ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

އެމެޗަރ ޓްރާސްމިޓިންގ ސްޓޭށަންގެ ލައިސަންސާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-35) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 2015-43 ގެ 124 ވަނަ މާއްދާގެ (ހ) އިން އުވާލެވިފައި)

 

1  ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ކޮންމެ އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަނެއްމެ ބޭނުން ކުރަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޓެލެކޮމިއުނިކޭށަންސްގައި ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

 

2  ވަނަ މާއްދާ

އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސްގެ ފީއަކީ، އަހަރަކު 100 (ސަތޭކަ) ރުފިޔާ އެވެ. އަދި އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަންގެ ވަގުތީ ލައިސަންސްގެ ފީއަކީ 25 ރ. އެވެ.

 

3  ވަނަ މާއްދާ

އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސް ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ނިޔަލަށް އާކުރަން ވާނެއެވެ. ފެބްރުއަރީގެ ނިޔަލަށް ލައިސަންސް އާ ނުކޮށްފިނަމަ ލައިސަންސް އާކޮށްދެވޭނީ 5 ރ. ގެ ޖޫރިމަނާއަކާ އެކުގައެވެ. އާއަހަރަށް ލައިސަންސް އާނުކޮށް އޮއްވާ ލައިސަންސް ބާތިލު ކުރަން އެދިއްޖެނަމަ އެދުވަހާ ހަމަޔަށް ފީ ނެގުމަށްފަހު ލައިސަންސް ބާތިލު ކޮށްދެވޭނެއެވެ. މާޗް މަހުގެ ނިޔަލަށް އާނުކޮށް އޮތް ލައިސަންސެއް ބާތިލު ކޮށްދެވޭނީ އަހަރުދުވަހުގެ ފީ ނެގުމަށް ފަހުގައެވެ.

 

4  ވަނަ މާއްދާ

ރާއްޖޭގެ އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަނަކުން ރާއްޖޭގެ ނުވަތަ ބޭރު ގައުމެއްގެ އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަނަކާ ދެކެވޭ ވާހަކަތައް ހުންނަންވާނީ އާދައިގެ ސާފު ބަހުންނެވެ. އަދި ދެކެވޭ ވާހަކަ ވާނީ ރޭޑިއޯ ކޮމިއުނިކޭށަނާ ބެހޭ ޓެކްނިކަލް ނުވަތަ ސްޓޭށަންގެ ވެރިފަރާތުގެ ޒާތީ ވާހަކައަށެވެ.

 

5  ވަނަ މާއްދާ

އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަނުން ޓްރާންސްމިޓް ކުރާއިރު ކުރު އިންޓަވަލަށްފަހު އެސްޓޭށަނެއްގެ ކޯލް ސައިން ޓްރާންސްމިޓް ކުރަމުން ގެންދަން ވާނެއެވެ.

 

6  ވަނަ މާއްދާ

އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަން ބޭނުން ކުރަންވާނީ އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ކޮންވެންށަނާއި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފު ނުވާގޮތުގެ މަތީންނެވެ.

 

7  ވަނަ މާއްދާ

ގަވާއިދާ ހިލާފަށް އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަނެއްގެ ބޭނުންކޮށްފިކަން އެނގިއްޖެނަމަ 25 (ފަންސަވީސް) ރުފިޔާ އާއި 50 (ފަންސާސް) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ބާތިލު ކުރެވިދާނެއެވެ.

 

އުވި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު