ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-37)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2015-43 ގެ 124 ވަނަ މާއްދާގެ (ނ) އިން އުވާލެވިފައި)

 

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ކޮންމެ ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަނެއްމެ ބޭނުންކުރަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭށަންސުގައި ރަޖިސްޓްރީ ކުރުމަށް ފަހުގައެވެ.

 

2 ވަނަ މާއްދާ

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސް ފީއަކީ އަހަރަކު 100 (ސަތޭކަ) ރުފިޔާ އެވެ.

 

3 ވަނަ މާއްދާ

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސް ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ނިޔަލަށް އާކުރަންވާނެއެވެ. ފެބްރުއަރީގެ ނިޔަލަށް ލައިސަންސް އާނުކޮށްފިނަމަ ލައިސަންސްއާ ކޮށްދެވޭނީ 5 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. އާ އަހަރަށް ލައިސަންސްއާ ނުކޮށް އޮއްވާ ލައިސަންސް ބާތިލުކުރަން އެދިއްޖެނަމަ އެދުވަހާ ހަމައަށް ފީނެގުމަށްފަހު ލައިސަންސް ބާތިލުކޮށްދެވޭނެއެވެ. މާޗްމަހުގެ ނިޔަލަށް އާނުކޮށް އޮތް ލައިސަންސެއް ބާތިލުކޮށްދެވޭނީ އަހަރުދުވަހުގެ ފީނެގުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަން ބޭނުން ކުރަންވާނީ އިންޓަނޭށަނަލް ޓެލެކޮމިއުނިކޭށަން ކޮންވެންށަނާއި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފްނުވާ ގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ

ގަވާއިދާ ހިލާފަށް ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަނެއް ބޭނުންކޮށްފިކަން އެނގިއްޖެނަމަ 25 (ފަންސަވީސް) ރުފިޔާއާއި 50 (ފަންސާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ބާތިލު ކުރެވިދާނެއެވެ.

 

އުވި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު