-

ކެއްސުންބަލިޖެހިފައިތިބި މީހުން އެނޫން މީހުނާއި ވަކިކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1371-01ހ)

(މި ގާނޫނަށް އަމަލުކުރަން ފެށީ 16 އޮކްޓޫބަރު 1951 ގައި)

އެބަލިޖެހިފައިތިބި މީހުންނާއި އެހެން ރައްޔިތުންގެ ހައްގުގައި، ކެއްސުންބަލިޖެހިއްޖެކަމުގައި ޑަކްޓަރެއްގެ ލިޔުމަކުން ސާބިތުވާ މީހުންނާއި، ނުވަތަ އެމީހަކަށް ޖެހިފައިވަނީ، ކެއްސުންބަލިކަން، އޮޅުމެއްނެތް ނިށާންތަކުން ސާބިތުވާމީހުން ވަކިކޮށް ވެވުނު މިންވަރަކުން އެބައި މީހުންނަށް، ރާއްޖޭގެ ހާލުހުރިމިންވަރަކުން ބޭސްކޮށްދީ ހެދުމަކީ، ކޮންމެހެން ލާޒިމްވެއްޖެ ކަމެކެވެ. 

 

2 މުހައްރަމް 1371ހ (6 އޮކްޓޫބަރު 1951) މި ދުވަހު ރައްޔިތުންގެ މަޖިލީސްއިން ފާސްވި ބިލް ނަންބަރު 1371-01 ބަލައި ގަބޫލުވެ، ތަސްދީގުކޮށް، މި ބިލް ދިވެހިރާއްޖޭގައި ހިންގުމަށް ވަޒީރުލްއައުޒަމްއަށް އަމުރުދީފީމުއެވެ.

14 މުހައްރަމް 1371ހ. (16 އޮކްޓޫބަރު 1951) 

 

ސޮއި، 

މުހައްމަދު އަމީން

ދިވެހިރާއްޖޭގެ ވަލީއާއި ހަވާލުވެފައިވާ ކޮމިޓީގެ ރައީސް

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު