ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރު، 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއާއި 150,000 (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރަންވާނެއެވެ.

 

32 ވަނަ މާއްދާ – އިސްތިއުނާފްކުރުމާއި ޖޫރިމަނާ ނުދެއްކުމުގެ ނަތީޖާ

(ހ) މި ބާބުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓެއްގައި އިސްތިއުނާފްކުރުމުގެ ހައްޤު ޖޫރިމަނާކުރެވޭ ފަރާތަށް ލިބިގެންވެއެވެ. ނަމަވެސް މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނީ، ޖޫރިމަނާ ދެއްކުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ކޯޓުގައި އިސްތިއުނާފްކުރާ މައްސަލައެއް، އިސްތިއުނާފްކުރާ ފަރާތާ އެއްކޮޅަށް ކޯޓުން ނިންމައިފިނަމަ، ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން ދައަުވާ ލިބުނު ފަރާތަށް އަނބުރާ ދިނުމަށް ކޯޓުން އަަމުރުކުރަންވާނެއެވެ.

(ނ) މި ބާބުގައި ރިޕޯޓަރުގެ މައްޗަށް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވާ ޖޫރިމަނާ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައި ތަހުޤީޤުކުރަންވާނެއެވެ. އަދި ތަހުޤީޤުކުރުމަށްފަހު، ޖިނާއީ ދައަުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ރ) އެގޮތުން، މި މާއްދާގެ (ނ) ގެ ދަށުން ޖިނާއީ ދައަުވާކުރަން ހުށަހެޅުމުން، ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ، މި ގާނޫނުގެ  10ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަބުރާބެހުމުގެ ބަސް ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރު  3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރަންވާނެއެވެ.

 

33 ވަނަ މާއްދާ – މީޑިއާތަކުން ޖޫރިމަނާ ނުދެއްކުމުގެ ނަތީޖާ

(ހ) އެހެން ގާނޫނެއްގައި މިނޫން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ބާބުގައި މީޑިއާތަކުގެ މައްޗަށް ކަނޑައެޅޭނެކަމަށް ބަޔާންކޮށްފައިވާ ޖޫރިމަނާ، ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނުދައްކައިފިނަމަ، އެ މީޑިއާއެއްގެ ލައިސަންސް ސަސްޕެންޑުކުރަން ނުވަތަ ބާތީިލުކުރަން މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން ކަނޑައަޅަންވާނެއެވެ.

 

34 ވަނަ މާއްދާ – ޖޫރިމަނާކުރުމުގެ އުސޫލު އެކުލަވާލުން

މި ބާބުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާކުރުމުގެ އުގްޫލު ބަންޑާރަނައިބު އެކުލަވާލަންވާނެއެވެ.

 

35 ވަނަ މާއްދާ – ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓްކުރުމުގެ ދިފާއު

(ހ) ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓުކުރުމުގައި މާނަ ނުގެއްލޭގޮތަށް، ހަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ރިޕޯޓުކުރުމަކީ އަބުރާބެހުމުގެ ދައަުވާގެ ދިފާއަެކެވެ. ނަމަވެސް، އެ ރިޕޯޓެއް ޝާއިއަުކުރުމުގެ ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ކުރިން، ހަބަރު ރައްދުވާފަރާތުގެ ބަސް ހޯދުމަށްޓަކައި، އެ ފަރާތާ ގުޅަން އެކަށީގެންވާ މަސައްކަތެއް ކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ  މަސައްކަތުގެ ތެރޭގައި، ހަބަރު ރައްދުވާ ފަރާތާ ފޯނުން ގުޅަން މަސައްކަތްކުރުމާއި، އަދި ފޯނުން ނުގުޅިއްޖެނަމަ ޓެކްސްޓް މެސެޖަކުން އެފަރާތެއްގެ ބަސް ހޯދުމަށް މަސައްކަތްކުރުން ހިމެނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، ހަބަރު ރައްދުވާ ފަރާތުން، އެ ހަބަރެއް ބްރޯޑްކާސްޓްކުރި ފަހުން، ނުވަތަ ޝާއިއަުކުރި ފަހުން، ރައްދެއް ޝާއިއަުކުރަން ނުވަތަ ބްރޯޑްކާސްޓްކުރަން ބޭނުންވާނަމަ، އެ ފަރާތަކަށް ރައްދުވި ހަބަރު ޝާއިއަުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ފެންވަރަށް، އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާނުލައި، އެ ރައްދު ޝާއިއަު ނުވަތަ ބްރޯޑްކާސްޓްކޮށްދޭންވާނެއެވެ.

(ރ) ޖަލްސާތަކާއި، ފޯރަމްތަކާއި، ޕޯޑިއަމްތަކުގައި އަދި އެހެނިހެން ލައިވް ނުވަތަ އެނޫންވެސް އިވެންޓުތަކުގައި ދައްކާ ވާހަކަތަކާއި، ކުރާ ހަރަކާތްތައް ރިޕޯޓުކުރުމުގައި، ނުވަތަ ބްރޯޑްކާސްޓްކުރުމުގައި، އެ ވާހަކައެއް ދެއްކި ފަރާތް ނުވަތަ އެ އިވެންޓަކީ، މި ގާނޫނުގެ ދަށުން އިމްތިޔާޒެއް ނުވަތަ ދިފާއަެއް ލިބިގެންވާ ފަރާތެއް ނުވަތަ އިވެންޓެއް ނުވަތަ ވާހަކައެއްނަމަ،

އެ ވާހަކައެއް ނުވަތަ ހަރަކާތެއް ރިޕޯޓުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ފަރާތަށްވެސް، އެ އިމްތިޔާޒު ނުވަތަ ދިފާއަު ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ – ވަގުތުން ގެނެސްދޭ އިވެންޓްތައް މި ގާނޫނާ ހިލާފުވުން

(ހ) ވަގުތުން ގެނެސްދޭ އިވެންޓެއްގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ތައާރުޒްުވާ ކޮންޓެއްޓެއް ހިމެނިއްޖެނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިންގ ވަގުތުން މެދުކަނޑާލަންވާނެއެވެ.

 (ށ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރަމުންގެންދާ މީޑިއާއަށް ހުށަހަޅައި، ލައިވް ފީޑް ހުއްޓަން އެދުމުގެ ހައްޤު އަބުރާބެހެވުނު ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން އަމިއްލަ ފަރާތަކުން ނުވަތަ ފަރާތްތަކަކުން މި މާއްދާގައި ބުނެފައިވާފަދަ ވަގުތުން ގެނެސްދޭ  އިވެންޓެއްގައި އެ ފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ އަބުރާބެހެވިއްޖެކަމަށް ށަކުވާ ހުށަހަޅައިފިނަމަ އަދި އެވަގުތަކު ބްރޯޑްކާސްޓްކުރަމުންދިޔަ ވަގުތުން ގެނެސްދޭ އިވެންޓެއްގައި އެފަދަ ކޮންޓެންޓެއް ހިމެނިފައިވާނަމަ، އެ އިވެންޓެއް ވަގުތުން

ގެނެސްދިނުން މެދުކަނޑާލަންވާނެއެވެ.

(ރ) އަދި އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑެއް މެދުކަނޑާލުމަށް، ކަމާބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން އަަމަލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ހާލަތުގައި، ވަގުތުން ގެނެސްދޭ ބްރޯޑްކާސްޓްކުރުން މެދުކަނޑާނުލައިފިނަމަ، ކަމާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން، އެ މީޑިއާއާމެދު ފިޔަވަޅުއަޅަންވާނެއެވެ.

(ޅ) ބްރޯޑްކާސްޓްކުރުމަށް ރާއްޖޭގައި އުފެއްދޭ ޕްރޮގްރާމްތައް ހުންނަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ފެތޭގޮތަށް ތައްޔާރުކުރެވިފައެވެ. އަދި ދިވެހިރާއްޖޭން ބޭރުގައި އުފެއްދޭ ޕްރޮގްރާމްތައް ދުރަށް ފޮނުވުމުގައި، އަަމަލުކުރާނެގޮތުގެ ގަވާއިދު މީޑިއާގެ ކަންތައްތަކާބެހޭ ދައުލަތުގެ މުއައްސަސާއިން އެކުލަވާލަންވާނެއެވެ.

 

37 ވަނަ މާއްދާ – ވިސްލް ބްލޮވިންގގެ ދިފާއު

(ހ) މުއައްސަސާއެއްގައި ހިނގަމުންދާ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ރިޕޯޓުކުރުމަކީ ނުވަތަ އެކަމެއް ހާމަކުރުމުގެ ގޮތުން ހިޔާލުފާޅުކުރުމަކީ  އަބުރާބެހުންކަމުގައި ނުބެލެވޭނެއެވެ.

  1. އެ މުއައްސަސާއެއްގައި ހިނގަމުންދާ ގާނޫނާ ހިލާފުކަމެއް ރިޕޯޓުކުރުން؛
  2. މީހެއްގެ ގްިއްހަތަށް ނުވަތަ ފުރާނައަށް ނުރައްކާވާފަދަ ކަމެއް ހިންގާކަން ނުވަތަ ހިނގާފައިވާކަން ހާމަކުރުން؛
  3. އެ މުއައްސަސާއަކުން ކުރާ ކަމެއްގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލެއް ހާމަކުރުން؛
  4. ހިންގާފައިވާ ގާނޫނާ ހިލާފުކަމެއް ފޮރުވުމަށް ކުރާ މަސައްކަތެއް ހާމަކުރުމުގެ ގޮތުން ހިޔާލުފާޅުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާމަކޮށްދިން މިންވަރަށް ސާބިތުކޮށްދިނުމަކީ އެ ހިޔާލެއް ފާޅުކުރި ފަރާތުގެ ޒިންމާއެކެވެ.

 

 

 ހަތްވަނަ ބާބު

އެހެނިހެން

38 ވަނަ މާއްދާ – ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަގްްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއަުކުރާ ދުވަހުން ފެށިގެންނެވެ.

 

39 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ކަމާގުޅޭ ކޯޓަކުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެ ކޯޓަކުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ވަކި ފަރާތަކުން ހަދަންޖެހޭކަމަށް ބަޔާންކޮށްފައި ނުވާނަމަ، އެ ގަވާއިދު ހަދައި، ހިންގާނީ ބަންޑާރަނައިބެވެ.

 

40 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އަިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އަިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހިޔާލުފާޅުކުރުން" ކަމަށް ބުނެފައި އެވަނީ:-

- ދުލާއި ގަލަމުން އަދި އެނޫންވެސް ވަސީލަތެއް މެދުވެރިކޮށްގެންވިޔަސް، އެއްވެސް މީހެއްގެ ބުއްދިއަށް ފެންނަ ފިކުރެއް ފާޅުކޮށް، އެހެން މީހަކަށް ނުވަތަ މީހުންނަށް އެ ހިޔާލު އަންގާ އެންގުމަށާއި؛

- ތިމާ ގަބޫލުކުރާ ވިސްނުމެއް ގެންގުޅުމާއި، ތިމާ ބޭނުންވާ ގޮތަކަށް ކަންކަމާމެދު ދުށުމާއި؛

- ގައުމެއްގެ އިމެއްގެ ހުރަހެއް މެދުވެރިވުމެއްނެތި އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޝާއިއަުކޮށްގެން ނުވަތަ ޗާޕުކޮށްގެން، ނުވަތަ ކުރަހައިގެން، ނުވަތަ އިޚްތިޔާރުކުރާ އެހެންވެސް ގޮތަކަށް ފާޅުކުރުމާއި ފޯރުކޮށްދިނުމާއި؛

- އެހެން ގާނޫނެއްގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާއެއްގައި، އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލީފްލެޓް ބެހުމާއި، ކަރުދާސް ބެހުމާއި، ފޮތި ދެމުމާއި، ލޯގޯ އާއި ނިޝާން ގެންގުޅުމާއި، މަގުތަކާއި އާންމު ތަންތަނުގައި ބޭނުން ހިފައި އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދައިން މަގުތަކާއި އާންމު ތަންތަނުގައި ހިނގުމާއި، މައިކްރޯފޯން ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން ވާހަކަދައްކާ ޝުއަޫރުފާޅުކުރުމަށެވެ.

(ށ) "ރިޕޯޓަރު" ކަމަށް ބުނެފައި އެވަނީ، ނޫސްވެރިކަމުގެ ދާއިރާގައި ހަބަރާއ ި، ރިޕޯޓާއި، ކޮލަމާއ ި، ލިޔުންތައް ލިޔެ ތައްޔާރުކުރާ ފަރާތްތަކާއި، ބްރޯޑްކާސްޓް އަދި ޓެލެކާސްޓްކުރެވޭ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރާ ފަރާތްތަކާއ ި، ބްލޮގްތައް ލިޔާ ފަރާތްތަކާއި، ސޯށަލް މީޑިއާ މެދުވެރިކޮށް ފަތުރާ ތަކެތި ފެތުރި އެކައުންޓްގެ ވެރިފަރާތްވެސް ހިމެނޭގޮތުންނެވެ. "ރިޕޯޓަރު" ގެ މާނައިގެ ތެރޭގައި، ހަބަރު ހުށަހަޅާ ފަރާތް، ޕްރޮގްރާމ ހުށަހަޅާ ފަރާތް، އިންޓަވިއުކުރާ ފަރާތް އަދި މިނޫންވެސް މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ޝާއިއަުކުރާ ނުވަތަ ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ހިޔާރުކުރުމުގެ ބާރު ނެތް ފަރާތްތައް ނުހިމެނެއެވެ.

(ނ) "މީޑިއާ" ކަމަށް ބުނެފައިއެވަނީ، އޮންލައިން ނޫސްތަކާއި، ބްލޮގްތަކާއި ވެބްސައިޓުތަކާއި، ނޫސް މަޖައްލާތަކާއި ރޭޑިޔޯ އަދި ޓީވީ ފަދަ ބްރޯޑްކާސްޓްކުރާ ކޮންމެ ވަސީލަތެއް ހިމެނޭގޮތުންނެވެ. "މީޑިއާ" ގެ މާނައިގެ ތެރޭގައި ހަބަރު ހުށަހަޅާ ފަރާތް، ޕްރޮގްރާމް ހުށަހަޅާ ފަރާތް، އިންޓަވިއުކުރާ ފަރާތް އަދި ވަކިވަކި މީހުން ނުވަތަ ރިޕޯޓަރުން ނުހިމެނެއެވެ.

(ރ) "ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށްޓަކައި، ޝާއިއަުކުރުމުގެ މާނައިގެ ތެރޭގައި، އޮންލައިން ނޫސްތައް ހިމެނޭގޮތުން، ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ ތަކުގައި އާންމުކުރުމާއި، ވެބްސައިޓްތަކާއި، ސޯށަލްމީޑިއާއާއި ބްލޮގްތަކާއި އިންޓަނެޓް ހިމެނޭގޮތުން، އަދި އެނޫންވެސް ހިޔާލާއި މައަުލޫމާތު އާންމުކުރާ ފޯރަމްތަކާއި މަޖައްލާތަކުގައި އާންމުކުރުން ހިމެނޭގޮތުންނެވެ.

(ބ) "ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ" ކަމުގައި ބުނެފައި އެވަނީ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން ދޫކުރާ ލައިސަންސް އޮތުމާއެކު، އެ މުއައްސަސާގައި ރަޖިސްޓަރީވެގެން ހިންގާ މީޑިއާތަކަށެވެ.

(ޅ) "މީޑިއާ ކަންތައްތައް ބަލަހައްޓާ މުއައްސަސާ" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންގެ މިންގަނޑުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުވެފައިވާ މުއައްސަސާއަކަށެވެ.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ ދިވެހިރާއްޖޭގައި އިސްލާމްދިނާ ގުޅޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ސަރުކާރުން އެ ވަގުތެއްގައި ކަނޑައަޅާފައިވާ މިނިސްޓްރީއަށެވެ.

(އ) "ކޮންޓެންޓް" ކަމަށް ބުނެފައިއެވަނީ ލިޔުން، ރިޕޯޓް، ހަބަރު، ޓީވީ އަދ ރޭޑިޔޯ ޕްރޮގްރާމްތައް، ކޮލަމްތައް، އިންޓަނެޓް މެދުވެރިކޮށް ދުރަށް ފޮނުވާ ވީޑިއޯއާއި އަޑު ހިމެނޭ ގޮތުންނެވެ.

(ވ) "އިވެންޓު" ކަމަށް ބުނެފައިއެވަނީ، ޖަލްސާތަކާއި، އެއްވުންތަކާއި، ބައްދަލުވުންތަކާއި، އިންޓަވިއުތަކާއި، ހަފްލާތަކާ އެނޫންވެސް ގިނަ އަަދަދެއްގެ މީހުން އެއްވާ، ރާވައިގެން ހިންގާ އެއްވުންތަކަށެވެ.

(މ) "ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައިއެވަނީ، ވަސީލަތެއް ބޭނުންކޮށްގެން އާންމުކޮށް، ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް، މަންޒަރު ނުވަތަ އަޑު، ނުވަތަ އަޑާއި މަންޒަރު ޓީވީ، ނުވަތަ ރޭޑިޔޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދުރަށް ފޮނުވުމަށެވެ.

 

އުވި ގާނޫނު

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2016-15) އުވާލުމުގެ ގާނޫނު (ގާނޫނު ނަންބަރު 2018-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު