-

ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައްވާއާއި މައްސަލަ ށަރީއަތަށް ހުށަހެޅުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-81) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2021-32 ގެ 427 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ

ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައްވާއެއް ނުވަތަ މައްސަލައެއް ށަރީއަތަށް ހުށަހެޅޭނީ ދައްވާ ނުވަތަ މައްސަލަ ހުށަހަޅަން އެދޭގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ލިޔުމަކުން ނުވަތަ ދައްވާ ކުރަން އެދޭފަރާތް ށަރީއަތް ހިންގާ ތަނަކަށް ހާޒިރުވެ އެކަން ބަޔާން ކޮށްދިނުމުންނެވެ. މިދެގޮތުގައިމެ ދައްވާ ނުވަތަ މައްސަލަ ހުށަހަޅާއިރު ށަރީއަތް ހިންގާ ފަރާތަށް އެނގެން ބޭނުންވާ ހުރިހާ މައްލޫމާތެއް ދައްވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން ސާފުކޮށް ފިލުވައިދޭން ވާނެއެވެ.

 

2 ވަނަ މާއްދާ

ގަޒިއްޔާއެއްގައި ދައްވާކުރާ ފަރާތުން ދައްވާ ދޫކޮށްލައިފި ނަމަ އަލުން އެދައްވާއެއް ނުއުފުލޭނެއެވެ.

 

އުވި ގާނޫނު

މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު