-

ށިޕްސްޓޭށަންގެ ލައިސެންސާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-36) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2015-43 ގެ 124 ވަނަ މާއްދާގެ (ށ) އިން  އުވާލެވިފައި)

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރާ ކޮންމެ އުޅަނދެއްގެ ރޭޑިޔޯ ސްޓޭށަނެއްމެ ބޭނުން ކުރަންވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސްގައި ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

 

2 ވަނަ މާއްދާ

ށިޕްސްޓޭށަންގެ ލައިސަންސް ފީއަކީ، އަހަރަކު 100 (ސަތޭކަ) ރުފިޔާ އެވެ.

 

3 ވަނަ މާއްދާ

ށިޕް ސްޓޭށަންގެ ލައިސަންސް ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ނިޔަލަށް އާކުރަން ވާނެއެވެ. ފެބްރުއަރީގެ ނިޔަލަށް ލައިސަންސް އާނުކޮށްފިނަމަ، ލައިސަންސް އާކޮށްދެވޭނީ، 5ރ. ގެ ޖޫރިމަނާއަކާ އެކުގައެވެ. އާއަހަރަށް ލައިސަންސް އާނުކޮށް އޮއްވާ ލައިސަންސް ބާތިލު ކުރަން އެދިއްޖެނަމަ އެދުވަހާ ހަމައަށް ފީނެގުމަށްފަހު ލައިސަންސް ބާތިލު ކޮށްދެވޭނެއެވެ. މާޗްމަހުގެ ނިޔަލަށް އާނުކޮށް އޮތް ލައިސަންސެއް ބާތިލު ކޮށްދެވޭނީ އަހަރުދުވަހުގެ ފީނެގުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ

ށިޕް ސްޓޭށަން ބޭނުން ކުރަންވާނީ އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ކޮންވެންށަނާއި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފު ނުވާގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ

ގަވާއިދާ ހިލާފަށް ށިޕް ސްޓޭށަން ބޭނުންކޮށްފިކަން އެނގިއްޖެނަމަ 25 (ފަންސަވީސް) ރުފިޔާ އާއި 50 (ފަންސާސް) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ބާތިލު ކުރެވިދާނެއެވެ.

 

އުވި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު