-

ވަގުތީގޮތުން މާލޭގަިއ ވަޒަންވެރިވެތިބި ރާއްޖެތެރޭގެ ރައްޔިތުންކުރެ ބައެއްމީހުން އެބައިމީހުންގެ ރަށްރަށަށް އަބުރާ ފޮނުވުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1371-06ހ)

(މި ގާނޫނަށް އަމަލުކުރަން ފެށީ 27 ޖޫން 1952)

އެބައިމީޙުންގެ ރަށްރަށުގައި، ވަޒަން ބަހައްޓައިގެން އެވަޒަން ބަލަހައްޓަމުން ނުގެންދާ، މާލޭގައި މިހާރު "ވަޒަންވެރިވެ ތިބި" ރާއްޖެތެރޭގެ މީހުންނާއި، އެބައި މީހުންގެ ވަޒަން މުޅީންދޫކޮށް މާލެއައިސް "ވަޒަންވެރިވެތިބި" ރާއްޖެތެރޭގެ މީހުންގެ ތެރެއިން، އެ އަތޮޅެއްގެ އަތޮޅުވެރިއަކަށާއި، ވަޒީރުއްދާހިލިއްޔާއަށް ފެނުނުބައަކު، އަބުރާ އެބައެއްގެ ރަށަށް، ނުވަތަ، ވަޒީރުއްދާހިލިއްޔާ އަށާއި، އަތޮޅުވެރީންނަށް، ފެނުނު އެ އަތޮޅުގެ އެހެން ރަށަކަށް ގެންދިއުމީ ހުއްދަ ކަމެކެވެ. 

 

3 ށައްވާލު 1371ހ. (25 ޖޫން 1952) މި ދުވަހު ރައްޔިތުންގެ މަޖިލިސްއިން ފާސްކުރި "ބިލް ނަންބަރު 1971-06" ބަލައި ގަބޫލުވެ، ތަސްދީގުކޮށް، މިގާނޫނު ދިވެހިރާއްޖޭގައި ހިންގުމަށް ވަޒީރުލްއައުޒަމް އަށް އަމުރުދީފީމެވެ. 

5 ށައްވާލު 1371ހ (27 ޖޫން 1952)

 

ސޮއި

މުހައްމަދު އަމީން

ދިވެހިރާއްޖޭގެ ވަަލިއްޔުލް އަމްރު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު